ފޯން ނަގާ މީހަކަށް ގުޅާލަން އުޅުނު ތަނާހެން އައީ އެސް.އެމް.އެސް އެކެވެ. އެ. އެސް.އެމް.އެސް ކިޔާ ނިމުނު އިރު އަހަރެންގެ ދެލޯ ފެންކަޅި ވެއްޖެއެވެ. “ I swear by the mercy and grace of Almighty Allah that I will never see you, hear from you and will never aid you, help you or corporate no matter whatever happens in the future […]
” ހަމަ މިހާރު މިގެއިން ނިކުމޭ. ކުރިންވެސް ބުނިންދޯ ދުވަހަކުވެސް މިގެއަށް އައިސްގެން ނުވާނެ. ބުނެފަދޯ އޮންނާނީ ތިމޫނުވެސް ދުވަހަކުވެސް ދެކޭކަށް ބޭނުމެއްނޫނޭ. ތިއަޑުވެސް ދުވަހަކުވެސް އަނހާކަށް ބޭނުމެއްނޫނޭ. މިތަނަށް ވަތްގޮތަކަށް އަވަހަށް ނިކުމެގެންދޭ.” އަތްމަތި ދަތިވެގެން މަހުޖަނެއްކަހަލަ އަހަރެންގެ ބޭބެކައިރިއަށް އެހީއަކަށް އެދި ދިއުމުން ދިންޖަވާބުން އަހަންނަށް ރޮވުނެވެ. ” މިނޫން އެހެން ގޮތެއްނެތިގެން މިއައީ. އެނގޭ ބޭބެ އަބަދުވެސް އަހަންނަށް ނަފްރަތު ކުރާކަން. އެކަމު އެއްބަނޑު ގާތްތިމާގެ ކަމުގެ ގުޅުމަކީ މާތްގުޅުމެއްކަން އެނގޭތީ […]