“އާހހހހހހ…” ޒޯހާގެ ހަށިގަނޑަށް ފިނިވެގެން ދިޔައީ ފުން ކަނޑެއްގެ އަޑިއަށް ވެއްޓުމުންނެވެ، ދެން ފެނުނީ ފެނުގެތެރެއިން އަލިގަނޑެއް ފާޅުވިތަނެވެ. ބަލަބަލާ ހުއްޓާ އެ މީހާ އައިސް ޒޯހާގެ ހިމަ އުނަގަނޑުގައި ހިފާ ފެންގަނޑުގެ މައްޗަށް އެރިއެވެ. ޒޯހާ އަކަށް އޭނާގެ މޫނެއް ނުފެނެއެވެ. ނަމަވެސް އެ ކަސްރަތީ ހަށިގަނޑުގެ މީރުވަސް ދުވައެވެ، ހީވަނީ ވަރުގަދަ ހުވަނދެއް ނޭފަތުގައި ހަރުލާފައި ވާހެންނެވެ. ބާރުގަދަ ދެއަތެވެ. ފުންމައިގެން ޒޯހާއަށް ހޭލެވި ދެންމެ ފެނުނީ ހުވަފެނެއްކަން ޔަގީންވެ ހިސާބަކަށް ހިނި އަންނަ […]
__________________________________________________________________________ “ދަރިފުޅާ ކޮންއިރަކުންތަ އަންނަނީ؟” ނަޒީރާ އުޅުނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ރަށަށް އަންނާތީވެ އޭނައަށް އެންމެ މީރު ކާއެއްޗެހި ތައްޔާރު ކޮށެވެ. “ހެލޯ މަންމާ، މިހާރު ޗެކްއިން ވާން މިދަނީ، ފްލައިޓަށް އަރާފަ މަންމަ އަށް ގުޅާނަން އިނގޭ” ޓްރޯލީއަށް ދަބަސްތައް އަރުވަމުން ޒޯހާ ވާހަކަ ދެއްކިއެވެ. އެންމެ ކުޑައިރުއްސުރެން ވެސް ޒޯހާ ދިރިއުޅެމުން ދިޔައީ މާލޭގައި ކަމަށްވާތީ އޭނާ އަލަށް ރަށަށް ދަނީއެވެ. ރަށުގައި އެއަރޕޯޓު އެޅުމަށްފަހު މަންމަ އެދިލައްވާ ވަރުން ވަޒީފާއިން […]
އެންމެ އިރުކޮޅަކައްވެސް ވާރޭ މެދު ކެނޑުމެއްނެތި ބޯކޮށް ވެހެމުން ދާތީވެ މަގުތައްމަތީގައި މީހެއްގެ ހިލަމެއް ވާތަން މިރެއަކު ނެފެނެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން ދާތީވެސްމެއެވެ. ފަޒާގައި ހަރުލާފައިވާ ފިނި ތެތްކަމާއިއެކު މުޅި ހިސާބަށް ފެތުރިފައިވަނީ ހަމަހިމޭން ކަމެވެ. ހުޅުވާފައިވާ ކުޑަދޮރު ކައިރީ ދަމައިފާވާ ފޮތިގަނޑު ދެކޮޅަށް ހެލެމުން ދާތީ ޒޯހާ އެ ފޮތިގަނޑު އެއް ފަރާތްކޮށް ގޮށެއް ޖަހާލިއެވެ. ކޮޓަރީގެ، ކުޑަދޮރު ކައިރީގައި ހުރި ސޯފާގޮނޑީގައި އިށީނދެލައިގެން ޒޯހާ އިނީ ވާރޭވެހޭ މަންޒަރު ބަލާށެވެ. ކުޑަދޮރާއި […]