Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ވާތީ މަ ކައިރީގައި 2

Lana Level 110 Stories
April 28, 2022 4 Mins Read
1 Comment

__________________________________________________________________________

“ދަރިފުޅާ ކޮންއިރަކުންތަ އަންނަނީ؟” ނަޒީރާ އުޅުނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ރަށަށް އަންނާތީވެ އޭނައަށް އެންމެ މީރު ކާއެއްޗެހި ތައްޔާރު ކޮށެވެ.

“ހެލޯ މަންމާ، މިހާރު ޗެކްއިން ވާން މިދަނީ، ފްލައިޓަށް އަރާފަ މަންމަ އަށް ގުޅާނަން އިނގޭ” ޓްރޯލީއަށް ދަބަސްތައް އަރުވަމުން ޒޯހާ ވާހަކަ ދެއްކިއެވެ. އެންމެ ކުޑައިރުއްސުރެން ވެސް ޒޯހާ ދިރިއުޅެމުން ދިޔައީ މާލޭގައި ކަމަށްވާތީ އޭނާ އަލަށް ރަށަށް ދަނީއެވެ. ރަށުގައި އެއަރޕޯޓު އެޅުމަށްފަހު މަންމަ އެދިލައްވާ ވަރުން ވަޒީފާއިން ޗުއްޓީ ނަގައިގެން ރަށަށް ދާން ހަމަޖެއްސީއެވެ. އޭނާގެ ބައްޕަ އިސްމާއިލް އަކީ މާލޭގައި ގެދޮރު ހުންނަ އަމިއްލަ ވިޔަފާރިއެއް ކުރާ ތަނަވަސް ދިރިއުޅުމަކުގައި އުޅޭ މީހެކެވެ، އެހެން ކަމަށް ވުމުން ޒޯހާގެ މަންމަ އާއި އެކު އެ ކުޑަ ކުޑަ އާއިލާ ދިރިއުޅެމުން ދިޔައީވެސް މާލޭގައެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އިސްމާއިލް އާއި ނަޒީރާގެ ކައިވެނީގެ ދިރިއުޅުން ނިމުމަކަށް އައިސް ނަޒީރާ ނިންމީ ރަށަށް ބަދަލުވުމަށެވެ. އަދި ރަށަށް ވުރެން މާ ރަނގަޅު ތައުލީމެއް ލިބޭނެތީވެ، ޒޯހާ މާލޭގައި ބެހެއްޓީއެވެ. ނަޒީރާ ދޭތެރެ ދޭތެރެއިން މާލެއަށް ޒޯހާ ކައިރިއަށް ގޮސް ހަދައެވެ، އަދި ޒޯހާގެ ދިރިއުޅުމުގެ ކަން ކަން ބަރާބަރަށް ބަލާ ހަދައެވެ، ނަމަވެސް ނަޒީރާ މާލެ ދިޔުން ހުއްޓާލީ އިސްމާއިލް އެހެން މީހަކާ ކައިވެނި ކުރިފަހުން އިސްމާއިލްގެ އަންހެނުން ކިނާރާ އެކަމާ ހިތްހަމަ ނުޖެހޭތީއެވެ.

ނަޒީރާއަކީ ރަށުގައިވެސް ވަރަށް އެކަނިވެރި ދިރިއުޅުމެއްގައި ދިރިއުޅެމުން އަންނަ މީހެކެވެ. އިސްމާއިލްގެ އިޙްސާންތެރި ކަމުން ރަނގަޅަށް ކިޔެވުނުކަން އެއީ ނަޒީރާގެ ނަސީބެވެ. އާއިލާގެ އެއްވެސް މީހެއް ނަޒީރާއަކާއި ގުޅުމެއް ނުބާއްވައެވެ. އެހެނީ ނަޒީރާ، އިސްމާއިލް އާއި ކައިވެނި ކުރީ އާއިލާގެ ނުރުހުމަގައި ކަމަށް ވާތީ އެވެ.

ޓްރޯލީ ހިފައިގެން ދިޔަ މަގުމަތީގައި ފަހަތުން އައި ވެހިކަލްއެއް ކޮންޓްރޯލުން ނެއްޓިގެން ބަރުގޮން އަޅަމުން އައީ ޒޯހާގެ ފަހަތުންނެވެ. ނަމަވެސް ގުޑިލަންވެސް ނުކެރި ދެލޯ ބޮޑުކޮއްގެން ޒޯހާއަށް ހުރެވުނީ އެދިމާލަށް ކަޅިހުއްޓާލައިގެން ގަނޑުވެފައެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން ޓްރޯލީއާއިއެކު ޒޯހާ ކޮއްޕާލީ މަގުގެ ކަނާތް ފަރާތަށެވެ. މޫނު މައްޗަށް ވިހުރިފައިވާ، ކަޅުކުލައިގެ ވަރުގަދަ ފަން އިސްތަށިގަނޑު އެއްފަރާތަ ކޮއްލުމަށް ފަހު ޒޯހާ ދެފަރާތް ހޯދާލީ ދާދި ދެންމެއަކު އޭނާ ބޮޑު އެކްސިޑެންޓް އެއް ވުމުން ސަލާމަތް ކޮށްދިން ފަރާތް ފެނޭތޯއެވެ. ނަމަވެސް މަގުގެ ވާތް ފަރާތުގައިވެސް އެހިސާބުގައި ފެންނަން މީހަކު ނެތެވެ. އެއަރޕޯޓުގެ ދެ ފަރާތުގައި ލައިޓު ދިއްލާފައި ހުރި ނަމަވެސް ރޭގަނޑު ވުމުން މާ ބޮޑު އަލިކަމެއް ނުވެއެވެ.

އަތުގައި އަޅާފައިވާ ގަޑި ބަލާލުމަށް ފަހު ޒޯހާ އަވަސްވެގަތީ ގަޑި ޖެހުމުގެ ކުރިން ޗެކްއިން ވުމަށެވެ. އައިޑީ ކާޑު ކައުންޓަރަށް ދެއްކުމަށްފަހު ޒޯހާ އިނީ ގޮނޑި ބަރީގައި އިށީނދެލައިގެންނެވެ.

ކުއްލިއަކަށް ޒޯހާގެ ކަންފަތާއި ދިމާލުން މަޑު ހޫނެއް ވާންފެށިއެވެ.

“ޒޯހާ” ކަނާތް ފަރާތު ކަންފަތުގައި އަޅުވާލާފައި ހުރި އިސްތަށިކޮޅަށް މީހަކު ފުމެލިހެން ހީވިއެވެ. އެއާއެކު ކަންފަތުގައި ޖެހުނީ ފިރިހެންވަންތަ އަޑެކެވެ. ދުވަހަކުވެސް އަޑުއަހާފައި ނުވާކަހަލަ ޖާދޫވީ ފިރިހެން ވަންތަ އަޑެކެވެ. އެ އަޑުގައި ބިރުވެރި ކަމެއް ނުވެޔެވެ، ވަނީ ސިހުރުވެރި ގޮތެކެވެ. ޒޯހާ އެދިމާލަށް އެނބުރި ބަލަން ފެށީ މީހަކު ކައިރީގައި ހުރިހެން ހީވާތީއެވެ. ނަމަވެސް އެ މުޅި ގޮނޑި ބަރީގައިވެސް އިށީނދެގެން އިނީ ހަމައެކަނި ޒޯހާއެވެ. ދެކޮޅަށް ބޯ ހޫރުވާލުމަށް ފަހު ޒޯހާ ކައިރިއަށް ހިނި އަންނަ ގޮތްވިއެވެ. އަނެއްކަ ޒޯހާގެ ސިކުނޑި އޭނާ އާއި ސަމާސާ ކުރަން ހަދަނީ ހެއްޔެވެ؟ އަތްދަބަހުގައި އޮތް ވިލު ނޫ ކުލައިގެ ސްކާފް ނެގުމަށްފަހު ޒޯހާ އޭތި އޮޅާލީ އޭނާގެ ކަރުގައެވެ. އަދި ގަޑި ބަލާލުމަށްފަހު ހިނގައިގަތީ ބޯރޑިންގ އަށް ވަނުމަށެވެ.

ނަޒީރާއާއި އޭނާގެ ރަހުމަތްތެރިން ތިބީ ފްލައިޓް ޖެއްސުމަށްފަހު ކައިރީގައި އެތެރެއިން ނިކުންނަ ނަޒީރާގެ ހުރި ހަމައެކަނި ދަރިފުޅު ދުށުމަށް ކެތްމަދުވެފައެވެ.

“ނަޒީ، ކޮބާތަ ޒޯހާ؟ މިހާރު ކިހާ އިރެއް މިވީ؟” ނަޒީރާގެ އަވައްޓެރި ރިޔާސާ އަހާލިއެވެ. އެންމެން ވާހަކައިގައި ތިއްބާ އެރައިވަލް އިން ނިކުތް ދޮން ރީތި އަންހެން ކުއްޖާ އެންމެންގެ ލޮލުގައިވެސް އަޅައިގަތެވެ. ލައިގެންހުރި ރަތް ކުލައިގެ ގަމީހާއި ވިލުނޫ ކުލައިގެ ޖީންސް އާއި އެކު އެހާމަ ފަރިކަމަށް ދައްކަމެވެ. ލިބިފައިވާ ދިގު އިސްކޮޅާއި ހަށިގަނޑުގެ ބައްޓަން އެހާމަ ފުރިހަމައެވެ. ފަތްމިނިންގެ ރީތި ކަމާއި އެއްގޮތެވެ.

ޒޯހާއަށް އެރައިވަލް އިން ނިކުތް ގޮތަށް މާދުރު ނޫން ހިސާބެއްގައި ހުއްޓިގެންހުރި ނަޒީރާ ފެނުނެވެ. މަންމަ ފެނުމުން އުފާވި ވަރުން، ހިނިތުންވެވުނީ ބޭއިޙުތިޔާރުގައެވެ. ކޯތާފަތަށް އަރާލި އަޑިކޮޅުން ހިނިތުންވުން އިތުރަށް ފުރިހަމަ ކޮށްދެން އުޅޭކަހަލައެވެ. ދަބަސްތަށް ޓްރޯލީއަށް އަރުވައިގެން ޒޯހާ އަވަސްވެގަތީ މަންމަ ކައިރިއަށް ދިއުމަށެވެ. އަދި މަންމަ ކައިރިއަށް މަޑުކުރި ގޮތަށް ޒޯހާއަށް ލޯބިވާ މަންމަ ގައިގައި އޮޅުލައިގަނެވުނެވެ. ނަޒީރާ ވެސް އުފަލުން ދެލޯ ފެންކަޅިވެ ލޯބިވާ ދަރިފުޅު ގައިގައި ނުހަނު ބާރަށް ބައްދާލެވުނެވެ.

“މަންމަ ރޮނީތަ؟ ޒޯ މި އައީނު ރަށަށް މިހާރު، މަންމަ ރޮންޔާ ޒޯ އަށްވެސް ރޮވޭނީ ދެން އިނގޭ” ޒޯހާ އޭނާގެ މަންމަގެ ލޯ ފުހެލަ ދެމުން ހެވިފައި ހުރެ ބުނެލިއެވެ. ކައިރީގައި ދެން ތިބި މީހުން ވެސް ހޭންފެށީ ޒޯހާ ބުނެލި އެއްޗަކުންނެވެ.

“މީތަ ޒޯހާ އަކީ ނަޒީ؟ އަހަރެން ނުދެނެހުރިން ނަޒީގެ ޕަރީއެއް ކަހަލަ ކުއްޖެއް ހުންނަކަން” ކައިރީގައި ހުރި ނަޒީރާގެ އަވައްޓެރި ޖަމްޝީދާ ޒޯހާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“މި މަންޖެ މިރަށު ފިރިހެން ސޮރުންތަކުގެ ހިތްހަލާކު ކޮއްލަދާނެ އިސާހިތަކު” އަނެއްކަވެސް އެހެން މީހަކު ބުނެލިއެވެ. މިފަހަރު އެންމެނަށްވެސް މަޖާވި ވަރުން ހޭން ފެށިއެވެ. މާގިނަ އިރެއްނުވެ ޕިކަޕެއް އައިސް ފޮށިތަށް އަރުވާ ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.

ގެއަށް ވަނުމަށް ފަހު ޒޯހާއަށް ހީވީ އަސްލު އޭނާގެ އެންމެ ހިތްއެދޭ މާޙައުލަށް އައިސް ވަދެވުނު ހެނެވެ. ހީކުރި ވަރަށް ވުރެން ރީއްޗަށް ގެ ވަނީ މަރާމާތު ކުރެވިފައެވެ. “އާދޭ، ޒޯގެ ކޮޓަރި، މަތީގަ އިންނާނީ” ނަޒީރާ ހީލަމުން ބުނެލީ ޒޯހާ އަނގަހުޅުވިފައި ހުރިތަން ފެނުމުންނެވެ. ކޮޓަރީގެ ލައިޓު ދިއްލާލުމުން ޒޯހާ އަނގައިން ނިކުތީ ހިތްހަމަ ޖެހިފައިވާ މީހެއްގެ އަނގައިން ނިކުންނާނޭ އަޑެކެވެ. ކޮޓަރީގެ އިނޓީރިއަރ ޑިޒައިން ކުރެވިފައިވާލެއް އެހާމެ ފުރިހަމައެވެ. ދެފާރެއްގައި ބޮޑު ދެލޯގަނޑު ހަރުކުރެވިފައި ވެއެވެ. ކުޑަދޮރާއި ދިމާލުން ސޯފާއެއް ބައިންދާފައި ހުރުމުން އެހާމެ ހިތްގައިމެވެ. އަދި ކުޑަދޮރު ހުޅުވާލުމުން ރަށުތެރެ ފެންނަލެއްވެސް އެހާމެ ފުރިހަމައެވެ. ބޮޑު ކޮޓަރިއެކެވެ. އެންމެ ޒަމާނާއި އެއްގޮތަށް ތައްޔާރު ކޮއްފައިވާ ތަނެކެވެ.

“ދަރިފުޅު ބައްޕަގެ މަސައްކަތް މީ، ދަރިފުޅު އެންމެ ބޭނުންވާ ގޮތަށް ތައްޔާރު ކޮއްފަ އެހުރީ، ޒޯ އަށް ކަމުދޭތަ؟” ޖަވާބު އެނގި ހުރެވެސް ނަޒީރާ އަހާލިއެވެ.

“ކަމުދޭހޭ؟ މަންމާ، ދިސް އިޒް ޕަރފެކްޓް” ޒޯހާގެ ލޮލުގައި އެހެން ބުނެލި އިރު ވިދުމެއް ވިއެވެ.

” ޒޯ ކާން އާދޭ ދެން، މަންމަ ހުންނާނެ ޒޯ އަށް އެންމެ މީރުހެން ޕާސްތާ ހަދާފަ” ނަޒީރާ ދަރިފުޅު އިތުރަށް އުފާކޮއްލުމަށް ބުނެލިއެވެ.

“މަންމަގެ ޕާސްތާ ރެސިޕީ ދުވަހަކުވެސް ބަދަލެއް ނުވޭދޯ ހާދަ މީރޭ ހަމަ އަސްލުވެސް” ތަށި އެއްކޮށް ހުސް ކޮއްލުމަށްފަހު ޖޫސްތަށި ބޯލަމުން ޒޯހާ ބުނެލިއެވެ.

“ހެހެހެހެ.. ދަރިފުޅުގެ ބައްޕަވެސް އަބަދުހެން ކުރީގަ ކިޔާނެ ތިހެން” ކައިވެންޏަށް ނިމުމެއް އައިސްފައިވާތަން އެތައް އަހަރުތަކެއް ފާއިތުވި ނަމަވެސް ނަޒީރާގެ ހިތުގައި އިސްމާއިލް ނޫން އިތުރު މީހަކު އަދިވެސް ނުވެއެވެ. އެހާ ލޯބިން ދިރިއުޅެމުން އައި އާއިލާއަކަށް ކުއްލިއަކަށް ނިމުމެއް އަޔުމުގައި ކިނާރާގެ އަތެއް ވާހެން ނަޒީރާއަށް ޔަގީން ކުރެވެއެވެ. ޒޯހާ، ނަޒީރާ އާއި ދިމާލަށް ގޮތަކަށް ބަލަން ހުރުމުން އަވަހަށް ވާހަކަ ބަދަލު ކޮއްލަން ނަޒީރާ ބޭނުންވީ ކަންނޭގެއެވެ.

“ދެން އިހަށް ދޭ ތާޒާ ވެލައިގެން އޮށޯވެލަން ދަރިފުޅު” ނަޒީރާ ބުނެލިއެވެ. އެހާ ދުވަހަށް ފަހު ދަރިފުޅު ފެނުމުން ނަޒީރާ ހުރީ ނުހަނު އުފަލުންނެވެ.

ސިޑިބަރިން މައްޗަށް ގޮސް ކޮޓަރިއަށްވަން ޒޯހާ ވަނީ ފާހާނައަށް ފެންވަރާށެވެ. ފެންވަރައިގެން ނިކުތުމަށްފަހު ދަބަހުން ނިދަންލާ އަތްކުރު ކަކުލާ ހަމަޔަށްދާ ހުދު ކުލައިގެ ލޭސް ނައިޓީއެއް ޒޯހާ ލިއެވެ. އަދި ހުރިހާ އަންނައުނުތަށް އަލަމާރީގައި ކޮނޑު އަޅުވާ ތަރުތީބުކޮށް ހެދިއެވެ. ދަބަސްތަށް އަލަމާރިއަށް ލަނިކޮށް ޒޯހާ ސިއްސާގެން ދިޔައީ ޖެހިލި ފިނިވައިރޯޅިންނެވެ. ކަނދުރާގައިވާ، ހުރިހާ ލޯލިތައް ކޮޅައް ޖެހުނެވެ.

“އާހ!” ފަހަތަށް އެނބުރި ލެވުނުލެއް އަވަސް ކަމުން ޒޯހާގެ ކަރަށް ނާރެއްވެސް އަރައިފިއެވެ. ނަމަވެސް ޒޯހާ ބޮޑަށް ހައިރާންވީ ހުޅުވިފައިވާ ކުޑަދޮރު ފެނުމުންނެވެ. ކަނދުރާގައި ފިރުމަމުން ފިރުމަމުން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނު އިރު ޒޯހާއަށް ފެނުނީ އޭނާއަށް އެންމެ ބަލާލަން ހިތްގައިމު އެއް މަންޒަރެވެ. ބުރު ފުރިހަމަވަން ކައިރިވެފައިވާ އެހާމެ އަލިކަންގަދަ ހަނދެކެވެ.

ޒޯހާ އިރުކޮޅަކަށް ހަނދަށް ބަލަން ހުރުމަށް ފަހު ކުޑަދޮރު ލައްޕާލައިފައި އެނދު މައްޗަށް އަރާ އޮށޯވެލިއެވެ. އެނދު ކިތަންމެ އަރާމު ނަމަވެސް މާހައުލު ބަދަލު ވުމުގެ ސަބަބުން ޒޯހާ އަށް ނިދަން އުނދަގޫވިއެވެ. ދެ ފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ ޒޯހާގެ އެސްފިޔަތަކަށް ބަރުވެ ނިދި ޖެހޭގޮތް ވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lana

Level 110 Stories

Other Articles

Previous

އިޙްސާސް 2

Next

ނޭދެން ވަކިވާކަށް އެހެނަސް ވަކިވީ

Next
April 28, 2022

ނޭދެން ވަކިވާކަށް އެހެނަސް ވަކިވީ

Previews
April 27, 2022

އިޙްސާސް 2

One Comment

  1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    April 28, 2022 at 7:24 pm

    Hello Lana?
    How’s you?
    Vaahakaige plot vrh reethi ingey.. I just love it
    Ekamaku eba ulhey bahuge hama nujehun..
    Vrh faahaga kohlevunu mi dhe dialogue “މި މަންޖެ މި ރަށު ފިރިހެން ކުދިން ތަކުގެ ހިތް ހަލާކު ކޮށްލަދާނެ އިސާހިތަކު” mithaanga ‘kohladhaane’ mee kuh baheh ingey dear.. Aslu dhivehi bahuge hama ah fetheyny ‘kohlafaane’ inyma.. Eii mihaaru mi zamanuga vhk dhahkaa hadhaa goih vx me..
    Dhen in dialogue”އާދޭ، ޒޯގެ ކޮޓަރި، މަތީގައި އިންނާނީ ” mi dialogue rangalhu vaany enme fahun” innaanee” ge badhaluga “huhnaany ” ey liyefa othyma.. Mikahala grammar mistakes ah vrh visnan vaane liyaa kudhin.. Lana ge vhk dhaa goih vrh reethi.. ekm oiy hama ekani massala aky kuh bahuge massala.. E massala rangalhu veema vhk hama perfect vaane? Unmeedhu kuran kuriah oiy thaa mi massala rangalhu kohlaigen vhk genesdheyne kamah

Comments are closed.

Next Episodeވާތީ މަ ކައިރީގައި 3←


All Right Reserved!