“ދަރިފުޅާ، އާދޭ ނަމާދުކޮއްލައިގެން ތިރިއަށް ސައިބޯން އިނގޭ” ޒޯހާ ކައިރީގައި އެހެން ބުނެލުމަށްފަހު ނަޒީރާ ފޭބީ ތިރިއަށެވެ. ނަމާދުކޮށްގެން ޒޯހާތިރިއަށް ފޭބިއިރު ނަޒީރާ އުޅުނީ ސައިބޯނެ އެއްޗެހި ތައްޔާރު ކޮށެވެ. “މިއަދު ހުކުރަށްފަހު ޒައިން އާއި ސަނާ ކައިރީގައި މިގެއަށް ކާން އަންނާށޭ ބުނައްޗޭ ދަރިފުޅު. މަންމަވެސް އޮފް ދުވަހެއް ވީމަ އުޅޭނަން ކެއްކުމުގަ ޒޯ އާއި އެކީ” ޓޯސްޓަރުން ޕާން ފޮތި ނަގަމުން ނަޒީރާ ބުނެލިއެވެ. “އާނ، ސަނާ ހޭލާނެހާއިރަށް އަޅުގަނޑު ދާނަން ބުނަން” ޒޯހާ […]
ނޫޙުގެ ހަގީގަތް އެނގުމުން، ޒޯހާ ފުރަގަސް ދީފަ ދިޔަތަން ފެނުނު ނޫޙު ހުރީ ފެންކަޅިވެފައެވެ. ދެން ހަދާނެ ގޮތެއް ނޭގި ހުއްޓިފައިހުރި ނޫޙުގެ ހިތްފަޅައިގެން ދާން އުޅޭ ކަހަލައެވެ. ކުއްލިއަކަށް ފަހަތުން ވައިކަފާފައި އަންނަ އެއްޗެއްގެ އަޑު ނޫޙުއަށް އިވެން ފެށިއެވެ. ދިގުކޮށް އަޅާލެވިފައިވާ ޝާހީ ހުދު ހެދުމާއި ލިބިފައިވާ ވަރުގަދަ ވަރަގަނޑު ތިރިކޮއްލަމުން އެމީހެއް ހުއްޓުނީ އައިސް ނޫޙު ކައިރީގައެވެ. އަލި މުށި ކުލައެއްގައިވާ ޤުދުރަތީ އިސްތަށިގަނޑުވެސް ވަނީ ބޮލުގައި އަޅާލެވިފައިވާ ހުދުރަނުގެ ގަހަނާއަކުން ރީތިކޮށް […]
ނޫޙުގެ ފިނި އަތްތިލަ އައިސް ބީހިލީ ޒޯހާގެ ހާމަވެފައިވާ ކޮނޑުގައެވެ. ވަގުތުން ގައިގައިވާ ލޯލިތަށް ކޮޅަށް ޖެހުނުހެން ޒޯހާއަށް ހީވިއެވެ. ދެލޯ މަރާލެވުނީ ކުރެވެމުން ދިޔަ އިހުސާސަކުންނެވެ. ނޫޙު އޭނާ ގައިގާ އެންމެ ފުރަތަމަ ފަހަރަށް ބީހިލުމުން ހިތަށް ބުނެދެން ނޭގޭ ގޮތް ތަކެއް ވަނީއެވެ. މަޑު މަޑުން ވާރޭ އޭރު ވެހެމުން ދިޔައެވެ. ފަހަތަށް އެނބުރިލި ޒޯހާގެ ލޮލުގެ ވިދުން އިތުރުވެގެން ދިޔައެވެ. ހިސާބަކަށް ތެމިފައިވާ ކަޅުކުލައިގެ ތުނި ގަމީހުން ނޫޙުގެ ތަނަވަސް މޭމަތި ފާޅުވަމުން […]
“އާނ، ޒޯހާއަށް ކެރޭނެތަ އަހަރެން ފަހަތަށް އަރަން؟” ޒައިން ބޯ އަރިކޮއްލަމުން އަހާލިއެވެ. ކުރުކޮށް ކޮށާލެވިފައިވާ ބުޅި އިސްތަށިކޮޅު ހުރީ ރީތި ކޮށް ސްޓައިލް ކޮއްލެވިފައެވެ. ލައިގެން ހުރި އަތް ދިގު ޓީޝާޓް އާއި ޖީންސްގައި ނުހަނު ހިތްގައިމު ގޮތެއް ހުއްޓެވެ. “އާނ ކީއްވެ ނުކެރެންވީ؟ ޒައިންވެސް ތީ އަހަރެންގެވެސް ރައްޓެއްސެއްނު މިހާރު” ޒޯހާ އެއްވެސް ޖެހިލުމަކާއި ނުލާ ބުނެލިއެވެ. ޒައިން ވެސް ޒޯހާ ބުނެލި އެއްޗަކުން ކުޑަކޮށް މަޑުޖެހިލައިގެން ވިސްނަން ހުރެފާ ޒޯހާ ފަހަތަށް […]
ޓެންޓު ތެރެއިން ނިކުތް އިރު އެތާ ކައިރީގައި ސަނާއާއި ޒައިން ހުއްޓެވެ. “ގާއިޒް އައިމް ފައިން ނައު” އެ ދެމީހުން ބަލަންހުރި ގޮތުން ޒޯހާ ބުނެލިއެވެ. “ޒޯ، ޔޫ ސްކެއަރޑް މީ ޓު ޑެތް، ކީއްވެތަ އެހާ ދުރަށް ދިޔައީ ފަތަން ނޭގޭއިރު؟” ދެރަވެލާފައި ސަނާ އަހާލިއެވެ. ” ސަނާ އަހަންނަށް އިނގެޔޭ ފަތަންވެސް، އެހިސާބަށް ދިޔަތަނާހެން އަހަރެންގެ ދެފައިގާ ހިފާ އަޑިއަށް މީހަކު ދަމާގަތީ” ޔަޤީންކަމާއިއެކު ޒޯހާބުނެލިއެވެ. “އެކަމު ޒޯހާ ހުރީ އެންމެނާވެސް މާ ދުރުގައެއްނު؟ […]
މާ ދުރުނޫން ހިސާބެއްގައި ޒޯހާ ހުއްޓިގެން ހުރީ ހިތް އަވަސް ވަމުން ދާތީއެވެ. ނޫޙު ފެނުމުން ޒޯހާއަށް ބުނެދޭން ނޭގޭ ގޮތް ތަކެއް ވަނީއެވެ. ނޫޙު ފަހަތަށް އެނބުރިލީ ޒޯހާ އައިސްހުރިކަން އެނގުމުންނެވެ. ނޫޙުވެސް ލައިގެންހުރީ ހުދުކުލައިގެ އަތް ދިގު ޓީޝާރޓެކެވެ. ތިރިން ލައިގެންހުރި ޖީންސްގައި ވަރަށް ސްމާރޓްއެވެ. ކުރިއަށް ޒޯހާ ހިނގައިގަތީ ނޫޙު ހުރިތަނާއި ދިމާލަށެވެ. ހިތުގެ ވިންދު އަވަސްވަމުން ދިޔަނަމަވެސް އެ ޒުވާނާއާއި ދުރުގައި ހުންނަން އެންމެ ހިނދުކޮޅަކަށްވެސް ޒޯހާގެ ހިތެއް ނޭދެއެވެ. “ވަރަށް […]
ބޯދިއްކޮއްލާފަ ޒޯހާ ބަލާލީ ގާ ކޮޅު އެއްލީ ކާކުތޯ ބެލުމަށެވެ. ތިރީގައި ހުރެ ގާ އުކަމުން ދިޔައީ ޒޯހާގެ ހިތުގައި މިއަދު އެއްކޮށްހެން ރަސްކަން ކުރަމުން ދިޔަ ޒުވާނާއެވެ. ނޫޙު އެވެ. ހުދުކުލައިގެ އަތްދިގު ގަމީހުގެ އަތުކުރިވަނީ އޮޅާލެވިފައެވެ، ލައިގެންހުރި ނޫ ޖީންސްގައި އެތައް ދަރަޖައެއް ފިރިހެންވަންތަ ކަމަށް ދައްކައެވެ. “ނޫޙު” ހައިރާންވެފައި ހުރެ ދެލޯ ބޮޑު ކޮއްލަމުން ޒޯހާ ބުނެލީ އަނގަ މަތީގައި އަތް އަޅާލާފައެވެ. ޒޯހާ ފެނުމުން ނޫޙު ހުރީ ހިނިތުންވެލައިގެންނެވެ. އަތުގައި ކިޔަން […]
ނަޒީރާ އިއްޔެ އެކޭ އެއްފަދައިން، ޒޯހާއަށް ފަތިސް ނަމާދަށް ގޮވުމަށް އައިސް ދޮރުގައި ޓަކިދޭން ފެށިއެވެ. ޖަވާބެއް ނުލިބިގެން ތަޅުގައި ހިފާލިއިރު ހުރީ ހުޅުވާފައެވެ. ނަޒީރާގެ ހިތަށް ފިނިވެގެން ދިޔައީ ދަރިފުޅު ހޭލާ ނަމާދު ކުރަން އިންތަން ފެނުމުންނެވެ. ﷲ އަށް ޙަމްދު ކޮއްލެވުނީ، އިސްމާއިލް ގެ ވެސް އެ ދަރިފުޅަށް އެކަހަލަ ތަރުބިއްޔަތެއް ދިނުމުގެ އަތެއް ވާތީއެވެ. ހިނިތުން ވެލަމުން ނަޒީރާ ނިކުތީ ތިރިއަށް މިސްރާބު ޖެހުމަށެވެ. “މަންމަ ދޭ އިނގޭ ޑިއުޓީއަށް ދާން ރެޑީވަން، […]
މަޤުރިބު ނަމާދު ކުރުމަށްފަހު ޒޯހާގެ ކަމަކީ އިޝާ ވަގުތު ޖެހެންދެން ޤުރުއާން ކިޔަވަން އިނުމެވެ. އިޝާ ނަމާދު ކޮށްގެން ފެންވަރައިގެން ނިކުމެ، އަލަމާރި ހުޅުވާލުމަށްފަހު ޒޯހާ ލާނެ ހެދުމެއް ހޯދަމުން ދިޔައެވެ. އެންމެ ފަހުން ގަދަ ނޫ ކުލައިގެ ކަކުލާހަމަޔަށް ދާ އަތް ދިގު ހެދުމެއް ނަގާ ޒޯހާ ހިތްހަމަޖެހޭ ވަރަށް ފަރިވެލިއެވެ. ލައިގެންހުރި ހެދުމުން ޒޯހާގެ ހިމަ އުނަގަނޑާއި ރީތި ބައްޓަން ފާޅުވޭވެ ހުއްޓެވެ. ރީތިވެގެން ގޭގެ ދޮރުމައްޗަށް ނިކުމެ ޒޯހާ ދެތިން ފަހަރަކު ސަނާގެ […]