ނަމަވެސް ކޮންމެ އިންސާނެއްގެ ވެސް ކެތްތެރި ކަމަށް ވަކި ހައްދަކާއި ހުދޫދެއް ކަނޑައަޅުއްވާފައިވެއެވެ. އެކެތްތެރިކަން ކޮޅުންލާނެ ވަގުތެއްވެސް އާދެއެވެ. “އަޅުގަނޑުގެ ހިތަށް އަރާ ބައްޕަމެންނަށް ކަންކަމުގަ ތިއަށް ވުރެ ރީތި ބަސްމަގެއް ބޭނުން ކުރަން ހަމަ ނޭގެނީބާއޭ! އަޅުގަނޑަށް ޔަގީން މީހަކު ބައްޕައާއި ތިގޮތަށް ވާހަކަ ދައްކައިގެން ބައްޕައަށް އެކަން ބަލައިނުގަނެވޭނެކަން.” އިވާންގެ ވާހަކަ އިވި އުބައިދުއްﷲގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. ހަމައެއާއިއެކު ނުރުހުންވެފައިވާ މޫނު އިވާން އަށް އަމާޒުކޮށްލަމުން ރުޅިވެރި ގޮތަކަށް ވާހަކަދެއްކިއެވެ. “ބައްޕަ ވާހަކަ […]
*މިވާހަކައަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. * މިވާހަކަ ލިޔެފައިވާނީ ސޮފްހާތަކެއްގެ ގޮތުގައެވެ. އަބަދުވެސް ބުނާތީ އަހަނީ ލޯބިވެރިންގެ ޖޯޑުތަކަކީ ތަގްދީރުގައި ލިޔެވިފައިވާ ކަމެކެވެ. އެކަން އޮންނަނީ ހަމަ ހަގީގަތުގައިވެސް އެގޮތަށެވެ. ލޯތްބަށްޓަކައި މީހުން ޖާނާއި ފުރާނަދޭ ވާހަކަ ވަރަށް ގިނައިން އަހަމެވެ. އަދި އެފަދަ ލޯތްބަކަށް އަހަރެމެން އެންމެން ވެސް އެދެމުއެވެ. މިއީ އަހަރެންގެ ވާހަކައެވެ. މަތީގައި ބަޔާން ކުރެވި ދިޔަފަދަ ވާހަކައެކެވެ. އަހަރެންގެ ދިރިއުޅުން މުޅިން އާމިސްރާބަކަށް ދަތުރުފެށީ 2002 ވަނަ […]
ޝަންހާއީ އަކީ މޫމިނާގެ އުފާވެރި ގަނޑުވަރެވެ. މޫމިނާ އެގޭގައި އުޅެމުންދަނީ އޭނާގެ ދަރިފުޅު އުބައިދުއްﷲއާއި އޭނާގެ އަންހެނުން އަޒްލިފާ އަދި އެމީހުންގެ ތިން ދަރިން ކަމަށްވާ އިމްޔާން ، އިވާން އަދި ޝިމްޔާއާއި އެކުގައެވެ. އުބައިދުއްﷲއަކީ ފިޔަ އިންވެސްޓްމެންޓްގެ ބާނީީއެވެ. ފިޔަ އިންވެސްޓްމެންޓްްް އަކީ ރަނާއި ރިހި އަދި ތަފާތު ބާވަތްތަކުގެ ފާރނިިޗަރ ރާއްޖެ އެތެރެކޮށް ވިއްކާ ބައެކެވެ. ކާމިޔާބު މިވިޔަފާރީގެ ފަހަތުގައި ބައްޕައާއިއެކު އަތުކުރި އޮޅާލައިގެން ހުރީ އުބައިދުއްﷲގެ ދޮށީ ދަރިފުޅު ހުސެއިން އިމްޔާނެވެ. އިމްޔާންއާއި […]
‘ ލޯބިން ލޯބިވާއޭ ‘ މިވާހަކައަކީ އަޅުގަނޑު ސައިޓްއަކަށް ލިޔާ މިފަދަ ފުރަތަމަ ވާހަކައެވެ. މިވާހަކަ ތަފާތު ގޮތަކަށް ގެނެސްދެވޭތޯޯ އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަމެވެ. އިންޝާﷲ ވަރަށް އަވަހަށް މިވާހަކައިގެ ބައިތައް ގެނެސްދޭން މަސައްކަތް ކުރާނަމެވެ. އިންތިޒާރުކޮށްލައްވާ!