Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ލޯބިވާއޭ…. (2)

Aislin Level 110 Stories
October 27, 2016 2 Mins Read
5 Comments

ނަމަވެސް ކޮންމެ އިންސާނެއްގެ ވެސް ކެތްތެރި ކަމަށް ވަކި ހައްދަކާއި ހުދޫދެއް ކަނޑައަޅުއްވާފައިވެއެވެ. އެކެތްތެރިކަން ކޮޅުންލާނެ ވަގުތެއްވެސް އާދެއެވެ. “އަޅުގަނޑުގެ ހިތަށް އަރާ ބައްޕަމެންނަށް ކަންކަމުގަ ތިއަށް ވުރެ ރީތި ބަސްމަގެއް ބޭނުން ކުރަން ހަމަ ނޭގެނީބާއޭ! އަޅުގަނޑަށް ޔަގީން މީހަކު ބައްޕައާއި ތިގޮތަށް ވާހަކަ ދައްކައިގެން ބައްޕައަށް އެކަން ބަލައިނުގަނެވޭނެކަން.” އިވާންގެ ވާހަކަ އިވި އުބައިދުއްﷲގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. ހަމައެއާއިއެކު ނުރުހުންވެފައިވާ މޫނު އިވާން އަށް އަމާޒުކޮށްލަމުން ރުޅިވެރި ގޮތަކަށް ވާހަކަދެއްކިއެވެ. “ބައްޕަ ވާހަކަ ދައްކާ ގޮތާއި ދައްކާ ވާހަކައަކާއި އިވާން އަކަށް ނުބެހެވޭނެ. އިވާންގެ ކަންކަމަށް ބަސްބުނުމުގެ ހައްގު ބައްޕައަށް ނޯންނަ ފަދައިން ބައްޕަގެ ކަންކަމަށް ބަސްބުނުމުގެ ހައްގެއް އިވާން އަކަށްވެސް ލިބިގެންނެއްނުވޭ.” ދެބަފައިންގެ ދެމެދުގައި ވާހަކަ ދެކެވުމުން ބަހުގެ ހަމަލާ ބަދަލު ކުރެވެމުން ދިޔައިރުވެސް އާއިލާގެ އެހެން އެކަކުވެސް އެކަމާއި އެއްޗެއް ނުބުނެއެވެ. ސަބަބަކީ އުބައިދުއްﷲގެ ރުޅި އެންމެންނަށްވެސް އިގޭތީއެވެ. އެދެބަފައިންގެ އެރުޅިވެރި ބަސްތަކަކީ ކޮންމެ ދުވަހަކުވެސް އެގޭތެރެއިން އިވޭ އަޑެކެވެ.

އިވާން އާއިލީ ވިޔަފާރިއާއި ގުޅޭނެ ދުވަހަކަށް އުބައިދުއްﷲ ވަރަށް އިންތިޒާރުކުރިއެވެ. އަދި އިވާންގެ ހިތްވަރާއި މަސައްކަތުން އެކުންފުނި ކުރިއަރާނެ ކަމުގެ ހުވަފެން ދެކުނެވެ. ނަމަވެސް ސިންގަޕޫރުން މާސްޓާސް އިން އާކިޓެކްޗާރ ޙާޞިލްކޮށްގެން އައިރު އިވާން އަށްވަނީ ސިންގަޕޫރުގެ މެރިޓައިމް ބިލްޑާރސް ކިޔާ ކުންފުންޏަކުން ސީނިއަރ އާކިޓެކްޓެއްގެ ވަޒީފާ ލިބިފައެވެ. އާއިލީ ވިޔަފާރީގެ ބަދަލުގައި އެވަޒީފާއަށް ދިއުމަށް އިވާން ނިންމުމުގެ ސަބަބުން އުބައިދުއްﷲ ހުންނަނީ އިވާންދެކެ ރުޅިއައިސް ހިތްހަމަނުޖެހިފައެވެ. މިހިތްހަމަ ނުޖެހުމުގެ ސަބަބުން ކަމާއި ނުގުޅޭ އެތައް ކަމަކާއި ދެމީހުން ޒުވާބު ކުރަން ޖެހެއެވެ.

އިމްޔާން އަކީ އެއްވެސް ކަމަކަށް މާބޮޑު ސަމާލުކަމެއްދޭ މީހަކަށް ނުވާތީ ބައްޕައާއި ކޮއްކޮގެ މިނުތަނަވަސްކަން އިމްޔާން ދެނެގަންނާކަށް ބޭނުމެއް ނުވެއެވެ. އިމްޔާން ހުންނަ ތަނެއްގައި އެދެބަފައިން ޒުވާބު ކުރިނަމަވެސް އޭނާ އެކަމަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އިމްޔާން ދެކޭ ގޮތުގައި ބައްޕަ ހިތްހަމަނުޖެހިގެން އުޅެނީ މާނައެއް ނެތްކަމެއްގައެވެ. އޭނާ ދެކޭ ގޮތުގައި އެމީހަކު އަދާ ކުރާނެ ވަޒީފާއެއް އެގޭނީ އެމީހަކަށެވެ. އެއީ އެމީހެއްގެ އަމިއްލަ މިނިވަންކަމުގެ ތެރެއިން އަންނަ ކަމެކެވެ. ނަމަވެސް މިކަންވަނީ އުބެއިދުއްﷲގެ ވިސްނުމާ މުޅިން ޚިލާފު ކަމަކަށެވެ. އިމްޔާންގެ ކިބައިގައި ބޮޑާކަމެއް ހުރި ނަމަވެސް އިވާން އާއި ޝިމްޔާދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ދިރިއުޅުމުގެ މުހިއްމު ކަންކަމުގައި އިމްޔާން އެންމެ ފުރަތަމަ މަޝްވަރާއަށް އެދެނީ އިވާންގެ ފަރާތުންނެވެ. އަދި ހަމަ އެފަދައިން ވިޔަފާރީގެ ކަންކަމުގައިވެސް އިވާންގެ ލަފާ އިމްޔާން ހޯދައެވެ. ހިޔާލު ތަފާތުވުންތައް ނެތިކޮށްލައި އެދެމެދުގައިވާ މާތް ގުޅުމަށް އެދެބެއިން ހާއްސަ އިސްކަމެއް ދެއެވެ.

ފިރިހެން ދަރިންނަމަވެސް މަންމައާއި މާމައާއި ވަރަށް ގާތް ގުޅުމެއް އެކުދިން ބާއްވައެވެ. އެދެކުދިން ދުވަހުގެ ކޮންމެވެސް ވަގުތެއް އެދެމީހުންނަށްޓަކާ ހުސްކުރެއެވެ. އެވަގުތުކޮޅަކީ އެންމެންނަށްވެސް ވަރަށް ހާއްސަ، ތަފާތު ވާހަކަތައް ދެކެވި އެކި ކަންކަމުގައި މަޝްވަރާ ކުރެވޭ ވަގުތުކޮޅެއްނަމަވެސް، އެވަގުތުގައި ބައިވެރި ނުވާ ހަމައެކަނި ފަރާތަކީ އުބައިދުއްﷲއެވެ. އުބައިދުއްﷲއަށް އޭނާގެ ވިޔަފާރިއަށް ވުރެ މުހިއްމު އެއްކަމެއްވެސް ނުވެއެވެ. އަދި އިމްޔާންގެ ސިކުނޑިއަށްވެސް އެކަން ވެއްދޭތޯ ބެލިއެވެ. ނަމަވެސް އަޒްލިފާގެ ތަރުބިއްޔަތުގެ ސަބަބުން އިމްޔާން އަށް އަބަދުވެސް ވިސްނިފައި ވަނީ އާއިލާއަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު މުދާކަމުގައެވެ. މިހުރިހާކަމެއްގެ އިތުރުން ގޭގެ ހުރިހާކަމެއްގައިވެސް ފަހު ބަސް އިއްވާ މީހަކަށް މޫމިނާވާތީ ހުރިހާ އެންމެންވެސް ކަންކަމުގައި އޭނާގެ ލަފަޔަށް އަހައެވެ.

އަޒްލިފާ އަބަދުވެސް ދެކޭ ހުވަފެނެއް ވެއެވެ. އެއީ އޭނާގެ ފިރިހެންދަރިން މީހުންނާއި ކާވެނިކޮށްގެން، އެއަންހެންކުދިން އެގެއަށް ގެންނާނެ ދުވަހެކެވެ. ނަމަވެސް މިއަދާއި ހަމައަށް އެހުވަފެން ވަނީ ހަމައެކަނި ހުވަފެނެއްގެ ގޮތުގައެވެ. އޭނާގެ ދަރިންގެ ދިރިއުޅުން ހުރިގޮތުން މިއަދާއިހަމައަށްވެސް އެހުވަފެންތަކުގައި ކުލަޖެހުމުގެ ކުޑަނަމަވެސް އުއްމީދުގެ ކުނޑިފަށެއް ނެތެވެ. އިމްޔާން އަކީ ބިޒީ ނަމަވެސް މަސައްކަތުން ވަގުތު ހޯދައިގެން އިތުރު ކަންކަމަށް ވަގުތުދޭ ޒުވާނަކަށްވީނަމަވެސް މިފަދަ ކަމަކަށް އޭނާއަށް ވަގުތެއް ނެތްފަދައެވެ. އިވާންއަކީވެސް ބުރަކޮށްއުޅޭ ޒުވާނެކެވެ. ޒިންމާދާރު ބުރަބޮޑު އެވަޒީފާއިން ބޯހިއްލާލާ އަމިއްލަ ދިރިއުޅުމުގެ އެފަދަ މާތް ގުޅުމަކަށް ފުރުސަތު ދިނުމަށް އޭނާވަނީ ނުކުޅެދިފައެވެ.

މަޑުމަޑުން ހިނގާލާފައި އައި އަންހެން ކުއްޖަކު ޝަންހާއީގެ ބޮޑު ގޭޓުން ވަދެގެން ދިޔައެވެ. ފެންނަ ފެނުމަށް ވަރަށް ސާދާ އަންހެން ކުއްޖެކެވެ. މައިދޮރާށި ކައިރީގައި ހުއްޓިހުރެ އެއަންހެން ކުއްޖާ ދެފަހަރަކު ސަލާމް ގޮވާލިއެވެ. ނަމަވެސް ސަލާމް ބަލައިގަންނާކަށް އެއްވެސް މީހަކު ނާދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aislin

Level 110 Stories

Other Articles

Previous

ތާޝާ (ހަވަނަ ބައި)

Next

ސޫރަ (1 ވަނަ ބައި)

Next
October 27, 2016

ސޫރަ (1 ވަނަ ބައި)

Previews
October 27, 2016

ތާޝާ (ހަވަނަ ބައި)

5 Comments!

  1. Aislin says:
    October 28, 2016 at 12:02 am

    Who might be the new entry?
    Any guesses.
    To know about new entry and role in loabin loabiwaaey, please wait for the upcoming episodes.
    Good night readers. ❤
    Next episode on sunday.
    Short story will be updated Insha Allah on saturday!

  2. Inee says:
    October 28, 2016 at 12:30 am

    Varah reethi mi part ves

  3. Nash says:
    October 28, 2016 at 1:23 pm

    Nice

  4. Aish says:
    October 28, 2016 at 8:07 pm

    Salhi

  5. dream girl says:
    October 29, 2016 at 12:21 pm

    vara saihi adi reethi mi part ves

Comments are closed.

Next Episodeލޯބިން ލޯބިވާއޭ…. (3)←


All Right Reserved!