އުފުލާލި އިހާއެކު ފެނިގެންދިޔަ ސޫރައިން ޝަވާގެ ހިތްމޭފަޅާފައި ނުކުންނަން އުޅުނު ކަހަލައެވެ. އަތުގައި އޮތް ފޯނަށް ދެއަތުން ބާރުކޮއްލެވުނީ މިއީ ބިރުވެރި ހުވަފެނަކަށްވޭ ތޯއެވެ.
ކަޅުކޯޓު ފަޓުލޫނުގައި އަލަތު ފިރިއެއްގެ މަގާމުގައި ހުރި އަޔާހް ފެނިފައި ވަށައިގެންވި މަންޒަރުތައް ޝަވާގެ ލޮލަށް ޣައިބުވިފަދައެވެ. ނުވާންވީ ސަބަބެއް ނެއްތާއެވެ. އެއީ އެހިތުގެ ވިން ދެވެ. ލޯ ދުށުމައް ހަމައެކަނި އެދޭ ސޫރައެވެ. އެސްފިޔަތަކަށް ބަރުވެގެން މަންޒަރު ފުސްވެގެން ދިޔައީ ބަސްބުނާހާ މަދު ވަގުތު ކޮޅެއްގެތެރޭގައެވެ. ޝަވާ އާއި އަޔާހްގެ ހަތަރުކަޅި ބައްދަލުވެފައި ވާއިރު ބަސްމޮށުން ތެރިކަމަކާނުލާވެސް އެހިތް ރޮއެވަރު އަޔާހް އައް އިހްސާސްވާނެ ކަމަށް ޝަވާ އަށް ހީކުރެވުނެވެ. ނަމަވެސް އެ ތުންފަތް މައްޗަށް ވެރިކޮއްލި ފުޅާ ހިނިތުންވުމުން ޝަވާ ގެ ހިތައް މީހަކު ފައިން އެރި ކަހަލައެވެ. ހިތް އިހުނައްވުރެ ބޮޑައް ރޯލީ އެހިތުގައި ޝަވާ އައް ޖާގައެއް ނެއްކަން ޔަގީންވީމައެވެ. ކަރުނަ އޭގެ މަގާމް ދޫކޮށް ތިރިއަށް ފޭބުމުގެ ކުރިން ޝަވާ ހަމަޔަކަށް އެޅިލީ އެކަރުނަތައް އަޔާހް އަށް ދައްކަންބޭނުން ނުވާތީ ކަހަލައެވެ. ކަށިން ހިއްވަރު ނެރެ ދެމަފިރިންނަށް ބާއްޖަވެރި ދިރިއުޅުމަކަށް އެދި ހެޔޮ ދުޢާ ކުރެވުނީ އޭނަޔަށް ނުލިބުނަސްވެސް އަޔާހް އުފަލުގަ ހުރުމައް އެހިތް އެދޭތީއެވެ. މިރޭ ކޯޓް ފަޓުލޫނުގައި އަޔާހް ފެންނަ އިރުވަރަށްވެސް ފުރިހަމައެވެ. ބާމަތި ފުޅާ ހަށިގަޑަށް ކޯޓް ހިފައިލާފައި ވާގޮތުން ފިރިހެންކަން ދެގުނައެވެ. ތުންފަތަށް އެންމެ ހިތަގައިމު ހިނިތުންވުން ވެރި ކޮއްލާވައިވާގޮތުން ޝަވާގެ ހިތްވެސް އޭގެ މަގާމް ދޫކޮށް ގޮސްފާނެހެން ހީވެއެވެ. އެހާ ދުވަސްފަހުން ފެނިލުމުން ހިތްފުރެންދެން ބަލާލަން ބޭނުންވިނަމަވެސް ސިނކުޑިއަށް އައިސް ޖެހިގަން ހަގީގަތާއެކު ޝަވާ އަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވީއެވެ. އަޔާހް ގާތުގައި ހެވިލާފައި ހުރި އަންހެން ކުއްޖާ ކިތަންމެހާވެސް ނަލައެވެ. ލާފައިވާ ގަޔަށްބާރު އެހެނަސް ބޮޑު ހުދު ހެދުމުގެ ސަބަބުން ޝާހީ ގޮތެއްހުރެއެވެ. ކޮންމެ ގޮތަކަށް ބެލިކަމުގައިވިނަމަވެސް އެކުއްޖާ އަޔާހް އާއި އެކަށީގެންވާކަމަށް ހުދު ޝަވާގެ ހިތްވެސް އެއްބަސްވެލިއެވެ. މިރޭ އެއަންހެންކުއްޖާ އުހުރި މަގާމަކީ މީގެ ހަތް އަހަރު ކުރިން ޝަވާ ދެކުނު ހުވަފެނެވެ. ނަމަވެސް ވަގުތާއި ހާލަތާއި އެކީ ހުރިހާ ކަމެއް ބަދަލް ވިއްޔެވެ. އަޔާހް ގެއްޔުނިއްޔެވެ. މުޅި އުމުރަށެވެ. އެހެން މީހެއްގެ ހައްގަކަށް އަޔާހް ވެގެން ދިޔައިރު މިރޭގެ މިވަގުތު ޝަވާ އަށް ބިރުވެރި ހުވަފެނެއް ފަދައެވެ. އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އަޔާހް އޭނާ ކުރެން އިންނަން އަހާނެކަމަށް. އުންމީދުކުރެވުނެވެ. ނަމަވެސް ހަތް އަހަރު ދުވަހު ކުރި އިންތިޒާރުގެ ނިމުން ހީވެސް ނުކުރާފަދަ ކޮތަކަށް އައިސް ޝަވާ އާއި ބައްދަލުކުރި އިރު އެހިތް ކުދިކުދި ވެއްޖެއެވެ. ސިނކުޑީގައި އުފެދުނު ހައިޖާނާ އެކުވެ އެހިތުގެ ރިހުން ގަދަވެގެން ދިޔައިރު ވަށަިގެންވާ ކަންކަމާއި މީހުންނައް ޝަވާގެ ސަމާލުކަމެއް ނެތެވެ. އެއަށްވުރެ ބޮޑަށް އެހިތް ފިސްފިސް ވެއްޖެއެވެ.
ކޮޓަރިއަށް އައިސް ވަދެވުމާއި އެކުހެން ޝަވާގެ އަގައިން ވޭނީ އާހް އެއް ބޭރުވެގެންދިޔައެވެ. ހިތަށް ކޮށްފައިވާ އަސަރުން ދޮރުދޮށަށް ތިރިވެ އުގުގައި ބޯ އަޅާލެވުނީ ނޭވާލާންވެސް އުނދުގޫ ވާހެން ހީވުމުންނެވެ. ފިލްމުތަކުގެ ސޮޓްތަކެއްހެން މާޒީ ޝަވާ ގެ ލޯކުރިމަތީ ނިއުޅެމުން ދިޔައިރު އަޔާަހް ދައަކާފައިވާ ކޮންމެ ވާހަކައެއް އެކަންފަތް ދޮށުގައި ގުގުމަމުން ދާ ކަހަލައެވެ. ” ޝަވް… ވަރަށް ބޭނުން ޝަވް އާއި އެކީ ހެޕީ ލައިފްއެއް އުޅެން .. އިންޝާ لله އަދި އެދުވަސް އަންނާނެ ދޯ” ކަންފަތުގައި ގުގުމަމުން ދިޔަ ލަފްޒުތަކުން ބަޔާން ކުރަން ދަތި ވޭނެއް ހިތަށް ލިބެމުން ދިޔައިރު ދެތުންފަތް ފޫ އަޅުވާލައިފައި ނުކުންނަމުން ދިޔަ އާހް ގެ ސަބަބުން ހިލަހިތެއްގެ ވެރިއެއްވެސް އެ ބަލިކަށި އަންހެންކުއްޖާ އާއި ދޭތެރޭ ހަމްދަރުދީ އުފެދޭނެކަން ގައިމެވެ. ” އަޔާ ކިއްވެ؟ ޝަވް ލޯބިވާވަރު ނޭނގޭތަ؟ ” ކަރުނައިގެ ތެރެއިން ޝަވާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.
އާއެކެވެ. އެދެމެދުގައިވި އެކުވެރިކަން ކުރިލާ ހެދެމުން ދިޔައިރު ދުވަހެއްދުވަހަކަށް ޒިމްނާ އާއި އަޔާހް ގެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ. ވަގުތާއި ހާލަތު ނިޔާކުރިގޮތުން އަޔާހް އައް ޝަވާގެ ހިތުގެ ހާލު އެނގުން ވެގެންދިޔައީ ޒިމްނާއާއި އަޔާހް ގެ ގުޅުން ނިމުމަކަށް ގެނުވި ކަމަކަށެވެ. އެކަމާ އަޔާހް އައް މާބޮޑު އަސަރެއް ނުކުރީ އަޔާހް އާއި ޝަވާ އާއި ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަމުން ކަން ނޭގެއެވެ. ދުވަހެއް ދުވަހަކަށް ދެމީހުން އިތުރަށް ގާތްވަމުން ދިޔައިރު ނޭނގި ނަމަވެސް އަޔާހް ގެ ހިތުގައިވެސް ޝަވާ އަށް ހާއްސަ މަގާމެއްދެވުނެވެ. ނަމަވެސް ހިނދުކޮޅަކަށް ނަމަވެސް އެއިހުސާސްތައް ބަންޑުން ކޮއްލުން ވެގެން ދިޔައީ ފަހުން އެކަމާ ހިތާމަ ކުރާވަރު ކަމަކަށެވެ. އަޔާހް ލިބޭނެކަމަށް އެތައް ހުވަފެންތަކެއް ދެކެމުން އައި ނަމަވެސްއަޔާހްގެ ހިތް ބަދަލްވިއްޔެވެ. އެހެން ކުއްޖެއް އެހަޔާތަށް އެއައީ ތަގުދީރުގައިވެސް ލިޔެވިފަ ނެތީމަ ކަމައްވެދާނެއެވެ. ނަމަވެސް ލޯބިވާ އެންމެން ލިބުމެއްނުވާ މިދުނިޔެއަކީ އިމްތިހާނެއްކަން އިނގި ހުރެވެސް އަޔާހް ނޫން އެހެންމީހަކަށް އެހިތް ނޭދެނީ ކީއްވެ ހެއްޔެވެ؟ މިރޭ އެހެންމީހެއްގެ ހައްގަކަަށް އަޔާހް ބެއްޖެކަން އިނގި ހުރެވެސް އެ ހަގީގަތް ގަބޫލްކުރަން އެހިތް ދެކޮޅުހަދަނީ ކީއްވެ ހެއްޔެވެ؟ އެދެއަތުގެ ފިރުމުންތަކާއި ބޮސްދިނުމަށް އެހިތް އެދި ގޮވަނީ ކީއްވެ ހެއްޔެވެ؟ އެހިތްވިރިގެން ފައިބާ ކަހަލައެވެ. ލޮލަށް ކުޅަދާނަ ނުވާވަރަށް ކަރުނަ ފައިބަމުން ދިޔައިރު އަޑު ކުރަކިވެއްޖެއެވެ. މިއޮތް ހުރިހާ ދުވަހު އަޔާހް ގެ ކޯލެއް ނޫނީ މެސެޖެއްހާ ހިސާބުވެސް ލިބިފައިނުވާއިރު އަޔާހް ބަދަލުވެއްހެކަން އެ މޮޔަ ހިތަށް ނުވިސްނުނީ ކިއްވެ ހެއްޔެވެ؟ ވިސްނިވަރަކަށް ޝަވާގެ ބޮލުގެ ރިހުން ދިޔައީ ގަދަވަމުންނެވެ. ރަށަށް އާދެވުނު މޮޔަހީވި ހިނދިކޮޅަކަށްފަހު ދެފަރާތަށް ބޯ ހޫރާލީ މި ހަގީގަތަކީ ކޮންމެ ވަގުތަކު އިނގުނުނަމަވެސް ގަބޫލުކުރަންޖެހޭނެ ހަގީގަތެއްކަމަށް އަމިއްލަ ނަފްސުވެސް އެއްބަސް ވެލުމުންނެވެ.
*********************************
އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ބޮޑު ގަނޑުވަރެއްފަދަ ގޭތެރެއަށް ވަދެގެން އައި ޒުވާނާ ފެންނަފެނުމަށް 24 ހަކަށް އަހަރެވެ. ލާފައިވާ އަޅިކުލައިގެ އަތްދިގު ގަމީސް އޮޅަބުއްޓާ ހަމައަށް އޮޅާލާފައު ވާއިރު އެވަރުގަދަ އަތަށްވަނީ ގަމީސް ހިފާލައިފައެވެ. ކޮއްފައިވާ ބެގީ އާއި އަރައިފައިވާ ބޫޓުގެ ސަބަބުން ސަހުސިއްޔަތު ވަރުގަދަ ކަމަށް ދައްކައެވެ. ހެޔޮވަރު އިސްކޮޅްކާއި މާ އަލި ނޫނަސް ރީތި ހަންގނޑެއްގެ ވެރިއެކެވެ. ހެޔޮވަރު ވަރަކަށް ކޮށާލާފައިވާ އިސްތަށި ގަނޑުން ބައެއް ނިއްކުރިމަތީ ސަމާސާ ކުރަމުން ދިޔައެވެ. ރީތިވަރަކަށް ފަޅާފައިވާ ކަޅުކަންގަދަ ތުބުޅީގެ ސަބަބުން ފިރިހެންވަންތަކަން އިތުރުކޮއްދެއެވެ.
” ހައިކަލް ދަރިދުޅު ހާދަ އަވަހަކަށް އައި ރެޔެއް އަނެއްކަ ކިހިނެއްވީ؟” އެންމެ ފިރިހެން ވަންތަ ހިނގުމުގައި ސިޑިއާއި ދިމާލަށް ފިޔަވަޅުތައް ނަގަމުންދިޔަ ހައިކަލް ގެ ލޮލުގައި ސިޓިންރޫމްގައި އިން އަންހެން މީހާ އަޅައި ނުގަތީ މިވަގުތު ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަމުގެ ސަބަބުންހެން ހީވެއެވެ. ނަމަވެސް މަންމަ ހަމްދާ އަށް އިޙްތިރާމް ކުރުމުގެ ގޮތުން ސޯފާތަކާއި ދިމާލަށް މިސްރާބު ބަދަލް ކޮއްލިއެވެ. ބޮޑު ސިޓިންރޫމް ޕީޗް ކުލައިން ފަރުމާކޮއްފައި ވާއިރު ސޯފާތައްވަނީ އަޅިކުލައިންނެވެ. މެދަށްވާގޮތައް މައްޗަށް ނަގާފައިވާ ބޮޑު ޗާންދެލިޔާ ގެ ސަބަބުން މުޅިތަން އަލިވެފައި ވާއިރު ސޯފާތައްމެދަށް ވާގޮތަށް ހުރި ބިއްލޫރި މޭޒުމަތީ ބެހެއްޓިފައިވާ ވާސްގައި އޯކިޑް މާތައް ވަނީ ޖަހާލެވިފައެވެ. މުޅިތަން އޯކިޑް ގެ ލުއި ލުއި ވަހުން އެއްވަސްވެފައިވާއިރު ހިތަށް ހަމަޖެހުނަ ގެނެސްދެއެވެ. ފާރުގައި ހަރުކޮއްފައިވާ ވިންޑް ޗައިމްސް ތަައް އެކަތި އަނެއްޗާއި ކޭއްތިލާއަޑު އިވިގެންދަނީ މަޑު މިޔުޒިކެއްފަދައިންނެވެ. ” މޮމް އައި ވޯނަ ރެސްޓް… ކައިފިންބޭރުން … ކޮބާ ޑޭޑް” ހަމްދާ އާއި ޖެހިގެން އިން ސޯފާޔަށް ހަށިގަނޑު ހަށިގަނޑު ދޫކޮއްލަމުން ހައިކަލް ވާހަކަ ދެއްކިއެވެ. އެއަޑުގައިވެސް ވަރުބަލިކަން ވާއިރު މޫނުމަތިންވެސް ބަހަކާއި ނުލައި އެ ހަށިގަނޑު އަރާމަށް ބޭނުންވެފައުވާވަރު ހާމަވެއެވެ. ” ޑޭޑް އޮބެއް ކުޑަކޮށް ބޮލުގަ ރިހޭތީވެ … ދަރިފުޅޫ …. ދަރިފުޅު މާ ބުރަކޮށޭ ތިއުޅެނީ … މަންމަ ކިތައްފަހަރު ބުނާނީ ނައިޓް ޑިއުޓީ ދަރިފުޅު ނުނަގާށޭ… ދަރިފުޅު ހަށިގަނޑަށް ނުބަލާ އެއްވެސް ވަރަކަށް … ހެނދުނު އަރާ އިރާއެކީ ތިދަނީ ސައިވެސް ނުބޮއެ … ސައި ނުހަދާނަމަ ރަނގަޅު ސައި ނުބޮއެ ދާން… ނުވިތާކަށް ރޭގަނޑު ގެއައް ތި އަންނަނީ 2 ޖަހާފަހުން … ހަމަ ނިދި ނުލިބެންޔާއީ ބަލިވާނެކަންވެސް މޮމް އައްވުރެ ބޮޑަށް އިނގޭނީ ދަރިފުޅަށް … މީހުން ބުނަނީ ތެދެއް .. ސިއްހީ ދާއިރާގައި އުޅޭ މީހުން އެހެން މީހުންނައް އިރުޝާދު ދޭއިރު އެމީހުން ނަބަލާނެ އެމީހުން އަމިއްލަ ހަށިގަނޑަކަށް … ” އަތިގައި އޮތް މެގަޒިން މޭޒުމަތީ ބާއްވާ ލަމުން ހަމްދާ އެއްފައްޗަކަށް އަމުނާލިއެވެ. ހިތްހަމަ ނުޖެހުމުގެ އަސްރު އެދެލޮލުން ފެނުނު ނަމަވެސް އެހިތުގައި ވަނީ ދަރިފުޅައްޓަކައި ވާ ނިމުމެއްނެއް ލޮއެއްބެވެ.
މޮމީ ކަމޯން މޮމް އަށް އިނގޭ ދޯ އެމް އާރް އެން ހޮސްޕިޓަލްގަ ނިއުރޮލޮޖިސްޓަކަށް އަޅުގަނޑު ނޫން އިތުރު މީހަކު ނެއްކަން… ނުލާހިކު ރިސްކް ޖޮބް އެއް.. ދުވާލެއްގެމައްޗަށް އެތައް ސާޖަރީ އެއް.. އަބަދު އެލާޓްގަ ހުންނަން މިޖެހެނީ.. އެކަނިވީމަ ޑިއުޓީ ބެހޭކަށް ނޯވޭ… އެހެންވެއޭ ނައިޓް ޑިއުޓީ ނަގަނީ … ދެން ބްރޭކަފާސްޓް… އައިއެމް ޓޭކިން އިޓް ފްރޮމް ކެންޓީން… މޮމް ހާސްނުވެބަލަ އަޅުގަނޑު ބަލަމޭ އަމިއްލަ ހަށިގަނޑަށް… ދެން ހީލަބަލަ” ހަމްދާ އާއި ގާތްވެލަމުން ހައިކަލް ވާހަކަ ދެއްކީ މަންމަ ރުއްސަންހެން ހީވެއެވެ. އިތުރަށް ހައިކަލް އަގައިން ނޭރޭނެކަން އިނގުމުން ހަމްދާވެސް ބޭނުންވޫ ދަރިފުޅު އަރާމް ކޮއްލަން ފޮނުވާލާށެވެ. އުމުރުން 22 އަހަރުގައި ޑޮކްޓަރ ކަން ކިޔަވާ ނިންމާލުމަށްފަހު ނިއުރޮލޮޖިސްޓެއްގެ މަޤާމް ފުރަމުން އަންނަ ހައިކަލް އަކީ ޒުވާން އުމުރުގައި ގިނަ ސަރޖަރީތަޖެއް ކުރަމުން އަންނަ ކުޅަދާނަ ޑޮކްޓަރެކެވެ. މީހުންގެ ލޮއެއްބާއި އަޅާލުން ލިބެމުންއަންނަ ހައިކަލް އަކީ އެންމެންނާވެސް ގުލޭ ހިތްހެޔޮ ހިތެއްގެ ވެރިއެކެވެ.
ހަމްދާ އާއި ސަހުމް ގެ ހުރި ހަމަ އެކަނި ކުއްޖަކީ ހައިކަލް ކަމުން އެދެމަފިރިން ތިބެނީ ހައިކަލް އަށްޓަކައި ޖާނުންވެސް ފިދާވާން ތައްޔާރަށެވެ. 21 އަހަރު ވަންދެން ޔޫކޭގައި ދިރިއުޅުމައްފަހު ތިންމައިން މާލެ އައީ ހަމްދާގެ މަންމަ ނިޔާވުމާއި ގުޅިގެންނެވެ. އެއައި ގޮތަށް ހައިކަލް އަށް މާލޭގެ ހޮސްޕިޓަލަކުން ވަޒީފައި ހަމަޖެހުން ވެގެން ދިޔައީ މާލޭގައި ހަރުލުމަށް ދިމާވި މައިގަނޑު ސަބަބަކަށެވެ. ސަހުމް އަކީ ފުޅާ ދާއިރާއެއްގައި ޔޫކޭގައި އަރކިޓެކްޗަރ މަސަތްކަތް ކުރަމުން. އަންނަ ކުޅަދާނަ ހުނަރުވެރި ބައްޕައެކެވެ. ސަހުމް ކިޔަންމެ ބޭނުންވި ނަމަވެސް އޭނަގެ ވިޔަފާރިއާއި ހައިކަލް ހަވާލުވާކަށް ބޭނުމެއް ނުވިއެވެ. އެކަމަށް ޝައުގުވެރިކަން ނެތުމާވެސް އެކީގައެވެ. މިޔަދު ހައިކަލް ކުރަމުން އެ އަންނަ މަސަތްކަތަކީ ހައިކަލް އެންމެ ކުޑައިރުއްސުރެވެސް ދެކެމުން އަންނަ ހުވަފެނެވެ. ބޭނުމަކީ ބައްޕަ އަކީ ކިތަންމެ ފޯރާ މީހެއްނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވާށެވެ. އެހެންކަމުން އެ ކުޑަ ކުޑަ އާއިލާ ވެގެން ގޮސްފައިވަނީ ތަނަވަސް އަދި ހަމަ އެހާމެ އުފާވެރި އާއިލާ އަކަށެވެ
*********************
ފަތިސް ނަމާދު ބަންގީގެ އަޑަށް ޝަވާގެ އެސްފިޔަތައް މަޑު މަޑުން ހަރަކާތްކޮއްލިއެވެ. މުޅި ކޮޓަރިތެރޭ އަނދިރިކަން ރަސްކަން ކުރަމުން ދިޔައިރު އޭސީގެ ފިނިން އެހަށިގަނޑު ދިޔައީ ރޫރޫ އަޅަމުން ނެވެ. ރޭ އެވަރަށް ރުޔުމުގެ ސަބަބުން ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަމުގެ ސަބަބުން ނިދުނީވެސް ދަޮރުދޮށުގަ އިންދައެވެ. ބަރު ފިޔަވަޅުތަކެއްގައި ގޮސް ސްވިޗް ބޯޑަށް އަތްފޯރުވާލުމައްފަހު ބޮކިތައް ދިއްލާލީ ކޮޓަރިތެރޭ ރަސްކަން ކުރަމުންދިޔަ އަނދިރިކަމަށް ނިމުމެއް ގެނައުމަށެވެ. ދިއްލިގެން ދިޔަ އަލިކަންގަދަ ބޮކިތަކުގެ ސަބަބުން ލޮލަށް ބާރުކުރި ނަމަވެސް އެ އައްޔަށް ކުޑަ ހިދުކޮޅެއްގެ ތެރޭ އެދެލޯ ހޭނިއްޖެއެވެ. ލޯގަނޑާ ގާތްވެ އަމިއްލަ ސޫރަ ބަލާލުމުން ރޭ ކުރި ހިތާމަ ވަންހަނާ ނުވަާނެކަން ގައިމެވެ. ރަތްވެ ދުޅަވެފައިވާ ދެ ލޮލެވެ. ތަތްލާފައިވާ ބޯ އެސްފިޔަތަކެވެ.
ފަތިސް ނަމާދު ކޮއްލުމައްފަހު ސިޓިން ރޫމަށް ނުކުން ޝަވާ ގެ ހަރަކާތްތައް މިޔަދު އެހެން ދުވަސް ދުވަހައްވުރެ ލަހެވެ. ނަމަވެސް ބުރުގާ ރަނގަޅު ކޮއްލަމުން އިލޯށިފަތި ހިފައިގެން ބޭރައްނުކުމެ ކުނިކަހަން އަވަސްވެގަތީ އަލިވިލުމުގެ ކުރިން ކުނިކަހާ ނިންމާލެވޭ ތޯއެވެ.
ފަތިސް ނަމާދުން ފައިބައިގެން އައިސް ކޮޓަރިއަށް ވަން ޝިވަމް ގެ ފިޔަވަޅިތައް މަޑުޖެހުނީ ދޮރާ ފުރަގަހަށް ވާގޮތަށް މުސައްލަ މަތީ އެދަށް ލެގިލައިގެން އިން ޝާޔާ ފެނިފައެވެ. ނަމަވެސް ޝިވަމްގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފަޑުވެ ނިތައް ރޫ ގިނަވެގެން ދިޔައީ ކަންފަތުގަ އައިސް ޖެހުނު ހިމޭން ގިސްލުމުގެ އަޑުންނެވެ.
ނުނިމޭ
