ނަމަވެސް އާހް… ލޯބިވާ އިންސާނާ ހިތުގެ ވެރިއަކީ އެހެން މީހެއްކަން އިނގިހުރެ ކުރިމަތީ އުޅެން ޖެހުމަކީ ކިހާ ވޭން ހުރި ކަމެއްކަން އިނގޭނީ ފަހެ އެވޭނެއް ތަހަންމަލް ކުރަމުންދާ އިންސާނަކަށް ނޫން ހެއްޔެވެ.
އަޅައިގެން ހުރި ބުރުގާ ބޮލާ ވަކިކޮށްލަމުން ޝަވާ ވުލޫ ކޮށްލުމައްފަހު ނަމާދުކުރަން އަވަސްވެގަތެވެ. ނަމާދުކޮށް އަވަދިވެގެން އެތައްހާސް އިރަކު މުސައްލަމަތީ އިށީދެ އިދެ ﷲ ގެ ހަޒްރަތުގައި އެތައް އާދޭހެއް ދެންނެވިއެވެ. ދުއާ އަކީ ހުރިހާ ކަމެއްގެވެސް ހައްލެވެ. މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުވެސްމެއެވެ. އިޝާވެސް ކޮށްލުމައްފަހު މުޞައްލަ ބޭއްވުމައް ހާއްސަކުރެވުފައިވާ ތަނުގައި ޝަވާ މުޞައްލަ ބޭއްވިއެވެ.
ތަނަވަސް އެ ކޮޓަރީގެ ހަތަރު ފާރުގައި ލާފައިވާ އަޅިކުލައިގެ ސަބަބުން އަހެން ކުއްޖަކު އުޅޭ ކޮޓަރިިއެއް ކަމަށް ނުދެއްކި ނަމަވެސް ތަރުތީބު ކަމުގައި އެފަދަ ދެވަނައެއްނެތް އެ ކޮޓަރީގައި ވަނީ ހުދު ކުލައިގެ ފަރނީޗަރ އަތުރާ ލެވިފައެވެ. އެތް ބިތަށް ހެޔޮވަރު ބޮޑު މާބަލް އަލަމާރީގެ ސަބަބުން ކޮޓަރި ފަޅުފިލުވާލައިފައި ވާއިރު އެއްފަޅިއަށް ވާގޮތަށް ބެހެއްޓިފައިވާ ހުދުކުލައިގެ ސޯފާ އާއި ބިއްލޫރި މޭޒެވެ. ކުއީން ސައިޒް ބެޑްގައި އަޅާލެވިފައިވާ ކަޅާ ހުދުގެ ބެޑްކަވާއިން އެދުގެ ރީތިކަން ދެގުނައެވެ. ދުވަމުން ދިޔަ ލެވެންޑަރ ގެ ލުއި ލުއި ވަހުން ސިކުޑިއަށް ތާޒާކަން ގެނެސްދެއެވެ.
ލަސް ފިޔަވަޅު ތަކެއްގައި ކޮޓަރިން ނުކުތުމަށްފަހު ފަހު ޝަވާ މިސްރާބުޖެހީ ކޮޓަރީގެ އަނެއްފަޅިއަށް ވާގޮތަށް ހުންނަ ކައިބަޔަށެވެ. ޒަމާނީ ގޮތަކަށް ގޭތެރެ ފަރުމާ ކޮށްފަ ވާއިރު ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ ސާފްތާހިރު ކަމާއި ތަރުތީބުކަމެވެ.
ކައިބަޔަށް ވަންއިރު މޭޒުމަތީ ތަށިތައް އަތުރަމުން ދިޔަ މަރްޔަމަށް އެހީވަމުން ދިޔަ މާހީން ފެނިފައި ޝަވާ އަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އޭނަގެ މަންމަ އާއި ބައްޕަ އަކީ އެފަދަ ދެވަނައެއްނުވާ ލޯބީގެ މިސާލެއް ގޮތުގައި އޭނަ އަބަދުވެސް ދެކެއެވެ. ” އަހަ ދަރިފުޅު އާދެ އަވަހަށް މިއޮށް ނިމުނިއްޔޭ… ކޮބާ ދޮންބެމެން؟؟ ގޮވާ އަވަހަށް“ މާހީން ލޮއެއްބާއެކު ބުނެލިއެވެ. ” ބައްޕާ ދޮންބެދައްތަ ކުޑަކޮށް ލަސްވެދާނެ އެގެއަށް ބަޔަކު އައިސްގެން އުޅެނީ … ދޮންބެ ކާނީ ދޮންބެދައްތަ އާއި އެކީގަ އެންނު.. “ ޝަވާ އިށީދެލަމުން ބުނެލިއެވެ. މަރްޔަމް ވެސް އެއާ އެއްބަސް ވެލަމުން މާހީން އަށް ފެންއަޅައިދޭން އަވަސްވެގަތެވެ.
ކެއުން ނިންމާލައި ތަށިތައްނެގުމަށްފަހު އެމީހަކު އެމީހެއްގެ ހޮހަޅައަށް ވަދެއްޖެއެވެ. ހަނދު މަހުގެ ކުރީކޮޅު ކަމުން އުޑުގައި ރަސްކަން ކުރަމުން ދިޔަ ހަނދުވެސް އޭގެ ވާޖިބަ އަދާ ކުރުމައްފަހު އިރާކޮޅުގެ ވަގުތުގައި ޖައްވުން ގެއްލުނީ އުޑުގައި ފިޔަޖަހަމުންދިޔަ ކުދި ޖަވާހިރުތަކަށް ފުރުސަތު ދެމުންހެން ހީވެއެވެ. އާދައިގެމަތިން ނިދާ ހެދުމަށް ބަދަލުކޮއްލުމަށްފަހު ޝަވާ އެނދުގައި އޮށޯވެލީ އަވަހައް ނިދޭތޯއެވެ. އަވަހަށް ނިދުމައްފަހު އަވަހައްހޭލުމަކީ ޝަވާގެ އާދައަކަށްވި ނަމަވެސް ރަށަށް ފައިލީއްސުރެ ރޭގަނޑުގެ ނިދި ޝަވާ އަށް ރުޅިފަދައެވެ. އަޔާހް ގެ ހަނދާންތައް އެސިކުނޑިއަށް އުދަނގޫ ކުރަނީ އެއަށްވުރެ ބޮޑަށެވެ. ރަށަށް އައިތާ ތިންދުވަސް ވެފައިވާއިރު އަޔާހް ލޮލަށް ނުފެނުނު ނަމަވެސް އެދެލޯ ކުރިމަތީ އަޔާހް އުޅޭފަދައެވެ. އަނެއްކާވެސް މީގެ ހަތްއަހަރު ކުރީގެ ހިޔާލްތަކަށް އެ ސިކުޑި ގަންބާލީ ހިތަށް ކޮށްފައިވާ އަސަރުންހެން ހީވެއެވެ.
އަޔާހް ގެ ލޯބި ޝަވާއަށް ނުލިބުނު ނަމަވެސް ދެމީހުންގެ އެކުވެރިކަން. ދިޔައީ ކުރިލާ ހެދެމުންނެވެ. ނަމަވެސް އަޔާހް ގެ ދުލުން ޒިމްނާ ގެ ނަން އިވޭ ކޮންމެފަހަރަކު އެހިތުގައި މިރުސްލެވޭ ކަހަލައެވެ. އަޔާހް އަށް ނޭނގި ނަމަވެސް ޝަވާގެ ހިތަށް ދިޔައީ އެތައް އަނިޔާތަކެއް ދެވެމުންނެވެ. ނަމަވެސް ޝަވާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެލޯބި ނުލިބުނު ނަމަވެސް އަޔާހް ގެ ވަފާތެރި ރަހުމަތްތެރިއެއްގެ ގޮތުގައި އޭނަ ހުންނަން ބޭނުންވެއެވެ. ފަހުނޭވާއާ ޖެހެންދެނެވެ. ސައިޑް ކަބޯރޑް މަތީ އިތް ފޯނު ރިންގުވި އަޑަށްހިޔާލުތަކަށް ގަރަފުވެފައި އިތް ޝަވާ ސިހިގެން ދިޔައީ ފުން ނިދީގެ ތެރޭގައި އޮތްވާ މީހަކު ގޮވުމުން ސިހިގެންދާފަދަ ގޮތަކަށެވެ. ފޯން ޑިސްޕްލޭ އަށް އަރާފައި އޮތް ޝިއުނާގެ ނަން ފެނިފައި މީހާ ހަމަޔަކަށް އެޅިލަމުން ފޯނަށް ޖަވާބްދާރީވީ ހިނިތުންވެލަމުންނެވެ. 15 މިނެޓް އަށް ދިގުދެމިގެންދިޔަ ކޯލްގެ ސަބަބުން ޝަވާގެ އެސްފިޔަތަކަށް ބަރުޖެހެންފެށިއެވެ. އިސާހިތަކު ނިދީގެ ފޮނި އާލަމަށް ޝަވާ ގެބިގެން ދިޔައެވެ.
ތެތްފިނިކަން ވެރިވެފައިވާ ފަޒާގައި ހަރުލާފައިވާ ކޮވެލީގެ އަޑުން ފަތިހުގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ. ރުކުގެ ފަންތަކާއި ގަސްތަކުގެ ފަތްތައް އެއްރާގަކަށް ނަށަމުން ދިޔައިރު ޖައްވު ދޮންކުރަމުން ދިޔައީ މުޅިން އައު ދުވަހަކަށެވެ. އުޑުމައްޗަށް ވެރިވެފައިވާ ކުލަތަކެކޭ އާޓިސްޓެއްގެ ފިހިން ދަމާލެވިފައިވާ ކުލަތަކެކޭ ތަފާތެއްނެތެވެ. އެއަށްވުރެވެސް ފުރިހަމައެވެ. ގުދުރަތީ ރީތިކަމުގެ މިސާލެކެވެ. ނަމަވެސް ޖެހެމުންދިޔަ މަޑު ވައިރޯޅިތަކަށް އިރުގެ ރަންދޯދިތައް އަތްގަދަކުރަމުން ޖައްވު ހޫނުކަމަށް ގަންބާލީ ނުހަނު މަދު ސުކުންތު ކޮޅެއްގެ ތެރޭގައެވެ.
އެރި އިރާއެކީ ތެދުވި ގޮތަށް ގޭތެރެއިގެ މަސަތްކަތުގައި މަސްއޫލުވެ އުޅުނު ޝަވާ އާއި ޝާޔާގެ މަގްސަދަކަށްވީ މަންމަ ކޮޓަރިން ނުކުތުމުގެ ކުރިން ބަދިގޭގެ މަސަތްކަތްތައް ނިންމާލުމެވެ. މަރިޔަމް އާންމު ގޮތެއްގައި ބަދިގޭގެ މަސަތްކަތައިގެން އުޅޭނީ ޟުހާ ނަމާދު ފަހުން ކަމުން ދެމީހުންވެސް މަސަތްކަތްތައް އެހާއިރަށް ނިންމާލަން ބޭނުންވިއެވެ. އެންމެ ފަހު ކަމެއްގެ ގޮތުން ގޭތެރޭގެ މޮޕް ކުރުމައްފަހު ޝަވާ ހިންދެމިލިއެވެ. ހަމަ އެވަގުތު މީހަކު ސަލާމް ގޮވި އަޑަށް ޝަވާ ގެ ނަޒަރު ގޭގެ މައި ދޮރާ ދިމާލަށް ދަތުރުކުރިއެވެ. ދޮރުމަތީ ހުއްޓިލައިގެން ހުރީ ބަލާބެލުމަށް ޝަވާޔާ އެއްއުމުރެއްގެ ޒުވާނެކެވެ. ސަލާމް ބަލައި ގަތުމައްފަހު ލަސްފިޔަވަޅު ތަކެއްގައި ޝަވާ އެދިމާއަށް މިސްރާބުޖެހިއިރު އެޒުވާނާގެއަަތުގައި ވާ މަޑު ނުލަކަށްދާ ކާޑުތައް ލޮލުގައި އަޅައިގަތެވެ. ގާތްވެލުމާ އެކުހެން އެޒުވާނާ ދިއްކޮއްލި ކާޑުގައި ހިފަމުން ލުއި ހިނިތުންވުމަކާއެކު އެ ޒުވާނާއަށް ޝުކުރު އަދާ ކޮއްލިއެވެ. އިތުރަށް ބަހެއް ބުނުމެއްނެތި އެޒުވާނާ ނުކުމެގެން ދިއުމުން ކާޑުގައި އޮތީ ކޮއްޗެއްތޯ ބަލާލުމައް އިސްތިރިކޮއްލުމުގެ ކުރިން ފަހަތުން ޝާޔާ ގޮވާލިއަޑައް ސަމާލުކަން ދެވުނެވެ. ހީވާ ގޮތުން އެކާޑުގައުވާ އެއްޗެއް މިވަގުތު އިނގުމަކީ އެންމެ ބުއްދިވެރިގޮތް ނޫންކަމުގަވެސްވެދާނެއެވެ. ” ޝަވް ނިމުނީތަ؟ނިމުނިއްޔާމު ގޮވާލަބަ ދޮންބެއަށް .. ދޮންބެ ބުނި ގޮވާލައްޗޭ. ދޮންބެދައްތަ ތަށިތައް ދޮވެލާފަ ދާން ކުޑަކޮއް ލަސްވެދާނެ.. “ އެބަދަން ކަމުގަ ބުނެ އަތުގަ އޮތް ކާޑު ކިއުމެއްނެތި ސިޓިންރޫމް މޭޒުމަތީ ބޭއްވުމައްފަހު ޝަވާ އެންމެ ބިއްދޮށައް ހުރި ކޮޓަރިއާއި ދިމާލައް މިސްރާބު ޖެހިއެވެ.
އެކިސަކަރާތުގައި ތިބެ އެންމެން ހެނދުނުގެ ސައި ނިންމާލިއެވެ. ހުކުރު ދުވަހެއްކަމުން ޝިވަމް އާއި މާހީން ފީނަން ދިއުމުން އަންހެންވެރިން އަވަސްވެގަތީ މެންްދުރަށް ރަނގަޅު އެއްޗެއް ތައްޔާރު ކޮއްލުމަށެވެ.
މެންދުރުގެ އަތްވައް ހަވީރުގެ ފިނިކިން އަތް ގަދަކުރަމުން ދިޔައީ އެއްބައެއްގެ ހިއްތަކަށް އުފާވެރިކަން ގެނެސްދެމުނެވެ. އަނެއްބައެއްގެ ހިތްތަކަށް ނުތަނަވަސްކަން ވެރި ކުރުވަމުންނެވެ.
” ޝަވް މިރޭ އޮބެއް ވެޑިންއެއް .. ބީޗް ވެޑިންއެއް. ދޮންބެގެ ފްރެންޑެއް.. ދޮންބެ ވެއްޖެ ހެލްޕެއްދޭށޭ ކިޔާފަ ގޮސް ދާންވާނެ ދޯ! ” ސޯފާގައި ފޮތެއް ކިޔަން އޮތް ޝަވާ އާއި އަރާ ހަމަވަމުން ޝާޔާ ބުނެލިއެވެ. ފޮތައްގެއްލިފަ އޮތްވަރުން ހަމަ އެކަނި ހޫމް އަކުން ޝަވާ ނިންމާލިއެވެ.
ގަޑިން އަށްގަޑި ތިރީސް ވީއިރު ޝިވަމް އާއި ޝާޔާ ގޭގެ ބޭރުގައި ހުރި ޖޯލީގައި ތައްޔާރުވެގެން ތިބީ ޝަވާގެ އިންތިޒާރުގައެވެ. ހުސްކަޅު ގަޔަށްދޫ އަބާޔާއެއްލާފައިވާއިރު ޝާޔާ ފެންނަލެއްނުހަނު ރީއްޗެވެ. ނޫކުލައިގެ ޝޯލް އަކުން ބޯނިވާ ކޮއްލާފައިވާއިރު އެ ދޮންވައްމޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. ޝިވަމް ވެސް ލާފައިވާ ގަދަނޫ ކުލައިގެ އަތްދިގު ގަމީހުގެ އަތްވަނީ އުޅްބުއްޓާ ހަމަޔައް އޮޅާލެވިފައެވެ. ބޮލުގެ އިސްތަށިގަނގު ކުރު ނަމަވެސް ސަހުސިއްޔަތާއި ނުހަނު ގުޅެއެވެ. ”ތަތް ކުއްޖެއް ސަހާދެއް. ދަވާދު ނުލާއިރުވެސް އެހާ ތަތްވާނެ” ގޭތެރެއައް ބޯދިއްކޮއްލުމައްފަހު ހިނިގަނޑެއް ޖަހާލަމުން ޝިވަމް ބުނެލިއެވެ. ހަމަ އެވަގުތު ކޮޓަރި ދޮރުހުޅުވާލާފައި ނުކުން ޝަވާ ފެނިފައި ޝާޔާ އަށްވެސް ހީލެވުނީ ޝިވަމް ބުނި ބަހުގައި ކޮންމެހެންވަރެއްގެ ބުރަދަނެއްހުރީމަ ކަންނޭގެއެވެ. ކަޅު ޝޯލް އަކާއި ހަމަ އެކުލައިގެ އަބާޔާ އެއްގައި ޝަވާ ފެންނައިރު ވަރަށްވެސް ފުރިހަމައެވެ. މޭކްއަޕްއެއް ކޮށްފައިނުވާ އެމޫނަށް ވެރިކޮއްލާފައިވަނީ ހިތް ކަތިލާފަދަ ހިނިތުންވުމެކެވެ. ދިގު އެސްފިޔްތައް ނިވަލުގައިވާ ޗޮކްލެޓްކަންގަދަ ދެލޯ ވިދަމުން ދިޔައިރު ހަނދުވަރުގެ އަލި އެމޫނަށް އެޅިފައިވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.
ތިންމީހުން ރަށުގެ އުތުރު ފަޅިއާއި ވީ ދިމާލަށް މިސްރާބްޖެހީ ކައިވެނިީގެ ކެއުން ހަމަ ޖެހިފައިވަނީ އެތަނުގަ ކަމުގައި ވުމުންނެވެ. މަންޒިލާއި ގާތްވިވަރަކަށް މީހުން ލޭލަމޭލަވެ އުޅޭ އަޑު ދިޔައީ ގަދަވަމުންނެވެ. ރާސްތާގެ މެދުތެރެއިން ކޮލެޖް އިން ފޯންކޯލެއް އައުމުން ޝަވާ ކުޑަކޮއް ފިވަޅުތައް މަޑުޖައްސާލިނަމަވެސް އަނެއްޖޯޑު އަތުގުޅުވާލައިގެން ތިބެ ކުރިޔަށް ހިނގަމުން ދިޔައެވެ. ޝަވާވެސް ފޯނާވާހަކަ ދައްކަމުން ލަސްފިޔަވަޅު ތަކެއްގައި ޝިވަމްގެ ފަހަތުން ދިޔައީ އެހެންމީހުން ލޯތައް އަމާޒްވަމުން ދާތީއެވެ. އަލަތު ކައިވެނި ކުރި ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ތަނުގައި ތިބި ޖޯޑާ ދިމާލައް ޝިވަމްމެން މިސްރާބް ޖެހިއިރު ފަހަތުގައި ހުރި ޝަވާ އަށް އެދެމީހުންގެ މޫނުވަނީ ނިވާވެފައެވެ. މާހައުލިގައި އަޑު ގަދަވުމުގެ ސަބަބުން ޝަވާ ފޯނު ކުރުކޮއްލީ އެކޮޅުން ދައްކަމުން ދިޔަ ވާހަކަތަކަށް ހަމަޖެހިގެން ނޫނީ ޖަވާބް ނުދެވޭނެތީ އެވެ. އުފުލާލި އިހާއެކު ފެނިގެންދިޔަ ސޫރައިން ޝަވާގެ ހިތްމޭފަޅާފައި ނުކުންނަން އުޅުނު ކަހަލައެވެ. އަތުގައި އޮތް ފޯނަށް ދެއަތުން ބާރުކޮއްލެވުނީ މިއީ ބިރުވެރި ހުވަފެނަކަށްވޭ ތޯއެވެ.
ނުނިމޭ …
If any of readers wanna contact me can contact via through mail ??
Hope u oll ll lv the stry ❣️
One Comment
Comments are closed.

Salaam oll readers
Srry for being late
Here is the 2nd prt of boss hope u oll ll like it
Please leave a comment so I can improve the mistakes
@ luvza Im nt frm vaadhoo dr Im frm Raa atoll n thnkx for the luvly comment
@raayaa as wll thnkx
Comment wasnt published bt i saw the comment
Hoping tht mi prt vx dhekudhinnah v kamudhaane kamah luv u oll
Readers comments r my biggest mortivation
Konme week aku vx readers innah dhe prt kiyaalan dheveythw shawa v try kuraanan ???
May Allah bless u oll??