މާދަމާއަކީ ބޮޑުދުވަހެކެވެ. އަހަރެން މީހާކާ އިންނަނީއެވެ. ހާޔާތެއް ފަށަނީ އެވެ. ކިޔުންތެރިޔާ ހިތަށް އަރާފާނެއެވެ. އަހަރެން ހުންނާނީ ވަރަށް އުފަލުންނެވެ. ނޫނެކެވެ. މިވަގުތު އަހަރެން ގަންނަނީ ބިރެވެ. ކުރަން މިއުޅެނީ އައިދާގެ ކަމެއް ނޫން ވިއްޔާއެވެ. މިއުޅެނީ މީހަކަށް އަހަރެންގެ ދިރިއުޅުން މީހަކާ ހަވާލުކުރާށެވެ. އޭނާއަށް އިތުބާރު ކުރާށެވެ. ލޯބިދޭށެވެ. އައިލާއެއް ބިނާކުރާށެވެ. އުމުރުށެވެ. ހީބިހިވެސް ނަގައިފިއެވެ. މިއޮތީ ވާކަމެކެވެ. ބައެއް ފަހަރު ކައިވެނި ކުރާ ހިތްވެސް ކެނޑެއެވެ. ނަމަވެސް މިއީ އަދި މުޅިން ތެދެއްނޫނެވެ. […]
”ކާފާ ކޮންތާކު ތިއުޅެނީ… މާމަ ކިހާ ހާސްވާނެ…“ ކާފަގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެެވެ. އަހަރެން އަތް އޭރުވެސް ތުރުތުރު އަޅައެވެ. ”އަަހަރެން މިއައީ މާލެ ޖައްސާލާފަ ހެނދުނު ސައިބޮއެގެން. ކަލޯ ތިއީ ހުސޭނު ދަރިތަ.“ ކާފަ އަހަރެންނަށް ބަލާލަމުން ބުންޏެވެ. ”ޒީހާން. ޒިޔާދާގެ…ކާފަގެ ކާފަދަރިއޭ މިއީ.“ އެހާ ދުވަސް ފަހުން ކާފައާ ވާހަކަ ދައްކާލުން ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ފެންކަޅިވިއެވެ. ”އައްދޭ މަގޭ ޒީހާން ދޯ. ކަލޯ ހާދަ ދިގުވެއްޖޭ. މިދަނީ މާލެ […]
ފޮށި ފަހުން ވައްދަން ބަހައްޓާފަ އަހަރެން ބޭނުންވީ މާމަ ދެކިލާށެވެ. ވަށާފާރު މިހާރު ރާނާފައި ވުމުން ކުރިން ފެންނަހެން ބޭރުން މައިގެއެއް ނުފެނެއެވެ. ނޫކުލައިގެ ލަކުޑި ދޮރުގައި އަހަރެން ހިފާލީމެވެ. އެވަގުތު ވަރަށްބާރަށް ދޮޜު އަހަރެންނާ ދިމާލަށް އައެވެ. އައިގޮތައް ބާރަށް ބޮލުގައި ޖެހުނެވެ. ވަގުތުން އެނބުރުން އަރައިގެން ދިޔައެވެ. ވަގުން ދެކަކޫ މައްޗައް ތިރިވިއެވެ. ކުރިމަތި ބަލާލިއިރު އަންހެން ކުއްޖެއް މޫނު މަތީ އަތްއަޅައިގެން އެތާ ހުއްޓެވެ. ”އިޝާ??“ އަހަރެން ބުނަން އުޅުނުއެތިން ނުކުތީ ވައި […]
7 އަހަރު މާލޭގައި އުޅުމަށް ފަހު ރަށަށް ދެވެނީއެވެ. މަންމަ ބުނީތީ މާމަ ދެކިލުމަށެވެ. އަހަރެން ކުޑަކޮށެވެސް ދާން ބޭނުންވެގެއްނެއް ނޫނެވެ. އަހަރެންގެ ރަޙުމަތްތެރިންވެސް މާލޭގައި އެކި އެކި ކަންކަމުގައެވެ. އެކަމު މަންމަ އެވަރަށް ބުނީމަ ދެން ނުގޮސްވެސް ފަރަކު ނުޖެހޭނެއެވެ. އީދަށް ކޮލެޖް ބަނދުކުރީމަ އަހަރެން މަންމަ އެދުނުގޮތައް ރަށަށް ދާން ނިންމީއެވެ. މާމަވެސް ނުފެންނަތާ މިހާރު އަހަރެއްވީއެވެ. އެހެންވެ އަހަރެން ނިންމީ މާމައާއި ކާފައާއެކު މަހެއް ނޫނީ ދޮޅުމަހެއް ހޭދަ ކޮށްލުމަށްފަހު މާލެ ދިއުމަށެވެ. […]
ދިރިއުޅުމަކީ ބުރަކަމެވެ. ވޭން ބޮޑު ކަމެކެވެ. ހިތާއި ޖިސްމަށް އެތައް ޒަޚަމް ތަކެއް ލިބޭ ކަމެވެ. މަންމަ އާއި ބައްޕަގެ ލޯތްބާއި އެކު ފިކުރުތަކާއި ވިސްނުންތަކުން މަދު ދިރިއުޅުމެއްގައި އުޅެލާފަ ފަހުން މިނުކުމެވެނީ އަމިއްލަ ދިރިއުޅުމަކަށެވެ. ހާދަހާ އުނދަގުލެވެ. ނަމަވެސް މިބުނާ ދިރިއުޅުމުގެ ރީތިކަމަކީ މިއީއެވެ. ވޭނަށް ކެތްކުރުމަށް ފަހު އަރާމުހޯދުމެވެ. ނަފްރަތުގެ ކަށިތަކުން ނެއްޓުމަށްފަހު ލޯބިލިބިގަތުމެވެ. ހިތާމައިން އަރައިގަނެ އުފާވެރިކަން ޚާސިލްކުރުމެވެ. އަހަރެމެންނަށް އިންސާނުންނޭ މިކެޔެނީ މިހެންވެނޫނެހެއްޔެވެ؟ ވޭނާއި ކެކުޅުމާއި ހިތާމެއެވެ. އަރާމާއި ލައްޒަތާއި ލޯތްބެވެ. […]