Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިޝާރާތް 2

Farihibe Level 1
January 2, 2023 5 Mins Read
1 Comment

ފޮށި ފަހުން ވައްދަން ބަހައްޓާފަ އަހަރެން ބޭނުންވީ މާމަ ދެކިލާށެވެ. ވަށާފާރު މިހާރު ރާނާފައި ވުމުން ކުރިން ފެންނަހެން ބޭރުން މައިގެއެއް ނުފެނެއެވެ. ނޫކުލައިގެ ލަކުޑި ދޮރުގައި އަހަރެން ހިފާލީމެވެ. އެވަގުތު ވަރަށްބާރަށް ދޮޜު އަހަރެންނާ ދިމާލަށް އައެވެ. އައިގޮތައް ބާރަށް ބޮލުގައި ޖެހުނެވެ. ވަގުތުން އެނބުރުން އަރައިގެން ދިޔައެވެ. ވަގުން ދެކަކޫ މައްޗައް ތިރިވިއެވެ. ކުރިމަތި ބަލާލިއިރު އަންހެން ކުއްޖެއް މޫނު މަތީ އަތްއަޅައިގެން އެތާ ހުއްޓެވެ.

”އިޝާ??“ އަހަރެން ބުނަން އުޅުނުއެތިން ނުކުތީ ވައި އަޑެކެވެ. ދެން މޫނު މަތި އަނދިރިވިއެވެ.

************

ހޭވެރިވީ ބޮލުގައި ރިއްސާވަރުންނެވެ. ލޯހުޅުވާލިއިރު އޮއެވުނީ މާމަމެންގޭގެ މެދުގޭގެ އެއްފަރާތުގައި އޮންނަ ފިނިއަށީގައެވެ. މާމައެއްވެސް ކާފައެއްވެސް ފެންނާކަށް ނެތެވެ. ހިންދެމިލާފަ ފަހަތް ބަލާލިއިރު ފިނިއަށީގެ އެންމެ ފަހަތުގައި އަންހެން ކުއްޖެއް އިށީނދެލައިގެން އިނެވެ. އީޝާއެވެ. ކުއްލިއަކަށް އަހަރެން ބަލާތީ ފެނުމުން އީޝާ އޭނާގެ މޫނުމަތީ އަތް އެޅިއެވެ.

އެތެދުވި ގޮތައް ބޮޑު ދޮރާށިން ބޭރަށް ދުވަމުން ނުކުތެވެ. އަހަރެންނަށް ވާނުވާ ކޮންމެވެސް ވަރަކަށް ރެއަކާލިއެވެ. މާމަމެން ގެއަށް އާދެވުނީ އެވެ. ފޮށިތައް ބާލާފައި ގެއަށް ވަންނަން އުޅެނިކޮށް ދޮރު މީހަކު ވަރަށް ބާރަށް ހުޅުވީއެވެ. އެއައިސް ޖެހުނީ ސީދާ ނިތުގައެވެ. ދެން އީޝާ ފެނުން ހަނދާނެވެއެވެ. ދެން ވީނުވީއެއް ނޭނގެއެވެ. އަމިއްލައަށް ނިކުރީގައި އަތްޖައްސާ ލެވުނެވެ. އަދިވެސް ދުޅާ ނުކެނޑެއެވެ.

ގަޑިން މިހާރު 2 ހެޖީއެވެ. މިހާއިރު ވީއިރު އަހަރެން ހަމަ އޮތީ ހޭނެތިފަތާއެވެ. ކޮންމެއަކަސް މާމަމެންގެ އަދިވެސް ހަމަ ހުރިގޮތަށެވެ. މާ ބަދަލެއް އައިސްފަކާ ނެތެވެ. މޭޒު ބައިންދާފަ އިންތަނާ ފަންގިގަނޑުތައް ބަހައްޓާފަ ހުރިތަނަށް ދަންދެން ނުލާހިކު އެއްގޮތެވެ. އެއްފަރާތުން ކޮޓަރިތަކަށް ވަންނަން މަގެއް ހުރި އިތު ކާގެ ޖެހިގެން އިން ބިތުގައި ހުއްޓެވެ. ޓީވީގެ އަޑު ކޮޓަރިތަކަށް ދާން ހުރި މަގުން އިވެއެވެ. ގިނަގޭތަކާ ޚިލާފަށް މިގޭގައި ސިޓިން ރޫމްވެސް ހުންނަނީ ވަކިންނެވެ. ކާފަ އެއިނީ ޓީވީ ބަލަންކަންނޭނގެއެވެ.

ވަށައިގެން ހުރި މާޙައުލުން ފެންނަމުން ދިޔައީ އަހަރެންގެ ކުޑައިރުގެ ހަނދާންތަކެވެ. މަޖާކޮށް ކުޅެން އުޅުނު ހަނދާންތަކެވެ. މަންމަ އަހަރެންނަށް ހުނިލީ ރޮށްޓާއި ގަރުދިޔަ ލުނބޮޔާއި މިރުހާއެކީ މޮޑެގެނަ ކާންދޭ ހަނދާނެވެ. މާމަ ބައެއް ދުވަސް ދުވަހު ހެނދުނު ބަތް މޮޑެގެން ކާންދޭ ހަނދާނެވެ. ބަތް ހެނދުނު ކެއުމަކީ އަހަރެންގެ ރަށުގައި އާންމުކަމެކެވެ. ކާފަގެ ފަންޑިތަ ފޮތް ފެނުނު ދުވަސް ހަނދާންވެއެެވެ. އެއީ ކާފަ އަހަރެންނަށް ވަރަށް ހުރުތުކޮށް އެއްޗެހިކީ ދުވަހެކެވެ. އަހަރެން ކާފައާއި ދިމާލަށް އަނބުރާ ތިއީ ނުބައިމީހެކޭ  އެދުވަހު ބުނީމެވެ. އަނެއް ދުވަހު ކާފަ ހުންއައިސްގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ފަހުން ހަމަޖެހޭ ވާހަކައެއް ނުދައްކައެވެ. ހިތި ހަނދާނެކެވެ. މިހާރުވެެސް އަހަރެން ކާފަގެ ކުރިމައްޗައް އަރަން ލަދުގަނެއެވެ. ކުރެވޭނެ ކަމެއް ނެތެވެ. އިނގޭހާވެސް އެއްޗަކީ ކާފައަށް ދިމާވި ކަންކަމުގައި އަހަރެންގެ އަތެއްލެވުނު ކަމުގެ އިޙްސާސެވެ. އަހަރެން ވިހޭން ސުރެން އުމުރުން ދިހަ އަހަރުވަންދެން އުޅުނީ މިގޭގައެވެ. އެކަމަކު އެކަން ދިމާވިފަހުން އަހަރެން ކާފަ ފެނުމަކަށް ނޭދެއެވެ.

ޙިޔާލުގެ ތެރެއިން ނުކުމެވުނީ މާމަ ދޮރާށި ހުޅުވާލިއަޑަށެވެ.

” އައްދޭ… ކޮން އިރަކު ތިހޭލީ. މާމަ ހުރީ ވަރަށް ކަންބޮޑުވެފަ ދަރިފުޅު ހޭނެތުނީމަ. އީޝާވެސް ވަރަށް ދެރަވެ- ކޮބާތަ އެމަންޖެ ދިޔައީތަ“ މާމަ ދެލޯބޮޑުކުރަމުން ވާހަކަ ދެއްކިއެވެ.

”މާމާ ކިހިނެއްތަ… އަޅުގަނޑަކަށް ނޭގެ. ހަމަ ދެންމެ ކަހަލަ ގޮތަކަށް މިހޭލެވުނީ. ދޮރުފަތް ބޮލުގަ ޖެހުން ހަނދާނަވޭ ދެން ނޭނގެ. ރޭން ސުރެ އެއްޗެއް ނުކާތީ ކަންނޭގެ. އަނެއްކާ ފަހުންވެސް ވާރެވެހިގެން ލަސްވީ.“

”ހުމ… ތިކަން އެނގުނޭ… ބަހިން ސައިފޮދެއްބޯން ދޯ.“ މާމަ އަތުން ހަނާ އަޅުވަމުން ކާގެއަށް ވަނެވެ.

ކާގޭގެ މެދުގައި ލަކުޑި މޭޒެއް ހުއްޓެވެ. ހަމަ ކުރިންވެސް ހުރިމޭޒެވެ. މަތީގައި ރަބަރުގަނޑެއް އަޅާފައި އޮތެވެ. މާމަ ގޮށިނެގިރު ވަރަށް ގިނަ ކާނާ ތައްޔާރުކޮށްފައިވެެއެވެ. އަހަރެންނަށް ވަރަށް މީރުވެގެން ކާ ހުނިލީ ރޮށިވެސް މާމަ ހުރީ ހަދާފައެވެ. ފިހިހުނު ފަރުމަހާއި މުގުރިހަ ހުއްޓެވެ. ފުނޑި ރިހައިގެ މަސްރިހަހުއްޓެވެ. ކުޑަ ތައްޓެއްގައި ތެލުލިފަތް ވެސް ހުއްޓެވެ. އެވަރުން ނުވެގެން ހަލުވިދާވެސް އެއްފަރާތިގައި ހުއްޓެވެ.

”ދަރިފުޅު ކުޑަކޮށް ހޭއަރާފަވެސް ކޮންމެވެސް އެއްޗެކޭ ކިޔާފަ ނިދީ. އެހެންވެ މާމަ ފަނިތަށި ހުންނާނެ އައިސް އަލަމާރިއަށް ލާފަ. ހިނގާ ދޯ ކާންފަށަން.“

ލައްބައޭ ބުނެފާ އެތަނުން ހުނިލީ ރޮއްޓެއްނަގާ ވިނުވަންވެށީމެވެ.

”ކާފައާ ގާތައް ނުވެލަންތަ“ ރިހައަޅާފަ ހުރި ބޯތަށި ގާތް ކޮށްލަމުން މާމަ އަހާލިއެވެ.

ވައި އަޑުން ނޫނެކޭ އަަހަރެން ބުނީމެވެ. މާމައާއި ދިމާލަށް އިސްއުފުލާކަށްވެސް އަހަރެންނަކަށް ނުކެރުނެވެ. ކާފަގެ ވާހަކަ ނުދައްކާ ވޭތޯ އަހަރެން ވަރަށް ބަލަމެވެ. ދައްކަން ބޭނުން ނުވަނީއެވެ. އުނދަގޫވަނީއެވެ. މަޑުމަޑުން އިސްއުފުލާލިއިރު މާމަވެސް އިނީ އިސްދަށަށް ޖަހައިގެނެވެ. އަހަރެން އަނގަވެދިފާ ޒާތަކަށް އިނީއެވެ. މާމަ ތައްޓަކަށް ބަތް އަޅަމުންދެއެވެ. މާމަގެ އުމުރުން މިހާރު ގާތް ގަނޑަކަށް 70 އަހަރުވެދާނެއެވެ. ހަންގަނޑުގައި ރޫޖެހުނެއްކަމަކު އެމޫނު އަދިވެސް އުޖާލާއެވެ. ރީއްޗެވެ. ހިތާމައިގެ އަސަރު މޫނުމަތީގައި ހުއްޓެވެ. މާމަގެ އެންމެ ދުރު ހަނދާނަކަށް ވަނީ ފަތިސް ގަޑީ މާމައާއެކު ތުނޑިއަށް ދިޔަ ހަނދާނެވެ. އޭރު އަހަރެންނަށް ވާނި ހަމަކިރިޔާ އެންމެ ނުވަ އަހަރެވެ. ބޮލި ހުވީމެވެ. ދުވެ ވަރަށް މަޖާކުރީމެވެ. އެދުވަހު ހޮވި ބޮލިތައް އަދިވެސް އަހަރެންގެ އަތުގައި އެބަހުއްޓެވެ. ހަމަ އެއްލާލާ ހިތް ނުވީއެވެ. ދާކޮންމެ ތާކަށް ވެސް ދަނީ އެކުޑަ ބޮލިތައް ހިފައިގެންނެވެ. ކިޔައިދޭން ނޭނގޭ ފަދަ ހިނިތުންވުމެއް ލިބެނީ އެވެ.

”ދަރިފުޅާ ޒީހާން, އަސްލު މާމަ ދަރިފުޅު ގެނަން ބުނީ ކަމެއްވެގެން“ މާމަ ނޭވާއެއް ލުމަށް ފަހު ވާހަކަ ދައްކަން ފެށިއެވެ.

”ކާފަ މިހާރު ތަފާތުވެއްޖެ. ހަމަ ނުޖެހޭ ވާހަކަ އަބަދުވެސް ދައްކާ އެކަމަކު މިހާރު… މިހާރު މާމައަށް ހީވަނީ ތަފާތުކަމެއް އެބަހުއްޓޭ… ހީވޭ ބައެއް ފަހަރު ހަމަޖެހޭ ވާޙަކަ ދައްކާހެން…އެކަމަކު ދައްކަނީ މީހުން މަރުވާ ވާހަކަޔާއި އެކަހަލަ… ނޭނގެ ކިޔައިދޭކަށް ދަރިފުޅަށް އިނގޭނެ ދެތިން ފަހަރު ކާފަ އުޅޭ ގޮތް ފެނުނީމަ. އަސީލްބޭ އެއްދުވަހު މިގެއަށް އައިސް ބުނީ އޭނާ މަންމަ ބަލިވެ އުޅޭވާހަަކަ. ކާފަ އެތެރެ ގެއިން ބޯދިއްކޮށްލާފަ ބުނަނީ އަސީލް މަންމަގެ މަރު ދެދުވަސް ތެރޭ ވާނެކަމަށް. ކުއްލިއަކަށް ދެދުވަސް ފަހުން ޙަބަރު އައީ އޭނާ މަންމަ ނިޔާވިކަމުގެ. ދެން މާގިނައިން މިހާރު ފާޚާނާގަ އިނުމާއި… ވަލުތެރެއަށް ރޭނގަޑު ވަނުމާ… ދެފަހަރު އަމިއްލައަށް ހިނގާފަ އެކަނި ތަންތަނަށް ދޭ. ގެއްލިގެން މާމާ އެތައްމީހުންނަށް ގުޅިން ނޭނގެ“

”ކާފައަކީ ދަރިންނަށް ރަނގަޅު މީހެއްނޫން. އޭރު ފަނޑިތަކަންކަމާ އުޅިފަ ދަރިންނަކަށްމާ އަޅާލުމެއްނެތް. ނުވިތާކަށް އެހާ ރުޅިގަދަ. އެހެން ޒިޔާދާވެސް އަންނަން ބޭނުން ނުވީ. އެހެން ނޫނަސް އެކަލަ ގޮތަކަށް ޒިޔާދާމެން ބެލީމަ އެމީހުންގެ ހިތުގަ ކާފައާ ދޭތެރޭ ކޮންރަޙުމެއް ވަކި އޮންނާނީ… އެކަމަކު ޒިޔާދާއަށް ދަރިފުޅު ލިބުނުފަހުން ކާފަ ވަރަށް ބަދަލުވި ހީވެސް ނުކުރާހާ ވަރަށް. ޒީހާން ދެކެ ކާފަަ ވަރަށް ލޯބިވި. އެހެންވެ…“

މާމައަށް ރޮވޭގޮތް ވިއެވެ. ހުއްޓުން އެރިއެވެ. އިސާހިތަކު އެރޫޖެހިފައިވާ މޫނަށް ރޫ އިތުރުވިއެވެ. ކަރުނައިން  ބަރުވެފައިވާ ދެލޮލުން ހޯސްލައިފާ ކަރުނަށް އޮހެން ފެށުނެވެ. މާމަ ރޯތަން ބަލާކަށް އަހަރެންގެ ހިތަކަށް ކެތެއްނުވާނެވެ. އަވަހަށް ތެދުވެލައިފާ ގޮސް ފަހަތުން މާމަގައިގާ ބައްދާލީމެވެ. އޭރުވެސް މާމަ އެކީއެކަށް ތުރުތުރު އަޅަމުންދެއެވެ.

”މާމަ ދެން ރޯ ވަރެއް ނޫނޭ. އިރާދަކުރެއްވީތީ އަހަރެން މިހުރީނުން. ކާފަ ބަލާނަމޭ. އެވާ އުނދަގުލަކާ ހުރިހާކަމެއް. ދެން މާމަ ހާސްވަނީ ކީއްކުރަށް. މާމަގެ ބެސްޓް މާމަދަރިއެއްނުން މިއީ. އަވަހަށް ހުއްޓާލާ… އަވަސް…“

މާމަ މަޑުމަޑުން ގިސްލަމުން ބޯޖަހާލިއެވެ.

”އަނހާނ… އަދިވެސް ރޮނީނުން ތިޔަ.“ މަޖާވެލާފައި އަހަރެންވެސް ބުނީމެވެ.

”ދެން މާމަ ބައިންދާ… ދޭ ފެނަވަރާލަން.“ މާމަ ދެލޯ ފޮހެމުން އަވަހަށް ބުނެލިއެވެ. އަދި އަހަރެންގެ ބުރަކަށީގައި ޖަހާލުމަށް ފަހު ދިއުމަށް ބުންޔެވެ.

ފެންވަރަން ކަމަށް ދަބަހުން ސައިބޯނި ފުޅިއެއް ނަގައިގެން އަހަރެން ވަނީ ގޭގެ ހުޅަނގުގައި ހުންނަ ބޮޑުބެ މާމަ ބުނެގެން ހެދި ކޮޓރިއަށެވެ. އަހަރެން އަބަދުވެސް ނިދީ އޭސީގައި ކަމަށް ވީތީ މާމަ އަހަރެން ފަންކާގައި ނިދަން ބޭނުން ނުވީއެވެ. ސިޓިން ރޫމްއާ ދިމާލުން އޭރުވެސް ތީވީގެ އަޑު އާދެއެވެ. ކަފާޔަށް ގޮވާލަން ވީއެވެ. ކުޑަމިނުން އަހަރެން އައިކަން ކާފައަށްވެސް އިނގެން ވާނެއްނޫން ހެއްޔެވެ.

އަތްމުއްކަވާލީމެވެ. ކުޑަ ހިހިތުންވުމެއް މޫނަށް ލީމެވެ. ކާފާއޭ ގޮވާ ހިނގައި ގަތީމެވެ. އަހަރެން ސިޓިން ރޫމަށް ވަތްއިތު ޓީވީއިން އިސްތިހާރެއް އާދެއެވެ. ދެން ވަށައިން ބަލާލިއިރު ކާފައެއް ނެތެވެ. ކޮޓަރިއަށް ވަނީ ކަންނޭނގެއެވެ. ޓީވީ ކުރިމަތީ އިންނަ ހަނިމަގުން ފުރަތަޖެޙޭ ކޮޓަރި އެއީ ކާފައާއި މާމަގެ ކޮޓަރިއެވެ. ދިޔަގޮތަށް ގޮސް ޓަކިދިނީމެވެ.

”ކާފާ… އެބަ އުޅެންތަ“

ޖަވާބެއް ނައެވެ. ދޮރުގައި ހިފާލަން އަތް ދިއްކޮށްލީމެވެ. އެވަގުތު…

” ޒީހާން…ދަރިފުޅާ“ ކުރަކި ފިރިހެނެއްގެ އަޑު ފަހަތުން އައެވެ. އެބުނރިލީ އިރަކު މީހަކު ނެތެވެ.

” ކާފާ… ކޮބާތަ“ އަރެންނަށް އެއީ ކާފަ އަޑުކަން ޔަޤީން ވިއެވެ. ކުޑަ ބިރުވެރިކަމެއް އަހަރެންގެ ހިތަށް ވަދެގެން ދިޔައެވެ.

” ޒީހާން…ދަރިފުޅާ“ މިފަހަރު އަޑު އައީ ފިނިއަށްޓާ ދިމާލުންނެވެ.

މަޑު ދުވުމެއްގައި އަހަރެން ދޮސް ބެލީމެވެ. ނެތެވެ. ކާފައެއް ނެތެވެ. އަލުން އަނބުރާ ހިނގާފަ ކޮޓަރި ދޮރު ހުޅުވާލީ މެވެ. ނެތެވެ. އެތެރެއަށް ވަދެ ފާޚާނާވެސް ބެލީމެވެ. ނެތެވެ. ޖެހިގެން ހުރި ކޮޓަރިއަށް ވަނީމެވެ. ނެތެވެ.

” ކާފާ…ކޮންތާކު ތިއުޅެނީ“

ހިތް އަވަސް ވަމުން ދެއެެވެ. ނިކުރިން ދާފައިބަމުން އަނަނަކަމުގެ އިހުސާސްވިއެވެ. ދެން ހުރި ކޮޓަރިވެސް ބެލީމެވެ. ގުދަން ހުރީ ތަޅުލައިފައެވެ. ސިފިލި ކޮޓަރިވެސް ވެލީމެވެ. ގިފިލިވެސް ބެލީމެވެ. ނެތެވެ.

”މާމާ…މާމާ“ ބާރަށް މާމައަށް ގޮވަމުން އަހަރެން މިސްރާބިޖެހީ ކާގެއަށެވެ.

”ކިހިނެއްވީ ދޮންމަނިކާ… ހާދަބާރަކަށް“ މާމަ ކާގެއިން ނުކުތެވެ

”ކޮބާ ކާފަ… މުޅި ގެބަލައި ފިން… ނެތް ފެންނާކަށް“

ވަގުތުން މާމެ ދެލޯބޮޑުވިއެވެ. އަވަސް އަރުވާލާފައި ހިނގައިގަތެވެ

” ދަރިފުޅު ދޭބަލަ މަގުމަތި ބަލަން…އަދި މާދުރަކަށް ނުދެވޭނެ … މާމަ ކެެޔޮވާ ބަލާލާނަން…“

ބޮޑު ދޮރާށިން ނުކުމެ އަހަރެން މުޅި މަގު ބަލަން ފެށީމެވެ. އަނބުގަސްތަކުގެ ކޮކާއަވި މުޅިސަރަޙައްދަށް އެޅިފައިވެއެވެ. ދެތިން ސައިކަލު ފެނެއެވެ. ދެ ކުޑަ ކުދިން ދެހިގެހުރިގޭ ޖޯލީގައި ކުޅެން ތިއްބެވެ. މުސްކުޅިއެވެ ފެންނާކަށް ނެތެވެ. ގޭގެ އަނެއް ފަރާތަށް އިންގޯޅިއަށް ގޮސް ބަލާލީމެވެ. މީހަކުނެތެވެ. ކާފައެއް ނެތެވެ. މީހާ ހާސްވާގޮތްވިއެވެ. ކާފާއޭ ކިޔާ އަޑުގެ ނެތްތަނަށް ގޮވާލީމެވެ. ހިލަމެއް ނުވިއެވެ. އަނެއްކާވެސް ގޮވާލީމެވެ. ހަަބަރެއް ނުވިއެވެ. އަނެއްކާވެސް ގޮވާލީމެވެ. އަޑެއް ބަޑެއް ނީވެއެވެ. މާޔޫސް ވާގޮތްވިއެވެ. ނޫނެކެވެ. އަހދި މާ ދުރަކަށް ނުދެވޭނެއެވެ. ދެން އިން ގޯޅިވެސް ބަަލަން ވީއެވެ. ދުވަމުން ދެން ޖެހިގެން އިންގޯޅިއެޅީމެވެ. ހާސްކަމުގައި ދުވަމުން ދިޔައީ ވަރަށް ބާރަށެވެ.

މީހަކު އެބަ އާދެއެެވެ. ހިލަމެއް އެވީ މާފަހުންނެވެ. އެދިޔަބާރުމިނުގައި ގޮސް އެމީހެއްގެ ގައިގާ އަހަރެންނަށް ޖެހެވުނެވެ. މީހާ ތައްޅުވައިގެން ދިޔައެވެ. އަދި ފަހަތައް ޖެހެވުނެވެ. ސޮރީއޭ ބުނުމަށް ފަހުބަލާލެވުނެވެ. އަހެންކުއްޖެކެވެ. ނަމަވެސް އަހަރެން އަޅައިގަތީ އެކުއްޖާގެ އަތުގައި ހިފަހައްޓައިގެން ހުރި މުސްކުޅި ފިރިހެނަށެވެ. ތާކިހަލެއް ބޮލުގައި އޮތެވެ. ތުނބުޅިއަކާ މަތިމަހެއް ހުއްޓެވެ. އެއްކޮށް ނުރަވެފައެވެ. ލޯމަތީގައި ވައްއައިނެއް އޮތެވެ. ހުދު ގަމީހަކާ ނޫ މުންޑެއްގާ ހުރިއިރު ރޫކޮޅެއް ނެތެވެ. ހަމުގެ ކުލަ އަލިވެފައި ހަށިގަނޑު ރަނގަޅެވެ. އިސްކޮޅުން އަހަރެން ނަށްވުރެ ކުރެވެ.

”ކާފާ ކޮންތާކު ތިއުޅެނީ… މާމަ ކިހާ ހާސްވާނެ…“ ކާފަގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެެވެ. އަހަރެން އަތް އޭރުވެސް ތުރުތުރު އަޅައެވެ.

”އަަހަރެން މިއައީ މާލެ ޖައްސާލާފަ ހެނދުނު ސައިބޮއެގެން. ކަލޯ ތިއީ ހުސޭނު ދަރިތަ.“ ކާފަ އަހަރެންނަށް ބަލާލަމުން ބުންޏެވެ.

”ޒީހާން. ޒިޔާދާގެ…ކާފަގެ ކާފަދަރިއޭ މިއީ.“ އެހާ ދުވަސް ފަހުން ކާފައާ ވާހަކަ ދައްކާލުން ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ފެންކަޅިވިއެވެ.

”އައްދޭ މަގޭ ޒީހާން ދޯ. ކަލޯ ހާދަ ދިގުވެއްޖޭ. މިދަނީ މާލެ ދާން ހިނގާ ދޯ“ ކާފަ ހިނިތިން ވެލާފާ ބުންޏެވެ.

” ހުމް.. އެކަމަކު މާމަ ގޮވައިގެންދޯ ދާނީ… ހިނގާ މާމަ ބަލައި… ”

” މައްސަަލައެއްނެތް. މިހުރީ ކާފައާ މާލޭން ދިމާވި މަންޖެއެއް.“ އަންހެން ކުއްޖާއަށް ބަލާލަމުން ކާފަ ބުންޏެވެ. އަހަރެން ޝުކުރު އަދާކުރަން ބަލާލީމެވެ.

”އިޝާ??“ ވައި އަޑުން އަހަރެންނަށް ބުނެވުނެވެ.

*އަދި ނުނިމޭ*

**** ދެވަނަ ބައި ލިޔެ ނިންމަން ގިނަދުވަސް ވީކަމަށް ވަރަށް ބޮޑަށް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން. ދެން އޮތްބައި އަވަސް މުސްތަޤުބަލެއްގައި ލިޔެ ނިންމާލަން މަސައްކަތް ކުރާނަން*****

Share Article

Follow Me Written By

Farihibe

Level 1

ވާހަކަ ކިޔުމަކީ އިޙްސާސެކެވެ. ޖަޒުބާތެކެވެ

Other Articles

Previous

ބާއްޖަވެރި ޙަޔާތް

Next

އުމުރައް ވެސް ލޯބިވިން – 6

Next
January 4, 2023

އުމުރައް ވެސް ލޯބިވިން – 6

Previews
January 2, 2023

ބާއްޖަވެރި ޙަޔާތް

One Comment

  1. aal says:
    January 19, 2023 at 2:41 pm

    kon irakun next part…by the mi part ves vrh reethi

Comments are closed.



All Right Reserved!