“ޕަމްޕްކިންންން. ދެން ހޭލަބަލާ. ޑޭޑީ ބުންޏެއްނު މިއަދު އޮފީހަށް ދާށޭ. އަވަހަށް ތެދުވެލާ. އައިޝްވަރިޔާ މިއަދު އެހެރީ ޕޭންކޭކްސް ހަދާފަ.” ދޮރުގައި ޓަކިޖަހައިލި ލަތީފާ ހީވީ ހުރި ހަމައެކަނި ދަރިދެކެ ވާ ލޯބީގެ ފޮނިކަމުން ދިޔާހަކުރު ބުރުވާހެނެވެ. ބާލިސްތެރެއަށް ބޯ ގަންބައިލަމުން މިދަނީއޭ ނައިއަލް ބުނެލީ އޭނާގެ މަންމައަށް އިވޭނެ ކަމަށް ހިތާއެވެ. މިނެޓެއް ފަހުން ދޮރު ހުޅުވާއަޅާފައި ލަތީފާ ކޮޓަރިއަށް ވަނެވެ. ނައިއަލް އޮތީ އަރާމު ދޭ ނިދީގެ ތެރެއަށް އެނބުރި ދިއުމުގެ މަގުމަތީގައެވެ. “ތެދުވާށޭ! […]
ނައިއަލް…” އީމާގެ ލޮލުގައި އަޅައިގަތީ ހަމައެކަނި އޭގައި ޖަހާފައި އިން ނަމެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. “އޯ މައި ގޯޑް… އެއީ އޭނަ ދޯ… އޯ އެމް ޖީ.” ދެލޯ ބޮޑުވެ ނޭވާ ހިފަހައްޓާލައިގެން ހުރެފައި އީމާއަށް ދުއްވައިގެނެވުނީ ނައިއަލްއާ ދިމާލަށެވެ. އޭނާގެ މޫނުމަތިން ފެނުނީ ރުޅިގަދަކަންކަމެއް، ހިތާމަވެރިކަންކަމެއް، ނުވަތަ އުފާވެރިކަންކަމެއް ސާފެއް ނުވިއެވެ. ދުވެފައި ދިޔަ ބާރުމިނުގައި އީމާ ފުންމައިގެން އެރީ ނައިއަލްގެ ބުރަކަށްޓަށެވެ. ****************************** “އެކްސްކިއުޒް މީ…” ސިއްސައިގެންގޮސް، ހިތްހަމަ ނުޖެހިފައި ނައިއަލް އޭނާގެ […]
އިރުއަރާނެކަމަށް ލަފާކޮށް ކަލަންޑަރުތަކުގައި ޖަހާފައިވާ ގަޑި ފަހަނަޅައި ދިޔައިރުވެސް އިރުގެ އަލިކަމެއް ނުފެނުނެވެ. ކަޅު ބޯ ވިލާތަކުގެ ރަސްކަން އުޑުމައްޗަށް ވެރިވެގަތްފައިވީ، ތެތްފިނިކަމުން ޖައްވުގެ އަރާމުކަން ދެގުނަކޮށްދެމުންނެވެ. ހިޔަލެއްނެތި ހާމަވެފައިވީ ކޮންމެ އެއްޗެއްގައި ޝަބްނަމަ ތިކިތަށް ބަބުޅައި، ބިމަށް ދަމާ ބާރު ގެންދާ ކޮޅަށް ދަތުރު ކުރަމުންދިޔަ މަންޒަރުވީ އެކަނިވެރި ހިތްތަކަށް ހިތްގައިމު މަންޒަރަކަށެވެ. ގޭގޭގެ ކުޑަދޮރުތަކުން އަލިކަމެއްގެ ނިޝާން ނުފެންނަނީ އަރާމު ތަންމަތިތަކަށް ބޮނޑިވެ ހުވަފެންތައް ބަލަމުންދިޔަ މީހުން ގިނަކަމުންނެވެ. ހިމޭންވެފައިވާ ހުޅުމާލޭގެ މަގަކުން، ފައިގައި […]