Skip to content
އެސްފިޔަ

ފޮނި ފާރޮށި 2

ނައިއަލް…” އީމާގެ ލޮލުގައި އަޅައިގަތީ ހަމައެކަނި އޭގައި ޖަހާފައި އިން ނަމެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. “އޯ މައި ގޯޑް… އެއީ އޭނަ ދޯ… އޯ އެމް ޖީ.” ދެލޯ ބޮޑުވެ ނޭވާ ހިފަހައްޓާލައިގެން ހުރެފައި އީމާއަށް ދުއްވައިގެނެވުނީ ނައިއަލްއާ ދިމާލަށެވެ. އޭނާގެ މޫނުމަތިން ފެނުނީ ރުޅިގަދަކަންކަމެއް، ހިތާމަވެރިކަންކަމެއް، ނުވަތަ އުފާވެރިކަންކަމެއް ސާފެއް ނުވިއެވެ. ދުވެފައި ދިޔަ ބާރުމިނުގައި އީމާ ފުންމައިގެން އެރީ ނައިއަލްގެ ބުރަކަށްޓަށެވެ.

******************************

“އެކްސްކިއުޒް މީ…” ސިއްސައިގެންގޮސް، ހިތްހަމަ ނުޖެހިފައި ނައިއަލް އޭނާގެ ބުރަކަށިމަތިން އީމާ ބޭލިއެވެ.

“ހަަމަ ހަނދާނެއް ނެތްތަ…؟” ހައިރާންވެފައި އީމާ އެއްސެވެ. “ޕިގީ ބެކް ރައިޑް؟” އީމާ ބުމަ އަރުވައިލަމުން މޫނު އަރިކޮށް، ފުޅާކޮށް ހީލީ، ކުޑަކުއްޖަކު ކަމަކަށް އެއްބަސްކުރުވަން އުޅޭ އުސޫލަކުންނެވެ.

“ވަޓް؟” ނައިއަލް ފަރުވާކުޑަގޮތަކަށް ދެ ބުމަ ގޮށްޖަހާލިއެވެ.

“ހަމަ ނޭނގޭ ކަމަށް ހަދަނިއްޔޭ. މަށަށް އޭނަގެ ދެލޯ ވަކިކުރަން ނޭނގެންޏާ ދެން ވަކި ކާކަށް އިނގޭނީ؟” އީމާގެ ހިތް ބުންޏެވެ. ނައިއަލް އަދިވެސް ހުރީ ވާނުވާގައެވެ. ކުރިމަތީގައި ހުރި، ރަނގަޅަށް ނުދަންނަ އަންހެންކުއްޖާއަކީ ބޯ ހަމަނުޖެހޭ މީހެއްކަމަށް ކަނޑައަަޅަން ސިކުނޑީގައި އުފައްދާލި ވަޒީރުންގެ މަޖިލީހަށް ވަގުތުން ހުށަހެޅުނެވެ.

“ނަފްސާނީ މައްސަލައެއް ހުންނަނީކަންނެ. ވަރަށް ޝައްކު.” ޝައްކު އުފައްދާ ވަޒީރު ނައިއަލް ޚިޔާލު ފާޅުކުރިއެވެ. “ގުރައިދޫ މޮޔައިންގެ ކޮށިން ފިލައިގެން އުޅޭ މީހެއްކަމަށްވާނީ.”

“ބަލަ މީ އީމާއޭ. ޖައިނޯމަސް ބަފަލޯ. ހަނދާނެއް ނެތްތަ؟ ނޫނީ ނޭނގޭ ކަމަށް ހަދަންތަ ތިއުޅެނީ. ނައިއަލްްލްލްލްް” ހިނިގަނޑެއް ޖަހައިލަމުން ނައިއަލްގެ ކޮނޑުގައި އީމާ ބޮނޑިއެއް އެޅިއެވެ.

“ލުކް، އައި އޭމް ނައިއަލް މުހައްމަދު ހަނީފް. ތި އުޅެނީ އެހެން މީހަކާ އޮޅުވާލައިގެންހެން ހީވަނީ. ނައިއަލް ކިޔާ ބައިވަރު މީހުން އުޅޭނެއެއްނު. މަ ދުވަހަކުވެސް ނުދެެކެން ތީނައެއް.” އީމާގެ މޫނު ދިރާސާކުރަމުން، އަތުގައި އޮތް އޭނާގެ އައިޑީކާޑާއި ރިސިޕްޓްކޮޅު ޖަހައިގަތްފައި ނައިއަލް ދުރަށް ހިނގައިގަތެވެ. ނައިއަލްގެ ފުރިހަމަ ނަަން އިވުމުން އެއީ އޭނާ ދަންނަ ނައިއަލްކަން އީމާއަށް ހައްތަހާ ޔަޤީން ވީއެވެ. ނައިއަލްގެ އުޅަނބޮށީގައި ހިފައި އީމާ ހުއްޓުވިއެވެ. ބޭރުން ހިނގާބިނގާވެ އުޅުން މީހުންނާއި، ހޮސްޕިޓަލް ތެރޭގައި ތިބި މީހުންވެސް މި ދެމީހުންގެ ހަރަކާތްތަކަށް ވަށްކަޅިތައް އެއްލަމުން ޗުކުޗުކު ތެޅުވީ، ދެ މީހުންގެ މޫނުމަތީ ކުލަވަރާއި ހަރަކާތްތައް ފިލްމީ ކަމުންނެވެ. މީހުންގެ ބެލުންތައް އަމާޒުވެފައިވާ ގޮތުން ނައިއަލްއަށް ހިސާބަކަށް އުނދަގޫވިއެވެ.

“ނައިއަލް މުހައްމަދު ހަނީފަކީ މަ ދަންނަ ނައިއަލްއޭ. އެކަމަކު މިހާރު ދިހަ އަހަރު ވީ ވިއްޔަ. ކަލޭ ހަނދާން ބަލި ކަމުން މަގޭ މަތިން ހަނދާން ނެތުނީ ކަމަށްވާނީ.” ދަތްޕިލަ ދިލުވިގޮތަށް އަނގަ ލައްޕަން ނޭންގިފައި ހުރެ އީމާ ބުންޏެވެ. އީމާގެ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން ކަންފަތުން ދުން އަރަން ގާތްވެފައި ހުރި ނައިއަލް ބަހުސަކަށް ތައްޔާރުވެގެން ހުއްޓުނެވެ.

“ދިހަ އަހަރު ކުރިއޭ؟ ދިހަ އަހަރު ކުރިން މަ އުޅުނީ ލަންޑަންގަ. ކަލޭ ތީ ލަންޑަން މީހެއްތަ؟” ނައިއަލް ދިފާޢުގައި ބުންޏެވެ.

“ދިހަ އަހަރު ކުރިން ކަލޭ ލަންޑަނަށް ދިއުމުގެ ކުރިން އަހަރުން އުޅުނީ އެއްކޮށެއްނު.” އީމާ އަދިވެސް ކުރުކުރާކަށް ގަސްތެއް ނުކުރިއެވެ.

“މަ ވިހޭންސުރެ ދެހާސް އަށާރައާ ހަމައަށް ދިިރިއުޅުނީ ލަންޑަނުގަ. އެކޮޅުން ކަލޭކަހަަލަ ދިވެއްސަކާ މީޓެއްނުވޭ.” ނައިއަލްގެ ބަހަށް އީމާގެ ދެބުމަ ގޮށްޖެހުނެވެ. “މަ މީ ކަލޭ ދަންނަ މީހެއް ނޫނޭ. ފެންނަހާ މީހެއްގެ ގަޔަށް ބޮލަށް އަރަންޖެހޭތަ؟ އެއް ނަމެއް ކިޔާ ބައިވަރު މީހުން އުޅޭކަން ދަނެގެން އުޅެބަލަ.” އަައިޑީކާޑާއި ރިސިޕްޓުކޮޅު ޖީބަށް ލަމުން ސޯޓުގެ ދެ ޖީބަށް އަތްޖެހި ނައިއަލް ދެން ހިނގައިގަތީ ބަހުސް ކާމިޔާބުވީ ތިމާއަށް ކަމަށް ނިންމައިގެންނެވެ.

“އޯ!!! ގެޓުވެއްޖެ!” ނައިއަލްއަށް ވަކި ހިސާބަކަށް ދެވުނުތަނާ ފަހަތުން އީމާ ގޮވައިލިއެވެ. “އެ ސިޓީ ލިޔެވުންލެއް އެންބެރޭސިން ކަމުން މިހާރު ނުދަންނަ ކަމަށް ހަދަނީދޯ ތި!” ގަދަޔަށް ސިކުނޑި ގާނާފައި އީމާއަށް ނެރެވުނު ޖަވާބަކީ އެއީއެވެ. އެ ހިސާބުން ނައިއަލްގެ ރުޅިގަނޑު މުޅިން ފިނިވެއްޖެއެވެ. ހިތަށް ވަނީ ބޯ ހަމަނުޖެހޭ މީހަކަށް ކުރެވުނު ހަމްދަރުދީއެވެ.

“ނަަންބަރު ލިޔެފަ އޮންނާނެ ތި ރިސިޕްޓުކޮޅުގެ ފަހަތުގަ. ކޯލް މީ، ޑާލިންގ!” ކުޅިބަލަން ތިބި މީހުންގެ އަނގަތަށް ވަށްކޮށްލި އީމާގެ އެ ޖުމުލައިން ނައިއަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޑާލިންގ އޭ ކިޔައިލިއިރު ގަސްތުގައި އިމާ ނެރުނު ތުއި ރާގު އިވި ނައިއަލްއަށް ފަކުރުން އަނގަ ޗޭކޮށްލެވުނެވެ. ނަމަވެސް ޖީބުން ރިސިޕްޓުކޮޅު ނަގައި އޭގައި ލިޔެފައި އޮތް ނަންބަރަށް ބަލައިލުމާއިއެކު ނޭންގެ ސަބަބަކާއި ހުރެ، އިޚުތިޔާރަކާއި ނުލައި އޭނާގެ ތުންފަތާއި ސަމާސާކޮށްލީ ރަކި ހިނިތުންވުމެކެވެ.

“ހޫނ… ފޮނިބޮކި…” ފަސްއެނބުރި ބަލައިނުލައި ދިޔަ ނައިއަލްއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އީމާ ތުން އަނބުރައިލާފައި އަމިއްލަ ނަފްސަށް އިވޭ ވަރަށް ކިޔައިލިއެވެ.

ތަރިތަކުގެ ބެބުޅުން ފަނޑުކުރުވި ބުރުހަމަ ހަނދުގެ ޟުޢާޢު ކުޑަދޮރުގެ ބިއްލޫރިގަނޑު ތޮރުފާލައި، ކޮޓަރިތެރެއަށް ހިޔަނިއަޅުވާލިއެވެ. ވިލާގަނޑެއްގެ ހިލަމެއް ނުވުމީ މަންޒަރުގެ ހިތްގައިމުކަން ދެގުނަ ކުރުވާ ސަބަބަކަށްވިއެވެ. ކުޑަދޮރާއި ކުރިމަތިލައިގެން ހަނދުވަރުގެ ދޯދިތަކުން ހަމުގެ ކުލަޔަށް އަލިކަން ގެނުވާނެހެން އީމާ ހުއްޓިލައިގެން ހުއްޓެވެ. ބިއްލޫރިގަނޑުގައި އޭނާގެ ލޯލި އިނގިލިތަކުގެ ކޮޅުން މަޑުމަޑު އަޑެއް ލައްވަމުން ގެންދިޔައިރު އީމާގެ ސިކުނޑި މާހައުލާއި އެތަށް ހާސް މޭލު ދުރުގައިވާކަން މޫނުމަތިން ދައްކުވައިދިނެވެ.

“ކިހާ ދެރަކަމެއް އެއީ ހަމަ އޭނައޭ! ކޮންމެ މީހަކު މަށާ ދެކޮޅަށް ކޮންމެ އެއްޗެއް ކިޔަސް މަ ގަބޫލެއް ނުކުރާނަން!” އެ ޖުމުލައާއިއެކު ފިކުރުތަކުން ނުކުމެ ބޯ ހޫރައިލާފައި އީމާ އޭނާގެ ދެއަތުން ބޮލުގެ އިސްތަށިގަނޑު ހާވައިގަތެވެ. ބޫން އަޑެއް ތުންފަތުން އަންނާނޭހެން ފުން ނޭވާއެއް ދޫކޮށްލީ ނަފްސުގެ ހަމަޖެހުން އަލުން އަނބުރާ ޢިޔާދަ ކުރެވޭތޯއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ކުއްލިއަކަށް އެލާމްވި އަޑަށް ފޯނު ނަގައި ސްކްރީނަށް އަރާފައިވާ އެލާމުގެ ނަން ކިޔާލި އީމާއަށް ނައިޓްސްޓޭންޑް މަތީ އިން ކަލަންޑަރަށް ބަލައިލެވުނެވެ.

“ވާއު… ނައިއަލް ގެއްލުންތާ ބަރާބަރު ދިހަ އަހަރު ދޯ އެވީ…” އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން އީމާ އެނދުމައްޗަށް އުއްޑުން ޖެހިގަތެވެ. އޭނާގެ ލޯ ކުރިމައްޗަށް ފާޅުވީ ފަންކާއެއް ނަމަވެސް ސިފަކުރެވުނީ މީގެ ދިހަ އަހަރު ކުރީގެ ހަމަ މި ދުވަހު ހިނގައިދިޔަ ހާދިސާއެވެ.

ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހެވެ. ޖިންސު މައްޗަށް އަރުވާލަމުން ލައިގެން ހުރި ގަމީސް އީމާ ރީތިކޮށްލިއެވެ. އޭނާގެ ދިގު ފަން އިސްތަށިގަނޑު މައްޗަށް ނަގައި ފަރުވާކުޑަގޮތަކަށް ހުޅި ޖަހާލީ ގަޔަށް ސެންޓު ބުރުވާލުމުގެ ކުރިންނެވެ. ލޯގަނޑު ކުރިމަތީ ހުއްޓި އަމިއްލަ ސޫރައަށް ބަލައިލީ ނިކަން ހިތްހަމަޖެހިފައި ހުރެއެވެ. މޫނުމަތީ ކުލަވަރުން ދައްކުވައިދިނީ ކުރިއަށް އޮތް ދެތިން މިނެޓު ތެރޭ ހިނގާނެ ކަންތައްތަކާމެދު ހިތްއަވަސްވެފައި ހުރިކަމެވެ. އަތުކުރީ ގަޑިއަށް ބަލައިލަމުން މޭޒުމަތީ ހުރި ކަޅު ކުލައިގެ ފޮށި ހިފައިގެން އެއްވެސް މީހަކަށް ނުފެންނާނެހެން ގޭގެ ފާރުބުރި މަތިން ބޭރަށް ފުންމާލީ ވަގެއްގެ ހަރަކާތްތަށް ތަމްސީލު ކުރަމުންނެވެ. އަތިރިމައްޗާއި ދިމާލަށް އީމާ މިސްރާބު ޖެހީ ބާރަގަޑި ސުންމިނެޓަށް އެ ހިސާބަށް ފޯރާތޯއެވެ. އޭނާގެ ހަޤީޤީ އިހުސާސްތަށް އެހެން މީހެއް ކުރިމަތީ މިފަދަ ގޮތަކަށް ބަންޑުންކުރަން ކަނޑައެޅި ފުރަތަމަ ފަހަރުކަމުން އަތްފައި ފިނިވާ ގޮތްވިއެވެ.

މެންދަމުގެ ވަގުތުކަން ރަމްޒުކޮށްދިނީ އެތާނގައި އިތުރު މީހެއްގެ ހިލަމެއް ނުވީތީއެވެ. އީމާގެ ފަރުވާލެއް ނެތެވެ. އިތުރު އެކަކަށްވެސް ނުފެނި އެ ޅަ ހިތުގެ ރާޖާއާއި ބައްދަލުވުމަކީ އެ ވަގުތު އޭނާގެ އެންމެ ބޮޑު އެއް އުންމީދެވެ. އަތުގައި އޮތް ކުޑަ ކަޅު ފޮށި ހުޅުވައިލަމުން އޭގައިވާ ރިހި ފަށަށް ބަލައިލާފައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“ހެޕީ ބާރތް ޑޭ ނައިއަލް… އައި… އައި ލައިކް ޔޫ.” އަމިއްލައަކަށް އީމާ ކިޔައިލިއެވެ. ނައިއަލް އައުމުން ކަންތައް ކުރާނެ ގޮތް ފަރިތަކުރުމަށްޓަކައި އީމާ އަމިއްލައަކަށް ތަމްސީލެއް ފެށިއެވެ.

“ވިޝް ކުރުމުގެ ކުރިން އެހަށް…” ނަފްސަށް އިރުޝާދު ދީފައި އީމާ ފަށް ނަގައި، ކުރިމަތީ ނައިއަލް ހުރިކަމަށް ވިސްނައިލާފައި ފަށް ދައްކާލިއެވެ. “ކަލޭ އުޅުނީމެންނު މި ފަށް ބޭނުންވެގެން.”

“މަށަށް ތަ؟! ތޭންކްސް!!!” އީމާގެ ޚިޔާލީ ނައިއަލް ވަރަށް އުފާވެފައި ބުންޏެވެ. ޚިޔާލުގައި ހުރި ނައިއަލް ކަރުގައި ފަށް އަޅައިލިތަން ބަލަން ހިނިތުންވެފައި އީމާ ހުއްޓެވެ.

“ނައިއަލް… ހެޕީ ބާރތް ޑޭ… އައި… އައި ލައިކް ޔޫ.” އެ ޖުމުލަ ބޭރުކޮށްލެވުމާއިއެކު އީމާއަށް ތަމްސީލުން ބޭރަށް ނުކުމެ، އުފަލުން ހިތްއަވަސްވެފައި ހުރި ކުޑަކުއްޖެއްހެން ބިންމަތީ ދެފައި ތަޅައިލެވުނެވެ.

ނައިއަލްގެ އިންތިޒާރުގައި ފަނަރަ ވަރަކަށް މިނެޓު އީމާއަށް ކޮޅަށް ހުރެވިއްޖެއެވެ. ފައި ވާޅުވެގެން އެންމެ ފަހުން ވެލިގަނޑުމަތީ  އިށީނީއެވެ. ހަޔާތުގެ ހަ އަހަރުގައި އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ދެމިހުރި ނައިއަލްއަށް ކުރާ އިތުބާރު އީމާގެ ހިތުން ފަނޑުނުވެއެވެ. އޭނާގެ އުންމީދަކަށް ބަދަލެއް ނާދެއެވެ. ކުޑަކޮށް މާޔޫސްވި ނަމަވެސް މޫނުމަތިން އެ އަސަރު ނުދައްކާވޭތޯ ބެލީ ނައިއަލްވެސް އޭނާ ފަދައިން ވަގަށް ގެއިން ނިކުންނަން އުޅޭނެ ހާލު ހިތަށް އަރާފައެވެ.

ބާރަގަޑި ބައި ވެއްޖެއެވެ. ނިދިތާއްޔާ ޖެހޭތީ އީމާ ވެލިގަނޑު މަތީގައި ޖައްސާލިއެވެ. ޖީބުން ފޯނު ނަގައި ނައިއަލްގެ ނަންބަރަށް ގުޅައިލީ، ގެއިން ނުކުންނަން އުޅޭ ގަޑީ ފޯނު ރިންގުވެގެން ފަޅާއަރާފާނެއޭ ހިތާ އެއޮއްހާއިރު ނުގުޅަން އޮވެއޮވެ ކެތްތެރިކަން ކޮޅުންލުމުންނެވެ.

“މާފުކުރައްވާ. ތިޔަ ގުޅުއްވި ނަންބަރު މި ވަގުތު ވަނީ ނިވާލާފައި. ފަހުން ގުޅުއްވުން އެދެން.” ފޯނުން އިވުނު އިބާރާތާއިއެކު އީމާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާގެ ހަވަނަ ހިއްސު ބުނަމުންދިޔައީ ކަމެއް ގޯސްވެއްޖެ ކަމަށެވެ. ނައިއަލްގެ ފޯނަކީ އެހެންޏާ ދުވަހަކުވެސް ނިވާލާފައި އޮންނަ އެއްޗެއް ނޫނެވެ. ޖަވާބު ނުދިނަސް ރިންގު ވާނެއެވެ. ނުތަނަވަސްކަމާއިއެކީ ދެކޮޅަށް ހިނގަމުން، ވިއްސަކަށް ފަހަރު ގުޅުނުއިރުވެސް ލިބުނީ އެއް ޖަވާބެކެވެ. ނައިއަލްގެ ގޭދޮށަށް ދާން އީމާގެ ހިތް ތަކުރާރުކޮށް ގޮވަމުން ދިޔައެވެ. ނަމަވެސް އެއީ ބުއްދިވެރި ގޮތެއް ނޫންކަން އިނގެނީ ނައިއްލަގެ މަންމަ އަމީނާގެ ހަރުކަށި މިޒާޖު އޭނާ ދަންނާތީއެވެ. ގޮތް ހުސްވެފައި ގެއަތް ދާން މިސްރާބުޖެހި ވަގުތު ފަހަތުން މީހަކު އައި އަޑު އިވުނެވެ.

“އީމާ.” އީމާއާއި އެއްވަރުކޮށްފައި، ކޯޓު ފަޓުލޫނުގައި ހުރި ޒުވާން ފިރިހެން މީހާ ހުއްޓިލިއެވެ. ވަރަށް ހަމަޖެހިލާފައި ހުރެ، މޫނު މަތިން އެއްވެސް އަސަރެއް ނުދައްކައި އޭނާ ދިއްކޮށްލީ އޭފޯ ސައިޒުގެ ހުދު ގަނޑެކެވެ. އީމާ ހުރީ ވާނުވާގައެވެ. ތީ ކާކުހޭ އަހަން އުޅެފައިވެސް އަވަސްވެގަތީ އޭގައި އޮތް އެއްޗެއް ބެލުމަށެވެ. ދެފަޅިއަށް ފަތްޖަހާފައިވާ އެ ގަނޑު ހުޅުވައިލާފައި، ކިޔަން ފެށިއެވެ. އޭގައި ލިޔެފައިވިއެވެ.

_____________________________

ލޯބިވާ އީމާއަށް

ގްރޭޑް ހަތަރެއްގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އީމާއާއެކު ހޭދަކުރެވުނު ކޮންމެ ވަގުތަކީވެސް އިތުރު އެހެން މީހަކަށް މި ހިތުގަ ނުއުފެދޭ އިހްސާސްތަކެއް އާކޮށްދިން ވަގުތުތަކެވެ. އެންމެ ކުދި ކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންތަކަށްވެސް އީމާ ދިން ސަމާލުކަމާ އޯގާތެރިކަން ދުވަހެއްގެ ކޮޅުންވެސް މި ހިތުން ނުފިލާނެއެވެ. އުފަންވީއްސުރެ އަހަންނަކީ އެކަނިވެެރިއެކެވެ. ނަމަވެސް އީމާގެ ތި ހިނިތުންވުމުން ކޮންމެ ދުވަހެއްވެސް އިރުގެ އަލިކަން ފަދައިން އަލިކޮށްދިނެވެ. ހަޤީޤީ ހިނިތުންވުމަކާއި އެތަށް އުފާވެރި ހަނދާންތަކެއް އަހަރެންގެ ޙަޔާތުގެ ޞަފްހާތަކުގައި ލިޔެދިނީތީ ޝުކުރިއްޔާއެވެ. މިއަދު އީމާއާ ދުރަށް ދާން މަޖުބޫރުވި ނަމަވެސް އަހަރެންގެ ހުރިހާ ހެޔޮ ދުޢާއެއް ވަނީ އީމާއާއެކުގައެވެ. ކިޔެވުމުގެ މަރުހަލާ މި ފަސްގަނޑާ ދުރުގައި، އީމާއާއި ދުރުގައި ކާމިޔާބު ކުރަން ޖެހުނަސް މިއީ އަހަރުމެން ދެމީހުންގެ މުސްތަޤުބަލަށްޓަކާ އެޅޭ ފިޔަވަޅެއް ކަމުގައި ދެކޭށެވެ. އަދި އަދަށް ދާންދެންވެސް އީމާގާތު އަހަރެން ނުބުނެ ސިއްރުކުރީމެވެ. މި ހިތުން އީމާއަށް ދެވިފައިވަނީ އެކުވެރިއަކަށްވުރެ ޚާއްސަ މަޤާމެކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަދި ކުރިއަށް އޮތް މުސްތަޤުބަލުގައިވެސް ތި ނޫން ފަރާތެއް މި ދެލޯ ނުހޯދާނެއެވެ. ކިތަންމެ ދުރުގައި ހުއްޓަސް މި ހިތް ވަނީ ހަމައެކަނި ތި ފަރާތާއެކުގައިކަން ހަނދާން ނުނެތޭނެއެވެ.

އަންގާވެސް ނުލައި ދާ އަހަރެންގެ އަމިއްލައެދުން ބޮޑުކަން ދަންނަމެވެ. އެހެނަސް އޮތީ އެންމެ ތިން އެދުމެވެ. ފުރަތަމަ އެދުމަކީ އެކުގައި އަހަރެން ނެތަސް ނުފިލާ ހިނިތުންވުމެއް ތި ތުންފަތްމަތީ ދައުރުވޭވެ ހުރުމެވެ. ދެވަނަ އެދުމަކީ އަހަރެން ހޯދަން މަސައްކަތް ނުކުރުމެވެ. ތިންވަނަ އެދުމަކީ އަ

-ނައިއަލް-
_______________________________

ފަހު ޖުމުލައިގެ ބާކީ ބައި އޮތް ހިސާބަށް ކަޅުސައި އެޅިގެން ކިޔަން ނޭންގޭ ވަރު ވެފައި އޮތުމުން އީމާ ގާތަށް އައި އަމަށަކު ރުޅިއެއް ނޫނެވެ.

“މި…” ކައިރީގައި ހުރި މީހާއާއި ސުވާލުކުރަން ބަލައިލިއިރު އޭނާގެ ޖެހުނުތާ ލަކުނުވެސް ނެތެވެ. ސިޓީއަށް ދެވުނު ސަމާލުކަމުގެ ބޮޑުކަމުން އެ ފިރިހެންމީހާ ދުވެފިލި ތަނެއް ނޭންގުނެވެ. ފޯނުގެ ފްލޭޝް ލައިޓުން ގަނޑަށް އަލިކޮށްގެން ލޯ ކުޑަކޮށް ބޯ އަރިއަރިކޮށްފައި ބަލައި ބަލައިވެސް ރަތް ލައްގަނޑުގެ ދަށުން އީމާއަށް އަކުރެއް ފާހަގަވާ ގޮތެއް ނުވިއެވެ. ކަޅުސައި ވަސް ދުވުން ނޫންކަމެއް ނުވިއެވެ.

“މީ ކޯޗެއް؟!؟! އަދި ދަނީ ކޮންތާކަށް ކަމެއްވެސް ބުނީކީ ނޫނޭ! ފަސްގަނޑާ ދުރަށޭ؟ ސްޕޭސްއަށް ތަ ތި ދިޔައީ؟!… ކަލޭ ކޮންއިރަކު މިހާ މޮޅަށް ދިވެހި ލިޔަން ދަސްކުރީ؟ ތިކިޖެހި ތާނަވެސް ބޭނުންކޮށްފަ މިހިރީ! ކުރާ ޖެއްސުމެއްތަ މީ؟!” އެކަނި ހުރެގެން ހަޅޭއްލަވައިގަތް އީމާ ހީވީ ވީ ތަނެއް ނޭންގޭ ނައިއްލްއާއި ހަމައަށް އޭނާގެ އަޑު ފޯރުވަން އުޅޭހެނެވެ. ބައި ގަޑިއިރު ވަންދެން އިންތިޒާރު ކުރުވި ނައިއަލްގެ ފަރާތުން މިފަދަ ތާކުން ތާކުން ނުޖެހޭ އެއްޗެއް ލިބުމުން އީމާއަށް ރުޅިއައުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ.

“ފަހު އެދުމަކީ ކޮބާތަ އަޅެ، ހާދަ ކިއުރިއަސް ވެއްޖެއޭ!!!” އީމާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އޭނާ ބޮޑަށް ހިތްހަމަ ނުޖެހުނީ އެ ސިޓީ ލިބުނީމަ ކަމެއް ނުވަތަ ފަހު ބައި ނުކީގެން ކަމެއް މިހާރު ސާފެއް ނުވިއެވެ. އެ ވަގުތު ގަސްތަކުތެރޭގައި އީމާއާއި ދިމާއަށް ފޯނު ދިއްކޮށްގެން ބޮނދައި އޮތް ކޯޓުލީ މީހާގެ ހިލަމެއް އީމާއަކަށް ނުވެއެވެ.

“ބަރާބަރު.” ހުނުން މައިތިރި ކުރަމުން ވީޑިއޯ ކޯލުގެ އަނެއް ފަޅީގައި އިން ނައިއަލްގެ ބައްޕަ ހަނީފް ކިޔައިލިއެވެ. ކޯޓުލީ މީހާ، ނުވަތަ ހަނީފްގެ ސެކްރެޓަރީ ޔޫސުފް، ކުރިމަތީ ކެމެރާއަށް ވީޑިއޯ ކޯލް ބަދަލުކޮށްލާފައި ހަނީފަށް ރޭވުންތެރި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “ދެން އެ މަންޖެ ހުރެދާނެއެންނު، ނައިއަލްގެ އިންތިޒާރުގަ.” ލާނެއް ރާގަކަށް ހަނީފް ކިޔައިލިއެވެ.

“އެކަމަކު އޭނަ ކީއްވެތަ ފަހު އެދުމަކީ ކޮބާހޭ އެ ކީ؟” ހަނީފްގެ ސުވާލުން ޔޫސުފް ދާހިއްލައިލިއެވެ. އޭނާ އަތުން އެ ސިޓީއަށް ސައި އެޅުނު ވާހަކަ ބުނެފިއްޔާ ހަނީފް އޭނާ ވަޒީފާއިން ވަކިކުރާނެކަމަށެވެ.

“އެ..އެ…އެއީއީއީއީ ނޭންގެ… ބޮސް، ދެން އަޅުގަނޑު ހުޅުމާލެއަށް އަނބުރާ ދިޔަޔަސް މައްސަލައެއް ނެތްތޯ؟ އެކުއްޖާއަށް ފެނިދާނެ އަޅުގަނޑު. އޭރަށް ވަރަށް ސުވާލު ގިނަކުރާނެ.” ޔޫސުފް ވާހަކަ އޮޅުވައިލިއެވެ.

“އާނ މައްސަލައެއް ނެތް. އެކަމަކު އަދި އެއް ފަހަރު އެއްވެސް މައްސަލައެއް ނެތްތޯ އެ ގޭތެރެ ބަލާ ފާސްކޮށްލާތި އެންމެ ފަހު ފަހަރަށް… ރަނގަޅަށް ކައިގެން ނިދައްޗޭ ޔޫސުފާ. ދެން ބާއްވަނީ. އަހަރެން ވެއްޖެ ބަބްލް ބާތްއަކަށް އެރެން.” ހަނީފް ވަރަށް ހިތްހަމަޖެހިފައި އިނދެ ފޯނު ކަނޑައިލުމުން ޔޫސުފް، ހާސްކަން ފިލުވައިލަން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Malsa Moosa (Lysh)

    Nice. Waiting for the next part. Hope u guyx will upload it soon>3 tc

    1. afnaarj
      Malsa Moosa (Lysh)

      thank youu mal. we r curiously waiting for a new story of yours too 🙂

  2. Kairaa

    Varah varah reethi mi part vx…..waiting for the nxt part….

    1. afnaarj
      Kairaa

      Thank you for the support !❤? 3rd part is currently submitted

  3. afnaarj

    Assalam alaikum ! Sorry it took long although it was submitted just the next day after part 1 ? But we hope you all like and enjoy this part too. Please do comment down mistakes and your reviews. And for magnum. Malsa. Ril. Mal. Afffraushy and ??’s comments that hasn’t been published in our previous part. We did see it in the pending box and we really deeply appreciate the support. It was very motivating to know all of your reactions and opinions about the story so far ❤❤ Thank you very muchh !

  4. afnaarj

    Ramadan kareem all ! Sorry it took long although it was submitted just the next day after part 1 ? But we hope you all like and enjoy this part too. Please do comment down mistakes and your reviews. And for magnum. Malsa. Ril. Mal. Afffraushy and ??’s comments that hasn’t been published in our previous part. We did see it in the pending box and we really deeply appreciate the support. It was very motivating to know all of your reactions and opinions about the story so far ❤❤ Thank you very muchh ! Stay saffeeee

  5. ?Ril?

    This part is also amazing. Masha Allah varah Sali. Curious ly waiting for next part. Ramadan Mubarak ? stay safe.

    1. afnaarj
      ?Ril?

      thanks in bunches ril 🙂 ramadan kareem. sending lots of prayers to u too. stay saaafeeee

  6. Shy❤

    Varah reethi mi part ves❤ waiting for next part☺love u both❤

    1. afnaarj
      Shy❤

      Thanks alot for the continuing strength u give us ❤v ly2 ?

  7. ??

    Awwwwnn this part is awesome … kudakoh busyy v ma comment nukohlevunkamahtakaa maafah edhen… btw varah kiyaalaa hithun kiyaalevijje. Keep it up writers … ly and ramadan mubarik ????

    1. afnaarj
      ??

      ayeee thankewwww very muchhh 🙂 🙂 comment nukurevunas each view and like means more than enough to us. thanks again for the huge supporty we appreciate it alot. much love

  8. Imkko

    maasha allah .. mi baives v salhi .. mihaaru mi vaahaka mihaaru oi hisaabah alun mi kiyanee … but i really wonder letter ge nimeybaiga e othee koache thw ❤

Comments are closed.