Skip to content
އެސްފިޔަ

ފޮނި ފާރޮށި 1

އިރުއަރާނެކަމަށް ލަފާކޮށް ކަލަންޑަރުތަކުގައި ޖަހާފައިވާ ގަޑި ފަހަނަޅައި ދިޔައިރުވެސް އިރުގެ އަލިކަމެއް ނުފެނުނެވެ. ކަޅު ބޯ ވިލާތަކުގެ ރަސްކަން އުޑުމައްޗަށް ވެރިވެގަތްފައިވީ، ތެތްފިނިކަމުން ޖައްވުގެ އަރާމުކަން ދެގުނަކޮށްދެމުންނެވެ. ހިޔަލެއްނެތި ހާމަވެފައިވީ ކޮންމެ އެއްޗެއްގައި ޝަބްނަމަ ތިކިތަށް ބަބުޅައި، ބިމަށް ދަމާ ބާރު ގެންދާ ކޮޅަށް ދަތުރު ކުރަމުންދިޔަ މަންޒަރުވީ އެކަނިވެރި ހިތްތަކަށް ހިތްގައިމު މަންޒަރަކަށެވެ. ގޭގޭގެ ކުޑަދޮރުތަކުން އަލިކަމެއްގެ ނިޝާން ނުފެންނަނީ އަރާމު ތަންމަތިތަކަށް ބޮނޑިވެ ހުވަފެންތައް ބަލަމުންދިޔަ މީހުން ގިނަކަމުންނެވެ.

ހިމޭންވެފައިވާ ހުޅުމާލޭގެ މަގަކުން، ފައިގައި ހުރި ބާރެއް ލާފައި އެ ޒުވާނާ ދިޔައީ އޭނާގެ މިސްރާބަށް ވާސިލުވުމަށްޓަކައެވެ. ބައިސްކަލުގައި ފިނދުމަސްގަނޑު ރަނގަޅަށް ނުޖެހުނީ ފަޔަށް ލެވުނުހާ ބާރެއް ލަމުންދިޔައިތީއެވެ. ޒުވާން ކަށިން ނެރުން ހިތްވަރުގެ ސަބަބުން ކޮންމެ މަގެއްވެސް އޭނާ ފަސްދީފައި ދިޔައީ ވައިސޫރިއެއް ފަދައިންނެވެ. މަގުތަކުގައި އެ ބައިސްކަލު ފިޔަވައި އެންމެ އުޅަނދެއްގެވެސް ހިލަމެއް ނުވެއެވެ. ހުރަހެއްނެތި ފަން އިސްތަށިގަނޑާއި ގޯނާ ކުރި ފިނި ވައިރޯޅިތަކުގެ ބީހުންތަކަށް އިޖާބަދެމުން ނައިއަލް ދެލޯ މަރާލިއެވެ. މަޑިމަތީ ހަމަޖެހިލާފައި ބުރަކިން އަތްނައްޓާލައި، އުދުހެން ބޭނުންވެގެން އުޅޭ ފަދައަކުން އަތް ފުޅާކޮށްލި ގޮތުން، ފިލްމެއް ކުޅެނީކަމެއް ނުވަތަ އަމިއްލައަށް މަރުވާން އުޅެނީކަމެއް ނޭންގެއެވެ. ހުއްޓުމެއްނެތި ފައިން ޕެޑަލް އަނބުރަމުންދިޔަކަން ނަސީބެކެވެ.

“އާހް ވިންޑް ބޭބީ… ވައި ސޯ ސެކްްސީ.. ކަމް އެންޑް ހަގް މީ..” ފިލްމީ ގޮތަކަށް ނައިއަލް ކިޔައިލީ، ވަޔަށް އަޑުއިވުމުގެ ޤާބިލިއްޔަތު ލިބިގެންވާނެކަން ޤަބޫލުކުރާތީ ކަމެއް ނުވަތަ ހަމަ ފިލްމީ ވާން ކަމެއް ޔަޤީނެއް ނޫނެވެ. “ޗީޑި ދެން. އެ ވެސް މީހުން ކިޔާ އެއްޗިހިތަ؟ ބޭބް، މައި އޭސް” ދެވަނަ ސިކުންތުގައި މުޅިން އެހެން މީހަކަށް ބަދަލުވިހެން ހިނިގަނޑަކާއެކު މޫނަށް ވައްތަރެއް ޖައްސާލާފައި ކިޔައިލިއެވެ. އަދި އަލުން ބުރަކީގައި ހިފަހައްޓާލިއެވެ.

ކުއްލިއަކަށް ނައިއަލްގެ ދެލޯ ބޮޑުވީ ވާތް ފަރާތަށް އޮތް ގޯޅިން އޭނާގެ ކުރިމައްޗަށް ވާގޮތަށް އައި ބައިސްކަލު ފެނިފައެވެ. އެ ބައިސްކަލުގައި އިން މަންޖެގެ ދެލޯ ވެސް ބޮޑުވިއެވެ. އަންހެންކުއްޖާ ބުރަކި ޖައްސަމުން ނައިއަލް އައި ފަޅިއާއި ދެކޮޅަށް ބައިސްކަލު އަނބުރައިލިއެވެ. ނަމަވެސް ބޮލަށް ތެޔޮއަރައިގެން ހަޅޭއްލެވުމުގެ ބުރަ މަސަތްކަތުން އަވަދިނުވެ އުޅުނު ނައިއަލް، ސިކުނޑީގެ ބޭނުން ކުރަން ނޭނގޭ ހާލު ބައިސްކަލު ޖެއްސީ އެ އަންހެން ކުއްޖާ އައި ފަރާތަކަށެވެ. އެސްފިޔަޖަލާހާ ކުޑަ ސިކުންތުކޮޅަކާއި ބާރުމިނެވެ. ނަތީޖާއަކަށްވެގެން ދިޔައީ ދެ ބައިސްކަލުގެ ކުރީ ދެ ފުރޮޅުގެ ތުމާ ތުން ގުޅި ދެ ބައިސްކަލުގެ ލޯބީގެ ޞަފްހާ ހުޅުވިގެން ދިޔުމެވެ. ދުއްވަން ތިބި ދެމީހުން ބިންމައްޗަށް ވެއްޓި މަަރުވިޔަސް ހެޔޮކަމަށެވެ. ވެއްޓުނުގޮތަށް ތެދުވަން ނޭނގިފައި ތިބި ނައިއަލްއާއި އީމާގެ ތެރެއިން އެންމެ ފުރަތަމަ ބޯ ހިއްލާލީ އީމާއެވެ. ބޮލުގައި އޮތް ހެލްމެޓް ނަގާފައި، ވެ ނިމިފައިވާ ހާދިސާއަށް ރަނގަޅަށް ނަޒަރު ހިންގައިލިއެވެ.

“އެކްސްކިއުޒް މީ… މަރުވީތަ؟” ބިންމަތިން ތެދުވަން މަސައްކަތަށް އިން އީމާ ކޮށްލީ ކިތަންމެ މުހިންމު ސުވާލެއް ނަމަވެސް، ފަރުވާލެއް ނެތްކަމުގެ އަސަރު އޭނާގެ މޫނުމަތިން ދައްކުވައިދިނެވެ. އަރައިގެން އިން ބޫޓުގެ ކޮޅުން ވެއްޓިފައި އޮތް ފިރިހެން ސޮރުގެ އަތްމައްޗައް އަރައި ބާރަށް ފިއްތާލިއެވެ.

“އައްދިއްޔޯއި!” ހޭވެރިކަން ވި ނައިއަލް ފުންމައިގެން ތެދުވެ އިނގިލި ރައްކާތެރިކުރުމަށް ކަހަލަ ގޮތަކަށް އަނެއް އަތް ހުރަސްކޮށްލިއެވެ. އީމާއަށް އެ އެރުނީ އެކްސިޑެންޓްގެ ސަބަބުން ބިންދިފައި އޮތް އިނގިއްޔަށެވެ. “މީހަކު ހިތްހަރުވާނީ ތިހާވަރަށް! ބައިސްކަލުން ޖަހާ ބިމަށް ވައްޓާލާފަ ނަގައިދޭންވެސް ނޫޅެ އަތަށް އަރާ ޗިސްކުރަނީ ވިއްޔަ.” ދެބުމަ ގޮށްޖަހައިގެން އަތުގައި ފިރުމަން އިން ނައިއަލްގެ މޫނުމަތިން، ވަމުންދިޔަ ތަދު ފާހަގަވާ ކުލައަކާއިއެކު ހަޤީޤީ ރުޅިވެރިކަން ފާޅުވިއެވެ.

“އޯއެމްޖީ އައްޗީ… ތި ބޭފުޅާ ތިޔަ ހީފުޅުކުރެއްވީ ނުބައިކޮށް އިނގޭތޯ. މަ ވާތްފަރާތަށް ބައިސްކަލު ޖެއްސީމަ ތި ބޭފުޅާޔަށް ކަނާތްފަރާތަށް ޖައްސަން ނޭނގުނީ ނޫންތޯ.” ޖެއްސުމަށް އަދަބުވެރިކަން އިޚްތިޔާރުކުރި އީމާ ނޭފަތް ބޮޑުކޮށްލަމުން އަނގަ ޗޭ ކޮށްލިއެވެ. ނައިއަލްގެ އިނގިލި ބިދިފައި އޮތްކަން ފާހަގަވީ މާ ފަހުންނެވެ.

“ހެވޭ… އެހާ ކުޑައިރުކޮޅެއް ތެރޭގަ ރަނގަޅަށް އެއްޗެއް ވިސްނޭތަ. ކަލޭ ތަންކޮޅެއް ބަލައިގެން އައިނަމަ މިހެނެއް ނުވީހެންނު. ނޫނީ ތަންކޮޅެއް އަވަހަށް ބަރުގޮނު އަޅާލިނަމައެންނު. އިއްޔެ އަލަށް ގަތް ޓީޝާޓޭ ތި ޚަރާބުކޮށްލީ.” ނައިއަލް ލައިގެން އިން ހުދު ޓީޝާޓު ވަނީ ޗަކައިން ތަތްތެޅިފައެވެ. އިނގިލި ބިނދުނު ކަމަށްވުރެ އޭނާއަށް މުހިއްމުވީ ޓީޝާޓެވެ. އޭނާ ދިޔައީ މައްސަލައަކަށްފަހު މައްސަލައެއް ނެރެމުންނެވެ. އިނގިލިން އަރަމުންދިޔަ ތޫނު ތަދު ހަނދާން ނައްތައިލަން މަސައްކަތް ކުރަމުން އީމާއަށް އޭނާ އަވަސް ނަޒަރެއް ދިނެވެ. ކުރު އިސްތަށިގަނޑެއްގެ ވެރިއެކެވެ. ލައިގެން ހުރި ޖާރޒީއާއި ސޯޓުގައި ފުދޭވަރަކަށް ‘ތިކް’ ވައްތަރު ޖަހައެވެ.

“ޗީޑި. ސޯ ފެޓީ. އެހެންވެ ދޯ ބައިސްކަލު ކޮންޓްރޯލުން ނެއްޓުނީ.” ހިތަށް އެރި އެއްޗަކުން ނައިއަލް ގާތަށް ހިނިއައެވެ. ކޮޅަށް ތެދުވެ ބައިސްކަލު ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ އީމާ ބިންމަތީގައި ފާޑަކަށް ހެވިފައި އިން ނައިއަލްއަށް ބަލައިލާފައި ލޯ އަޅާލިއެވެ.

“ކޯއްޗެއް ތި ބަލަނީ؟ ރީތި ޓީޝާރޓު ޚަރާބު ވީކަން ނަސީބެއްނު. ތިހާ ހަޑި މީހުން ލާންޖެހޭނީ ހަޑި އެއްޗިއްސޭ.” އެއްމިޔަކުން ހީލާފައި އީމާ ބުންޏެވެ.

“ކަލޭ މާ ރީތީތަ؟ ގަޔަށްވުރެ ބޯ މާ ކުޑަ.” ނައިއަލް ހޭންފެށިއެވެ. އީމާ ކަޅި އަނބުރާލިއެވެ.

“ހޮސްޕިޓަލަކަށްނު ދާންވީ.” ނައިއަލްގެ މޫނަށް ނުބަލަން މަސަތްކަތް ކުރަމުން އީމާ ބުންޏެވެ. ހިތުގައި ހަޤީޤަތުގައިވެސް ރަޙްމު އުފެދުނީ ކަންނޭންގެއެވެ. ނުވަތަ އޭނާ މަަސަތްކަތް ކުރީ ހަނގުރާމައެއް ނުފަށައި މަޞްލަޙަތު ހިމާޔަށް ކުރަންށެވެ.

“ހައްހައް ބަލި ޤަބޫލުކުރީ ދޯ.” ތެދުވެ، ޕެޑަލް ބިނދިފައި އޮތް އޭނާގެ ބައިސްކަލު ކޮޅަށް ނަގަން ނައިއަލްއަށް ހިސާބަކަށް ދަތިވިއެވެ. މުޅި ކަނާއަތަށް އިނގިލީގެ ތަދު ފެތުރެމުންދިޔައެވެ. ބައިސްކަލު ދަމަމުން ހިނގައިގަތް ނައިއަލްއާއި އެއްފަދައިން އީމާވެސް އެކުގައި އައުމުން ނައިއަލްއަށް ހީލެވުނެވެ. އީމާގެ ބައިސްކަލު ހުރީ ސަލާމަތުންނެވެ. ނަމަވެސް އޭނާ އިޚްތިޔާރުކުރީ ނައިއަލްއާއި އެއް ހަމައެއްގައި ހިނގުމަށެވެ.

“ހާދަ ހެވޭ ދޯ މިހާރު. ދެންމެ ހީވީ ރޮލާ ކާލަފާނެހެން.” ހިތާހިތުން ނައިއަލްއަށް ބުނެވުނެވެ.

ފިނިކަމުގެ ތެރޭ ދެ ޒުވާނުން ހޮސްޕިޓަލާއި ދިމާލަށް މިސްރާބުޖެހީ ހިތްހަމަނުޖެހިފައި ތިބެ ނަމަވެސް މާޙައުލުގެ ނަލަކަމަށް ތަޢުރީފުކުރާ ހާލުގައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާކަމުން ކުރެވުނީ ތަފާތު އިޙްސާސެކެވެ. އެހެނަސް ހާލަތު ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއް ތެރޭގައެވެ. ހަލުވިމިނުގައި ދުއްވާފައި އައި ލޮރީގައި އިން ޑްރައިވަރު ހީވާގޮތުން ދިޔައީ ދެކަމުހާޖަތަށް ދާންޖެހިގެން ކެތްނުވެގެންނެވެ. ނައިއަލްއާއި ދިމާލަށް އެ ލޮރީ އައީ ހިފެހެއްޓުމެއް ނެތިއެވެ. ނިކަން ހަމަޖެހިފައި ހުރެ ދިޔަ ނަމަވެސް މަގުމައްޗަށް އީމާ ދިން ސަމާލުކަން ކުޑައެއް ނޫނެވެ. ލިބުނު ކުޑަ ވަގުތުކޮޅުގައި އޭނާއަށް ނައިއަލްގެ އުޅަނބޮށީގައި ހިފައި ދަމައިގަނެވުނެވެ. ނައިއަލްގެ ފައި ބިމުން ކެޓުމުން ގޮސް ޖެހިގަނެވުނީ އީމާ ގައިގައެވެ. ނަތީޖާއެއްގެ ގޮތުން، އޭނާގެ ބަރުމިނަށް އުއްޑުން ވެއްޓުނު އީމާއާއިއެކީ ނައިއަލްވެސް ވެއްޓުނެވެ. ލޮރީ އޭގެ ބާރުމިނުގައި ނައިއަލްމެން ފަހަނަޅައި ދުއްވާފައި ދިޔައިރު އެ ދެ ޒުވާނުން މަގުގެ އެއް ފަޅިއެއްގައި ގުޅައަކަށް ޖެހިފައި ތިއްބެވެ. ވެއްޓުނު ވަގުތު އީމާގެ ބޯ ބިންމަތީގައި ބާރަށް ޖެހިދާނެތީ އެ ދެމެދަށް ނައިއަލްއަށް ހުރަސްކޮށްލެވިފައިވީ އޭނާގެ ޒަަޚަމުވެފައި އޮތް އަތެވެ. އީމާގެ ބޮލާއި ބިމާލައި ބިނދިފައި އޮތް އިނގިލި ފިތުމާއިއެކު އަރައިގަތް ތަދުން ބޭއިޚްތިޔާރުގައި ނައިއަލްއަށް އަތް ދަމައިގަނެވުނެވެ. ބަންލާފައި ދުވާރުމަތީ ބޯ ޖެހުމުން އީމާ ދިޔައީ ބުރާންތި އަރައިގެންނެވެ.

“އައްދޯތް! ކަލޭ ސަލާމަތްކުރަން ހަދައިގެން މަ މިޖެހެނީ ހަށިގަނޑުގެ ނާރުތަކާ މަހާ ކައްޓާ މުގުރައިގެން ފަނި ގިރަން ވިއްޔަ.” ނައިއަލްގެ ގައިދަށުވެފައި އޮތް އީމާ އޭނާ ކޮށްޕާލާފައި ދެފައިމައްޗައް ތެދުވިއެވެ. އެ ސޮރު ސަލާމަތްކުރެވުނު މޮޔަ ހިތަށްއެރިއެވެ. ބުނާނެ އެއްޗެއް ދުލާއި ހިސާބަށް ނުފޯރުމުން ކޮޅަށް ތެދުވެ ބޯ ކެހުން ނޫންކަމެއް ނައިއަލްއަކަށް ނުކުރެވުނެވެ. އިނގިލީގެ ތަދުވެސް ވީ ހައްތަހާ ބޮޑުވިއްޔާއެވެ. ހޮސްޕިޓަލާއި ހަމައަށް ފޯރަންވާއިރަށް ދެވަނަ ފަހަރަށް އެ އިނގިލީގެ ބޭނުން ނުކުރެވޭ ވަރު ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

ދެވަނަ ސިކުންތުގައި ނައިއަލްގެ ލޮލުގައި އަޅައިގަތީ ބިމުގައި އޮޅުލައިގަނެގެން ތިިބި ދެ ބައިސްކަލެވެ. އެ މަންޒަރުން ދައްކުވައިދިނީ ނައިއަލްއާއި އީމާއަށް ލިބޭ ކޮންމެ ދެރައަކީ އެ އެއްޗިހީގެ ލޯބީގެ ގުލްޝަނުގައި އިތުރު މާތަކެއް ފޮޅުވަން ލިބޭ ފުރުޞަތެއްކަމެވެ. ބައިސްކަލުތަކާއި ދިމާލަށް ނައިއަލް ބަލަހައްޓައިގެން ހުރި ގޮތުން އީމާއަށްވެސް ބަލައިލަން މަޖުބޫރުވިއެވެ.

“މާ ރީތި އެއްޗެެއް ފެންނަނީތަ؟” ދެލޯ ކުޑަކޮށްލާފައި ވައިއަޑުން އޭނާއަށް ބުނެވުނެވެ. ފުޅާ ހިނިތުންވުމަކާއެކު ލާނެއް ގޮތަކަށް ނައިއަލް ދެބުމަ އެއްފަހަރާ އަރުވަމުން ގެންދިޔައެވެ.

“މަގުމަތީ ޕަބްލިކްގަ އެހެން އުޅޭކަށް ނުވާނެއެއްނު ދެން ބައިސްކަލުތަކަކަސް ދޯ.” އަމިއްލަޔަށް މަޖާވެގަނެގެން ނައިއަލް ބުނެލިއެވެ.

“ހޫން…..ޗީޑި.” ނައިއަލްގެ ސިކުނޑިތެރޭ ދައުރުވި ވިސްނުން ރޭކާލުމުން އީމާއަށް މަޖާވިނަމަވެސް ވައްތަރެއް ޖައްސައިލީ ނައިއަލްއާއި އެއްގަލަށް ނާރަންށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އެމެޖެންސީ ރޫމްގައި ނައިއަލްގެ އަތަށް ފަރުވާ ދެވެމުން ދިޔައިރު އޭނާގެ މޫނަށް ޖައްސަމުންދިޔަ ވައްތަރުތަށް ބަލަން އީމާ ހުރީ ފާރުގައި ލެނގިގެންނެވެ. ހުނުން މަތަކުރަން މަސަތްކަތް ކުރި ނަމަވެސް އަނގަމަތީ އަތްއަޅަން ޖެހޭ ފަހަރުތަށް މަދެއްނޫނެވެ. އަތަށް ބަލަން އިން ނައިއަލް އިސްއުފުލާފައި އީމާއަށް ބަލައިލިއެެވެ. އީމާގެ ހިނިގަނޑު ފެނި ފޫހިގޮތަކަށް ތުން އަނބުރައިލީ، ކަލެޔާހެދި ވާ ކަންތަކޭ ބުނަމުންނެވެ. ދާދި ދެންމެއަކު ދިމާވި ފިރިހެން ކުއްޖާގެ ފައިން ފެށިގެން ބޮލަށް އީމާ ނަޒަރުހިންގާލިއެވެ. އެއީ ދޮން މޫނަކާއި، ދަލުގެ ސަބަބުން ނިއްކުރީގައި ތަތްލަވާފައިވާ މުށިކުލައިގެ ފަން އިސްތަށިގަނޑެއްގެ ވެރިއެކެވެ. މޫނުމަތިން ޅަ ވައްތަރެއް ޖެހިނަމަވެސް ހަށިގަނޑުން ފިރިހެންވަންތަކަން ހާމަކޮށްދެެއެވެ.

“ކޮންމެސް ތާކުން ފެނުން…” މާޒީގެ ތެރެއަށް ފީނަން މަސަތްކަތް ކުރަމުން އީމާ އޭނާގެ ދެލޯ މަރައި ތަގުޅިކޮށްލިއެވެ. ނަމަވެސް ސިކުނޑިއަށް އެއްވެސް އެއްޗެއް އަންނަގޮތެއް ނުވިއެވެ.

ކައުންޓަރު ކައިރީ ހުއްޓިލަމުން ނައިއަލް އޭނާގެ ޖީބުން އައިޑީކާޑު ނަގައި ރިސެޕްޝަނިސްޓާއި ހަވާލުކޮށްލިއެވެ. ފަރުވާއަށް އެރި އަގު ދެމީހުންގެ ކަންފަތުގައިވެސް ގުގުމާލީ ހޮނު ގުގުރިއެއް ފަދައިންނެވެ. ދެލޯ ބޮޑުކޮށްލާފައި ދެ ޒުވާނުން ނަޒަރު ބައްދަލުކޮށްލިއިރު އެއީ ފިލްމީކަމުގެ ދެވަނައެއް ނެތް ފައްކާ މިސާލެކެވެ. ވަކިލާރިންނާއި ރިސިޕްޓްކޮޅުތަކުން ފުރިފައިވީ ވޮލެޓް ފޭކޮށްލާފައި ނައިއަލް އީމާއަށް ދައްކައިލުމުން، ދަތްކުނޑިވިކާލާފައި އީމާ އޭނާގެ ޖީބުން ކޭޝްކާޑު ނަގައި ކައުންޓަރުމަތީ ބާއްވާލިއެވެ.

“އަމިއްލަޔަށް ފޭހުނު އިލޮށީގެ ކޮޅު އެ ވަނީ ލޮލުގެ ކޮޅަށް ދޯ އެހެންވީމަ.” ބޯ ޖަހާލާފައި ދުރު ބަލަން މަސަތްކަތް ކުރަމުން ނައިއަލް ބުނެލީ އީމާގެ މޫނުމަތީ ކުލަވަރު ފެނި ބިރުން ހިތް ހުއްޓިދާނެތީއެވެ. ފުސްމޫނު ހަދައިގެން ހުރެ ނަމަވެސް ނައިއަލްގެ އަތަށް އަރައި ޗިސްކުރުމުން ހައްތަހާ ބޮޑުވަރުވިކަން އީމާއަށް ޤަބޫލުކުރެވި މާފަށް އެދުމުގެ ގޮތުން ބޭސްކުރުމުގެ އަގުދެއްކީއެވެ.

“ކިޔަން ނޭނގޭއިރު ނުކިޔަބަލަ.” ރުޅިގަނޑު ކޮންޓްރޯލް ކުރަމުން އީމާ ތުންފިއްތާލިއެވެ.

“ފަހުން ހާފް އަނބުރާ ދޭނަން… ދީ ފޯނު ނަންބަރު.” ދުރު ބަލަހައްޓައިގެން ހުރެ ނައިއަލް މަޑުމަޑުން ބުނެލި އެތިން އީމާއަށް އޭނާއާއި ދިމާއަށް ބަލައިލެވުނެވެ. ރުފިޔާކޮޅެއް އަތަށް އެރުމުން ބިލުގެ ދެބައިކުޅަ އެއްބައި އަދަދު ނަމަވެސް އީމާއަށް އަނބުރައި ދައްކަން ނައިއަލް ނިންމީ އެކްސިޑެންޓުވުމުގެ ބޮޑުބައި މައްސަލަ އޮތީ ތިމާއަށްކަން ހިތުގެ ކަނެއްގައި އިޢުތިރާފްވެވިފައި އޮތުމުންނެވެ.

“ހާދަ ޑަމީކޮށް ނަންބަރު ހޯދާލަނީ ތި.” ހެވިފައި ހުރެ އީމާ ކިޔައިލިއެވެ. އީމާ ހިނިތުންވިތަން ފެނިފައި ނައިއަލްގެ ތުންފަތުގައިވެސް ރަކި ހިނިތުންވުމެއް ދުވެލިއެވެ.

އާފުރިލާފައި ހަށިގަނޑު ދަމަމުން، އަރަމުންދިޔަ ތަދުތަކުގެ ވޭނީ އަޑު އަނގައިން ބޭރުކުރަމުން ނައިއަލް ދުރަށް ހިނގައިގަތެވެ. ރިސިޕްޓްކޮޅާއި ކޭޝްކާޑާއިއެކު ނައިއަލްގެ އައިޑީކާޑު ދިއްކޮށްލި ރިސްޕްޝަނިސްޓް ހިނިތުންވެލިއެވެ. މި މުސީބާތުން ފުރިގެންވާ ސޮރު ގެޔަށް ގެންދަންޖެހޭނީވެސް މަށަށްބާއޭ ހިތާހިތުން ގޮވަމުން އީމާ ރިސިޕްޓްކޮޅު ފަހަތުގައި ނައިއަލްއަށް ދޭން އަމިއްލަ ނަންބަރު ލިޔެލި ވަގުތު އަތުގައި އޮތް އައިޑީކާޑަށް އަވަސް ނަޒަރެއް ދެވުނެވެ.

“ނައިއަލް…” އީމާގެ ލޮލުގައި އަޅައިގަތީ ހަމައެކަނި އޭގައި ޖަހާފައި އިން ނަމެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. “އޯ މައި ގޯޑް… އެއީ އޭނަ ދޯ… އޯއެމްޖީ.” ދެލޯ ބޮޑުވެ، ނޭވާ ހިފަހައްޓާލައިގެން ހުރެފައި އީމާއަށް ދުއްވައިގަނެވުނީ ނައިއަލްއާއި ދިމާލަށެވެ. އޭނާގެ މޫނުމަތިން ފެނުނީ ރުޅިގަދަކަންކަމެއް، ހިތާމަވެރިކަންކަމެއް، ނުވަތަ އުފާވެރިކަންކަމެއް ސާފެއް ނުވިއެވެ. ދުވެފައި ދިޔަ ބާރުމިނުގައި އީމާ ގޮސް ފުންމައިގެން އެރީ ނައިއަލްގެ ބުރަކަށްޓަށެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. afffraushyyy

    is that ( kill me heal me ) ge casts in the featured image ???

  2. afnaarj

    Salaam everyone! We hope you all would like the first part of our very first story “foni Faaroshi”. It’s a pleasure to deliver the story to you all. We will try our best to submit one part every single day although the approving and uploading process might take time ?❤ all of your comments are very welcome and we consider it as our motivation to go forward. Please do let us know what you think about the story. Stay safe everyone !! ❇

  3. Shy❤

    Varah reethi feshun❤ Curiously waiting for next part☺

    1. afnaarj
      Shy❤

      Ayee Thanks alot ❤ it’s submitted now ?

  4. ?Ril?

    Mash Allah. Feshun hama amazing. Kuriah oi bayah ah inthizaaru kurevey eba. Varah Sali ingey. Stay safe.???????

  5. Shaiii

    Vhk vrh salhi❣️…. Um curiously waitingg?

    1. afnaarj
      Shaiii

      Thank you very muchhhh shaiii ❤ soon insha allah ?

  6. Mal?

    Wow v reethi feshuma waiting for next part ❤️❤️

  7. magnumm

    alheyyyyyyy?….haadha majaa stry ekey mii…hee hee bandah goh vx araifi???whn next…waiting ngeyy..LYL?❤

  8. aily

    vrh loabi maasha allah. hama sifa kurevey loamathin

    1. afnaarj
      aily

      Aww thank you. Aslu main ambition aky ves readers ah vaahakaige scene thah sifakurevey varah thafseelu kohdhinun. Happy to hear it succeeded ♥

  9. Shy❤

    Kobaa next part??❤

    1. afnaarj
      Shy❤

      22nd April ga submit kohlaafa innaany.. ekamu publish nuvey adhives ?

  10. .....

    I am loving this story
    Waiting for the next part

    1. afnaarj
      .....

      Thank youuuuu. Such comments motivates us alot ?

  11. magnumm

    hee hee bandah goh araifi??mulhi hayaathuga vx mihaa majaa stry eh nukiyey kahne?.whn next darlinn ??waiting ngeyy .. LYL

  12. Malsa Moosa (Lysh)

    Whoops. Dhen bindhaalaanee burakashi kanneynge. Eheh. btw varah reethi sifakurun thakaa kanthah thah genesdheefaivaa. and mi story ge furathama bai hama speechless. bunaane ehcheh nei. lolah heevanee manzaruthah sifakohlevyhen. baskoshaaru varah furihama. I enjoyed the first part of ur story. thigothugai kuriyah dhey. insha allah eyrun kaamiyaabu libeyne. Curiously waiting for the next part guyx.
    #stay home, be safe:)

    1. afnaarj
      Malsa Moosa (Lysh)

      ohnooo . visiting doctors would be very hard now indeed. keep your bones safe now and always. haha! thank you so much. we will continue to go foward with all the motivation you all be giving in every part. we are more than thankful 🙂 we wish you the same in ur passion of writing. stay safe

  13. Sammm

    V reethi ngey.. vaagoeh loa kurimathin sifa kollevey.. majaa kamun hyhy halaaku.. huvaa bandah thadhuvaa varah hevijje.. keep going..

    1. afnaarj
      Sammm

      Alheyyyyyyyy YALLL SO SWEET ❤ we r indeed motivated and happy to know that our mission is being succeeded. We’ll keep on making you all laugh with every part insha allah !?♥

  14. ??

    Wow .. just speechless… varah kiyaahithun kiyaalevunee… jumlathah varah fashuikoh genesdhyfa hurikan faahaga vi well done writers.. impatiently waiting for next part ❤

    1. afnaarj
      ??

      awwwn thank you soooooo much. thigothuga support kodheyne kamah ummeedhu kuran. *red heart* 🙂

  15. afnaarj

    To all of u who r wondering. 22nd April ga submit kuri gothhah we r waiting just like u all? Komme part ehves upload vaairah next prt we will submit daily koh. Ekm upload vaan it seems to take time ?

    1. Sss
      afnaarj

      Ya i know.. alhugandhu vx vaahaka submit koffa weak eh vaa irah vx upload nuvey.. but baeh writers submit kuraa irah innany up vefa.. neyge vaagotheh.. thy hama alhugandah vx dhimaavi massala

    2. afnaarj
      afnaarj

      yeah..contact ves kohlaafa innaany admin ah..still waiting 🙂

  16. magnumm

    ahahaha? hee hee bandah goh araifi eyy…afnaarjuuu thihaa laaneiy vaakah nuvaane ngeyy?btw feshun hama vrh habbu❤? hope next prt avahah up vaane kamah. Curiously waiting! LYL?

    1. afnaarj
      magnumm

      ahahahaha ! we r aiming to bring a smile to each of your beaaaauuutiful faces from each and every part. thank you so much for all ur sweet comments in the part 🙂 much love

  17. Imkko

    maasha allah …. v reethi story … btw i really like the name of the story “foni faaroshi”.

  18. sjinzn

    “‘€€+”‘

Comments are closed.