“އެއީ ކާކު؟” ކުއްލިއަކަށް ނިކުމެގެން ދިޔަ މީހާގެ މަތިން ހަނދާން ވުމުން ޔާސީން ދަތްކުނޑި ވިކާލެވިއްޖެއެވެ. އޭޏާ ދޮރާއި ދިމާލަށް ހިނގައި ގަތުމުން ފަހަތުން ރަޔާލްވެސް ހިނގައި ގަނެއްޖެއެވެ. އޭނާއަށް އެގޭގައި ހުންނާކަށް ނުކެރޭނެއެވެ. އެތަން ފެނުނު ޔާސީން މަޑުޖެހިލީ ރަޔާލް އަންނަތަން ފެނުމުންނެވެ. ރަޔާލަށް ބަލާލަމުން ހުއްޓުނު ޔާސީންގެ ތުންފަތް މަތީގައިވަނީ ރީތި ހިނިތުން ވުމެކެވެ. ދެޖީބަށް އަތް ޖަހާލަމުން ޔާސީން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ރަޔާލްވެސް މަޑުމަޑުން ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. ޔާސީން ދޮރު […]
ރަޔާލް އަތް މައްޗަށް އުފުލައިލިއިރު ޔާސީންގެ އަރު ތެރެއަށް ތަދުވާން ފަށައިފިއެވެ. ހީވަނީ ވާހަކަ ނުދެއްކޭނެ ވަރަށް ދުޅަ ވެފައިވާ ހެންނެވެ. ކަރު ކެހިލުމާއެކު އޭނާގެ ލޯ ފެންކަޅި ވެއްޖެއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހި ތަކެއްގެ ސަބަބުން އޭނާގެ ހަމަޖެހުން ނަގާލައިފިއެވެ. ރަޔާލަކީ މީހެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކޭ ހިތައް އެރުމުން އެލޮލަށް ޖަމާވި ކަރުނަތައް ވީ އިތުރެވެ. ވާރޭ ތެރޭގައި ހުރިއިރުވެސް އެދެލޯވަނީ މުޅިން ރަތްވެފައެވެ. ދަތްކުނޑި ވިކާލައިގެން ހުރިއިރު އެ ފިރިހެން ވަންތަ މޫނުން […]
ޝަބީންއާއި މައުވާ ގެއަށް ވަންއިރު ގޭގެ ތެރޭގައިވަނީ އަނދިރި ކަމެވެ. ޔާސީންވެސް ދެމީހުނާއެކު މިއަދު އެގެއަށްވަނީ އާމިރާ އެހާ ވަރަކުން ކާން އަންނާށޭ ބުނެފައި އޮތީމައެވެ. ރިޔާޒާއިއެކު ބޭރުގައި ވުމުން އާމިރާވަނީ މައުވާއަށް ގުޅާފައި އެވާހަކަ ބުނެފައެވެ. ހެމުން ކުޑަ މަޅާލި މައުވާއާއި ޝަބީން ސިހުނީ ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. ގޭތެރޭގައި އަނދިރި މާހައިލުގައި އެވޭނީ އަޑު ފެތުރިފައިވާ ގޮތުން ޔާސީންގެ ގައިގެ ހޯލިތައްވަނީ ކޮޅަށް ޖެހިފައެވެ. “ރަޔާ..” ދެފަޔަށް ލެވޭފައި ބާރެއްލާފައި ދުއްވައިގަތް ޝަބީނަށް އެނދިރީގެ […]
“މަންމާ…” ދެކަންފަތުގައި އަތްއަލާއި ތޫލި އަޑަކުން ހަޅޭއް ލަވައިގަތް ރަޔާލް ފެނުމުން ޔާސީން މަޑުޖެހިލައިފިއެވެ. ރަޔާލް މޫނު ކައިރިއަށް އޭނާގެ އަތް ދެކޮޅަށް ގެންދިއުމުންވެސް އެއަތަށް ރަޔާލް ހަރަކާތެއް ނުކުރިއެވެ. ޔާސީނަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގިއްޖެއެވެ. “ރޫބީ.. ކޮންތާކުހޭ ފިލާ ތިއިނީ؟… ” ފަހަތުން އެއަޑު އުވުގެން ދިއުމުން ރަޔާލް ދުއްވައި ގަނެއްޖެއެވެ. ނަމަވެސް މިތަނުން ނުކުންނާނީވެސް ކިހިނެއް ހެއްޔެވެ. މިކޮޓަރީގައި ދޮރެއްވެސް ހުރީކީ ނޫނެވެ. ރަޔާލަށް ފެންނަމުން ދިޔައީ ހަތަރު ފާރު އެކަންޏެވެ. ރޫބީއަކީ […]
ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ދުވަމުން ދިޔަ އަންހެން ކުއްޖާ ހުރީ ތުރުތުރު އަޅައެވެ. އޭނާގެ އުނަގަނޑާއި ހަމައަށް އަރާ އިސްތަށިގަނޑު ދެމިފައިވާ ގޮތުން އިތުރު ދިހުމެއް ހުއްޓެވެ. އެބޯވާރޭތެރޭގައިވެސް އޭނާ ލޮލުގައިވާ ކަރުނަތައް ސާފުކޮށް ފެންނަން ހުއްޓެވެ. ލޮލުކައިރީގައި ދުޅަވެފައިވާ ތަނުގައި އެބޮޑު ކެރިތައް ޖެހެމުން ދިޔައިރު އެކުއްޖާއަށް ތަދުގެ އިހުސާސްވެސް ނުކުރެވޭ ކަހަލައެވެ. އަނގައިގެ ކަން ކައިރިން ރަތްވެފައިވާތަނުންވެސް އޭރު ލޭ އާދެއެވެ. ލައިގެން ހުރި ހެނދުމުގެ މޭމަތިން ބޮޑު ބައެއް ހަލާކުވެ ފެންނަން […]