Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތާ ފުރާނައިގެ ދިރުމޭ (3)

Aaran Level 110 Stories
October 10, 2016 10 Mins Read
3 Comments

ޝަބީންއާއި މައުވާ ގެއަށް ވަންއިރު ގޭގެ ތެރޭގައިވަނީ އަނދިރި ކަމެވެ. ޔާސީންވެސް ދެމީހުނާއެކު މިއަދު އެގެއަށްވަނީ އާމިރާ އެހާ ވަރަކުން ކާން އަންނާށޭ ބުނެފައި އޮތީމައެވެ. ރިޔާޒާއިއެކު ބޭރުގައި ވުމުން އާމިރާވަނީ މައުވާއަށް ގުޅާފައި އެވާހަކަ ބުނެފައެވެ. ހެމުން ކުޑަ މަޅާލި މައުވާއާއި ޝަބީން ސިހުނީ ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. ގޭތެރޭގައި އަނދިރި މާހައިލުގައި އެވޭނީ އަޑު ފެތުރިފައިވާ ގޮތުން ޔާސީންގެ ގައިގެ ހޯލިތައްވަނީ ކޮޅަށް ޖެހިފައެވެ.

“ރަޔާ..” ދެފަޔަށް ލެވޭފައި ބާރެއްލާފައި ދުއްވައިގަތް ޝަބީނަށް އެނދިރީގެ ތެރެއިން މަގުވެސް އެނގުނު ކަހަލައެވެ. ޔާސީން ހަމަޖެހިލާފައި ގޭގެ ބޮކިތައް ދިއްލާފައި އެދިމަލަށް ހިނގައިގަތީ ތަންކޮޅެއް ބާރަށެވެ.

ހުޅުވިފައިވާ ކޮޓަރީގެ ދޮރުން އެތެރަށް ބަލާލި ޔާސީންގެ ދެފައި ބިމުގައި ހަރުލައިފިއެވެ. މީގެ ކުރިންވެސް އޭނާވަނީ މިކަހަލަ އެތައް ކަމަކާއި ކުރިމަތި ލައިފައެވެ. ނަމަވެސް އެވޭނީ އަޑު ޖެހުމުން ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ތަދެއް ވަނީއެވެ. ކޮޓަރިއަށް ފެތުރިފައިވާ އޮރެންޖު ކުލައިގެ ފަނޑުއަލި ރަޔާލްގެ މޫނަށް އެޅިފައިވާ ގޮތުން އެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދުރަށްހުރީ ވިދަ ވިދައެވެ. ދަށްބަނޑާއި ދިމާގައި އަތްއަޅައިގެން ކުރު ގެޅިގަނެގެން އޮވެ ރޮމުން ދާއިރު ހީވަނީ ތަދުވަތީ އުޅޭހެންނެވެ.

“ނޫން… ނޫން… އަތް ނުލާ” ނިދީގެ ތެރެއިން ގިސްލެވެމުން ދިޔަ އެއަޑުވަނީ މުނި ގޭގައި ކަހަލަ ގޮތަކަށް ހިފާފައެވެ. މައުވާ އައިސް ރަޔާލްގެ އަތުގައި ހިފާލަމުން ގޮވާލައިފިއެވެ. ނަމަވެސް އެކުއްޖާއަށް ނިދީގައި މައުވާ ފޮޅާލެވުނީއެވެ. ސިއްސައިގެން ދިޔަ މައުވާ ގޮސް ޖެހުނީ ފާރުގައެވެ.

“މައު ރަޔާލް ގައިގަ އަތް ނުލާ ލައިޓް ޖައްސާފަ ތަންކޮޅެއް ބާރަށް ގޮވާލަބަ.. އެހެން ބިރުވެރި ހުވަފެން ފެންނަ އިރު ގައިގަ އަތް ނުލާތި.. ” ޔާސީން އެންމެ ފަހުން ބުނެލައިފިއެވެ.

“ރަޔާ” ޝަބީން ހޮޅި ބުރި ޖައްސާލުމުން މައުވާ އެނދާއި ކައިރިއަށް ޖެހިލާފައި ގޮވާލައިފިއެވެ. ޔާސީން އިތުރަށް ކެތް ނުވުމުން އެތަނުން ދިޔައީ މައުވާއަށް މެސެޖެއް ކޮއްލާފައެވެ.

ގެއަށްވަން ޔާސީންގެ ކަންފަތުގައި ހަރުލާފައިވަނީ އަދިވެސް ރަޔާލްގެ ރުއިމުގެ އަޑެވެ. އެއަޑަކީ މީގެ ކުރިން އޭނާއަށް އިވިފައިވާ އަޑެކޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ؟ އެކުއްޖާއާއިމެދު ކޮންމެވެސް ގޯސްކަމެއް ހިނގާފައި ނުވާނަމަ އެހެނެއް ނުރޯނެއެވެ. އެއަޑުގައިވާ ތަދު ޔާސީން ނޫން އެހެން މީހަކު ނަމަވެސް ދެނެ ގަނެވޭއެވެ. ބޮލުގައި އަތް ފިރުމާލާފައި ލޯހުޅުވާލި އިރު ކުރިމަތީގައި ހުރި ޒުހައިރާ ފެނުމުން އޭނާ ދިޔައީ ސިއްސައި ގެންނެވެ. ޒުހައިރާ ކުޑަކޮށް ހިނިތުންވެލީ އޭނާގެ ދަރިފުޅުގެ ފާޑު އެނގޭތީއެވެ. ދިމާވި ކަމަކުން ޔާސީން އެގެއިން ނިކުތީ ނުވެސް ކައެވެ. މޭޒުމަތީގައި އަތުރާލައިފައިވާ ކުކުޅުގެ ބާވަތްތައް ފެނުމުން އޭނާއިތުރަށް ބަނޑުހައިވާ ގޮތް ވެއްޖެއެވެ.

ޒުހައިރާއާއި ޔާސީން ކައި ނިމެން އުޅެނިކޮށް ފައިސަލްވެސް ޑިއުޓީ ނިންމާލާފައި އައިސްފިއެވެ. ތިންމީހުން އެކުގައި ނުކާތާ ދުވަސްތަކެއް ވުމުން ފައިސަލް އެމީހުނާއި ބައިވެރި ވެލައިފިއެވެ. ތެއްލާފައިވާ ކުކުޅުފައި ނަގައި ތައްޓަށް ލާން ދިމަކޮއްލި ފައިސަލްގެ ލޮލުގައި އަޅައިގަތީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިން ޔާސީނެވެ. ފައިސަލް ބަލާލިތަން ފެނުމުން އޭނާ އަވަހާ ކާން ފަށައިފިއެވެ. ބައްޕަގެ އެބަލާލުމުން އަނެއްކާވެސް ޔާސީންގެ ހިތުގައި ބިރުވެރި ކަމެއް ހިނގާލައިފިއެވެ.

“ޔާސީން..” ފައިސަލް އެހެން ހުރުމަށްފަހު ތަށި ދުރުކޮށްލަމުން ބުނެލައިފިއެވެ.

“ހޫމް..” ކުރު ޖަވާބެއް ދިނުމަށްފަހު ޔާސީން ތަށި ހިފައިގެން ސިންކު ކައިރިއަށް ގޮސް ހުއްޓިއްޖެއެވެ. ކުޑަ އިރުއްސުރެވެސް އެކަނި ކާތަށި ދޮންނަން އާދަ ވެފައިވާ ޔާސީން ތަށި ދޮވެލަމުން އެތާނގައި އޮތް ފޮތި ގަނޑަކުން އެ ފުހެލައިފިއެވެ.

“ފައިސަލް… ކަމެއް ވެގެންތަ ޔާނަށް ތި ގޮވާލީ؟” ޒުހައިރާ ޔާސީނުގެ އަމަލުތައް ހުރިގޮތުން ހިތްހަމަ ނުޖެހި އިނދެ ބުނެލައިފިއެވެ.

“ޔާނު މިހާރު އަހަންނާ އެވަރަކަށް ވާހަކައެއް ނުދައްކާ..” ފެންތަށި ތުނބުގައި ޖަހާލަމުން ފައިސަލް ފޯނު ދިއްލާލީ ގަޑި ބަލާލުމަށެވެ.

“އެއް އިރެއްގައިވެސް އެސޮރު އެހާ ފައިސަލްއާއި ރައްޓެހިކޮށެއް ނޫޅެ އެއްނު..” ޒުހައިރާ އެހެން ބުނެފައި ފައިސަލް ކޭތަށި ނަގައިން ހިނގައި ގަނެއްޖެއެވެ.

“ކުރިން އޭނަ އަބަދުހެން..” އެއްޗެހިތައް ހިފައިގެން ދިޔަ ޒުހައިރާއަށް އަޑު ނީވޭވަރަށް މަޑުން ފައިސަލް ބުނެލިއެވެ.

އެނދުމައްޗަށް ވެއްޓިގަތް ޔާސީންގެ ބޮލުގައި ވަނީ ރިހުމެއް އެކުލެވިފައެވެ. ނިދީ ތެރޭގައި ރަޔާލް އުޅުނުގޮތް ޔާސީނަށް ސިފަވަމުން ދިޔައެވެ. ބޯ ހޫރާލުމަށްފަހު ޔާސިން ނެގީ މީގެ އެތައް އަހަރެއް ކުރިން އޭނާ ނަގާފައިވާ ފޮޓޯ ތަކެވެ. އެއީ އޭނާގެ އުމުރުން ބާރަ ބަރަކަށް އަހަރުގައެވެ. ބައްޕައާއިއެކު އަބަދުހެން އުޅެމުންއައި ޔާސީންގެ އުޅުމަށް ބަދަލުތަކެއް އައީ އެފޮޓޯތައް ނަގަމުން ދިޔަ ދުވަހުއެވެ. ހިތުގެ ވިންދު އަވަސްވީ  އެފޮޓޯތަކުގެ ތެރެއިން ކުޑަ އަންހެން ކުއްޖެއްގެ ފޮޓޯ ފެނުމުންނެވެ. ފޮޓޯއިން ފެންނަމުން ދިޔަ ކުޑަ އަންހެން ކުއްޖާގެ ދިގު ދިގު އެއިސްތަށިގަނޑު ކަޅުކަމުން ޔާސީނަށް ފޮޓޯ މަތިން އަތް ހާކާ ލެވިއްޖެއެވެ.

#   #   #   #   #

ސައިކަލު ބެހެއްޓުމަށްފަހު ޔާސީނައި ފައިސަލް ވަނީ ކައިރީގައި ހުރި ފިހާރައަށެވެ. މިހާރަކަށް އައިސް އަބަދުހެން ޔާސީން އުޅެމުންއައީ ބައްޕައާއި އެކުގައެވެ. ބައްޕަ އެހާވެސް ރަނގަޅުވެފައި އޭނާ ކުރާ ކަންތައްތައް މަންމައަށް ފޮރުވައެވެ. ދެތިން މިނެޓް ފަހުން ކައިރީގައި ހުރި ފިހާރައަކުން ފައިސަލް ނިކުތީ ކެމެރާއެއް ހިފައިގެންނެވެ. އެހިފައިގެން އެކި ތަންތަން ފޮޓޯ ނަގަމުން ދިޔަ ޔާސީނަށް ހުއްޓުމެއް އައީ ކައިރިގައި ހުރިގެއަށް ފައިސަލް ވަނުމުންނެވެ. ޔާސީންވެސް އޭނާގެ ބައްޕަގެ ފަހަތުން ގޮސް އެދެއަށް ވަދެއްޖެއެވެ. އެގޭގައި އުޅޭ ރީތި ރީތި އަންހެން މީހާ އޭނާގެ ބައްޕައާއި ކައިރި ވާވަރުން އޭނާ ހުރީ ހތްހަމަ ނުޖެހިފައެވެ. މޫނު ހަދައިގެން އިނުމަށްފަހު ޔާސީން އެގެއިން ނިކުމެލީފޫހި ވުމުންނެވެ.

މަގުމަތީގައި ކުޅެން އުޅުނު ކުދިން ތަކެއްގެ ކައިރީގައި ހުރެފައި ޔާސީން ފަހަތަށް ބަލާލީ ދެންމެ ވަން ގެއިން ރުއިމުގެ އަޑު އިވުމުންނެވެ. ބާރު ބާރަށް ރޮމުން ދިޔަ އެކުއްޖާ ބުނަމުން ދިޔައީ ތަދުވާ ކަމަށެވެ. ޔާސީން ދުވެފައި އެގެއަށް ވަން ގޭގެ އެއްވެސް ދިމާލަކުން ބައްޕަ ފެންނާކަށް ނެތެވެ. ފައިސަލްއާއި ގައި ގޯޅިވި އަންހެން މީހާ އިނީ ފާޑަކަށް ހުރި ސިނގިރޭޓެއް ހިފައިގެންނެވެ. ދުންތައް އަރަމުން ދިޔައިރު އޭނާ ހުރީ ހަމައިގަ ނޫންކަން ޔާސީނަށްވެސް އެނގުން ވިއެވެ. ކައިރިން ޖެހިގެން ހުރި ކޮޓަރިން އިވެމުންދިޔަ އަޑުން ޔާސީންގެ މެއަށް ފިނިވާ ގޮތް ވެއްޖެއެވެ. ގިސްލުމުގެ ތެރެއިން އެކުޑަ އަޑުން ކިޔަމުން ގެންދިޔައީ އަނގައަށް ދަތުވާ ވާހަކައެވެ. ކެތް ނުވެގެން ދޮރުގައި އަތް އަޅާ ކޮއްޕާލުމާއެކު ފައިސަލް ތެދުވެ ޔާސީނަށް ފުރަގަސް ދީފިއެވެ.

“ރޫ… ރޫބީ އަށް  ތަތަ ތަދުވޭ” ގިސްލެވޭވަރުން އެމައުސޫމް ފުރާނައަށް ވާހަކަވެސް ނުދެއްކުނެވެ. ކުޑަ ކުޑަ އެއަންހެން ކުއްޖާއަށް ބަލަމުން ގޮސް ފޮޓޯ ނަގަން ފިއްތާލެވުނު ކަމެއްވެސް ޔާސިނަށް ނޭނގުނެވެ. އޭރު އެކުއްޖާގެ އަނގައިގެން ކޮޅުން ކަނޑައިގެން ގޮސް އޭރު ލޭ އާދެއެވެ. ފައިސަލް ލައިގެން ހުރި ފަޓުލޫނުގެ ޒިބު އަޅުވާލަމުން ޔާސީނަށް ބަލާލައިފިއެވެ.

“ޔާސީން މިތަނަށް ވަނީ ކީއްކުރަން..” ރުޅިވެރި ގޮތަކަށް ފައިސަލް އަހާލައިފިއެވެ . މިހަރު އޭނާއަށް ފެންނަމުން ދިޔައީ މީގެ ކުރިން ފެނިފައި ނުވާ ބައްޕައެވެ.

” ބައްޕާ…” ޔަޤީން ނުކުރެވޭ ކަހަލަ ގޮތަކަށް ޔާސީން އަހާލައިފިއެވެ. ކުޑަ ހިތަށްވެސް ދެންމެ ވީ ކަމެއް ނަގައި ނުގަވުނެއް ކަމަކު ބައްޕަ އެކުއްޖާއަށް ކޮންމެވެސް އަނިޔާއެއް ދީފިކަން އިނގިއްޖެއެވެ. ބައްޕަ ކުރީ ގޯސްކަމެއްކަން ނަގައި ގަނެވިއްޖެއެވެ.

ފައިސަލް އެއްޗެކޭ ބުނުމުގެ ކުރިން އޭނާ އެތަނުން ނިކުމެގެން ދުއްވައި ގަނެއްޖެއެވެ. ދުވަމުން ގޮސް ގެއަސް ވަދެނުމު އިރުވެސް ޔާސިންގެ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. އޭނާ އެވާހަކަ މަންމައާއި ހިއްސާ ކުރާނެ ގޮތެއް ނޭނގުނެވެ. ދެތިން ރޭ ނުނިފާ ހުރުމުގެ ސަބަނުން ހުންވެސް އަތުވެއްޖެއެވެ. ފައިސަލް ފެންނަ ހިސާބަށް ދާން ބޭނުން ނުވާތަ ވާހަކަވެސް ދައްކަކަށް ބޭނުމެއް ނުވެއެވެ.

#   #   #   #   #

ފުރާޅުގައި ފުރަތަމަ ކެރި ޖެހުމާއެކު އޭނާ ހުވަފެނުގެ ދުނިޔެއިން އެނބުރި ބޭރަށް ބަލާލައިފިއެވެ. ތެދުވެގެންގޮސް ކުޑަ ދޮރު ލައްޕާލިއިރު ކޮންމެވެސް ވަރަކަށް އެތެރެއަށް ހުރީ ކެރި ބުރާފައެވެ. އަތުގައި އޮތް ފޮޓޯއަށް ބަލާލުމުން އޭނާއަށް ސިފަވަމުން ދިޔައީ ރަޔާލްގެ މޫނެވެ. މިކުއްޖާގެވެސްވަނީ ހަމަ އެކަހަލަ ކަޅިއެވެ. ކުރިން އޭނާއަށް ވަމުން އައީ ކީއްކަމެއް ނޭނގުނު ކަމުގައި ވިޔަސް މިހާރު ޔަޤީން ވެއްޖެއެވެ. ލޯ މަރާލަމުން އެފޮޓޯ ގަނޑު ޖީބަށް ލެވުނީ އޭރުގައި އެކުއްޖާއަށް އެހީތެރި ކަމުގެ އަތެއް ފޯރުކޮށް ނުދެވުނީމައެވެ.  ވާރޭގެ ރާގާ އެކު ޔާސީންގެ އަނގައިންވެސް މަޑު އާހެއް ބޭރު ވެއްޖެއެވެ. އެކުޑަ ކުޑަ ފުރާނައަށް ވާނެ ތަދު އިހުސާސް ކޮއްލުމާއެކު އެދެލޮލުން ހޯސްލާފައި ކަރުނަ ފައިބައި ގަނެއްޖެއެވެ. ނުފޮޅޭ މަލެއް ގަދަކަމުން ފޮޅުވާނީ ކިހިނެއް ހެއްޔެވެ؟ އެމާވާނީ ހަލާކު ނޫން ހެއްޔެވެ؟

ލޯފުހެލުމަށްފަހު ޔާސީން ބެލީ ނިދޭތޯއެވެ. އެއަންހެން ކުއްޖާއަށް އެހީތެރި ނުވެވުނު ކަމުގައި ވިޔަސް އޭނާ ރަޔާލަށް އެހީތެރި ވާނެއެވެ. ރަޔާލާއި ދޭތެރޭގައި މީހަކު ގޯސްކޮށް ކަމެއް އެބަ ކުރެއެވެ. އެކި ކަހަލަ ހިޔާލު ތަކުން ބަރު ވަމުން ދިޔަ އެސިކުނޑިއަށް ހަނދާނެ ގޮތެއް ނުވިސްނުނެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ސިފަވަމުން އައީ ރަޔާލް އޭނާގެ ލައިރީގައި ސަލާމަތް ކޮއްދޭށޭ ބުނިގޮތެވެ. އަދި ހަމައެހެންމެ އެކުޑަ ކުއްޖާގެ މޫނެވެ. މޫނު މަތީގައި އަތް އަޅާލި ޔާސީނަށް ނިދުނީއެވެ. އެހިތަށް ކެތްނުވީ ކަންނޭގެއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ހޭލައިގެން އައި މައުވާ ރަޔާލް ގޮވައިގެން ދިޔައީ ސައިބޯށެވެ. މިހާރަކަށް އައިސް ރަޔާލްގެ މާބޮޑަށް މަޑުން އިންނަކަން މައުވާއަށް އިނގެއެވެ. ދެމީހުންވެސް ދިޔައީ އާމިރާއާއިއެކު ބަގީޗާ ތެރެއަށެވެ. ޖަނބުރޯލު ގަހުގައި ދޮންވެ ފައްކާވެފައިވާ ރަތް ޖަނބުރޯލަތައް ހީވަނީ ބޯޅަތަކެއް ހެންނެވެ. މާލޭގެ އެހެން ގޭތަކާއި ހިލާފަށް އާމިރާ ބޭނުންވީ ގޭގެ ފަހަތުގައި އޮތް ތަންކޮޅު ގަސް އިންދަން ބާއްވާށެވެ. ރޭގެ ހުވަފެނުގެ ވާހަކަ އެހުމުން ރަޔާލް ހޫރާލީ ބޮލެވެ. އެތައް ފަހަރެއްގެ މަތިން ރަޔާލަށް ފެންނަމުން ދިޔައީ މީހަކު އޭނާގެ ގައި ޖަހަމުން ދިޔަ ތަނެވެ. ނަމަވެސް ކިޔަމުން ދިޔައީ ރޫބީއެވެ. އަތްފޯރާ ފަށުގައި ހުރި ޖަނބުރޯލުތައް ބިންނަމުން ރަޔާލް އާމިރާއާއި ދިމާލަށް ބަލާލައިފިއެވެ. ހިތުގައި އަހަން ކިތަންގެ ގިނަ ވާހަކަ ހުރި ކަމުގައި ވިޔަސް ދުލަކަށް ނައެވެ. ޖަނބުރޯލު އަނގައާއި ކައިރި ކޮއްލުމަށްފަހު އަނެއްކާވެސް ރަޔާލް ބަލާލީ އާމިރާއަށެވެ.

“މަންމާ ރޫބީ އެއީ ކާކު؟” ރަޔާލްގެ އެއަޑަށް ސިހުނު އާމިރާގެ އަތުގައި ހުރި ޖަނބުރޯލުތައް ތިރިއަށް ވެރިއްޖެއެވެ. ރަޔާލަށް ވުރެ ބޮޑަށް މައުވާއަށް އެކަން ފާހަގަ ވިއެވެ.

“މަންމައަށް އެނގޭތަ އެއީ ކާކު ކަން” ރަޔާލް މަންމައަށް ވީގޮތް ފެނިފައި އަނެއްކާވެސް އަހާލައިފިއެވެ.

“ނޫން.. މަންމައަކަށް ނޭނގެ” ކުރު ޖަވާބެއް ދިނުމަށްފަހު އާމިރާ ބަލާލި ދުރަށެވެ.

“މިހާރު އަބަދު ކޮންމެވެސް ރޫބީއެއް ގެ ނަން ހުވަފެނުން އަޑު އިވެނީ..” ބޯ ކަހާލަމުން ރަޔާލް ބުނެލައިފިއެވެ. އާމިރާ އެމޫނަށް ބަލާލީ ލޮލަށް ޖަވާވަމުން ދިޔަ ކަރުނަތައ ފޮރުވަމުންނެވެ.

“މަންމަ އަންނާނަން އިތުރު ތައްޓެއް ހިފައިގެން… މަޑު ކުރައްޗޭ” ރަޔާލަށް ފުރަގަސް ދިނުމާއެކު އާމިރާގެ ލޮލުގައިވާ ކަރުނަތައް އޮހި ގަނެއްޖެއެވެ. ދަރިފުޅަށް ހަޤީޤަތް ކިޔާދޭނީ ކިހިނެއް ހެއްޔެވެ؟ ހުދު އޭނާއަށްވެސް ހަޤީޤަތެއް ނޭނގެއެވެ.

“ރަޔާ އަށް ހީވޭތަ ދައްތަ އެހަދަނީ ދޮގުހެން..”ގެއަށް ވަން އާމިރާއަށް ބަލަހައްޓައިގެން އިން މައުވާގެ ދުލުން އެންމެ ފުރަތަމަވެސް ނިކުތް ޖުމްލައަކީ އެއީ އެވެ.

“މަންމަ ސިހުނީމަ ހީވި.. އެކަމް ދެން އަހާކަށް ނުކެރޭނެ.. ދޮންތިއަށް އެނގޭތަ އެއީ ކާކުކަން؟” ސީރިއަސް ވެލާފައި އޭނާ އަހާލައިފިއެވެ.

“ދޮންތި އަޑެއް ނާހަން..” މައުވާ ބުނީ ތެދެވެ. އޭނާ ދުވަހަކުވެސް އެނަން ކިޔާ ކުއްޖަކާ ދިމާވެފައެއް ނުވެއެވެ.

“ދޮންތި ބުނާ ޑޮކްޓަރާއެކު ކޮކީ ތެރަޕީ ނަގަންވީނު… ކުރިންވެސް ނެގި ގޮތަށް..” ރަޔާލް ކުރިންވެސް ތެރޕީ ނެގިކަން ހަނދާން ވުމުން މައުވާ ބުނެލައިފިއެވެ. ދޮންތަ ބުނަން އުޅުނު މީހެއްގެ ނަން ރަޔާލަށް އެނގުނު ކަހަލައެވެ. ހިތުގެ ވޮންދު އަވަސްވެ ދާހިއްލާ ލައިފިއެވެ.

“ރަޔާ އަނެއްކާ ޔާނުއާ ލައިކްވޭތަ؟؟” ރަޔާލް ގެ މޫނު މައްޗަށް ވެރިވި ކުލަތައް ފެނުމުން މައުވާ އަހާލައިފިއެވެ. މައުވާ ގެ އެޖުމްލައިން ރަތްވީ ރަޔާލްގެ ދެކޮލެވެ. ހީވީ ގައިގަ ހުރިއްޔާ ހުރި ހުރިހާ ލެއެއް މޫނަށް ޖަމާވި ހެންނެވެ.

“ނޫން..” އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން ރަޔާލް އެނބުރުނީ އަނެއް ފަރާތަށެވެ. ދޮންތައަށް ދޮގު ބުނެގެން ވާނެ ފައިދާއެއް ނޯންނާނެކަން އެނގޭތީއެވެ.

“ދޮންބެ ދައްތަ ނުގުޅާތަ؟” އެންމެ ފަހުން ރަޔާލް ފަށާލީ ފަޒީނާގެ ވާހަކައެވެ. މައުވާ ދެލޯ ކުޑަކޮށްލުމުން ރަޔާލް ހީލަމުން ފޯނު ނަގައި ގަހުގައި ދޮންވެ ފައްކާ ވެފައިވާ ޖަނބުރޯލުތައް ފޮޓޯ ނަގަން ފަށައިފިއެވެ. ހިތުގައި އުފެދެމުންއައި ޝައްކު އެއްފަރާތް ކޮއްލުމަށްފަހު މައުވާ ބަލާލީ ވައިބްރޭތްވި އޭނާގެ ފޯނަށެވެ. ދިއްލިފައިވާ ސްކިރީނަށް ޔާސީންގެ ނަން އަރާފައިވާ ތަން ފެނުމުން މައުވާއަށް ބަލާލެވުނީ ކައިރީގައި ހުރި ރަޔާލަށެވެ. ހިނިތުން ވެލަމުން އޭނާ ދުރަށް ޖެހިލާފައި ފޯނު ނަގައި ކަންފަތުގައި ޖަހާލައިފިއެވެ.

ފައިސަލްގެ ސައިކަލުން ފައިބަމުން އެޕާކް ކޮއްލީ މާފަންނު ސަހަރާގެ ކައިރީގައެވެ. ލޮލުގައި އަޅާފައިވާ އަވި އައިނު ނަގައި ގަމީހުގައި އަޅުވާލާފައި އޭނާއައިސް ވަނީ ކުރިން ދުވަހުވެސް އައި ގެއަށެވެ. ދުރުގައި ހުރި ގޮނޑީގައި ރާބިޔާ އޮތީ ސިގިރޭޓެއް ހިފައި ގެންނެވެ. އެތަނުގައި އިށީންނަމުން އޭނާ ވަރަށް ސީރިއަސް ވެފައި ބަލާލީ ރާބިޔާގެ މޫނަށެވެ.

“ރާބިޔާ ކުރިން އިނީ ކާކުއާ؟” ހިތުގައިވަ ޝައްކު ދުރު ކުރުމަކީ އޭނާ މިހާރު ބޭނުންވާ ރަޔާލްގެ އަކީ ކާކުތޯ ބެލުމަށެވެ.

“އަބަދު ކީއްކުރަންތަ އެވާހަކަ އަހަނީ؟ އެ ސުންޕާ މީހަކާ ހެދި އަހަރެން ފަސްއަހަރު ހޭދަކުރީ ޖަލުގަ..” ރާބިޔާ ގެ މޫޑު ސަކަރާތް ވުމުންވެސް ފައިސަލް އެވާހަކަ ހުއްޓައެއް ނުލިއެވެ.

“ރާބިޔާ އަހަރެން ކައިރީ ބުނަންޖެހޭނީ މިއަދު.. ކުރިން މިގެއަށް ރިޔާޒް ވަންނަތަން އަހަންނަށް ފެނޭ..” ފައިސަލްގެ އެޖުމްލައިން ރާބިޔާ އަތުގައި އޮތް ސިގިރޭޓް ތިރިކޮށް ކޮއްލަމުން އެމޫނަށް ބަލާލި ސުވާލުގެ ނަޒަރަކުންނެވެ.

“އަހަންނަށް އޮޅުވާލަނީތަ ރާބީ.. ރާބި އިނީ ރިޔާޒްއާ ދޯ.. އަހަރެން މިއައީ ހުރިހާ އެއްޗެއްވެސް ހޯދައިގެން ދެން ދޮގު ނުހަދައްޗޭ”  ރާބިޔާ އަދިވެސް އިނީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. އިސްތަށިގަނޑު ރަބަރުން ހައްޔަރު ކޮއްލަމުން ސޯފާއިން ތެދުވެގެން ގޮސް ސިންކު ކައިރީގައި ހުއްޓިއްޖެއެވެ. އަދި އިސްކުރު ދޫކޮއްލުމަށްފަހު ދެތިން ފަހަރު މޫނަށް ފެން ޖަހާލައިފިއެވެ.

“ފައިސަލަށް އެނގޭތަ ތި ކިޔޭ އެއްޗެއް؟” ރާބިޔާ ހުރީ އަދިވެސް ޤަބޫލު ކުރަން ދަތިވެފައެވެ. ރާބިޔާގެ ލޮލުގައިވި އެބިރުވެރި ކަމުން ފައިސަލްގެ ހިތުގައިވި ޝައްކު ޔަގީނާއި ކައިރިވެއްޖެއެވެ.

“ކިހިނެއް އެނގޭނީ.. އެއްވެސް މީހަކަށް ނޭނގޭނެ އޭރު އަހަރެން ރާބިއާ ގުޅުމެއް އޮންނަ ކަމެއް” ނުލަފާ ފާޑަކަށް ހީގަންނަމުން ފައިސަލް އެހެން ބުނެލައިފިއެވެ.

“ކޮބާ އެކުއްޖާގަނޑު؟ އޭނަތަ ގެންގުޅެނީ؟..” ރާބިޔާ ކުރީގެ ކަމެއް ހަނދާން ވުމުން އަނެއްކާވެސް ބުނެލައިފިއެވެ. އެހެން މީހަކާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.  ބަނޑު އަޅާއި ވިހޭ ދަރިފުޅު އެހާ ދުވަސްފަހުން ފެނުނު ވާހަކަ ބުނުމުންވެސް އޭނާ އެކަމާވީ އުފަލެއް ނޫނެވެ.

“ނޭނގެ.. އެގޭގައި އުޅެނީ ރަޔާލް ކިޔާ ކުއްޖެއް.. ރޫބީއެއް ނޫޅޭ..” ފައިސަލްގެ މޫނުގައިވަނީ ދަހިވެތި ކަމެވެ. ޝިކާރަ ކުރާ ޖަނަވާރެއްގައިވެސް އެފާޑު ނުހުންނާނެ ކަން ހަމަ ޔަޤީނެވެ.

“އެކަމް އެކުއްޖާގެ މޫނާއި އެދެލޮލާއި އަދި ދަތްދޮޅީގައި އިން ކަޅު ތިލައިން އަހަންނަށް ހީވަނީ” ފައިސަލް މަޑު ޖެހެލީ ރާބިޔާ ހުއްޓާލަން ބުނުމުންނެވެ. ރޫބީ ދުނިޔޭގައި ހުރެއްޖެނަމަ އޭނާއަށް އޮތީ ދެރަގޮތެވެ.

********

މައުވާއާއި ޔާސީން ވާހަކަ ދައްކަމުން ދިޔައީ ބަލި މީހަކާއި ބެހޭ ގޮތުންނެވެ. މައުވާއަށް އެމީހާގެ ނަފްސާނީ ބައްޔެއް ހުންނަ ކަމަށް ބުނުމުން ޔާސީން ހީލައިފިއެވެ. ގިނަ ފަހަރަށްވަނީވެސް އެހެންނެވެ. އެހެން ބައްޔަކަށް ބޭސްކޮށް މީހާ ހަލާކުވާއިރުވެސް ވެފައި ހުންނަ ގޮތެއް ނޭނގެއެވެ. ދެމީހުންގެ ވާހަކަ ނިމުނީ މައުވާ އައިސް ގޭގެ ދޮރާއި ހަމައަށް އެރުމުންނެވެ. ޔާސީން އެގެއާއި ދިމާލަށް ބަލާލީ ކުރިން ނުބަލާފަދަ ގޮތަކަށެވެ. ހީވަނީ އެގެއަށް ވަނުމުން އޭނާއަށް ކަމެއް ވޭދާނެ ކަމަށް ހުރިހެންނެވެ. މައުވާ ފަރުވާތެރި ކަމާއެކު އެމޫނު ދިރާސާ ކޮއްލީ މީގެ ކުރިން ފެނިފައިނުވާ ސިފަ ތަކެއް އެމޫނުން ފެނުމުންނެވެ.

“ރަޔާ އެއް ނޫޅޭނެ މިގަޑީގަ އެއް” މައުވާ ހީލަމުން ޔާސީން ބުރަކަށީގައި ހިފާ އެތެރެއަށް ކޮއްޕާ ލައިފިއެވެ. އަނގައިން އެއްޗެކޭ ނުބުނި ކަމުގައި ވިޔަސް އެމޫނަށް ވެގެން ދިޔަ ގޮތް މައުވާއަށް ފެނުނެވެ.

ދެމީހުން އެކީގައި ގޮސް ވަން ގެއަށް ޔާސީނަށް ބަލާލެވުނީ ވަށައިގެންނެވެ. އެދެލޯ ހޯދާލި ސޫރަ ނުފެނުމުން މެޔާއި ދިމާލުގައި އަތް ހާކާލެވުނީ ބޭއިޙްތިޔާރުގައެވެ. މިކުއްޖާ އޭނާގެ ހިތުގައި ހިފަހައްޓާލީ ކޮންއިރަކު ހެއްޔެވެ. ނޫނީ ކުރިން އޭނާއަށް ފެނިފައިވާ މަންޒަރުން ރަޔާލަށް ހަމްދަރުދީ ވަނީ ހެއްޔެވެ؟ ހިތުގައިވާ އެތައްހާސް ސުވާލު ތަކަކާއެކު މައްޗަށް އަރަން އަޅާލި ފުރަތަމަ ފިޔަވަޅާއެކު ތިރިއަށް ފައިބަންއައި އައި ރަޔާލް ފެނުމުން ޔާސީނަށް ބަލާލެވުނީ ދުރުގައި ހީގަނެގެން އިން މައުވާއަށެވެ. އަވަސް ވެފައިވާ ހިތުގެ ވިންދާއެކު އޭނާ ދެލޯ ހަދާލީ ރަޔާލަށް އެކަން ސިއްރު ކުރާށެވެ. އެހެން ފަހަރު ތަކެކޭ އެއްގޮތަށް ދެންވެސް ރަޔާލް އެވަރަކުންނެއް ނޫޅުނެވެ. މައުވާއާއި ދެމީހުން މައްޗަށް އަރައިގެން ގޮސް ދިޔައީ ޓެރެހަށެވެ. އެތަނުގައި މިގަޑީގައި އެއްވެސް މީހަކު ނުހުންނާނެކަންވެސް އޭނާއަށް އެނގޭތީއެވެ.

ޔާސީންގެ ފަހަތުން ގޮސް އެތަނުގައި ބަހައްޓާފައިވާ ޖޯޔެއްގައި އިށީން މައުވާ އެތަށް ފަހަރަކު ފޯނަށް ބަލާލިއެވެ. ދައްކަން އުޅޭ ވާހަކައިގެ ގޮތުން ޔާސީންގެ ހިތަށް އަރާނެ އެއްޗެސް އިނގެނީކީ ނޫނެވެ.

“ޔާން… އަހަރެން ވާހަކައެއް އަހާލަން ވެފަ އެބައޮތް؟” ފަރުވަތެރި ކަމާއެކު ޔާސީންގެ މޫނަށް ނަޒަރު ހިންގާލިއެވެ.

“ރަޔާލް ނޫޅެޔޭ ކިޔާފަ ދޮގު ބުނީ ކީއްވެ؟” ވަޔާއެކު ހެލެމުންދިޔަ އޯކިޑް ގަސްތަކަށް ބަލަންހުރި ޔާސީންވެސް ކޮއްލީ ސުވާލެކެވެ.

“ތިއެއް ނޫނޭ.. އަހަރެން ބޭނުމީ ޔާނު ލައްވަ ރަޔާ ތެރަޕީ ނަގަން..” މައުވާ މާ ވާހަކަ ދިގު ނުކޮށް ސީދާ އޭނާ ބޭނުންވާ ގޮތް ހާމަ ކޮއްލިއެވެ.

“ރަޔާ ބޭނުމެއް ނުވާނެ..” ދުރުގައި ހައްދާފައިވާ އޯކިޑް ގަސްތަކަށް ބަލާލަމުން ޔާސީން ހަމަޖެހިލައިފިއެވެ.

“އަހަންނަށް އެނގެއޭ… ޕްލީސް” އާދޭސް ކުރާ ކަހަލަ ގޮތަކަށް މައުވާ ވާހަކަ ދައްކަން ފެށިއެވެ.

“އޯކޭ…އެކަމް އެކަހަލަ ކުއްޖަކު އެހެން ޑޮކްޓަރަކާވެސް ވާހަކަ އެއް ނުދައްކާނެ.. އަހަރުމެން ޖެހޭނީ އެހެން ގޮތެއް ހޯދަން” އެއްމިޔަކަނުން ހީލި، ޔާސީންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައީ ކީއްވެ ކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ. މި ނުދަންނަ ކުއްޖާ އޭނާގެ ހިތަށް ބާރު ފޯރުވަންފެށީ ކޮން އިރަކު ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އެކުއްޖާދެކެ އަރަމުންއައި ރުޅި ބަދަލުއިރުވެސް ޔާސީނަށް ނޭނގުނެވެ.

މައުވާ ތެދުވެގެން ދިޔަތާ ގިނައިރެއް ނުވަނީސް ޔާސީންވެސް ތިރިއަށް ހިނގައްޖެއެވެ. އޭރު ޝަބީންއާއި ރަޔާލް ތިބީ ކޮންމެވެސް އެއްޗެއް ކާށެވެ. ޔާސީނަށް އެންމެ ފުރަތަމަ ދެނެ ގަންނަން ބޭނުންވީ ރަޔާލަށް ވެފައިވާ ގޮތެކެވެ. ފަރުވާއެއް ކުރެވޭނީ އޭރުންނެވެ. އަމިއްލަ ބައްޕައާއި ސަލާމް ކޮއްލަންވެސް ނޭދޭ މިއަންހެން ކުއްޖާ ނޭދޭ ސަބަބު އޭނާ ހޯދާނީވެސް ވަކި ކިހިނެއް ހެއްޔެވެ. ދުރުގައި ހުރި ރަޔާލް ލޮލުގެ ކޮޅުން ސިޑިއާއި ދިމާލަށް ބަލާލިއިރު ޔާސީން ސިޑިން ފައިބައިގެން އަންނަނީއެވެ. ދެމީހުންގެ ނަޒަރު ބައްދަލުވިހިދު ރަޔާލްގެ ހަށިގަނޑުގައި ދުވެލީ މީރު ކަމެކެވެ. އަދި އެހާމެ އަވަހަށް ދުރަށް ބަލާލައިފިއެވެ. ޔާސީންގެ ތުންފަތުގައި ދުވެލީ ރީތި ހިނިތުން ވުމެކެވެ.

ޝަބީން އެތަނުން ދުރަށް ދިއުމުން ރަޔާލް ޖެހިލީ ބޭރަށެވެ. އެތަން ބަލަން ހުރި ޔާސީން އެންމެންނަށް ނޭނގޭ ގޮތަށް ރަޔާލްގެ ފަހަތުން ހިނގައްޖެއެވެ. އެމަންޒަރު ފެނުނު މައުވާ ހީލައިގެން ހުރީ އޭނާ ބޭނުންވާ ގޮތް ވަމުން ދާތީއެވެ. ވިލާތަކުން ބައްދާލާފައިވާ އުޑަށް ބަލާލަމުން ރަޔާލް ޖެހިލީ ގޭގެ އެއްފަރާތެއްގައި ހައްދާފައިވާ ފިނިފެންމާ ގަސްތަކުގެ ކައިރިއަށެވެ. އެތަނުގައިވަނީ ހުދު ފިނިފެންމަލެވެ. އެންމެ ރަތް އަދި އެހެން ކުލައެއްގެ ވެސް ފިނިފެންމަލެއް ހައްދާފައެއް ނުވެއެވެ. ގަސްތަކުގެ ކައިރީގައި އިށީނުމަށްފަހު ހިކިފައިވާ ފަތްތައް އޭނާގެ އަތުގައި އޮތް ކަތުރުން ނައްޓަން ފަށައިފިއެވެ. ތަންކޮޅެއް ދުރުގައި ރަޔާލް އުޅޭގޮތް ބަލަން ޔާސީން މަޑުކޮއްލައިގެން ހުރީއެވެ.

ވައި ބާރުވާން ފެށުމުން ރަޔާލަށް ނުފެންނާނެހެން ޔާސީން ގޮސްވަނީ ދުރުގައި ހަދާފައިވާ ކުޑަ ކޮޓަރިއެއް ކަހަލަ ތަނަކަށެވެ. އެތަނުގެ ކައިރީގައި ބޮޑު ޖަނބުރޯލު ގަސްތައް ހުރުމުން އޭނާއަށް ފިލައިގެންދާން އެހާ އުނދަގުލެއް ނުވިއެވެ. ދެގަހުގެ ފުރަގަހުން އައިސް އެތަނަށްވަދެ އެތެރެއަށް ނަޒަރު ހިންގާލައިފިއެވެ. ބިއްލޫރި ކަހާ ދޮރުތަކުން ބޭރު ފެންނަގޮތަށް ހަދާފައިވާ އެތަން ވަރަށްވެސް ފުރިހަމައެވެ. ބޮޑެތި ފަރުދާތަކުން އަނދިރިވެފައިވާ އެތަނުގެ ވަށައިގެންވަނީ ސޯފާ ޖަހާފައެވެ. އެކި ފާޑުފާޑުގެ ފޮތްތަކާއި ކުޑަ ފުރިޖެއްވެސް އެތަނުގައި ހުއްޓެވެ. ބަލާބެލުމަށް އެތަނަކީ ފޮތް ކިޔުމާއި ކުދިވެރިން ބޭރަށްއައިސް މަޑުކޮށްލަން ހަދާފައިވާ ތަނެކެވެ. ވައި ކުރިއަށްވުރެ ބާރުވާން ފެށުމުން ރަޔާލްވެސް އަންނަންފެށީ ކޮޓަރިއެއް ގޮތަށް ހަދާފައިވަ އެތަނަށެވެ. އަތުގައި ޗަކަ އުނގުޅިފައި ވުމުން ރަޔާލް ބޭނުންވީ ފުރަތަމަ އަތް ދޮވެލާށެވެ. އެތަން ފެނުނު ޔާސީނަށް ފިލަން ވަންނާނެ ތަނެއް ނޭނގުނެވެ. އެންމެ ފަހުން އޭނާ ނިންމީ ސޯފާގައި އިށީނދެގެން އިންނާށެވެ. އަނދިރި ވުމުން ނުފެންނާނެކަން އެނގޭތީއެވެ.

ބިއްލޫރި ދޮރުފަތް ކަހާލަމުން އެތެރެއަށް ވަން ރަޔާލް އެތަނުގައި ހުރި ކުޑަ އަތް ދޮންނަ ތަށީގެ އިސްކުރު ދޫކޮއް އަތް ދޮވެލައިފިއެވެ. ކުރިން އެތަށި ފެނިފައިނުވާ ޔާސީން ބުމަ އަރުވާލީ އެތަން ހަދާފައިވާލެއް ފުރިހަމަ ކަމުންނެވެ. އަނދިރި އެތަނުގެ އެތެރެއަށް ރަޔާލް ބަލާވެސް ނުލައެވެ. ބޭރަށް ދާން އެޅި ފިޔަވަޅާއެކު ވާރޭ ބޯކޮށް ވެހެން ފަށައިފިއެވެ. އަޅައަޅައި ހުރި ފައިވެސް ރަޔާލް އެތެރެއަށް ލީ ގޮތުން އޭނާ ވާރޭދެކެ ބިރު ގަންނަ ވަރު އިހްސާސް ވެގެން ހިނގައްޖެއެވެ. ނަމަވެސް ވާރޭދެކެ ބިރު ގަންނާނީ ކާކު ހެއްޔެވެ؟ ފުރަގަސް ދީގެން އިން ރަޔާލް ކައިރިއަށް ގޮސް ހުއްޓެމުން ޔާސީން އެތަނުގެ ލައިޓްތައް ޖައްސާލައިފިއެވެ. ސިހިގެން ދިޔަ ރަޔާލް އައިސް ޖެހުނީ ޔާސީންގެ މޭގައެވެ. އަވަހާއި ދުރަށް ޖެހިލާފައި ރަޔާލް ބަލާލީ ވެހެމުންދިޔަ ވާރެއަށެވެ.

“ރަޔާ…” ރަޔާލް އާއި އެއް ހަމައެއްގައި ހުރެފައި ޔާސީން ގޮވާލައިފިއެވެ. އެމޫނުގައިވާ ނުތަނަވަސަކަން ޔާސީނަށް އެނގުނު ކަހަލައެވެ.

“އަހަރެން ރަޔާ ގަޔަކު އަތެއް ނުލާނަން..” ޔަޤީން ކޮއްދޭފަދަ ގޮތަކަށް ޔާސީން ބުނެލައިފިއެވެ. އެހެން ބުނަމުން ޔާސީންގޮސް ބިއްލޫރި ގަނޑު ކަހާލައިފިއެވެ. ވަޔާއެކު ވާރޭ ކެރިތައް އެތެރެއަށް އަންނަން ފެށުމުން ރަޔާލް ޖެހިލީ އަދިވެސް ބޮޑަށް އެތެރެއަށެވެ. ވާރޭގެ ތެރެއަށް އަތް ދިއްކޮއްލަމުން ޔާސީން ދެލޯ މަރާލީ އެތަން ރަޔާލްއަށް ދައްކާލުމަށެވެ. ވާރެއަކީ ބިރުވެރި އެއްޗެއް ނޫންކަން އޭރުން ރަޔާލަށް އެނގޭނެއެވެ. ނަމަވެސް ޖަހާފައިވާ ބުދެއްހެން އެމަންޒަރު ބަލަން އޭނާއަށް ހުރެވުނީއެވެ. ޔާސީން ރަޔާލްއަށް ބަލާލަމުން ފުރަތަމަ ފަހަރަށް ހީލައިފިއެވެ. އިސްޖަހާލައިގެން ރަޔާލަށް އެތަން ފެނުމުގެ ކުރިން ޔާސީން އަނެއްކާވެސް ތަންކޮޅެއް ބޮޑަށް ބޭރަށް ނިކުމެއްޖެއެވެ. ފަހަތަށް ޖެހިލާފައި އައިސް ސޯފާގައި އިށީނުމުން ރަޔާލް ތުރު އަޅަމުން ދިޔަ ދެއަތުން އުޅުނީ ދޮރު ކައިރި ކުރާށެވެ. އެތަން ފެނުނު ޔާސީން ކުއްލިއަކަށް އައިސް ރަޔާލްގެ ފުރަގަހުގައި ހުއްޓެމުން އޭނާއަށް ދާނެ ކޮޅެއް ނޭނގުނެވެ. ރަޔާލަށް ކުރިންސުރެވެސް ޔާސީނަށް ބުނެދޭން ނޭނގޭ ކަހަލަގެ އިތުބާރެއް ކުރެވެއެވެ. ހިތުގެ ވިންދު އަވަސްވާންފެށީ ފަހަތުން ޔާސީން އައިސް ރަޔާލްގެ އަތުގައި ހިފައި ވާރެއަށް އެއަތް ނެރެން ފަށުމުންނެވެ. މޫނު އަނބުރާލަން އެޅެނިކޮށް އެމޫނު ޖެހުނީ ޔާސީންގެ ތަނަވަސް މޭގައެވެ. ވެހެމުން ދިޔަ ބޯވާރޭގެ ފުރަތަމަ ކެރި އަތުގައި ޖެހުމާއެކު ރަޔާލްގެ މުޅިގައި ނޭނގޭ ބިރުވެރި ކަމެއް އުފެދިއްޖެއެވެ. އަދި ހަމައެހެންމެ ތެޅި ގަނެ ވުމާއެކު ބިރުން ރޯން ފަށައިފިއެވެ.

“ސްޓޮޕް ފައިޓިން..” އެއަތުގެ ކުރިއަށް ބާރުކޮއްލަމުން ޔާސީން މަޑުމަޑުން ބުނެލައިފިއެވެ. މަޑުން ބުނި ނަމަވެސް އެއަޑު ގައިވަނީ އަމުރުވެރި ގޮތެކެވެ.

އަތުގައި ޖެހެމުން ދިޔަ ވާރޭގެ ކެރިތައް އިތުރުވަމުން ދިޔަ ވަރަކަށް ރަޔާލްގެ ނޭވާވެސްވީ އަވަހެވެ. ވާރޭގެ ތެރެއިން ދުވަމުން ދިޔަ ކުޑަ އަންހެން ކުއްޖާ ރަޔާލްގެ ލޮލުގައި އަޅައިގަތީ ދެނެވެ. މިވާރޭ ތެރޭގައި އެމީހުންގެ ގޭގައި އެކުއްޖާ އެކުރަނީ ކީއްހެއްޔެވެ؟ މައިންބަފައިންވެސް އެވަރުގެ ކުއްޖަކު ދޫކޮއްލައިގެން އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ ވާރޭ ވެހެމުންދިޔަ އަތަށް ނަޒަރެއް ހިންގާލިއިރު އަދިވެސް ޔާސީންހުރީ އެއަތުގައި ހިފަހައްޓާލައިގެންނެވެ.

ޔާސީން ދިޔައީ ރަޔާލްގެ ވިންދު ބަލަމުންނެވެ. ޔާސީން ހިފަހައްޓާލައިގެން އިންގޮތުން އެވަރު ރަޔާލަށް ނޭނގުނު ނަމަވެސް އެހިތުގެ ތެޅުން އަވަސްވެފައިވާކަން އޭނާއަށް އެނގުނެވެ. ޔާސީން ބަލަމުން ދިޔައީ ރަޔާލަށް ވަމުން ދިޔަ ގޮތެކެވެ. މޫނު ނުފެނި ހުރި ކަމުގައި ވިޔަސް އެހަށިގަނޑަށް އަންނަ ބަދަލު އޭނާ ދިޔައީ ބަލަމުންނެވެ.

“އެކުއްޖާ ބަލި ވެދާނެ..” ގިނަ އިރެއްނުވެ ފުރަތަމަ ފަހަރާ އިސްނަގައިގެން ރަޔާލް ވާހަކަ ދައްކަން ފަށައިފިއެވެ.

“ކޮން ކުއްޖެއް؟..”ދުރުގައިވާ ބަގީޗާ ގަސްތަކާއި ދިމާލަން ބަލަން އިން ރަޔާލްގެ މުނަށް ބަލާލަމުން ޔާސީން ބުނެފިއެވެ. އެއަތުން ދޫކޮށްލަމުން އައިސް ޔާސީން ހުއްޓިލީ ރަޔާލްގެ ކައިރީގައެވެ. ހީވީ އޭނާ ބޭނުންވި ކަންތައް ވީހެންނެވެ.

“އެކުއްޖާ ބަލާ ލޯބި ކަން.. ބަލަ އެލޯބި ދިގު ދިގު އިސަތަށިގަނޑު” ރަޔާލްގެ ނަޒަރު ހުއްޓިފައިވަނީ ހީހީފައި ވާރޭގެ ތެރޭގައި ދުވަމުން އައި ކުޑަ އަންހެން ކުއްޖާއަށެވެ. ޔާސީން އަނެއްކާވެސް ރަޔާލް އިނގިލި ދިއްކުރި ދިމާލަށް ބަލާލައިފިއެވެ. ނަމަވެސް އެއްވެސް މިހަކު ފެންނާކަށް ނެތެވެ. ރަޔާލް ކަމެއް ހަނދާންވަނީ ކަމުގެ އިހުސާސް ޔާސީނަށް ކުރެވުނީ ރަޔާލް އެއްވެސް ހަރަކާތެއް ނުކޮށް އެހެން ހުންނަން ފެށުމުންނެވެ.

“އާހް…” ކުއްލިއަކަށް ބޮލަށް އަރައިގެން ދިޔަ ދިލަ ދިލަ ތަދުން ރަޔާލް ދެލޯ މަރާ ތަގުޅު ކޮއްލައިފިއެވެ. އެއިސްތަށިގަނޑަކީ އޭނާއަށް އިނގޭ އެއްޗެކެވެ. އެއީ ހުވަފެނުން އޭނާއަށް ފެންނަ އަންހެން ކުއްޖާގެ އޮންނަ ކަހަލަ އިސްތަށިގަނޑެކެވެ. އެހެން އިނުމަށްފަހު ރަޔާލް ދުއްވައިގަތީ އެކުއްޖާ ކައިރީގައި އަހާށެވެ. އެކަމަށް ތައްޔާރު ނުވެ ހުރި ޔާސީނަށް އޭނާއެއް ނުއެއް ހިފެހެއްޓުނެވެ. ވާރޭގެ ތެރޭގައި ދުވެފައި ގޮސް ރަޔާލްގެ އަތުގައި ހިފަހައްޓާލުމާއެކު ހަބަރު ހުސްވެގެން ވެއްޓިއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aaran

Level 110 Stories

Other Articles

Previous

ނުހައްޤު ލޯބި (21 ވަނަ ބައި)

Next

ސިއްރު 14

Next
October 10, 2016

ސިއްރު 14

Previews
October 10, 2016

ނުހައްޤު ލޯބި (21 ވަނަ ބައި)

3 Comments!

  1. Choppi says:
    October 10, 2016 at 8:08 pm

    Wow..thankolheh avahah up kohdhehche..waiting

  2. Aish says:
    October 10, 2016 at 11:28 pm

    Alhey next part v avahah kiyaalan beynun. Vvvv reethi.mi vaahaka

  3. Aaf says:
    October 10, 2016 at 11:44 pm

    Wow wow wow nice

Comments are closed.

Next Episodeހިތާ ފުރާނައިގެ ދިރުމޭ (4)←


All Right Reserved!