Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-45

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
February 20, 2021 4 Mins Read
7 Comments

އަންހެންކުއްޖާ ކޮރިޑޯއެއްގެ ކުރިމަތީ ހުއްޓި އިޝާރާތް ކޮށްލީ އެންމެ ކޮޅުގައި ހުރި ދޮރަށެވެ. އައިވިން އެ އަންހެންކުއްޖާއަށް ޝުކުރު އަދާ ކުރަމުން ކުރިއަށް ހިނގަައިގަތެވެ. ކޮރިޑޯގެ ފުޅާ ގޯޅިން ހިނގާފައި އައިސް ދޮރުކުރިމަތީގައި ހުއްޓުނެވެ.  ދޮރުގެ އެއްފަރާތުގައި ހުރި ފިރިހެނާއަށް ބަލައިލުމުންވެސް އެއީ ޒަފަރްގެ ހަށިފާރަވެރިއެއްކަން އެނގޭ ވަރުވެއެވެ. އޭނާ އައިވިން ކައިރި ހުއްޓެމުން ފިޒިކަލް ބޮޑީ ސާޗެއް ކުރިއެވެ. އަތުގައި އަޅާފައިވާ ގަޑިއާއި މޯބައިލް ފޯނުވެސް އައިވިން އަށް ޖެހުނީ އޭނާއާ ހަވާލު ކުރާށެވެ. އެއަށްފަހު އެމީހާ އަތުގައި ހަރުކުރެވިފައިވާ ސްޕީކަރަކުން ވާހަކަތަކެއް ދެއްކުމަށްފަހު ދޮރު ހުޅުވާލަ ދިނީ އައިވިން އަށް އެތެރެއަށް ވަނުމަށް ޖާގަ ދެމުންނެވެ.

އައިވިން އަށް ވަދެވިގެން ދިޔައީ މީގެ ކުރިން އޭނާއަށް އެ ގެސްޓް ހައުސް އިން ފެނިފައި ނުވާފަދަ ފުރިހަމަ ތަނަކަށެވެ. އެޕާޓްމެންޓެއް ފަދަ އެތަންވަނީ ރަތާއި ރަން ކުލަ އިން ފަރުމާ ކުރެވިފައެވެ. ކުރީޒަމާނުގެ ހަޟާރާތްތައް ފެންނަ ފަދަ ބޮޑެތި ކުރެހުންތައް ފާރުތަކުގައި ހަރުކުރެވިފައިވާ އިރު އެއިން ކުރެހުމެއްގެ އަގު މިލިއަނަކަށް ވުރެ މައްޗަށް އަރާނެކަން އައިވިން އަށް ޔަޤީންވެއެވެ.

ތަނުގެ އެކި އެއްޗިއްސަށް ބަލަމުން ދިޔަ އައިވިން ގެ ކައިރީގައި ހުއްޓުނު ޚާދިމަކު އިޚްތިރާމް އަދާކުރަމުން ދާންވީތަން ދައްކައިދިނެވެ. އޭނާ ދެއްކި ދިމާއިން ގޮސް އައިވިން އަށް ހުއްޓެވުނީ ސުފުރާ ކުރިމަތީގައެވެ. ދިހަ ވަރަކަށް މީހުންނަށް އިށީނދެވޭނެ އެދިގު މޭޒުގެ ކޮޅުގައި އެކަނި އިން ޒަފަރް އައިވިންގެ ލޮލުގައި އަޅައިގަތެވެ. ހެނދުނުގެ ސަޔަށް އިންސާފު ކުރަމުން ދިޔަ ޒަފަރް އަށް އައިވިން ފެނުމާއެކު ހިފަހައްޓައިގެން އިން އުލާއި ވަޅި ތަށި ތެރެއަށް ދޫކޮށްލުމަށްފަހު ތެދުވެއްޖެއެވެ.

“އައިވިން.. އަވަހަށް އާދޭ އިށީންނަން.. އަހަރެން ހިޔެއް ނުކުރަން ހަޤީޤަތުގަ އައިވިން އަންނާނެ ކަމަކަށްވެސް.. އަވަހަށް އިށީނދޭ.. މެއިޑް.. އައިވިން ބޭނުންވާ އެއްޗެއް ގެނެސްދީ..” ޒަފަރް ހީވަނީ ދެއީދު އެއްފަހަރާ ލައިގަނެގެން އުޅޭހެންނެެވެ. ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލައިގެން އިން އިރު މޫނުމަތިން ފެންނަނީ އުފާވެރި ކަމާއި ކާމިޔާބުގެ ހިތްހަމަޖެހުމެވެ.

“އަހަރެން މިތަނަަށް މިއައީ ޒަފަރްގެ މެހެމާންދާރީ ދެކޭހިތަކުންނެއް ނޫން.. އަހަރެން ކުރި ސުވާލުގެ ޖަވާބު ހޯދަން…”  އައިވިން ކޮޅަށްހުރެ ނުރުހުމާއެކު ބުނެލިއެވެ. ޒަފަރްގެ ހިނިތުންވުން ފެނުނަސް އޭނާ މޭނުބައި ކުރާގޮތްވެއެވެ.

“ޖަވާބު ދޯ.. ކޮންސުވާލެއްތަ ކުރީވެސް.. މިހާރު ހަނދާން ނެތިއްޖެ.. އައިވިން ބަދުނާމު ކުރުމުގެ ބޭނުމަކީ ކޮބާހޭތަ..؟ ނުވަތަ ޒައިކް ގެންދިޔުމުގެ ބޭނުމަކީ ކޮބާހޭތަ..؟ އަނބުރާ ގޮނޑީގައި އިށީނދެ  ޒަފަރް ހަމަޖެހިލިއެވެ.

ޒަފަރްގެ ވާހަކަތަކާއެކު އައިވިންގެ ހޭބުއްދި ފިލައިގެން ދިޔަފަދައެވެ. ޒަފަރްގެ ގިރުވާނުގައި ހިފާ ދަމައިގަނެވުނު އިރު ދެލޮލުގައިވާ ރުޅިވެރިކަމުން ޒަފަރް އަންދާ އަޅިއަށް ހަދާލަން މަސައްކަތް ކުރަނީހެން ހީވިއެވެ.

“އެއީ ކަލޭ ކުރިކަމެއްދޯ..؟ ޒައިކް ގެންގޮސްގެން ކަލެއަށް ވާން އޮތީ ކޮންފައިދާއެއް…؟ އެ މަޢުސޫމު ކުއްޖާގެ އޮތީގެ ކޮން ކުށެއް…؟” އައިވިން ރުޅިއައިސްގެން ގޮސް އަޑުވެސް ތުރުތުރުލަމުން ދިޔައެވެ.

“ބޭނުމަކީ..؟ ބޭނުން ވަރަށް ސާފް.. އަހަންނަަށް އެނގޭ ޒައިކް ނެތުމުން ޒޯޔާއަށް ކުރާނެ އަސަރު.. އަހަރެން އެ ދުވަހުވެސް ބުނީމެންނު..؟ ތި ދެމީހުންގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނަމޭ.. އެކަން މިއަދު އެބަ ފެނެއެންނު.. ޒައިކް ނެތުމުން ޒޯޔާއަކަށް ކެތެއް ނުވާނެ.. އަނެއްކޮޅުން އައިވިންވެސް ދެން ތި ދިޔައީ.. ބާރެއް ދެއްކޭނީކީ ނޫން.. ރައްޔިތުން ކުރިމަތީ އަގު ވެއްޓޭނީ.. “ ޒަފަރްގެ މޫނުމަތިން ކުޑަވެސް ހާސްކަމެއް ފާޅެއް ނުވެއެވެ.

”އަހަރެން ބިރެއްނުގަނޭ މިކަމުގެ ސަބަބުން އަހަރެންގެ މަޤާމު ގެއްލިދާނެތީއެއް.. އެކަމަކު ޒޯޔާއަށް ދިން ހިތާމައިގެ ބަދަލު އަހަރެން އަދި ކަލޭގެ ކިބައިން ހިފާނަން.. އިރާދަ ކުރެއްވިއްޔާ ޒައިކް އަނބުރާ ޒޯޔާއަށް ހޯދާވެސް ދޭނަން.. ޒަފަރް ކަލޭގެ ޢަމަލުތަކަށް ބަދަލު ލިބޭނެދުވަހެއް އަދި އަންނާނެކަން ހަނދާން ކުރާތި..!” އައިވިން ހިންދެމިލަމުން ހިނގައިގަތީ އެތަނުން ނިކުންނާށެވެ. ޒަފަރް އޭރުވެސް މޮޔައެއްހެން ގޮނޑީގައި އޮވެ ހެމުން ދިޔަަަައެވެ.

************

ޒަފަރް އާއި ކުރެވުނު ބައްދަލުވުން ނިމުނީ އައިވިންގެ ހިތަށް އިތުރު ނުތަނަވަސްކަމެއް ލިބިދެމުންނެވެ. ޒަފަރްގެ ބޭނުން އޭނާއަށް ސާފު ވެއްޖެއެވެ. އޭނާއާ ޒޯޔާއަށް ދިރިއުޅޭނެ ފުރުސަތު ދޭކަށް ޒަފަރް ބޭނުމެއް ނުވެއެވެ. ދިރިއުޅުމުގައި އޭނާ ބޭނުންވާގޮތަށް ހުރަސް އަޅައިފި މީހަކަށް ޒަފަރް ދޭން ބޭނުންވާ އަދަބަކީ އެއީ ކަންނޭނގެއެވެ. އައިވިން އެންމެ ނުތަނަވަސް ވާ ކަމަކީ ހުރިހާ ކަމެއް އިނގޭއިރުވެސް ޒަފަރް އާ ދެކޮޅަށް ދެއްކޭނެ ހެތްކެއް ނެތުމުންނެވެ. މީގެ ކުރިންވެސް ޒަފަރް އާ ދެކޮޅަށް އުފުލިފައިވާ މައްސަލަތައް ވަކިކޮޅެއްގައި ނުޖެހި ވަނީ ހުއްޓިފައެވެ. ބޭނުންވާ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ނުވަތަ ޒަފަރްގެ ނުފޫޒުގެ ބޭނުންކޮށްގެންނެވެ. އައިވިން އޭނާގެ އަމިއްލަ މައްސަލަތަކަށްވުރެ ކަންބޮޑުވެފައިވީ ޒައިކް ގެއްލުނު މައްސަލައަށް ކުރިއެރުމެއް ލިބިފައި ނުވުމުންނެވެ. ވީގޮތެއް ނޭނގި އެ މައްސަލަ ވަނީވެސް ފައިރޫޒްގެ ޓީމުން ބަދަލުކުރެވި އާ ޓީމަކާ ހަވާލު ކުރެވިފައެވެ. އެހެންކަމުން ރަޙުމަތްތެރިޔާ މެދުވެރިކޮށްވެސް މައްސަލައަށް ކުރިއެރުމެއް ހޯދުމުގެ މަގު އައިވިން އަށް ބަންދުވީއެވެ.

ދިރިއުޅުމަށް ނޭނގި ހުއްޓާ ވެރިވި ކޮޅިގަނޑާއެކު ދެން ކުރިމަތިވާން ފެށި މައްސަލަތައް މާ ގިނައެވެ. އައިވިން ފުލުސް އޮފީހަށް ހާޒިރު ކުރެވި ތަޙުޤީޤުގެ މަރުޙަލާ ކުރިޔަށް ގެންދެވުނެވެ. ނުވިތާކަށް މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެ ތަފާތު  ބަޔާންތައް ހުށައަޅަން ޖެހުނެވެ.  މިހުރިހާ ކަމެއްގެ ތެރޭގައި އައިވިން ތާށިވެފައިވާ އިރު ޒޯޔާއަށް ކުރަމުން ދާ ނޭދެވޭ އަސަރުތައް އައިވިން އަކަށް ސިއްރެއް ނުވެއެވެ. އެހާ ވަރުން ސިއްރު ކުރަން މަސައްކަތް ކުރި އައިވިން އާ މެދު ފެތުރިފައިވާ ޚަބަރުތަށް އެންމެ ފަހުން ޒޯޔާއަށްވެސް އެނގިގެން ދިޔައެވެ. އެއާއެކު ޒޯޔާގެ ޙާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. އެހެނަސް އައިވިން އަށް ޒޯޔާގެ ކައިރީ ގިނަވަޤުތު ހުރުމަށް ހާލަތު ތަނެއް ނުދެއެވެ. ނަޖުމާއާއި ޝަބާގެ އެހީތެރިކަން ނުލިބޭނަމަ އައިވިން މިހާރު ގޮތް ހުސްވެއްޖައީހެވެ. ނަޔާވެސް ދޭތެރެއިން ގުޅުމަށްފަހު އައިވިން އަށް ހިތްވަރު ދެޔެވެ.

އެތަކެއް ގޮތަށް ވިސްނުމަށްފަހު ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ޒޯޔާއަށް ފޯރުކޮށްދިނުމަށް އައިވިން ނިންމީ ޝަބާއާއި ނަޔާވެސް އެގޮތަށް އެދުމުންނެވެ. ބަސްމަދުވެ އެއްދިމާއަކަށް ބަލަހައްޓައިގެން އިންނަ އިރު ޒޯޔާގިނައެވެ. ކާއެއްޗެއް ނުކެވި ނިދިގެއްލިފައިވާކަން ހަށިގަނޑުގެ އަނަރޫފަކަމާއި މޫނުމަތީގެ ކުލަވަރުތައް ހެކިދެއެވެ.
*********

ދޮރުގައި ބެލް އަޅާލުމާއެކު އައިވިން ދުރުފިޔަވަޅުތަކެއްގައި އައިސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ތިބި ޖޯޑަށް ބަލައިލަމުން އައިވިން ހިނިތުންވެލިއެވެ.

“އަވަހަށް ވަދޭ އެތެރެއަށް..”އައިވިން އެއްފަރާތަކަށް ޖެހިލަމުން ދެމީހުންނަށް ވަންނާނެ ޖާގަ ދައްކާލިއެވެ.

“ ވަރަށް ބޮޑަށް ޝުކުރިއްޔާ ރައިހާ.. އަޅުގަނޑުގެ އެދުން ކައިލް އަށް ހުށައެޅީ މިކަމަށް އެންމެ އެކަށީގެންވާނެ ފަރާތަކަީ ރައިހާ ކަމަށް ދެކިގެން..” ސޯފާއާ ދިމާއަށް އިޝާރާތްކޮށްލަމުން އައިވިން ޝުކުރު އަދާކުރިއެވެ.

“ކައިލްގެ ރަޙުމަތްތެރިއެއް ވީމަ އަޅުގަނޑަށް ވެވުނު އެހީތެރިކަމެއް ވެދޭނަން.. ކަންދިމާވިގޮތް ކައިލް ކިޔައިދިނުމުން އަޅުގަނޑުވެސް ވަރަށް ދެރަވި.. މަންމައެއްގެ ހައިސިއްޔަތުން އިޙްސާސްކުރެވޭ ދަރިފުޅު ގެއްލުނީމަ އެކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު.. އަޅުގަނޑަށް ވީވަރަކުން ޒޯޔާއަށް އެހީވެދެވޭތޯ ބަލާނަން..” ރައިހާ އޭނާގެ އާދައިގެ ހިތްހެޔޮ ހިނިތުންވުމުގައި ވާހަކަ ދައްކަމުން ދިޔައެވެ.

“ކޮބާތޯ މިހާރު ޒޯޔާ..؟” ޒޯޔާ ފެންނަން ނެތުމުން ރައިހާއަށް ސުވާލުކޮށްލެވުނެވެ.

“ކޮޓަރީގަ.. ވަރަށް ވަރުން ބޭރަށްވެސް ނެރެވެނީ… ގިނަ ވަޤުތު ބޭނުންވަނީ ކޮޓަރި އަނދިރިކޮށްގެން އޮންނަން..” އައިވިންގެ އަޑުގައިވާ ހިތްދަތިކަން ރައިހާއަށް އިޙްސާސްކުރެވުނެވެ.

“މައްސަލައެއް ނެތްތޯ އަޅުގަނޑު ޒޯޔާ ކައިރިއަށް ގޮސްލިޔަަސް؟” ރައިހާ އެއްފަހަރު ކައިލް އަށް ބަލާލުމަށްފަހު އައިވިން އަށް ބަލާލިއެވެ.

“ޕްލީސް..  މިހާ ހިސާބުން ޒޯގެ މެޑިކޭޝަން ރައިހާ އާ މިހަވާލުކުރީ.. ފީލް ފްރީ ޓު ކޮންޓިނިއު އެކޯޑިންގް ޓު ޔޯރ ޕްލޭން..” އައިވިން ކޮޓަރި ހުރި ދިމާ ދައްކައިދެމުން ބުނެލިއެވެ. ރައިހާ އޭނާއަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އައިވިން އަށް ދިނެވެ. އެ ޔަޤީންކަން އައިވިންގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ފޯރުކޮށްދިނެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ކައިލް.. ވަރަށް ބޮޑުކަމެއް ހަޤީޤަތުގަ ތިކޮށްދިނީ..” އައިވިން އެނބުރި އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ. އައިވިން  ކައިލް އާ ދިމާވީ އޭނާގެ ޕެންޓް ހައުސް މަރާމާތު ކުރުމަށް ކޭ އެންޑް ޑަބްލިޔު ކޮމްޕެނީ އާއެކު ކުރެވުނު އެއްބަސް ވުމުގެ ތެރެއިންނެވެ. އެ މަޝްރޫޢުގެ މެނޭޖިންގް އާކިޓެކްޗަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައީ ކައިލް އެވެ. އޭގެ ފަހުން ދެމީހުންގެ ދެމެދުގައި ވަނީ ރަޙުމަތްތެރިކަން އުފެދިގެން ގޮސްފައެވެ.

“ރަޙުމަތްތެރިން ތިބެނީ މިހެންވެ އެންނު.. އެހެންނޫނަސް އަމިއްލަ އަށްވެސް އިޙްސާސްކުރެވޭ ޒޯޔާ އުޅޭނެ ހާލު.. ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށްވި މީހެއްގެ ހައިޞިއްޔަތުން އެފަދަ ކަމެއް ދެވަނަ މީހަކު ތަޙައްމަލު ކުރާތަން ދެކޭކަށް ބޭނުމެއް ނޫން.. އިރާދަ ކުރެއްވިއްޔާ އަދި ޒޯޔާއަށް އިހު އުޅުނު ދިރިއުޅުމަށް އިޔާދަ ވެވޭނެ.. ވަޤުތު ބޭނުންވާނެ.. ރައި އަށް އިތުބާރު ކުރޭ.. ޝީސް ރިއަލީ ގުޑް އެޓް ހާ ޖޮބް..” ކައިލް ހިނިތުންވެލަމުން ބުނެލިއެވެ.

“އައި ޑޫ.. މިހާރުވެސް ހިތަށް ފިނިކަމެއް ލިބިއްޖެ..” އައިވިން ކައިލް އަށް ހިނިތުންވެލަމުން ނަޖުމާ ގެނެސްދިން ކޮފީ ތަށީގައި ތުންޖަހާލިއެވެ.
*********

އެނދުގައި އެއް އަރިއަކަށް އޮށޯވެގެން އޮތް ޒޯޔާއަށް ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑު އިވިގެން ދިޔައެވެ. ދެތިން ފަހަރަކު ޓަކި ޖަހާލުމުން އެނދުން ތެދުވެގެން ލަސްފިޔަވަޅުތަކެއްގައި އައިސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުއްޓިގެން ހުރީ ޒުވާން އަންހެނެކެވެ. މޫނުމަތިން ފާޅުވޭވޭ ހުރި ހިތްހެޔޮ ހިނިތުންވުން ޒޯޔާއަށް ފާހަގަ ކުރެވުނެވެ. އެހެނަސް އެއީ ކާކުކަން ނޭނގުމުން ޒޯޔާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

“ނޭނގުނު ދޯ.. ޒޯޔާގެ ވެޑިންގް އަށް އައީމެންނު.. ހަނދާންވެއްޖެތަ..؟” ރައިހާ ވަނީ އައިވިން އާއި ޒޯޔާގެ ކައިވެނީގެ ހަފްލާއަށް ކައިލް އާއެކު އައިސްފައެވެ. ޒޯޔާގެ ހަނދާނަށް އެކަން ވެރިވީ ދެނެވެ. މަޑުމަޑުން ބޯ ޖަހާލީ ހަނދާން ވެއްޖެކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.

“ އެންމެ ރަނގަޅުތަ އަހަރެން އެތެރެއަށް ވަނަސް..؟ ކައިލް އާ އައިވިން އެމީހުންގެ އަމިއްލަ ވާހަކައިގެ ތިބީމަ ފޫހިވެގެން މިއައީ..” ރައިހާ އޭނާގެ މަޤްސަދު އެހަށް ސިއްރު ކުރީ ކުރިއަށް ވާނެގޮތަކާ މެދު ވިސްނާފައެވެ. އޭނާއަކީ ޒޯޔާއަށް ނަފްސާނީ އެހީތެރިކަން ހޯދަދޭން އައިސް ހުރި މީހެއް ކަމަށް ބުނެފިނަމަ ޒޯޔާ ނުތަނަވަސްވެ އޭނާއާމެދު ދެކޭގޮތް ބަދަލުވެދާނެއެވެ. ރައިހާ ފުރަތަމަ މަސައްކަތް ކުރީ ދެމީހުންގެ ދެމެދުގައި އެކުވެެރި ކަމުގެ ގުޅުން އުފެއްދުމަށެވެ. ޒޯޔާއަށް އޭނާ ދައްކާ ވާހަކަ ޤަބޫލު ކުރެވި އިތުބާރު އުފެދޭނީ އެގޮތުގެ މަތިން ކަމަށް ވާތީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (10)

Next

އިމްތިޙާން 60

Next
February 22, 2021

އިމްތިޙާން 60

Previews
February 20, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (10)

7 Comments!

  1. imkko says:
    February 21, 2021 at 7:00 pm

    Maasha allah … mi baives v reethi and OMG raihaa and kail mi chapter in fenuneema v v v v ufaavejje … i just hope zoya and aivin ah avaha zaik libeyne kamah … curiously waiting for the next part

    1. Wonder says:
      February 22, 2021 at 11:41 am

      Thank u so much imkko. Hehe.. i was really excited too to write about them in this story.. yess let’s hope for the best dhw. Next part liyumuga miulheny mihaaruves.. in sha Allah v avahah kiyaalan libeyne. Stay safe?❤️

  2. sahoo says:
    February 21, 2021 at 9:59 pm

    Wow very very nice waiting for the next part of the story and keep it up and be safe

    1. Wonder says:
      February 22, 2021 at 11:42 am

      Thank u so much sahoo. V ufaavejje mi bai kamudhiyaeema.. next part In sha Allah v avahah kiyaalan libeyne. Stay safe?❤️

  3. redlailacrose says:
    February 22, 2021 at 6:40 am

    https://www.esfiya.com/96598/ mi ee alhugadu lhen bahun liyaa vhk eh pls comment.hope u like it.anyways stay safe

    1. Wonder says:
      February 22, 2021 at 11:43 am

      redlialacrose i sure will! Thank u so much for commenting.. u too stay safe?❤️

  4. Shaleen says:
    February 22, 2021 at 11:46 pm

    Hi
    Aslu feshuneessuren mi vaahaka kiyamun mi annanee
    V v v reethi beynun koffa huri ideas and writing skills ves v molhu Kan faahagavey .
    Shaleen edheny wonder ah Hama v kaamiyaabee libun.
    Next part ge inthizaaruga hureemeve.?

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-46←


All Right Reserved!