Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 41 (އެކާޅީސްވަނަ ބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
October 8, 2017 8 Mins Read
66 Comments

ޔަލްވީމެންގެއަށް އާދެވުމުން މިޝްޔާ ހިނގައިގަތީ، އެތެރެއަށް ވަންނާށެވެ. އޭނާ އަންނަންދެން ސައިކަލް ކައިރީގައި ރާހިލް މަޑުކޮށްލައިގެން ހުއްޓެވެ. މިޝްޔާއަށް ގެއަށް ނުވަދެވި އުޅެނިކޮށް ހަޅޭލަވައިގަންނަމުން އައިކޮޅަށް ދުއްވައިގަތީ، ފާރުމަތީގައި އިން ބުޅާ ހޭރިގެންފައި، އޭނާގެ ކުރިމައްޗަށް ފުންމައިލުމުންނެވެ.

______________________________________

 

އެ އައި ގޮތަށް އައިސް މިޝްޔާ، ރާހިލްގެ ފުރަގަހަށްވަދެ، އޭނާގެ ޓީޝާޓުގައި ހިފަހައްޓައިގެންހުރެ ބޯދިއްކޮށްލީ އެ ބުޅާ ކޮބައިތޯއެވެ. މިޝްޔާ ހަޅޭއްލަވައިގަތްލެއް ބާރުކަމުން، އެ ބުޅާވެސް ބިރުން ގޮސް ޖެހިގެން ހުރި ގޯޅިއަށް ވަނެވެ. މިޝްޔާއަށް ހުރެވުނުގޮތްވެސް ވިސްނާލެވުނީ ދެނެވެ. އޭރު ރާހިލްވެސް ހުރީ އެއްއަރިއަކުން އޭނާއަށް ބަލަހައްޓައިގެންނެވެ. އަވަސް ޙަރަކާތަކާއިއެކު ރާހިލްގެ ޓީޝާޓުން، މިޝްޔާ ދޫކޮށްލީ އެހެންވެއެވެ. އޭނާ ރާހިލާއި ދުރުވެލަމުން ޝޯލް ރަނގަޅުކޮށްލީ، ކަންތައް ކުރެވުނު ގޮތުން ހާސްވީވަރުންނެވެ. އިރުކޮޅަކު، ހިމޭނުން ހުރެފައި އޭނާ އަނެއްކާވެސް ގެއަށް ވަންނަން ދިޔައެވެ.

ބޭސްކޮތަޅު ހިފައިގެން މިޝްޔާ ނުކުތްއިރު، ރާހިލް ހުރީ ޔަލްވީމެންގޭ ފާރުގައި އެއްފައި ވިއްދާލައިގެންނެވެ. ދެ އަތް ޖީންސްގެ ޖީބަށް ޖަހާލައިގެން ހުރިއިރު، ހީވަނީ މޮޑެލްކުރަން ހުއްޓިލައިގެން ހުރިހެންނެވެ. އެ މަންޒަރުން މިޝްޔާގެ ހިތަށް ގޮތްތަކެއްވީނަމަވެސް، މީހާ ހަމަޖެހިލަމުން އައިސް ސައިކަލް ކައިރީގައި މަޑުކޮށްލިއެވެ. އިތުރަށް ރާހިލާއި ދިމާއަށް ބަލަން ނުކެރުނީ އޭނާގެ ހިތް ބޭޒާރުވެދާނެކަމުގެ ބިރު އޮތީތީއެވެ. މިޝްޔާ އެ ގޮތަށް ދުރުބަލަހައްޓައިގެން، އަނގައިން ނުބުނެ ހުރުމުން ރާހިލަށް މާނަ ނެގުނީ ގޯސްކޮށެވެ. އޭނާއަށް ހީވީ އޭނާއާއި ވާހަކަދައްކަން ބޭނުން ނުވާތީ “ދާން ހިނގާށޭ” ބުނެލަންވެސް މިޝްޔާ ބޭނުން ނުވީ ކަމުގައެވެ. އަންނަމުންވެސް ޔަލްވީގާތުގައި މިޝްޔާދެއްކި ބަހަނާތަކުން، އޭނާއަށް މާނަ ނެގުނީ މިޝްޔާ، އޭނާއާއިއެކު އަންނަން ބޭނުން ނުވާކަމުގައެވެ. އޭނާއާއި އެހާ ދުރުން މިޝްޔާ އުޅޭތީ ރާހިލްގެ ހިތުގައި ޖެހުނެވެ. އެހެނަސް، އެކަން މޫނުމަތިން ނުދައްކަން އޭނާ މަސައްކަތް ކުރަމުންދިޔައެވެ.

********************

 

ބޭރުން ގެއަށް ވަދެގެން އައި މިޝަލަށް އޭނާގެ ކޮޓަރިއާއި ދިމާއަށް ދެވުނީ ކޮޓަރި ތެރެއިން އެއްޗެއް ވެއްޓުނު އަޑު އިވުމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު، ފެނުނު މަންޒަރުން، އޭނާގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ރީތިވާ މޭޒުދޮށުގައި އުޑުފައިން އިށީނދެލައިގެން އިން ޝިއުރީއަށްވެސް ކޮޓަރިއަށް ވަން މިޝަލް ފެނުމާއިއެކު، ދެ ލޯ ބޮޑުކޮށްލަމުން ކޮޅަށް ތެދުވިއެވެ. އެކަހަލަ ގޮތަކަށް އޭނާ އެ ކޮޓަރީގައި ހުއްޓާ، މިޝަލަށް ފެނުމުން ޝިއުރީ ހާސްވިއެވެ.

“އަހަރެންގެ ކޮޓަރީގައި ކީއްކުރަނީ…..؟؟؟؟” ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު، ދެ ލޯ ހަނިކޮށްލަމުން މިޝަލް  އަހައިލިއެވެ. މިޝަލްގެ މި ޢަމަލުން ޝިއުރީގެ އަޅިކުލައިގެ ދެ ލޯ އިތުރަށް ބޮޑުކޮށްލެވުނެވެ.

“ކީއްވެ ދޮރު ލެއްޕީ ތި…..” މިޝަލްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޝިއުރީއަށް އަހައިލެވުނީ، ޖެހިލުންވެފައި ހުރެއެވެ. އޭނާގެ އަޑުންވެސް ހާސްވެފައިހުރިކަން އެނގުމުން، މިޝަލަށް މަޖާވިއެވެ.

“ކިހިނެއްވީ….؟؟؟؟ މީ އަހަރެންގެ ކޮޓަރި…. އަހަރެން ބޭނުން ވަގުތަކު ދޮރު ހުޅުވާފަ ލެއްޕުމުގެ އިޚްތިޔާރު އަހަންނަށް އޮންނާނެ….. އަހަރެންގެ ކޮޓަރީގައި ޝިއު ކީއްކުރަނީހޭ……” ޝިއުރީއާއި ދިމާއަށް ހިނގައިގަން މިޝަލަށް، ތަށިމުށިތަކާއި ދިމާއަށް ނަޒަރު ހިންގާލެވުނީ، ހާސްވެފައި ހުރި ޝިއުރީ އެ ދިމާއަށް ބަލައިލުމުންނެވެ. ފެނުނު މަންޒަރުން އޭނާގެ ފިޔަވަޅުތައް ހުއްޓުނުއިރު، ދެ ލޯ ބޮޑުކޮށްލަމުން ޝިއުރީއާއި ދިމާއަށް ބަލައިލެވުނެވެ.

“މިހާރު އަހަރެންގެ އެއްޗެހިވެސް ހަލާކު ކުރަންފެށީތަ….؟؟؟؟؟؟” މީ ކޮންކަމެއް…..؟؟؟؟؟” ތަށިމުށިތައްމަތީ ވިއްސައިގެން ގޮސްފައިވާ ޖެލްތަކަށާއި ޖެލްދަޅަށް އިޝާރާތްކޮށްލަމުން މިޝަލް އަހައިލިއެވެ.

“ހަލާކެއް ނުކުރަން….. އަހަރެން އުޅުނީ ފޯނު ޗާޖަށް ޖަހަން….. މިޝްގެ ޗާޖަރު ނުފެނިގެން އޭނައަށް ގުޅީމަ ބުނީ މި ކޮޓަރީގައޭ ވާނީ….. އެހެންވެ، މި ކޮޓަރިއަށް އައީ…. ނުކުންނަން ދަނިކޮށް އަތުން ޖެހިފައި ޖެލްދަޅު ވެއްޓުނީ….. އަހަރެން ގަސްތަކު ނޫން ވައްޓާލީ….. އެހެން ނޫނަސް އެއްޗެހި މަތިޖަހާފަ ތަރުތީބުން ބަހައްޓަންޏާ މިހެންނެއް ނުވާނެ ދޯ…..” އަމިއްލަ ދިފާޢުގައި ވާހަކަދައްކަމުން، ޝިއުރީ ކުށްވެރިކުރީ މިޝަލެވެ.

“ހަމަ ގައިމުވެސް، މަތި ނުޖަހައެއް އަހަންނެއް ނުބަހައްޓަން…. މިރޭވެސް ނުކުތީ މަތިޖަހާފަ….. ވަރަށް ރަނގަޅަށް އަހަރެން ހަނދާން އެބަހުރި….. މިތަނަށް ވަދެފަ ޝިއު ބޮލުގަ ޖެލްލީ ދޯ……” އެއީ އިޔާޒްގެ ކަމެއްކަން މިޝަލަށް އެނގުނުނަމަވެސް، ޝިއުރީ ރުޅިއަރުވާލުމަށްޓަކައި، ބުނެލިއެވެ. ކަންތައް ވީ ވެސް މިޝަލް ހީކުރި ގޮތަށެވެ. މިޝަލްގެ ބަސްތަކުން ޝިއުރީގެ ރުޅިގަނޑު ކެކިގަތެވެ. ދެ ލޯ އަޅައިލަމުން މިޝަލަށް ބަލައިލިއިރު، ހީވީ އެ ދެ ލޮލުން މިޝަލް އަންދާލަފާނެހެންނެވެ. މިޝަލްގެ ގާތަށް ހިނިއައި ނަމަވެސް ވަރަށް އުނދަގުލުން ހިނިގަނޑު މަތަކޮށްލައިގެން ހުރީއެވެ.

“ދެރަކަމެއްނު….. އަހަރެން މި އުޅެނީ ބޮލުގައި ލާނެ އެއްޗެއް ނުލިބިގެންތަ…..؟؟؟؟ އެއްޗެއް ނުލިބުނަސް، ތި މިޝަލް ގެންގުޅޭ އެއްޗެއްގައި، އަހަރެން އިނގިލި ކުރިވެސް ޖައްސާލާކަށް ބޭނުމެއް ނޫން…..” މިޝަލްގެ މޭގައި އަތްއަޅައި ކޮށްޕާލަމުން ރުޅިގަދަވެފައި ހުރި ޝިއުރީ ބުނެލިއެވެ. ޝިއުރީ ކޮށްޕާލުމުން، ނުވިސްނާ ހުރި މިޝަލަށް އެރުނީ ތަށިމުށިތައްމަތީ، ވިއްސައިގެން ގޮސްފައިވާ ޖެލްތަކަށެވެ. އެއާއިއެކު، ކައްސާލައިގެން އޭނާ ވެއްޓެން ދިޔައެވެ. ޝިއުރީއަށް މި މަންޒަރު ފެނުމުން އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ނުކޮށް، އޭނާ އުޅުނީ މިޝަލްގެ ގައިގައި ހިފަހައްޓައިލާށެވެ. އެހެނަސް، ޖެލްތަކުގައި ފައި އެޅިގެން އޭނާވެސް ވެއްޓެން ދިޔައެވެ. ވެއްޓުމުގެ ކުރިން ޝިއުރީއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ދެ މީހުން އެކީ ތަށިމުށިތައް މައްޗަށް ވެއްޓުންއިރު ޝިއުރީ އޮތީ މިޝަލްގެ ގައިމަތީގައެވެ. ނަސީބަކުން ވެއްޓެން ދިޔަގަޑީގައި، ސަމާލުވުމުގެ ސަބަބުން މިޝަލްގެ ބޯ މާ ބާރަކަށް ނުޖެހެއެވެ. އެހެނަސް، އޭނާގެ ގައިމައްޗަށް ވެއްޓުނު ޝިއުރީގެ ނިއްކުރިން އޭނާގެ ނޭފަތުގައި ޖެހުމުން، ތަދުވީވަރުން މިޝަލަށްވެސް ހަޅޭއްލަވައިގަނެވުނެވެ.

ގޭތެރޭގައި މާ އަޑު ގަދަވެގެން ކައްކަން ތިބި ޔަލްވީމެން ދުވެފައި އައިސް މިޝަލްގެ ކޮޓަރީގެ ދޮރު ހުޅުވާލީ، އެ ދިމާލުން އަޑު އައުމުންނެވެ. ފެނުނު މަންޒަރުން ދެ މީހުން، އެއްފަހަރާ ހޭންފެށީ ޝިއުރީމެން ތިބިގޮތް ފެނުމުންނެވެ. އަޔާނީމެންނަށް ގެއަށް އާދެވުނީ އެ ވަގުތުކަމުން، ޝިއުރީމެންގެ ހަޅޭކުގެ އަޑަށް އެ މީހުންވެސް އެ ކޮޓަރިއަށް ވަނެވެ. އިޔާޒަށް އެ މަންޒަރު ފެނުމުން އޭނާއަށް ހިނިގަނޑު މަތަކުރުން ވީ އުނދަގޫ ކަމަކަށެވެ. މަޖާވެފައި ހުރެ، ފޯނުން ފޮޓޯއެއް ނެގުމަށްފަހު، އެ މަންޒަރު ވީޑީއޯ ކުރަންފެށިއެވެ. އިޔާޒްމެން އެތާ ތިބުމުން ޝިއުރީ އޮތީ ލަދުން ތެދުވާން ނުކެރިފައެވެ. ހިތާހިތުން އޭނާ މިޝަލަށް ކުދިކިޔަމުންވެސް ދިޔައެވެ.

“އަދިވެސް ނުތެދުވެ އޮންނަނީތަ….؟؟؟؟ ގަސްދުގައި ދޯ އަހަރެން ގައިމައްޗަށް ވެއްޓިގަތީ….؟؟؟؟” ޝިއުރީ އެހެން އޮންނަން ފެށުމުން، އޭނާގެ ކަންފަތް ދޮށުގައި ސިއްރުން މިޝަލް ބުނެލިއެވެ. މިޝަލް އެހެން ބުނުމުން، އައި ރުޅީގައި ޝިއުރީ ތެދުވާން އުޅުނެވެ. އެހެނަސް، އެކަން ކާމިޔާބުވާ ގޮތް ނުވީ އޮވެވުނު ގޮތަކުން މިޝަލަށް އޭނާގެ ހެދުމަށް އެރިފައިވާތީ، ހެދުން ދަތިޖެހުމުންނެވެ. މިތަން ފެނިފައި، އެ މަންޒަރު ވީޑީއޯ ކުރަން ހުރި އިޔާޒް ހިނިގަނޑެއް ޖަހައިލިއެވެ. ޝިއުރީގެ ގާތަށް އައި ރުޅިން، ވެއްޓިފައި އޮތް ޖެލްދަޅަށް އަތްފޯރުވަމުން، އެ ނަގައި އިޔާޒާއި ދިމާއަށް އެއްލިއެވެ. އެއިން ރެކިގަންނަމުން އިޔާޒް، އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ. ޔަލްވީ ބުނިބުނުމަށް އެންމެންވެސް އެ ތަނުން ނުކުމެގެން ދިޔައީ، ޝިއުރީ ލަދުގަންފައިވާކަން އެ މީހުންނަށްވެސް ވިސްނުމުންނެވެ.

ހެދުމަށް ދަމައިލަމުން މިޝަލްގެ ފައިދަށުވެފައި އޮތްބައި މިންޖުކުރުމަށްފަހު، ޝިއުރީ، މިޝަލްގެ ގައިމަތިން ތެދުވުމުން، މިޝަލްވެސް ތެދުވިއެވެ. ތެދުވެވުމާއިއެކު، ޝިއުރީ އުޅުނީ އަވަހަށް އެ ތަނުން  ނުކުންނާށެވެ. ދާން ހިނގައިގަތް ވަގުތު އަނެއްކާވެސް، ކައްސާލުމުން އޭނާއަށް ހިފުނީ މިޝަލްގެ ގަމީހުގައެވެ. މިޝަލްވެސް ހުށިޔާރުކަމާއިއެކު، ޝިއުރީގެ އަތުގައި ހިފަހައްޓައިލުމުން، ދެ މީހުންނަށް ތިބެވުނީ ނުހަނު ގާތުގައެވެ. އެހާ ގާތުގައި ތިބެވުމުން މިޝަލަށް އޭނާގެ އިޙްސާސްތައް މަތަކުރުން ވީ އުނދަގޫކަމަކަށެވެ. ދެންމެއަކާއި ޖެހެންދެން އެ މޫނުމައްޗަށް ވެރިވެފައިވާ ސަމާސާގޮތްގަނޑު ކެނޑުނެވެ. މިހާރު، އެ މޫނުމަތީގައިވަނީ، ތަފާތު އަސަރުތަކެކެވެ. މިޝަލްގެ ތޫނު ނަޒަރު އަމާޒުވެފައި ވުމުންނާއި، ހުރެވުނުލެއް ގާތްކަމުން ޝިއުރީއަށް އުނދަގޫވާންފެށިއެވެ. އިސްޖަހާލަން މަޖުބޫރުވީ، ކަޅިޖަހާނުލައި މިޝަލް، ބަލަން ހުރުމުންނެވެ. އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި މިޝަލްގެ އަތް ނައްޓުވަން ކުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އޭނާގެ އަތުން މިޝަލް ދޫކޮށްނުލުމުން، ޝިއުރީގެ ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ. އެންމެ ފަހުން، އޭނާގެ ވިސްނުމަށް އައި ގޮތަށް ކަންތައްކޮށްލީ، އެ ނޫން ގޮތެއް އެ ވަގުތު ނުވިސްނުމުންނެވެ. މިޝަލަށް ހަމަހޭވެރިކަންވީ، ކޮނޑުން ދިލަނަގަން ފެށުމުންނެވެ. ޝިއުރީގެ އަތުން ދޫކޮށްލަމުން ކޮނޑުގައި އަތް އަޅައިލެވުނީ، ތަދުވީވަރުންނެވެ. އޭރު ޝިއުރީގެ ތުންފަތަށް ވެރިވެފައިވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ. މިޝަލް، އޭނާގެ އަތުން ދޫކޮށްލުމުން ލިބުނު ފުރުސަތުގައި، ޝިއުރީ އެތަނުން ދާން ހިނގައިގަތީ، މިޝަލާއި ދިމާއަށް ދޫނެރެ ވައްތަރު ޖައްސާލަމުންނެވެ. އަދި ވަރަށް ބަލައިގެން ފައި އަޅަމުން ކޮޓަރިން ނުކުތެވެ. ޝިއުރީ ދިއުމުން މިޝަލް ލައިގެން ހުރި ގަމީސް ބާލާފައި ލޯގަނޑުން ބަލައިލިއެވެ. ޝިއުރީގެ ދަތްއެޅިތަން ރަތްކުލައިން ގަދައަށް ފެވިފައިވާތަން ފެނުމުން ތަދުވީނަމަވެސް، އޭނާގެ ގާތަށް ހިނިއައީ، ޝިއުރީ އެފަދަ ކަމެއް ކުރުމުންނެވެ.

********************

 

ގެއަށް އާދެވުމާއިއެކު، ބޭސްކޮތަޅު ހިފައިގެން ގޭތެރެއަށް ވަންނަންދިޔަ މިޝްޔާއަށް ހުއްޓެވުނީ، ފަހަތުން އައި ރާހިލް، އޭނާގެ ކުރިމައްޗަށް އެރުމުންނެވެ. އޭރު އެމީހުންނަށް ތިބެވުނީ މިޝްޔާމެންގޭ ގޯތިތެރޭގައެވެ. ނުވިސްނާ ހުއްޓާ ރާހިލް އެފަދަކަމެއް ކުރުމުން، މިޝްޔާއަށް ހައިރާންވެފައި ބަލަން ހުރެވުނީއެވެ.

“މިޝީ ކީއްވެތަ އަހަންނަށް ތިހެން ތި ހަދަނީ….؟؟؟؟ އަހަންނަށް ޒީކްގެ ސިފަ ލިބިފައި ހުރީމަތަ އަހަންނާ އެހާ ދުރުން ތި އުޅެނީ….؟؟؟؟ އަހަރެމެން ވައްތަރުވުން އެއީ އިއްތިފާގެއް….. އަދި އަހަރެމެން ދެ މީހުންނަށް މިޝީދެކެ ލޯބިވެވުންވެސް، އެއީ އިއްތިފާގެއް…. އެ ކަމުގައި އަހަރެންގެ އޮތީ ކޮންކުށެއް….. އަހަންނާ ޒީކްއާއި ވައްތަރުވީއޭ ކިޔާފައި، އަހަންނަށް މިޝީ ނުލިބޭންވީ ކީއްވެގެންތަ….؟؟؟؟؟” ރާހިލް ވާހަކަދައްކަމުން ދިޔައިރު، އެ އަޑުގައިވާ، ހިތާމައިގެ އަސަރު މިޝްޔާއަށް ނަގައިގަނެވުނެވެ.

 

އެފަދަ ފިޔަވަޅެއް އެޅުމަށް ރާހިލަށް މަޖުބޫރު ކުރުވީ، އޭނާގެ ބަސްނާހާ ހިތެވެ. މިޝްޔާއާއި ދުރުން އުޅެން މަސައްކަތް ކުރިކަމުގައިވިޔަސް، އޭނާއަށް އެކަން ކުރުންވީ ބޮޑު ވޭނަކަށެވެ. އެ ހިތުގައިވާހާ އުދާހެއް މިޝްޔާގެ ކުރިމަތީ، ބަންޑުންކޮށްލެވުނީ، މިރޭ މިޝްޔާގެ ޢަމަލުތައް ހުރިގޮތުން، ހިތުގައި ޖެހުމުންނެވެ. ކުއްލިއަކަށް ހުރެފައި ރާހިލް، އެފަދަ ވާހަކަތަކެއް ދައްކަން ފެށުމުން، ބުނާނެ އެއްޗެއްވެސް ނޭނގިފައި މިޝްޔާއަށް ބަލަން ހުރެވުނީއެވެ.

 

“މީގެ ކުރިންވެސް އަހަންނަށް، ރީތި އެތައް އަންހެންކުދިންނެއް ފެނިފައިވޭ…. އެކަމަކު، މި ރަށަށް އައި ފުރަތަމަ ދުވަހު، މިޝީ ފެނުމުން، އަހަރެންގެ ހިތުގައި ތަފާތު ގޮތަކަށް ވިންދުޖަހައިލިހެން ހީވި…. ފުރަތަމަ ނަޒަރުން ލޯބިވެވޭކަންވެސް އަހަންނަށް ޤަބޫލުކުރެވުނީ އެ ދުވަހު މިޝީ ފެނުމުން، އަހަންނަށް އެ ވީ ގޮތްތަކުން…. މިޝީ އައިސް ބައްދާލުމުން، އަހަރެން ހީކުރީ އަހަރެންގެ ނަސީބު އައިސް އަތުގައި ހިފިއްޔޭ…. އެއްފަހަރުވެސް ހިތަކަށް ނާރަ، އަހަންނަށް ލިބިފައި މިވާ ސިފައެއްގެ ސަބަބުން، އަހަރެން އެންމެ ލޯބިވާ ކުއްޖާ އަހަންނަށް ނުލިބިދާނެއެކޭ…. އަހަރެން ކިހާ ނަސީބުދެރަ…..” އެންމެ ފަހު ޖުމްލަ، ރާހިލް ބުނެލީ އިސްޖަހާލައިގެން ހުރެއެވެ. އޭނާގެ ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް މިޝްޔާއަށް ދައްކަން ބޭނުން ނުވާތީއެވެ.

 

އިސްޖަހައިލައިގެން ހުރި ރާހިލަށް ސިހުން ގެނުވީ، ގެނައި ކުއްލި ޙަރަކާތަކާއިއެކު މިޝްޔާ، އޭނާގެ އަތުގައި ހިފައިލުމުންނެވެ. އެފަދަ ކަމެއް މިޝްޔާ ކޮށްފާނެކަމަށް ޤަބޫލު ނުކުރެވިފައިހުރެ، އޭނާ އުޅުނީ އަތް ދަމައިގަންނާށެވެ. އެހެނަސް، ކުރިއަށްވުރެވެސް ބާރަށް މިޝްޔާ އެ އަތުގައި ހިފަހައްޓާލަމުން އިސްޖަހާލިއެވެ. މިޝްޔާގެ މި ޙަރަކާތުން ރާހިލްގެ ހައިރާންކަން އިތުރުވީނަމަވެސް، އޭނާގެ ހިތަށް ފޮނި އަސަރުތަކެއް ކުރުވިއެވެ. މިޝްޔާގެ އަތުގައި އަނެއް އަތުން ހިފަހައްޓައިލެވުނީ، އުފާވީވަރުންނެވެ. މިޝްޔާގެ ދެ ލޮލުން ފައިބައިގެން އައި ހޫނު ކަރުނަތައް ރާހިލްގެ އަތްތިލައިގައި ބޮސްދިނުމުން އޭނާއަށް ސިހިފައި ބަލައިލެވުނެވެ. އޭރުވެސް މިޝްޔާ ހުރީ އިސްޖަހައިލައިގެންނެވެ.

“މިޝީ…. ކީއްވެ ތި ރޮނީ…. ޕްލީޒް، ނުރޮއި ހުއްޓާލާ…. މިޝީ ދެރަވާވަރުގެ އެއްޗެއް އަހަންނަށް ބުނެވުނިއްޔާ، އަހަންނަށް މާފުކުރޭ…. އަހަރެން ބޭނުމެއް ނޫން މިޝީ ދެރަކުރާކަށް…. މާ ބޮޑަށް ހިތަށް އަސަރުކުރީމަ، އަހަންނަށް އެ ވާހަކަތައް ދެއްކުނީ…. އަހަރެން ފެނުނީމަ، މިޝީއަށް އުނދަގޫވަންޏާ، މި ރަށް ދޫކޮށް އެހެން ރަށަކަށްވެސް އަހަރެން ހިނގައިދާނަން…. މިޝީ ޕްލީޒް…. ނުރޮއެ ހުއްޓާލާ…. މިޝީ ރޯތަން ދެކޭކަށް އަހަރެންގެ ހިތަކަށް ކެތެއް ނުވެއޭ…..” މިޝްޔާ ރޯންފެށުމުން، ރާހިލް ކަންބޮޑުވިއެވެ. އޭނާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން، ލޯތްބާއިއެކު ރާހިލް ވާހަކަ ދެއްކީ، މިޝްޔާ ހައްލަކަށް އެޅުވޭތޯއެވެ.

“އަހަރެންދެކެ ލޯބިވަންޏާ ކީއްކުރަން މި ރަށުން ދާން ތި އުޅެނީ……” ރާހިލްދެއްކި ވާހަކަތަކުގެ ސަބަބުން، މިޝްޔާ ރާހިލްގެ ދެ އަތުން ދޫކޮށް އޭނާއާއި ދުރަށް ޖެހިލިއެވެ.

“މިޝީ ރޯތީއެއްނު….. ހުއްޓާލަބަ… ކީއްވެ ތި ރޮނީ….” މިޝްޔާގެ ދެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ރާހިލް ފުހެލައިދިނީ ލޯތްބާއިއެކުއެވެ.

“ނޭނގެ….. އަހަންނަކަށް ނޭނގެ ރޮވުނީ ކީއްވެކަމެއް….. ނޭނގެ ވާ ގޮތެއް….. ހިތަށް އުނދަގޫވަނީ…. އެ ދުވަހު ރާހިލާއި ދިމާއަށް އެ ހުރިހާ އެއްޗެއް ކިޔުނީމަ، ދެރަވަނީ…. ރާހިލް ފެނުނީމަ ޒީކްމަތިން ހަނދާން ނުވެއެކޭ އަދިވެސް ނުބުނާނަން… އެކަމަކު، ރާހިލް އަހަންނާ ދުރުން އުޅޭތީ، ވަރަށް އުނދަގޫވޭ…. ވަރަށް ދެރަވޭ…… އަހަންނަކަށް ނޭނގެ އެހެންވަނީ ކީއްވެގެންކަމެއް….”  މިޝްޔާގެ ވާހަކަތައް އަޑު އިވިފައި ރާހިލްގެ ހިތް އުފަލުން ފޮޅުނެވެ. އެހެނަސް، ބޭރުފުށުން އެ އަސަރުތައް ނުދައްކާ އޭނާ ހިމޭނުން ހުރީއެވެ.

“މިޝީ ބޭނުންވަނީ ކޮންގޮތެއް….؟؟؟  އަހަރެން ކަންތައް ކުރާނީ މިޝީ ބުނާ ގޮތަކަށް…..” މިޝްޔާގެ މަޑުމަޑު ދެ އަތްތިލައިގައި ހިފައިލަމުން، ރާހިލް ބަލައިލީ ސީދާ މިޝްޔާގެ ދެ ލޮލަށެވެ.  ރާހިލަށް ބަލަން ހުރެފައި މިޝްޔާ އޭނާގެ ދެ އަތްތިލަ ރާހިލްގެ އަތުތެރެއިން މިންޖުކޮށްލިއެވެ. މިޝްޔާގެ މި ޙަރަކާތުން، ރާހިލްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެޑުވެ، ބާރު ބާރަށް ހިތްތެޅެން ފެށިއިރު މާޔޫސްވާ ގޮތްވިއެވެ.

“އަހަރެންގެ ދިރިއުޅުމުގެ ހުންގާނާ ޙަވާލުވެދީ…..” އިރުކޮޅަކު ރާހިލަށް ބަލަން ހުރުމަށްފަހު، ކުޑަކޮށް ހިނިތުންވެލަމުން މިޝްޔާ ބުނެލިއެވެ. ރާހިލްގެ ކަންފަތުގައި ތަކުރާރުކޮށް، އެ ބަސްތައް ގުގުމާލެވިފައިވާ ކަހަލައެވެ. މާޔޫސްވެފައިވާ، މޫނުގެ ކުލަވަރު އުޖާލާވެ، ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ރަށަށް އައީއްސުރެ، އޭނާ އިންތިޒާރުކުރަމުން އެ ދިޔައީ އެ ވަގުތަށެވެ. މިޝްޔާ އޭނާގެ ޙައްޤަކަށް ވާނެ ދުވަހަކަށެވެ. ކޮންމެއަކަސް، މިއަދު މިވަނީ އޭނާ ކުރި ދިގު އިންތިޒާރަށް ނިމުން އައިސްފައެވެ. އޭނާގެ އިންތިޒާރުގެ ނިމުން ވަރަށްވެސް ފޮންޏެވެ.

“އަހަރެން މިޝީ ދެކެ ވަރަށް ލޯބިވޭ…. މާތްﷲ އިރާދަކުރެއްވިއްޔާ އަހަރެން މިޝީ ގެންގުޅޭނީ ވަރަށް އުފަލުގައި…..” ރާހިލް މިޝްޔާއަށް ބަލައިލީ ލޯބިވެތިގޮތަކަށެވެ. އޭނާގެ މޫނުމަތީގައިވި ހިނިތުންވުންފެނި، މިޝްޔާގެ ހިތަށް ފިނިކަން ލިބުނެވެ. ރާހިލް، މިޝްޔާދެކެވާ މަތިވެރި ލޯބީގެ ހެއްކަކަށް އެ މޫނުމަތީގައިވާ އުފާވެރިކަންވެސް އޭނާއަށް ފުދެއެވެ.

********************

 

ޔަލްވީމެން ކެއީ ވިނަގަނޑުމަތީ ތިބެގެންނެވެ. ކައި ނިމިގެން، އެކި ވާހަކައިގައި ތިބި އެންމެން، އެ މީހެއްގެ ފޯނަށް ބަލައިލީ، ހުރިހާ ފޯނަކަށް އެއްފަހަރާ މެސެޖު އައުމުންނެވެ. އެންމެން ފޯނު ނެގުމުން ޝިއުރީވެސް ޔަލްވީގެ ގާތަށް ޖެހިލީ އޭނާގެ ފޯނު ޗާޖަށް ޖަހާފައި އޮތުމުން އެ އައި މެސެޖެއް ބަލައިލާ ހިތްވުމުންނެވެ. ލާނެއް ގޮތަކަށް ހީލައިގެން، މަޖާވެފައި އިޔާޒް އިނީ އެންމެންގެ ޙަރަކާތްތަކަށް ބަލާށެވެ.

“އިޔާ…. މީ ކޮންއިރަކު ކުރިކަމެއް…..” ދެ ލޯ ބޮޑުކޮށްލަމުން މިޝްޔާއަށް  މިހެން އަހައިލެވުނީ، އޭނާއާއި ރާހިލް، މީގެ ކުޑައިރުކޮޅެއް ކުރިން ދެއްކި ވާހަތައް ރައްކާކޮށްފައިވާ ވީޑިއޯއެއް އިޔާޒް، އެ މީހުންގެ ވައިބަރ ގްރޫޕަށް ފޮނުވުމުންނެވެ. މިޝްޔާ މިހެން ބުނުމާއިއެކު، އިޔާޒް، އޭނާ ލައިގެން އިން ގަމީހުގެ ގިރުވާން ކޮޅަށް ޖަހައިލީ، އޭނާއަށް މޮޅުކަމެއް ކޮށްލެވުމުން، އަބަދުވެސް އެ ގޮތަށް ކަންތައް ކުރާތީއެވެ. ދެ ލޯ އަޅާލަމުން، މިޝްޔާ އޭނާގެ ގައިގައި ބޮނޑިއެއް އަޅުވާލީ، އިޔާޒް ސިއްރުން އެ މީހުންގެ ވާހަކަތައް ވީޑިއޯ ކުރުމުންނެވެ. މިޝްޔާ އެ ގޮތަށް ކަންތައް ކުރުމުން މަޖާވީވަރުން އިޔާޒް ފެށީ ހޭށެވެ.

“އަސްލު ތި މީހުން ލަސްވެގެން، ކޮބައިތޯ ބަލައިލަން އަހަރެން ދިޔައީ…. ދެ މީހުން ވާހަކައިގައި ތިބިތަން ފެނުނީމަ، ހަމަ ވީޑިއޯ ކޮށްލާ ހިތްވީ……” ހިނިގަނޑު މަތަކޮށްލަމުން، އިޔާޒް ކިޔައިދިނެވެ.

ދިރިއުޅުމައިގެން ކުރިއަށް ދިއުމަށްޓަކައި މިޝްޔާ މި ނެގި ފިޔަވަޅުގެ ސަބަބުން، އެތާ ތިބި އެންމެންވެސް ތިބީ ވަރަށް ހިތްހަމަޖެހި، އަދި އެހާމެ، އުފާވެސްވެފައެވެ. ވާނީވެސް އެހެންތާއެވެ. އެންމެންވެސް ހީކޮށްގެން އެ ތިބީ، މިޝްޔާ ދެން އޭނާގެ ދިރިއުޅުމުން އެހެންމީހަކަށް ޖާގައެއް ނުދޭނެކަމަށެވެ. އޭނާ ރާހިލާއި ގުޅުމުން އެ މީހުން އެހާ އުފާވީ، އެހެންވެއެވެ.

“އަޅެ… އިޔާ ވީޑިއޯ ނުކުރިނަމަ، ތި ދެ މީހުން، އަހަރެމެންނަށް އަންގާވެސް ނުލާނެ ދޯ…..” ކުޑަކޮށް މިޝްޔާގެ ގައިގައި ބައްދާލަމުން ޝިއުރީ މިހެން ބުނުމުން މިޝްޔާ ދެ ފަރާތަށް ބޯ ހޫރާލިއެވެ. މިޝްޔާގެ ގާތަށް ގޮސް، މިޝަލް، އޭނާގެ ގައިގައި ބައްދާލިއެވެ. ޒިކާންގެ ވަކިވުމަށްފަހު، މިޝްޔާ ދިރިއުޅުމައިގެން ކުރިއަށްދާން ޚިޔާލުކުރީތީ، އެތާ ތިބި އެންމެންގެ ތެރެއިންވެސް އެންމެ އުފާވީ އޭނާއެވެ. ޒިކާންގެ ވަކިވުމުން މިޝްޔާ ކުރި ހިތާމަ އޭނާއަށް ވަރަށް ގާތުން ފެނިފައިވާތީއެވެ.

“ރާހިލް…. މިޝްއަށް ދެރައެއް ނުދެއްޗޭ…. އަހަރެން ރާހިލަށް ވަރަށް އިތުބާރުކުރަން…. ވަރަށް އުފާވެއްޖެ މިޝްގެ ޙަޔާތަށް ތި ފަދަ ބައިވެރިއަކު އައީތީ…..” ރާހިލްގެ ފައިމަތީ އަތްބާއްވާލަމުން މިޝަލް ބުނެލލިއެވެ. މިޝަލަށް ބަލައިލުމަށްފަހު، ބޯ ޖަހާލަމުން ރާހިލް ހިނިތުންވެލިއެވެ.

********************

 

ހަވީރުގެ ވަގުތެވެ. ޝޯލް ހަދައި ރީތިވެލައިގެން ޔަލްވީ ހުރީ ޝައުން އޭނާ ބަލައި އަންނަ ވާހަކަ ބުނުމުންނެވެ. ހާސްވެފައި ހުރުމުން އޭނާ ހުރީ ދެ ކޮޅަށް ހިނގާލަހިނގާލައެވެ. ޔަލްވީ އުޅޭގޮތުން ޖޯލީގައި އިން ނޫރައިންގެ ގާތަށް ހިނިއައެވެ.

“ދަރިފުޅާ ދެ ފަޔަށް ހިނިއަރައިގެންތަ ތި އުޅެނީ؟؟؟؟…. ޝައުން އަންނަންދެން ނިކަން މިތާ އިށީނދެބަލަ…. ތިހާ ވަރަށް ހާސްވަންޏާ ކިހިނެއްތަ އެ ގެއަށް ދާނީ….؟؟؟” ޔަލްވީއަށް ގޮވައިލަމުން، ނޫރައިން އިށީނދެގެން އިން ޖޯއްޔާއި ޖެހިގެން ހުރި ޖޯއްޔަށް އިޝާރާތް ކޮށްލަމުން، އޭނާ ބުނެލީ ހިނިއައިސްފައި އިނދެއެވެ.

“މަންމަ ބުންޏަސް ކިހިނެއްތަ ހާސްނުވެ ހުންނާނީ…. އަހަރެން ހާދަ ބިރުގަނެއޭ… އަދި އަލަށް އެ ގެއަށް ދާން މި އުޅެނީ…..” ޖޯލީގައި ކުޑަކޮށް ފޫކޮޅު ޖައްސާލަމުން ހާސްވެފައި އިނދެ ޔަލްވީ ބުނެލިއެވެ.

“ދަރިފުޅާ…. ދެ ލޯ މަރާލާފައި ނިކަން ފުންކޮށް ނޭވާއެއް ލާބަލަ….. ކޮންމެ ކަމެއްވެސް ފުރަތަމަ ކުރާނީ އަލަށް…. ކަންކަމާ ކުރިމަތިލާންވާނީ ނިކަން ކެރިގެން…. ދަރިފުޅު އެކަންޏެއްވެސް ނޫނެއްނު ދާން ތި އުޅެނީ…. ޝައުންވެސް ގާތުގައި ހުންނާނެ….. އެހެން ނޫނަސް، އަބަދުވެސް ވިސްނަންވާނީ އެންމެ ރަނގަޅު ގޮތަށް…..” ނޫރައިން މަސައްކަތްކުރަމުން ދިޔައީ ޔަލްވީގެ ހިތަށް ވެރިވެފައިވާ ހާސްކަން ފިލުވައިދޭށެވެ. ޝައުން އައީ ނޫރައިން އެ ގޮތަށް ވާހަކަ ދައްކަން އިންދައެވެ.

“އަހަންނަކަށް ހިއެއްނުވެ ޔާލްއަށް، ޝައުން މަންމަގެ ކުރިމައްޗަށް އަރަން ކެރޭނެހެންނެއް….. ނުފެންނައިރުވެސް މި ހުރީ ވާވަރު…. ދެން އަދި ފެނުނީމަ ކިހާވަރެއްވާނެ…..” ޝައުން އައިސް މަޑުކޮށްލުމާއިއެކު، ހިނިތުންވެލަމުން ނޫރައިން ބުނެލިއެވެ. ދެ އަތް ދެ އަތާއި މޮޑެމުންދިޔަ ޔަލްވީ، އެކަން ހުއްޓައިލުމަށްފަހު، ތުންކޮޅު ދަމައިލީ، ނޫރައި ން އެހެން ބުނުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ދެގަޑި ތިރީސް (ފަހުބައި) އެޕިސޯޑް 36

Next

ޢެދެމޭ އުފާ….(28)

Next
October 8, 2017

ޢެދެމޭ އުފާ….(28)

Previews
October 7, 2017

ދެގަޑި ތިރީސް (ފަހުބައި) އެޕިސޯޑް 36

66 Comments!

  1. Aki says:
    October 8, 2017 at 12:09 am

    vvv ufaavehje.. thanks

    1. Eemyaa says:
      October 8, 2017 at 7:12 am

      U r mst wc Aki ?

    2. Yaaru mivany loanbey hagygy says:
      October 9, 2017 at 5:12 pm

      Furathama part funuvalban

    3. Eemyaa says:
      October 9, 2017 at 9:56 pm

      https://www.esfiya.com/32553/

  2. Eemyaa says:
    October 8, 2017 at 12:11 am

    Assalaam Alikum ☺
    Mi part avahah nimunyma up kohlee, hee kuran kiyuntheri nah mi part ves kamudhaane kamah ☺☺
    Rangalhu kohlan v kameh iny aa bunelahchey ?
    Have a good nyt
    Tggc Lov u all ❤❤❤

  3. Alvyn says:
    October 8, 2017 at 12:15 am

    Alheyy knireh Al wait kuraatha. Thnk emm.. Nuvex kiyaa comment kohlymi. Gudnyte..

    1. Eemyaa says:
      October 8, 2017 at 7:13 am

      Hehe Thanks for waiting dear ?
      Wc ?

  4. Alvyn says:
    October 8, 2017 at 12:30 am

    V exciting mi part… Mi story ah film eh hadhan vvvvvv salhi vaane..

    1. Eemyaa says:
      October 8, 2017 at 7:14 am

      Thanks Al ?
      Hehe ?

  5. Coco says:
    October 8, 2017 at 12:38 am

    Alhey yaal ge character hama heevany coco hen story is awsome n whn next part

    1. Eemyaa says:
      October 8, 2017 at 7:17 am

      Hehe ??
      Thanks a lot dear Coco ?
      V soon In Sha Allah ☺

  6. Malaa says:
    October 8, 2017 at 1:09 am

    Wow. Dn shiury vx mishal aa gulhuwabh awaha.. mi shiury dn haada warekey dw miwaniy.. ekm vx wrh wrh reethi mi part . Love it ❤️?

    1. Eemyaa says:
      October 8, 2017 at 7:19 am

      Thanks Malaa ?
      Hehe ? Thanks for reading ☺

  7. khajja says:
    October 8, 2017 at 1:37 am

    Ohhh wow masha allah stry obiness to the max v v speechless?? v v ummydhu koggen hurigothakan evany mihaaru mi stry ga v v rythi dhen othy shumenge kanthah dhw haallukuran e 2 myhunves loabivey goiy dhoonukuran shiu ulheythy dhw massala aky anyway stry v v habeys whn nxt prt avahah up kolladhybala keiy vany ennoon mihaaru kiyaahithun nxt prt mirey neynge nidheyne kamevves ??gud nyt ly ???❤❤❤???????????????

    1. Eemyaa says:
      October 8, 2017 at 7:23 am

      Thanks Khajja ?
      Lets see ? v avahah next part up kohladheynan In Sha Allah ☺

  8. Malsha says:
    October 8, 2017 at 6:06 am

    Oh eem ur the best ..mal v v happy vejje mish and raahil gulhuvadhinyma. .thankx. Dhen anna part ga innaane dhw edhe myhun ge romantic Thankolheh..yaal ah kereynebaaeey hithah arany. .eem bunedheefaanantha mi story ga innany Kithah part kany? ? If you don’t mind. .story kuriyah dhaaleh mal ah v v v kamudhey. Hama bunelan othy I LOVE YOU ey..bye

    1. Eemyaa says:
      October 8, 2017 at 7:29 am

      Thanks Mal ?
      Eem ah ingey e couple gulhunyma enme ufaa vaany mal kan ?
      Haha ? Asluves yaal ah kereynebaa ey dw hithah arany ? lets see ?
      Exactly kithah parts kameh bunaakah hama neynge bt eem plan kohfa in gothun around 10 parts varu ulheyne kanne, nt sure ingey ☺ may b hama madhu ves vedhaane gina ves vedhaane ?
      Love you too dear ❤

  9. Malsha says:
    October 8, 2017 at 6:11 am

    When next part? ??Avas kohlahchey.

    1. Eemyaa says:
      October 8, 2017 at 7:30 am

      V soon In Sha Allah ☺

  10. Roo says:
    October 8, 2017 at 7:04 am

    Alheyy! ❤️❤️ Mi part varah varah reethi.. next part when? Cant wait kiyaalaa hithun dhen vaane goi ??

    1. Eemyaa says:
      October 8, 2017 at 7:31 am

      Thanks Roo ?
      V Soon In Sha Allah ☺
      Hehe ❤

  11. Sinaa says:
    October 8, 2017 at 7:26 am

    Obiness to the max.. woe

    1. Eemyaa says:
      October 8, 2017 at 7:32 am

      Thanks You Sinaa ?

  12. Su Her says:
    October 8, 2017 at 8:10 am

    Aishath Dhyna

  13. Athifa Hassan says:
    October 8, 2017 at 9:04 am

    Nice

    1. Eemyaa says:
      October 8, 2017 at 5:14 pm

      Thanks Athifa ?

  14. Reet says:
    October 8, 2017 at 9:36 am

    Zeeku dhw a ulhany Raahil ah vegen noony Zeeku annaane tha adhi

    1. Eemyaa says:
      October 8, 2017 at 5:17 pm

      Nun Reet
      Zeek dhn naannaane ?

  15. $JK..KOREAN says:
    October 8, 2017 at 9:47 am

    wow wow wow wow wow… speech less!!!! eeeem haadha molhey masha allah.. mi part varah majaaa,, haha shiu hama haadha baby ey dhw.. lol.. mish n raaahil.. wow.. love it.. shaun ge family gaboolu vaanebaaa. so curious to see.. eeem whn nxt part??? can’t wait to read… u’re the best.. ly 🙂 🙂 😀

    1. Eemyaa says:
      October 8, 2017 at 5:20 pm

      Thanks $jk ?
      Hah dw ?
      Lets see e myhun gabul veytho nuny nun tho ?
      Soon In Sha Allah ?
      Awwn thanks dear ❤
      LY ☺

  16. Nish says:
    October 8, 2017 at 10:07 am

    Wow amazing!mi part vvv salhi? nd v majaa?mish nd raahil? keep it up eem..luv this stry always?ur the best ly?

    1. Eemyaa says:
      October 9, 2017 at 10:51 am

      Thanks Nish ?
      Hehe ? LY dear ❤

  17. Ellie says:
    October 8, 2017 at 10:21 am

    Mihaaru eba rangalhu veyy.. Thanks eem ??

    1. Eemyaa says:
      October 9, 2017 at 10:54 am

      Ellie ☺☺☺
      V happy vejje anekkaves Ellie mi story kiyaathyve ? Thanks dear ?
      Eem heekury Ellie mi story kiun huttaalee kamah ?
      Heekuran kuriah huri part thah ves kiyaalaane kamah ?
      Nd wc dear ☺

  18. nikko says:
    October 8, 2017 at 11:04 am

    Wooow amazing alhey waiting dhen kon iraku. Up vaany. Aslu vx hama varah reethi ayaany ah haadha dhera koshey ehvany. Yal aa shaun relation ga mish aa raahil dhen shiu aa mishal dhen ayaany ekani vaaneh ehnu eyna ge parents dhw .. alhey waiting avahah up kodheh chey varah reethi

    1. Eemyaa says:
      October 9, 2017 at 10:58 am

      Thanks nikko ? miadhu nuny mirey up kohla dheynan In Sha Allah ☺
      Yeah dw nikko bt yaany v strong vaane ey hihi
      Thanks a lot dear ❤

  19. k says:
    October 8, 2017 at 11:34 am

    wooooooooooowwwwwww ,, this awwwwsome eem ,,, you are the best,,, keep it up

    1. k says:
      October 8, 2017 at 11:35 am

      *this is 😀

    2. Eemyaa says:
      October 9, 2017 at 10:59 am

      Thanks k ?

  20. nium says:
    October 8, 2017 at 11:34 am

    wow salikan … haadha kiyaahithun ney mikiyaley …. v v v reethi mi part ves …. Eem kihinehrha haalu ???

    1. Eemyaa says:
      October 9, 2017 at 11:06 am

      Thanks nium ? v ufaa vejje nium ah story mihaa kamudgiya eethee ☺
      Alhamdhu lillaahi eem ge haalu aneh hen v rangalhu
      Nium kihinehtha? ☺

  21. mal says:
    October 8, 2017 at 11:37 am

    V v v rythi.. mi part vx.. ehnvyma dhn othy marriage dhw

    1. Eemyaa says:
      October 9, 2017 at 11:07 am

      Thanks mal ?
      Hehe lets see ?

  22. Some one says:
    October 8, 2017 at 11:59 am

    Mishal n shiuriii bai v funnii???stryy hama prrrfct!! As olwysss

    1. Eemyaa says:
      October 9, 2017 at 11:07 am

      Haha ?
      Thabks dear ?

  23. click a shot ? says:
    October 8, 2017 at 1:52 pm

    omg mish aa raahil gulhuny dhw..☺️so sweet couple..mihaaru hurihaa couples thaku therein dhe couple gulhije dhw…shaun ge mom react kuraany kihinehbaa…haha..?Shiu ulhun gothakun hinigandu falhaigen nudhiyai kiriyaa….baehfaharu mivaahakaiga anna majaa thantha kiyaafa hama ekani indhegen hevey..??Btw eem mi part ves hama perfect..i loved it a lot..ly my dear dear eem..take good care???

    1. Eemyaa says:
      October 9, 2017 at 11:12 am

      Yeah ?
      Haha kihineh react kuraane hen heevany ?
      Hehe anekka ekani indhegen henikoh meehakah fenijjaa o ? hehe a e maja enge
      Thanks dear ?
      LY too dear click hehe ☺?
      U too ?

  24. Nashuu says:
    October 8, 2017 at 2:29 pm

    wow…amazing….mishal and shiu ge part varah majaa..i loved it and mish and raahil ge part ves varah loabi…Eem varah molhu story liyan…keep it up..love u..waiting for nxt parts….

    1. Eemyaa says:
      October 9, 2017 at 11:17 am

      Thanks Nashuu ?
      Hehe story liyaakah nun dw may b ideas salhy kanne ☺
      Lov u ❤

  25. H says:
    October 8, 2017 at 2:40 pm

    Mi story nimmaafa ekkoh kiyaaleveynehen one episode ah hadhaafa up kohdheeba

    1. Eemyaa says:
      October 9, 2017 at 11:20 am

      Hehe dear ☺ eyrun v gina dhuvas nagaane. Eem ah up kureven vaairu onnaany kury part thah handhaan nethifa kanne dw ? eyrun dhn story kiyaa hiyy ves nuvaane kanne ??

  26. Xna says:
    October 8, 2017 at 2:40 pm

    Shiu ND mishal ulhey goi v funny. mi couple ge koalhun ga’ndu obi..? I like that .
    Hama heevanee film eh balaalevey hen. Shiu eha avahah yes nubunaathi mishal ah..??.. want to see more abt them…shiu mishal ???.. eem? stry wz awesomeness ?

    1. Eemyaa says:
      October 9, 2017 at 11:22 am

      Haha ??
      Shiu ge gotheh neygeyne a e hama mulhin thafaath kujjeh hee nukuraa kahala gothakah kankan kohlaany ??
      Thank a lot dear ?

  27. Adha? says:
    October 8, 2017 at 8:01 pm

    Awwn… mish nd raahil gulhyny dw❤? shaun gey meehun bunaane ehcheh mihaaru vissneny… shiu nd mishal ulhey goiy dw majaa.. ehaa rulhi annanya adhi loabi ves veveyne?
    Mi part ves hama suupperrbb!
    Waitingss ❤❤❤❤

    1. Eemyaa says:
      October 9, 2017 at 11:26 am

      Yes Adha ☺
      Keekeybaa ey dw emyhun bunaany hehe ?
      Haha may b dw.. nafurathakeee loabyge feshumey ves kiyaa viyyaa dw ?
      Thanks Adha ?

    2. $JK..KOREAN says:
      October 9, 2017 at 3:16 pm

      e hama thedhehtha?????

    3. Adha? says:
      October 9, 2017 at 4:22 pm

      SJKi baehfaharu nafrathu loabyge feshumah vaany… shiu nd mishal ge story in heevey loabi veveyne hen..

    4. $JK..KOREAN says:
      October 9, 2017 at 4:40 pm

      ehendhww… 🙂 thanks adha 😀

    5. $JK..KOREAN says:
      October 9, 2017 at 4:42 pm

      haha ehnvyma ekakahvx nafrathu nukuraathi kommx 😉 😉 lol 😀

    6. Eemyaa says:
      October 9, 2017 at 9:27 pm

      Haha $JK be careful ?? dw Adhaa ?

  28. Nashuu says:
    October 9, 2017 at 2:25 pm

    hey eem next part kon irakuntha….i really like u and ur stories nice story….avas reply and wow ur amazing love you too best thankolhakee eem hurihaa comments ah reply dheythii i just love it….i also practise writing stories…some say my ideas are amazing but ibaaraaiyy kurun problem for me…ur just an inspiration to me love you..

    1. Eemyaa says:
      October 9, 2017 at 9:31 pm

      Nashuuu ☺ next part nw up vefa sorry for the late reply ?
      Awwn ❤ Thanks dear ?
      LY dear ☺

  29. thuigandu says:
    October 9, 2017 at 3:07 pm

    next part kon iraku tha

    1. Eemyaa says:
      October 9, 2017 at 9:32 pm

      Nw up vefa ? sorry for the late reply

  30. Aiminath juveydha says:
    October 9, 2017 at 5:05 pm

    Eem.. Mi part ves varah reethi.. Next part koniraku tha..

    1. Eemyaa says:
      October 9, 2017 at 9:33 pm

      Thanks juvey ?
      Nw up kohlaafa ? sorry for the late reply

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ 42 (ބަޔާޅީސްވަނަ ބައި)←


All Right Reserved!