ޝައުރާ ސިހިފައި ދާއިންގެ މޫނަށް ބަލާލިއެވެ. ދާއިން އެ ހުށަހެޅީ ކޮންފަދަ ބޮޑު ކަމެއްހެއްޔެވެ؟ ފޭކް ރިލޭޝަންޝިޕެއްގެ ތެރެއިން ޝައުރާގެ ސިއްރު ހިމާޔަތްކުރަން ދާއިން އެއުޅެނީ ކީއްވެ ހެއްޔެވެ؟
2 ވަނަ ބައި…
ދާއިންގެ ކާރުގެ ތެރޭގައި އުފެދުނު ހިމޭންކަން މިފަހަރު މާ ބޮޑަށްވެސް ފުންވިއެވެ. ކާރުގެ އޭސީގެ ފިނިކަން މުޅި މާހައުލަށް ވެރިވެފައިވީ ނަމަވެސް، ޝައުރާގެ މޭތެރޭގައި އުފެދިފައިވާ ތޫފާން މަޑެއް ނުވެއެވެ. އޭނާ އޭނާގެ ކަރުނުން ފުރިފައިވާ ދެލޮލުން ދާއިންގެ މޫނަށް ބަލަހައްޓައިގެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދާއިން އެ ހުށަހެޅީ އޭނާ ހުވަފެނެއްގައިވެސް އުންމީދު ކުރި ކަހަލަ ކަމެއް ނޫނެވެ. އޮފީހުގެ ހަރުދަނާ، މާ ގިނަ ވާހަކައެއް ނުދައްކާ ސީނިއަރ މެނޭޖަރު މިފަދަ ކަމަކަށް އިސްނަގާފާނެއޭ ޝައުރާގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ.
“ދާއިން… ތިއީ މަޖަލަކަށް ބުނި ވާހަކައެއްތަ؟” ޝައުރާ ކުޑަކޮށް ނޭފަތް ފޮޅާލަމުން، އޭނާގެ ތުރުތުރުލާ އަޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަހާލިއެވެ. “އަހަރެމެން ދެމީހުން ލޯބިވެރިންގެ ގޮތުގައި އެކްޓް ކުރަންވީ ކީއްވެ؟ ދާއިންއަށް ތީގެއިން ލިބޭނެ އެއްވެސް ފައިދާއެއް ނެތް. އަދި އޮފީސް ތެރޭގައި ބަޔަކަށް އެނގިއްޖެއްޔާ ދާއިންގެ އަބުރަށްވެސް ހުތުރުވެދާނެ.”
ދާއިން ކާރުގެ ހުންގާނުގައި ދެއަތުން ހިފަހައްޓާލަމުން މަޑުމައިތިރި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އަމިއްލަ ހިތުގެ ރިހުން ޝައުރާއަކަށް ނޭނގުނެވެ. ދާއިން ޝައުރާދެކެ ސިއްރުން ލޯބިވާތާ ކިތަންމެ ދުވަހެކެވެ. އޮފީހުގެ މޭޒުކައިރީގައި ޝައުރާ އިނދެގެން ހީލާ ހިނިތުންވުމަކީ ދާއިންގެ މުޅި ދުވަސް އުޖާލާކޮށްދޭ ސަބަބެވެ. އެހެންކަމުން، ޝައުރާ އެހެން ފިރިހެނަކަށްޓަކައި ހިތްކުދިކުދިވެ، ކަރުނަ އޮއްސާތަން ބަލަން ހުރުމަކީ ދާއިންގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ.
“ފައިދާއަކަށް ވުރެ ބޮޑަށް އަހަރެން ބޭނުމީ ޝައުރާއަށް އެހީވާން،” ދާއިން ޝައުރާގެ ލޮލަށް ބަލާލަމުން ވަރަށް ސީރިއަސްކަމާއެކު ބުންޏެވެ. “އޮފީސް ތެރޭގައިވެސް އަދި ޒައިދާންގެ ކުރިމަތީގައިވެސް ޝައުރާ އެކަނިވެރިވެ، ރޮއެ ހިތްދަތިވާތަން ބަލާކަށް އަހަރެންނަކަށް ފަސޭހައެއް ނޫން. އަދި މިކަމުގެ ސަބަބުން ޒައިދާންއާއި އީލާގެ ކައިވެންޏަށްވެސް އެއްވެސް ހުރަހެއް ނޭޅޭނެ. އެމީހުން ހީކުރާނީ ޝައުރާވެސް އަމިއްލަ ދިރިއުޅުމަކައިގެން އުފަލުގައި ކުރިއަށްދަނީ ކަމަށް. ޝައުރާގެ އަމިއްލަ ނަފްސުގެ ދިފާއުގައިވެސް މިވަގުތު މި ނޫން ގޮތެއް ނެތް.”
ޝައުރާ އިސްޖަހާލައިގެން އިނދެ އިރުކޮޅަކު ވިސްނާލިއެވެ. ދާއިން ދެއްކީ ހަމަ ހަގީގަތެކެވެ. ޒައިދާންއަށް ޝައުރާގެ ހިތުގެ ހާލަތު އެނގިއްޖެނަމަ، އޭނާ ކައިވެނި ކުރަން އުޅޭ އުފާވެރިކަން މުޅިން ގެއްލޭނެއެވެ. އަދި އީލާއަށް އެނގިއްޖެނަމަ، އެމީހުންގެ މެދުގައި އޮތް ގުޅުން ކެނޑި، އޮފީސް މާހައުލުވެސް ހަރާބުވާނެއެވެ. އަމިއްލަ އަބުރާއި، ފަސް އަހަރުވީ އެކުވެރިކަން ސަލާމަތްކުރަން އޮތް އެންމެ ރަނގަޅު އައްޑަނައަކީ މިއީއެވެ.
“އެންމެ ރަނގަޅު. އެކަމަކު ހަމައެކަނި އެމީހުންގެ ކުރިމަތީގައި،” ޝައުރާ މަޑުމަޑުން އެއްބަސްވިއެވެ.
ޖެހިގެން އައި ހަފްތާ ބަންދުގެ ހަވީރެވެ. ޒައިދާންއާއި އީލާ ޝައުރާއަށް ގުޅާފައި ކޮފީއަކަށް ދިއުމަށް ދައުވަތު ދިނެވެ. މިފަހަރު އެމީހުން ބޭނުންވީ ކައިވެނީގެ ތާރީޚުތައް ނިމި، ކާޑުތައް ޕްރިންޓްކޮށްގެން އައުމުން އެތަކެތި ދައްކާލުމަށެވެ. ޝައުރާ އެތަނަށް ދާން ނިންމީ ދާއިންއާ އެކުގައެވެ. ދާއިން ބޭނުންވީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމީހުންގެ “އެކްޓިންގް” ވަރުގަދަކޮށް ދައްކާށެވެ.
އާޓިފިޝަލް ބީޗް ކައިރީގައި ހުރި ރީތި ރެސްޓޯރެންޓެއްގެ ބޭރުގައި ހުރި މޭޒެއްގެ ދޮށުގައި ޒައިދާންއާއި އީލާ ތިއްބެވެ. އެމީހުން ތިބީ އަތުގުޅާލައިގެން، ކައިވެނީގެ ހުވަފެންތަކުގައި ވަރަށް އުފާވެފައެވެ. އެވަގުތު ރެސްޓޯރެންޓުގެ ދޮރުން އެތެރެއަށް ވަދެގެން އައި ޝައުރާ ފެނިފައި ޒައިދާން އަތް ހިއްލާލިއެވެ. ނަމަވެސް ޝައުރާގެ އަތުގައި ހިފާލައިގެން، ވަރަށް ގާތްކޮށް ވަދެގެން އައި ދާއިން ފެނުމާއެކު، ޒައިދާންގެ އަތް ހިފެހެއްޓުމެއް ނެތި ތިރިވިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެ، ދެލޯ ބޮޑުވިއެވެ.
“ހާލު ކިހިނެއް؟” ޝައުރާ ގޮސް އިށީންނަމުން ހިނިތުންވެލިއެވެ. ދާއިން އިށީނީ ޝައުރާގެ ހަމަ އެންމެ ގާތުގައެވެ. އަދި ވަރަށް ލޯތްބާއެކު ޝައުރާގެ ދަބަސް ހިފާ ގޮނޑީގެ ލެނގޭބައިގައި އަޅުވާލަދިނުމަށްފަހު، ޝައުރާގެ ކޮނޑުގައި މަޑުމަޑުން އަތް ބާއްވާލިއެވެ.
“ދާއިން؟ ޝައު… ތިއީ ކޮން ސަޕްރައިޒެއް؟” ޒައިދާންގެ އަޑުގައި ކުރިން ހުރި ހަމަޖެހުމެއް ނެތެވެ. އޭނާގެ ހިތުގައި ކުއްލިއަކަށް ނޭނގޭ ހާސްކަމަކާއި، ބުނެދޭން ނޭނގޭ ކަހަލަ ހަސަދަވެރިކަމެއް އުފެދުނެވެ. ކޮލެޖް ދުވަސްވަރުން ފެށިގެން ޝައުރާގެ ދިރިއުޅުމުގެ އެންމެ މުހިންމު ފިރިހެނަކީ އޭނާއެވެ. ނަމަވެސް މިއަދު ޝައުރާގެ ދިރިއުޅުމުގައި އޭނާ ނޫން އެހެން ފިރިހެނަކު މިހާ ގާތްކޮށް، ހައްގަކާއެކު އުޅޭތަން ފެނުމުން ޒައިދާންގެ މޭތެރެ ތަޅައިގަތެވެ.
“އާނ، އަސްލު ބުނަންވެގެން މިއުޅެނީ. އަހަރެމެން ދެމީހުން މިއުޅެނީ ޑޭޓްކުރަން. ވަރަށް ފަހުން ފެށުނު ގުޅުމެއް މިއީ،” ދާއިން ޝައުރާގެ އަތްމަތީގައި އޭނާގެ ބޮޑު އަތް ބާއްވާލަމުން، ހަމަޖެހިލާފައި ބުންޏެވެ.
އީލާ އުފަލުން ހަޅޭއްލަވައިގަތެވެ. “ވާއު! ޝައު! ތިއީ ހަމަ އަސްލު ވާހަކައެއްތަ؟ ތިއީ ވަރަށް ސަޅި ކަމެއް. ދާއިންއަކީ އަހަރެމެންގެ އޮފީހުގެ އެންމެން އެމީހަކަށް ސިއްރުން ސަނާކިޔާ ހޭންޑްސަމް މީހާ! އަހަރެން ވަރަށް އުފާވެއްޖެ ތި ދެމީހުންނަށްޓަކައި.”
ނަމަވެސް ޒައިދާން އިނީ މުޅިން ހިމޭންވެފައެވެ. އޭނާ ތޫނު ނަޒަރަކުން ބަލަހައްޓައިގެން އިނީ ދާއިން ޝައުރާގެ އަތުގައި ހިފަހައްޓައިގެން އިން އަތަށެވެ. އޭނާގެ ހިތަށް ވަމުންދިޔަ އުނދަގޫތަކުގެ ސަބަބުން ކުރިމަތީގައި ހުރި ކޮފީތަށީގައި ހިފި އަތްވެސް ކުޑަކޮށް ތުރުތުރުލަމުން ދިޔައެވެ.
“ޝައު… އަހަރެންގެ ގާތު ބުނެވެސް ނުލަމެއްނު؟ އަހަރެމެންނަކީ ބެސްޓް ފްރެންޑުންނެއް ނޫންތަ؟ މަށަށް ސިއްރުން ތިވަރުގެ ކަމެއް ކުރިއިރުވެސް އަންގާނުލީމަ ދެރަވޭ،” ޒައިދާންގެ އަޑުން ފާޅުކަން ބޮޑު ގޮތެއްގައި ޝަކުވާއާއި ނުރުހުންތެރިކަން ފާޅުވިއެވެ. އޭނާ އިނީ ޖެލަސްވެފައެވެ.
“އެއީ… ހަމަ ކުއްލިއަކަށް ވީގޮތެއްވީމާ. އަދި ދާއިން ބޭނުންވީ މި ގުޅުން ކުޑަކޮށް ސިއްރުކޮށްލަން،” ޝައުރާ ދާއިންގެ މޫނަށް ބަލާލިއެވެ. ދާއިންގެ ލޮލުން ފެނުނު ހިތްވަރާއި އޯގާތެރިކަމުގެ ސަބަބުން ޝައުރާގެ ހީނަރުވަމުން ދިޔަ ހިތަށް ބޮޑު ސާބިތުކަމެއް ލިބުނެވެ.
އެރޭ ކޮފީ ނިންމާލާފައި ގެއަށް ދިޔަ މަގުމަތީގައި، ޒައިދާން އީލާއާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. އީލާ ދައްކަމުން ދިޔަ ކައިވެނީގެ ވާހަކަތަކަށް އޭނާއަށް ދެވުނީ ފަރުވާކުޑަ ޖަވާބުތަކެކެވެ. ޒައިދާންގެ މުޅި ސިކުނޑީގައި އެނބުރެމުންދިޔައީ ރެސްޓޯރެންޓް ތެރޭގައި ޝައުރާއާއި ދާއިން އެކަކު އަނެކަކަށް ބަލާލި ލޯބިވެތި ނަޒަރެވެ. އަމިއްލައަށް އެހެން ކުއްޖަކާ އިންނަން ތައްޔާރުވަމުންދާއިރުވެސް، ޝައުރާ އެހެން ފިރިހެނެއްގެ ހައްގަކަށް ވާން އުޅޭކަމުގެ ޚިޔާލުން ޒައިދާންގެ ހިތް މިހާ ބޮޑަށް ނުތަނަވަސްވަނީ ކީއްވެ ހެއްޔެވެ؟ އެއީ ހަމައެކަނި އެކުވެރިކަމުގެ ހަސަދައެއް ހެއްޔެވެ؟ ނުވަތަ އޭނާއަށްވެސް ނޭނގި ޝައުރާދެކެ ލޯބިވެވިފައި އޮތީ ހެއްޔެވެ؟
ނުނިމޭ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Mi part ves vrh furihama MA 💯
Yaageenun vehjehya Zaidhaan ah shaura dheke loabi vevifa eothy… Ekuveri kamuge hasadha eh nooney ma bunaany!
Hahaha 😭🤣 Waiting for the next part When’s next?
Lysm and Tc 😊🖤
Happy to know that you enjoyed this part aswell 🥰
Hahaha Let’s see dhw kihineh thw evanee 😉
Next part tomorrow stay tuned
Lym u also tc 🫀💌
Mi part ves vrh Reethi MA 💗
Zaidhaan jealous hahahahaha 😂🤣
Patiently waiting for the next part When’s next?
Lysm And Tc 💞
Happy to know that you enjoyed this part aswell 🥰
Yeah zaidhaan is jealous hahaha 😂😂
Next part tomorrow IA Stay tuned
Lym u also tc 🫀💌
This part vrh Reethi Mashaa Allah! 😍
I think Zaidhaan likes shaura ? 😅
Neygi shaura dheke loabi vevifa othy hen heevany!
When’s next part? Plss avahah up kodheeba pls
Ly tc ✨
Mi part vess vrh rythi MA 💕
First part vess vrh rythi….. Sorry first part ah comment eh koh nule vuneema😳….
Did zaidhaan fall in love with shaura 🤭
Lysm and tc siss 💗✨
Wow wow wow…Mi part vx Vrh Reethi✨
Brilliant! Hama 1st place 🥇 dheyn vee eyy competition throw kohllaafa..Hehe, jk to you…
You’re My Fav Author 💗😍…Xaidhern What the hall he gonna do??? I hate that bastard Is he gonna make her life as jail that She couldn’t be with anyone other than him… Marriage license ah kuriyah ohvvaa same roof Akah Gurll ah gennan ulhenee pis pis wallah.!
Anyways, When’s next?✨
Keep it up!!!💗✨
You’re so Talented MA…✨💗 & Ly..💗 Tc