Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހަގީގަތަކީ ކޮބައިހޭ؟…34

Mysterious Woman Level 310 Stories100 Comments
July 18, 2026 5 Mins Read
0 Comments

އެންމެންގެ މެދަށް ހިމޭންކަމެއް ވެރިވިއެވެ. އެކަކު ވެސް އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ގަސްދެއްނުކުރިއެވެ. އެންމެން ވެސް ގަބޫލުކުރާ އެއްކަމެއްވެއެވެ. އެއީ ވޭތުވެދިޔަ ތަނެއް އަނބުރާ އިޔާދައެއްނުކުރެވޭނެއެވެ. ގެއްލުނު ވަގުތެއް އަނބުރާ ނުގެނޭވޭނޭ ބުނާ ފަދައިން ގެއްލުނު ދުވަސްތަކެއް އެ ވަގުތުތަކެއް ހޯދުމަކީ ނާދިރުކަމެވެ. ނަމަވެސް އޮތީ ގަދައަޅާ މަސައްކަތްކުރުމެވެ. މެހެކާއި ޝަދާން ވެސް މިކަން ދަންނާނެކަން ގައިމެވެ.

“ފައިނާ….އަހަރެން ކިހިނެއް ހަދަންވީ އަހަންނަށް ވެސް ކަންތައް ކުރެވުނު ގޮތުން ތި އެންމެންގެ ކިބައިން މައާފަށް އެދެން؟…” މެހެކު ބޭނުންވީ ފައިނާގެ ބަހެކެވެ. އެއީ ޝަދާންގެ އެއް ލޭ ހިނގާ އޭނާގެ ކޮއްކޮވިއްޔާއެވެ.

އެންމެން މެހެކަށް ބަލާލިއެވެ. ހުދު ޝަދާން ވެސް މެއެވެ. “އޯހް…..މެހެކު….އަހަރެންގެ މައާފު ބޭނުމިއްޔާ ކުޑޭއާއި މެރީ ކުރަން ރެޑީވޭ އަންނަ ހޮނިހިރުގައި…..” ފައިނާ މިހެން ބުނެ ކައިރީ އިން ރާކިންގެ އަތުގައި ހިފާ ޝަދާން ނޫން އެހެން އެންމެން ގޮވައިގެން އެތަނުން ފިލައިފިއެވެ. މެހެކުގެ ސިކުނޑި ސުމަކަށް ދުއްވާލާފައެވެ. “އެބުނީ ކީކޭ؟….” މެހެކަށް ކުރެވުނީ މޮޔަ ސުވާލެކެވެ. “އެބުނީ މާދަން ނޫން އަނެއް ދުވަހު މެހެކު ވާނީ މަގޭ އަންހެނުންނަށޭ….” ޝަދާން މެހެކަށް ބަލާލަމުން ބުނެލިއެވެ.

މެހެކަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. “އާހް….ސޯ ފާސްޓު….” ހާމަ އުޑަށް ބަލާލަމުން މެހެކު މަޑުމަޑުން ބުނެލިއެވެ. “ދާން….އައި އެމް ސޮރީ…” ޝަދާންއަށް ބަލާލަމުން މެހެކު ބުނެލިއެވެ. އެއާއިއެކު ދެމީހުންގެ މެދަށް ހަމަހިމޭންކަމެއް ވެރިވިއެވެ. “މިކަމަށް ތައްޔާރުތަ؟…” ޝަދާން މެހެކުގެ މޫނަށް ފުން ނަޒަރެއްދިނެވެ. ދެ މީހުންގެ ލޮލާ ލޯ ސީދާވީ ހިނދު ހާމަ އުޑުގައި އިން ހަނދު ވެސް ނިވާވެލިއެވެ. އުޑުމަތި ބައްދާލީ ކަޅު ބޯ ވިލާތަކުންނެވެ. އެގޮތުގައި ދެ މީހުން ބަލަން ތިއްބާ އޮއްސާލީ ވާރޭއެވެ. ހީވާގޮތުގައި ދެ މީހުންގެ ވެސް ވަގުތުކޮޅަށް އިތުރު ތާޒާކަމާއި އާރޯ ކަމެއް ލިއްބައިދެނީއެވެ.

ބެލްކަންމަކީ ހިޔާކޮށްފައިވާ ތަނަކަށްނުވާތީ އިސާހިތަކު ދެ މީހުން ވެސް ވާރޭގެ ޝިކާރައަކަށްވިއެވެ. މެހެކު އުޅުނީ ހިޔާވުމަށް ޓަކައި އެތެރެއަށް ވަންނާށެވެ. ނަމަވެސް މެހެކުގެ އެ ބޭނުމަށް ހުރަސްއެޅީ ޝަދާނެވެ. މިކަހަލަ ޖަޒުބާތީ ވަގުތުކޮޅެއް ދުއްވާލަން ބޭނުންވާނީ ކާކު ހެއްޔެވެ؟

ޝަދާން މެހެކާއި އޮތް ދުރުމިން ގާތްކޮށްލިއެވެ. މެހެކަށް އިސްޖަހާލެވުނީ ޝަދާންގެ ބެލުމުގައި މަސްތީގޮތެއް ހުރުމުން ލަދުވެތިކަމެއް އިހުސާސުކުރެވުނީމައެވެ. “ކީއްވެ ޖަވާބެއްނުދީ ދަނީ؟…” ޝަދާން ކޮށްލީ ކުރިން ކުރި ސުވާލުގެ ޖަވާބު މެހެކުގެ ފަރާތުން ނުލިބުނީމައެވެ. “ކޮން މާނައެއްގައި މިކަމަށް ތައްޔާރުހޭ ތި ބުނީ؟….އަހަރުމެންގެ ކައިވެނިތަ؟ ނޫނީ…..” މެހެކު އިރުކޮޅަކަށް މަޑުޖެހިލިއެވެ. ކޮންމެހެން ޝަދާން ކުރި ސުވާލު ފަހުމުނުވާތީކީނޫނެވެ. އެހެނަސް ހުދު މެހެކަށް ވެސް އެއަށް ދޭނެ ވަކި ސީދާ ޖަވާބެއް ވިސްނުމަށް ވެސް ނައީތީއެވެ.

ޝަދާން މެހެކުގެ ދަތް ދޮޅީގައި ހިފާ އެނާގެ މޫނާ ސީދާކޮށްލިއެވެ. އެއާއިއެކު ދެ ހިތުގެ ވިންދު އަވަސްވިއެވެ. އެކެއް އަނެކެއްގެ ބީހިލުމަށް ފެންބޮވައިގަނެފިއެވެ. އިސްނަގާނެ މީހަކު ނުވި ހިނދު ދެ މީހުން ދުރަށް ޖެހުނީއެވެ. މެހެކު އިރުކޮޅަކު ހިތް ހަމައަކަށް އެޅިލުމަށް މަޑުޖެހިލިއެވެ. މީހާ ހަމައަކަށް އެޅުމުން އަވަހަށް ގޭތެރެއަށް ވަދެއްޖެއެވެ. ޝަދާން ފަސްދީ ދިޔަ މެހެކަށް އޭނާ މާނަފުން ނަޒަރެއް ދިނެވެ.

ބާގަންޑީ ކުލައާއި ރަން ކުލައިން ޒީނަތްތެރިކޮށްފައިވާ ބެކް ސްޓޭޖުގައި ޝަދާނާއި މެހެކު ހުއްޓިލައިގެން ތިބި އިރު ދެ ޖޯޑުގެ ފުރިހަމަކަމާއިމެދު ހައިރާންވާހާވެއެވެ. މެހެކުގެ ބޮޑު ވެޑިން ޑުރެސް ބިންމަތީގައި ފެތުރިލާފައި އޮތުމުން ހީވަނީ ފޮޅިފައިވާ ރީތި މަލެއްހެންނެވެ. މެހެކު ލައިގެން ހުރީ ވެސް ލޭހުން ޖަރީކޮށްފައިވާ ބާގަންޑީ ކުލައިގެ ބޮޑު ވެޑިން ޑުރެސްއެކެވެ. ބޮލުގައި ރީތި ތާޖެއް އޮތުމުން ހެދުމާއި ނިކަން ގުޅެއެވެ. އަދި އަތުގައި ބާގަންޑީ ކުލައިގެ ބުކޭއިން އިތުރަށް މެހެކުގެ ހިތްގައިމުކަން ހާމަވެއެވެ. ހަމައެއާއިއެކު ޝަދާން ލައިގެން ހުރީ ބާގަންޑީކުލައިގެ ކޯޓު ފަޓުލޫނެވެ. އެތެރެއިން ހުދު ކުލައިގެ ގަމީސްލާފައެވެ. އަރައިގެން ހުރީ ކަޅުކުލައިގެ އޮފީސް ބޫޓަކަށްށެވެ. އަންހެން ކުދިންގެ ކަތި ނަޒަރުތައް ޝަދާންއަށް ހުއްޓޭލެއް މަދެއްނޫނެވެ.

ޝަދާން ހުރީ މެހެކުގެ ހިމަހިމަ އުނަގަނޑުގައި ކަނާތުން ހިފަހައްޓައިގެންނެވެ. ހަމައެއާއިއެކު މެހެކުގެ ވައަތް ޝަދާންގެ މޭމަތީގައި ބާއްވާފައި ކަނާތް ޝަދާންގެ ކޮނޑުމަތިން ފަހަތުން ގެނެސް ބާއްވާފައި އޮތުމުން ދެ މީހުންގެ ވެސް ހަށިގަނޑު ވަނީ އެކަކު އަނެކަކުގެ ގައިގައި ޖެހި ފިތިފައެވެ. ދެ މީހުން ވެސް ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. ހީވަނީ އެވަގުތުކޮޅު އެ ދެ މީހުންގެ ރީތި ހިތްގައިމު ތަސްވީރެއް ކެމެރާގައި ރައްކާކުރަނީހެންނެވެ.

މުޅި މާލަމުން ފެންނަނީ ބާގަންޑީ ކުލަ އާއި ރަން ކުލައިގެ ތަފާތު ފަރުމާތަކުން ފަރުމާކޮށްފައިވާ ހެދުންތަކުގައި ޖަރީވެގެން ތިބި ތަނެވެ. ތަނުގެ ޒިނަތްތެރިކަމުން ވެސް މީހަކު އާޝޯހުވާނެއެވެ. މެހެކު ގަޔާވާނެފަދަ މާތަކުން މުޅި މާލަން ފަޅުފިލުވާލާފައިވެއެވެ. ޝަދާނަށްވުރެ ބޮޑަށް މެހެކު ހިތްހަމަޖައްސަން މަސައްކަތްކޮށްފައިވާކަން މާލަމަށް ބަލާލުމުން ވެސް އިނގެއެވެ. އާލިޔާ އިސްވެ ހުރެ ކޮށްފައިވާ މަސައްކަތް ވަރަށް ވެސް ފުރިހަމައެވެ.

މެހެކު ބަލާލީ ޝަދާނާއި އެ ދެ މީހުންގެ ކުރިމައްޗަށް އައިސް ހުއްޓުނު ޖޯޑަށްށެވެ. ނީރާގެ މޫނުން ލަދުވެތިކަމެއް ފައުޅުވިއެވެ. ޝަދާނަށް ބަލާލެވުނީ ނީރާ އާއި އެލްޒިންގެ ގުޅުވާލެވިފައިވާ އަތަށްށެވެ. އެއަށްފަހު ފާޑަކަށް ރަކިވެފައި ހުރި އެލްޒިނަށް ޝަދާން ނިތްއެއްލާލީ މިއީ ކޮން ކަމެއްހޭ އަހާފަދައިންނެވެ.

“ކުޑޭ މެހެކު ވި އާރ އިން އަ ރިލޭޝަންޝިޕު…” ސުވާލު އުފެދިފައި ތިބި ޝަދާނާއި މެހެކުގެ ސުވާލަށް ޖަވާބުދިނީ ނީރާއެވެ. އެއާއިއެކު ދެ މީހުން ވެސް ހައިރާންކަމުގެ ނަޒަރެއް ދިނެވެ. އިރުކޮޅަކު އެގޮތުގައި ތިބުމަށްފަހު މެހެކު އުފަލުން ނީރާ ގައިގައި ބައްދާލިއެވެ. “އަޅޭ ނުވެސް ބުނޭ…..” މެހެކު ބުނެލިއެވެ. “ނުބުނީ ވެސް މެހެކުގެ ތި ރިއޭކްޝަން ބަލަންވެގެން…..ކިހިނެއް ވަނީ ސަޕްރައިޒު؟….” ނީރާ އުފަލުން ބުނެލިއެވެ. “ވަރަށް ވަރަށް އުފާވެއްޖެ…” މެހެކު ބުނެލީ ނީރާ ގައިގައި އަނެއްކާ ވެސް ބައްދާލުމަށްފަހުއެވެ.

“ބްރޯ..ކަލޭ މަށަށް މަރުޚަބާ ވެސް ނުކިޔާނަން ތަ؟….” އެ ހުރިހާއިރު އެއްޗެއް ނުބުނެ ހުރި ޝަދާނަށް އެލްޒިން ބުނެލިއެވެ. “މަ ކީކޭ ބުނާނީ…..މަގޭ ބެސްޓީ މަގޭ ކޮއްކޮއަކާއި ރައްޓެހިވީ އިރު ވެސް އަންގައި ވެސްނުލާ……” ޝަދާން ރުޅި އަންނަ ކަމަށް ހެދުނެވެ. “އޭ ބުރޯ ސޮރީއޭ…..މި ނީރާއޭ ބުނީ އެހަށް ތި ދެ މީހުންނަށް ވެސް ނާންގަން….” އެލްޒިން އަވަސްއަވަހަށް ބުނެލިއެވެ. “ތެދެއް ކުޑޭ….ނީ ބުނީ އެހަށް ނުބުނަން..” ނީރާ އެލްޒިންގެ ދިފާއުގައި އަވަސް އަވަހަށް ބުނެލިއެވެ.

“ސާބަހޭ….މަ ނޫޅެމޭ ކަލޭ ކާލާކަށް…..ހެއްހެއް…..އައި އެމް ހެޕީ ފޯރ ޔޫ ނީއްކޮ….” ޝަދާން އުފާވެރިކަމާއިއެކު ނީރާ އާއި އެލްޒިންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އެއާއިއެކު އެ ހަތަރު މީހުންގެ މެދަށް ވެރިވީ އުފާވެރިކަމެވެ.

މި މަންޒަރު ބަލަން އާލިޔާ އިނީ ފެންކަޅިވެފައެވެ. އެތައް ދުވަސްތަކަކަށްފަހު އުފާވެރިކަމެއް އާއިލާއަށް ލިބުމުން އޭނާ އިނީ ވަރަށް އުފަލުންނެވެ. މިފަދަ ދުވަސްތަކުގައި ޝިމާލުމަތިން އޭނާ ވަރަށް ހަނދާންވެއެވެ. އޭނާ ވެސް އެއް އިރެއްގައި މެހެކު މިއަދު އެ ހުރި މަޤާމުގައި ހުއްޓެވެ. އެއީ ޝިމާލު އާއި އޭނާގެ އަލަތު ކައިވެނި ދުވަހެވެ. އޭނާ މިއަދު އުފާވަނީ ފުރާނަ ފަދައިން ލޯބިވާ ދެ މާމަ ދަރިންނަށް ރަނގަޅު މުސްތަޤުބަލެއް ބިނާކުރެވޭތީއެވެ. އެ ދެ މީހުންނަށް ވެސް ބޭނުންވަނީ އެކަކު އަނެކަކެވެ. ޝަދާނާއި މެހެކުގެ ވެސް ފަރުވާއަކީ ހުދު އެ ދެ މީހުންކަން އާލިޔާއަށް އިނގެއެވެ. އެގޮތުން ޝިމާލު ވެސް ބޭނުންވިފަދައިން މީގެ ގަޑި އިރެއްކުރިން ޝަދާނާއި މެހެކުގެ ކައިވެނި ކުރެވުނީއެވެ.

މެހެކު ބަލާލީ ދުރުގައި ތިބި އާއިލާގެ މީހުންގެ މޫނަށްށެވެ. މިއަދު އެ އެންމެންގެ މޫނުތަކުން ހިނިތުންވުން ނޫން ކުލަވަރެއް ނުފެނެއެވެ. މެހެކަށް އިހުސާސުކުރެވުނީ އޭނާ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމެވެ. އެހެނީ ޝަދާނާއި ކައިވެނި ކުރުމަކުން ގޯހެއް ނެތެވެ. ކޮންމެ ވެސް ދުވަހަކުން ދިރިއުޅުމެއް ވެސް ފައްޓަންޖެހޭނެއެވެ. އޭނާގެ ހިތް އެދޭ ބައިވެރިޔާ އާއި ކައިވެނި ކުރެވުމުން މިއަދު އޭނާ ވާންވީ އުފަލެވެ. ބޭކާރު ވިސްނުންތަކުން ދުރު މީހާ ތާޒާ ވާންވީއެވެ. ނަމަވެސް ސުވާލަކީ އޭނާއަށް އެކަން ކުރެވޭނެ ހެއްޔެވެ؟

މެހެކު ޝަދާންގެ މޫނަށް ބަލާލިއެވެ. އެއީ އޭނާގެ ހިތުގެ ރާޖާއެވެ. އޭނާގެ ހައްގަކަށް މިއަދު އެވަނީ ވެފައެވެ. ފަސް އަހަރު ފަހުން ވިޔަސް ގުޅެން ހުރި ދެ އަކުރެއް ގުޅޭނެކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ.

ޝެހެނާޒު ކައިރީ ހުރި މެހެކަށް ޝަދާންގެ ނަޒަރު ވަނީ ހުއްޓިފައެވެ. އޭނާއާއި ދިމާލަށް މެހެކު ބެލިކަން އޭނާއަށް އިނގެއެވެ. އެގޮތުގައި ހުރި ޝަދާންގެ ހަނދާނަށް އައީ އޭނާގެ ޅަފުރައިގެ ދުވަސްތަކެވެ. އަލަށް މެހެކާއި ރައްޓެހިވީ އުވަސްތަކެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތް މަޖާވެރި ދުވަސްތަކެކެވެ.

ޝަދާނުގެ މޫނުމަތީ ހުރި ހިނިތުންވުން ފުޅާވިއެވެ. މީގެ އެއް ރޭ ކުރިން އޭނާ މެހެކާއި ކުރިމަތިކުރުވި ސުވާލުގެ ޖަވާބު މިއަދު އޭނާއަށް ލިބިއްޖެއެވެ. މެހެކު ތައްޔާރުހޭ އޭނާ އެހީ ކައިވެންޏެއްގެ މަތީ ދެމިހުންނަން މެހެކު ތައްޔާރުހޭއެވެ. މެހެކުގެ ދުލުން ސީދާ އެ ސުވާލުގެ ޖަވާބު ނުލިބުނަސް މެހެކު އެކަން ސާބިތުކޮށްދީފިއެވެ. މެހެކު ތައްޔާރުނޫންނަމަ ޝަދާން އާއި ކައިވެނި ނުކުރީހެވެ.

ބެލްކަނީގައި ހުސްގަޔާއި ހުރި ޝަދާންގެ އަތުގައި ހޫނު ކޮފީ ތައްޓެއް ހުއްޓެވެ. “މިއޮތް ދަންވަރު ވެސް ކޮފީތަ ބޮނީ؟….” ޕިޖާމާގައި ބެލްކަންޏަށް ނިކުތް މެހެކު ބުނެލިއެވެ. “ކިހިނެއްވީ؟….މެހެކު ބުނެފިއްޔާ ކޮފީ ނުބޯނަން….” ޝަދާން މެހެކަށް ބަލާލިއެވެ. “ހައް……ވަރަށް ބުނާ ގޮތް ހަނދާނެ ވިއްޔާ…” މެހެކު ލޯއަޅާލިއެވެ. ޝަދާން އެއްމިޔަކަނުން ހީލައިގެން ހުއްޓެވެ.

މަޑުމަޑުން މެހެކު ވެސް އައިސް ޝަދާންގެ ގާތުގައި މަޑުކޮށްލިއެވެ. މެހެކު މަޑުމަޑުން ޝަދާންގެ އަތުގައި އަޅާފައި އޮތް އަނގޮށްޓީގައި ފިރުމާލިއެވެ. “މި އަނގޮށްޓީގެ ބޭނުމަކީ…ތިއީ މިހާރު އަހަރެންގެ ހައްގެކޭ…..” މެހެކު ޝަދާންގެ މޫނަށް އިސްއުފުލާ ބަލާލިއެވެ. މެހެކު އެ ބުނި ބަހުގެ މާނަ ޝަދާނަށް ވިސްނުނެވެ. އެއާއިއެކު އިވުނީ ފިރިހެންވަންތަ ލުއި ހީލުމެއްގެ އަޑެވެ.

“ހީވަނީ ކިހިނެއް؟…ހަމައެގޮތަށް މަށަށް ވެސް ބުނެވިދާނެ..މި އަނގޮށްޓީގެ ބޭނުމަކީ މިހާރު ތިއީ މަގޭ ހައްގެކޭ….” ޝަދާން މެހެކުގެ ވައަތުގައި އަޅާފައި އޮތް އަނގޮށްޓީގައި ބޮސްދެމުން މެހެކު ކުރިން ބުނި ބަސް ތަކުރާރުކޮށްލިއެވެ.

ޝަދާންގެ ބޮސްދިނުންތައް އިތުރުވަމުންދިޔައެވެ. މެހެކުގެ އަތުން ފެށިގެން ގޮސް ކަރާއި ހަމައަށްށެވެ. މެހެކު ހުރީ ލޯ މަރައިގެންނެވެ. ޝަދާންގެ ތުންފަތް އެއްމިޔަކަނަށް ދެމީލީ މެހެކުގެ އެ އިޝާރާތަކީ އޭނާއަށް ލިބުނު ފެހި ސިގުނަލެއްކަން އޭނާޣެ ސިކުނޑި ވިސްނައި ދިނުމުންނެވެ.

ކުއްލިއަކަށް މެހެކު ލޯ ހުޅުވާލިއެވެ. އަދި ޝަދާނަށް ފުރަގަސްދިނެވެ. ވީނުވީއެއް ނޭނގި މެހެކު އެހެން ހެދުމުން ޝަދާންގެ ނިތަށް ކުދި ރޫތަކެއް އަރައިގެންދިޔައެވެ. “ކިހިނެއްވީ؟….” ސުވާލު އުފެދިފައިހުރެ ޝަދާން އަހާލިއެވެ. “ދާން….ވވަގުތު ބޭނުން…..ސޮރީ…” މެހެކު ޝަދާން ފަސްދީ ގޮސް ކޮތަރިއަށްވަނެވެ.

ޝަދާނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އޭނާއަށް މާ އަވަސްއަރުވާލެވެން އުޅެވުނީއެވެ. މެހެކަށް ޙަލަތުގެ ގޮތުން ވަގުތު ބޭނުންވާނެކަން އޭނާ ވެސް ހަނދާންނެތުނީއެވެ. ޝަދާނަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. އިރުކޮޅަކު ބެލްކަނީގައި ހުރުމަށްފަހު ޝަދާން ވެސް ކޮޓަރިއަށްވަނެވެ. އެއިރު މެހެކު އޮތީ ކިންގު ސައިޒު އެނދުގައި އަރާމުކޮށް ނިދާފައެވެ. ޝަދާން ގޮސް މެހެކުގެ ނިތަށް ބޮސްދިނުމަށްފަހު ނިދާ ބޮކީގެ އަލި ފަނޑުކޮށްލުމަށްފަހު އޭނާ ވެސް އެނދަށް އަރާ އޮށޯވެ ލޯމަރާލިއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ފޭދޭ ކުލަތައް-2

Next

މި ލޯތްބާއި ތި ވަޢުދު (21)

Next
July 18, 2026

މި ލޯތްބާއި ތި ވަޢުދު (21)

Previews
July 18, 2026

ފޭދޭ ކުލަތައް-2



All Right Reserved!