Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކިޔުންތެރިންގެ ސަމާލުކަމަށް!

Anya Level 310 Stories100 Login
March 24, 2026 One Min Read
1 Comment

އެންމެ ފުރަތަމަވެސް، ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އަޅުގަނޑަށް ވާހަކަ އަޕްލޯޑް ކުރެވިފައި ނުވާތީ ކިޔުންތެރިންގެ އަރިހުން އިންތިހާއަށް މަޢާފަށް އެދެމެވެ.  މިހެން ކަންތައް މި ދިމާވީ އަޅުގަނޑުގެ ސިއްހީ ހާލަތު މިދިޔަ މަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ދިޔުމުންނެވެ.

ކުރިންވެސް އަޅުގަނޑު ބުނެފައިވާ ފަދައިން މި ވާހަކައަކީ މިހާރުވެސް އެހެން ޕްލެޓްފޯމެއްގައި އެއްކޮށް ޝާއިއުކޮށް ނިންމާފައިވާ ވާހަކައެއްކަމުން އެ ޕްލެޓްފޯމު މެދުވެރިކޮށް ކިޔުންތެރިންނަށް ވާހަކަ ކިޔާލެވެނޭތީއާއެކު، މިވަގުތު އަޅުގަނޑު ނެތް ހިތްވަރެއް ލަމުން މިދަނީ މިހާރު އަޅުގަނޑު އަދަދު ނޫހަށް ލިޔަމުންދާ ވާހަކައިގެ މަސައްކަތް ނިންމައިލުމަށެވެ. އެއީ ބަލީގެ ކަންތައް ދިގުލައިގެންގޮސް ދެ ވާހަކައިގެ މަސައްކަތް ކުރާވަރަށްވުރެ ސިކުނޑި ވަރުބަލިވެފައި ވާތީ އެވެ.   ނަމަވެސް އެ ވާހަކައިގެ މަސައްކަތައް އަދި ބާކީ މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބަލައި، އަޅުގަނޑަށް ދެން މި ސައިޓުގައި “ހިތް އެދޭހާ ކަމެއް” ކުރިއަށް ގެންދެވޭނީ އޭޕްރިލް މަހުގެ ފަހުކޮޅުން ފަށައިގެންކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

މި ދެންނެވި މުއްދަތު މާ ދިގުކަމަށް އިހުސާސް ކުރެވޭނަމަ ކިޔުންތެރިން ކުރީގެ ޕްލެޓްފޯމް މެދުވެރިކޮށް ވާހަކަ ކިޔައިލުމަކީ ހަމަ އެންމެ ރަނގަޅު ގޮތެކެވެ. ލިޔުމުގައި ހުރި ބައެއް ކުށްތަކާއި ޑައިލޮގުތައް އިސްލާހު ކުރުން ފިޔަވައި މާބޮޑު ބަދަލެއް އެސްފިޔައަށް ވާހަކަ އަޕްލޯޑް ކުރުމުގައި ނުގެނެވޭނެ އެވެ. ވާހަކައިގެ ހުރިހާ އެޕިސޯޑެއްގެ ލިންކުތައްް އަޅުގަނޑުގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް (@ވާހަކައިން.) ގައި ފެންނަން ހުންނާނެ އެވެ. އަދި ގޫގުލް/ސަފާރީ ގައި “ވާހަކައިން.ކޮމް” ސަރޗް ކޮށްލުމުން އަޅުގަނޑުގެ ހުރިހާ ވާހަކައަކަށް އެކްސެސް ވެވޭނެ އެވެ.

އަދިވެސް އެއްފަހަރު ކިޔުންތެރިންގެ އަރިހުން އިންތިހާއަށް މަޢާފަށް އެދެމެވެ. އަޅުގަނޑުގެ ވާހަކަތައް ކިޔައިލުމަށްފަހު ފީޑްބެކެއް ފޮނުވާލައި، ރައްޓެހިންނާ ހިއްސާކޮށްލުމަކީ ވަރަށް ބޮޑު އެދުމެކެވެ.

 

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 19

Next

އިންސާފު – ފުރަތަމަ ބައި

Next
March 25, 2026

އިންސާފު – ފުރަތަމަ ބައި

Previews
March 24, 2026

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 19

One Comment

  1. someome._.69 says:
    March 25, 2026 at 1:18 am

    story idea
    iruge rundhoadhithakun dhuniye alivegin dhiya iru k manadhoo ge thundigai rundhoadhi thakun alive dhiyairu someone 69 inee udhoaleega eve.

Comments are closed.



All Right Reserved!