ކިޔުންތެރިންގެ ސަމާލުކަމަށް!
އެންމެ ފުރަތަމަވެސް، ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އަޅުގަނޑަށް ވާހަކަ އަޕްލޯޑް ކުރެވިފައި ނުވާތީ ކިޔުންތެރިންގެ އަރިހުން އިންތިހާއަށް މަޢާފަށް އެދެމެވެ. މިހެން ކަންތައް މި ދިމާވީ އަޅުގަނޑުގެ ސިއްހީ ހާލަތު މިދިޔަ މަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ދިޔުމުންނެވެ.
ކުރިންވެސް އަޅުގަނޑު ބުނެފައިވާ ފަދައިން މި ވާހަކައަކީ މިހާރުވެސް އެހެން ޕްލެޓްފޯމެއްގައި އެއްކޮށް ޝާއިއުކޮށް ނިންމާފައިވާ ވާހަކައެއްކަމުން އެ ޕްލެޓްފޯމު މެދުވެރިކޮށް ކިޔުންތެރިންނަށް ވާހަކަ ކިޔާލެވެނޭތީއާއެކު، މިވަގުތު އަޅުގަނޑު ނެތް ހިތްވަރެއް ލަމުން މިދަނީ މިހާރު އަޅުގަނޑު އަދަދު ނޫހަށް ލިޔަމުންދާ ވާހަކައިގެ މަސައްކަތް ނިންމައިލުމަށެވެ. އެއީ ބަލީގެ ކަންތައް ދިގުލައިގެންގޮސް ދެ ވާހަކައިގެ މަސައްކަތް ކުރާވަރަށްވުރެ ސިކުނޑި ވަރުބަލިވެފައި ވާތީ އެވެ. ނަމަވެސް އެ ވާހަކައިގެ މަސައްކަތައް އަދި ބާކީ މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބަލައި، އަޅުގަނޑަށް ދެން މި ސައިޓުގައި “ހިތް އެދޭހާ ކަމެއް” ކުރިއަށް ގެންދެވޭނީ އޭޕްރިލް މަހުގެ ފަހުކޮޅުން ފަށައިގެންކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
މި ދެންނެވި މުއްދަތު މާ ދިގުކަމަށް އިހުސާސް ކުރެވޭނަމަ ކިޔުންތެރިން ކުރީގެ ޕްލެޓްފޯމް މެދުވެރިކޮށް ވާހަކަ ކިޔައިލުމަކީ ހަމަ އެންމެ ރަނގަޅު ގޮތެކެވެ. ލިޔުމުގައި ހުރި ބައެއް ކުށްތަކާއި ޑައިލޮގުތައް އިސްލާހު ކުރުން ފިޔަވައި މާބޮޑު ބަދަލެއް އެސްފިޔައަށް ވާހަކަ އަޕްލޯޑް ކުރުމުގައި ނުގެނެވޭނެ އެވެ. ވާހަކައިގެ ހުރިހާ އެޕިސޯޑެއްގެ ލިންކުތައްް އަޅުގަނޑުގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް (@ވާހަކައިން.) ގައި ފެންނަން ހުންނާނެ އެވެ. އަދި ގޫގުލް/ސަފާރީ ގައި “ވާހަކައިން.ކޮމް” ސަރޗް ކޮށްލުމުން އަޅުގަނޑުގެ ހުރިހާ ވާހަކައަކަށް އެކްސެސް ވެވޭނެ އެވެ.
އަދިވެސް އެއްފަހަރު ކިޔުންތެރިންގެ އަރިހުން އިންތިހާއަށް މަޢާފަށް އެދެމެވެ. އަޅުގަނޑުގެ ވާހަކަތައް ކިޔައިލުމަށްފަހު ފީޑްބެކެއް ފޮނުވާލައި، ރައްޓެހިންނާ ހިއްސާކޮށްލުމަކީ ވަރަށް ބޮޑު އެދުމެކެވެ.
One Comment
Comments are closed.



story idea
iruge rundhoadhithakun dhuniye alivegin dhiya iru k manadhoo ge thundigai rundhoadhi thakun alive dhiyairu someone 69 inee udhoaleega eve.