Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކައެހެނިހެންމަޖާލޯބި

ރައިން (2)

Anusha Mohamed Level 110 Stories100 Login
May 28, 2021 3 Mins Read
0 Comments

އުޑުމަތީގައި އެންމެ ހުދު ކަފަކޮޅެއްވެސް ނެތެވެ. އެހާމެ ރީތި ހިތްގައިމެވެ. މިއަދު އާލާގެ މަންމަ އައިސަ އައީ މަޖާ މޮޑޭނެހައި ސާމާނު ކީލި ޖަހައިގެންނެވެ. މަންމަ ކެރެޓު ކޮށަނީއެވެ. އަހަރެން، އަދިވެސް މި އިނީ ހޭލިގޮތަށް ސޯފާގައި ވާނުވާގައެވެ. ވާނީވެސް އެހެންތާއެވެ. ރޭގަ ހަމަ ނިދި ލިބުނީކީ ނޫނެވެ. އަނެއްކޮޅުން މަންމަ ދަތުރުދާ ވާހަކަ ދައްކައިގެން އެހާކުރިން ނަގައިފިއެވެ. “މަރީ.. އަދިވެސް ސަރާ މިއިނީ ހޭލިގޮތަކަށްނު.. ރެޑީވާކަށް ނޫޅޭތަ” އައިސަ ދުފާދަޅު އުނގަށް ލަމުން ޖޯލީގައި އިށީނެވެ. ” ކީކޭދޯ ބުނާނީ.. ރޭގަނޑު ހަތަރުދަމު އިންނަނީ އެ ގޭމެއް ކުޅެން ފޯނު އަތަށް ލައިގެން.. އެނޫންކަމެއް…” ދޮފައި ރަތްކޮށްގެން ޖޯލީގައި ކެރެޓް ކޮށަން އިން މަންމަ ގެ ވާހަކަ އަށް ހުރަސްއެޅީ އާލާ އައިސް ވާހަކައެއް ފެށުމުންނެވެ. ނަމަވެސް އާލާގެ ވާހަކަ ކުރިޔަށް ގެންދެވޭނެގޮތެއް ނެތެވެ. “އާން.. މި އައީ އަނެކަތި. މަރީ މަ ހަމަ އަޖައިބުވަން.. މި މީހުންނަށް ކޮން ފައިދާއެއްތަ ވަނީ މި ގޭމުން. ހީވަނީ..” މަންމަ އާއި އައިސައްތަ އެއްތަނަކު ތިބިއްޔާ އަބަދުވެސް ދައްކާނީ އާލާ އާއި އަހަރެންގެ ވާހަކައެވެ. ހެމުންހެމުން އާލާ އެތެރެއަށް ވަނީ ކޮންމެވެސް ނުލަފާ ވާހަކައެއް ފަށަންކަން ޔަޤީންވިއެވެ. ‘އިނގޭތަ..! އެއްކަލަ ޒަޔާން އަހަރެންގެ ސްނެޕް އައިޑީ އަތުލައިފި. އަހަރެން ވަރަށް ވާހަކަ ދެއްކިން އޭނަ އާ. ދެންމެވެސް މިއައީ ވާހަކަ ދައްކަން އިނދެފަ” އާލާ ފޮނިކަނޑަން ވަކި ވަގުތެއްނޯންނާއެވެ. “ހޫން. މަ މިދަނީ ޗޭންޖް ކޮއްލަން. އެބަ އަންނަން” އަހަރެން ކޮޓަރިއަށް ވަނީ ހެދުން ބަދަލުކޮށްލައި މޫދަށްދާން ތައްޔާރުވުމަށެވެ.

ހަސަނާއި ހުސެން ދޯނި ދިރުނބާކޮޅުގައި ސަކަރާތް ޖަހާތަން މާދުރުން ފެނެއެވެ. “ހާދަ ބަރޭ” އަހަރެންނާ ޖައްސާފަ މިއޮތީ ވާ ކަމެއްނުހެއްޔެވެ. ބަރޯ ދުއްވާލާނެ މީހެއްވެސް ހަމަ ނެތީއެވެ. އެ ބަރު ބަރޯގަނޑު ދުއްވަމުން ދޯންޏާ އަރައި ހަމަ ވިއިރު އަހަރެން ގައިގަ ކުރާނެކަމެއްނެތެވެ. “އަނހަ.. ސަރާމެން ގަދައޭދޯ.. ބޮޑު ބަރޮލެއްގެ އެއްޗެހި ހިފައިގެން ވިއްޔަ އެއައީ” ކާސިމްބެ ވާގަނޑު މޮހާލަމުން ބުންޏެވެ. އާންއެކެވެ. މަންމަ ގޮވައިގެން ތަނަކަށް އެންމެ ބައިގަޑިއިރަށް ދިޔަޔަސް ހާސް މީހުންނަށް ކާންގެންދާނެއެވެ. އެހެންނޫނީ ތަނަކަށް ދެވޭކަމަކަށްވެސް ނުވާނެއެވެ.

ދޯނި އަޅައިފިއެވެ. ވިލުގައި އެންމެ ކުނިކޮޅެއްވެސް ނެތެވެ. އެހައި ސާފެވެ. މޫދުއަޑިގައިވާ މުރަކަތަކުގެ ޗާލުކަން ދޯނިމަތިން ވެސް ފެނެއެވެ. އެންމެ ރާޅެއްވެސް ނެތްތާކު ހީވަނީ ތަރުފާލު އަޅައިފައި އޮތް ހެންނެވެ. މޫދަށް ފުންމައި ސަކަރާތުގައި ދުވަސް އެއްކޮށް ހޭދަކުރިއިރު ރައިން މަތިން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. ރަށަށް ލެފިއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ.

“މަންމާ! ވައިފައި ކެނޑިފައެއްނު މިހިރީ. ކިހިނެއްވީ އެ” އަހަރެން ފެނަވަރައިގެން ނިކުމެ ފޯނު ހުޅުވިއިރު ވައިފައިއެއް ނުލިބެއެވެ. “ކަނޑާލީ ކަންނޭގެ. މިފަހަރު މުސާރަވެސް ވަރަށް ލަހުންނޯ ލިބޭނީ. އަނެއްކާ ދަރަނިތަށް ދައްކާފަ ނީންނާނެ އަތަކު އެއްޗެއް. ހިޔެއްނުވޭ ވައިފައި ދެއްކޭނެ ހެނެއް..” މަންމަގެ އެ ވާހަކަ ތަކަކީ އަހަރެން އެންމެ އަޑުއަހާ ހިތް ނުވި ވާހަކަތަކެވެ. ވާނީވެސް އެހެންތާއެވެ. ވައިފައި އާއި ނުލާ އެންމެ މިނެޓެއްވެސް އުޅޭކަށެއް ބޭނުމެއް ނޫނެވެ. ގޭމުވެސް ނުކުޅެވުނީތާއެވެ.

ދުވަސްތައް ވޭތުވަނީއެވެ. ހޮނިހިރު ދުވަސް ކަމުން މިއަދުވެސް މަންމައާއި އެކީ އަހަރެން ދިޔައީ ގޮނޑުދޮށަށް ލޮނު ވެލި ބަލައެވެ. ގަޑި ދެގަޑިއިރު ވަންދެން ވެލި ނެގުމުގައި އުޅެފައި ގެޔަށް އާދެވުނު އިރު ހުރީ މެންދުރު 12 ޖަހައި ބޮޑު ވެފައެވެ. ކޮޓަރިއަށް ވަނީ ބައްޕަގެ ޙާލު ބަލައިލުމަށެވެ. އެއީ އަހަރެންގެ އަބަދުގެ އާދައެކެވެ. ބޭރުންއަންނަ ކޮންމެ ފަހަރަކާ ބައްޕަ އަށް ގޮވާލާ ހެއްވާލުމުން ނޫނީ އަހަރެން ހިތްހަމައެއް ނުޖެހެއެވެ.

އާއެކެވެ. އަހަރެންގެ ބައްޕައަކީ އެތަށް ފަހަރެންގެ މަތިން ސްޓްރޯކް ޖެހިފަ ހުރި ބަލި މީހެކެވެ.  އަހަންނާ އެއްބަނޑު އެއްބަފާ އެންމެ ބޮޑު ބޭބެ ނިޔާވި  ދުވަހަކީ ބައްޕަ އިތުރަށް ބަލިވާން ފެށި ދުވަސްކަމުގައި ވެގެންދިޔަކަން އެންމެންނަށްވެސް ފާހަގަ ކުރެވެން ފެށިއެވެ. އެގޮތުން ހަށިގަނޑުގެ ވާތްފަޅި ޕެރަލައިޒް ވެ ހިނގުން ހުއްޓުނެވެ. އެހެނެއްކަމަކު އަހަރެމެން އުންމީދު ކަނޑައެއްނުލަމެވެ. ދިވެހި ބޭސް ހަދައި، ލޮނުވެލި މޮޑެ ކޮންމެވެސް ވަރަކަށް އަތުގެ ހަރަކާތްތަށް ކުރުވަމުއެވެ.

ނަމަވެސް މިއަދު އަހަރެން ބައްޕަގެ ކޮޓަރިއަށް ވަތް އިރު އެނދުމަތީ ބައްޕަ އޮތީ ދެފައި ފާރަށް ނަގައިގެންނެވެ. ވާނގިނެތް ބަލި މީހެއް ކުއްލިޔަކަށް މިހެން އޮތްތަންފެނުމުން ކޮންމެ މީހެއްވެސް ބިރުގަންނާނެނޫން ހެއްޔެވެ. އަހަރެން މަންމަ އަށް ގޮވީމެވެ. ބޭބެ އަށް ގުޅައި ދައްތަ އަށް ގުޅައިފީމެވެ. އެމްބިއުލެންސް ގައި ބައްޕަ ހޮސްޕިޓަލަށް ގެންދިޔައިރު ބައްޕަ ދެކޮޅަށް ތެޅިލަތެޅިލާ އޮތެވެ. އަހަރެން ޚިޔާލަށް އައީ ބޭބެ އަށް މިހެން ވީ ދުވަހެވެ. ބޭބެ ނިޔާވީ ތެދަށް އޮވެ ހޮޑުލުމުގެ ސަބަބުން މެޔަށް ހޮޑުއެޅި ކޯމާ އަކަށް ގޮސް އިތުރަށް ޙާލު ދެރަވެގެންނެވެ. އަހަރެންނެއް އަހަރެންގެ ބައްޕައަށް އެހެން ވިޔަކަ ނުދޭނަމެވެ. ކުރެވެން އޮތް ހުރިހާކަމެއް ކުރަން އަހަރެން ހުރީ ތައްޔާރަށެވެ.

ހޮސްޕިޓަލަށް ބައްޕަ ގެންދެވުނުތަނާހެން އަހަރެން ބައްޕަ ކަނާތްފަރާތަށް ވާގޮތަށް ބޭއްވީމެވެ. އަދި ޑަކުޓަރުން ގެނެސް ބައްޕަގެ މެޑިކަލް ހިސްޓޮރީ އާއި އެއްޗެހި ތަކުރާރުކޮށް ކިޔައިދިނީމެވެ. އަދި ކަމެއް ގޯހެއް ނުވެޔޭ ބުނެ ޑޮކްޓަރުވެސް ވަގުތު ބޭކާރު ކުރިއެވެ. އަހަރެން އިރުކޯކޮޅަކާ ބައްޕައަށް ގޮވައިލަމެވެ. އަދި އެންމެ ފަހުފަހަރަށް އަހަންނަށް “ސަރާ” އޭ ކިޔާފައި ގޮވާލި ފަހުން އެއްވެސް ޙަރަކާތެއް ނުކުރެއެވެ. އަހަރެން ޑޮކްޓަރުންނަށް އާދޭސް ކުރީ ބައްޕަ ކުޅުދުއްފުށި ނޫނީ އުނގޫފާރަށް ގެންދެވޭނެގޮތް ހެދުމަށެވެ. ބައްޕަ އަކީ ހައި ރިސްކު މީހެއްކަމުން މާލެ ގެންދަން އެހައި ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް އެނޫންގޮތެއް މިފަހަރަކު ނެތެވެ. އެމަޖެންސީކޮށް އާސަންދައިގެ ދަށުން ބައްޕަ އާއި އެކު އަހަރެންނާއި ބޭބެ ދިޔައީ އިތުރު ފަރުވާއަށް ބައްޕަ ގޮވައިގެން މާލެދާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 29

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 6

Next
May 28, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 6

Previews
May 28, 2021

ނަފްރަތުން ވެވުނު ލޯބި 29



All Right Reserved!