އިންތިޒާރު-2 ވަނަބައި.
ކައިވެނީގެ ހަފްލާއަށް ނިމުމެއްއައީ ބާރަޖަހާ ބޮޑުވިފަހުންނެވެ. ދީނާގެ މައިންބަފައިންނާއި ސަލާމް ކޮށްލުމަށްފަހު އައިމަންއާއި ދީނާ، ކާރަށް އަރައި އައިމަންގެ ގެއަށް ދިޔުމަށްޓަކައި މިސްރާބުޖެހިއެވެ. ގަޑިން އެކެއްޖަހަނީއެވެ. އައިމަން އާއި ދީނާ އެކުގައިގޮސް ކޮޓަރިއަށް ވަނެވެ. ދީނާ ކިހިނެއްވެފަ މާފާޑަކާށް ތިއިންނަނީ؟ ލަދުންތަ؟ އައިމަން ދީނާ އާއި ކައިރިވެލަމުން ބުންޔެވެ. ދީނާ ހިތައް ވެރިވީ އިތުރު ހާސްކަމެކެވެ. ކަމެއްނުވޭ މާބޮޑަށް ވަރުބަލިފަ، އަދި ވަރަށްނިދިވެސް އާދޭ އެބަ. ލޯއުނގުޅާލަމުން ދީނާ ބުންޏެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. ދުވަހަށްފަހު، ހަފްތާއެއް، ހަފްތާއަކަށްފަހު މަހެއް މިހެން ގޮސް މިއަދަކީ ދީނާމެންގެ ކައިވެންޏަށް އަހަރެއްވީ ދުވަހެވެ. އެހެންކަމުން އައިމަން އޮފީސް ނިންމާލުމަށްފަހު ދީނާއަށް ގެންދާނެ ރަނގަޅު ހަދިޔާއެއް ހޯދުމަށް، ފިހާރަޔަށް ވަނެވެ. އައިމަން ބޭނުންވަނީ ދީނާ އުފާވާކަހަލަ ހަދިޔާއެއް ހޯދާށެވެ.
އިރުކޮޅެއްފަހެވެ. އައިމަން ގެޔަށް އައިސް އެންމެ ފުރަތަމަ ދީނާ ފެނޭތޯ ހޯދައިލިއެވެ. ގޭތެރެއިން ދީނާ ފެންނަން ނެތުމުން ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. އައިމަންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ދީމާ ފެންނާކަށް ނެތެވެ. ދީމާ ވީ ފާޚާނާގަކަމަށް ބަލާ ދީނާ އަށް ގެނައި ހަދިޔާ އެނދުމަތީ ބާއްވާފައި، ކުޑަކޮށް ޖައްސާލުމުގެ ބޭނުމުގައި އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެލި އެވެ. އަދި ދެންއޮތް ބާލީސް ކައިރިޔަށް ދަމާލުމަށް ފަހު ބާލީހުގައި ބައްދާލިއެވެ. އެވަގުތު އައިމަންގެ ލޮލުގައި އަޅައިގަތީ ބާލީސް ނެގިތަނުގައި އޮތް ކުޑަވަރެއްގެ ފޮތެކެވެ. އެނދުންތެދުވެގެންގޮސް ފާޚާނާގެ ދޮރުގައި މަޑުމަޑުން ހިފާލިއެވެ. ދޮރު ހުޅުވިއްޖެއެވެ. ދީނާއެއް ފާޚާނާއަކު ނެތެވެ. ދީނާ ގޭގައި ނެތީކަން އައިމަންނަށް އެނގުނެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު، އެނދުގައި ހަމަޖެހިލިއެވެ. އަދި ފޮތްނަގައިގެން ކިޔަންފެށިއެވެ. އެއީ ދީނާގެ މާޒީގެ ވާހަކަތައް ރައްކާކުރެވިފައިވާފޮތެކެވެ.
އެއީ މީގެ ހަތަރުއަހަރު ކުރިއެވެ. ދީނާގެ ސުކޫލް ދައުރުން ފެށިގެން އޭނާގެ އަލަތު ލޯބިވެރިޔާ ޔާނިޝް އާއި އެކު ހޭދަކުރި ދުވަސްތަކުގެ ވާހަކައެވެ. އަހަރެން ފަހު އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު އަހަރެންގެ ލޯބިވެރިޔާއާއި ކައިވެނި ކުރާނެ ދުވަހެއް ނިންމުމަށްޓަކައި ދެމީހުން ވާހަކަދެއްކިއެވެ. އެހިސާބުން އަހަންނަށް އިވިގެންދިޔައީ މީގެ ކުރިން ޚިޔާލަށްވެސް ގެނެވިފައިވާ ނުވާވާހަކައެކެވެ. ޔާނިޝް ބޭނުންވަނީ ދެމީހުންނަށް ވަކި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ފުރަތަމަ ހޯދުމެވެ. އެގޮތުން ޔާނިޝް ބޭނުންވަނީ ބޯޓްދަތުރުކުރަން ދާންށެވެ. މިވާހަކަވީ އަހަންނަށް އެއްބަސްވާން ވަރަށް އުނދަގޫ ވާހަކައަކަށެވެ. ނަމަވެސް އެހެންގޮތެއްނެތިގެން އެކަމާއި އެއްބަސްވީމެވެ. އަދި ދުވަހަކުވެސް ވަކިނުވުމަށް އެކަކު އަނެކަކަށް އެތައް ވަޢުދެއް ކުރުމަށްފަހު، އެދުވަހުގެ ބައްދަލުވުން ނިންމާލިއެވެ. އަހަރުމެން ދެމީހުންވެސްް ދުވަސްތައް ހޭދަކުރަމުން ދިޔައީ ވަރަށް އުފަލުގަ، ލޯތްބާއި އެކުއެވެ.
ޔާނިޝް ބޯޓްދަތުރުކުރަން ދިޔުމަށް ވާންޖެހޭ ތައްޔާރީތަށް ވާންފެށިއެވެ. ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. ޔާނިޝް ބޯޓްދަތުރުކުރަން ދިޔުމުގެ ކަންތައް ހަމަޖެހިގެން ދިޔައެވެ. ޔާނިޝް މާލެދާން ހަމަޖެހުމުން އަހަރެންގެ ގެއަށް އައިސް އަހަންނާ ބައްދަލުކުރިއެވެ. އަދި މާދަމާ މާލެ ދާން ފުރާ ވާހަކަ ބުނެ، އެތައް ވަޢުދެއްވިއެވެ. އަދި ޔާނިޝްއަށް އިންތިޒާރު ކުރުމަށާއި ދެރަނުވުމަށް އެދުނެވެ. ޔާނިޝްއަށް ހިތްހަމަޖެހުމާއި އެކު ދެވޭނީ ދީނާވެސް އުފަލުގަ ހުރުމުން ކަމަށްބުނެ ސަލާމް ކުރުމަށްފަހު ނުކުމެގެން ހިނގައްޖެއެވެ. ޔާނިޝް ފުރާތަނަށް އަހަރެން ދިޔާމެވެެ. އަދި ވަދާޢީ ސަލާމް ކުރުމަށްފަހު ޔާނިޝް މާލެދާ ލޯންޗް ފުރުމުން ގެޔާއި ދިމާއަށް ހިނގާގަތެވެ. އަހަރެން ވަރަށް ދެރަވެ ފެންކަޅިވެފައެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންގޮސް، މިއަދަކީ ޔާނިޝް ފުރިފަހުން ހަތްމަސްވީ ދުވަހެވެ. ޔާނިޝްގެ އެއްވެސް ޚަބަރެއްނުވެއެވެ. މިކަމާ އަހަރެން ހިތާމަކޮށް ރޮއެހަދައެވެ. އަހަރެންގެ ހާލު ދުވަހެއްދުވަހަކަށް ދިޔައީގޯސްވަމުންނެވެ. އަހަންނަށް ރަނގަޅަށް ކާއެއްޗެއް ނުކެވެއެވެ. ހަމަނިދި ނުނިދެއެވެ. އަހަރެންގެެ މިހާރުގެ އެކުވެރިޔަކީ ހިތާމައެވެ.އަބަދު ހުންނަނީ ދެރަވެ ފެންކަޅިވެފައެވެ.އަހަރެންގެ މަންމަ އަހަންނަށް ވަރަށް ނަސޭހަތްދެއެވެ. އަދި ހިތްވަރު ދެއެވެ. މިގޮތުގައި ދުވަސްތައް މާޒީއާއި އެކުވަމުންދެއެވެ. އަހަރެން މިހާރު އެއްގޮތަކަށްވެސް ބޭރަށް ނުކުމެއެއް ނޫޅެއެވެ. ބައްޕަ އަހަރެންގެ ކޮޓަރިއަށް ވަނެވެ. ދަރިފުޅާ ދީނާ. އަބަދު ހިތާމަނުކުރޭ. ބައެއްކަންތައްތައް ހުންނާނެ ވަކިހިސާބަކުން ދޫކޮށްލަންޖެހޭ ކަންތައްތައް. ހަސަންމަނިކު ދީނާއަށް ވިސްނާދިނުމުގެ ގޮތުން ވާހަކަދެއްކިއެވެ. ބައްޕައަށް ފެންނަނީ ދަރިފުޅު ވަޒީފާއަކަށްދާން. އަހަންނަށް އެކަމާއި މެދު ވިސްނާލެވުނެވެ. ވަޒީފާއަކަށް ދިޔުން އެއީ ރަނގަޅުކަމެއްކަމުގައި ވިސްނުނެވެ.
އެއްހަފްތާ ފަހެވެ. މިއަދަކީ އަހަރެން އޮފީހައް ނުކުތް ފުރަތަމަ ދުވަހެވެ. އޮފީހުގެ ހުރިހާއެންމެން އަހަންނަށް މަރުޚަބާ ކިޔެވެ. އެހުރިހާމީހުންނަކީވެސް އަހަރެން ދަންނަ ރައްޓެހިންނެވެ. މީ ވަޒީފާގެ ފުރަތަމަ ދުވަސްކަމުން އަހަރެންނަށް އިނދެވޭނީ ކުޑަކޮށް ހާސްވެފައެވެ.ނަމަވެސް ހުރިހާ އެއްމެންގެ އެހީތެރިކަން ލިބޭތީ އަހަންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މިދުވަހުގެ އޮފީސް ނިމުމުން ގެޔަށް ދިޔުމަށްޓަކައި ހިނގާގަތީމެވެ.
މިހާރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭ ކަމުގެ އިޙުސާސް ކުރެވެންފެށިއެވެ. އަހަރެންނަށް އޮފީހުން އެކުވެރިއެއްވެސް ލިބިއްޖެއެވެ. އެއީ ލަމްޚާއެވެ. އަހަރުމެން ދެމީހުންގެ އެކުވެރިކަން ދިޔައީ ދުވަހެއް ދުވަހަކަ ބަދަހި ވަމުންނެވެ. އަހަރެން ބައެއްއެއްޗެހި ގަނެލުމުގެ ބޭނުމުގައި ލަމްޚާ އާއި އެކު ފިހާރަކަށް ދިޔައީމެވެ. އަދި ގަންނަން ބޭނުންވާ ތަކެތި ގަނެ ނިންމާލުމަށްފަހު ދެމީހުން ދިޔައީ އަހަރެންގެ ގެއަށެވެ. ގެއަށް ވަދެވުނު އިރު އަހަރެންގެ މަންމަ އާއި ބައްޕަ އަދި ޔާނިޝްގެ ބައްޕަ ސިޓިންގރޫމް ގައިތިއްބެވެ. އަހަރެން ފެނުމުން މަންމަ ތެދުވެގެން އާސް ދަރިފުޅާ އޭ ގޮވާލުމަށް ފަހު އަހަރެންގެ ގައިގައި ބައްދާލިއެވެ. މަންމަ ހުރީ ރޮވިފައެވެ. އަހަރެން ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. މަންމަ ގާގައިބައްދާލުމަށް ފަހު ސުވާލު ކުރީމެވެ. ކިހިނެއްވީ މަންމާ؟ މަންމަ އަހަރެން ގޮވައިގެން ގޮސް ސޯފާގައި އިށިނެވެ. ވާހަކަ ދައްކަންފެށީ ޔާނިޝްގެ ބައްޕައެވެ. ދަރިފުޅާ ދީނާ ޔާނިޝް އުޅުންބޯޓް ކޮޅިގަނޑެއްގައި ޖެހި އަޑިއަށް ހިނގައްޖެ. ސަލާމަތް ވީ ދެ މީހުން. އެތަނުން އެކަކީ ދިވެއްސެއް. ޔާނިޝް އަށް ވެސް ވީގޮތެއް ނޭގެ އަދިވެސް ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދޭ އެބަ. އެޖެންސީން ބައްޕައަށް ގުޅައިފަ އެވާހަކަ ބުނާ އިރަށް މިއައީ މިގެޔަށް ދަރިފުޅަށް ޚަބަރުދޭން. ރޮމުން ޔާނިޝްގެ ބައްޕަ ވާހަކަދެއްކިއެވެ. އަހަރެންނަށް އަޑުން އަޑުނަގާ ރޯންފެށުނެވެ. މަންމައާއި ލަމްޚާ އަހަރެންގެ ދެފަރާތުން އަހަރެންގައިގާ ބައްދައިގެން ތިބެ ހިއްވަރު ކުރުމަށް ބުނަމުންދެއެވެ. ހިނގާ ކޮޓަރިއަށް އަރާމްކޮށްލަން. މިހެން ބުނަމުން މަންމަ އަހަރެން އަތުގަހިފާއިގެން ލަމްޚާ އާއި ދެމީހުން ކޮޓަރިއާއި ދިމާއަށް ހިނގާގަތެވެ. މަންމަ އަހަރެންނަށް ވަރަށް ނަސޭހަތް ދިނުމަށްފަހު ލަމްޚާ ކައިރީ މަޑުކޮށްލުމަށް ބުނެ. ނުކުމެގެން ހިނގައްޖެއެވެ.
ހަފްތާއެއް ފަހެވެ. އަހަންނަށް ބަދަލުތަކެއް އަންނަން ފަށިއެވެ. ހުރެވެނީ ދެރަވެފައެވެ.އަދި އަބަދުވެސް ހުރެވެނީ އެކަމުގެ ވިސްނުމުގައެވެ. އަހަރެން ހިތައް އަރައެވެ. އަހަރެން މިހާ ނަސީބުދެރައީ ކީއްވެގެންބާއެވެ. ހިތާމައަކަށް ފަހު ހިތާމައެކެވެ. އަހަރެން ވަރަށް ވިސްނުމަށްފަހު ދެން ދުވަހަކުވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅުމަށް ނިންމީމެވެ. އަހަރެންގެ ހިތުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ. މީހަކާ ލޯބީގެ ގޮތުން ގުޅުނަސް ހަމަޖެހިގެން އުޅެވޭނެ ކަމުގެ ޔަގީންކަމެއް އަހަންނަކަށް ނެތެވެ. އަހަރެންގެ ހިތުގައި ޔާނިޝް ވަނީ ބިންވަޅުނެގިފައެވެ. ޔާނިޝްގެ ހަނދާންތަކާ އަހަންނަށް ދުރަކަށް ނުދެވުނެވެ. ޔާނިޝް ކޮންމެވެސް ދުވަހަކުން އަހަރެން ކައިރިއަށް އަންނާނެ ކަމުގެ ޔަގީންކަން އޮވެއެވެ. އަހަރެންގެ ހިތް އެދެނީ ޔާނިޝްގެ ލޯތްބަށެވެ. އަހަރެން އަބަދުވެސް ހުންނަނީ ޔާނިޝްގެ އިންތިޒާރުގައެވެ. މިކަން އަހަރެންގެ މަންމަ މެނަށްވެސް އެނގެއެވެ. މަންމަ އަހަންނަށް ވިސްނާދެއެވެ. ޒަވާޖީ ޚަޔާތެއް ފެށުމުން ހުރިހާކަމެއް ރަނގަޅުވާނެ ކަމަށް ބުނެއެވެ. އަހަރެންގެ ހިތާމަ ތަކަށް ނިމުމެންގެންނަން މަންމަ އާއި ލަމްޚާ ވެސް ވަރަށް މަސައްކަތްކުރެއެވެ. އަދި ވަރަށް ހިތްވަރު ދެއެވެ.
**********
ނުނިމޭ

