މާހީ” ގޭގެ މައި ދޮޮރުން ވަދެގެން އައި ޒުވާނާ ފެނުމާއެކު ރިޒްނާ ގޮވައިލިއެވެ.

ސޯފާގައި އިން ޖަޒްލާގެ ނަޒަރު ދޮރާއި ދިމާލަށް އަމާޒު ވިއެވެ. ފެނުނު ރީތި ސޫރައަށް ގެއްލިފައި ޖަޒްލާއަށް ހުރެވުނެވެ. ދުނިޔެ މަތީގައި މިހާ ރީތި އެހެން ފިރެހެނަކު އުޅޭނެ ބާއޭ އަމިއްލަ ހިތާއި ސުވާލް ކޮށްލެވުނެވެ. އޭނާ ފިރެހެނުން ދެކެ ވާ ފޫހި ވެސް އެވަގުތު އޭނާގެ ހިތުން ފިލާފައި ވާ ފަދައެވެ.
“ޔެސް މަމް”
މާހިލްގެ އަޑު ކަންފަތުގައި ޖެހުމާއެކު ޖަޒްލާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަޑު ވެސް ހާދަ ރީއްޗެވެ.
މާހިލް ގެ މޫނު މަތީގައިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. “އިމް ކިހިނެއް؟ ދިގު ދަތުރެއެއް ކޮށްފަ އައިމަ ވަރަށް ވަރުބަލި ވެފަ ދޯ!”
ރިޒްނާގެ ނަޒަރު ދެން ހުއްޓުނީ މާހިލް ގެ ކައިރީ ހުރި އޭނާގެ އަނބިމީހާ އިމްޝާ އަށެވެ.
ޖަޒްލާ އަށް މާހިލް ގެ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނުނީ ވެސް އެވަގުތު އެވެ. މާހިލް އިމްޝާގެ އަތުގައި ހިފާލައިގެން ހުރި ގޮތުން އެދެމެދުގައި އޮތީ ކޮން ގުޅުމެއް ކަން ދެނެގަންނާކަށް ޖަޒްލާ އަކަށް އުނދަގުލެއް ނުވިއެވެ. އޭނާގެ ހިތުގައި ރިއްސާލީ މާހިލް އަކީ މީހެއްގެ ހައްގެއް ކަން އިނގުމުންނެވެ.
“މަންމަ މިހާރު މާމަ އަކަށް ވަނީ ދޯ! ”
އިމްޝާގެ އަތުގައި ހިފައިގެން ގޮސް ސޯފާ ގައި ބަހައްޓަމުން ރިޒްނާ ވާހަކަ ދެއްކިއެވެ. އިމްޝާ އިސް ޖަހާލުމާއެކު ލަދުގެންފައި ހުރެ ހީލީއެވެ.
“ދެކުދިން ދެން ދޭ ތާޒާ ވެލައިގެން ކާން އަންނަން.”
މާހިލް ހިނގައިގަތީ ސިޑިން އެރުމަށެވެ. މާހިލްގެ ފަހަތުން އިމްޝާވެސް ދިޔައެވެ.
ކޮޓަރި ތެރެއަށް އަޅާލެވުނު ފުރަތަމަ ފިޔަވަޅާއެކު މާހިލް ވަށައިގެން ބަލައިލިއެވެ. އޭސީގެ ފިނި ހިފާފައިވާ މާހައުލުގައި ވަނީ ލުއި މީރު ވަހެކެވެ. މާހިލް އައިސް ކޮޓަރީގެ އެއްފަރާތުގައި ހުރި ކިންގް ސައިޒް ބޮޑު އެނދުގައި އިށިންނެވެ. މާހިލް ގެ ގާތުގައި އިށިންދެލި އިމްޝާ ވާހަކަ ދެއްކިއެވެ.
” ދިގު ދަތުރެއް ކޮށްފަ އައިމަ ވަރަށް ވަރުބަލި. ފެންވަރާލަން މިދަނީ.” އެއް ފަހަރު ވެސް އިމްޝާ އިސް އުފުލާ ބަލާވެސް ނުލައެވެ
“އެއްވެސް ތާކަށް ދާނެ ކަމެއް ނެތް” މާހިލް އިމްޝާގެއަތުގައި ހިފާ ދަމާލުމާއެކު އިމްޝާ އެނދުމައްޗަށް ވެއްޓުނެވެ.
“މާހީ ”
އިމްޝާ ގޮވާލި ނަމަވެސް މާހިލްގެ ސަމާލުކަމެއް ނުލިބުނެވެ. މާހިލްގެ ނަޒަރު އޭރުވެސް ހުއްޓިފައި ހުރީ އިމްޝާގެ މޫނަށެވެ. މާހިލް އިމްޝާގެ މޫނާއި ދިމާލަށް ގުދު ވެލިއެވެ.
“މާހީ ޕްލީޒް. މިގަޑި އަކު ނޫން.”
އިމްޝާގެ އަޑުގައި ވަނީ އާދޭހެވެ. ހަށިގަނޑުގައި ވަނީ ވަރުބަލި ކަމެވެ. އެ ލޮލުގައި ވަނީ ހިމޭން އިހުތިޖާޖެވެ.
“އިމްޝާ”
މާހިލްގެ އަޑު ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި ގުގުމައިގެން ދިޔައެވެ. ސިހިފައި ހުރި އިމްޝާ ދެކޮޅު ހެދުން ހުއްޓާލުމަށް ފަހު އަމާން ދިނެވެ. މާހިލް އަށް އަތްދަށަށް އޭނާގެ ޖިސްމު ދޫކޮށްލިއެވެ.

ކާން ދިޔުމުގެ ކުރިން ޖަޒްލާއަށް މިއަދު ލޯގަނޑު ކުރި މަތީ ހުއްޓި ލެވުނެވެ. އޭނާގެ ސޫރަ ހުރީ ކިހިނެއްތޯ ބަލައިލާށެވެ. މިއީ ދުވަހަކު ވެސް އޭނާ އަށް ވީގޮތެއް ނޫނެވެ. އަބަދު ފަރިބަލަބަލާފައި އުޅުމަކީ އޭނާގެ މިޒާޖެއްވެސް ނޫނެވެ.
ނަމަވެސް މިއަދު ކަންތައްތައް ތަފާތު ވެއްޖެއެވެ. އެންމެ ފެނިލުމަކުން އޭނާގެ ހިތުގައި މާހިލްގެ ސޫރަ ބިންވަޅު ނެގެިއްޖެއެވެ. ލުއިމިޔުޒިކެއް ފަދައިން މާހިލްގެ ފިރެހެންވަންތަ އަޑު އޭނާގެ ކަންފަތުގައި ގުގުމަން ފަށައިފިއެވެ.
އެނދުމަތިން ތެދުވި އިމްޝާގެ ހަށިގަނޑުގައި ވަނީ ވަރުބަލި ކަމެވެ. ކުއްލިއަކަށް އެނދުން ތެދުވަން އުޅުމުން މޫނުމައްޗަށް އަނދިރި ވާގޮތް ވިއެވެ. އެހެންކަމުން އިމްޝާ އަލުން އެނދުމަތީގައި އިށިންދެލިއެވެ. އިރުކޮޅެއް ކޮށްލުމަށްފަހު މަޑުމަޑުން އޭނާ ތެދުވިއެވެ. ކަށިން ހިތްވަރު ނެރެގެން އިމްޝާ ގޮސް ފާޚަނާ އަށް ވަނެވެ.
ފަޚާނާ އިން ނިކުތް އިމްޝާގެ މޫނުމަތިގައި ވީ ތަޒާކަމެވެ. އިހު ހުރި ވަރުބަލި ކަން ކޮންމެވެސް ވަރަކަށް ފިލާފައި ވާފަދައެވެ. މާހިލް ފެންނަން ނެތުމުން އޭނަ ކާން ދިޔައީ ކަން އިމްޝާ އަށް އިނގުނެވެ. މާހިލް އޭނާ އަށް ނުގޮވާ ކާން ދިޔުމުން ހިތުގައި ޝަކުވާ އުފެދުނު ނަމވެސް އެކަންތައް ފަސްއަޅާ ފޮރުވައިލުމަށް ފަހު އޭނާ ވެސް އަވަސް ވެގަތީ ކާން ދިޔުމަށެވެ.
ނިއަމް އުރާލައިގެން ޖަޒްލާ ތިރިއަށް ފޭބިއެވެ. ކާމޭޒު ކައިރިޔަށް ހުއްޓިލި ޖަޒްލާ ވަށައިގެން ބަލައިލިއެެވެ. އޭރު ވެސް އޭނާގެ ދެލޯ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ.
މޭޒު ކައިރިން ގޮނޑިއެއް ދަމާލުމަށް ފަހު އިށިންދެލި ޖަޒްލާގެ ލޯ އަމާޒު ވެފައިވީ ދޮރާއި ދިމާލަށެވެ. ބޭގަރާރު ވެފައިވީ ޖަޒްލާ ގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދޮރުން ވަދެގެން އައި މާހިލް ފެނުމުންނެވެ. މާހިލް އެކަނި އައި މަންޒަރު ފެނުމުން ޖަޒްލާގެ މޫނަށް ވެރިވީ ހައިރާންކަމެވެ. އޭނާ އުއްމީދު ކޮށްގެން ހުރީ މާހިލް އާއެކު އިމްޝާވެސް އަންނާނެ ކަމަށެވެ.
ކާމޭޒު ކައިރީ އިށިންދެލި މާހިލްގެ ނަޒަރު އޭނާގެ ކުރިމަތީގައި އިން އަންހެން ކުއްޖާއަށް ހުއްޓުނެވެ.
“ހައި”
މާހިލް އެކުއްޖާގެ މޫނަށް ބަލައިލިއެވެ. ދެމެދުގައި އޮތް ހަމަހިމޭން ކަމުން މާހިލްގެ ހިތަށް އުނދަގު ވިއެވެ.
ކަންފަތުގައި މާހިލްގެ ހިތްގައިމު އަޑު ޖެހުމާއެކު ޖަޒްލާ އަށް މާހިލްގެ މޫނަށް ބަލައިލެވުނެވެ. އޭރު މާހިލްގެ ނަޒަރު ހުއްޓިފައި ހުރީ ޖަޒްލާގެ މޫނަށެވެ. ހަތަރުކަޅި ބައްދަލްވި ހިނދު ޖަޒްލާ އަށް މާހިލްގެ ލޮލަށް ގެއްލިފައި ހުރެވުނީ އެވެ. އެފުންކަނޑެއް ފަދަ ކަޅީގެ ތެރެއަށް ގެބިގެން ދިޔަ ގޮތަށް އެނބުރި މައްޗަށް އަރަން ވެސް ބޭނުން ނުވެފައެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިވި ދެ ޒުވާނުން ނަށް ހޭވެރިކަންވީ ދުރުން މީހަކު ވާހަކަ ދައްކާ އަޑު އިވުމުންނެވެ.
އިރުކޮޅެއް ފަހުން ކާގެ ތެރެއަށް ވަދެގެން އައީ ރިޒްނާ އާއި ޝާހިދުއެވެ. އެ ދެމަފިރިން އައިސް މޭޒު ކައިރީ އިށިންދެލިއެވެ.
“މާހީ. ކޮބާ އިމްޝާ؟”
ރިޒްނާގެ ނަޒަރު އޭނަގެ ދަރިފުޅާއި އަމާޒު ވެލިއެވެ. މާހިލްގެ މޫނަށް އަލުން ޖަޒްލާ ވެސް ބަލައިލީ އެ ސުވާލުގެ ޖަވާބު އިނގެން ބޭނުންވި ވަރުންނެވެ.
“އަހަނ. މިއޮތް އައީނު!”
ދޮރުމައްޗަށް އެރި އިމްޝާ ފެނުމާއެކު ޝާހިދު ބުނެލިއެވެ. އެއާއެކު އެންމެންގެ ނަޒަރު ދޮރާއި ދިމާލަށް އަމާޒު ވިއެވެ. ހިނިިތުންވެލައިގެން ހުރެ އިމްޝާ އައިސް މާހިލްގެ ކައިރީ ހުރި ގޮނޑީގައި އިޝިންނެވެ.
ހުރިހާ މެމްބަރުން ހަމަވުމާއެކު ރޭގަނޑުގެ ކެއުން ފެށުނެވެ.
ރޭގަނޑު ކައުން ނިންމުމަށް ފަހު އެންމެން ވެސް ސިޓިންރޫމް ސޯފާ ތަކުގައި ތިބީ ވާހަކަދައްކާށެވެ.
“މަންމާ މީ ކޮން ކުއްޖެއްތަ؟” ޖަޒްލާ އަށް އިޝާރާތް ކޮށްލަމުން މާހިލް އަހައިލިއެވެ.
“ތިއީ މަންމަގެ ރައްޓިހި ޝިފާނާގެ ދަރިފުޅު ޖަޒްލާ. ޝިފާނާ އާއި ޖަޒްލާގެ ދެމައިން މިގެޔަށް ބަދަލުވީ ޖަޒްލާ ބައްޕައަށް ދިމާވި ހާދިސާ އެއްގެ ސަބަބުން. ޝިފާނާ ގިނައިން އުޅޭނީ ހޮސްޕިޓަލުގަ. އެހެންވެ އޭނަ ނުފެންނަނީ”
ރިޒްނާ މާހިލް އަށް އޮޅުން ފިލުވައިދިނެވެ.
މަންމަގެ ވާހަކަ ތަކަށް ބޯޖަހާލި މާހިލްގެ މޫނުން މާބޮޑު އަސަރެއް ފާޅެއްނުވެއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ރިޒްނާ އާއި ޝާހިދު ދިޔައީ ނިދާށެވެ.
“ހައި. ”
ޖަޒްލާގެ ނަޒަރު އިމްޝާގެ މޫނަށް ހުއްޓައިލައިގެން އިން ނަމަވެސް ހިތުގެ އަޑިން އޭނާ ދުޢާ ކުރަމުން ދިޔައީ އޭނާއާއި މާހިލް ވާހަކަ ދައްކާ ތޯ އެވެ.
” ހައި”
ޖަޒްލާގެ ހިތުގެ އެދުން ފުރިހަމަ ކޮށްދެމުން މާހިލް ވާހަކަ ދެއްކިއެވެ.
“އަމް.. އަނެއް ޖަޒްލާ އަށް ކުރުކޮށް ކިޔަނީ ކޮން ނޭމް އެއް”
ކުރިން ވާހަކަ ނުދައްކާ ކުއްޖަކާ ވާހަކަ ދައްކަން ޖެހުމުން މާހިލްގެ އަޑުގައި ވީ ޖެހިލުން ވުމެވެ.
“ފްރެންޑްސް ކިޔާނީ ޖޭޒް”
އެކުވެރިންގެ ހަނދާން ވުމުން ޖަޒްޒާގެހިތަށް އުފާވެރިކަން ގެނުވިއެވެ.
“ހައި ޖޭޒް. މަގޭ އަސްލު ނޭމް އަކީ އިމްޝާ އެކަމް އެންމެން ވެސް ކިޔާނީ އިމް.”
“މަގޭ ލޯބި ލޯބި އިމޫ ދޫނި ކޮޅު”
އެހެން ބުނެލަމުން މާހިލް އިމްޝާ އޭނާގެ ގަޔާއި ކައިރި ކޮށްލިއެެވެ. ފެނުނު ހިތް ނޭދޭ މަންޒަރުގެ ސަބަބުން ޖަޒްލާ އަށް އިސްޖަހާލެވުނީ އެވެ. ޖަޒްލާގެ ހަރަކާތް ތަކަށް ސަމާލުވެ އިން މާހިލް އަށް ނުހަނު ފަސޭހައިން މި ހަރަކާތް ދެނެގަނެވުނެވެ. މާހިލްގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.
މާހިލްގެ އަތުތެރެއިން ނުކުންނަން ބޭނުން ނުވި ނަމަވެސް ހޮޑު ލަވަައި ގަތުމުން އިމްޝާއަށް ޖެހުނީ އޭނާގެ ހިތާއި ދެކޮޅު ހަދާށެވެ. އަވަސް ހަރަކާތަކާ އެކު ސޯފާއިން ތެދުވެގެން ކޮޓަރި އަށް ވަންނަން ދިޔަ އިމްޝާ އަށް ސޯފާގައި ހަމަޖެހި ލައިގެން އިން މާހިލް ފެނުނެވެ. މާހިލް އޭނާގެ ފަަހަތުނ ްއަންނާނެ ނަމއޭ އިމްޝާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ވަގުތަކީ ކުލަ ހުވަފެންތައް ބަލަނ ްހުރެވޭ ވަރަށް ވުރެ މާ ނާޒުކު ވަގުތެއް ކަމުން އިމްޝާ ގޮސް އަވަހަށް ފާޚަނާ އަށް ވަނެވެ.
ފާޚަނާ އިން ނުކުތް އިމްޝާގެ މޫނުގައި ވަނީ ވަރުބަލި ކަމެވެ. ލަސް ހިނގުމެއްގައި އައިސް އޭނާ އެނދުގައި އޮށޯވެލީ އިތުރަށް ތެދުވެ އުޅޭނެހާ ހަކަތަ ހަށިގަނޑުގައި ނެތްކަން އިހުސާސް ކުރެވުމުންނެވެ. މާނބަޑު ދުވަސްވަރު އެހެން ފިރިން އަނބިންނަށް އަޅާލާ ތަން ފެނި އެފަދަ އޯގާވެރިކަމަކަށް މާހީގެ ކިބައިން އޭނާ އަށް އެދެވެއެވެ. ނަމަވެސް ބަދަލުގައި މާހީގެ ފަރާތުން އޭނާ އަށް ލިބެނީ ޖިސްމާނީ އަނިޔާ ތަކާއި ނަފްސީ ހާނިއްކަ ތަކެވެ. މާހީ އެއްވެސް ފަރުވާލެއް ނެތި ބުނާ ބަސްތައް މިޔަތޫނު ހަންޖަރުތަކެއް ފަދައިން އޭނާގެ ހިތް ޒަޚަމު ކުރުވައެވެ.
މާބަޑުދުވަސް ވަރަކީ އަނބިމީހާ ފިރިމީހާގެ އޯގާތެރި ކަމަށް އެންމެ ބޭނުން ވާނެ ދުވަސް ވަރެވެ. ފިރިންގެ އަޅާލުން އެންމެ ބޮޑަށް ލިބިގެން ދާނެ ދުވަސްވަރެވެ. ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެ ލޯބި އިތުރު ވެގެން ދާނެ ދުވަސްވަރެކެވެ. އެހެނަސް މާހީގެ ފަރާތުން އެފަދަ އިޝާރާތެއް ނުލިބެއެވެ. ކުރި އެކޭ މިހާރެކޭ މާހީގެ އުޅުމަށް ބަދަލެއް ނާދެއެވެ.
ބަނޑުގައި ފިރުމާލުމާއެކު އިމްޝާގެ ވިސްނުން އެހެން މިސްރާބަކަށް ްދަތުރުކުރަން ފެށިއެވެ. ދަރިފުޅު ލިބުމުން މާހީ ގެ އުޅުން ބަދަލު ވެދާނެ ބާ އެވެ؟ ދެމެދުގައި އޮތް ގުޅުން ބަދަހި ވެދާނެ ބާއެވެ؟ އެމީހުންނަށް ލިބޭނީ އަންހެން ކުއްޖެއް ބާއެވެ؟ ނޫނީ ފިރިހެން ކުއްޖެއް ބާއެވެ؟ މާހީ ބޭނުން ވަނީ ކޮންކަހަލަ ކުއްޖެއް ބާއެެވެ؟ ދަރިފުޅު އެންމެ ފުރަތަމަ އަތަށް ލިބޭވަގުތު ކުރެވޭނީ ކޮންކަހލަ އިހުސާސް ތަކެއް ބާއެވެ؟ އެހާ ތުއްތު ކުއްޖެއް އުރާލަން އޭނާ އަށް އިނގޭނެ ބާއެވެ؟
ޚިޔާލީ ކަނޑުން ފެންމައްޗަށް އަރަން މަސައްކަތް ކުރަމުން ދިޔަ އިމްޝާ އޭނާގެ ބަޑުގައި ފިރުމާލިއެވެ. ދަރިފުޅު ރަނގަޅު ސިއްހަތެއްގައި ލައްވާތޯ ދުޢާ ކޮށްލަމުން އޭނާ ދަރިފުޅާއި ވާހަކަ ދައްކަން ފެށިއެވެ. ލޯތްބާއެކު ދަރިފުޅާއި ވާހަކަ ދައްކަމުން ދިޔަ އިމްޝާގެ ލޮލުގެ ކުރިމަތީގައި ކުރެހެމުން ދިޔަ މަންޒަރު ފެނި އޭނާ އަށް ހިނިތުންވެ ލެވުނެވެ.
ދަރިފުޅު އުރާލައިގެން މާހީ ހުރިއިރު އޭނާގެ ކައިރީގައި ހުރި އިމްޝާގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ރަތް ފިނިފެންމާ ފިޔައިގެ ވާރޭ ވެހެމުން ދިޔައެވެ. ވަށައިގެންވީ ލައިލަކް މާތަކުން ބަރާވެފައިވާ ގަސްތަކެވެ. އެހެނަސް މި ހިތި ހަގީގަތް އައިސް މަންޒަރުގެ ކުލަތަައް ދަމަން ފަށައިފިއެވެ. މިހާރު ފެންނަނީ ކުލައެއް ނެތް ހުވަފެނެކެވެ. އުފާވެރިކަމެއް ނެތް ކަޅާއި ހުދުގެ މަންޒަރެކެވެ.

41

3 Comments

 1. 🌹Ril🌹

  May 15, 2021 at 11:58 am

  Hiii lylac❤️❤️❤️
  Masha Allah vrh Sali mi part vxx❤️❤️❤️
  Keep it up❤️❤️❤️
  Vrh curious koh dhany ingey stry❤️❤️❤️❤️❤️❤️ hitha arany maahil jazlaa ah baaavaeyy libeynee❤️❤️❤️❤️❤️ or else imshaa ge huz eh ge gothugaa baa eyy hunaany❤️❤️❤️❤️❤️ and why is maahil treating imshaaa that way so curious❤️❤️😊😊😊😊😃😃
  And about jazalaage past that make me more curious❤️❤️❤️❤️❤️😊😊
  Anyways dhn In part ah waiting ingeyy ❤️❤️
  Hope to see it soon❤️❤️
  Lysssmm❤️❤️❤️
  Stay safe❤️❤️ and tvgc ❤️❤️

 2. 🌹Zai🌹

  May 15, 2021 at 7:26 pm

  In reply to rill
  Tysssssmmm fr commmenting ❤️❤️❤️❤️
  Im really happy that u liked this episode ❤️❤️❤️❤️❤️❤️
  Yhh let’s see dhw what happens next
  Isa next episode liyevuneema post kuraanan ❤️❤️❤️❤️
  Midhuvs kolhu thnkolheh busy veema episode thah liyeveylai las las vedhaane
  Swrry to keep readers waiting 🥺🥺🥺🥺
  Ss
  Lysssssssssm❤️❤️❤️
  Tvgc❤️❤️❤️

 3. ŘęęśhÅ ÇøřõňÄ

  May 16, 2021 at 9:42 am

  Ey brw cover netheema neyngunee… BTW vvv habeys ngye hama… Hiyvarey Hiyvarey… Ss sh tc

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!