
ތިޔަ ލޯތްބަށް އެދެމޭ – 27
” ސުވާލެއް އަހާލަންތަ.. ޔަޒާން ތެދަށް ޖަވާބު ދެއްޗޭ.. ” މިސްކިތުން ފައިބަމުން މަޔާން ބުންޏެވެ.” އަހާބަލަ.. ” ޔަޒާން ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ.” ޔަޒާން އަދިވެސް ލޫ ދެކެ ލައިކް ވޭތަ… ” މަޔާން އެހެން އެހުމުން ޔަޒާން ދުރު ބަލާލިއެވެ.” ހްމް.. އަސްލު ކީއްކުރަން ތި ސުވާލު ކުރީ… ” ޔަޒާން އަހާލިއެވެ.” މިހާރު އެންމެން ކިޔައިފި ލޫ އާ ޔަޒާން އާ ކައިވެނި ކުރާށޭ… އީތަން މައްސަލަ ނިމުންހާ އަވަހަކަށް ރަށަށް ގޮއްސަ ވެޑިންގް ބާއްވާން މި ވިސްނަނީ… ” ރާއިލް ޖީބަށް އަތް ޖަހާލިއެވެ. ނޭނގި ނަމަވެސް އެވަގުތު ޔަޒާން ހިނިތުންވެލިއެވެ. ނަމަވެސް ލުޔާ ނޫނެކޭ ބުނެފާނެތީ ޔަޒާން ހިތް ތެޅިލިއެވެ.
**27 ވަނަ ޕާޓު**
” ހަމަޖެހިބަލަ… ހިޝްމެން ލޫ އާ ވާހަކަ ދައްކާނެއޭ އެކަމަށް… ގެރެންޓީ ދިން ނޯ އޭ ނުބުނާނެ ކަމަށް… ” މަޔާން ބުންޏެވެ.” ދެން ރަނގަޅު ތާ.. އެއް ވެސް މަޖުބޫރުކަމެއް ނެތި ބޭނުމީ… ” ޔަޒާން ބުންޏެވެ.” މަޖުބޫރެއް ނުކުރާނެ.. ދެން ހިނގާ ބަލަމާ.. ” ރާއިލް ޔަޒާންގެ ކޮނޑަށް އަތް ވައްޓާލިއެވެ. އޭރު ހޮސްޕިޓަލަށް ވެސް އާދެވިއްޖެއެވެ.
” ހޭއި… ” ވޯޑަށް ވަންނަމުން މަޔާން ގޮވާލިއެވެ.” ހައި… ” އިލްޔާ އާފަލެއް ކޮށަމުން ޖަވާބުދިނެވެ.” ތިމީހުން ދާންވީނު ގެއަށް… އަހަރެމެން މަޑު ކޮށްފާނަން.. ” މަޔާން އިލްޔާ ކައިރީގައި ހުއްޓެމުން ބުންޏެވެ.” އެބުނާހެން… އަދި ގެއަށް ވެސް ނުގޮސް ތިއުޅެނީ… ” ރާއިލް ވެސް އެއްބަސްވިއެވެ.” އެކުދިން އުޅޭނެ އިލޫމެން ގެއްލިގެން.. ” މަޔާން ގޮނޑީގައި އިށީނެވެ.” ދެން ޔާން މެންނެއް ނުގެއްލޭނެތަ… ދައްކާ ވާހަކަ.. ” އިލްޔާ އާފަލް ތަށި ލުޔާ އަށް ދެމުން ބުންޏެވެ.” ހެވެއްނު.. ހިނގާ ދާން.. ” ރާއިލް ތެދުވަމުން ބުންޏެވެ.
އީތަންގެ މައްސަލަ ނިމެން އެއްމަސް ދުވަހަށްވުރެ ގިނަ ދުވަސް ވިއެވެ. އެ ދުވަސްކޮޅު މުޅި ރަށުގައި އޮތީ އެ ވާހަކައެވެ. ލުޔާ ވެސް ކުޑަކޮށް ހަމައަކަށް އެޅުމުން އިލްޔާމެން ނިންމީ ކައިރި ރަށަކަށް ގޮސްފައި ރަށަށް ދިއުމަށެވެ. ލުޔާ ހިތްހަމަ ޖެހޭނެކަމަށް ބަލާފައެވެ.
ރާ އަތޮޅު ވާދޫއަށް ދާން ހަމަޖެހިފައި އޮތް ދުވަހެވެ. މަޔާން އާއި މާއިންގެ ހުރިހާ އެއްޗެއް ޕެކް ކުރަން އިންދައި ބޮލަށް އެނބުރުން އަރައި މޭނުބައިކުރާހެން އިލްޔާއަށް ހީވިއެވެ. ނަމަވެސް މާ ބޮޑު ކަމަކަށް ނުހަދައި އަނެއްކާ ވެސް ޕެކް ކުރުމާއިގެން ކުރިއަށް ދިޔައެވެ. ނަމަވެސް މިފަހަރު ކުރިއަށް ވުރެ ބޮޑަށް މޭނުބައި ކުރިއެވެ. އަވަސް އަވަހަށް އިލްޔާ ދުއްވައިގަތީ ފާހާނާ އާއި ދިމާއަށެވެ. އެވަގުތު ވީ މަޔާން ކޮޓަރިތެރެއަށް ވަތް ވަގުތަށެވެ. ” އިލޫ އޭއި… ކިހިނެއްވީ.. ” މަޔާން ހާސްކަމާއި އެކު އިލްޔާ ފަހަތުން ފާހަނައަށް ވަނެވެ. އޭރު އިލްޔާއަށް ހޮޑު ލެވިއްޖެއެވެ.” ބޮލަށް އެނބުރުން އަރަނީ.. ” އިލްޔާ ބޮލުގައި ހިފަހަޓާލިއެވެ.” ހިނގާ ޑޮކްޓަރަށް ދައްކަން… ” މަޔާން އަވަސް އަވަހަށް ބުންޏެވެ.
” މަރުހަބާ.. އިލްޔާ ބަނޑުބޮޑު.. އެއް ހަފްތާ.. ” ޑޮކްޓަރަށް ދައްކަން ގޮަސްފައި ލިބުނު ހަބަރަކުން މަޔާން އުފަލުން ގޮސް ފޮޅުނެވެ.” ވަރަށް ރެސްޓް ކުރާތި… ދެން އެހާ ބުރަ މަސައްކަތް ކުރުން ރަނގަޅެއް ނޫން… ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް ސަމާލުކަން ދިނުން މުހިންމު.. ” ޑޮކްޓަރ ސަލާމް ކޮށްލަމުން ހިނިތުންވިއެވެ. އިލްޔާ ވެސް އިނީ އުފަލުން ގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ.
” ދެން އިލޫ ޖެހޭނީ އަބަދު އޮށޯވެ އޮންނަން… އަހަރެން ހުރިހާ މަސައްކަތެއް ކުރާނަން.. ” މަޔާން ހޮސްޕިޓަލުން ނިކުންނަމުން ބުންޏެވެ.” ދެން.. އެއޮށް ހުރިހާ ދުވަހަކު ނުވެސް ތެދުވެ..؟ ތީ މާން އަށް ޕްރެގް ވީ ފަހަރުވެސް އުޅުން ގޮތޭ… ހެހެ.. ހާސް ނުވެބަލަ.. އަހަރެންނާ ބޭބީ އޯކޭ ވާނެއޭ.. ” އިލްޔާ މަޔާންގެ އަތުގައި ހިފައިގެން ހުރެ ބުންޏެވެ.” އެންމެ ރަނގަޅު… ހިނގާ އެންމެންނަށް ސަޕްރައިޒް އެއް ދޭން.. ” މަޔާން ހީލިއެވެ.
” ގެސް ވަޓް އެވްރިވަން.. ” ގެއަށް ވަދެފައި މަޔާން ހަޅޭއްލަވައި ގަތެވެ. އެވަގުތު މަޔާން މެންގެ އިންތިޒާރުގައި ހުރި މާއިން ދުވެލާފައި އައިސް މަޔާން ފައިގައި ބައްދާލިއެވެ.” ކޯންޗެއްތަ… ހާދަ އުފާ ވެފަ.. ” ރާކިންއަށް ކާންދޭން އިން ހިޝާ ވާނުވާ ނޭނގިފައި އަހާލިއެވެ.” އޯ އެމް ޖީ… ގެސް ކޮށްބަލަ… ޕްލީޒް.. ” މަޔާން އަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ.” ކަލޭނޭ.. ހަމަޖެހިގެން ބުނެބަލަ… ” ރާއިލް ހިނިގަނޑު ފަޅައިގެން ދިޔައީ މަޔާން އުޅުން ވައްތަރުންނެވެ.” ލޫ.. ލޫ ތީ ގޭސް ކުރަން ވަރަށް މޮޅު ކުއްޖެއްނު.. ބުނެބަލަ.. ” ރާއިލް ލުޔާއަށް ބަލާލިއެވެ.” އަމްމް.. މައި ހީރޯ އެކަޑަމިއާގެ އާ ސީޒަންއެއް ނިކުތީ؟.. ” މަޔާން އަކީ އެ އެނިމޭ ބަލަން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ.
” ނޯޕް.. އެއަށްވުރެ ވަރަށް އުފާވެރި ހަބަރެއް.. ” މަޔާން އިލްޔާ އަތުގައި ހިފައިގެން އައިސް ސޯފާގައި ބޭންދިއެވެ. އަދި އިލްޔާ ބަނޑުގައި އަތް ޖައްސާލިއެވެ.” ޕްރެގް ވީ؟.. ” ލުޔާ މަޔާންގެ ހަރަކާތަށް ބަލަން ހުރެފައި އަހާލިއެވެ.” ޔެސްސްސް… ” މަޔާން އަނެއްކާވެސް ހަޅޭއްލަވައި ގަތެވެ.” ހާަދަހާ އަޑުގަދައޭ.. ” ފަހީމާ ކާގެއިން ނިކުންނަމުން ބުންޏެވެ.” އާނ.. މިއުޅެނީ އިލްޔާ ބަނޑުބޮޑު ވެގެންނޭ… ” މަޔާން އުފަލުން ބުންޏެވެ.” އަޅޭ… މަރުހަބާ.. ކިތަން ދުވަސް ވީ… ” އެންމެންގެ މޫނުމަތި އެކީހެން އުޖާލާ ވިއެވެ.” ތެންކްސް..ވަން ވީކް އަދި ވީ… ” އިލްޔާ މަޔާންގެ ކޮނޑުގައި ބޯ އަޅާލިއެވެ.” ދަތުރު ލަސް ކޮށްލަންވީ ނުން.. ” ލުޔާ އިލްޔާ ގައިގައި ބައްދާލިއެވެ.” ނޫނޭ އޯކޭ ވާނެ… އިލޫއަށް ދެވޭނެއޭ.. ” އިލްޔާ އެންމެންނާ ސަލާމް ކޮށްލަމުން ބުންޏެވެ.
އެދުވަހުގެ ހަވީރު ވަގުތުގައި ފަހީމާ އައީ އިލްޔާމެން ފުރުވަންށެވެ. ޔަޒާން ވީ އޮފީސް ދަތުރު ނިންމާލާފައި އަލުން މާލެ ގޮހެވެ.” އުފާވެރި ދަތުރަކަށް އެދެން.. ” ފަހީމާ ހީލިއެވެ. އެންމެން ލޯންޗަށް އެރުމުން ވާދޫ އާއި ދިމާއަށް ލޯންޗް ދުއްވާލިއެވެ. ދަތުރު މަތީގައި މަޔާން އިނީ އެއް އަތުން އިލްޔާ ގައިގައި ހިފަހައްޓާލައިގެން އަނެއް އަތުން މާއިން އުރައިގެންނެވެ. އިލްޔާ ބަނޑުވޮޑުވާ ކޮންމެ ފަހަރަކު މަޔާން އުޅެނީ މިކަހަލަ ގޮތަކަށެވެ.
ވާދޫއަށް އާދެވުމުން އެންމެ ފުރަތަމަވެސް ފޭބީ މަޔާން އެވެ. ދެން މަޔާން ފޭބުމަށްފަހު ރާއިލް އާއި މަޔާންގެ އެހީތެރިކަމާއެކު އިލްޔާ ވެސް ފޭބިއެވެ. މާއިންއާއި ރާކިންމެން ފޭބުމުން މަޔާން މެން ހިނގައިގަތީ ކައިރީ ހިސާބެއްގައި ހުރި ގެއަކަށެވެ. ވާދޫގައި އެކުވެރިން ނެތް ނަމަވެސް ފަހީމާގެ ތިމާގެ މީހެއްގެ ގޭގައި އެމީހުން ބޭތިއްބީ އެގޭ މީހުން ޗުއްޓީއަށް މާލެ ގޮސް އުޅޭތީއެވެ.
” އަވަހަށް ރީތި ވެގެން ހިނގާލާން ދާންވީ… ” ރާއިލް ސޯފާގައި އިށީންނަމުން ބުންޏެވެ. އެހެން ބުނުމުން އިލްޔާ އާއި ހިޝާ އަދި ވެސް ކޮޓަރިއަށް ވަނީ މަޔާން އާއި ރާކިން ފެންވެރުމަށެވެ.ލުޔާ ވެސް އެމީހުން ފަހަތުން ވަނެވެ.” މާން ހިނގާލަން ދާން ބޭނުންތަ؟.. ” މާއިން ފެން ނުވަރާން ގަދަހަދަން ފެށުމުން އިލްޔާ ބުންޏެވެ.” މާންއަށް އިނގޭތަ މި ރަށުގަ އޮންނާނެ ބޮޑު ޕާކެއްވެސް… ރާކިންބެ ވެސް ގޮވައިގެންނޭ ދާނީ… ” ހިޝާ ވެސް މާއިން ހައްލާލެވޭތޯ މަސައްކަތް ކުރިއެވެ. ” އަދި ނޭނގެ ކޮން ދިމާއަކު ކަމެއް ޕާކު އޮތީކީ… ” ހިޝާ ކައިރީގައި ސިއްރު ސިއްރުން އިލްޔާ ބުންޏެވެ. އެއާއި އެކު ހިޝާ އާއި ލުޔާ ހޭންފެށިއެވެ.” ހެވޭ.. ދެން ދޭ އަވަހަށް ފެންވަރުވަން.. އަދި އަހަރެމެންވެސް ޖެހޭނެ ފެންވަރަން..” ހިޝާ ރާކިންގެ އަންނައުނެއް ނަގަމުން ބުންޏެވެ. މާއިން ފާހާނާއަށް ވަނީ ވަރަށް ގިނަ ވާހަކަ ދައްކައިގެންނެވެ.
އެންމެން ފެންވަރާ ނިމުނީ ފަސްގަޑި ފަނަރަ ވަނިކޮށްނެވެ.” މިއަދު ހިނގާލަން ނުދާނީ ދޯ ދެން.. ” މަޔާން އެހެން ބުނުމުން މާއިން ރޯންފެށިއެވެ.” އަހ ސޮރީ… މިއަދު ދާންވާނީ ޕާކަށް ދޯ… ” މަޔާން ބޮލުގައި ޖަހާލަމުން މާއިން އުރާލިއެވެ.” ޕިސް ޕިސް… އެސޮރު ނުރޮއްވާ ހަމަ އެއް ކަމެއްވެސް ނުވަނީތަ.. ” ހިޝާ ހެމުން އަހާލިއެވެ.” ނޫނޭ އަސްލު ލަސްވެފަ ހުރީމައޭ.. ” މަޔާން ބޭރަށް ނިކުންނަމުން ޖަވާބު ދިނެވެ.” ހިނގާ ދާން.. ” ރާކިން ރާއިލްގެ އަތުގައި ހިފަމުން ބުންޏެވެ.” އެބުނާހެން… އަނެއްކާ އަނެއް ކުއްޖަކު ނުރޮއްވާ ދާންވީ… ” ލުޔާ ރާކިން އަތުގައި ހިފައިގެން ދޮރާއި ދިމާއަށް ދިއުމުން ދެންތިބި މީހުން ވެސް އައެވެ.
ޕާކު އޮންނަތަން ނޭނގިގެން އެންމެފަހުން ފެނުނީ ގޫގްލް މެޕްސް ބަލައިގެންނެވެ. ޕާކު ފެނުމުން މާއިން އާއި ރާކިން ދުއްވައި ގަތީ އުފަލުންނެވެ.” އޭއި ބަލާބަލަ.. އެހެރަ އަންނަނީ އެއްކަލަ ހައިމަން ދޯ.. ” ރާއިލް މަޔާންގެ ކޮނޑުގައި ޖަހާލަމުން އަހާލިއެވެ. އޭރު އިލްޔާ އުޅެނީ މާއިން އާއި ރާކިންގެ ފަހަތުންނެވެ.” އާނ އެއީ އޭނަ.. ކޮން ކުޑަކުއްޖެއް..؟ ” މަޔާން ވެސް ޝައުގުވެރިވި އެވެ.” ވެދާނެ ދަރި ކަމަށް… އަޅާ ނުލާ.. ކާކުބާ އޭނަގެ އަންހެނުންނަކީ.. ” ރާއިލް އެ ކުޑަ ކުއްޖާއާއި ދިމަ ބަލަންހުރެގެން ބުންޏެވެ. އެކުއްޖާ މައުސޫމްކަމުން ރާއިލް ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. މަޔާން އަށް ވެސް ވީ އެވަރެވެ.
” ޕިސް.. ދެން މީހުންގެ ތެރެއަށް ނުގެނެބަލަ މަ… ލަދުން ބޯ ހަލާކު.. ” ލީޝާ އެއްޗެހި ކިޔަންފެށިއެވެ.” މަޑުން ހުރެބަލަ… ލީޝާ ހަނދާންކޮށް އެއްވެސް މީހަކަށް އުނދަގޫ ނުކުރާތި… އަނެއްކާ ވެސް މި ހަނދާން ކޮށްދިނީ.. ” ހައިމަން ބުންޏެވެ. އެވަގުތު ލީޝާ ލޮލުގައި އަޅައިގަތީ އިލްޔާ އާއި އިލްޔާ ގާތުގައި ހުރި ދެ ކުޑަ ކުދިންނެވެ.” ވަޓް… އިލްޔާ ދަރިން ވެސް ހޯދީ؟؟.. ” ލީޝާ ހައިމަންގެ އަތުގައި ވިކައިގަންނަމުން އަހާލިއެވެ.” އެމީހުން ކައިރި އަށް ނުދާތި… ” ހައިމަން ލީޝާ އަތުގައި ހިފަހައްޓަމުން ބުންޏެވެ. ނަމަވެސް ލީޝާ އެ އަތް ފޮޅުވާލާފައި ހިނގައިގަތީ މާއިން އާއި ދިމާއަށެވެ. އެތަނެއް ރާއިލް އާއި މަޔާން އަދި ހިޝާގެ އިތުރުން ލުޔާ އަކަށް ވެސް ނުފެނެއެވެ. އިލްޔާ ވެސް ހުރީ ލީޝާ އަށް ފުރަގަހަށް ވާގޮތަށެވެ.
” ހައި ކޮއްކޯ.. ” މާއިން އިލްޔާ އާ ތަންކޮޅެއް ދުރުގައި ހުރުމުން ލީޝާ ގޮވާލިއެވެ.” ކޮއްކޮ މަންމަ އާ ބައްޕަ ކޮބާ.. ” ލީޝާ އެހެން އަހާލުމުން މަޔާން ދައްކާލީ އިލްޔާ އާއި މަޔާން އެވެ.” ބަލާއެއްނު.. ” ލީޝާ ދެބުމަ ގޮށްޖެހާލިއެވެ.” އެބޭބެ ގޮވައިގެން އާދެބަލަ.. ” ލީޝާ ރާކިން ގޮވައިގެން އަންނަން ބުންޏެވެ.” ކޮއްކޮ މަންމަ ކޮބާ.. ” ލީޝާ އަހާލިއެވެ. ” އެހުރީ … ” ރާކިން ދައްކާލީ ހިޝާއެވެ.” އެހުރީ ބައްޕަ ދޯ.. ” ރާއިލް ދައްކާލަމުން ލީޝާ އަހާލިއެވެ. ރާކިން ބޯ ޖަހާލިއެވެ.” ދެން ދޭ ކުޅެން.. ” ލީޝާ މާއިންމެން ފޮނުވާލާފައި ހިނގައިގަތީ އިލްޔާ އާއި ދިމާއަށެވެ.
– ނުނިމޭ –
One Comment
Comments are closed.
Are they going to be friends. Curiously waiting