Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
loabi viyas
ލޯބި

ލޯބި ވިޔަސް… 7 ވަނަ ބައި

Shaila Level 110 Stories
April 29, 2021 5 Mins Read
0 Comments

ހާސްވެފައި ވާ މީހެއް ފަދައިން ސިޓިންގ ރޫމު ތެރޭގައި ދެކޮޅަށް ހިނގަން ފެށީ ހަލުވި ފިޔަވަޅު ތަކެއްގައެވެ.  ފޯނު ނެގުމަށްފަހު، ނަޒާހާއަށް ގުޅަން މަސައްކަތް ކޮށްލިއެވެ. ނަޒާހާގެ ފޯނަށް ގުޅޭތޯ ދެތިން ފަހަރު މަސައްކަތް ކުރުމުން ވެސް، ފޯނު ބިޒީވެފައި ހުރުމުގެ ސަބަބުން ގުޅޭ ގޮތެއް ނުވިއެވެ.

**************************************

ސިޓިންގ ރޫމުގެ ސޯފާގައި އޮށޯވެލައިގެން ހިޔާލަކަށް ގެއްލިފައި އޮތް ޝިފާން ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އެ އެޕާޓްމަންޓުގެ ބެލް ޖެހި އަޑަށެވެ. އިރުކޮޅަކު ދޮރާ ދިމާލަށް ބަލަހައްޓައިގެން އޮތުމަށް ފަހު، އެ އަޑު ކެނޑުމުން  ތެދުވެ ސައިޑު ޓޭބަލް މަތީގައި ހުރި ކޮފީ ތަށިން ކޯވަރެއް ދިރުވާލިއެވެ. ކޮފީ ހުރީ އެއްކޮށް ފިނިވެފައި ކަމުން އަލުން ކޮފީއެއް ތައްޔާރު ކޮށްލަންވެގެން ބަދިގެއަށް ވަތް ވަގުތު އަނެއްކާވެސް ބެލްގެ އަޑު އިވެން ފެށިއެވެ. މި ގަޑީގައި ބެލް ޖަހަނީ ކާކުބާއޭ ހިތާހިތުން ސުވާލު ކޮށްލުމަށް ފަހު، ގޮސް ދޮރު ހުޅުވިއެވެ. ރަނގަޅަށް ދޮރު ނުހުޅުވެނީސް ބޭރުގައި ހުރި ނަޒާހާ ކުއްލިއަކަށް ދޮރުފަތުގައި ހިފާ ކޮއްޕާލުމަށް ފަހު، އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. ޝިފާން ހުރީ ވިސްނާނުލައި ކަމުން އެހާބާރަށް ދޮރުފަތުގައި ހިފާ ކޮށްޕާލުމުން ދޮރުފަތުގެ ކައިރިފަށް އައިސް ޖެހުނީ ޝިފާންގެ ނިތްކުރީގައެވެ. ވީތަދުން ނިތްކުރީގައި އަތް އެޅުނެވެ.

“ކިހާ ދުވަހެއް ވަންދެއް ތިހެން ފިލައިގެން އުޅޭނަން..؟” ނަޒާހާގެ އަޑު އައީ ކުރެހިގެންނެވެ.

“ކިހިނެއް ވެގެން ތިއުޅެނީ..؟ ބުނީމެއްނު ދެން މިކަން މި ނިމުނީއޭ.. ހޯދަން ނާންނާށޭ..”

ޝިފާންގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.

“ޝިފާން .. އަހަރެންގެ ކުށަކީ ކޮބާ؟؟ ކީއްވެ އަހަންނަށް ތިހެން ތިހަދަނީ..؟”

ނަޒާހާ މަސައްކަތްކުރީ ޝިފާންއާ ކައިރި ވުމަށެވެ. އެ ހަށިގަނޑުގައި ބައްދާލައި ބޮސްދޭން ބޭނުންވިއެވެ. ނަމަވެސް، ނަޒާހާއަށް އެކަން ކާމިޔާބު ނުވީ ޝިފާން އެކަމަށް ފުރުޞަތު ނުދިނުމުންނެވެ.

“ޕްލީޒް ނަޒާ.. ޓްރައި ޓު އަންޑަސްޓޭންޑް..” ޝިފާން ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލިއެވެ.

“އަހަރުމެން އެބަ ޖެހޭ މިގުޅުން ހުއްޓާލަން.. ނެތޭ މިނޫން ގޮތެއް..”

ނަޒާހާގެ ދެ ކޮނޑުގައި ހިފައި ތަޅުވާލަމުން ޝިފާން މަސައްކަތްކުރީ ނަޒާހާއަށް ވިސްނައިދެވޭތޯއެވެ. އަދި އެ ދެލޮލުގައި ވި ކަރުނަތައް ފެނިފައި ޝިފާން ނަޒާހާ ގެނެސް އޭނާގެ މޭގައި ޖައްސައި ބާރުކޮށްލިއެވެ. ނަޒާހާ ޝިފާންގެ އުނަގަނޑުގައި އޭނާގެ ދެއަތް ވަށާލައިގެން ހުރެ ޝިފާންގެ ތަނަވަސް މޭމަތީގައި އޭނާގެ މޫނު ޖައްސާލައިގެން ހުރެ ރޮމުން އެ ހިތުގައި ވާ ޝަކުވާތައް ބޭރުކޮށްލިއެވެ. ހަމައެކަނި ސްވެޓް ޕޭންޓެއް ލައިގެން މަތިން އިތުރު އެއްޗެއް ނުލައި ހުރުމުގެ ސަބަބުން ހާމައަށް އޮތް ޝިފާންގެ ހަށިގަނޑުގައި ނަޒާހާ ބައްދާލައިގެން ހުރިއިރު އެ ދެމެދުން ވައިރޯޅިއަކަށް ވެސް ދަތުރު ނުކުރެވޭނެއެވެ. ނަޒާހާގެ ހޫނު ނޭވާތައް އޭނާގެ ތަނަވަސް މޭމަތީގައި ބީހެމުން ދިޔައީ އެއްވެސް ހުރަހެއްނެތިއެވެ.

“އިނަފް ..”

ނަޒާހާ ދުރުކޮށްލުމަށްފަހު އެ ދެލޮލުގައި ވާ ކަރުނަތައް ޝިފާން އޯގާތެރި ކަމާއެކު ފޮހެލައި ދިނުމަށް ފަހު، ނަޒާހާގެ ނިތްކުރިގައި ބޮސް ދިނެވެ. ދެންމެ އެހާ ރުޅިއައިސް ރަތްވެފައި ހުރި މީހާ މިހާރު ހުރީ މަޑު ފުއްކޮޅަކަށް ބަދަލުވެފައެވެ.

މިހާރު ޝިފާން ބޭނުން ވަނީ ނަޒާހާއާ ދެމެދުގައި އޮތް ސިއްރު ގުޅުން ނިންމާލާށެވެ. އެކަން ނަޒާހާ ގަބޫލުކުރަން ބޭނުން ނުވިޔަސް، އެއީ ޝިފާން ބޭނުންވާ ގޮތް ކަމުގައި ވުމުން އޭނާ މިހާރު ނަޒާހާ ގުޅީމައި ފޯނުވެސް ނުނަގާތާ ދެ ހަފުތާ ވީއެވެ. އަދި ކޮންމެ ދުވަހަކު ނަޒާހާ އެގޭ ދޮށަށް ގޮސް ބެލްޖެހުމަށް ފަހު، އެތައް އިރަކު އެތާނގައި ހުރެހުރެފައި  އެނބުރި ގެއަށް ދަނީ ދޮރު ނުހުޅުވުމުންނެވެ. ޝިފާންގެ އޮފީހަށް ގުޅުމުން ބުނަނީ އޮފީހަށް ވެސް ނާންނަ ވާހަކައެވެ. ދެ ހަފުތާ ވަންދެއް އޭނާ ރިސޯޓްގައި ހުރުމަށްފަހު އެނބުރި މާލެ އައީ މިއަދު ހެނދުނެވެ.

“ޒަހީން އެ ގުޅަނީ.. ނަގާބަލަ.. ތިހެން ހެދީމަ ކަމަކު ނުދާނެ..”

ސޯފާގައި ޝިފާންގެ އުގުގައި ބޯ އަޅާލައިގެން އޮތް ނަޒާހަގެ ބޮލުގައި އެއްއަތުން ފިރުމާލަމުން ޝިފާން ބުނެލިއެވެ. ނަޒާހާ ވީ ފޫއްސެއްގެ ބޮޑުކަމުން އަނގަޔަށް ވަށްތަރެއް ޖައްސައިލުމަށްފަހު، ޝިފާންއާވީ ދިމާލަށް އެނބުރިލިއެވެ. އަދި އެ ހަށިގަނޑުގައި އޭނާގެ ދެއަތް ވަށާލުމަށްފަހު ދެ ލޯ މަރާލައިގެން އޮތީ ވަރުބަލިވެފައި ވާ މީހެއް ފަދައިންނެވެ.

**************************

އާތިފު ހަމަޖެހިފައި ހުރީ މަހުދީ އެނާއަށް ހުރިހައި ވާހަކައެއް އޮޅުން ފިލުވައި ދިނުމުންނެވެ. އެރޭ ޝީޒާ އެ ރަށަށް ދިޔުމާ މަހުދީއާ އެއްވެސް ގުޅުމެއް ނެތް ކަމަށްބުނެ ކަން ހިނގިގޮތް ސާފު ކޮށްދިނުމުންނެވެ. އާތިފު ވިސްނަމުން ދިޔައީ ޝީޒާ އޭނާގެ ފަހަތުން އުޅުން ހުއްޓައި ނުލައިފިއްޔާ، ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ. ރިސޯޓްގެ އިސް މަގާމެއްގައި  ޝީޒާ ހުއްޓަސް  ބޭނުންހާ އެއްޗެއް ހެދިޔަ ނުދޭނެ ކަމަށް ހިތާހިތުން ނިންމިއެވެ.

“ފުރަތަމަ ކަމަކަށް ޝީޒާއާ ވާހަކަ ދައްކާނީ..” އާތިފަށް މަޑުމަޑުން ބުނެލެވުނެވެ.

************************************

***** ދެމަސް ފަސް ******

” ހަލޯ.! ކޮބާ؟”

މަހުދީ ފޯނަށް ޖަވާބުދިން އިރު އެ އަޑު ވަނީ ޖޯޝުން ފުރިފައެވެ.

“ތި ގޭގައި މިހުރީ.. މިތާނގައި ނެތެއްނު މީހަކު.. އަންނާށޭކިޔާފަ..”

އާތިފު މަހުދީމެން ގޭގެ ގޯތިތެރެއަށް ވަށައިގެން ނަޒަރު ހިންގައިލިއެވެ.

“އާނ.. ހަމް އުޅޭނެ ގޭގައި.. ހަމްއާ އެކު އާދޭ މިތިބީ އެ ގޭގައި..”

މަހުދީ، އޭނަ ޕްލޭން ކޮށްފައި އޮތްގޮތަށް ފަހަރަކު ކަމެއް ކުރިއަށް ގެންދިޔައީ ވިސްނުން ކުރިއަށް އިސްކޮށްގެންނެވެ.

“މަށަށް އިނގޭ އެގެއަށް ދާން.. މީހަކު މަށާއެކީ ނުދިޔަސް..”

އާތިފު ޗޮކެއް ކަނޑާލަމުން ބޭރަށް ނިކުތެވެ. ސައިކަލަށް އަރައި ސްޓާޓް ކޮށްލިވަގުތު ކުއްލިއަކަށް ދޮރާށިން ބޯ ދިއްކޮށްލި ހަމްނާ އޭނައަށް ގޮވާލިއެވެ.

“އެސްކިއުޒް..” ހަމްނާ ގޮސް އާތިފާ އަރާ ހަމަކުރިއެވެ.

“މްމްމް އާ.. ދޮންބެ ބުނީ އާތީއާއެކު އަންނާށޭ..”

ހަމްނާއަށް ވާހަކަ ދެއްކުނީ އުނދަގޫ ކަމާއެކުގައެވެ. އޭނަގެ ދެއަތް ޖޯޑް ކޮށްގެން ހުރި އިރު މުޅި މީހާ ހުރީ ފިނިވެފައެވެ. ހިތް ތެޅެނީ އަމަށަކު ވަރަކަށް ނޫނެވެ. މީ އޭނާ އާތިފާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.  އެހެންކަމުން، އާތިފުވެސް، ހުރީ ފާޑަކަށް ޖެހިލުންވެފައެވެ. ކިތަންމެ ފަހަރަކު ހަމްނާއާ ދިމާވެފައި ހުއްޓަސް ދުވަހަކުވެސް އެ ދެމީހުން ވާހަކައެއް ނުދައްކައެވެ.

އާތިފު އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ސައިކަލް ބެހެއްޓުމަށްފަހު ފުރަތަމަ ފަހަރަށް ހަމްނާއަށް ހިނިތުންވުމެއް ދިނެވެ. ހަމްނާގެ އެ މޫނުމަތިން ފެނުނު ހާސްކަން އާތިފަށް ފާހަގަ ނުކުރެވުނީ މީގެ ކުރިން އޭނާ ހަމްނާއަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާތީއެވެ.

“ހިނގާލާފަ ދޯ ދާނީ..؟ އެހާ ދުރެއްނޫނެއްނު..”

އާތިފު ހިނގައިގަންނަމުން އެހެން ބުނެލުމަށްފަހު އެއްއަތް ޖީބަށް ޖަހާލައިގެން  ހަމްނާމެން ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ހަމްނާވެސް އާތިފާ އެއްވަރަށް ހިނގަމުން ދިޔައެވެ. ދެ މީހުން ކުރެ އެކަކުވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ހަމްނާ ހުރީ އާތިފާ ފުދޭވަރަކަށް ކައިރީގައި ކަމަށް ވުމުން، ހަމްނާގެ ނޭފަތުގައި ޖެހެމުން ދިޔައީ އެ ހަށިގަނޑުގައި ވާ މީރު ވަހެއެވެ. އެ ލުއި މީރުވަހުން މުޅި ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަން ހިނދުކޮޅަކަށް ނަމަވެސް، ކުޑަވިއެވެ.  ހުދުކުލައިގެ އަތްކުރު ގަމީހަކާއި މަޑު ނޫ ކުލައިގެ ޖިންސެއް ލައިގެން ހުރި އިރު ކުރުކޮށް ކޮށާލާފައި ވާ އިސްތަށިގަނޑު ވަނީ މައްޗަށް ފުނާ އަޅާލާފައެވެ. މިރޭ އަދި އެހެން ރޭރެއަށް ވުރެ އާތިފު މާ ރީތިހެން ހީވިއެވެ. އަރައިގެން ހުރި ކެޝުއަލް ޝޫޒުން ފެށިގެން ބޮލާ ހަމައަށް އިރު އިރުކޮޅާ ހަމްނާއަށް ބަލައިލެވެނީ އިޚްތިޔާރަކާ ނުލައެވެ. ހަމްނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އާތިފު އެނައަށް އެއްވެސް ސަމާލުކަމެއް ނުދިނުމުން ފާޑަކަށް މާޔޫސްވިއެވެ. ހަމްނާއާ އާތިފު ގޮސް، އެ ގެއާ އަރާ ހަމަވުމުން އާތިފު ފުރަތަމަ ފަހަރަށް ހަމްނާއަށް ބަލައިލިއެވެ. އޭރުވެސް ހަމްނާ ހުރީ އާތިފުއަށް ބަލަހައްޓައިގެންނެވެ. ފުރަތަމަ ފަހަރަށް ހަތަރު ކަޅި ދިމާވިއެވެ. ފަހަތަށް ޖެހިލުމަށްފަހު، އަތުގެ އިޝާރާތުން ދޮރާށި ހުޅުވުމަށް ހަމްނާއަށް ތަން ދެއްކިއެވެ. ހަމްނާ އިރުކޮޅަކު ދޮރާއްޓާ ދިމާލަށް ބަލަން ހުރީ ގޮތް ހުސްވެފައި ވާ، މީހެއް ފަދައިން ނެވެ. އޭނާގެ އަތް ހަރަކާތް ނުކުރާ ކަހަލައެވެ. ހުރި ފިޔަވަޅު މަތީގައި އެހެން ހުރެވުނީ ކިހައި އިރަކު ކަމެއް ނޭނގެއެވެ. ހަމްނާ ސިއްސައިގެން ދިޔައީ އާތިފުގެ އަޑަށެވެ.

“ޔޫ އޯކޭ..؟؟”

ހަމްނާއަށް ދެ ފަހަރަކު ގޮވާލުމަށް ފަހު، އޭނާގެ ފުށުން ޖަވާބެއް ނައުމުން  ހަމްނާގެ ކުރިމައްޗަށް އެރުމަށްފަހު، އާތިފު ބުނެލިއެވެ. އާތިފުގެ ހިތްވެސް ބާރަށް ތެޅިލީ ހަމްނާގެ އެ ހަރަކާތް ފެނުމުންނެވެ. އޭރު ހަމްނާ ހުރީ އާތިފުގެ މޫނަށް ނަޒަރު ހުއްޓާލައިގެން ކަޅިވެސް ޖަހައިނުލައެވެ. އާތިފަށްވެސް ފުރަތަމަ ފަހަރަށް ހަމްނާގެ ދެ ލޮލުގައިވާ މައުސޫމުކަން ފާހަގަ ކުރެވުނެވެ.

“ކިހިނެއްވެފަ..؟؟”

މިފަހަރު އާތިފުގެ އަޑުއައީ ތަންކޮޅެއް މަޑުންނެވެ. އެ އަޑުގައިވަނީ ސީރިއަސް ކަމެވެ.  ހަމްނާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ދެ ތުންފަތް ދެތިން ފަހަރު ހަރަކާތްކުރިއެވެ. ނަމަވެސް، އަޑު ބޭރަކަށް ނައެވެ. އާތިފު ހާސްވެފައި ހުރި ވަރުން އަވަސް އަވަހަށް ދޮރާށި ހުޅުވާލުމަށްފަހު، އެތެރެއަށްވަނެވެ. އޭރުވެސް ހަމްނާ އެހުރި ފިޔަވަޅު މަތީގައި ގަނޑުވެފައި ހުއްޓެވެ. އާތިފު އެތެރެއަށް ވަނުމަށްފަހު ވަށައިގެން ނަޒަރު ހިންގާލީ މީހެއްގެ ހިލަމެއް ނުވުމުންނެވެ. ހަލުވި ފިޔަވަޅު ތަކަކާއެކު ސިޓިންގ ރޫމުގެ ހުޅުވިފައިވާ ދޮރުމައްޗަށް ހުއްޓި، ދޮރުގެ ދެ ކަނީގައި އަތް އަޅާލުމަށްފަހު އެތެރެއަށް ބޯ ދިއްކޮށްލިއެވެ. ސިޓިންގ ރޫމު ތެރޭގައި ސޯފާގައި މަހުދީގެ ދެމަފިރިން ތިބީ ޓީވީން އަންނަ ކޮންމެވެސް ޝޯއެއް ބަލާށެވެ. އާތިފު ދޮރުމަތީގައި ހުއްޓުނުކަން ވެސް، އެ މީހުންނަށް އެނގުނުހެނެއް ހިއެއްނުވެއެވެ. އާތިފު ބަލާކަށްނުހުރެ އަތްތިލަ ގޮށްމުށް ކަވާފައި ބާރަށް ދޮރުފަތުގައި ޖެހިއެވެ.

“ކޮބާ ހަމް..؟”

މަހުދީ ސިއްސައިގެން ގޮސް ތެދުވެ ފުރަތަމަވެސް އަހާލެވުނީ ހަމްނާ ކޮބައިތޯއެވެ. އާތިފުގެ މޫނުމަތީގައިވާ ނުތަނަވަސްކަން މަހުދީއަށް ދެނެގަނެވުނެވެ.

“ދޮރުމަތީގައި އެބަހުރި ގަބުވެފަ..”

އާތިފު ފަރުވާ ކުޑަ ރާގަކަށް ބުނެލިއެވެ. އާތިފު އޭނާގެ މޫނުގައި ވި ހާސްކަން ފޮރުވަން މަސައްކަތް ކުރިއެވެ. ދުވެފައި ކަހަލަ ގޮތަކަށް މަހުދީއާއި ޒީނާ ބޭރަށް ނިކުމެ ހަމްނާ އަތުލަފި ކޮށްގެން ކަހަލަ ގޮތަކަށް އެތެރެއަށް ވެއްދިއެވެ. އާތިފު ވެސް އެމީހުންގެ ފަހަތުން މަޑުމަޑުން ހިނގާފައި ގެއަށް ވަނެވެ. ޒީނާ، ހަމްނާ ގޮވައިގެން ކޮޓަރިއަށް ވަނުމުން މަހުދީ ވެސް، އާތިފު ގޮވައިގެން ގޮސް، ސޯފާގައި އިށީނެވެ. މަހުދީއަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.

ޒީނާ، ހަމްނާ ގޮވައިގެން ކޮޓަރިއަށް ވަދެ އެނދުމަތިގައި ބައިންދާފައި ފެންތައްޓެއް ހިފައިގެން އޭނާގެ ކައިރީގައި އިށީނދެ ސުވާލު ކުރަމުން ދިޔައެވެ.

“އަން.. ފެން ފޮދެއް ބޯލާ..”

ޒީނާ މަސައްކަތް ކުރީ ހަމްނާ ހަމައަކަށް އެޅުވޭތޯއެވެ. އޭނާ ކުރި މަސައްކަތުން ހަމްނާއަށް ވެގެން އުޅޭގޮތް އޮޅުން ފިލިއެވެ.

“އަންނާނަން ދޮންބެ ކައިރިއަށް ގޮސްފައި.. އެހެން ނޫނީ ދޮންބެ ހުންނާނީ ހާސްކަމެއްގެ ތެރޭގައި..”

ޒީނާ މަހުދީ ގޮވައިގެން ބޭރަށް ނިކުމެ ވެގެން އުޅޭ ގޮތް މަޑުމަޑުން ކިޔައިދިނެވެ. މަހުދީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ވާނީވެސް އެހެންނެވެ. އޭނާ ހުރީ ވާނުވާ ނޭނގޭހާލުގައި ކަންބޮޑު ވެފައެވެ.

“ޕްލޭން މުޅިން ފެއިލެއްނު..” މަހުދީއަށް ނިތްކުރީގައި އަތް ހިންގާލެވުނެވެ.

“ހަމް މާ ބޮޑަށް ހާސްވީ އޭ.. އޭނައަށް ޓައިމް ދޭންވާނެ.. އެހެން ނޫނީ މިކަން އަހަރުމެން ބޭނުންވާ ގޮތަކަށް ނުދާނެ.. އަހަރެން ހަމްއާ ވާހަކަ ދައްކާނަން”

ޒީނާ އެތެރެއަށް ހިނގައި ގަންނަމުން ބުނެލިއެވެ.

ޒީނާ ގޮސް ހަމްނާ އިން ކޮޓަރިއަށް ވަދެ ހަމްނާ އާ ވާހަކަ ދައްކަން ފެށިއެވެ.

“އެހެންވީމަ އެހެން ދުވަހަކަށް މިކަން ފަސް ކޮށްލަންވީތަ..؟؟”

ހަމްނާގެ ބުރަކަށީގައި އަތް އުނގުޅާލަމުން ޒީނާ ހިތްވަރު ދިނެވެ.

“ނޫން.. އެހެން ނޫނީ މާ ލަސްވެދާނެ.. ދޮންބެ ދައްތައަށް ހީވޭތަ އޭނަ އަހަންނާ ލައިކް ވާހެން؟؟”

ހަމްނާ ސުވާލުގެ ނަޒަރަކުން އެހެން ބުނެލީ ޒީނާއަށް ބަލައިލުމެއް ނެތިއެވެ.

“އަހަންނަށްވެސް ރަނގަޅީ ތިގޮތް.. އެކަމު ތި ހުރި މޫޑުގައި ހުރެ ކިހިނެއް އާތީ ކުރިމައްޗަށް އަރާނީ.. މިހާރުވެސް ތިހިރީ ތުރުތުރު އަޅައަޅަ..”

ޒީނާ ޖަވާބު ދިނީ ހަމްނާ ކުރި ދެ ސުވާލުން އެއް ސުވާލަށެވެ.

“ދެން ކިހިނެއް ހަދާނީ..؟ ދޮންބެ ދައްތައަށް މިހެންވިތަ ދޮންބެއާ އަލަށް ދިމާވި އިރު”

ހަމްނާގެ އަޑުގައި ވަނީ ސީރިއަސް ކަމެވެ.

“ހެ ހެ ހެ.. ނުނޭ.. ތިވަރެއް ނުވޭ..”

ހަމްނާ ކުރި ސުވާލަކުން ޒީނާއަށް ހިނިއައެވެ.

“އެކަމަކު ދެން އެހެން ނުވާނޭ ދޮންބެ ދައްތާ..”

ކެތްތެރިކަން ކުޑަވެފައި ވާ، މީހެއް ފަދައިން ހަމްނާ ވާހަކަ ދެއްކިއެވެ. އަންހެން ކުއްޖަކު އިސްވެ ލޯބި ހުށަހެޅުމަކީ ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި އާތިފު ބަލައިގަނެފާނެތީ އޭނާގެ ހިތް ބިރު ގަންނަނީއެވެ. އާތިފު ދޭނެ ޖަވާބެއް ނޭނގޭތީ ހާސްވަނީއެވެ. އާތިފު އޭނައަށް ނޫނެކޭ ބުނެފިއްޔާ އޭނާގެ ހުރިހާ އުންމީދެއް ފެނަށް ދިޔައީއެވެ.

“އެހެން ވީމަ ދޭ ފެންވަރަން.. ދޮންބެ ދައްތަ އަންނާނަން ނިކުންނަން ވާއިރަށް މޭކަޕް ކޮށްދޭން”

ޒީނާ ކޮޓަރިން ނިކުންނަން ހިނގައި ގަތެވެ. ޒީނާ ގޮސް އާތިފުމެން ކައިރީގައި އިށީނދެ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ތެދެއް.. ކީއްކުރާށޯ މިރޭ މިގެއަށް މިއައީ..؟ މަހުދީ ކައިރީގައި އަހާއަހާ ވެސް،  ނުބުނެގެން މިއުޅެނީ..”

އާތިފު އެ ސުވާލު ޒީނާއާ ކުރީ ފަހަރުގައި ވެސް ހިނގަން އުޅެނީ ކިހާ ވަރެއްގެ ކަމެއް ކަން އޭނައަށް އެއްވެސް ވަރަކަށް އެނގިގެނެއް ނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

ހިތުގެ ވެރިޔާ

Next

ތިޔަ ލޯތްބަށް އެދެމޭ – 27

Next
May 1, 2021

ތިޔަ ލޯތްބަށް އެދެމޭ – 27

Previews
April 29, 2021

ހިތުގެ ވެރިޔާ



All Right Reserved!