
ތިޔަ ލޯތްބަށް އެދެމޭ – 28
” ހައި ކޮއްކޯ.. ” މާއިން އިލްޔާ އާ ތަންކޮޅެއް ދުރުގައި ހުރުމުން ލީޝާ ގޮވާލިއެވެ.” ކޮއްކޮ މަންމަ އާ ބައްޕަ ކޮބާ.. ” ލީޝާ އެހެން އަހާލުމުން މަޔާން ދައްކާލީ އިލްޔާ އާއި މަޔާން އެވެ.” ބަލާއެއްނު.. ” ލީޝާ ދެބުމަ ގޮށްޖެހާލިއެވެ.” އެބޭބެ ގޮވައިގެން އާދެބަލަ.. ” ލީޝާ ރާކިން ގޮވައިގެން އަންނަން ބުންޏެވެ.” ކޮއްކޮ މަންމަ ކޮބާ.. ” ލީޝާ އަހާލިއެވެ. ” އެހުރީ … ” ރާކިން ދައްކާލީ ހިޝާއެވެ.” އެހުރީ ބައްޕަ ދޯ.. ” ރާއިލް ދައްކާލަމުން ލީޝާ އަހާލިއެވެ. ރާކިން ބޯ ޖަހާލިއެވެ.” ދެން ދޭ ކުޅެން.. ” ލީޝާ މާއިންމެން ފޮނުވާލާފައި ހިނގައިގަތީ އިލްޔާ އާއި ދިމާއަށެވެ.
**28 ވަނަ ޕާޓު**
” އަހެމް.. ” ލީޝާ ކަރު ކެހިލުމުން އިލްޔާ ކުރިއަށް އެނބުރުނެވެ.” ލީޝާ..؟ ” އިލްޔާ ހިތުގައި ބިރުވެރިކަން އުފެދުނެވެ.” ހެހެ… އާނ މީ ލީޝާ.. ” ލީޝާ ނުލަފާ ގޮތަކަށް ހީލިއެވެ.” ދަރިފުޅުމެން ދެކުދިން ދޭބަލަ ބައްޕަ ކައިރިއަށް.. މަންމަ ވެސް މި ދަނީ… ” އިލްޔާ އެހެން ބުނުމުން މާއިން އާއި ރާކިން ދުއްވައިގަތީ މަޔާން މެންނާ ދިމާއަށެވެ. އިލްޔާ ދާން އުޅެނިކޮށް ލީޝާ ހިފަހައްޓާފައި ވަށައިގެން ބަލާލިއެވެ. އިރު އޮއްސޭ ގަޑި ކަމުން ޕާކަކު ހަމަ އެކަކު ނެތެވެ. ލީޝާ ކާމިޔާބީ ހިނިތުންވުމެއް ވަމުން އިލްޔާ ކޮއްޕާލީ ޕާކު ކައިރީގައި އޮންނަ ދަގަނޑު ހޮޅިތަކު މައްޗަށެވެ.” އާހ.. ޔާން…. ” ވެއްޓުން ގަޑީގައި ބަނޑަށް އެރި ތަދާއެކު އިލްޔާ އަށް ހަޅޭއްލަވައި ގަނެވުނެވެ. އެ އަޑު އިވުމުން މަޔާން ދުއްވައިގަތީ އިލްޔާ އާއި ދިމާއަށެވެ. ފަހަތުން ދެންތިބި މީހުން ވެސް އައެވެ.” އިލޫ… ބަނޑަށް ތަދުވީތަ… ” އިލްޔާ ނެގުމުމަށްފަހު ބަނޑުގައި ހިފަހައްޓާލައިގެން ހުރުމުން މަޔާން ކަންބޮޑުވިއެވެ.” ހަހަހަ.. ” ލީޝާ ހޭންފެށިއެވެ.” ކަލޭތަ… މިރަށުގަތަ އުޅެނީ.. ” މަޔާން ލީޝާއާއި ދިމަ ބަލާލާފައި ދެބުމަ ގޮށްޖެހާލިއެވެ.” އާނ.. ހެހެ.. އަނެއްކާ ބަނޑު ވެސް ބޮޑުވީތަ.. ” ލީޝާ އަނގަ ހަދާލިއެވެ.” އިނަފް ލީޝާ… އަހަރެމެން ހަމަޖެހިލައިގެން ދިރިއުޅުނަ ދީބަލަ… ކެތް ނުވަނީ ދޯ އަހަރެމެން ދިރިއުޅޭ ތަން ބަލަން.. ” މަޔާން ހަޅޭއްލަވައި ގަތެވެ. ހައިމަން ވެސް ލީކާ ގޮވައިގެން އެދިމާއަށް އައެވެ.
” ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ… ” ރާއިލް ގާތަށް ވެސް ރުޅިއައެވެ.” ލީޝާ… ބުނިން ދޯ މީހަކަށް ގެއްލުން ނުދޭށޭ.. ” ހައިމަން ވެސް ހަޅޭއްލަވައި ގަތެވެ.” ކަލޭ ވެސް ތީ މަށަށް ހުރި ބޮޑު ލަދެއް.. ” ހައިމަން އާއި ދިމަ ބަލާލާފައި ލީޝާ މޫނު ކުނިކޮށްލިއެވެ. އޭރު ވެސް އިލްޔާ ހަމައަކަށް ނޭޅޭތީ ހުރީ މަޔާން އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ވަށައިގެން ހިޝާ އާއި ލުޔާ އަދި މާއިން އާއި ރާކިން ތިއްބެވެ.” ހިނގާ ގެއަށް ދާން.. ކަލޭ ހިތެއް ވެސް ނޫނޭ އޮންނަނީކީ… ” ހައިމަން ހިތަށް ވެސް އިލްޔާ އާއި މެދު ހަމްދަރުދީ އުފެދެއެވެ. ލީޝާ ދޫ ނެރެލާފައި ހިނގައިގަތެވެ.” ސޮރީ އިނގޭ.. ކުރީގަ ކިތަންމެ ގޯސްކޮށް މަށަށް އުޅެވުނަސް މިހާރު އެ އުޅުން ދޫކޮށްލައިފިން.. ލީޝާގެ އުޅުން ރަނގަޅު ވޭތޯ ލީޝާއާ އިނީ ވެސް.. ” ހައިމަން މާފަށް އެދުނެވެ.” އިޓްސް އޯކޭ.. ” މަޔާންގެ ޖަވާބު ލިބުމުން ހައިމަން ލީޝާ ފަހަތުން ހިނގައިގަތެވެ.
” ހިނގާ އަވަހަށް ޑޮކްޓަރަށް ދާން.. ބޭބީ އަށް ކަމެއް ވެދާނެ.. ” މަޔާން ކަންތައް ބޮޑުވިއެވެ. އަވަސް އަވަހަށް އެމްބިއުލެންސް އަށް ގުޅައިގެން އިލްޔާ ހޮސްޕިޓަލަށް ގެންދިޔައެވެ.” އެއްވެސް ކަމެއް ވެފަ ހުރިތޯ.. ” މަޔާން އިލްޔާ އަތުގައި ހިފައިގެން އިނދެ އަހާލިއެވެ.” އިރާދަކުރެއްވީތީ ނެތް އެއްވެސް ކަމެއް ވެފައެއް… ހަމައެކަނި ކުޑަ ތަދެއް އެރިކަން.. ” ޑޮކްޓަރ ދެއްވި ހަބަރަކުން މަޔާން އަށް ފުން ނޭވާއެއް ލެވުނެވެ.” ޝުކުރިއްޔާ… ” މަޔާން ޑޮކްޓަރ އާއި ސަލާމް ކޮށްލަމުން ހިނިތުންވިއެވެ.” ހަހ ކަމެއް ނުވެއޯ.. ” މަޔާން އުފަލުން އެ ހަބަރު ރާއިލް މެންނަށް ދިނެވެ.” ނަސީބެއް.. ” ލުޔާ އާއި ހިޝާ ވެސް އުފާވިއެވެ.” ދެން ހިނގަދާން ރަށަށް… މިރަށުގަ ހުއްޓަ އަނެއްކާ އިލޫ އަށް ކަމެއް ވެދާނެ.. އައިމް އޯލްސޯ ފައިން ނައު.. ” ލުޔާ އެދުނެވެ.” ޔަހ މަށަށް ވެސް ހީވަނީ ތިހެން … ލޫ އޯކޭ ވިއްޔާ ދެން ރަށަށް ދާން.. ” ރާއިލް ވެސް ބުންޏެވެ. ހިޝާ ވެސް އެކަމާ އެއްބަސްވިއެވެ. އެންމެން ވެސް ނިންމީ މާދަން ހަވީރު ރަށަށް ދާންށެވެ.
” މޮޔަ ވެގެންތަ ތިއުޅެނީ… ” ގެއަށް ވަދެފައި ހައިމަން ލީޝާ ގައިގައި ޖެހިއެވެ.” މަގޭ ގައިގަ ނުޖަހަބަލަ… ” ލީޝާ ހިތްހަމަ ނުޖެހުނެވެ.” ފޮނިކަން… ލީޝާ އަށް އިނގޭނެ ދޯ ބަނޑުބޮޑު އަންހެނަކަށް ވާނެ ތަދު.. ކީއްވެތަ އިލްޔާ ކޮށްޕާލީ… ” ހައިމަން ލީކާ އެނދުގައި ބާއްވާލަމުން ބުންޏެވެ.” ރުޅި އަންނާތީނުން… އަނެއްކާ އެމީހުންނަށް ނުލިބޭ މަށަށް ލިބުންކަހަލަ ނުކުޅެދޭ ގަމާރެއް… އެމީހުންނަށް ލިބުނީ ވިސްނުންތޫނު ކުދިންތަކެއް… މަށަށް އެކަހަލަ ކުއްޖެއް ނުލިބުންތާނގަ އެމީހުންނަށް ލިބުނަ ދީގެން ނުވާނެއްނު.. ” ލީޝާ ދަތްކުނޑި ވިކައިގަތެވެ.” ލިބޭ މިންވަރަށް ޝުކުރު ކޮށްބަލަ… އިލްޔާގެ ދަރި ވެސް ލީޝާގެ ދަރި ވެސް އެއީ ހަމަ އިންސާނުންނޭ… ” އާދައިގެ މަތިން ހައިމަން ލީޝާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.” މަ ބޭނުމީ ތިޔަ ލީކާގެ ވަސް ވެސް ދުނިޔޭން ފުހެލަން… އެއީ މަގޭ ދަރިއެއް ކަމަކަށް މަށެއް ނުދެކެން.. ” ލީޝާ ދުރު ބަލާލިއެވެ.” ހެޔޮނުވާނެ ލީޝާ… އެ ކުއްޖާ ދުނިޔޭގެ އުޅުނަ ދީބަލަ ޕްލީޒް.. ” ހައިމަން އާދޭސް ކޮށްލިއެވެ. އެކަމުން ލީޝާ އިތުރަށް ފޮނިވިހެން ހީވިއެވެ.” ހަހަހަ.. މަގޭ އަތުގަ ދޯ ހުރިހާ ބާރެއް އޮތީ… ” ލީޝާ ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ.
އިލްޔާމެން ރަށަށް ދާން ލޯންޗަށް އެރާ ހަމަޖެހިލިއެވެ.” ހޮޑު ލަވަންޏާ ބުނައްޗޭ.. ” މަޔާން މާއިން އުނގަށް ލަމުން ބުންޏެވެ.” ހްމްމްމް… ” އިލްޔާ ފާޑަކަށް އިނުމުން މަޔާން އަށް ކުޑަކޮށް އުނދަގޫ ވިއެވެ.” އިލޫ؟.. ކިހިނެއްވީ.. ” މަޔާން އަހާލިއެވެ.” ބޮލުގަ ރިއްސަނީ… ” އިލްޔާ މަޔާން ކޮނޑުގައި ބޯ އަޅާލިއެވެ.” ތިހެން ވީރު ނިދާލާ… ރަށަށް ދެވުނީމަ ގޮވާލާނަން.. ” މަޔާން އިލްޔާ ބޮލުގައި ފިރުމާލިއެވެ. އެހެން ބުނުމުން އިލްޔާ ލޯ މަރާލިއެވެ.
” އިލޫ އޭއި… ތެދުވޭ ރަށަށް އާދެވިއްޖެ.. ” މަޔާން ގޮވާލިއެވެ.” ހްމް… ” އިލްޔާ ލޯ ހުޅުވާލަމުން ބުންޏެވެ.” ހިނގާ ފައިބަން.. ” އިލްޔާ އަތުގައި ހިފާފައި ނަގަމުން މަޔާން މާއިން ހިޝާ އާއި ހަވާލު ކޮށްފައި އިލްޔާ ބޭލުވިއެވެ.” ދެން އޮތީ ލޫ މެންގެ ވެޑިންގް… ނެކްސްޓް ވީކްގަ… ރެޑީގަ ހުންނާތި… އެނެއްކަ މި ހިޝް މެންނަށް ވީހެން ވެގެން ނުވާނެ އިނގޭ.. ” ރާއިލް ގެއާއި ދިމާއަށް ހިނގައިގަންނަމުން ދިމާކޮށްލިއެވެ.” ތި ގޭ ކުދިން ކޮޅު ކޮބާތަ… ” އިލްޔާމެންގެ ހުންނަނީ ކުއްޔަށް ދީފައިކަމުން ހިޝާ އަހާލިއެވެ.” ޕިސް ޕިސް… އެއީ ހިތާދޫ ބައެކޭ…އަހަރެން ނުވެސް ދަންނަން… ” އިލްޔާ ހިޝާ ގައިގައި ޖަހާލިއެވެ.
ގެއަށް ގޮސްފައި ފުރަތަމަ ވެސް އިލްޔާމެން ބެލީ ވަރުބަލި ފިލުވައިލެވޭތޯއެވެ. މާއިން ނިންދަވާފައި އިލްޔާ ފެންވަރަން ވަނެވެ.” ސުވާލެއް އަހާލަންތަ އިލޫ.. ” ފެންވަރައިގެން އައިސް އިލްޔާގެ އުނގުގައި ބޯ އަޅާލަމުން މަޔާން އަހާލިއެވެ.” އަހާބަލަ.. ” އިލްޔާ ބާލީހުގައި ލެނގިލަމުން ބުންޏެވެ.” އިލޫ ބޭނުމީ ގާރލް އެއްތަ ނޫނީ ބޯއި އެއްތަ.. ” މަޔާން އެހިއެވެ.” މިހާރު ބޯއިއެއް އެބަހުރި… ސޯ ގާރލް އެއް… ” މަޔާންގެ އިސްތަށިގަނޑާއި ކުލެލަމުން އިލްޔާ ބުންޏެވެ.” އަހަރެން ވެސް.. ދެން ކޮން ނޭމް އެއް ކިޔާނީ.. ” މަޔާން ވިސްނާލިއެވެ.” މްމްމް… ވިސްނާލަންވީ… މީމަކުން ފެށޭ ނަމެއް ދޯ.. ” އިލްޔާ ގޫގްލް ހުޅުވާލަމުން ބުންޏެވެ.” ނޫނޭ އައި އަކުން… މިހާރު މާން އަށް އެހުރީ އެމް އަކުން ކިޔާފަ.. ” މަޔާން ބުންޏެވެ.
” އިމްޝާ.. އިންޝާ.. އިފާ… އީޝާ… އިޔާޝާ.. އިޒްނާ.. އިވާ.. ” އިލްޔާ ނަންތައް ކިޔަންފެށިއެވެ.” ސުބުހާނާައްﷲ އިލޫ.. ” މަޔާން ގާތަށް ހިނި އައެވެ. އިލްޔާ ކިހިނެއްވީތޯ އަހާލިއެވެ.” ތިހާ ގިނަ ނަން ކިޔާށެކޭ ނުބުނަން ދޯ.. ” މަޔާން ގާތަށް ނުލަފާ ހިންޏެއް އައެވެ.” ދެން… އިންޝާ އޯކޭތަ… ” އިލްޔާ ބޯ ކަހާލިއެވެ.” ޔެސް އޯކޭ.. އެކަމް ކިހިނެއް ހަދާނީ ބޯއި އެއް ލިބިއްޖެއްޔާ… ” މަޔާން އަހާލިއެވެ. ” އިޔާން ، އިޔާމް ، އިމާން ، އިފާން.. ” އިލްޔާ އަނެއްކާ ވެސް ނަންތައް ކިޔަންފެށިއެވެ. ” އަޅެ އަނެއްކާ.. ” މަޔާން ހޭންފެށިއެވެ.” ދެން.. ” އިލްޔާ ތުން ދަމާލިއެވެ.” އިޔާން ދޯ… އޯކޭ؟.. ” އިލްޔާ ބުންޏެވެ.” އެހެންމަ ގާރލް އެއް ވިއްޔާ އިންޝާ ބޯއި އެއް ވިއްޔާ އިޔާން.. ” މަޔާން ތެދުވެފައި އިލްޔާ ބަނޑުގައި އަތް ޖައްސާލިއެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ލީޝާ ސިއްރު ސިއްރުން ތެދުވެ ނިދާފައި އޮތް ލީކާ ކައިރިއަށް ދިޔައެވެ. ހައިމަން އޮތީ ނިދާފައި ކަމުން ލީޝާ ހަމަޖެހުމުގެ ނޭވާއެއް ލާފައި ބާލީސް ނަގާ ލީކާ މޫނުގައި ނޭވާ ނުލެވޭހާ ބާރަށް އެޅިއެވެ. އެ ތުއްތު ފުރާނަ އަތާއި ފައި ތަޅުވަންފެށީ ނޭވާ ނުލެވިގެންނެވެ. ނަމަވެސް ލީޝާގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ.” އަވަހަށް މަރުވެބަލަ ގަމާރާ… ” ލީޝާ ހިތާއި ހިތުން ކިޔަމުން ދިޔައެވެ. ގާތްގަނޑަކަށް ފަސްވަރަކަށް މިނިޓް ފަހުން ލީކާގެ ހަރަކާތް ހުއްޓުނެވެ. ލީޝާ ބާލީސް ނަގާފައި ލީކާ ނޭވާލައިތޯ ބެލިއެވެ. ނޭވާ ނުލާކަން ޔަގީން ކޮށްފައި ލީޝާ އަލުން އެނދަށް އަރާ ހަމަޖެހިލާފައި ލޯ މަރާލިއެވެ.
އަނެއްދުވަހު އިރު އެރީ ވާދޫގައި އެއް މަހުގެ ކުއްޖަކު ނިޔާވި ވާހަކައެވެ.” ކިހިނެއްބާ އެ މަރުވީ… ” ލީޝާ ކަސްރަތު ކުރަން ނިކުމެ އުޅެނިކޮށް ޖޯލިފަތީގައި ތިބި އަންހެނުންތަކެއް ބުނި އަޑު އިވުނެވެ.” ވެދާނެ މީހަކު މަރާލީ ކަމަށް… ” އެހެން މީހެއް ބުންޏެވެ.” ނޫނޭ ތިހެން ނުބުނޭ… ވެދާނެ ހަމަ އެ ކުއްޖާއަށް އިރާދަކުރައްވި ގޮތް ކަމަށް… ” އަނެކަކު ބުންޏެވެ. ލީޝާ އަޅައި ނުލާ ކުރިއަށް ހިނގައިގަތެވެ. ހައިމަން ވާނެ ދެރަ ހިތަށް އެރުމުން އިތުރަށް ފޮނިވިއެވެ.
” އޭއި އިނގޭތަ ފަހީމާއްތަ ކިޔާ އެއްޗެއް… ” ލުޔާ ހެނދުނުގެ ނާސްތާ ކުރަމުން ބުންޏެވެ.” ބުނީމަ ދޯ އިނގޭނީ.. ” ހިޝާ ބުންޏެވެ.” އެއްކަލަ ލީޝާމެންގެ ދަރިފުޅު މަރު ވެއްޖެއޯ… ދަންވަރު ވަގުތޯ މަރުވީ ވެސް… ” ލުޔާ އެހެން ބުނުމުން މަޔާން އަނގައިގައި އޮތް ފެންފޮދު ބޭރުނުވީ ކިރިޔާއެވެ.” ވަޓް… ” ރާއިލް ވެސް އިނީ ހައިރާންވެފައެވެ.” ހައިމަން ކިހާ ދެރަ ވާނެ… އަނެއްކާ އެއޮށް ލޯބި ކުއްޖާގެ މޫނު ވެސް ނުފެންނާނެ ވިއްޔަ… ” ރާއިލް ބުންޏެވެ.” ކިހާ ދެރަ… ދެން އަހަރެމެންނަށްވެސް ކުރެވޭނެ ކަމެއް ނެތްތާ ދޯ.. ” އިލްޔާ ވެސް ދެރަވިއެވެ.
ހަވީރު ގަޑީގައި ލުޔާ އިނީ ޖޯލީގައި އިށީނދެ ގެންނެވެ. މަގުމަތީގައި އެހާ މީހުންނެއް ވެސް ނެތެވެ. ކުއްލިއަކަށް މީހަކު އައިސް ލުޔާ މޫނު މަތީގައި އަތް އެޅިއެވެ.” ކާކު؟.. ” ލުޔާ ހިތް ތެޅިލިއެވެ.” މަ ވެސް އިޅުނީތަ ލޫ އަށް.. ” ފަހަތުން އިވުނީ ޔަޒާންގެ އަޑެވެ.” ކޮން އިރަކު އައީ.. ” ލުޔާ ހީލަމުން އަހާލިއެވެ.” ދެންމެ މި އައީ… ” ޔަޒާން ލުޔާ ކައިރީގައި އިށީންނަމުން ބުންޏެވެ.” މަޔާންމެން ދައްކައިފި އަހަރެމެން ދެމީހުން މެރީ ކޮށްގެން ކުއްޖަކު އެޑޮޕްޓް ކުރާނީއޭ… މަގޭ ހަމަ އޯކޭ… އެމީހުން ބުނީ މަ ވަރަށް ރުޅި އަންނާނެއޭ ލޫ ބުންޏޭ.. ” ޔަޒާން ވާހަކަ ދެއްކިއެވެ.” އަސްލު އިނގޭތަ އަދިވެސް މިހުރީ ލޫގެ އިންތިޒާރުގައޭ… ” ލުޔާ އެއްޗެއް ނުބުނެ އިނުމުން އަނެއްކާ ވެސް ޔަޒާން ބުންޏެވެ.” އަސްލު ވެސް ހިއެއް ނުކުރަން ލޫ މި ވެޑިންގް އަށް ޔެސް އޭ ބުނާނެ ކަމަކަށް… ” ޔަޒާން ހީލިއެވެ.” ކީއްވެތަ އެއްޗެއް ނުބުނެ ތީނީ.. ހަމަ ޔެސް އޭ ބުނާ ހިތުންތަ ތި ބުނީ..” ޔަޒާން ލުޔާ އާއި ދިމަ ބަލާލިއެވެ.” ހްމް… ” ލުޔާ ދެލޯ ފެންކަޅިވިއެވެ.” ނުރޮއިބަލަ ޕްލީޒް… އީތަން މަތިން ހަނދާން ނައްތާލަބަލަ… ” ޔަޒާން ލުޔާގެ ކަރުނަތައް ފޮހެދިނެވެ.
ލީޝާ ދުވެފައި ގޮސް ގެއަށް ވަނެވެ. އޭރު ހައިމަން އިނީ ގަބުވެފައެވެ.” އޭއި… ހިތާމަ ކުރާނެ ކަމެއް ނެތޭ… އަހަރެމެން އޫފަލެއްނު ވާންވީ.. ” ލީޝާ ހަމަޖެހިލަމުން އިށީނެވެ.” ލީޝާ ހަމަޖެހުނަސް މަށަކަށް ހަމައެއް ނުޖެހެވޭނެ.. ” ހައިމަން މަޑުމައިތިރިކޮށް ވާހަކަ ދެއްކިއެވެ.” ކަލޭ ސިކުނޑިއެއްތަ އޮތީ ނޫނީ އެހެން އެއްޗެއްތަ އޮތީ… މޮޔަކަން ބަލާބަލަ… އަހަރެމެން އުފާ އޭ ކުރަންވީ ރޯންވީކީ ނޫނޭ… ” ލީޝާ ހައިމަން ބޮލުގައި ޖެހިއެވެ.” ދޭބަލަ އެހަށް ދުރަށް… ” ހައިމަން ގާތަށް ރުޅި އައެވެ. ” އެންމެ ރަނގަޅޭ މަ މި ދަނީ.. ” ލީޝާ ފޮނި ގޮތަކަށް ހިނގާލާފައި ގޮސް ކޮޓަރިއަށް ވަނެވެ.” ކޮން ފޮނި ކަމެއް ދައްކާކަށް… މަށަށް ހަމަ ޔަގީން ލީކާގެ މަރުގަ ކޮންމެސް ނުބައެއް އުޅޭހެން… މަ އެކަން ހޯދައިފަ ނޫނީ ދުލެއް ނުކުރާނަން.. ” ހިތާއި ހިތުން ހައިމަން ކިޔާލިއެވެ.
ލުޔާއާއި ޔަޒާންގެ ކައިވެނި ކުރެވިއްޖެ އެވެ. މާ ބޮޑު ޕާޓީ އެއް ނުބޭއްވި ނަމަވެސް އާއިލާގެ މީހުންނަށާއި އެކުވެރިންނަށް ދައުވަތު ދިނެވެ. ޔަޒާން ހުންނަނީ އަބަދުހެން އުފާވެފައެވެ. ލުޔާ ވެސް ކޮންމެވެސް ވަރަކަށް އީތަން މަތިން ފޫހި ވެއްޖެއެވެ.” އޭއި ލޫ.. ” ނިދަން އަރަމުން ޔަޒާން ގޮވާލިއެވެ.” ހްމްމް؟.. ” ލުޔާ ގައިގައި ބެޑްޝީޓް އަޅާލިއެވެ.” ކަމެއް ނުވެ ހަމަ ގޮވާލީ… ގުޑް ނައިޓް ލޫ.. ” ޔަޒާން ހީލަމުން އޮށޯތެވެ. ލުޔާ ވެސް ލޯ މަރާލީ ވަރުބަލިވެފައި ހުރުމުންނެވެ. އަދި ޔަޒާން އަކީ އީތަން ކަހަލަ މީހަކަށް ނުވުމަށް އެދި ދުޢާ ކުރަމުންނެވެ.
މަސްތައް ފާއިތުވަމުން ގޮސް އިލްޔާ ވިހާ ދުވަސް ޖެހިއްޖެއެވެ. މަޔާން ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައި ތުއްތު ކުއްޖެއް ރޯއަޑު ކަންފަތުގައި ޖެހުނެވެ. ރާއިލް މަޔާންގެ ކޮނޑުގައި ޖަހާލިއެވެ.” މަރުހަބާ… އަންހެން ކުއްޖެއް… ” އޭގެ ކުޑަ އިރުކޮޅެއް ފަހުން ނަރުސް ކުއްޖަކު ނިކުމެފައި ބުންޏެވެ. އަދި ހުއްދަ ދިނުމުން މަޔާން އަވަސް އަވަހަށް އިލްޔާ އާއި އެ ތުއްތު ކުއްޖާ ދެކިލާ ހިތުން އެތެރެއަށް ވަނެވެ.” އިލޫ.. ” އިލްޔާ ހީލަމުން ކުޑަ ކުއްޖާ ދައްކާލިއެވެ.” މި ކުއްޖާ ވައްތަރީ އިލޫ އާ ދޯ.. ” ލުޔާ އެކުއްޖާ ކޮލުގައި ކޮއްޓާލިއެވެ.” ކޮއްކޮ… ” މާއިން ވެސް ދުވެލާފައި އައީ އެ ކުއްޖާ ދެކިލުމަށެވެ.” ދަރިފުޅު ދޮންބެ އަކަށް ވީއޭ.. ” މަޔާން މާއިން އާއި އެއްވަރަށް ތިރިވަމުން އެކުއްޖާ މަޔާން އަތަށް ދިނެވެ.” ހޫނ އެކުއްޖާ ނިދިޔަ ދީބަލަ.. ” ރާއިލް ވެސް އެކުއްޖާ އުރާލަމުން ބުންޏެވެ.” އެހެން ބުނާ މީހާ އެކުއްޖާ ބާއްވަބަލަ ފުރަތަމަ.. ” ޔަޒާން ގާތަށް ވެސް ހިނިއައެވެ. އެ ވަގުތުކޮޅު އެންމެންގެ މޫނުމަތިން ވެސް ފެންނުނީ އުފާވެރި ކަމެވެ.
ކޮފީ ޖޯޑު ހިފައިގެން ބެލްކަނީގައި އިން ހައިމަން ވިސްނަމުން ދިޔައީ ލީޝާ އާއި މެދުއެވެ. ލީޝާގެ އެ ބަދަލުނުވާ މިޒާޖާއި މެދު ހައިމަން އިންނަނީ އަބަދުވެސް ވިސްނަންށެވެ. ކުއްލިއަކަށް ހައިމަން ސިއްސައިގެން ދިޔައީ ކައިރީގަ އޮތް ލީޝާގެ ފޯނަށް މެސެޖެއް އައުމުންނެވެ.” އޭނ؟.. އަދިވެސް ހައިމަން އަށް ނޭނގޭ..؟ ” އެ މެސެޖުގައި އެހެން އިނުމުން ހައިމަން އިތުރަށް ޝައުގުވެރިވިއެވެ. ދެން ހައިމަން ބަލާލީ ނަމަށެވެ. ޖަހާފައި އިނީ “ލީން” އެވެ. ހައިމަންގެ ނަސީބު ރަނގަޅުކަމުން ފޯނު އޮތީ ހުޅުވާފައެވެ. އޭގައި ދައްކާފައި ހުރީ ގިނައިން ލީކާގެ މަރުގެ ވާހަކަ އެވެ. ހައިމަންއަށް ލީކާ މަތިން ހަނދާން ވުމުން ފެންކަޅިވިއެވެ.” މިމީހުން ކޮން ކަމެއްބާ ސިއްރު ކުރަނީ… ” ހައިމަން ހިތާ ހިތުން ބުންނެފައި ސިޑިން ފައިބަން ދުއްވައިގަތެވެ.” މަށަށް ޔަގީނޭ އެ ލީޝާ ކޮންމެވެސް ކަމެއް ސިއްރު ކުރިކަން އޭރު ވެސް… މިފަހަރު ހަގީގަތް ހޯދާނަން.. ”
” ލީޝާ… ” އެވަގުތު ގޭތެރެއަށް ވަތް ލީޝާ ފެނުމުން ހައިމަން ބާރުބާރަށް ގޮވާލިއެވެ. ” މިފަހަރު ހުރިހާ އެއްޗެއް ކިޔާދީފަ ނޫނީ ސަލާމަތެއް ނުވެވޭނެ… ” ލީޝާ އަތުގައި ތަދުވާހާ ބާރަށް ހިފަހައްޓަމުން ހައިމަން ބުންޏެވެ.” ލީކާ މަރުވީ ކާކު އަތުން… ” ހައިމަން ދަތްކުނޑި ވިކާލިއެވެ.” ކޮންޗެކޭ ތި ކިޔަނީ… ” ހައިމަން މިހާ ގިނަ ދުވަސް ފަހުން އެ ވާހަކަ އެއް ދައްކަން ފެށުމުން ލީޝާ ހައިރާންވިއެވެ.” މި ކިޔަނީ ކަލޭ އަތުންހޭ ލީކާ މަރުވީ… ކަލޭގެ ފޯނު މަ ބަލާފިން.. ” ލީޝާ އާއި ދިމާއަށް ލޯ އަޅާލަމުން ހައިމަން ބުންޏެވެ. ކިތަންމެ މަޑުން އެހެން ބުނި ނަމަވެސް ބޭރަށް އަޑު އިވޭނެކަން ޔަގީނެވެ.
” ހައިމަން.. ” ލީޝާ ކޮންމެވެސް ވަރަކަށް ކަންތައް ބޮޑުވިއެވެ.” ތެދަށް ބުނޭ… އެހެން ނޫނީ މާ ތާހިރެއް ނުވާނެ.. ” ހައިމަން އަތަށް ބާރު ކޮށްލިއެވެ. ލީޝާ އަކީ ހައިމަން ދެކެ ބިރުގަނެ ޖެހިލުންވާ މީހެއް ނޫން ނަމަވެސް މިފަހަރު ހިތް އާދަޔާ ޚިލާފަށް ތެޅިގަތެވެ.” ހައިމަން އަޅެ އަތުން ދޫކޮށްލަބަލަ… ” ލީޝާ ހައިމަންގެ އަތް ނެއްޓުވޭތޯ އުޅުނެވެ.” ރީއްޗަށް ބުނީމަ ދޫކޮށްލާނަން.. ” ހައިމަން ކުރިއަށް ވުރެ އަޑު ބާރުކޮށްލިއެވެ.” އައުޗް ތަދުވެއްޖެއޭ… ” ލީޝާ ނިއްކުރި މަތިން ފެން ތިކި ފައިބަން ފެށިއެވެ.” ރީއްޗަށް ބުނާށޭ… މަ ވަރަށް ދުވަހު ކެތް ކޮށްފިން ދޯ ލީޝާ އާ އެކު.. ދިހަ ސިކުންތު ތެރޭ ނުބުނެފިއްޔާ ތީ މަގޭ އަންބެއް ނޫން… ” ހައިމަން އެ ބުނި އެތިން ލީޝާ އަށް ހަގީގަތް ކިޔާދޭން މަޖުބޫރުވިއެވެ.” އާނ… ލީކާ މަރާލީ އަހަރެން… ޕްލީޒް އަހަރެން ހައިމަން އަންބެއް ގޮތުގަ ބަހައްޓައިދީ… އަހަރެން ދެން ވަންނާނެ ތަނެއް ނެތޭ.. ” ލީޝާ އާދޭސް ކޮށްލިއެވެ.
” ލީޝާ ވަންނާނީ ޖަލަށް ދެން.. ” ޕޮލިހުންގެ މީހަކު އެތެރެއަށް ވަންނަމުން ބުންޏެވެ. ” މި ފޯނުގަ ރިކޯޑިން އެބޯތް… ހިނގާ އަޅުގަނޑު މެންނާއެކު.. ” ޕޮލިސް މީހާ ހައިމަން ކައިރީގައި ލީޝާ އާއި އެއްކޮށް އައުމަށް އެދުނެވެ.” ހައިމަން… ޕްލީޒް… އަހަރެން ޖަލަށް ނުލާބަލަ.. ” ލީޝާ އަނެއްކާ ވެސް އާދޭސް ކުރަން ފެށިއެވެ.” މީހަކު މަރާލައިފިއްޔާ މުޅި ޢުމުރަށް ޖަލަށް…. ލީޝާ އަމިއްލައަކަށްނު އެ ކުއްޖާ މަރާލީވެސް… އަދި ލީން ކިޔާ ކުއްޖަކަށް ހުރި މެސެޖް ކޮށްފަ އެކުއްޖާއަށް ބިރު ދައްކާ ފާޑަކަށް… ” ހައިމަން އެ ޕޮލިސް މީހާއަށް ކިޔައިދިނެވެ. ޕޮލިސް މީހާ ފަރުވާތެރި ކަމާއެކު ހައިމަން ދެއްކި ހުރިހާ ވާހަކަތަކެއް އަޑު އަހާފައި އެހެން ޕޮލިހުންނަށް ހަބަރު ދިނެވެ.
” އޭއި ބަލާބަލަ ހަބަރުގަ އޮތް އެއްޗެއް… ” ހިޝާ ފުންމައިގެން ތެދުވެފައި ބުންޏެވެ.” ކީކޭތަ އޮތީ… ” މަޔާން އިންޝާ އުރައިގެން ހުރެ އަހާލިއެވެ.” ލީޝާ އޭނާގެ އަމިއްލަ ދަރިފުޅު މަރާލުމުގެ ތުހުމަތުގައި މުޅި އުމުރަށް ޖަލު ހުކުމެއް.. ” ހިޝާ ހަބަރުގެ ސުރުޚީ ކިޔާލިއެވެ.” ލާއިލާހައިލައްﷲ… އެހެންވީމަ އެ ކުޑަ ކުއްޖާ މަރާލީ ލީޝާ ތާ… ” މަޔާން ދެލޯ ބޮޑު ވިއެވެ.” އާނ އެހެނެއްނު އެވީ.. ” ރާއިލް ވެސް ހުރީ އަޖައިބުވެފައެވެ.” ހާދަ ރަހުމު ކުޑަ މީހެކޭ ދޯ.. ” ޔަޒާން ބޯ ހޫރުވާލިއެވެ.” އާނ… ދެން ދޭ ނިދަން… މިހާރު އެއޮއް ދިހައެއް ޖެހީ.. ” ލުޔާ ބުންޏެވެ.” ދެންމެއޭ މި ކަމަނާ ފުޅު ހޭލީ… ” އިލްޔާ ހިނިގަނޑެއް ޖަހާލިއެވެ.” ތިހެން ވީރު ތިބޭ… އަހަރުން މިދަނީ ނިދަން.. ” ރާއިލް ކޮޓަރިއަށް ވަންނެވެ. ހިޝާވެސް ފަހަތުން ވަނެވެ. ލުޔާ އާއި ޔަޒާން ވެސް ކޮޓަރިއަށް ވަނީ ނިދަން ކަމަށް ބުނެފައެވެ. މަޔާން މެންވެސް އިންޝާ ގޮވައިގެން ކޮޓަރިއަށް ވަނީ އެރެއަކީ އުފާވެރި ރެއެއް ކަމަށް އުންމީދު ކުރަމުންނެވެ.
– ނުނިމޭ –
މި ވާހަކައިގެ ސީޒަން އެކެއް މިހާ ހިސާބުން ނިމުނީ. އިންޝާ ﷲ އިރާދަކުރެއްވިޔާ ވަރަށް އަވަހަށް ސީޒަން ދޭން ކިޔާލަން ލިބޭނެ. މި ވާހަކަ ޝައުގުވެރިކަމާއެކު ކިޔަމުން ގެންދިޔަ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ… ދެވަނަ ސީޒަންއަށް އިންތިޒާރުކޮށްލާ..?
2 Comments!
Comments are closed.
Oh. Season 2??.Curiously waiting for that. Love❤️❤️❤️. When next part
hii dear… vvv reethi mi story… story ah cmmnt nukurevunas hama story nimendhen shauguveri kamaa eku stry kiyaalin… vvv salhi… dhevana season ah waiting… tc… lysm