
ތިޔަ ލޯތްބަށް އެދެމޭ – 23
އެގޮތުގައި ވަގުތު ފާއިތު ވަމުން ގޮސް މަޣުރިބު ނަމާދަށް ގޮވައިފިއެވެ. އޭރު އިލްޔާއަށް އޮތީ ނިދިފައެވެ.” އޭއި.. ހިނގާ މިސްކިތަށް… މިހާރު ހިޝްމެންނަށް ގުޅައިފިން އަންނާށޭ ބުނަން… ” ރާއިލް މަޔާން އަތުގައި ހިފައި ދަމައިގަތެވެ.” ޝްޝްޝް.. ކައެ އަނގަ މަޑުން ލައިބަލަ… އޭނަ ހޭލަ ފާނެއޭ… ނުބުންޏަސް މަ ދަންދޯ މިސްކިތަށް… މިރޭ ކޮން މޮޔައެއް ވެގެން ތިއުޅެނީ.. ” މަޔާން ތެދުވެފައި ރާއިލް ގައިގައި ތަޅައިގަތެވެ.” ކަލޯ މަގޭ ގައިން ހަންގޮއްސި ތޯއްޗެއް.. މަގޭ ވާޖިބެއް ދޯ އެއީ މަގޭ ކޮއްކޮއަށް ނަމާދަށް ދާން ހަނދާންކޮށްދިނުން… ” ރާއިލް ވެސް ވަކި މަޔާން އަށް ދޫކުރާނެހެނެއް ހިޔެއް ނުވެއެވެ.” ދުވަހަކު ވެސް ތިހާ ޞާލިޙް މީހެއް މަ ނުދެކެން… އަޅެ ފަހެ މަ ދާނަމޭ ކައެ ނުބުންޏަސް.. ” މަޔާން މަޑު މަޑުން ހަޅޭއްލަވަމުން ދިޔައެވެ.” ހަމަޖެހޭ ބްރޯ… ހިނގާ މިސްކިތަށް… މިހެން ޒުވާބު ކުރަން ތިއްބައި ނަމާދު ވަގުތު ގޮސްދާނެ.. ” ރާއިލް މަޔާން ގޮވައިގެން ވޯޑުން ނިކުންނަން ހިނގައިގަތް ވަގުތު މީހެއްގެ ގައިގައި ޖެހިފައި ރާއިލްއަށް ހުއްޓެވުނެވެ.
**23 ވަނަ ޕާޓު**
” ސޮރީ… ” އެމީހާ މަޔާން އާއި ދިމަ ބަލާލާފައި މޫނު މަތީގައި އަޅާފައިވާ މާސްކް ރަނގަޅު ކޮށްލިއެވެ.” އޯކޭ.. ދެން ފަހަރަކުން ބަލައިގެން އުޅޭތި.. ” ރާއިލް އަށް ދަންނަ އަޑެއްކަމަށް ޝައްކު ވިއެވެ.” މަޑުކޮށްބަލަ.. ތީ ކާކު.. ” ރާއިލް އެމީހާ ހުއްޓުވިއެވެ.” މީ.. އަމްމްމް.. އިލްޔާގެ ޑޮކްޓަރ… ” އެމީހާ އެހެން ބުނެފައި އިލްޔާ އާއި ދިމާއަށް ހިނގައި ގަންނަން އުޅުނެވެ.” ނޫނޭ ވެއިޓް… އިލޫގެ ޑޮކްޓަރ އަކީ އަންހެނެއް… އެހެން ވީރުން ތީ ކާކުގެ ޑޮކްޓަރ އެއް… މި ވޯޑުގަ އޮތީ އެންމެ ދެތިން މީހުން… އެމީހުންގެ ޑޮކްޓަރ އަހަރުންނަށް ވަނީ ފެނިފަ…. އެހެންމަ ތީ މިތާ މީހެއްގެ ޑޮކްޓަރ އެއް ނޫންނެއްނު.. ” މަޔާން އެމީހާ ކުރިމައްޗަށް އެރިއެވެ.” ނޫނޭ… މި.. ޑޮކްޓަރ ޗޭންޖް ވީ.. ” އެމީހާ ޖެހިލުންވެ ހުރެ ބުންޏެވެ. ނަމަވެސް މަޔާން އަށް އެކަން ގަބޫލު ނުކުރެވިގެން އެމީހާ އަޅައިގެން ހުރި މާސްކް ނެގިއެވެ.
” ކަލޭ ދޯ މީ.. !!! އޭރު ވެސް ހީވެއޭ އަލުން އިލޫ ބަލައި އަންނާނެހެން… އެކަމަކު ބުނަން.. ދެން އިލޫ އެއް ނުގެންދެވޭނެ.. !! ” މަޔާން އެމީހާ ކޮއްޕާލިއެވެ.” އާނ.. މީ ހަމަ އެ ހައިމަން… ލީޝާ ބުނެގެން މަސައްކަތް ކުރާ ހައިމަން… ކަލޭ ކިތަންމެ ވަރެއް ކުރިޔަސް އަދި އަންނާނަން ބަލައި.. ” ހައިމަން ދެބުމަ ގޮއްޖަހާލާފައި ވޯޑުން ނިކުމެގެން ދިޔައެވެ. ” މިވީ ގޮތުން އެކަކު މަޑު ކުރަން އެބަ ޖެހޭ.. ” ރާއިލް އެހެން ބުނި ވަގުތު ވީ ހިޝާ ވޯޑަށް ވަދެގެން އައި ވަގުތަށެވެ.” ނަސީބެއް…. ކޮބާ ލޫ.. ” ރާއިލް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ.” އަންނަމުން ގެއަށް ވަދެއްޖެ އައިސްކްރީމް ބޯންށޯ ކިޔައިފަ.. އިލޫ އަށް ވެސް ގެންނާނީއޯ.. އަހަރެން މި އައީ ލަސްވާތީ.. ” ހިޝާ އިލްޔާ ކައިރީގައި އިށީނެވެ.” އަހަރުން މި ދަނީ މިސްކިތަށް… އިތުރު މީހަކު މި ތަނަށް ވަދެއްޖެއްޔާ ގުޅައްޗޭ.. ” މަޔާން ރާއިލް އާއި އިރު މިސްކިތަށް ދާން ނިކުންނަމުން ބުންޏެވެ.
އެކަހަލަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން އައިސް އިލްޔާ ހޮސްޕިޓަލުގައި އޮންނަތާ ހަފްތާއެއް ވެއްޖެއެވެ. ލީޝާ މެންގެ އުނދަގުލެއް މަޔާން މެންނަކަށް ނުޖެހެއެވެ. ޔަޒާން މަސައްކަތް ކުރަނީ ލުޔާ ކައިރީގައި އޭނާ ލޯބިވާ ވާހަކަ ބުނަންށެވެ. މިވީ ހުރިހާ ދުވަހު އީތަންގެ ހަބަރެއް ވެސް ލުޔާ އަކަށް ނުވެއެވެ. މިކަމާ ދެރަވެގެން ހިޝާ ކައިރީގައި ވެސް އެވާހަކަ ލުޔާ ބުންޏެވެ. ގުޅާ ކޮންމެ ފަހަރަކު ބިޒީ ކަމަށް ބުނެފައި އީތަން ފޯނު ބާއްވާތީ ލުޔާ ހުންނާނީ މާޔޫސް ވެފައެވެ. ނަމަވެސް އީތަންގެ ރާގު ހުންނަ ގޮތުން ލުޔާ އަށް އީތަން ބިޒީކަން ގަބޫލުކުރަން މަޖުބޫރުވެއެވެ. ފޯނު ކޯލު އެންމެ ގިނައިރަކަށް ވެސް ދިގުދެމިގެން ދަނީ ފަސްވަރަކަށް މިނިޓަށެވެ. މިކަމާ ލުޔާ ހުންނަނީ އީތަން ކައިރީގައި ޝަކުވާ ކުރާނެ ފުރުސަތެއް ނުލިބިފަ އެވެ.
” އޭއި… މިއޮށް ފަތިހާ ކޮންތާކަށް.. ” ހިޝާ އާއި ލުޔާ ހޮސްޕިޓަލުން ނުކުމެގެން ދަނިކޮށް ވަދެގެން އައި ރާއިލް އަހާލިއެވެ.” ހިނގާލަން.. މިހާރު އިރު އަރަނީ އެއޮއް.. މިދަނީ އިރު އަރަން ބަލަންށާ އެއްކޮށް.. ” ހިޝާ ލުޔާ އާއި އެއްކޮށް ގޮނޑުދޮށާއި ދިމާއަށް ހިނގައިގަތެވެ. ހޮސްޕިޓަލުން ގޮނޑުދޮށަށް ދާން ގާތްގަނޑަކަށް ހަތް މިނިޓު ވަރު ނަގާނެއެވެ.” މިފަހަރު އިރު އަރައިފަ ތޯއްޗެއް އޮންނާނީ ދެވޭ އިރު… ” ލުޔާ ދުވަމުން ކަހަލަ ގޮތަކަށް ދިޔައެވެ. މިހާރަކަށް އައިސް ލުޔާ ބަލަމުން ދިޔައީ އީތަންގެ ދުރުކަން އިހުސާސް ނުކޮށް ވޭތޯ އެވެ. އީތަން އޭނައާއި އެހާ ގިނައިން ވާހަކަ ނުދައްކަނީ ބިޒީ ކަމުންނޭ ބުނެފައި އަމިއްލަ އަށް ހިތްހަމަ ޖައްސައިލަނީއެވެ.
” ސާބަހޭ.. ތިހާ އަވަހަށް ނުދިޔަޔަސް ދެވޭނެ.. ” ހިޝާ އެހެން ބުނެފައި ލަސްލަހުން ހިނގަން ފެށީ ލުޔާ އަށް ޖެއްސުމަށެވެ.” މި ހިޝް ވެސް ދެން.. ” ހިޝާ ގައިގައި ޖަހަމުން ލުޔާ ބުންޏެވެ. ސަކަރާތް ޖަހަމުން ދަނިކޮށް ލުޔާމެންނަށް ގޮނޑުދޮށާއި ދިމާއަށް ދެވުނެވެ.” ދެން.. މިހާރު އިރު ވެސް އަރައިފި… ” ލުޔާ ތުން ދަމާލާފައި ސާފު ވެލިގަނޑުގައި އިށީނދެލިއެވެ.” މިހިރީ ވާ ކަމެއް… ހިނގާބަލަ ދާން… ބޮލަށް ތަދުވޭ އެބަ.. ” ހިޝާ ބޮލުގައި އަތް އަޅާފައި ލޮނުގަނޑާއި ކައިރިވެފައި މޫނަށް ފެންފޮދެއް ޖަހާލިއެވެ.” މިވީ ގޮތުން ތިޖެހުނީ ދާން… ” ލުޔާ ވެސް ފައި ތެންމާލާފައި އެއްގަމަށް އެރިއެވެ. އެވަގުތު ލުޔާ ފޯނަށް ސަނާ ގުޅިއެވެ.
” ހަލޯ ދަރިފުޅާ… ކޮބާތަ އިލޫ… ފޯނެއް ނުނަގާ ގުޅާ ގުޅާ ވެސް…. ” ސަނާ އެހެން އެހުމުން ހިޝާ ކައިރީގައި އެވާހަކަ ބުންޏެވެ.” ނޭނގެ… ފޯނު ނިއްވާލައިގެން ކަންނެ އެ އުޅެނީ.. ” ލުޔާ އަވަސް އަވަހަށް ޖަވާބުދިނެވެ.” އެހެންތަ… ދެކުދިން ހާލު ކިހިނެއްތަ… ރާއިލްމެން ހިޝާ މެން ރަނގަޅުތަ.. ކޮބާތަ އެއްކަލަ މަޔާން..އޭނަ ހާލު ކިހިނެއްތަ.. ” ސަނާ ސުވާލުކުރަންފެށިއެވެ.” އެންމެން ހަމަ ރަނގަޅު އަލްހަމްދުﷲ…. މަޔާން ނޭނގެ ވީ ތަނެއް… އަހަރެންނާ ހިޝްއާ މިތިބީ ގޮނޑުދޮށުގަ… ” ލުޔާ ހިނިތުންވެލިއެވެ.” ވަރަށް އުފާވެއްޖެ ހާލު ރަނގަޅު ވީމަ.. އަދި އުފާވެރި ހަބަރެއް.. ” ސަނާ އެެހެން ބުނުމުން ލުޔާ ކޮން ކަމެއްހޭ އަހާލިއެވެ.” މަންމައަށް ހީވަނީ ދެން އަންނަ ހަފްތާގަ ތިކޮޅަށް ދެވޭނެހެން… މިހާރު އޮޕަރޭޝަން ވެސް ކޮށް ނިމިއްޖެ… އެކަމް އަދި ދުވަސްކޮޅެއް މަޑުކޮށްލަން ޖެހޭތީ.. ” ސަނާ ހިނިތުންވެލިއެވެ.” ވޯވް.. ކޮބާ ބައްޕަ.. ” ލުޔާ އުފަލުން ފުންމާލިއެވެ. ލުޔާ ނިންމައިގެން ހުރީ ސަނާމެން އައުމުން އިލްޔާ އާއި މަޔާން ރައްޓެހި ވެގެން އުޅޭ ވާހަކަ ބުނަންށެވެ.
” ބައްޕަ އަބަދުހެން އުޅެނީ ހޮސްޕިޓަލުގަ… މަންމަ ފެންވަރަން އައިސް މި ގުޅާލީ… އިހަށް ބާއްވަނީ އެނގޭ… އަދި ދާން އެބަ ޖެހޭ ކާ އެއްޗިެހި ހިފައިގެން.. ” ސަނާގެ އަޑުން ވަރުބަލިކަން ފާޅުވާން ހުއްޓެވެ.” އޯކޭ… ބައްޕަ އަށް ސަލާމް… މަންމައަށް ވެސް.. ބާއި.. ” ލުޔާ ހިޝާ ކޮނޑުގައި އަތް އަޅުވާލިއެވެ.” މަންމަ އަންނަނިއްޔޯ ނެކްސްޓް ވީކްގަ… ސޯ މަޔާން އެންޑް އިލޫގެ ވާހަކަ ބުނާނަން.. ” ލުޔާ ސަމާސާ ގޮތަަކަށް ހީލިއެވެ. ” އޭރުންނޯ… ލޫ މަންމަމެންނަށް އެނގިއްޖެއްޔާ ޖެހޭނީ އަވަހަށް މެރީ ކުރަން…ފަހަރެއްގާ އަދި ޔާން ބޭނުންވެދާނެ ދޯ ދުވަސްކޮޅެއް… އަދި ކިރިޔާ އިލޫ މެންނަށް ވެސް އަށާރަ ވީ… އެހާ އަވަހަށް ކައިވެނި ކުރަންވީމަ އިލޫއަށް އުނދަގު ވެސް ވެދާނެ.. ނޫނޭ ލަދު ދޯ ގަންނާނީ…” ހިޝާ އެހެން ބުނެލީ ހިނިއައިސްފައެވެ.” އާނ ޔަގީނެއްނު… މިހާރު ނިކަށް ލަދު ނުގަންނަ ކަމަށް ހެދިގެން އުޅުނަސް އަސްލުގަ ވަރަށް ލަދު ގަންނާނެ… ހިޝް އަށް ވެސް އެހެނެއްނު ވީ… މެރީ ކުރުމުގެ ކުރިން އުޅުން ނިކަށް މަޖާ ވެލާފަ… އެކަމް އެރޭ ހީވަނީ ލަދުން ގޮސް މަރުވެދާނެހެން ވިއްޔަ ” ލުޔާ ވެސް ހިޝާ އާއި ދިމާ ކޮށްލިއެވެ.
ލުޔާ މެންނަށް ހޮސްޕިޓަލަށް އާދެވުނީ ހެނދުނު ހައެއް ޖަހަނިކޮށްނެވެ.” ހާދަ ލަހަކުން.. ” ވޯޑަށް ވަދުމާއެކު ހިޝާގެ އިންތިޒާރުގައި އިން ރާއިލް ބުންޏެވެ. ކައިރީގައި ޔަޒާން ފޯނު ހިފައިގެން ޕަބްޖީ ކުޅުމުގެ ފޯރީގައި އިނެވެ.” ލަސްތަ އަޅެ… ލޫ މަންމަމެން އަންނާނެއޯ.. ” ހިޝާ ފެންފުޅިން ފެންފޮދެއް ބޯލިއެވެ.” ރާއިލްބެއަށް ލަސްވާނެ… ” ލުޔާ ހޭން ފެށިއެވެ. ޔަޒާން އަށް ލުޔާގެ އަޑު އިވުމުން ފޯނުން ނަޒަރު ވަކިކޮށް ލެވުނެވެ. އެވަގުތު ފޯރީގައި ޔަޒާން ކުޅޭތަން ބަލަން އިން މަޔާން ހަޅޭއްލަވައި ގަތެވެ.” އޭއީ ތޮއޮށް މަރުވަނީ… ” މަޔާން އެހެން ބުނުމުން އެންމެންގެ ނަޒަރު އެދެމީހުންނަށް އަމާޒު ވިއެވެ.” އެހެނެވެ އޭ އެހެންދިމާއަކަށް ނުބަލަންވީ…ކައެ ކޮންވައްތަރު.. ” މަޔާން މޮޔައެއްހެން އުޅެން ފެށުމުން އެންމެން ހިނިގަނޑު ފަޅައިގެން ދިޔައެވެ.” ސާބަހޭ ޔާނޫ… ތީ އަދި ގޭމެކޭ… ” އިލްޔާ ހެމުން ހެމުން ބުންޏެވެ.
” ގޭމަކަސް ހެވޭ… ” މަޔާން ހިތްހަމަ ނުޖެހުނެވެ.” ތިދެން ކޮން ކަމެއް ރުޅި އަންނަން … ” ރާއިލް ހިޝާ އަތުން ފެންފުޅި އަތުލާފައި މަޔާން މޫނަށް ޖެހިއެވެ. މަޔާން އިތުރަށް ރުޅި އެރުވުމުގެ ބޭނުމުގައެވެ.” ކަމެއް ދޯ…… ” ހިޝާ ގޮނޑިއެއްގައި އިށީނެވެ. ހިޝާ އެހެން ބުނުމުން ރާއިލް ވަގުތުން ހިޝާ ކައިރިއަށް ޖެހިލިއެވެ.” ކިހިނެއްވަނީ.. ” ރާއިލް އަހާލިއެވެ.” ބޮލުގަ ރިއްސަނީ… އެހާ ބޮޑު ކަމެއް ނޫނެއްނު.. ” ހިޝާ ދެލޯ މަރާލިއެވެ.” ނޫނޭ ބޮޑު ކަމެއް މަށަށް… ހިނގަދާން ގެއަށް ނިދާލަން… ” ރާއިލް ހިޝާ އަތުގައި ހިފައިގެން ނެރުނެެވެ.
” އެ ދިޔައީ ލަވް ބާރޑްސް.. ” މަޔާން ގޮނޑީގައި އިށީންނަމުން އިލްޔާ އަތުގައި ހިފާލިއެވެ.” ހްމް… އަހަރެމެން ދާންވީ ދޯ.. ” ލުޔާ އިލްޔާ އަށް އެއްލޯ މަރާލާފައި ޔަޒާން ކައިރީގައި އަންނާށޭ ބުންޏެވެ.” ކޮން އިރަކުންތަ ދޫކޮށްލަނީ… ހާދަ ފޫއްސޭ މިތާ އޮންނަން… މަންމަ މެންވެސް އަންނަނިއްޔޯ.. ” އިލްޔާ ތެދުވެފައި މަޔާން ކޮނޑުގައި ބޯ އަޅާލިއެވެ.” މާ ގިނަ ދުވަހެއް ނުވާނެ.. ދެތިން ދުވަހޭ.. ” މަޔާން ހިނިތުންވެލިއެވެ. ” ދޭން ހުސް ފެން އޮތީ.. ” އިލްޔާ ތުން ދަމާލިއެވެ.” ފެން އިރަކަސް މީ ހަމަ އިލޫގެ ޔާން އޭ.. ” މަޔާން ހީލިއެވެ. ” އިލޫ އަށް ޔާން އޮޅޭނެހެން ހީވޭތަ ފެން އޮތަސް… ” އިލްޔާ ހަމަޖެހިލަމުން އޮށޯތެވެ.” ތިއެއް ނޭނގޭނެނުން.. ” މަޔާން ތެދުވަން އުޅެނިކޮށް ޑޮކްޓަރ އައެވެ.
” ކޮން އިރަކުންތޯ އަޅުގަނޑު ގެއަށް ދޫކޮށްލަނީ.. ” އިލްޔާ ގެއަށް ދާހިތުން އަހާލިއެވެ.” ހީވަނީ މިރޭ ދޫކޮށްލާނެހެން… ޕޭޝަންޓް އަޅުގަނޑު މެން އުންމީދު ކުރިވަރަށްވުރެ އަވަހަށް ސިއްހަތު ރަނގަޅު ވެއްޖެ… ގިނަ މީހުންނަށް ތިފަދަ ބޮޑު އަނިޔާއެއް ވިއްޔާ ދެ ވީކް ވަރު ވާނެ… ” ޑޮކްޓަރ އިލްޔާ އައިވީ ބަދަލު ކޮށްލިއެވެ.” މިރޭ ކިހާއިރަކުތޯ.. ” މަޔާން އަހާލިއެވެ.” ނުވައެއް ނޫނީ ދިހައެއްހާއިރު… ” ޑޮކްޓަރ ހިނިތުންވެލަމުން ނިކުތެވެ.” ބުނީމޭ އަވަހަށް ދޫކޮށްލާނެއޭ… ” މަޔާން އެނދުގެ މަގަތުގައި އިށީނެވެ.” ހްމް… މަންމަމެން އަންނަން ވާއިރަށް ދޫކޮށްލާނެކަން ވެސް ހަމަ ނަސީބު…. ” އިލްޔާ ބުންޏެވެ.
ދުވަސްތައް ފާއިތު ވަމުން ގޮސް ސަނާ މެން އަންނަ ދުވަސް ޖެހުނެވެ. އެދުވަހަށް އިލްޔާ އާއި ލުޔާ އުޅުނީ މީރު ކެއުމެއް ތައްޔާރު ކުރަންށެވެ. އަޒާމް ބުނެފައި އޮތީ ރަށަށް އާދެވެނީ ރޭގަނޑު ކަމެވެ. އެކި ވައްތަރުގެ ސަނާމެން ކާހިތްވާ ކެއުންތައް އިލްޔާމެން ތައްޔާރު ކުރިއެވެ. ލުޔާ ނިންމައިގެން ހުރީ ސަނާ އައުމާއެކު މަޔާން މެންގެ ވާހަކަ ސަނާ ގާތު ބުނުމަށެވެ. ނަމަވެސް ލުޔާ އަށް ނޭނގުނު ކަމަކީ އިލްޔާ މާކުރިން އީތަން އާއި ލުޔާގެ ވާހަކަ ސަނާ ކައިރީގައި ބުނެފައި ވާކަމެވެ.
” ކިހިނެއްތަ ހުރިހާ ކުދިން… ވަރަށް ދުވަސް ކޮށްލާފަ ދޯ މި ފެނުނީ.. ” އަޒާމް އާއި ސަނާ އިލްޔާމެން ގައިގައި ބައްދާލިއެވެ.” ހަމަ ރަނގަޅު….ހިނގާ ގެއަށް… އަދި އަބޯތޭ ވާހަކައެއް ބުނަންވެފަ.. ” ލުޔާ އިލްޔާ އާއި ދިމާއަށް ބަލައިލިއެވެ.” ކޮން ވާހަކަ އެއް… ” އިލްޔާ އަށް ޝައްކެއް ވިއެވެ.” ގެއަށް ގޮސް ބުނާނީ…އަސްލު މަންމެނަށް އޮތް ސަޕްރައިޒް އެއް އެއީ.. ” ލުޔާ ދަތްޕިލަ ފެންނަވަރަށް ހީލިއެވެ.” ހިނގާ ބަލަމާ ކޮން ސަޕްރައިޒް އެއްތޯ.. ” ސަނާ ހީގަތެވެ.
އަޒާމް އާއި ސަނާ ކާގެއަށް ވަތްއިރު މޭޒު މަތި ފުރިފައި ވަނީ އެކި ވައްތަރުގެ ކާތަކެތި އިނެވެ.” މީ ކޮންހާ ކަމެއް… މަންމަމެން އައެކޭ ކިޔާފަ މިހާ ވަރުކުރަން ޖެހޭތަ.. ” ސަނާ ބޯ ހޫރާލިއެވެ.” ދެން މަންމާ.. އަހަރެމެން ހާދަ ބުރަ މަސައްކަތުން ކެއްކި އެއްޗެއްސޭ ތީ.. ” އިލްޔާ ދެރަވާ ކަމަށް ހެދުނެވެ. އަޒާމްމެން ބޯ ހޫރުވާލާފައި ކާން އިށީނެވެ.” ހްމް ދަރިފުޅު ކޮން ވާހަކައެއްތަ ބުނަން އުޅުނީ… ” އަޒާމް އަހާލިއެވެ. ލުޔާ ވަގުތުން މަޔާން އަށާއި އިލްޔާ އަށް ބަލައިލިއެވެ.” އެއީ މިތާ އެތިބީނުން އިލޫ އާ މަޔާން އާ.. އެމީހުން އުޅެނީ ރައްޓެހި ވެގެންނޭ…. އަބަދުހެން އުޅެނީ މާފޮޅުވަން.. ” ލުޔާ ދިމާކުރާ ރާބުންޏެވެ. އެއާއި އެކު ސަނާމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިލްޔާ ލުޔާ އަތުގައި ވިކައިގަތެވެ.” އެހެންދޯ މިވީ… އަމިއްލަ ވާހަކަ ނުބުނެ އެހެން މީހުންގެ ވާހަކަ ބުނަން… އިލޫ ބުންޏޭ ލޫ ވެސް އުޅެނީ އީތަން އާ ރައްޓެހި ވެގެންނޭ… އެއީ އަނެއްކާ ތެދެއްތަ.. ” ސަނާ ލުޔާ އަށް ބަލައިލިއެވެ.
” އާނ އެއީ ތެދެއް… ” މަޔާން ވަގުތުން ޖަވާބު ދިނެވެ.” އޯ އެމް ޖީ.. ” ރާއިލް ވެސް ހޭން ފެށިއެވެ.” ތިޔަވީ ގޮތުން މިޖެހުނީ އެއުޅޭ އައިހާ މެންނަށް ގުޅަންތާ… ކައިގެން ގުޅަންވާނެ.. ” ސަނާ ހެވިފައި ބުންޏެވެ.” ދެން ދަރިފުޅު މެން ކައިވެނި ކުރަންވީ އޭ ” އަޒާމް ބުންޏެވެ. އެއާއި އެކު އިލްޔާ އާއި ލުޔާ އެކަކު އަނެކަކަށް ބަލައިލިއެވެ. ރާއިލް މަލާމާތް ކުރާ ގޮތަަކަށް ބަލަން އިނެވެ.
– ނުނިމޭ –
3 Comments!
Comments are closed.
Masha Allah Luv this part.. keep it up!!! curiously waiting for the next part
Can you please upload a bit faster. BTW I love this story sooo much. Impatient to read it. It’s my number one favourite story now. Love you❤️❤️
May God bless you and your hard work.
Alheyyy. Avas kollabala plss