ލޯބި ނުވެވުނު ނަަމަ
މިއަދަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކައިވެނި ކުރާދުވެހެވެ. މިއަދަކީ އަހަރެން އަހަރެންގެ އެކުވެރިޔާ އަށް ޓަކައި އުފާ ކުރަން ޖެހޭ ދުވަހެވެ. ނަމަވެސް ކަންތަށް ވީ އެއާއި އިދިކޮޅަށެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒައިލީން ހުރީ މިއަދު ވަރަށް އުފާވެފައި ކަން އޭނާގެ މޫނުމަތިން ފާޅުވާން ހުއްޓެވެ. ޒައިލީން ކައިރީ ހުރި ޔުއާން ވެސް ހުރީ ޒައިލީން އާއި އެއްވަރަށް އުފާވެފައެވެ.
އަހަންނަށް ވިސްނާލެވުނެވެ. ޒައިލީން އާއި ޔުއާން ކިހާ ގުޅޭ ހެއްޔެވެ. ނަމަވެސް އަހަރެން އެތާ ހުރި ނަމަ އެހާ ފުރިހަމަ އެއް ނުވާނެއެވެ. ނަމަވެސް އަހަރެންގެ ހިތް އަދިވެސް އެދެމުން ދިޔައީ ޔުއާން އަށެވެ. އެކަމަކު އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ އެކުވެރިޔާ އައް ޓަކައި ޔޫއާން އަހަރެންގެ ހިތުން ފޮހެލާށެވެ. އަދި އަހަރެންގެ އެކުވެރިޔާ އައް ޓަކައި މިއަދު އަހަރެން ވެސް އަހަރެންގެ އެކުވެރިޔާ އާއި އެއްވަރަށް އުފާކުރާށެވެ.
ކައި… ކައި…ކައީ…ކައިރާ. ޒައިލީން އަހަންނަށް ގޮވަމުން ދިޔައިރުވެސް އަހަރެންގެ ހިޔާލުތަށް ހުރީ އެހެން ދިމާއެއްގައެވެ. ނަމަވެސް އަހަންނަށް ހޭވެރިކަންވީ ޒައިލީން އައިސް އަހަރެންގެ އަތުގައި ވިކައިލަމުން ނެވެ. ޒައިލީން އަހަރެން ކައިރީ އެދުނީ އޭނައާއި އެކު ފޮޓޯ ނަގަން ދިޔުމަށެވެ. އަހަރެން ވެސް އެއްވެސް އެއްޗެއް ނުބުނެ ދިޔައީ އަހަރެންގެ ސަބަބުން ޒައިލީންގެ އުފާވެރި މޫޑު ބަދަލު ނުކޮށް ލުމަށެވެ.
12 ޖެހި ފަހުން ޕާޓީ ނިންމާފައި ގެއަށް އައިސް ފެންވަރައިގެން އަހަރެން ނިދަން އޮތީމެވެ. ހިތުގައި ވަރުގަދަ އަޒުމް އެއް ކަނޑައަޅައިގެންނެވެ.
އަނެއް ދުވަހުގެ ހެނދުނެވެ. އަހަރެން ހޭލި ގޮތަށް ތައްޔާރުވީ މެލޭޝިޔާ އައް ދިއުމަށެވެ. އަހަރެން ރޭގައި މެލޭޝިޔާ އައް ދިޔުމަށް ޓިކެޓް ވެސް ނެގީމެވެ. ޓިކެޓްގެ ކަންކަން ހަމަޖެއްސުމަށް އަހަންނަށް މާބޮޑަށް އުނދަގޫ ނުވީ އަހަރެންނަކީ މުއްސަނދި އާއިލާ އެއްގެ ކުއްޖަކަށް ވާތީ އެވެ. އަހަރެން މަންމަ އަދި ބައްޕަގެ ލާރި ބޭނުން ކުރީ ހަމައެކަނި ޓިކެޓްގެ ކަންކަން ހަމަޖެއްސުމަށެވެ. އަހަރެންނަކީ ސައިކޮލޮޖިސްޓެއް ކަމުން އަހަރެންނަށް ފައިސާގެ ދަތިކަމަކާ ކުރިމަތި ލާކަށް ނުޖެހެއެވެ.
އަހަރެން މެލޭޝިޔާ އައް ފުރުމުގެ ކުރިން މަންމަ މެންނަށް އެހަބަރު ދިނީ ނޯޓް އެއް ލިޔެފައެވެ. އަހަރެން އޭގައި ލިޔުނީ ދުވަސްކޮޅަކަށް މިދަނީ ރާއްޖެއިން ބޭރަށް ކަމަށާއި އަހަރެން ހޯދަން މަސައްކަތް ނުކުރުމަށެވެ. އަދި އަހަރެންގެ ނަންބަރު ވެސް މިހާރު އިންނާނީ ބަދަލުކޮށް ފައި ކަމަށާއި އަދި ކޮންމެވެސް ދުވަހަކުން އަހަރެން މަންމަމެން ގާތަށް އަންނާނަން ކަމަށެވެ.އަދި އެދުވަހަކަށް އިންތިޒާރު ކުރުމަށެވެ.
**********
ލިޔުންތެރިޔާގެ ނަޒަރުން
5 އަހަރު ފަސް
އެއާޕޯޓުގެ ތެރެއިން ނިކުމެގެން އައި 25 އަހަރުގެ އަންހެން ކުއްޖާގެ އަތުގައި ހިފައިގެން ހުރި 5 އަހަރުގެ ފިރިހެން ކުއްޖާ ދިޔައީ އަންހެން ކުއްޖާއާއި އެކިއެކި ވާހަކަ ދައްކަމުންނެވެ.
އާންއެކެވެ. އެއަންހެން ކުއްޖާ އަކީ ކައިރާއެވެ. ނަމަވެސް އެއީ ކުރިން ރާއްޖެއިން މެލޭޝިޔާ އަށް ދިޔަ ކައިރާއެއް ނޫނެވެ. ކުރީގައި ހުރި އޭނާގެ ދިގު އިސްތަށިގަނޑު ވަނީ ކޮނޑާ ހަމައަށް ކޮށާލާފައި އިސްތަށިގަނޑު ގައި ދަނބު ކުލަ ޖައްސާފައެވެ. އަދި ކުރީގައި ކައިރާ އޭނާގެ އަޅި ކުލައިގެ 2 ލޯ ފޮރުވަން ލައްވާފައި ހުންނަ ކަޅު ކުލައިގެ ލެންސްނަގާފައެވެ. ކައިރާ ހުރީ ކުރިއަށް ވުރެ ދިގުވެފައެވެ. އަދި ދޮންވެސް ވެފައެވެ.
ކައިރާ އޭނަ ކައިރީ ހުރި ޒޯހާން ގޮވައިގެން މަގުމަތިން ދިޔަ ކާރެއް ހުއްޓުވައި ފޮށިތައް ހިފައިގެން ގޮސް ކާރަށް އެރިއެވެ.
15 މިނެޓްގެ ދަތުރަކަށް ފަހު ކައިރާއައް އޭނާގެ ގެއަށް އައެވެ. އޭރު ކައިރާ މަންމަ އަމްރާ ހުރީ ގަސްތަކަށް ފެންދޭށެވެ. އަމްރާ އައް ކައިރާ ފެނުމާއެކު ދުވަފައި އައިސް ކައިރާ ގައިގައި ބައްދާލިއެވެ. ދަރިފުޅު އެހައި ދުވަސް ފަހުން ފެނުމުން އުފާނުވާނީ ކާކު ހެއްޔެވެ ؟
ދަރިފުޅާ މަންމަ ދަރިފުޅު މަތިން މަންމަ ހާދަ ހަނދާން ކުރީމޭ…މީ ކޮންކުއްޖެއް… އަނެއްކާ ދަރިފުޅު.. އަމްރާ އެހާ ހަމައަށް ބުނެފައި ހުއްޓާލަން ޖެހުނީ ކައިރާ ވާހަކަ ދައްކަން ފެށުމުން ނެވެ.
ނޫނޭ މަންމާ…. މީ އަޅިގަނޑު ސްރީލަންކާގައި އުޅުނުގޭގެ ދައްތަގެ ދަރިފުޅު… އެދައްތަ މަރުވީ ޒޯހާން އައް 1 އިޔާސްގަ. އެހެންވެ އަޅުގަނޑު ބަލަނީ. ކައިރާ އޭނަގެ މަންމަ އައް ބުނެލިއެވެ. ކައިރާ އެހެން ބުނުމުން އަމްރާ ޒޯހާން އައް ރަނގަޅަށް ބަލާލިއެވެ. ޒޯހާން އަކީ ދޮން ކުއްޖެކެވެ. ޒޯހާންގެ ހުންނަނީ މަޑު ނޫކުލައިގެ ދެލޮލެވެ. ފަން އިސްތަށިގަނޑު ކޮނޑާ ހަމައަށް ދިގުކޮށް ފައި ހުންނައިރު އިސްތަށިގަނޑު ގައި ހުންނަނީ ގަދަ ފެހި ކުލައެވެ.
އާން ދެން ދަރިފުޅު ހިނގާ އެތެރެއަށް ދާނަ ބައްޕަވެސް އިރުކޮޅަކުން އަންނާނެ. އަމްރާ އެހެން ބުން ޒޯހާން އަދި ކައިރާ ގޮވައިގެން އެތެރެއަށް ވަންނަން ދިޔައެވެ.
ކައިރާ ހަވީރު ޒޯހާން ގޮވައިގެން އޭނަގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޒައިލީނަ އާއި ބައްދަލު ކޮއްލަން ޔުއާންމެން ގެއަށް ދިޔައެވެ. ކައިރާ ގޮސް ޔުއާންގެ ކޮޓަރި ދޮރު ގައި ޓަކި ޖެހުމުން ޔުއާން ކޮޓަރިން ނިކުތެވެ. ޔުއާން ކައިރީ 4 ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހުއްޓެވެ. ކައިރާ ޔުއާން ކައިރީ ޒައިލީން ކޮބައިތޯ އެހުމުން ބުނީ ޒައިލީން އެއް ނެއްކަމުގައެވެ.
ކޮންތާކަށް ޒައި ދިޔައީ… ބުނެބަ އާދެބަލާށޭ. ކައިރާ ޔުއާން ކައިރީ އެދުނެވެ.
ޒައި އެއް ދެން ނާންނާނެ… އެހުރިހާ ކަމެއްވީ ކަލޭއާއި ހަދައިގެން… ކަލޭ ދިޔަ ގައުމަކަށް ދިޔައިރު ކަލޭ އެ ޑައިރީ ވެސް ހިފައިގެން ދިޔަނަމަ އެއްނު… އޭރުން ގައިމު އަދި ވެސް އަހަރެން ކައިރީ ޒައި ހުންނާނެ…..މިހާރު ދަރިއެއް ވެސް ހޯދީތަ…. އަހަރެން ދެކެ ލޯބިވާ ވާހަކަ ގައިމު އެޑައިރީގައި ލިޔެފައި ހުރީ…. އަހަރެން ހިތަށް އަރާ ޒައި ގޮވައިގެން އެކޮޓަރި ގަނޑު ސާފު ކުރަން ނުދެވުނުނަމައޭ…އެކޮޓަރި ސާފުކޮށް ފައި ދަނިކޮށް ޒައި އައް އެޑައިރީ ފެނުނީ… ދެން ރޮމުން ބޭރަށް ނިކުންނަން ދިޔަތަނާ ޕިކަޕް އެއްގައި ޖެހި އެކްސިޑެންޓް ވީ… ކަލޭ އާއި ހެދި ހުރިހާ ކަމެއް ވީ… ކަލޭ ހަމަ މިހާރު މިތަނުން ދޭ. ޔުއާން ކައިރާ އާއި ދިމާއައް އެއްޗިހި ކިޔާފައި އެތަނުން ފޮނުވާލިއެވެ. އޭރު ކައިރާ އައް ހުރީ ރޮވިފައެވެ. ކައިރާ ހަނދާން ވިއެވެ. ކައިރާ އައް ސްރީލަންކާއައް ދެވުނު އިރު ދެވުނީ އޭނަގެ ޑައިރީ ބާއްވާފައެވެ.
ތެދެކެވެ ކައިރާގެ ސަބަބުން ކިތަން މީހުންގެ ދިރިއުޅުން ހަލާކުވެގެން ހިނގައްޖެހެއްޔެވެ. ދަރިއަކު މައެއްގެ ލޯބިން މަހްރޫމު ކޮއްލެވިއްޖެއެވެ. ފިރިޔަކު އަންބެއްގެ ލޯވިން މަހްރޫމު ކޮއްލެވިއްޖެއެވެ. މިހުރިހާ ކަމެއް ހިނގީ ކައިރާއައް މީހެއް ދެކެ ވެވުނު ތެދުވެރި ލޯބީގެ ސަބަބުން ނެވެ. އަޅެ ކައިރާ އައް އެމީހާދެކެ ލޯބި ނުވެވުނު ނަމައެވެ. އެކަކުގެ ވެސް ދިރިއުޅުމެއް ހަލާކެއް ނުވާނެއެވެ.
ނިމުނީ
ނޯޓް:މިއީ އަޅުގަނޑުގެ ފުރަތަމަ ކުރު ވާހަކަ ކަމުން ލިޔުމުގައި މައްސަލަ ހުރެދާނެއެވެ. އެކަން ފާހަގަ ކޮށްލައި ދިނުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެކެވެ.
2 Comments!
Comments are closed.


Wow vrh Sali ❤️❤️❤️❤️
So emotional. ❤️❤️❤️☺️Hama rovihje❤️❤️☺️
Furathama kuru vaahaka aa balaafaa vrh Sali❤️❤️❤️ vrh reethi ingey ☺️☺️❤️❤️❤️❤️
Keep it up ☺️☺️❤️❤️❤️
Waiting for Hama mikahala reethi vaahaka akah ❤️❤️❤️☺️☺️
Stay safe ❤️❤️and tvgc❤️❤️☺️☺️
alhey haadha dera ey
v hithaamaveri
ekam furathama vaahaka ekey nubuuneveyne kanne
hama ehaaves hituga jehihjje