
ބޯކޮށްވިލާ ވީއުޑުމަތީ ބާރަށް ޖެހޭ ވައިރޯޅިއޭ
ރޯކަން ނުހާ ހަމަ ދެނެހުރީ ޖެހެމުންތިދާ ވައިރޯޅިއޭ
ގެޔަކީނުހަނު ތަނަވަސްގެޔެއް ފެހިތަސްތަކުން ފުރިފާމެވާ
މިޔަކީ އަނބޭ ، ކުންނާރުގަސް އަތަ ފޭރުގަސް އެކުވޭމެއޭ
ސަބްދެލިގަހެއް ގޭދޮރުމަތީ ބިޔަކޯށް ހެދިފަ ހިރެޔޭ އިނގޭ
ސަބްދެލިގަހުގެ ޒީނަތްކަމަށް އެލުވާފަވާ ތިއުނދޯލި އޭ
ޖޯޯލީގައޮތް ބާވިސްއަހަރު ވެސްހަމަނުވާ ދޮންކުއްޖެކޭ
ބޯފަންކަމުން ކަޅިނޫކަމުން ހޫރެއްމަށަށް ސިފަވެސްވިއޭ
އަސަރެއްނުވޭ ލޮލުގާ ނުހާ އައިލައިނަ އާއި މަސްކަރަ ތަކުގެ
އެހެނަސް ވިދާ ބަބުޅާވި ކަޅު އެސްފިޔަތަކާ ނޫކަޅިވިއޭ
ދިގުފަންވި ތިޔަ އިސްތަށިގަނޑޭ ހުޅިގަނޑުތެރޭ ހައްޔަރުވެފާ
އެނގުމާ ނުލާ އިސްތަށިވަކިވެ ދޮންމޫނުކުރި ގަ ސަމާސައޭ
ހިކިފައިމިވާ ތުންފަތްމެވެސް ލޮލުގާމިވާ ވޭނީ ރިހުން
ހެކިދީ ޔަގީން އޭނާގެ ފުން އެހިތާމަތަށް ދައްކައިފިއޭ
އާރޯކަމެއް ދޮންމޫނުގައި ތާޒާކަމެއް ލޮލުގައި މެވާ
އަރޯ ހިތަށް ގެނުވާ އަސަރު މެވަޔާއެކީ ތިފިލައިފިއޭ
އޭނާގެ އަތުތެރެއިގަ ވީ މައުސޫމު ތުއްތު ފުރާނަ އެއް
އޭނާ ނިކަން މަޑުމޮޅިކަމާ އެކު ފިރުމަމުން މަޑުން ދިޔައޭ
ލޮލުގައި އެވާ މައިވަންތަލޯބި އެތަށް ޝުޢޫރު ގިނަގުނަވެފާ
ކޮލުގާ ހިފާ ބަންޑުންކުރީ ޖަޒުބާތުތަށް ދަރިފުޅުގެ ކައިރީ ލޯބިއޭ
**************
ނޯޓް. މިއީ އަޅުގަނޑު ޅެންބަހުން ލިޔާ ސިލްސިލާވާހަކައެކެވެ.
5 Comments!
Comments are closed.
Hey. Gyus. ??Heres a new story poem???hope u like it . Love u all readers???? stay safe bye ??
I don’t like it, i love thiss ?
Thanks for your lovely comment.???it means a lot to me.??? But I don’t like ur comment i love it??.lol.???anyways thnks for ur comment ???stay safe bye
U also stay safe dear ?????
Thnks for ur lovely comment ??? it means a lot to me ????you also stay safe??