Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އޭލިޔަން ސިލްސިލާ – ދެވަނަ ވާހަކަ (2) ދެވަނަ ބައި

Aashii
Aashii Level 310 Stories100 Login
January 12, 2021 2 Mins Read
1 Comment

 

އެނދުން ތެދުވެވުނު އިރު ޝިޒުނީ ވަނީ ދަލުން ފެންވެރިފައެވެ. މާނޭވާ ލެވެމުން ދިޔައިރު އޭނައަށް ދެންމެ ފެނުނު ހުވަފެނާއި ދޭތެރޭ ވިސްނާލެވުނެވެ. އެއީ ކިހިނެތްވީ ހުވަފެނެއް ހެއްޔެވެ؟ އޭނަ އަބަދުވެސް އޭނަގެ އަމިއްލަ އެކުވެރިންގެ ހާލު ބަލައެވެ. ވީއިރު އެހުވަފެނުގައި އޭނަ، ޒީނާގެ ގާތުގައި މައިކްމެންގެ ހާލު ބަލާލައި އެކަމާއިމެދު ސުވާލުކުރަން ޖެހިލުންވާންވީ ކީއްވެ ހެއްޔެވެ؟  ވާން މިއުޅެނީ ކިހިނެތް ހެއްޔެވެ؟ މާތްކަލާކޯއެވެ!

***** *****

“ޝިޒް އަންނާނެ މާދަން ހެނދުނު… ފްލައިޓް އަވަސް ކޮށްލީމަ މިއަދު ހެނދުނަށް މިރަށު ފަސްގަނޑަށް ގާތް ކުރާނެ! ..” މައިނާ ވާހަކަ ދައްކަމުން ދިޔައީ އެކުވެރި މަންޝާ އާއިއެވެ. ދެއެކުވެރިން ހިނގަމުން ދިޔައީ ބޯ ގަސްތަކެއްގެ ހިޔަލުގައެވެ. އެމަގަކީ ފުޅާކޮށް ހުންނަ މަގެއް ނޫންކަމުން ހިނގެނީވެސް ވަރަށް ބަލައިގެންނެވެ. ނޫންނަމަ އެހަނި މަގުގައި ހުންނަ ކިލާ ފާރުގައި އަޅައިގަނެދާނެއެވެ.

” އެއީ ކީއްވެ މިއަދު ހެންދުނު؟ ކުރިން ހަވީރުގައެއްނު އަންނަން ބުނެފައި އޮތީ؟ ..” މަންޝާގެ ހިތުގައި ސުވާލު ފުނި ޖެހުނެވެ. ނަމަވެސް މައިނާ އެސުވާލުތަކަށް ވެސް ޖަވާބު ދިނެވެ.

“ހަވީރު ފްލައިޓް ޑިލޭވީ! މެންދުރު ފްލައިޓަކުން ޖާގައެއް ނުލިބުނު! އެހެންވެ ދަތުރު ކުރުކޮށްލަން ޝިޒް ހެނދުނު ފްލައިޓުން ޗާންސެއް ނެގީ …”

“އެހެންދޯ މިވީ! ރަނގަޅެއްނު! އޭރުން އަވަހަށް އާދެވޭނެއްނު މިރަށަށް! މާދަމަ އަކީ އެންމެ ބޮޑު ދުވަސް! …’ މަންޝާ އަޑު ބަދަލު ކޮށްލައިގެން ކިޔައިލިއެވެ. މައިނާގެ ގާތަށް ހިނިއައީ އެހެންވެގެންނެވެ.

“ކީއްވެ ތިޔަ ހެނީ؟ މަށަށް ކުރެވުނު ކަމެއް މަށަކަށް ނޭނގެ! ..” އެވަގުތު މަންޝާއަށް ކުރިމައްޗަށް ނުބަލައި ދެވުނީތީ ބޯ ޖެހުނީ ފާރުގައެވެ. .

“އައުޗް! އާހް ..” މަންޝާ ތަދުވެގެން ފާރުގައި ބޯޖައްސާލިއެވެ. މައިނާގެ ހިނގުން ލަސްކަމުން ކުރިން މަންޝާ އާއި އެއްވަރު ނު ކުރެވުނެއް ކަމަކު މަންޝާ ގެ ބޯ ޖެހުނީތީ ވައިރޯޅި އެއްހާ ހަލުވިކޮށް، ސިކުންތު ކޮޅެއްގެ ތެރޭގައި ހުރީ މަންޝާގެ ކުރި މަތީގައެވެ. ވީތަދުން މަންޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް ވަރަށް މަސައްކަތުން އެ ކަރުނަތައް ހިންދާލީ ތުންފަތް ކަނޑައިގެން ދާހާ ބާރަށް ތުންފަތުގައި ދަތްއަޅައި ބާރުކޮށްގެންނެވެ

“މަން!މަން އޯކޭތަ؟ އަދިވެސް ތަދުވޭތަ؟ އެމްބިއުލާންސް އަށް ގުޅަންތަ؟ ބޮޑުވަރު ވެއްޖެތަ؟  ބޯދައްކާލަ ބަލަ ..”. މަންޝާއާއި ކައިރިވެލަމުން މަންޝާގެ އަތުގައި ހިފަހައްޓާލަމުން މައިނާ ފައްޗަކަށް އަމުނާލިއެވެ.

“ކީއްވެ ބޮޑުވަރު ނުވާންވީ؟ އިނާގެ ސަބަބުން މިހެންވާން މެދުވެރިވީ! އިނާ އެހެން ނުބުނިނަމަ މަގޭ ބޯ ފަޅައިގެން ނުދާނެ! ..” އެއީ މަންޝާ ގަބޫލުކުރާ ގޮތެވެ. އެހެން މަންޝާ ބުނުމާއިއެކު މައިނާ ކުއްވެރިއެއް ފަދައިން އިސްޖަހައިލިއެވެ.

“އިނާ! ..”

“ކީކޭ؟ ..” މައިނާ ޖަވާބު ދިނެވެ ހަމަ އިސްޖަހާލައިގެން ހުރެއެވެ. އިސްތިރި ނުކޮށް އިސް ހިއްލާލާނީ ކޮށްއިރަކުން ކަމެއް މަންޝާ އަކަށް ނޭނގުނެވެ.

މައިނާ އަށް އިސްހިއްލާލަން މަޖުބޫރުކުރުވި ސަބަބަކީ މަންޝާގެ ފިނިފިނި އަތްތިލައެވެ. އޭރު އެއަތްތިލަ ބޭއްވިފައި ވަނީ މައިނާގެ ކޮނޑުގައެވެ.

“ހިނގާ އަހަންނާއިއެކު ހޮސްޕިޓަލަށް! އެއީ އިނާގެ ކުށެއް ނޫން! އަހަރެން ބަލައިގެން ހިނގި ނަމަ މިހެނެއް ނުވީސް! ..” މަންޝާ ބުނެލިއެވެ. “ދެންވެސް ހިނގާ! އިނާ އަށް އެނގެއެއްނު އިނާގެ ކުށެއް ނޫން ކަން! ..”

މަންޝާ އަނެއްކާވެސް ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. އެއާއިއެކު މައިނާ ހިނިތުން ވެލިއެވެ. ދެން ފެނިގެން ދިޔައީ ދެ އެކުވެރިން އަތުގުޅުވާލި ތަނެވެ. އެއީ ދުވަހަކުވެސް ވަކިވުމެއް ނެތް ދެއެކުވެރިންނެވެ. މާދަމާ، އޭގެ އަނެއް ބައިވެރިޔާ މިރަށަށް އަންނާނެއެވެ. އަހަރުތަކެއް ވަންދެން މާލޭގައި ދިރިއުޅުމަށް ފަހުއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ސައިރެން – 02

Next

ހިރާސް 5

Next
January 12, 2021

ހިރާސް 5

Previews
January 12, 2021

ސައިރެން – 02

One Comment

  1. Aashii black flower says:
    January 13, 2021 at 8:09 pm

    mi silsilaage dhevana bai miee .. enjoy reading!

Comments are closed.

Next Episodeފަތްގަނޑު ފުރޭތަ 15←


All Right Reserved!