..” އަލަމް، ތަން ގުނޑޭ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ކުޅި ބަލަން އިން ހަމްދީބޭ އަނެއްކާވެސް އަލަމްގެ ގާތުގައި ވީގޮތް ކިޔައިދޭން އެދުނެވެ.

” ސާބަހޭ .. އަހަރެން ދިއައީ ސާމިއުގެ ގެއަށޭ .. އެކަމަކު ކުރުކޮށް ދާންވެގެން ސާމިއުމެންގެ ގޭ ފުރަގަހުގައި ހުރި ފަޅު އިމާރާތުގެ ތެރެއަށް ވަނީ .. އެހެން އެއްވެސް އަޑެއް އެއިރަކު ނީވޭ .. އެކަމަކު ދެމީހަކު ވާހަކަ ދައްކާ އަޑު އިވިގެން އަހަރެން ބަލައިލިއިރު ބިޔަބިޔަ މީހެއް .. ކުރިއަކުން އެހާ ބިޔަ މީހަކު ނުވެސް ފެނޭ ކަންނޭނގޭ އަހަންނަކަށް .. ދެން އަޑު އަހަންވެގެން އަވަހަށް ފަޅު އިމާރާތުގެ ފާރުގެ ނިވަލަށް ވަދެގެން ..”

އަލަމް އޭނައަށް ދިމާވި ޙާދިސާ، އަކުރެއް، ފިއްޔެއް ވައްޓައި ނުލާ ކިޔާލަދިނެވެ.

” އެހެންވީމާ އަހަންނަށް ލަފާ ކުރޭވޭ ގޮތުން ބިޔަ ދެމިހުންގެ ތެރެއިން އެންމެ ބިޔަވީ ފަލްކަން ރަސްގެފާނު ..ދެން ހާޖީ .” ހަމްދިބެއަށް ބުނެވުނީ އަލަމަށްވެސް ލަފާ ކުރެވުނު ގޮތަށެވެ. ” އޭއި .. ކާކު ފަލްކަން އަކީ؟؟ ބުނެބަ ކާކުތަ ހާޖީއަކީ؟؟”

މިހާދަށް ސުވާލުކޮށްލެވުނެވެ. އެއާއިއެކު ހަމްދީބޭގެ ހަނދާނަށް އައީ މިހާދަށް އެކަންތައްތައް ނުކިޔައިދެވޭ ކަމެވެ. ” އަމްމްމް .. އޯކޭ .. މިއީ ސާމީއަށް ދިމާވި ކަންތައްތައް .. އެއްރެޔަކު ސާމީ ކޮޓަރިއަށް ވަންއިރު ކޮންމެވެސް ދެމީހަކު ކޮޓަރި ތެރޭގައި އުޅެނީ އިނގޭ .. ދެން ސަމިއު ހަޅޭއްލަވައިގަންނަން އުޅެނިކޮށް ސާމިއު އަނގަމަތީގައި މީހަކު އަތްއެޅީ .. ދެންހަމަ ވަރަށް ދަންވިފަހުން ސާމިއުއަށް ހޭލެވުނުއިރު ހަމަ އެދެމީހުން އުޅެނިއްޔޯ .. އެމީހުން އެދުނީ މީހަކު މަރައިލާށޯ …”

އަލަމް ކިޔައިދެމުން ދިޔައިރު މިހާދު އިނީ އަޑުއަހާށެވެ. ނިންމާލަމުން އަލަމް ބުނެލީ މިހެންނެވެ. ” ދެން ހަމްދިބޭގެ ގާތުން އިނގުނީ އެއީ އެދެފުރޭތަ ކަން .. އޭގެ ފަހުން ސާމިއު އެފުރޭތައަށް ފާރަލާފަދައިން އެ ފުރޭތަވެސް ސާމިއުއަށް ފާރަލާން ފެށީ ..”

” ހާދަ ކްރީޕީއޭ .. އެއީތަ ވީގޮތަކީ .. އަހަންނަށް ކުޅަދާނަ ނަމަ، މިރަށުން އެރިގެން ހިނގައިގަތީމުސް …” މިހާދަށް ކިތަންމެ ހިތްވަރެއް ލައިގެން ހުރިކަމުގައިވިއަސް ދެރަވިއެވެ. އެކުވެރިއާގެ ހާލާއިމެދު ހިތާމަކުރެވުނެވެ. ނަމަވެސް ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އިންސާފޭ އެކިޔާ ބަސް ސާމިއުގެ ބައްޕަގެ ބޮލަށް ޖަހާލަން އޭނަ އަޒުމް ކަނޑައެޅިއެވެ.

” އެހެންވިއްޔާ ސާމިއު އޮތްތަން ބަލަންވެއްޖެއެއްނު .. ހަމްދީބޭ!! “.މިހާދު އަހާލިއެވެ. އަލަމްވެސް ހަމްދީބޭގެ މޫނަށް ބަލައިލީ ޖަވާބު އެނގެން ބޭނުންވެފައި ހުރެއެވެ.

” އާން! އެކަމަކު ސާމިއު މިވަގުތު ދޫކޮށްލައިފިއްޔާ އެންމެ ރަނގަޅުވާނީ .. އެއީ ސާމިއުގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ އެހެން އިންސާނުންގެ ފުރާނަ މުހިއްމުވީތީ .. އެންމެ ފުރާނައަކަށްޓަކައި އެތައް މީހުންނެއް ނުރައްކަލުގެ ތެރެއަށް ވައްޓައިލުމަކީ ކުރެވޭނެ އެންމެ މޮޔަ ކަންތައް!!”

ހަމްދީބޭގެ ނަސޭހަތުން މިހާދަށް އެދިމާލަށް ބަލައިލެވުނެވެ. ” ކީކޭ؟؟ ..” އަލަމް އެއްސެވެ. ” އާން! ސާމިއުވީ ވަލުގެ ކޮންމެވެސް ހިސާބެއްގައި ފޮރުވައިފައި .. އެހިސާބަށް ވާސިލުވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ!! އެއީ އެންމެ އެތެރެ ކަމަށްވީތީ … އެކަމަކު އަނެއްގޮތުން ބަލައިލާއިރު ދެވިދާނެ! ހަމައެކަނި ފުރޭތަ އެތަނުގައި ފޯރިމަރަން ނުހުންނަންޏާ”. ހަމްދީބޭއަށް ބުނެވުނީވެސް ވަރަށް އުނދަގުލުންނެވެ.

” ބޭބެ ތިކިޔަނީ ސާމިއު ސަލާމަތެއް ނުވާނެއޭތަ؟؟ ނޫން! ވާނެ!! އަހަރެމެން އެންމެންގެ ބުރަ މަސައްކަތުން!! ..” އަލަމް އިތުރު ކޮށްލީ ރަނގަޅު ގޮތެކެވެ. ” ކޮން އެންމެންނެއް؟؟ އެންމެންނެއް؟؟ މިތަނުގަ އެންމެ ތިންމީހުން!” މިހާދުވެސް ފޯރީގައި ބުނެލިއެވެ. ހަމްދީބޭވެސް ހިނިތުންވެލުމުން އަލަމް، ޖަވާބު ނަގައިގަތެވެ. އުފަލުން އަލަމަށް ދުއްވައިގަނެވުނީ ކޮންބާރެއް ލިބިގެން ކަމެއްވެސް ނޭނގެއެވެ.

“ވެއިޓް!! ތިބުނަނީ ފުރޭތަ ބަލިކުރަން ދާންވީއޭތަ؟ ކޮބާ ހަތިޔާރު؟؟ ނެތެއްނު ޕުލޭނެއްވެސް! …” ދޮރާއްޓާއި އަރާ ހަމަވެފައި ވަނިކޮށް، ފަހތުން މިހާދު ގޮވައިލިއެވެ. އަލަމަށް އެއަޑު އިވުމުން ހިތުގައި ރާވައިލިއެވެ.

” ތެދެއް .. އަލަމް މަޑުކޮށްލާ .. ” ހަމްދީބޭ ވެސް މިހާދާއި އެއްބައިވެލިއެވެ.

” ފުރަތަމަ ދާންވާނީ ސާމިއުގެ ގެއަށް .. އެކޮޓަރިން އެފަށާއި ފަތްފެނޭތޯ .. އެއީ އަހަންނަށް ސަމިއުގެ އަތުގައި އޭތި އޮތްހެން ހިޔެއްނުވޭ .. އޭތި އޮތްނަމަ ފުރޭތައަށް ސާމިއު ނުގެންދެވުނީސް ..” އަލަމް އިބްރަތުން ފުރިގެންވާ ވާހަކައެއް ބުނެލިއެވެ.

” ދޭތި، އޮތް ވަލަކުން ނަގައިގެން ވަލަށް ދާންވީ .. ވަލަށް ނުދެވޭނަމަ، ފުރޭތަ ހުރި ތާކަށް! ކޮންމެވެސް ގޮތަކުން ފުރޭތަ މަރައިލާނެ މަޅިއެއް ހަދާނީ އެތާނގަ! އޭރުން އަހަރެމެނަށް ފުރޭތަ ނެތިކޮށް ސާމިއު ހޯދިދާނެ! މިގޮތް އެންމެ ރަނގަޅުތަ؟ ..”

މިހާދާއި ހަމްދީބޭގެ ކުރިމަތީގައި އަލަމް ހަށަން ބަދެލިއެވެ. ” އާން!! ..” ދެމީހުންނަށް ވެސް ބުނެވުނީ އެއް އަޑަކުންނެވެ.

ސާމިއުގެ ގެއާއިއަރާ ހަމަވީ އެގާރަ ޖަހަން އުޅެނިކޮށެވެ.

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!