Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޫކޮށްނުލާނަމޭ ކަލާ – 7

Flame Gurl Level 210 Stories
December 18, 2020 3 Mins Read
0 Comments

ދެއެކުވެރިން ކާރަށް އެރުމަށްފަހު ވާހަކަ ދައްކަމުން އެޕާރޓްމެންޓެއްގެ ކައިރީގައި ހުއްޓުނެވެ. އަދި އެޕާރޓްމެންޓަށް ވަދުމުން ޢާޤިބްގެ ފޯނެެއްއައެވެ. އަނެއްކާވެސް އެހެން ކުއްޖަކު އޮފީހަށް ވަދުނު ވާހަކަ ބުނުމުން އަޒްލާންއަށް އުފާވެރިކަމެއް އިޙްސާސްކުރެވުނެެވެ. އަދި އެކުއްޖާ އިންނާނީ އަޒްލާންގެ ކެބިންގައޭ ބުނުމުން ވަރަށް ބޮޑު ހިތަހަމަޖެހުމެއް ލިބުނެވެ. އެއީ ކީތްވެކަމެއް ޚުދު އަޒްލާންއަކަށްވެސް ނޭނގުނެވެ. އަޒްލާންގެ ރޫމަށް ވަދުމުން އީހަން ދަނީއޭ ބުނެ ދިޔައެވެ. އަޒްލާން ފެންވަރައިލައިގެން އޮށޯތީ ވަރުބަލިކަން ފިލުވައިލުމުގެ ބޭނުމުގައެވެ. ހަވީރުވުމުން އީހަންގެ އެދުމަށް އަޒްލާން އޭނާގެ ބައިން ނިކުތީ ހޮޓަލަކަށްދާށެވެ. ނަމަވެސް އަޅައިލެވުނީ ދެތިން ފިޔަވަޅެވެ. އެވަގުތު ކުނި ކޮތަޅުު ތިރިއަށް ލައިފައި އައި ޔަލީނާއަށް އަޒްލާން ފެނުމުން ބޭއިޚްތިޔާރުގައި އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ވޭތުވެ ދިޔަ އަހަރުގައި ވިކަންތައްތައް ހަަނދާންވުމުން ޔަލީނާ ހިތްދަތިވިއެވެ. އަޒްލާން ޖެހި ބުދެއްހެން އެތާ ގަނޑުވެފައި ހުރީއެވެ. ޔަލީނާ ދުވެފައިގޮސް އަޒްލާންގެ ބައިގެ ކުރިމަތީގައިހުރި ބަޔަށް ވަދެ ދޮރު ލެއްޕުމަށްފަހު ދޮރުގައި ލެނގުލުމުން އޭނާގެ ކޯތާފަތް މައްޗަށް ހޫނު ކަރުނަތައް އޮހޮރެން ފެށިއެެވެ. އަޒްލާންއަށް ވީގޮތް އެނގުނެވެ. އޭނާގެ ހިތަށް އެރި އެއްޗަކުން އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަޒްލާން އޮފީހަށް ދާން ތައްޔާރުވާން ހުއްޓެވެ. އޭނާ މަޑު ފެހިކުލައިގެ ގަމީހެއް ލުމަށްފަހު އެގަމީހާއި ގުޅޭ ގަދަ ފެހި ކުލައިގެ ޓައިއެއް އެޅިއެވެ. އަދި އޭނާގެ ކުރު ފަން އިސްތަށިކޮޅު ރީތިކޮށް ޖެލް ލައިގެން ސްޓައިލްކޮށްލިއެެވެ. އަޒްލާންއަށް އޮފީހަށް ދެވުމުން ފުންނޭވާއެއްލައި ސިޑިން ދުވެލުމަށްފަހު ކެބިންގެ ދޮރު ހުޅުވައިލުމުން އޭނާއަށް ހުއްޓިލެވުނީ ގޮނޑީގައި އިށީދެއިން ހޫރު ޕަރީއެއްފަދަ ރީތި ކުއްޖާ ފެނިފައެވެ.

ޝައްކެއްނެތެވެ! އެއީ ޔަލީނާއެވެ. އެކުއްޖާއަކީ ޔަލީނާކަން އަޒްލާންއަށް ވަގުތުން ދެނެގަނެވުނެވެ. ޔަލީނާ ހުރީ އާދައިގެ އަތްދިގު ފިޔާތޮށިކުލައިގެ ޓޮޕްކޮޅަކާއި ކަޅުކުލައިގެ ހަޅުވާޅެއް ލައިގެންނެެވެ. އޭނާގެ މޫނު ދޮންކަމުން ހީވަނީ ސާދަ ފަނަރައިގެ ހަނދު އެ ގަދަ ކަޅުކުލައިގެ އިސްތަށިގަނޑުގެ ތެރެއިން ފާޅުވާހެންނެވެ. އަދި އޭނާގެ ރާޅުބާނީ ދިގު އިސްތަށިގަނޑު މިނިވަންކަމާއިއެކު ދޫކޮށްލެވިފައިވީއިރު އޭނާގެ މޫނުގައި އެއްވެސް މޭކަޕެއްނެތެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއެވެ!

“މާޝާﷲ…..” އަޒްލާންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެވަގުތު ޔަލީނާއަށް މީހަކު ވަތްކަން އެނގުމުން އެމީހަކާއި ދިމާއަށް ބަލާލަން އެނބުރެލި ގަޑީގައި ފެނުނީ ހިނިތުންވެލައިގެންހުރި އަޒްލާންއެވެ. ނަަމަވެސް ކުރިން ފަހަރުގޮތަށް އެއްވެސް ހަރަކާތެއްނުކޮށް ޔަލީނާހުރީ އަޒްލާންއަކީ މިތަނުގެ ކާކުކަން ނޭނގިގެން އެކަމާއި ހައިރާންވެފައެވެ.

“އަޅުގަނޑު މިއީ މިތަނުގެ ވެރިޔާ…. އަޒްލާން.” އަޒްލާން މިހެން ބުނުމަށްފަހު އޭނާގެ މޭޒު ކައިރީގައި އިށީނެވެ. ޔަލީނާ ޙައިރާންވި ނަމަވެސް އެއްވެސް އެއްޗެކޭނުބުނެ ހުއްޓެވެ. އަޒްލާން ޔަލީނާއަށް ހުރިހާ އެއްޗެއް ކިޔައިދިނުމުން ޔަލީނާ އޭނާގެ މަސައްކަތް ފެށިއެވެ. ބައި ގަޑީރުނުވެ ވަޝްނާ ކެބިންގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަނީ އަޒްލާންއަށް ފައިލްތަކެއް ހަވާލުކުރުމަށެވެ. ކެބިންގެ ދޮރު ހުޅުވައިލުމާއިއެކު އަޒްލާން އެދިމާއަށް ބަލައިލިއެވެ. އަދި ފެނުނު މަންޒަރުން އަނެއްކޮޅަށް މޫނު އަނބުރައިލީ ދެވަނަ ފަހަަަރަށް އެމަންޒަރު ބަލަން ބޭނުން ނުވާތީއެވެ. ވަޝްނާ ލައިގެންހުރީ ކިރިޔާ ބަނޑު ފޮރުވޭވަރުގެ ޓީޝާރޓްއަކާއި ކިރިޔާ ކަކުލަށް އަރާވަރުގެ ސޯޓުބުރިއެކެވެ. އެލައިގެންހުރި އެއްޗެހިން އޭނާގެ ވަނާތައް ކިތަންމެހާވެސް ރަނގަޅަށް ފެނެއެެވެ. ޔަލީނާއަށްވެސް އެދިމާއަށް ބަލައިލިއެވެ. އަދި ހީލުމަށްފަހު އެތެރެއަށްވަނުމަށް ޢިޝާރާތް ކުރިއެވެ.

“ސަރ…..” ވަޝްނާ ވަަރަށް ތުއި ގޮތަކަށް ގޮވައިލިއެވެ.

އަޒްލާންއަށް މަޖުބޫރުވެގެން ވަޝްނާއާއި ދިމާއަށް އަނެއްކާވެސް ބަލައިލިއިރު ހުރީ އަޒްލާންގެ މޭޒުކައިރީގައެވެ. ވަޝްނާ އަޒްލާންއަށް ފައިލުތަށް ހަވާލުކޮށްލުމަށްފަހު ވަރަށް ފަރިކޮށް ހިނގައިލުމަށްފަހު ކެބިންއިން ބޭރަށް ނިކުތެވެ. އަޒްލާން ފުން ނޭވާއެއްލުމަށްފަހު އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ބްރޭކްއެއް ލިބުމުން ޔަލީނާ ކެބިންއިން ނިކުތެވެ. އެއިރު އޮފީހުގެ މުވައްޒިފުންތަކެއް މޭޒެއްގެ ކައިރީގައި އޮލަ ވާހަކައިގައި ތިއްބެވެ. ޔަލީނާވެސްގޮސް ކުއްޖެއްގެ ކައިރީގައި އިށީނެވެ.

“ޔަލީނާ ދޯ ކިޔަނީ؟” ކައިރީގައި އިން ރުއާ ހިނިތުންވުމަކާއިއެކު އެއްސެވެ.

“ޔެސް……” ޔަލީނާވެސް ހިނިތުންވުމަކާއިއެކު ބުންޏެވެ.

“އަހަރެންގެ ނަމަކީ ރުއާ…. ދެން….. އެއިނީ ބަޒަމް އެންޑް އެއީ ޝަކީލް..” ރުއާ ޔަލީނާއަށް އެންމެން ތަޢާރަފްކޮށްދިނެވެ.

“ހިނގާ މިއަދު އެންމެ ރީތިކޮށް ލަވަކިޔެނީ ކާކަށްތޯ ބަލަން….. ޕެއަރޒް ކޮށް… މިހާރު ސަރވެސަ އެ އައީ ނުން؟ މަށާ ރުއާ.” ރުއާއަށް އެއްލޯ މަރައިލުމަށްފަހު ޝަކީލް ބުންޏެވެ.

“މިހާރު މިތާ މިތިބީ ހަކުދިން…. ސޯ މަށާ ރުއާ އާ… ދެން ބަޒަމްއާ ލާރާ އާ… އެހެންވީމާ ބާކީ ތިބީ ސަރ އާ ޔަލީނާއާ.” ޝަކީލް އެއްނޭވާއިން ބުންޏެވެ.

“އެންމެ ފުރަތަަމަ……” ލާރާ ދެލޯ ހަނިކޮށްލަމުން ހުރިހާ ކުދިންނަށް ބަލައިލަމުން “ސަރ އެންޑް ޔަލީނާ!” އެ ބުންޏެވެ. ލާރާ އެހެން ބުނުމުން ޔަލީނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ހަހަހަ….. ކިޔާ ހިތް ނުވަނީ ދޯ؟” ބަޒަމް މަލާމާތްކޮށްލިއެވެ.

“އު…..އުހުން. ކޮ…ކޮން ލަވައެއް ކިޔަންވީ؟” ޔަލީނާ ބޭރުފުށުން ހަމަޖެހޭކަމަށް ދައްކަމުން އެހެން ބުންޏެވެ.

“މިފަހަރު ވާނެ ލޯބީގެ އިނގިރޭސި ލަވައެއް ކިޔަން… ސޯ…… ވަރަށް ހޮޓް ލަވައެއް އިނގޭ! ސެންޔޮރިޓާ ކިޔަންވީ…” ރައާ ބުންޏެވެ.

ޔަލީނާ އަޒްލާންއާއި ދިމާއަށް ބަލައިލިއެވެ. އެއިރު އަޒްލާންގެ ތޫނު ދެލޯ ސީދާވެފައިވަނީ ޔަލީނާގެ މޫނަށެވެ. ޔަލީނާގެ ފުން ނޭވާއެއްލިއެވެ.

އައި ލަވް އިޓް ވެން ޔޫ ކޯލް މީ ސެންނޮރިޓާ….އައި ވިޝް އައި ކުޑް ޕްރިޓެންޑް އައި ޑީޑިންޓް ނީޑް ޔާ….. ބަޓް އެވްރީ ޓަޝް އިޒް އު ލައްލަލާ….

ޔަލީނާގެ ރީތި އަޑުން ލަވަ ކިޔަމުން ދިޔަ އިރު އެތާ ތިބި އެހެން ކުދިން އާޝޯހުވެފައެވެ. އަޒްލާން ވެސް ހުރިީ ހަމަ އާޝޯހުވެފައެވެ.

ލޭންޑް އިން މިއާމީ… ދި އެއަރ ވޯޒް ހޮޓް ފްރޮމް ސަމާރ ރެއިން ސްވެޓް ޑްރޮޕިންގ އޮފް މީ…. ބިފޯރ އައި އީވެން ނިއު ހާރ ނޭމް ލައްލަލާ…….

އަޒްލާންއަށް ނުުހުރެވިގެން ލަވައިގައި ހިފިއެވެ. ޔަލީނާ ހުރީ އަޒްލާންގެ ލަވަކިޔުން ރީތިކަމުން ހަމަ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެ މީހުންވެސް ލަވަ ކިޔައި ނިމުނުއިރު ތިބީ ލޯ މަރައިގެން އެދެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ހިނިތުންވެލައިގެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 6

Next

ޤާތިލް

Next
December 18, 2020

ޤާތިލް

Previews
December 18, 2020

ދޫކޮށްނުލާނަމޭ ކަލާ – 6



All Right Reserved!