Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ނުހައްޤު ލޯބި

🌹YEOJA🌹 Level 610 Stories100 Login100 Comments
December 10, 2020 6 Mins Read
5 Comments

ރޭގަނޑުގެ ހަމަހިމޭން ވަގުތު މިޝާ އިނީ އޭނާ ގެ ލޯބިވެރިޔާ ނާހީ އާއެކީ ރަށުގެ ހަމަހިމޭން ތުނޑިމަތީގައެވެ. ލޯބީގެ އެތައް މަލެއް ފޮޅުވަމުން ދާ މި ދެލޯބިވެރިން ގެ ވެސް ތުންފަތުގައި ވަނީ ހިތްގައިމު ހިނިތުން ވުމެކެވެ. ކޮންމެރެއަކުވެސް މި ގޮތުގައި ދެލޯބިވެރިން ހޭދަކުރެއެވެ. މިގޮތައް އެތައް އިރަކު ތިބެފައި ދިހައެއް ޖެހުމުން މިޝާ ގެ އެދުމައް ދެމީހުން ވެސް ރަށަތެރެއައް އަރައި ގަންނައް ދާން ހިނގައިގަތެވެ. މިރެއަކީ މިއީ މިހާ ލަސްވަންދެން ދެމީހުން އެކީގައި ހޭދަކުރި ފުރަތަމަ ރެއެވެ. ސަބަބަކީ މާދަމާ އަކީ މިޝާ މާލެ ދާ ދުވަހައް ވާތީއެވެ. އާއިލާ ގެ އެދުމާ ނާހީގެ އެދުމައް މިޝާ މާލެ އެދަނީ އިތުރައް ތަޢުލީމު ހާސިލް ކުރުމަށެވެ. ރަށުގައި ދިހަ އަކާ ހަމައައް ކިޔަވާފައި ހުއްޓާލީ ރަށުގައި އިތުރައް ކިޔެވެން ނެތުމުން ނެވެ.

” މިޝް ، އަހަރެން ވަރައް މިސްވާނެ މިޝް ދިޔާމާ ، އަހަރެން ވެސް އެކަމަކު ދާނަން ވަރައް އަވަހައް މިޝް ކައިރިއައް މާލެ ،” ރަށެތެރެ އައް އަރައިގަންނަމުން ނާހީ ހިފައިލެވިފައިވާ މިޝާ ގެ އަތައް ބޮސްދެމުން މިހެން ބުނެލިއެވެ. ލަދުގަން ވަރުން މިޝާ އިސްޖަހާލިއެވެ. ” މިސް ވިޔަސް އަހަރެން އެއޮއްވަރައް ނުދާން އުޅުނީމާ ވެސް ނާހީ ވެއްޖެ އެއް ނު އާދޭސް ކުރަން ، އަހަރެން ވެސް ވަރައް ހަނދާން ވާނެ ނާހީ މަތިން ، އަވަހައް އަންނާޗޭ އިނގޭ މާލެ ،” ނާހީ ގެ މުށިކުލައިގެ ލޮލައް ބަލާލަމުން މިޝާ މިހެން ބުނެލިއެވެ.

” ދެން އަހަރެން ވެސް ބޭނުން ވާނެ އެއް ނު މިޝް ކިޔަވާގެން މޮޅުވާން ، އެހެން ވެ އެހެން ބުނީ ،” ނާހީ ވެސް މިޝާ ގެ ލޮލައް ބަލާލަމުން މިހެން ބުނެލިއެވެ. ދެން ވެރިވެގަތީ އެދެމީހުން ގެ ދެމެދައް ހަމަހިމޭން ކަމުގެ ސުކޫތެކެވެ. ” މިޝް މިއޮއް އާދެވުނީ ގެއައް ، އަވަހައް ވަދޭ ، މާދަމާ ދާނަން މިޝް ފުރާތަނައް ، ގުޑްނައިޓް އެން ލަވްޔޫ ލޯބީ،” ގެއާ ހިސާބައް އާދެވުމުން ނާހީ މިޝާ ގެ ދެކޮނޑުގައި ހިފާލަމުން މިހެން ބުނެލިއެވެ. ފެންކަޅިވެފައި ވާ ދެލޮލާ އެކު މިޝާ ނާހީގައިގައި ބައްދާލިއެވެ. ” އައި ލަވްޔޫ މޯރް ނާހީ ، ކޮންމެ ދުވަހަކު ވެސް ގުޅާއްޗޭ އަހަންނައް ، ” ކުރަކިވެފައު ވާ އަޑަކުން މިޝާ މިހެން ބުނެލިއެވެ. ” ހޫމް ،” ނާހީ މިޝާ ގައިގައި އަތްވަށާލަމުން ބުނެލިއެވެ. ” ސާބަހޭ ދޯ މިދެ ލަވްބާރޑްސް އައް ، ރޮމާންޓިކް ސީން އެއް އިނގޭ،” މިޝާ ގެ ދޮންތަ މިޝްޔާ މިހެން ބުނެލުމާ އެކު ރަކިވެފައި މިޝާ އާއި ނާހީ ދުރައްޖެހިލިއެވެ. އެއިރު ނާހީ ލަދުން ހުރެ ބޮލުގެ އިސްތަށިގަނޑުގައި އަތްހިންގާލިއެވެ. މިޝާ ހުރީ ލަދުން އިސްޖަހާ ގެންނެވެ. ” އަހަ ، ނާހީ އެތެރެ އައް ވެސް ނުވަދެ ބޭރުގަތަ ތިހުންނަނީ ، ” މިޝްޔާ ގެ ފަހަތުން ނިކުން މިޝާ ގެ މަންމަ ނަޒްލާ އައް ނާހީ ފެނުމުން މިހެން ބުނެލިއެވެ. ” މަންމާ ދެމީހުންނައް މާފޮޅުވާ ނިމިގެންނެއް ނު އެތެރެއައް ވެސް ވަދެވޭނީ،” އަނެއްކާ ވެސް މިޝްޔާ ލާނެއް ރާގަކައް މިހެން ބުނެލިއެވެ. ” ޕިސް ދެން ދޮންތާ ، މަންމާ ބަލާބަ މިއޮއް ދޮންތަ އަކައް ، ގައިމު ދޮންތަ ނާއިމް ބޭބޭ އާ އެކު މާފޮޅުވަން ހުންނައިރު އަހަރެން އެއްޗިއްސެއް ނުކިޔަން،” ރަކިނުވާން ވެގެން މިޝާ މިހެން ބުނެލިއެވެ. ” ޕިސް ދެން ތިދެމީހުން ހުއްޓާ ކުޑަ ކުޑަ ބޭބީ އަކައް ވުރެ ވެސް މިދެމީހުން ގެ ކަންތައް ބޮޑެއް ނު ،” އެންމެ ފަހުން ނަޒްލާ އެކަކު އަނެކަކާ ކުރިމަތިވާނެ ގޮތައް ތިބި މިޝާ އާއި މިޝްޔާ ގެ ކުރިމައްޗައް އަރަމުން މިހެން ބުނެލިއެވެ. ” ނާހީ އެތެރެއައް ވަދެ އެއްޗެއް ބޯލަން އަންނަގަ،” އަނެއް ކާ ވެސް ނަޒްލާ މިހެން ބުނެލީ ހެވިފައި ހުރި ނާހީ އާއި ދިމާލައް ބަލަމުންނެވެ. ” ނޫނޭ ދައްތާ ، މިހާރު މަންމަ އިންނާނެ އަހަރެން ނުގޮސްގެން ލަސްވެފާ ، ” ނަޒްލާ އާއި ދިމާލައް ބަލައިލަމުން ނާހީ މިހެން ބުނެލިއެވެ ” އަޅޭ ، އެންމެ ރަނގަޅު އެކަމަކު އަދި ވާނެ އިނގޭ މާލެ އަންނައް ” ނަޒްލާ ވެސް ނާހީ އައް ރައްދުދެމުން މިހެން ބުނެލިއެވެ. ” އާން ދައްތާ ، ދެން ގޮސްލީ އިނގޭ، ބާއި މިޝް ،” މިހެން ބުނެލަމުން ނާހީ ގެއައް ދާން މިސްރާބުޖެހިއެވެ. ” ޔާ ބާއި ،” މިޝާ ވެސް އަތް ހޫރާލަމުން މިހެން ބުނެލިއެވެ.

ނާހީ އާއި މިޝާ ރައްޓެހިވީ ދެމީހުން ވެސް ދިހައެއް ނިންމި ގޮތަށެވެ. ދެމީހުންގެ ވެސް އާއިލާ މިގުޅުމައް މަރުހަބާ ކިއީ އުފަލުގައެވެ. ދެމީހުން ގެ ގުޅުމައް އަދި މާދުވަސް ތަކެއް ނުވެ ދެމީހުން ވެސްވަކި ވާން ޖެހުމުން ދެމީހުން ވެސް ތިބީ އިންތިހާ އައް ދެރަވެފައެވެ.

އިރުގެ އަލިކަން ދުނިޔެއައް ދައްކާލީ މިޝާ ގޭ ދޮއް ކުނިކަހަން އޮއްވައެވެ. އޭރު ނަޒްލާ އާއި މިޝްޔާ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ހެނދުނު ގެ ނާސްތާ އައް ފަހު މިޝާ ކޮޓަރިއައް ދިޔައީ މިއަދު މެންދުރު ފުރަން ވާއިރައް އެއްޗެހި ހަމަކުރާށެވެ. މިޝާ އާއި އެކު މިޝްޔާ އަދި ނަޒްލާ ވެސް މާލެ ބަދަލުވަނީ ގެ ރަށުގައި ތިބި އޭނާ ގެ ތިމާ ގެ ބަޔަކައް ގެ ހަވާލުކޮއްފައެވެ. މެންދުރު އެކެއްޖަހާއިރު ފުރަން ޖެހޭތީ ތިންމީހުން ވެސް އުޅެމުން ދިޔައީ ވަރައް ހަލުވިކޮށެވެ.

ބާރަގަޑި ބައިވީއިރު މިޝާ މެން ތިބީ ބަނދަރުގައެވެ. ނާހީ އައުމުން މިޝާ ނާހީ ގޮވާގެން އެއްފަރާތަކައް ޖެހިލިއެވެ.

” ނާހީ ވަރައް މިސްވާނެ އަހަރެން ، ޕްލީސް އަވަހައް އަންނާޗޭ މާލެ ، އަހަރެން ބޭނުމީ އަބަދުވެސް ނާހީ ފެންނަ ހިސާބުގައި ހުންނައް  ،” ނާހީ ގެ މެދު ހަށީގައި ބައްދާލަމުން މިހެން ބުނެލިއެވެ. ” މިޝް އަހަރެން ވެސް ވަރައް މިސް ވާނެ ، ލޯބި މަތިން ، ދާނަމޭ ވަރައް އަވަހައް މާލެ  އަހަންނައް ވެސް ވަރައް އުނދަގޫ ވާނެ މިޝް އާއި ދުރުގައި އުޅެން ބަޓް ސްޓިލް ވީހޭވްޓު ،” ނާހީ ވެސް މިޝާ ގެ ގައިގައި ބާރައް ބައްދާލަމުން މިހެން ބުނެލިއެވެ.

” މިޝާ” ވަރައް ބާރައް މީހަކު މިހެން ގޮވާލިއަޑައް މިޝާ އައް ނާހީ އާ ދުރައް ޖެހިލަމުން ފަހަތް ބަލާލިއެވެ. ” ލީ” މިޝާ ގެ ދުލުން މިހެން ބުނެލިހެންނެއް ހީނުވެ ފެނުނީ މިޝާ ގެ އެކުވެރިޔާ ލީޒާ މިޝާ ގައިގައި ބައްދާލިތަނެވެ. ” މިޝް ގޮނަ މިސް ޔޫ ބެސްޓީ ” މިޝާ އާއި ދުރައް ޖެހިލަމުން ލީޒާ މިހެން ބުނެލިއެވެ. ” އޯވް ، މިޝް ވެސް ވަރައް މިސްވާނެ ލީ މަތިން” ލީޒާ ގެ އަތުގައި ހިފާލަމުން މިޝާ މިހެން ބުނެލިއެވެ. ” މިޝް ހިނގާ އެއޮތް ލޯންޗް އައީ ” މިޝާ ގެ އަތުގައި ހިފާލަމުން ހިނގާ ގަންނަމުން ނާހީ މިހެން ބުނެލިއެވެ. މިޝާ ވެސް ބޯ ޖަހާލަމުން އަނެއް އަތުން ލީޒާ ގެ އަތުގައި ހިފަމުން ހިނގާގަތެވެ.

ލޯންޗައް އަރަން ދިޔަ މިޝާ ގެ ދެލޯވަނީ ފެންކަޅިވެފައެވެ. ކުޑައިރުއްސުރެ އުޅެބޮޑުވި ރަށާ ، އެކުވެރިން އަދި ނާހީ ދޫކޮއްފައި ދާން ޖެހުމުން މިޝާ ހުރީ ހަމަ ހަޤީޤަތުގައި ވެސް ވަރައް ދެރަވެފައެވެ.

ހަވީރު ވާން ކައިރި ވެފައި ހުއްޓާ މިޝާ މެންނައް މާލެ އައް ލެފުނެވެ. އެއްޗެހިތައް ހަމަކޮއްގެން ތިން މައިން ހިފާފައި ހުރި އެޕާރޓްމެންޓާ ހަމަޔައް ދިޔައީ ޓެކްސީއެއްގެ އެހީގައެވެ. މިޝާ ދާން ޖެހޭ ކޮލެޖާ މާދުރުނޫން ހިސާބެއް ގައި ހުރި އެބިލްޑިން ގެ ދެވަނަ ބައިގައި އިންނަ ކުޑަ އެޕާޓްމެންޓައް އައިސް ތިންމީހުން ހަމަޖެހިލަމުން ގޭތެރެ ހައަކައް އަޅުވާލިއެވެ. ދެކޮޓަރީގެ މި ކުޑަ ގެ އެއް ކަހަލަ ތަން ވަރައް ހިތްގައިމެވެ. މިޝްޔާ އާއި މިޝާ އެއްކޮޓަރިއެއް ގައި އުޅެން ހަމަ ޖެހުނު އިރު ދެން ހުރި ކޮޓަރީގައި ނަޒްލާ އުޅުމައް ކަނޑައެޅިއެވެ.

ރޭނގަޑު ގެ ހިތްގައިމު ވަގުތު މިޝާ އިނީ ނާހީ އައް ގުޅާގެން އެ އެ އެޕާރްޓްމެންޓްގައި ހުންނަ ކުޑަކުޑަ ބެލްކަނީގައި އިން އުދޯލީގައެވެ. ލޯބީ ގެ އެތައް މާތަކެއް ފޮޅުވުމައް ފަހު ދެމީހުން ވެސް ފޯނުބޭއްވީ ވަރައް ދަންވިފަހުން.

މިގޮތައް ތިންހަފްތާ ވޭތުވެގެން ދިޔައިރު ވެސް މި ލޯބީގެ ގުޅުމައް އެއްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް ފަހުން ފަހައް އައިސް ނާހީ ގުޅާލެއް މަދުވެއެވެ. ގުޅާލިއަސް އެކިއެކި ބަހާ ތައް ހަދައިގެން ފޯނުބާއްވައެވެ. މިޝާ ހުންނަނީ މިކަމާ ނުހަނު ކަންބޮޑުވެފައެވެ.

އެއްރެއެކެވެ. ކޮލެޖުން އައިގޮތައް މިޝާ ނާހީ އައް ގުޅާލީ ނާހީ އައް ވެގެން އުޅޭ ގޮތައް އޮޅުން ފިލުވުމުގެ ނިޔަތުގައެވެ. ފަސް ފަހަރު ގުޅި އިރު ވެސް ނާހީ ފޯނުނުގެނުމުން މިޝާ ހުރީ ފާޑަކައް ހިތުގައި ޖެހިފައެވެ. ފޯނައް ބަލާގެން މިޝާ އިންދާ ނާހީ ގުޅަން ފެށިއެވެ. މިނެޓެއް ވެސް ނުދުއްވާލާ މިޝާ ފޯނުނެގިއެވެ. ” ނާހީ ކީއްވެތަ ފޯނުނުނެގީ ، އެން މިހާރު ނާހީ އައް ކިހިނެއްތަ ވެގެން ތި އޮޅެނީ ، ރަނގަޅަކައް އަހަންނަކާ ވާހަކަ އެއް ނުދައްކާ ، އަހަރެން ނައް ކަމެއް ނުބާ ކޮއް ކުރެވުނީތަ ، ” ފޯނުނެގިގޮތައް މިޝާ ޝާކުވާ ތައް ކުރަން ފެށިއެވެ. ” މިޝާ އަހަރެން މިހާރު ބިޒީ ކަމުންނޭ ފޯނުނުނެގެނީ ، މިހެން ވެސް ކިތައް ފަހަރުތަ ބުނާނީ ، ކީއްވެތަ މިޝާ އަންޑެސްޓޭންޑް ނުވަނީ ،” ތަންކޮޅެއް ބާރައް ނާހީ އައް މިހެން ބުނެވުނެވެ. މިޝާ ގެ ގިސްލުމުގެ އަޑުވެސް އެއިރު އިވެމުން ދިޔައެވެ.

” މިޝާ ދެން ތީ ކޮންކަމެއް އެ، ކަމެއް ވާއިރައް ރޯންޖެހޭތަ ، ދެން ބާއި އަހަރެން މިއޮޅެނީ ނިދަން އަރަން ،” މިހެން ބުނެފައި ނާހީ ފޯނުކަނޑާލިއެވެ . އިރުކޮޅަކައް ރޯންއިނދެފައި މިޝާ ވެސް މޫނުމަތި ރަނގަޅު ކޮއްލާފައި ކޮޓަރިއައް ވަތެވެ.

އޭގެ އަނެއް ދުވަހެވެ.  ކިޔެވުން ނެއް ދުވަހަކައް ވުމުން މިޝާ މިއަދު ތެދުވީ ތަންކޮޅެއް ލަހުންނެވެ. އެހެން ކަމުން ލަސްތަކެއް ނުކޮއް މިޝާ ދިޔައީ ސައިބުޔުމަށެވެ. ރޭވީ ކަންތައް އަދިވެސް މިޝާ ގެ ހިތުގައި ހަރުލާފައިވެއެވެ. ” މިޝް ކަމެއް ވީތަ ، ކީއްވެ މާ މޫޑީ ވެފައި ތިއިނީ ،” ކައިމޭޒު ދޮށުގައި ވާ ހަމަހިމޭން ކަން ނައްތާލަމުން މިޝްޔާ މިހެން ބުނެލިއެވެ. ” ކަމެއް ނުވޭ ، ކުޑަކޮއް ބޮލުގައި ރިއްސާތީ މިއޮޅެނީ. ”  ކުޑަކޮއް ހީލާފައި މިހެން މިޝާ ބުނެލިއެވެ.

” ދަރިފުޅު ބޭސް ކައިފިންތަ ، އެހައް ދޭ އަރާމް ކޮއްލަން ،” މިޝާ އާއި ދިމާލައް ބަލަމުން ނަޒްލާ މިހެން ބުނެލިއެވެ. ބޯޖަހާލަމުން މިޝާ ތެދުވެ ކޭތަށި ދޮވެލާފައި ކޮޓަރިއާ ދިމާލައް މިސްރާބުޖެހިއެވެ. ނަމަވެސް ފިޔަވަލުތައް ހުއްޓުނީ ސިޓިންރޫމްގައި ހުރި ސޯފާގައި އޮތް އޭނާ ގެ ފޯނު ރިންގްވީ އަޑަށެވެ. ސޯފާ އާދިމާލައް މިސްރާބު ބަދަލު ކޮއްލަމުން ، ސޯފާގައި އޮތް ފޯނު ނެގިއިރު ނާހީ ގެ މެސެޖެއް ކަމުން އަވަސް އަރުވާލައިފައި މެސެޖްހުޅުވާލިއެވެ. ” ވީއާ ޑަން މިޝާ، މިހާރު އަހަރެން ބޭނުމެއްނޫން މިޝާ އެއް ،އަހަރެން މީ މިޝާ ގެ ހަޔާތައް ނާންނަ މީހެއްކަމައް ހަދާ، އެން އައިއެމް ގެޓިން މެރިޑް ސޫން ، ބާއި ” މެސެޖްގައި މިވާ ބަސްކޮޅު ކިޔާ ނިންމާލިއިރު މިޝާ ގެ ދެލޮލުން ކަރުނަ އާދެއެވެ. މަޑު މަޑޫ ގިސްލުމެއް ވެސް އަނގައިން އާދެއެވެ. ” ނޫން ، ނޫން” މިހެން ބުނެލިއިރު މިޝާ ގެ ފޯނު އޮތީ ޓައިލްސް ތައް މަތީގައެވެ. ކާރީގައި ހުރި ސޯފާގައި މިޝާ އައް އިށީން ދެލެވުނެވެ. ” މިޝް ކިހިނެއް ވީ ” މިޝާ ގެ ފޯނު ވެއްޓުނު އަޑައް ބަދިގޭގައި ހަރަކާތް ތެރިވާން ހުރި މިޝްޔާ ދުވަމުން ކަހަލަ ގޮތަކައް އައެވެ. ފަހަތުން ނަޒްލާ ވެސް މިޝްޔާ ގެ ފަހަތުން ކަހަލަ ގޮތަކައް އައެވެ. ” ދަރިފުޅާ ކިހިނެއް ވީ ، ކީއްވެ ތިރޮނީ ،ބުނެބަލަ މަންމަ ކައިރި،” މިޝާ ކައިރި ސޯފާގައި އިންނަމުން ނަޒްލާ މިހެން ބުނެލިއެވެ. މިހެން ބުނެލިހެންނެއް ހީނުވެ މިޝާ ނަޒްލާ ގެ ގައިގައި ބާރަކައް ބައްދާލަމުން ގިސްލަ ގިސްލާ ފައި ރޯން ފެއްޓިއެވެ.

ދުރުގައި ފެންކަޅިވެފައި ވެފައި ހުރި މިޝްޔާ ގެ ލޮލުގައި ތިރިއައް ވެއްޓިފައި އޮތް މިޝާގެ ފޯނު ލޮލިގައި އަޅާ ގަތީ އެވަގުތުއެވެ. ދުވެފައި ކަހަލަ ގޮތަކައް މިޝްޔާ ގޮސް ފޯނުނެގިއެވެ. ފޯނައް މާ ބޮޑުވަރުވެފައެއް ނެތެވެ. ރޯން މިޝާ އާއި ދިމާލައް ބަލާލަމުން މިޝްޔާ ފޯނު ސްކްރީން އިން ފެންނައް އިން މެސެޖް ކިޔާލެވުނެވެ.

ދެލޯބޮޑު ކޮއްލާފައި މިޝްޔާ އައް ވެސް ބަލާލެވުނީ ރޯން އިން މިޝާ އަށެވެ. ދެން ބަލާ ލެވުނީ ނަޒްލާ އާއި ދިމާލަށެވެ. ނަޒްލާ އައް ފޯނު ދިއްކޮއްލަމުން މިޝްޔާ ސޯފާ ގައި އިށީނެވެ. މެސެޖް ކިޔުމުން ނަޒްލާ އައް ވެސް ވީ ހަމަ އެވަރެވެ. ” ދަރިފުޅާ ނާހީ އެހެދީ ކިހިނެއް ،” ރޯން އިން މިޝާ ހަމަޔަކައް އެޅުމުން ނަޒްލާ މިހެން އަހާލިއެވެ. މިޝާ ގެ ފަރާތުން ޖަވާބެއް ނުލިބުމުން ނަޒްލާ މާޔޫސް ވިއެވެ. ”ލުކް މިޝް ، ނާހީ މަތިން ދެން ހަނދާން ނައްތާލާ ، ދޮންތަ އައް އިނގޭ ވަރައް އުނދަގޫ ވާނެކަން ، މިޝް އަދިވެސް ނާހީ ދެކެ ލޯބި ވާކަން ވެސް އިނގޭ ، އެކަމަކުވެސް ހިތްވަރު ކުރަން ވާނެ ، އަދި ނާޙީ އައް ވުރެ ވެސް ރަނގަޅު ކުދިން އަންނާނެ މިޝްގެ ލައިފް އައް ސޯ ކާމްޑައުން އިނގޭ،،،” މިޝާ މިޝްޔާ އާ ދިމާލައް އަނބުރާލައިފައި އޭނާ ގެ އަތުގައި ހިފާލަމުން މިހެން ބުނެލިއެވެ. މިޝާ ވެސް ހަމަ އެކަނި ބޯ ޖަހާލައިފައި ފުއްދާލިއެވެ. ނަޒްލާ އާއި މިޝްޔާ މިޝާ ކައިރި އެތައް ވާހަކަ އެއް ދެއްކިއެވެ. ނަޒްލާ އާއި މިޝްޔާ ވެސް ހުރީ ނާހީ ދެކެ އިންތިހާ އައް ރުޅިއައިސްފައެވެ. ނާހީ ކަންތައް ކުރި ގޮތުން ރުޅި ނާންނާނީ ވަކި ކާކު ހެއްޔެއެވެ. އިރުކޮޅަކުން މިޝާ ވެސް އަރާމު ކުރާށޭ ކިޔާ ފައި ކޮޓަރިއައް ދިޔައެވެ.

ނިދަން އަރާ އޮތް މިޝާ ގެ ދެލޮލު ގައި ކަރުނަ ވެއެވެ. އިރުކޯކޮޅާ އެދޮން ކޯތާ ފަތުގައި ފިރުމާލަމުން ކަރުނަ ފާބައެވެ. މިޝާ ވެސް ވަކި ކަރުނަތައް ފޮހޭކައް ނޫޅެއެވެ. އެހެން އޮވެފައި މިޝާ ކަރުނަތައް ފޮހެލީ ދެން ނުރޯން އަޒުމު ކަނޑައަޅަމުން ނެވެ. ނާހީ ގެ ހަނދާން ތައް ސިކުޑީން ފޮހެލަން މަސައްކަތް ކުރަން އަޒުމު ކަނޑައެޅިއެވެ. ނާހީ ކަހަލަ ބޭވަފާތެރިއެއްގެ މަތިން ހަނދާން ނުކުރަން  އަޒުމު ކަނޑައަޅަމުން މިޝާ ލޯމަރާލީ އާ ހިތްވަރަކާ އާ އަޒުމަކާ އެކުއެވެ.

(ނިމުނީ)

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ޝަކުވާ ހިތަށް ކުރެވޭ…4

Next

މިހިތުގެ ދިރުމަކީ ތިއީ

Next
December 10, 2020

މިހިތުގެ ދިރުމަކީ ތިއީ

Previews
December 10, 2020

ޝަކުވާ ހިތަށް ކުރެވޭ…4

5 Comments!

  1. YEOJA says:
    December 10, 2020 at 1:49 pm

    Hlw readers 🙂
    Mi stry vess kamudaane kama unmeedu kuran
    stay safe and take care hurihaa readers vss 🙂

  2. Butterfly Girl says:
    December 10, 2020 at 6:56 pm

    Masha Allah V reethi mi story vx ril

  3. Xeeen says:
    December 10, 2020 at 7:00 pm

    Masha Allah V reethi mi story vx????????
    Keep it up lwbi❤️❤️❤️❤️❤️❤️❤️
    Waiting for a new story of u lwbi❤️
    Love u so much lwbivaa❤️❤️❤️❤️
    Stay Safe and Take care❤️

  4. Luhoo says:
    December 11, 2020 at 10:36 am

    ?❤️Masha Allah loab… Mi vaahaka v reethi ❤️?
    ?❤️Waiting for your next story dear❤️?
    ?❤️Lyssmm..miss u… Stay safe n tc ❤️?

  5. YEOJA says:
    December 11, 2020 at 1:25 pm

    Thank u soo much luhoo❤️❤️❤️
    ISA vrh avaha new stry eh vxx kiyaalan libeyne❤️❤️❤️❤️❤️
    Keep waiting ❤️❤️
    Love u more ❤️❤️
    Miss u too❤️❤️
    Stay safe and take gud care❤️❤️

Comments are closed.



All Right Reserved!