” އެހެމް އެހެމް…” ސާރާ ކޮޓަރިއަށް ބޯދިއްކޮއްލުމަށްފަހު މަލްދާ ގޮވާލިއެވެ. ” ކިހިނެތްވީ..” މަލްދާ ފެނުމުން ސާރާ ފެނުމުން ސުވާލު ކޮއްލިއެވެ. “ބަލަ.. މަލް އަންނަން ޖެހެނީ ކަމަކުތަ؟ އަލީ ކައިރިއަށް ނުދެވިގެން ދޯ ލަސްވެގެން ތިއުޅެނީ؟…” ފުރަތަމައިނުންވެސް މަލްދާ އަލީގެ ވާހަކަ ފެށިއެވެ. ” މަލް….” ސާރާ އަށް ދެލޯ ބޮޑުކޮއްލަމުން ގޮވާލެވުނެވެ. އެއަށްފަހު ހީހީފަ ދެ އެކުވެރިން ވަރަށް ގިނައިރު ވާހަކަ ދެއްކިއެވެ. ސާރާ ކިތައްމެ މަނާ ކުރިނަމަވެސް މަލްދާ އަލީ އޭ ކިޔައިގެން ސާރާ އާއި ވަރަށް ދިމާކުރިއެވެ.

އިރުއޮއްސުނުއިރު ވެހެން ފެށި ދަންވަރުވީއިރުވެސް ހުއްޓާނުލައެވެ. އެނދުގައި ދެފުށަށް ފުރޮޅެމުން ދިޔަ މަލްދާގެ ލޮލަށް ނިދި ނާންނަ ކަހަލައެވެ. މިރޭވެސް ބިރުވެރި ފިލްމެއް ބެލުނީތީ މަލްދާގެ މޮޔަހިތައް އަރަންފެށިއެވެ. އެކަމް ގޭގައި ކުރާނެ މާ ބޮޑުކަމެއް ނޯންނާތީ ފިލްމް ބަލަން ޖައްސާލެވެނީއެވެ. ފަހަކަށް އައިސް މާ ގިނައިން ބެލެނީއެވެ. އަދި ވިދާ ގުގުރަންޏާ މަލްދާ އެހާ ބިރުގަނެއެވެ. އިރުކޮޅެއް ވަންދެން ސީލިންގާ ދިމާލަން ބަލަން އޮވެއޮވެފަ ބޯހިތްލާފައި ބަލާލިއިރު އާރްޔަން ސޯފާގައި ހަމަޖެހިލައިގެން ނިދާލާފައި އޮތެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު އެނދުން ފޭބީ ފެން ބޮވައިގަނެގެންނެވެ. ފެންޖަގު ކައިރިއަށް ގޮސް މަލްދާއަށް ޖެހުނީ ކަރުއެލުވާލާށެވެ. ފެންޖަގުގައި އެންމެ ފެންތިއްކެއްވެސް ނެތެވެ. ފެންޖަގު އަތަށް ނަގައިގެން ހުރެ ގޮސް އެނދުގައި އިށީނދެލީ ހަދާނެ ގޮތެއް ނޭނގިގެންނެވެ. ފެން ނުބޮއެ ދެން ނުވެސް ނިދޭނެއެވެ. އެކަމް ބޭރަށް ފެން ބަލާ ދާން ހަމަހިލާ މަލްދާއަކަށް ނުކެރޭނެއެވެ. ދެހިޔާލެއްގައި ހުރެފައި ގޮސް ނިދާފައި އޮތް އާރްޔަން ކައިރީ ހުއްޓިލިއެވެ. މިހާ ވަންދެން އެހާ ޖެއްސުން ކޮއްފަ އާރްޔަން އަށް ގޮވަން މަލްދާ ޖެހިލުންވިއެވެ. މަލްދާ ހަށިފުރާ ނޭވައެއް ލުމަށްފަހު ސޯފާ ކައިރިއަށް ތިރިވެލިއެވެ. ” ޔޫ ކޭން ޑޫ ދިސް..” މަލްދާގެ ދުލުން ބޭރުވިއެވެ. މަޑުމަޑުން އެއް އަތް އުފުލާލުމަށްފަހު ފަހު ޝަހާދަތް އިނގިލިން އާރްޔަންގެ ނިއްކުރީގައި ދެތިންފަހަރު ކޮއްޓާލިއެވެ. ހޭނުލާތާ ގުޑިވެސް ނުލިއެވެ. ” ފުރަތަމަ ދުވަހު ހެދިގޮތައް ހަދަންވީ.. އެހާ ނިދިގަދަ ވާން ޖެހޭތަ..” ނިދާފައި އޮތް އާރްޔަން އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ މަލްދާ ވާހަކަ ދެއްކިއެވެ. އެންމެފަހުން ހަދާނެ ގޮތެއް ނޭނގިގެން ދެކޮޅަށް ހިނގުމަށްފަހު މޮޅު ހިޔާލެއް އައުމާއެކު މޭޒުމަތީ ބަހައްޓާފައި ހުރި ވާސް ނަގާ ބިންމައްޗަށް ވައްޓާލިއެވެ. މިއަޑަށް ފުންމައިގެން ތެދުވި އާރްޔަން ދެކޮޅު ބަލައިލިއެވެ. ކުރިމަތީ އިން މަލްދާ ފެނިފައި ކުޑަކޮއް ހައިރާންވި ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލިއެވެ. ” ކޭން ޔޫ ކަމް ވިތް މީ؟…” އަތުގައި އޮތް ޖަގު ދައްކާލަމުން މަލްދާ ސުވާލުކޮއްލިއެވެ. އާރްޔަން އަށް ވީގޮތް ނަގައިގަނެވުނީ ދެނެވެ. ކުޑަކޮށް ހެވުނު ނަމަވެސް މަލްދާ އަށް ނުދައްކާ އަވަހަށް ބޯޖަހާލުމަށްފަހު މަލްދާއާއި އެކީ ދާން ހިނގައިގަތެވެ. އާރްޔަންގެ ފަސްފަހަތުން ހިނގާފައި ދިޔައިރުވެސް މަލްދާގެ ހިތްތެޅެމުން ދިޔައީ އޮބިނޯންނަވަރަށެވެ. ވެހެމެން ދިޔަ ބޯވާރެޔާއެކު ޖެހި ބާރު ގުގުރިޔާއެކު މަލްދާއަށް ހަޅޭލަވައިގަނެވުނެވެ. ބިރުން ގޮސް ވަގުތުން ހިފީ އާރްޔަންގެ އަތުގެ މުލައްދަނޑީގައެވެ. ޖަގަށް ފެންއަޅައިގެން އައިސް ކޮޓަރިއަށް ވަންއިރުވެސް އާރްޔަންގެ އަތުން މަލްދާ ދުލެއް ނުކޮއްލައެވެ. އެކަން ރޭކާލީ އަދި މާފަހުންނެވެ. ގަތް ލަދުން އަވަހަށް ނިދަން އަރާ އޮށޯތެވެ. އާރްޔަންވެސް އެއަށްފަހު ނިދޭތޯ ބެލިއެވެ. ކައިވެނި ކުރި ފަހުން މަލްދާ އާރްޔަންގެ ކިބައިން ކަމަކު އެދުން މީ ފުރަތަމަ ފަހަރެވެ. މިކަމާ އާރްޔަން އިނީ ވަރަށް އުފަލުންނެވެ. މަލްދާ އައިސް އާރްޔަންގެ އަތުގައި ހިފުމުން ހިތައް ލިބުނީ ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެކެވެ.

އޭގެ އަނެއްދުވަހު ގޭތެރެ އޮތީ މުޅިން ހަލަބޮލި ކޮއްލާފައެވެ. 4 މަސް ދުވަސް ފަހުން ނަފީސާމެން އެނބުރި ރަށަށް ދާން އުޅޭތީ އަސްމާ އުޅެނީ ކޮންމެވެސް މީރު ކެއުމެއް އެމީހުންނަށް ތައްޔާރު ކުރުމުގައެވެ. މިހާ ގިނަދުވަސްވީ ނަފީސާ ޑޮކްޓަރަށް ދައްކަން ޖެހުނީމައެވެ. އެހެންވެ ސާރާވެސް އެމީހުންނާއެކީ ދާން މަޑުކުރީއެވެ. އާރްޔަން ކިޔާވަރުން އަލީ ގަސްތު ކުރީ އަދި މަހެއްވަރު ކޮއްލާފަ ދާށެވެ. ފުރުމުގެ ކުރިން ސާރާ ބޭނުންވީ އެންމެ ފަހު ފަހަރު ނަމަވެސް އަލީ އާއި ވާހަކަ ދައްކާލުމަށެވެ. އަލީ ކޮޓަރިއާ ހަމައަށް ގޮއްސަ ސާރާ ފުން ނޭވާއެއް ދޫކޮއްލިއެވެ އެއަށްފަހު ކޮޓަރީގައި މަޑުމަޑުން ޓަކި ޖަހާލިއެވެ. އެކޮޅުން ވަންނާށޭ ބުނި އަޑު އިވުމުން ސާރާ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޭރު އަލީ އިނީ ފޮތެއް ހުޅުވައިގެންނެވެ. ކިޔަން އިން ފޮތުން ނަޒަރު ވަކިކޮއްލިއިރު ކުރިމަތީ އިން ސާރާ ފެނިފައި ކުޑަކޮއް ހައިރާންވިއެވެ. ” ޔެސް..؟” ދެވަނަ ސިކުންތުގައި އެކަން ފޮރުވަމުން އަލީ ސުވާލުކޮއްލިއެވެ. ” ވާހަކަ އެއް ދައްކާލަންވެގެން…” ސާރާގެ އަޑު އައީ ވަރަށް މަޑުންނެވެ. ” އެކަމް އަހަރެން ދައްކާނެ އިތުރު ވާހަކަ އެއް ނެތް..” ސާރާއާއި ދިމާލަށް ބަލަހައްޓާއިގެން ހުރެ އަލީ އިއްވާލިއެވެ. ސާރާގެ ހިތައް ކިތައްމެ ތަދުވި ނަމަވެސް މިއަދު އޭނަ ދައްކަން ބޭނުންވާ ވާހަކަ ނުދައްކާ އެތަނުން ނުދާން އަޒުމު ކަނޑައަޅިއެވެ. ” އަހަންނަށް އިނގޭ އަލީ މިހާރު އަހަރެން ދެކެ ވަރަށް ރުޅި އަންނަ ކަން.. އަލީ އެކަންޏެއް ނޫން.. އަހަރެން މީ ކޮންކަހަލަ މީހެއްކަން އިނގޭ ކޮންމެ މީހަކުވެސް އެހާ ރުޅި އަންނާނެ.. ހާއްސަކޮއް މަލްދާ…  ބަޓް ޓްރަސްޓް މީ އައި ރިގްރެޓް އެވްރީ ސިންގަލް ތިންގް.. އަހަންނަށް މާފްކުރޭ.. މީގެ ފަހުން ދުވަހަކުވެސް އަހަރެން އަލީ އަކަށް އުނދަގުލެއް ނުކުރާނަން.. ބަޓް ޕްލީޒް ފޮރގިވް މީ..” ސާރާގެ އަޑުގައި މަޑުމަޑު ތުރުތުރެއް ވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. ސާރާ ރޯތަން ބަލަން އަލީއަށް ކިތައްމެ އުނދަގޫ ވިނަމަވެސް ކެތްކޮއްލައިގެން އިނީއެވެ. ” ސާރާ މާފަށް އެދެން ޖެހޭ ފަރާތަކީ އަހަންނެއް ނޫން.. މަލްދާ..” މިފަހަރު އަލީގެ އަޑުގައިވީ އޯގާތެރިކަމެވެ. ” އިނގޭ.. އެކަމް.. އެކަމް އައި ކާންޓް ޓެލް ހާ ދެޓް އައި ސްލެޕްޓް ވިތް ހާ ބޯއިފްރެންޑް… އަހަރެން ގަޔަކު އެވަރު ހިތްވަރެއް ނެތް.. ” ރޮވިފައިވާ އަޑަކުން ސާރާ ދައްކަމުން ދިޔަ ހުރިހާ ވާހަކަ އެއް އަޑުއަހަން އިން މަލްދާގެ ކަންފަތައް ހީވީ ހޮނުގުގުރިއެއް ޖެހިހެންނެވެ. ސާރާ ފަހަތުން އައިސް ސިއްރުން ދޮރު ކައިރީ ހުރީ މިފަދަ ވާހަކަތަކެއް އަޑު އިވޭނެ ކަމުގެ އުއްމީދެއްގައެއް ނޫނެވެ.  ” ސާރާ..” ސާރާ ރޯތަން ބަލަން ކެތްނުވެގެން އަލީ ކުރިއަށް އަޅާލި ފިޔަވަޅު ހުއްޓުނީ ދޮރު ކައިރީގައި އިން މަލްދާ ފެނުމުންނެވެ. އަލީގެ މޫނަށް ބަލާލާފައި ސާރާވެސް ފަހަތައް އެނބުރިލިއެވެ. އެއާއެކު ވަގުތުން ސާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިތުރަށް ސާރާގެ ކުރިމަތީ ނުހުރުމަށް މަލްދާ އެތަނުން ދާން ހިނގައިގަތެވެ. ސާރާވެސް މަލްދާ ފަހަތުން ދާން ހިނގައިގަތެވެ. ” މަލް.. މަލް.. އައި ކެން އެކްސްޕްލެއިން..” ދުވަމުން ކަހަލަ ގޮތަކަށް އައިސް މަލްދާގެ ކުރިމަށްޗަށް އަރަމުން ސާރާ ވާހަކަ ދެއްކިއެވެ. ” އެކްސްޕްލެއިން ވަޓް…” މިހެން ބުނުމާއެކު ސާރާގެ މޫނުމައްޗަށް އެރީ މަލްދާގެ ހޫނުއެތިފަހަރެކެވެ. މަލްދާގެ އަޑު އައީ އޭނަ ހީކުރި ވަރަށްވުރެ ބާރަށެވެ. އެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ. ހިތުގައި ކުރިން އުފެދިފައިވާ ރިހުން އަލުން އާވިކަހަލައެވެ. މަލްދާގެ ހިތުގައި ސާރާއަށްޓަކައިވީ ޝަކުވާއެވެ. އެހެން މީހަކު މިކަހަލަ ކަމެއް ކުރިނަމަވެސް މިވަރަށް ހިތުގައި ނުޖެހުނީހެވެ. ” އަޒްހާން އާއި އެކީ ނިދިގޮތުގެ ތަފްސީލް އަޑުއަހާކަށް ބޭނުމެއް ނޫން..” ހިތައް ކޮއްފަ އިން އަސަރެއްގެ ބޮޑުކަމުން މަލްދާ އަށް ދުލުން ބޭރުވަނީ މި ކިހާ ވަރެއް ގެ ލަފްޒުތަކެއް ކަމެއް ދެނެގަންނާކަށް ނޭނގުނެވެ. މި މަންޒަރުތައް ބަލަން އތާ ކައިރީގައި މީހަކު ނެތީ ހަމަ ނަސީބެވެ. ” ޔޫ އާ ސޯ ސެލްފިޝް.. ސޯ ސޯ ސެލްފިޝް..” ކޯތާފަތްމަތީ އެއް އަތުން ހިފަހައްޓާލުމަށްފަހު ރޮވިފައިވާ އަޑަކުން ސާރާ ބުންޏެވެ. ” ކުޑައިރުއްސުރެ ހުރިހާ ކަމެއްވީ މަލްދާ ބޭނުން ގޮތައް.. މަލްދާ ބުނިހާ ކަމެއް ކުރީން… ހަނދާންވޭތަ.. ޔޫ ވާ ސޯ ފޭމަސް އިން ސްކޫލް.. އޯލްމޯސްޓް އެވްރީ ގާއި ލައިކްޑް ޔޫ.. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. އެކަމް މަލްދާ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔޭ ބުނާއިރު އިނގޭނެ އަހަރެން ހަޔާތުގައި ލޯބިވެވުނު ފުރަތަމަ ފަހަރު.. އަހަރެން އޭނަ ދެކެ ކިހާ ލޯބިވީން ކަން. އެކަމް މިއަދު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެއީ އޭނަގެ އަނބިމީހާ.. މަލްދާގެ އަޒްހާން.. މަލްދާގެ ބަދަލު ހިފުން.. މަލްދާ ގެ ހިތާމަ.. މަލްދާގެ އުފާ.. މީގަ ކޮބާތަ އަހަރެން .. އެއްފަހަރުވެސް ވިސްނާލިންތަ؟… އަހަންނަށް އިނގޭ އަހަންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއް ކަން.. އެންޑް އައި އޭމް ރިއަލީ ސޮރީ.. އާރްޔަން މަލްދާ ދެކެ ލޯބިވާކަން އިނގުނީމަ އަހަންނަކަށް ނޭނގެ ވީގޮތެއް.. އެރޭ އަޒްހާން ހުރީ ހަމަޔަކު ނޫން.. މަލްދާއަށް އަޒްހާންގެ ހަގީގަތް އެނގިގެން ވާހަކަ ނުދައްކައިގެން އޭނަ އައި އަހަރެން ކައިރިއަށް.. ” ސާރާގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ލަފުޒެއް ދިޔައީ މަލްދާގެ ހިތް ކަފާ ކުދިކުރަމުންނެވެ. ދެލޯ ބޮޑުކޮއްލައިގެން ސާރާގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު އެދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ” އަހަންނަކީ މާ ރަނގަޅު މީހެއް ނޫން.. އެކަމް ބުނަން.. ތީ ވަކި މާ މާތް މީހެއް ނޫން.. އާރްޔަން އާއި އިނީ ބަދަލު ހިފަން؟ ސީރިއަސްލީ؟.. ކޮންކަމަކާ؟ އޭނަ ކީއްކުރީ މަލްދާއަށް؟.. އާނ.. އެކްސިޑެންޓެއްވި.. އޭނަ ގަސްތުގަ ކުރިކަމެއްތަ؟ މަލްދާ ހިތު ހުރި ގޮތަކަށް އާރްޔަން އާއި ދޭތެރޭ ކަންތައް ކުރަނީ.. ރުޅިއައިސްގެން އެއްވެސް ކަމެއް ކުރޭތަ؟.. އެހެންމީހަކު ނަމަ.. މިވާހަކަ ދައްކަނީވެސް މި ކީއްކުރަން..” އެންމެ ފަހުން ކެތްނުވެގެން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު ސާރާ އެތަނުން ދާން ހިނގައިގަތެވެ. މަލްދާއަށް ގުޑިލާންވެސް ނޭނގިފައި އިރުކޮޅަކު ހުރެވުނީ ވެގެންދިޔަ ކަންތައް ގަބޫލު ނުކުރެވިފައެވެ. މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. އާރްޔަން އެގަޑީ ގޭގައި ނޫޅެނީ ނަސީބެކޭ މަލްދާގެ ހިތައް އެރިއެވެ. ސާރާގެ ދުލުން ބޭރުވަމުން ދިޔަ ހުރިހާ ޖުމްލައެއްހެން މަލްދާގެ ސިކުނޑި ތެރޭގައި ގުގުމަމުން ދިޔައެވެ. މަލްދާ އަކީ ހަމަ އެހާ ގޯސް ކުއްޖެއް ހެއްޔެވެ. ހަޔާތުގައި އެންމެ އިތުބާރު ކުރި ދެމީހުންގެ ފަރާތުން މަލްދާއަށް ލިބުނީ ކެއްސެވެ. ދެން އިތުރަށް އިތުބާރު ކުރާނީވެސް ވަކި ކާކަށްހެއްޔެވެ؟

ނުނިމޭ

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!