އިންތިހާ – 20
“އައްސަލާމު އަލައިކުމް….ހިތަދޫ ކައުންސިލަރު ތޯ” ފޯނު ނެގުމަށްފަހު އުޒާމް އަހައިލީ އަވަސްއަވަހަށެވެ. “އާދެ ކައުންސިލަރު ދާނިމް ވާހަކަ ދައްކަނީ” އެކޮޅުން ޖަވާބު ލިބުމާއިއެކު އުޒާމްގެ މޫނު މައްޗަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ.
“އާދެ އަޅުގަނޑަކީ ހަސަން އުޒާމް….އިވާންގެ ފޯނަށް ނުގުޅޭތީ އިވާން މިވަގުތު ހުރީ ހިތަދޫގަ ތޯ އަހާލަންވެގެން” ފަރިތަކަމާއި އެކު އޭނާ ބޭނުންވާ ސުވާލު އުޒާމް ކޮށްލިއެވެ.
“ނޫނޭ….މިހާރު އިވާންގެ ދެމަފިރިން ވީ ފޭދޫގަ، މިއަދު އެމީހުން އެކޮޅަށް ދިއައީ” “ދެމަފިރިންނޭ؟؟؟؟” އިވުނު ވާހަކަ ޔަޤީން ކުރުމަށްޓަކައި އުޒާމް އަހައިލި ނަމަވެސް އޭނާގެ ނިތައް ރޫ ޖަމާވެގެން ދިއައިރު، މޫނުމަތިން އިންތިހާ ދަރަޖައިގެ ހައިރާންކަން ފައުޅުވެގެން ދިއައެވެ.
**********
“އާދެ…އިވާން ސާރ މިކޮޅަށް އައިސް އުޅެނީ އަނބިމީހާ ނޫރްއާ އެއްކޮން….މިހާރު އެ ދެބޭފުޅުން ތިއްބެވީ ފޭދޫގަ” ދާނިމް ތަފްސީލު ކޮށްދިން އިރު، ބުނާނެ އެއްޗެއް އަދި މިވާ ގޮތެއް ނުވިސްނިފައި ހުރި އުޒާމް އަވަހަށް ޝުކުރު އަދާކުރުމަށްފަހު ފޯނު ބޭއްވިއެވެ.
ތުނބުޅީގައި އަތް ހިންގައިލަމުން ޖެހިގެން ހުރި ސޯފާގައި އުޒާމް އަށް އިށީންދެވުނު އިރު، އޭނާގެ ނިއްކުރިން ދާ ތިކިތައް ބަބުޅަމުން ދިޔަ އެވެ. އެ ކައުންސިލަރުގެ ވާހަކަތަކާއި މެދު ވިސްނި ވަރަކަށް ފާއިތު ވެދިޔަ މަހެއް ހައި ދުވަހު އިވާންގެ އުޅުމަށާއި ޢަމަލުތަކަށް އައިސްފައިވާ ބަދަލުތައް އުޒާމްއަށް ފާހަގަވަމުން ދިއައެވެ.
ކުންފުނީގެ ހަ އިންސައްތަ ހިއްސާ ގޮތް ނޭނގޭ މީހަކަށް ވިއްކުމުން ފެށިގެން ގޮސް، އަންނަ ފޯނު ކޯލުތަކުގެ ސަބަބުން އަބަދު ކަންބޮޑުވުން ހާމަވާން ހުންނަ އިވާންގެ މޫނު މައްޗާއި، ހުކުރު ދުވަހު އެންމެ ނުގަޑީގައި ބޭރަށް ދިއުމުގެ އިތުރުން އިވާންގެ ކޮޓަރިން ފެނުނު ރަން ކަންފަތުލާ އެއްޗެވެ. ތުގާ ކިޔައިދިން އަންހެން ކުއްޖާގެ ވާހަކަތެކެވެ. މިހުރިހައި ކަމެއް ދާނިމްގެ ވާހަކަ ތެދުކުރަމުން ދިއައިރު، އިން ތަނުން އުޒާމްއަށް ކޮށްޅަށް ތެދުވެވުނެވެ.
“ނޫރް” އެނަން އުޒާމް ކިޔައިލިއިރު، އޭނާގެ ތޫނު ދެލޮލާއި މޫނުމަތިން ފެންނަމުން ދިއައީ ނުރައްކާތެރި ވިދުވަރެކެވެ. ދުވަހަކުވެސް ޢާއިލާއަށާއި އަމިއްލަ ބައްޕައަށް އެއްވެސް ކަމެއް ސިއްރު ކޮށްފައި ނުވާ އިވާން، އޭނާގެ ދިރިއުޅުމުގެ މިހައި ބޮޑު ކަމެއް ސިއްރު ކުރަންވީ ކީއްވެ ބާއެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުމަށް މިއައި ގޮތް ނޭނގޭ އަންހެން ކުއްޖާ އަކީ ކާކު ބާއެވެ. ނޫރް އަކީ ކާކު ބާއެވެ.
**********
ހުޅުމާލޭގެ ތައި ޕެލެސް ރެސްޓޯރެންޓުގެ މޭޒެއްގައި އައިމަންއާއި ލައިބާ ތިބި އިރު، ކުރިމަތީގައި ހުރި މޭޒުގެ ސުފުރާމަތި ފުރިފައިވަނީ އެކި ބާވަތުގެ ތައި ޑިޝްތަކުންނެވެ. ކަމުން ދިޔައިރު ވެސް ލައިބާ އެކި ކަހަލަ ވާހަކަތައް ހުއްޓައި ނުލައި ދައްކަމުން ދިޔައިރު، ފުޅާ ހިނިތުންވުމެއް އައިމަންގެ މޫނު މަތީގައި ވަނީ ކުރެހިފައެވެ.
“އަދި އިނގޭތަ! ލައި ބީޗްއަށް ދިޔަ ދުވަހު ދިމާވީ ވަރަށް ރީތި އަންހެން ކުއްޖަކާ….އިފް ޔޫ ސޯ ހާރ ޔޫ ވުޑް ގޯ ކްރޭޒީ…ދިގުދިގު އިސްތަށިގަނޑަކާ ރީތި ރީތި ދެލޮލާ….ޝީ ލުކްޑް ޖަސްޓް ލައިކް އަ ފެއަރީ އެކަމް…” އެހިސާބަށް ކިޔައިދިނުމަށްފަހު ލައިބާ މަޑުޖެހިލުމާއި އެކީ، އިތުރަށް އެބުނާ ކުއްޖަކާއި މެދު އިނގުމުގެ ޝައުގުވެރިކަން އައިމަންގެ ހުތުގައި އުފެދުނު އިރު، އެއް ބުމަ ހިއްލައިލަމުން “އެކަމް؟؟” އޭ އޭނާ އަހައިލިއެވެ.
“ޝީ ވޯޒް ކްރަޔިންގް….މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ހަމަޖެހުމެއް ނުފެނޭ…ދެލޮލުގަޔާ އަޑުގެ އިތުރުން ބުނާ ބަސްތަކުގަވެސް ރިހުމާ ވޭން ނޫން އެހެން އިހުސާސެއް ނެތް…ސީމްޑް ލައިކް ޝީ ހޭޒް ނޯ ހެޕިނެސް އިން ހާރ ލައިފް….” ފުން ނޭވާ އެއް ދޫކޮށްލުމަށްފަހު ލައިބާ ކިޔައިދިންއިރު، އެ ވާހަކަތައް އަޑުއަހަން އިން އައިމަން ހިތި ގޮތަކަށް ހިނިތުންވެލިއެވެ.
“ބައެއްފަހަރު ދިރިއުޅުމުގަ ކުރިއަށް ދާނެ ހުރިހައި މަގެއް ބަންދުވެެ އަނދިރިކަން ވަށާ ލާނެ….އެކަހަލަ ވަގުތެއްގަ ކޮންމެ މީހެއްގެ ސްޓޭޓްއަކަށް ވާނީ ހަމަ ތި ސްޓޭޓް” “އަނދިރިކަން ވަށާލާ ވަގުތު، ދެން ކުރިއަށް ދާނެ އަލިމަގެއް ނުފެންނަ ވަގުތު، ތިމާއަށް އެހީގެ އަތެއް ދިއްކޮށްލާ މީހުންގެ އަތުގަ އައިމަން ނުހިފަނީ ކީއްވެ؟” ސީދާ އައިމަންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ލައިބާ އަހައިލިއިރު، އޭނާގެ އަޑުގައި ވަނީ ޝަކުވާއެވެ.
ފިޒާމްވަނީ މިއަދު ގުޅައިގެން އޭނާއަށް ހުރިހައި ވާހަކަތަކެއް ކިޔައިދީފައެވެ. އައިމަންއަށް ކުރިމަތިވެގެން އުޅޭ މައްސަލަތައް ތަފުސީލު ކޮށްދީފައެވެ. އޭނާގެ އޮތީ ހަމަ އެންމެ ޝަކުވާއެކެވެ. އެހައި ބޮޑު ކަމެއް ހިނގައި ދިއައިރު، އައިމަން އޭނާއާއި ހިއްސާ ނުކުރުމެވެ. ކުޑަ މިނުން ގުޅައިލި ނަމައެވެ.
“ލައި ވަޓް ޑޫ ޔޫ މީން؟” އިސްތަށިގަނޑުގައި އަތް ހިންގައިލަމުން އައިމަން އަހައިލީ ނުތަނަވަސްވެ ހުރެއެވެ. ލައިބާއަށް ވެގެން އުޅޭ ގޮތް އިނގުނީ ބާއެވެ. “އައިމަން ޕްލީސް….އައި ނޯ ޔޫ ހޭވް ގޯން ތްރޫ އަލޮޓް…އެކަމް އަޅެ އެންމެ ފަހަރަކު، ހަމަ އެންމެ ފަހަރަކު ގުޅާލި ނަމަވެސް….ކޮން އިރަކު އައިމަން ލައި ތިހާ ދުރުކޮށްލީ؟” އިށީންދެގެން އިން ގޮނޑިން ލައިބާ ތެދުވެ ހިނގައިގަތް އިރު، ލައިބާގެ ފަހަތުން އައިމަން ވެސް ދިއައެވެ.
ރެސްޓޯރެންޓުގެ ބޭރަށް ނިކުމެވުމާއިއެކު ޓެކްސީއެއް ހުއްޓުވައި ލައިބާއެއަށް އެރީ އައިމަން ގޮވަ ގޮވައި އޮއްވައެވެ. ހަޤީގަތުގައި ވެސް އޭނާ ވަރަށް ހިތުގައި ޖެހިއްޖެއެވެ. އައިމަން އަށް އެހައި ގިނަ ދަތި ތަކާއި ކުރިމަތި ލާން ޖެހުނު އިރުވެސް، އޭނާއަށް އަންގައިވެސް ނުލީތީއެވެ.
**********
“ނޫރް އަނދިރި ދެކެ ބިރުގަނޭތަ؟” އޭނާގެ އަތުގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓައިގެން ހުރި ނޫރްގެ ގާތުގައި އިވާން އަހައިލި އިރު، އަވަހަށް ބޯ ހޫރުވައިލަމުން އިވާންގެ އަތުން ނޫރް ދޫކޮށްލިއެވެ. ސިޓިން ރޫމް ހުރަސްކޮށް ގޮސް ކޮޓަރިއަށް ވަނުމަށްފަހު، ހަމަޖެހިލަން މަސައްކަތް ކުރަމުން، ސޯފާ މަތީގައި އޮތް އޭނާގެ ފޯނުގެ ފްލޭޝްލައިޓު ޖައްސައިލުމަށްފަހު ފޯނު ހިފައިގެން ނޫރް ގޮސް ފާހަނައަށް ވަނީ ލޮނާއި ތަތްތެޅިގެން އިތުރަށް ހުންނަން ބޭނުން ނުވުމުންނެވެ.
ނޫރް ގޮސް ކޮޓަރިއަށް ވަނުމާއިއެކު މައުނަވީ ހިނިތުންވުމެއް އިވާންގެ މޫނުމައްޗަށް ވެރިވިއިރު، އޭނާގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. ފަތުހިއްޔާ އުއްބައްތި ހިފައިގެން އައުމުން އިވާން ގޮސް އެމީހުންގެ ކޮޓަރީގެ އެކި ދިމަ ދިމާލުގައި އުއްބައްތި ބަހައްޓައި ރޯ ކޮށްލިއިރު، މުޅި ކޮޓަރި އަލިވެގެން ދިއައެވެ. ގޭގައި ހުރި އެހެން ކޮޓަރިއަކަށް އިވާން ވަނީ ފެންވަރައިލުމަށް ޓަކައެވެ.
ހުދު ބާތްރޯބް ގަޔަށް މަހައިލުމަށްފަހު ފާހަނައިން ނިކުތް ނޫރް ޖެހި ބުދެއް ހެން ހުރި ފިޔަވަޅު މަތީގައި ގަނޑުވީ، ކޮޓަރިތެރޭގައި ދިއްލިފައި ހުރި އުއްބައްތިތަކުގެ ހުޅުކޮޅު ފެނިފައެވެ. އޭނާގެ ނިއްކުރިމަތިން ދާތިކިތައް ވިދާލި އިރު، ދެލޮލުގައި ވަނީ ބިރުވެރިކަމެވެ. ފުން ނޭވާތަކެއް ލެވެން ފެށި އިރި އެނދާއި ކައިރިއަށް ނޫރް ހިނގައިގަތެވެ.
ބިރުގަނެފައި ހުރުމުގެ ސަަބަބުން ނޫރްއަށް އެނދުމަތީގައި އިށީންދެވުނެވެ. އެއާއިއެކު، އެނދުގެ ސައިޑު ކަބަޑުގެ މަތީގައި ހުރި އުއްބައްތީގެ ހުޅުކޮޅު އޭނާގެ ދެލޮލުގައި އަޅައިގަތެެވެ. ދެލޯ މަރައި ތަގުޅި ކޮށްލެވުނު އިރު، ނޫރްގެ ލޮލު ކުރިމައްޗަށް ފުސް މަންޒަރެއް ސިފަވެގެން ދިއައެވެ.
ހުޅުހިފައި އަނދަމުން ދިޔަ ގެއެކެވެ. ގޭގެ ސިޓިން ރޫމުގައި އުނދަގޫ ގޮތަކަށް ކޮށްޅަށް ހުރީ ދިހަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާގެ މައުސޫމު ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިއައިރު، އެކުއްޖާގެ ހަށިގަނޑަށް ޒަޙަމްތަކެއް ލިބިފައި ހުއްޓެވެ. ހަންގަނޑުގެ ބައެއް ތަންތަން ނޫފައިގައިންފައި ހުރިއިރު، ތުންފަތް ވެސް ހުރީ ފަޅައިގެން ގޮސްފައެވެ.
އެކުޑަ ކުއްޖާ ދެން ދުއްވައިގަތީ ތަންކޮޅެއް ދުރަށް ވެއްޓިފައި އޮތް މީހެއްގެ ގާތަށެވެ. މެދުއުމުރު ފުރައިގެ އެ އަންހެން މީހާ އެ ކުއްޖާ ފެނުމާއި އެކު ހިތިގޮތަަކަށް ހިނިތުންވެލި އިރު، އޭނާގެ ހޭހުރީ ހަމަ ކިރިޔާއެވެ. ހުޅުގަނޑު އިތުރަށް ބޮޑުވަމުން ދިޔަ އިރު، ދުމުގެ އަސަރުވެސް ދިޔައީ އިތުރުވަމުންނެވެ.
“ދަރިފުޅާ މަލް…” “މަންމާ!!!!!!!” ހަޅޭލަވައިގަނެވުނު އިރު އަތް ހޫރުވާލެވުނު ގޮތަކުން ނޫރްގެ އަތުން ޖެހި ސައިޑު ކަބަޑުގެ މަތީގައި ހުރި އުއްބައްތި ވިއްސައިގެން ދިއައެވެ. ވިއްސައިގެން ދިޔަ އުއްބައްތި ގޮސް ކުޑަދޮރުގެ ފަރުދާގައި ޖެހުމާއިއެކު، ފަރުދާގައި ހުޅު ހިފިއިރު، އެނދުން ކޮށްޅަށް ތެދުވުނު ނޫރް ހޭހުސްވެގެން މުށިތައް މައްޗަށް ވެއްޓުނެވެ.
ނޫރްގެ ހަޅޭކުގެ އަޑަށް ދުވެފައި އެކޮޓަރިއަށް އައި އިވާންއަށް އަލިފާން ހިފައިވައިވީ ފަރުދާއާއި، ވެއްޓިފައި އޮތް ނޫރް ފެނުމުން ނޫރްގެ ނަމުން ބާރަށް ގޮވައިލެވުނެވެ. ހޭ ހުސްވަމުން ދިޔައިރު، ނޫރްއަށް ފެންނަމުން ދިއައީ ދުވެފައި އޭނާގެ ގާތަށް އައި އިވާންގެ ސޫރައެވެ.
އުންމީދު ފޮނި، ކުރެވުނު މެޔޭ
ހުވަފެން އުފާވެރި ފެނިލުމުން
ތޫފާނަކުން ހިތް ކުދި ވިޔޭ
ޒަހަރުން އަސަރް ވިހަ ފެތުރެމުން
މަގެ ރަންދޫނު ރޮއްވައިފިޔޭ
އިންތިހާ ވޭނުގާ
ކިލަނބު މި ރޫޙު ކޮއްލައިފިޔޭ
އިންތިހާ ވޭނުގާ
ނުހިކޭ ކަރުނަ، ސަހަރޯ ލޮލުން
ރިހުމާ ތަދުން، އިހުސާސުވީ
ލަދުގާ ބެދިވި، ފަސްޖެހުމަކުން
ސިހި ގޮސް ބިރުން، ދޫބަންދުވީ
ދުނިޔެ ފަނާ މި ކޮއްލައިފިޔޭ
އިންތިހާ ވޭނުގާ
ނުހަނު ހިތާމަ ޖައްސައިފިޔޭ
އިންތިހާ ވޭނުގާ
ކިލަނބު މި ރޫޙު ކޮއްލައިފިޔޭ
އިންތިހާ ވޭނުގާ
*************
ކާރުގައި ލައިބާ އެރި ޓެކްސީގެ ފަހަތުން އައިމަން ދިޔައިރު، ޓެކްސީ ލައިބާ ދިރިއުޅޭ އިމާރާތުގެ ކުރިމައްޗަށް ހުއްޓުމާއިއެކު ކާރު މަޑުކޮށްލުމަށްފަހު އައިމަން ވެސް ފޭބިއެވެ. ރޭގަނޑުގެ ވަގުތުކަމުން އެ ހަނި މަގުގައި މީހެއްގެ ހިލަމެއްގެ އިތުރުން އަލިކަމެއް ވެސް ނެތެވެ.
ޓެކްސީއިން ފައިބައި ލާރި ދެއްކުމަށްފަހު ގޭގެ ދޮރާއި ދިމާލަށް ހިނގައިގަތް ލައިބާއަށް ހުއްޓެން ޖެހުނީ އައިމަން އައިސް އޭނާގެ އަތުގައި ހިފުމުންނެވެ. އައިމަން އާއި ދިމާލަށް އެނބުރިލި ލައިބާގެ މޫނުމަތީގައި ވީ އިންތިހާ ނުރުހުމެވެ.
“އައިމަން ޕްލީސް…އިފް ޔޫ ޑޯންޓް ކޮންސިޑާރ މީ ޔުއާރ ފްރެންޑް އެންޑް ލައިއަށް އިތުބާރު ނުކުރެވެންޏާ ލީވް މީ އަލޯން….އައިމަން ބޭނުންވަނީ އެކަނި ކަންކަން ހޭންޑަލް ކުރާކަންނު….އައިމަންއާ ދޭތެރޭ ވިސްނާ އެހީވާން ބޭނުންވާ އެކަކުގެ އެހީތެރިކަމެއްވެސް ބޭނުމެއް ނެތެއްނު ސޯ…..” ލައިބާއަށް ދެން އިތުރަށް އެންމެ ލަފުޒެއް ވެސް އަނގައިން ބޭރު ނުކުރެވުނީ އައިމަން ކޮށްލި ކަމަކުންނެވެ.
ފުރަތަމަ އައިމަން ކޮށްޕާލަން މަސައްކަތް ކުރި ނަމަވެސް، އައިމަންގެ އެ އަމަލުގައި ލައިބާއަށް ފުރިހަމައަށް ބައިވެރި ވެވުނެވެ. ދެ ނޭވާ އެކުވެގެން ދިއައިރު، ލައިބާގެ ލޮލުން ކަރުނައިގެ ރޮނގެއް ދެމިގެން ދިއައެވެ. ނޭހުސްވުމުނ ލައިބާއާއި ދުރައްޖެހިލުމަށްފަހު ލައިބާގެ މޫނުގައި އޭނާގެ ދެއަތުން އައިމަން ހިފައިލިއެވެ. “އައި ނީޑް ޔޫ” ލައިބާއާއި ހަތަރު ކަޅި ހަމަކޮށްލައިގެން ހުރެ އައިމަން ބުނެލީ ވައި އަޑުންނެވެ.
ނުނިމޭ
3 Comments!
Comments are closed.



Heii sis❤️❤️❤️???
Vrh sali mi part vess❤️❤️❤️
Masha Allah❤️❤️❤️
Keep it up sisoo❤️❤️❤️
And dhen oi bayan inthizaaru kurany migen❤️??????
Love u ❣️❣️❣️❣️❣️
Stay safe ❤️
Thankyou riloo❤️ Stay safe lyt darling?
alhey next part kobaatha