އަވަސް އަވަހަށް ފޯން ބޭއްވުމަށް ފަހު އަދި އެއްފަހަރު ގަޑިއަށް ބަލައިލީ ޔަގީން ކޮއްލުމުގެ ގޮތުން އެވެ.”ނޯޯނޯނޯ ދެން އަޅޭ ނޯ”މައިލީން މޫނުމަތީ އަތް އަލައިގެން އިނދެ އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް މަޑުމަޑުން  އެހެން ކިޔަމުން ދިޔައެވެ.އަދި އަވަސް އަވަހަށް ކޮޓަރިން ނިކުމެ ކާކޮޓަރިއަށްދިޔުމަށް މިސްރާބް ޖެހިޔެވެ.”އަހާ  މައިލީން ތި އައީދޯ ކާން..ދައްތަ މައިލީން ކާން އަންނަން ދެން މީނީ..މައިލީން ފިލާވަޅު ދަސްކުރަން އާންމުކޮން އިންނަ ގަޑި ވީމަ ކާން ނުގޮވީ.. ހިނގާ އަވަހަށް ކާން..”ދައްތަ އެހެން ބުނުމާއި އެކު މައިލީން ބޯޖަހާލަމުން  އަވަހަށް ކާކޮޓަރިއަށް ހިނގައިގަތެވެ.

******************

އަރައިގެންއައި އިރާއި އެކު ރަށުގެ އަންހެން ވެރިން މަގުތަށް ކުނިކެހުމަށް ނިކުންނަން ފެށިއެވެ.ހެނދުނުގެ އެހިތް ފަސޭހަ ވަގުތު މަގުމަތި ކުނިކަހަން އުޅޭ އަންހެނަކު ފިޔަވާ އެހެން މީހަކު މަގުމަތިން ނުފެނެއެވެ.އަދި މިއީ މީހުން ހޭލަމޭލަވެ އުޅެން އަވަސް ގަޑި އަކަށް ވަނީ ކަމަށް ވެސް ވެދާނެއެވެ.

“ދަރިފުޅާ އިޒާން…ތެދުވޭ ދެން..މިހާރު މަންމަ ކޮން އިރެއް ގޮވާތާ އަޅެ..ބުނަންދޯ ފަތިސް ނަމާދު ކޮށްގެން އައިސް ނުވާނޭ ނިދާކަށް ވެސް..”އިޒާން މަންމަ އިނާޔާ އިޒާންގެ ކޮޓަރި ދޮރުމަތީގައި ހުރެގެން އިޒާން އަށް ގޮވަމުން ދިޔައީ ސުކޫލް އަށް ދާން ވާއިރަށް އިޒާން ނެގުމަށެވެ.އިޒާން އަކީ އިނާޔާ އާއި އަކްރަމް އަށް ލިބިފައިވާ ހަތަރުކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ.އިޒާން ގެ ބައްޕަ އަކްރަމް ވަނީ އިޒާން ގެ އުމުރުން އެންމެ ދެއަހަރުގައި ދިމާވި އެކްސިޑެންޓް އެއްގައި ވަނީ ނިޔާވެފައެވެ.އިނާޔާ އަކީ ހިތްވަރު ގަދަ ކެރޭ އަންހެނެއް ކަމުން އަކްރަމް މި ދުނިޔެ ދޫކުރި ދުވަހުން ފެށިގެން ވެސް ހަތަރުކުދިން ބަލާ ބޮޑު ކުރަމުން އެއަންނަނީ އިނާޔާ އެކަންޏެވެ.އަމިއްލަ މަސައްކަތުން ހަތަރުކުދިން ބަލާ ރަނގަޅު ގޮތުގައި ބޮޑުކުރުމަކީ އިނާޔާގެ އެންމެ ބޮޑު އެއް އުންމީދެވެ.

“މަންމާ…..ދަނީ…”އިޒާން ސުކޫލް އަށް ދާން ތައްޔާރު ވެގެން ނިކުމެ ބަދިގޭގައި ރޮށިދަމަން ހުރި އިނާޔާއަށް އަޑުއިވޭ ވަރަށް ބާރަށް ބުނުމަށް ފަހު ގެއިން ނިކުންނަން އަވަސްވެ ގަތެވެ.”އިޒާން..މަޑުކުރޭ މަންމަ އާއި އެކު ދާން މަންމަ ދާނަން ދަރިފުޅު ގޮވައިގެން.”ބަދިގޭގައި ރޮށިދަމަން ހުރި އިނާޔާ އެހެން ބުނުމުން އިޒާން ގެ ފިޔަވަޅުތަށް މަޑު ޖެހުނެވެ.އިނާޔާގެ އިންތިޒާރުގައި ހުރި އިޒާން ގެ ސަމާލުކަން ދަމައިގަތީ ގޭ ދޮށުގައި ހައްދާ ފައިވާ އެކިކުލަ ކުލައިގެ ރީތި މާގަސް ތަކެވެ.ވަގުތަކީ ހެނދުނުގެ ވަގުތު ކަމުން މުޅި ގޭދޮށުގައި ހުރި ގަސް ތަކުގައި މާތަށް ވަނީ ފޮޅި ބަރާވެފައެވެ.ފިނިފެންމާ ގަސް ތަކުގައި ފޮޅިފައި ހުރި ފިނިފެންމާ ތަކުގެ ސަބަބުން މުޅިހިސާބަށް ވަނީ މަޑު މީރުވަހެއް ފެތުރިފައެވެ.އެވަސް އިޒާން ގެ ނޭފަތުގައި ޖެހުމާއި އެކު ދެލޯމަރާލައި ހަށިގަނޑުގެ އެތެރެއަށް ފުން ނޭވާއެއް ދަމާލިއެވެ.”ހާދަ ވަރަކަށް ވަސް ދަމަނީ ތި ދަރިފުޅު…”ގެއިން ނިކުމެގެން އައި އިނާޔާއަށް އިޒާން ދެލޯ މަރައިލައިގެން ހުރެ ފުންނޭވާއެއް ބޭރަށް ދޫކޮށްލި ތަން ފެނުމުން ހިނި އައިސް ފައި އެހެން ބުންޏެވެ.”ދެން މަންމަ މިހާ ގިނަ މާގަސް ހައްދާލާފައި އޮންނަ އިރު ވަސްވެސް ބެލޭނެ ދޯ..ކިހާ ރީތިތަ ހެނދުނު ގަޑީ މާތަށް ފޮޅިފައި ހުންނައިރު..”އިޒާން އެހެން ބުނަމުން މަންމަ އާއި އެކު ސުކޫލަށް ދާން މިސްރާބު ޖެހިއެވެ.

*******************

ސުކޫލްގެ އެތެރެއަށް ވަދެގެން އައި މައިލީން ދެކޮޅު ހޯދަމުން ދިޔަގޮތުން ބެންޗް ގައި އިށީންދެލައިގެން އިން އަލައިކާ ގާތަށް ހިނި އަންނަން ފެށިއެވެ.ދެކޮޅު ހޯދަމުން ދިޔަ މައިލީން އަށް ބެންޗް އެތްގައި އިށީންދެގެން ހީލަހީލާ އިން އަލައިކާ ފެނުމާއި އެކު އަލައިކާ އާއި ދިމާއަށް ދެލޯ އަޅައިލިއެވެ.އަލައިކާ އާއި ދިމާއަށް ހިނގައިގަންނަން އުޅެފައިވެސް ކަމެއް ހަނދާންވި ފަދައިން ސްޓާފް ރޫމް ކައިރި ބަހައްޓާފައި ހުރި މޭޒުމަތީ ގައި އޮތް ފޮތާއި ދިމާލަށް ހިނގައި ގަތެވެ.ފޮރުގައި ސޮއެކޮށްލުމަށް ފަހު ދަބަސް ހިފައިގެން ކުލާސް ހާއި ދިމާލަށް ހިނގައި ގަތީ އަތުގައިވާ ބަރު ޕާސްޓް ޕޭޕަރް ތަކާއި އެއްޗެހި ކުލާހަށް ލާފައި އަލައިކާ ކައިރިއަށް ދިޔުމަށްޓަކައެވެ.

ކުލާހަށް ވަނުމަށް ފަހު މައިލީން އިނުމަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި ދަބަސް ބެހެއްޓުމަށް ފަހު ނިކުންނަން ދާން އުޅެނިކޮން އިޔާން އައިސް ކުލާހަށް ވަނެވެ.ނިކުންނަން ދިޔަ މައިލީން އަށް އިޒާންގެ ގޮނޑީގައި ދަބަސްނެތްކަން ފާހަގަވިޔެވެ.އިޔާން ކައިރި އަހާލަން ހިތަށް އަރާފަވެސް ނޭހީ އިޔާން ދިމާކުރާނެ ވަރު ހިތަށް އެރުމުން އެވެ.”މައިލީނޫ…ހަމަ އަޅާވެސް ނުލާ އެބަދޭ ފޮނި ގަނޑު..”ފަހަތުން އިޔާން ގޮވާލުމާއި މައިލީން ފަހަަތް ބަލައިލިއެވެ.”ނޫނޭ ޔާން..އިކާ އެތާ ބެންޗް ގައި އިނީމަ އޭނަ ކައިރިއަށް ދާން ކަމަށް އަވަހަށް މިދަނީ””ހިނިތުންވެލަމުން އިޔާން އަށް މައިލީން ޖަވާބު ދިނެވެ.”އޯކޭ…ބައިދަވޭ މައިލީން ކޮބާތަ އިޒާން…”އިޔާން މައިލީން ގާތު އެހެން އެހުމާއި އެކު މައިލީން އިޔާން އާއި ދިމާއަށް ދެލޯ އަޅައި ލިއެވެ.”އަޅެ ލީން އަށްތަ އިނގޭނީ އިޒާން ވީތަން އިޔާން ދޯ އޭނައާއި އެކު އުޅެނީ…”މައިލީން އެހެން ބުނުމަށް ފަހު އަވަސް އަވަހަށް ދާން ހިނގައިގަތެވެ.”ހަހަހަ…އާން ހަމަ މައިލީން އަށް އިނގި ދާނެ ދޯ…އިންނާނެ އަދި އިއްޔެގެ ވަރަށް ރީތި ފޮޓޮއެއް…ފޮނުވާލަ ދޭނަން އިނގޭ މިއަދު..”މައިލީން ހިނގައި ގަތުމާއި އެކު އިޔާން މައިލީން އާއި އަރައި ހަމަ ކުރަމުން ދިމާ ކޮށްލިއެވެ.

“އިކާ…”އަލައިކާ އިން ބެންޗް އާއި އަރާ ހަމަ ވެލަމުން މައިލީން އަލައިކާއަށް ގޮވައިލިއެވެ.”ލީން…އިނގޭތަ…”މައިލީން ފެނުމާއި އެކު އަލައިކާ މައިލީން އަށް ކޮންމެސް ވާހަކައެއް ކިޔާދޭން އުޅުނެވެ.ނަމަވެސް އަލައިކާ ވާހަކަ ހުއްޓައިލީ މައިލީންގެ ފަަހަތުން އައިސް ބެންޗް ގައި އިށީން އިޔާން ފެނުމުން އެވެ.”ހޫމް…ކިޔަގަ އަވަހަށް..”ބެންޗްގައި ގައި ހަމަޖެހިލަމުން އިޔާން އެހެން ބުންޏެވެ.”ދެން އިޔާނޫ..ވާހަކަ އެއް ކިޔެންނޯންނާނެ ހުވާދެން..ފަހުން ކިޔާދޭނަން އިނގޭ ލީން..”އަލައިކާ މައިލީން އާއި ދިމާއަށް އެއްލޯ މަރާލުމުން މައިލީން ވަގުތުން ބޯ ޖަހައިލިއެވެ.”ހޫމް އޯކޭއޭ ދެން….”އިޔާން އެހެން ބުނުމާއި އެކު ތިންމީހުން އެއްފަހަރާ ހޭންފެށިއެވެ.”ހޭ ބްރޯ…”އިޔާން އެހެން ބުނުމާއި އެކު މައިލީން ވަގުތުން ސުކޫލްގެ ގޭޓް އާއި ދިމާއަށް އަވަސް ނަޒަރެއް ދިނެވެ.އޭރު އިޒާން އަވަސް ހިނގުމެއްގައި ސުކޫލްގެ ތެރެއަށް ވަދެގެން އަންނަ ތަން ފެނެއެވެ.

ދަބަހާއި ފޮތްތަށް ކުލާހަށް ލުމަށް ފަހު އިޒާން އައިސް ބެންޗް ގައި އިށީނެވެ.”ހާދަ ލަހުން ބޭފުޅާތި ވަޑައިގަތީ މިއަދު..މަހީކުރީ ކުރިން އައިސް ކަމަށް އުޅުނީ…”އިޒާން އައިސް އިށީނުމާއި އެކު އިޔާން އެހެން ބުންޏެވެ.”ޔާ މިއަދު އެހެން ދުވަސް ތަކަށް ވުރެ ލަހުން އޭ ދޯ ހަމަ މި އާދެވުނީ”މައިލީން އަށް ބަލާލަމުން އިޒާން އެހެން ބުނެލިއެވެ.އިޒާން މައިލީން އާއި ދިމާ ބަލައިލި ތަން ފެނުމާއި އެކު މައިލީން ގެ މުޅިމޫނު ރަތް ވެގެން ދިޔައެވެ.”ހޫމް ހޫމް ހޫމް…މައިލީނޫ…”މައިލީން ގެ މޫނު ރަތް ވެގެން ދިޔަތަން ފެނުމާއި އެކު އިޔާން ދިމާ ކޮށްލިއެވެ.ބެލް ޖެހުމާއި އެކު ބެލެނިވެރިން ކުދިންތަށް ގޮވައިގެން ސުކޫލް ތެރެއަށް ވަންނަން ފެށިއެވެ.އެހެން ކަމުން އަލައިކާ އާއި މައިލީން ބެންޗް އިން ތެދުވެ ދުރުގައި ތިބި އެހެން ޕްރިފެކްޓަރ އަންހެން ކުދިންތަށް ކައިރިއަށް ހިނގައި ގަތެވެ.

ގަޑި އަކަށް ފަހު ގަޑިއެއް ނިމިގެން ގޮސް އެންމެ ފަހު ގަޑީގެ ރަނގަބީލު ޖަހާލިއެވެ.އެއާއި އެކު ހުރިހާ ކުދިން ގެޔަށް ދާން ތަށްޔާރު ވާން ފެށިއެވެ،”ހޭ ލީން..މާދަން ފްރައިޑޭ އެއްނު…ހިނގާބަ ބޭރަށް ގޮސްލަން ހަވީރު..މާދަން ހަވީރު ނޯންނާނެ އެއްނު ކަމެއް..ވަރަށް ދުވަސް ވެއްޖެ އެއްނު ބޭރަށް ނުދާތާ…”ގެޔަށް ދިޔުމަށް ޓަކާ ފޮތްތަށް އަޅަން އިން މައިލީން ކައިރިއަށް އަލައިކާ އައިސް ހުއްޓެމުން އެހެން ބުނެލިއެވެ.”ޔާ ރަނގަޅު ވާނެ…ބްރެއިން އަށް ވެސް ބްރޭކް އެއްދޭން ވާނެއެއްނު ދޯ…ސޯ ފައިނަލް ދޯ ދާން ހަމަ..”މައިލީން އަލައިކާ އާއި ދިމާއަށް އަނގައިގައި ހުރި ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުން ވެލަމުން އެހެން ބުނެލިއެވެ. “ކޮންތާކަށް ދާން މާވަރަކަށް ޕްލޭން ކުރަނީތި ދެމީހުން ދަތް ކޮޅު އަތް މައްޗަށް ލައިގެން ތިބެގެން”ދަބަސް ހިފައިގެން އައިސް މައިލީން އާއި އަލައިކާ ކައިރިއަށް ހުއްޓުނު އިޔާން އެހެން ބުނެލަމުން އަލައިކާގެ ދަބަހުގައި އިން ފެންފުޅި ދަމައި ގަތެވެ.”އިޔާން ދެން ހަމަ..ޖެއްސުން ނުކޮށްލާ ނުހުރެވޭދޯ…އެން ނުވެސް ބުނާނަން އަހަރުން ދާން މިއުޅޭ ތަނެއް..”އަލައިކާ އެހެން ބުނުމާއި އެކު ހޯދާކަށް ވެސް ނޫޅެން ކަމަށް ބުނަމުން ކުލާހުން ނިކުމެގެން ދިޔައެވެ.”އަޅެ އެދިޔައީ މިހާރު ފެންފުޅި ހިފައިގެން..”އަލައިކާ ޕިސްޕިސް ތަޅައިގަން ނަމުން މައިލީން އާއި ދިމާއަށް ބަލައިލިއެވެ.

******************

އެނދުމަތީގައި އަރާމު ނިންޖަކުން ނިދާލާފައި އޮތް މައިލީންއަށް ހޭލެވުނީ ފޯން ވައިބްރޭޓް ވާ ހެން ހީވާތީއެވެ.ގުޅަނީ އަލައިކާ ކަމުން މައިލީން ވަގުތުން ފޯން ނެގިއެވެ.”ހޭ ލީން ރެޑީވީތަ..ދަނީމި ތިގެޔަށް  މިހާރު އިނގޭ..”އަލައިކާ މައިލީން ފޯން ނެގުމާއި އެކު އެހެން ބުނަމުން ވަގުތުން ފޯން ކަނޑާލިއެވެ.މައިލީން އަށް ހަމަ ހޭވެރިކަން ވީ އަލައިކާ ފޯން ކަނޑާލުމުންއެވެ.ވަގުތުން ފުންމާފައި އެނދުމަތިން ތެދުވެ ފެންވަރާލައިގެން ތައްޔާރުވާން ފެށިއެވެ،ލޯގަނޑު ކުރިމަތީ ހުރެގެން ޝޯލް އަޅަމުން ދިޔަ މައިލީން ދޮރާއި ދިމާއަށް ނަޒަރު ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހުމުން އެވެ.އެހެން ކަމުން ގޮސް އަވަސް އަވަހަށް ދޮރު ހުޅުވީ ދައްތަ މައިލީން ހޯދަނީ ކަމުގައި ހީކޮށެވެ.ނަމަވެސް ދޮރުމަތީގައި ހުރި އަލައިކާ ފެނުމުން މައިލީން ކުޑަކޮން ސިހުނެވެ.”އިކާ…ގައިމް ތީ މިގެޔަށް ވަންނަން ނުކެރިގެން އުޅޭ މީހެއް..”އަލައިކާ ފެނުމާއި އެކު މައިލީން އެހެން ބުނެލީ އަލައިކާ މައިލީން އުޅޭގެޔަށް އަދި ވަދެފައި ނުވާތީއެވެ.”ޔާ…އަސްލު ވީ ގޮތަކީ އިކާ އައިސް އެތާ މަގުމަތީ އިން ޖޮއަލީގައި އިށީންނަން އުޅެނިކޮން ދައްތަ ގެއިން ނިކުތީ ކޮންމެސް ތަނަކުން އައިސް ގެޔަށް ވަންނަން އައީ ދެން އިކާ އެތާ އިނީމަ ބުނީ މައިލީން ވީ ރޫމްގަ އޯ ދާށޯ ލީން ކައިރިއަށް އެކަނި ތިތާ އިންނާކަށް ނުވާނެއޯ..”އަލައިކާ މައިލީން އަށް ވީގޮތް ކިޔާ ދިނުމުން މައިލީން އެހެން ދޯއޭ ބުނެލިއެވެ.”ލީން ނިދާތެދުވީތަ ތި އަދި”އަލައިކާ ގޮސް އެނދުމަތީގައި އިށީންނަމުން ލޯގަނޑު ކައިރި ރީތިވާން ހުރިމައިލީން ކައިރީ އެހެން އަހާލީ މައިލީން ގެ މޫނުމަތިން ދެންމެ ނިދާހޭލާފައި ވާ ވައްތަރު ޖަހާތީއެވެ.”ހަހަހަ…ކިހިނެއް އިނގުނީ..ރޭގަ ވަރަށް ލަސް ވަންދެން ލީން ފިލާވަޅު ދަސް ކުރަން އިނީ..ދެން އެހެން ވެ މެންދުރު ކައިގެން އައިސް ނިދާލީ،…،އިކާ ގުޅީމަ މިހޭލެވުނީވެސް…”މައިލީން އެހެން ބުނަމުން އަލައިކާއަށް ހިނިތުން ވުމެއް ހަދިޔާ ކުރިއެވެ.

“އޯކޭ މި ނިމުނީ..ހިނގާދާން…”މައިލީން ޝޯލް އަޅައި ނިމިގެން އެނދުމަތީ ގައި އޮތް ފޯން ހިފައިގެން ބޭރަށް ދާން ހިނގައި ގަތެވެ.”ލީން މަޑޫ…އާދެބާ ޕިކް އެއް ނަގަން..ޕްލީޒްޒް…އަލައިކާ މައިލީން އަށް ގޮވާލުމަށް ފަހު ފޮޓޮއެއް ނަގަން އައުމަށް އެދުނެވެ.”އޯކޭ އެކަމް އަވަސް އިނގޭ އަވަހަށް ދިޔާމަ ގެޔަށް އަވަހަށް އާދެެވޭނީ…”މައިލީން އައިސް އަލައިކާ ކައިރިިމަޑު ކޮށްލަމުން އެހެން ބުންޏެވެ.”އޯކޭ”އަލައިކާ ގޮސް ލޯގަނޑު ކުރިމަތީ ހުރެ އެކި ގޮތްގޮތަށް ފޮޓޯނަގަމުން ދިޔައެވެ.

ރަށުގެ ބޮޑުމަގުން ހިނގާލާފައި އަތިރި މައްޗަށް ދާން ދިޔަ އަލައިކާ އަށާއި މައިލީން އަށް ވަނީ ގިނަ ބަޔެއްގެ ނަޒަރު ހުއްޓިފައެވެ.އެހެން ނުވާން ވީ ސަބަބެއް ނެތެވެ..ކަޅު ކުލައިގެ ގަޔަށް ދޫ އަބާޔާ އަކާއި އަޅިކުލައިގެ ޝޯލްއެއް އަޅާފައިވުމުން މައިލީން ގެ ރީތިކަން އިތުރު ކޮއްދެއެވެ..ޖައްސާފައިވާ ނޫޑް ކުލައިގެ ލިޕްސްޓިކް މައިލީން އާއި ނުހަނު ގުޅެއެވެ،އަލައިކާ ވެސް ވަކި މައިލީން އަކަށް ދުލެއްނުކުރެއެވެ.ކަޅުކުލައިގެ އަބާޔާ އަކާއި ކަޅުކުލައިގެ ޝޯލްއެއް އާދައިގެ ގޮތަކަށް އަޅައިފައި ރަތްކުލައިގެ ލިޕްސްޓިކް އެއް ވަނީ ތުންފަތުގައި ޖައްސާފައެވެ.އަތިރި މައްޗަށް ފޭބުމާއި އެކު މައިލީން އާއި އަލައިކާ ދޮންވެލިގަނޑު މަތީ އިށީންދެލިއެވެ.

******************

“ބުރޯ….އަވަސް ކޮއްބަލާ ދެން…މަ މިހާރު ކޮންއިރެއް މިތާ އިންނަ ތާ…ދެން ނިކުމޭ ފެންވެރިފަ ހުންނާނީ މިހާރު…އަންހެނަކަށް ވުރެ ކަންތަށް ފަލަ ވިއްޔަ”އެނދުމަތީ އަރާއިން އިޔާން އެހެން ގޮވަމުން އިޔައީ ފާހާނައަށް ފެންވަރަން ވައިން ގޮތަށް އިޒާން ނުނިކުތުމުންއެވެ.”އަޅެ ކާކުތަ ބުނީ އިޔާން ކައިރި މަ ނިދާފަ އޮށްވާ ނަގަން އަންނާށޭ..ނުނެގިނަމަ ލަސް ނުވިސް ދޯ…ކޮންކަމަކާތަ މާވަރަކަށް އަތިރި މައްޗަށް ދާހިތުން މީހާ މޮޔަވަނީތި މިއަދު”ފާހާނައިން ފެންވަރައިގެން ކަޅުކުލައިގެ ކަކުލާއި ހިސާބަށް އަރާ ސޯޓެއް ލައިގެން އައިސް އިޒާން އެނދުމަތީ ފޯނާކުޅެން އަރާ އޮތް އިޔާން އާއި ސުވާލު ކުރިއެވެ.”ނޭނގެ ހަމަ އަތިރި މައްޗަށް ދާހިއްވީ..ދެން އެކަނިނުދާން ވެގެން އިޒާން ބަލާ މި އައީ ގުޅީމަ ފޯންއެއްވެސް ނުނެގި ވިއްޔަ..”އިޔާން ކިޔައިދެމުން ދިޔައިރު އިޒާން ބޯޖަހަމުން ދިޔައެވެ.އަދި އަލަމާރީގައި އަޅުވާފައި ހުރި ހޫޑީ ތަކުގެ ތެރެއިން އަޅިކުލައިގެ ހޫޑީއެއް ނަގައި ލިއެވެ.”ހިނގާ ދާން އަވަހަށް ތި ދާން އުޅޭތާކަށް ދެވޭތޯ…ކޮންކަމަކާ މިއަދު މާ ކަޅު އެއްޗެހި ލައިގެން ތިއުޅެނީ..މާ ހިތާމަވެރި ދުވަހަކީތަ..”އިޔާން ލާފައި ހުރި ކަޅުކުލައިގެ އަތް ދިގު ޓީޝާޓް އާއި ކަޅުކުލައިގެ ޖީންސް އަށް އިޝާރާތް ކުރަމުން އިޒާން އެހެން އަހާލުމުން އިޔާން ވަގުތުން ނޫނެކޭ ބުނެލިއެެވެ.

(ނުނިމޭ)

 

17

1 Comment

  1. 🌹Ril🌹

    November 9, 2020 at 8:10 am

    Vrh sali Mi part vesss❤️❤️❤️
    Masha Allah keep it up ❤️❤️❤️❤️
    Mi 4 kudhin vess haadha lwbi eyy dhw Uley goi vrh majaa ves me iyaan aa alikaa aa demeehun hehhehe🤣🤣🤣❤️❤️❤️❤️❤️😁❤️❤️
    Aley 4 kudhin eh vahtharu koh hedun alaagen beach Ah dhw majaa vaane vrh 😂😂😂❤️❤️❤️❤️❤️heheheh i can’t wait to read the next part❤️❤️❤️😁❤️❤️😁😁
    Waiting for the next❤️❤️❤️
    Love uuuuu❤️❤️❤️
    Stay safe and take care ❤️❤️❤️

Comments are closed.