އަވަސް އަވަހަށް ފޯން ބޭއްވުމަށް ފަހު އަދި އެއްފަހަރު ގަޑިއަށް ބަލައިލީ ޔަގީން ކޮއްލުމުގެ ގޮތުން އެވެ.”ނޯޯނޯނޯ ދެން އަޅޭ ނޯ”މައިލީން މޫނުމަތީ އަތް އަލައިގެން އިނދެ އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް މަޑުމަޑުން އެހެން ކިޔަމުން ދިޔައެވެ.އަދި އަވަސް އަވަހަށް ކޮޓަރިން ނިކުމެ ކާކޮޓަރިއަށްދިޔުމަށް މިސްރާބް ޖެހިޔެވެ.”އަހާ މައިލީން ތި އައީދޯ ކާން..ދައްތަ މައިލީން ކާން އަންނަން ދެން މީނީ..މައިލީން ފިލާވަޅު ދަސްކުރަން އާންމުކޮން އިންނަ ގަޑި ވީމަ ކާން ނުގޮވީ.. ހިނގާ އަވަހަށް ކާން..”ދައްތަ […]
އަލައިކާ ގެ ފަހަތުން ހިނގާފައި ދިޔަ މައިލީން އެއްޗެއް ހަނދާންވި ފަދައިން ކޮނޑުގައި އަޅުވާފައިވާ ދަބަސް ނަގާ ކުޑަކޮން ހާވާލުމަށް ފަހު އޭގެ ތެރެއިން ފަންސާސް ރުފިޔާ ނެގިއެވެ.އަދި ކައިރީގައި ހުރި އަލައިކާގެ އަތުގައި ހިފާލުމަށް ފަހު ކުޑަ ކޮން ތުން ދަމާލިއެވެ.”ވާޓްޓްޓް…”އަލައިކާ މޫނަށް މަޖާގޮތެއް ހަދާ ލަމުން ދަމާލާފައި އެހެން ބުނުމުން މައިލީން ހޭން ފެށިއެވެ.އަދި އަތުގައި އޮތް ފަންސާސް ރުފިޔާ އަލައިކާ ގެ އަތަށް ދިނުމަށް ފަހު އަލައިކާ ގެ އަތުގައި ހިފައިގެން ފިހާރަ އާއި […]
މަޑު ހިނގުމެއްގައި މަގުމަތިން އިސްޖަހައިގެން ހިނގާލާފައި ދިޔަ އަންހެން ކުއްޖާ އަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. ބަލާބެލުމަށް ހީވަނީ ހިޔާލެއްގެ ތެރެޔަށް ގޮސް ގެއްލިފައިހުރިހެންއެވެ. އިރު އިރު ކޮޅާ ކޮނޑުގައި އަޅުވާފައިވާ ސުކޫލް ދަބަސް ރަނގަޅު ކޮއްލައެވެ.ފަހަތުން އައިސް މީހަކު ކޮނޑުގައި ވަރަށް ބާރަށް ޖަހާލުމާއި އެކު ސިއްސައިގެން ގޮސް އެއަންހެން ކުއްޖާ އެނބުރި ފަހަތް ބަލާލިއެވެ.”މާއީީލީނޫ…މިހާރު ކޮން އިރެއް ގޮޮވާތާ އަޅެ.މަ މިހާރު ދުވެެދުވެ ވަރުބަލި ވެއްޖެއޭ..ކޮން ދުނިޔެ އެއްގަ ތިހުރީ އަޅެ..ބަލާބަ ޓައިމް ވީވަރު”ފަހަތަށް އެނބުރުނު އިރު ކުރިމަތީ ގައި ދާހިއްލާ ފޯވެފައި ހުރި އަލައިކާ ފެނުމުން މައިލީން ކައިރިޔަށް ކުޑަ ކޮން ހިނި އައެވެ.”އަޅެ ލީން ދިޔައީ ސިއްސައިގެން އޭ..އީކާ ތަންކޮޅެއް މަޑުން ހިނގާފަ އައި ނަމަ ވެސް ލީން އާ އެއްވަރު ކުރެވުނީސް ދޯ..ބަލާބަ މީހާ ތިހުރީ ދާހިއްލާ ފޯވެފަ…”ހިނިތުން ވެލުމަށް ފަހު އެހެން ބުނުމުން ކުރި މަތީ ގައި ހުރި އަލައިކާގެ އަނގަ ކުޑަކޮން ހުޅުވުނެވެ. އެވަގުތު އަލައިލާ ކަމެއް ހަނދާން ވި ފަދައިން އަތުގައިވާ ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ.އެވަގުތު އޭނަގެ ދެލޯ ބޮޑު ވެގެން ދިޔަ އެވެ.އަދި ކުރި މަތީގައި ހުރި މައިލީން ގެ އަތުގައި ހިފައިގެން ސުކޫލް އާއި ދިމާ އަށް ދުއްވައިގަތެވެ.ވާނުވާ ނޭން ގުނަސް މައިލީން ދިޔައީ އަލައިކާގެ ފަހަތުން ދުވަމުން އެވެ.ސުކޫލްގެ ތެރެއަށް ވަދެވުމާއި އެކު އަލައިކާ މައިލީން ގެ އަތުން ދޫކޮއްލިއެވެ.އޭރު ދެމީހުން ވެސް ތިބީ މައިނޭވާ ލެވިލެވި އެވެ. މޫނު މަތީގައި ހޫނު ވުމުގެ ސަބަބުން ދާކިތިތަށް ވިދަ ވިދާ ހުއްޓެވެ.އެހެން ނުވާން ވީ ވެސް ކީއްވެ ހެއްޔެވެ. ވަގުތަކީ މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. ސުކޫލްގެ ތެރެއަށް ވަދެވުމާއި އެކު މުޅި ހިސާބް އަށް ނަޒަރު ހިނގާ ލެވުނެވެ.ސުކޫލް ގޭޓް އިން އެތެއެއަށް ވަދެގެން ދެވެން އޮންނަ މަގުގެ ދެފަރާތް ވަނީ އެކި ކުލަ ކުލާގެ މާ ގަހުން ޖަރީ ކޮށްފައެވެ. ފޮޅިފައިވާ މާ ތަކުގެ މީރުވަސް މުޅި ހިސާބް އަށް ފެތުރި ފައި ވެއެވެ.ދެން އޮތް ބޮޑު ހުސް ބިމުގައި ހެދިފައި ހުރި ބޮޑު ހިތިގަސް ތަކުގެ ހިޔާ މުޅި ހިސާބު އަށް ފެތުރިފައި އޮތެވެ.ކޮންމެ ހިތި ގަހެއް ގެ ބުޑު ގައި އިނީން ނާނޭ ބެންޗްއެއް ހުއްޓެވެ.މުޅި ހިސާބު އަށް ފެތުރިފައިވާ ވިނަ ގަނޑުގެ ސަބަބުން ސުކޫލް ތެރެ ފެހި ކަމަށް ދައްކައެވެ. މައިލީން އާއި އަލައިކާ އާއި ދެކުދިން ގޮސް ކުލާހަށްް ވަދެވުމާއި […]
ދުނިޔެ މަތީގައި އެމީހެއްގެ ހަޔާތް ވޭތުކުރަމުން ދާއިރު އެމީހެއްގެ ހަގީގީ ލޯބި ލިބޭނީ ވަރަށް ވެސް ނަސީބު ގަދަ މަދު ބަޔަކަށެވެ.ލޯބީގައި ގިނަމީހުން އާއި ކުރިމަތި ވަނީ ނާކާމިޔާބީއެވެ.ގިނަފަހަރަށް އެމީހުން ގެ ކަރުތެރޭ ގައި ލޯބީގެ ހިތިރަހަ ލައެވެ.ލޯބި ދެކެ ފޫހި ވެއެވެ.ނަފްރަތު ކުރެވެއެވެ. މައިލީން އާއި އަލައިކާ އަކީވެސް އުމުރުން17 އަހަރުގައި ލޯބީގެ ހިތިރަހަ ކަރުތެރޭގައި ލާފައިވާ ދެކުދިން އެވެ. “ލޯބި” މިލަފްޒް އަކީ އެދެކުދިން އިންތިހާ އަށް ނަފްރަތް ކުރާ ލަފްޒެކެެވެ. އެ ދެކުދިން ގެ ހަޔާތަށް އައި ދެފިރިހެން ކުދިން ގެ ސަބަބުން އެ ދެކުދިން “ލޯބި” މިލަފްޒް އާއި މެދު ދެކޭ ގޮތް ވަނީ އެއްކޮން ބަދަލު ވެފައެވެ.ނަމަވެސް އެދެކުދިން ކުރިން ވެފައިވާ ހަގީގީ ލޯތްބަށް ކުޑަ ވެސް ބަދަލެއް އައިހެން އެއް ހިޔެއް ނުވެއެވެ.ސުވާލަކީ އެދެކުދިން އަށް އެ ލޯބި މަތިން ހަނދާން ނައްތާ ލެވޭނެ ބާއެވެ؟ނުވަތަ އެދެކުދިން އަށް އެލޯބި އަލުން ކާމިޔާބު ކުރެވިދާނެ ބާއެވެ؟ ޝައުގުވެރި ބައިތަކަކާއި އެކު އަޅުގަނޑުގެ ފުރަތަމަ ދިގު ވާހަކަ”ފެވިފާނަން ވިޔޭހިތުގާ” އަންނަނީ…އިންތިޒާރު ކޮށްލައްވާ….