Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ހިތި ނިމުން 14

kudhoo Level 310 Stories100 Comments
November 8, 2020 4 Mins Read
2 Comments

އަމްނާގެ ބަނޑުގައި އޮތަސް އެއީ އަހަރެންގެ ދަރިއެއް ނޫންކަން މާކުރިންވެސް އަހަރެންނަށް އެނގެއެވެ. އަމްނާއަށްވެސް ހީވީ ބޮޑު އުފަލެއް ލިބުނީހެންނެވެ. އާއެކެވެ. އޭނާ ބުނީވެސް އެހެންނެވެ. ” މި މުސީބާތުންވެސް ސަލާމަތްވެއްޖެ..” ކޮންމެ ގޮތަކަށް ލިބުނު ކަމުގައިވިޔަސް އަހަރެން އަޑުއަހާގޮތުން މައި ކުލުނަކީ ވަރަށް މަތިވެރި އެއްޗެކެވެ. ނަމަވެސް އަމްނާގެ ހިތުގައި އެދަރިއަށް ކުޑަވަރެއްގެ ކުލުނެއްވެސް ނެތެވެ. ގެއަށް ދޫކޮށްލީ ޑޮކްޓަރުގެ އެތައް ނަޞޭހަތަކަށްފަހު ތިންދުވަސް ފަހުންނެވެ. އަމްނާއަށް ދެން ދަރިއަކު ލިބޭނެ ކަމުގެ ކުޑަވެސް ޔަގީންކަމެއް ނެތްކަމުގައި ޑޮކްޓަރު ބުންޏެވެ. އެ ދަރިފުޅުވެސް މަރުވެގެން ދިޔައީ ބަނޑުބޮޑު އިރު ބޭނުން ނުކުރަންޖެހޭ އެތައް އެއްޗެއް ބޭނުންކުރުމުން ކަމުގައި ޑޮކްޓަރ ބުންޏެވެ.

***************************************************

ނަމަވެސް ގެއަށް އައިސް ވަދެވުނު ތަނުންވެސް ފުރަތަމައަށްވެސް އަމްނާއަށް ނެގުނީ ރާ ފުޅިއެކެވެ. އެތައް ދުވަހަކަށްފަހު ފެނުމުން ވަގުތުން އެކަން ނުކޮށް އަމްނާއަށް ނުހުރެވުނީއެވެ. އަހަރެން އަމްނާގެ އަތުން ފުޅި އަތުލީމެވެ. އެއީ އަހަރެންނާ އަމްނާ ދެމެދު ފުރަތަމަ މައްސަލަ ޖެހުނު ދުވަހެވެ. ” ކިހާ ބޮޑު ކަމެއްތަ.. މިހާރު ކިހިނެއްވީ..” އަމްނާ އަހަރެންނާ ވާހަކަ ދައްކަނީވެސް އޭނާ ހިތުހުރި ގޮތަކަށެވެ. ” ޑޮކްޓަރު ބުންޏެއްނު.. މިކަހަލަ އެއްޗިހި ބޭނުން މިވަގުތަކަށް ނުކުރަން..” އަހަރެން ބުނެލީމެވެ. ” އެމީހުންނަށްތަ އަހަރެން ބޯނެ އެއްޗަކާ ކާނެ އެއްޗެއް އެނގެނީ…އެމީހުން ދޭ ފައިސާއަކުނެއް ނޫން…އަހަރެން ކާއި ބޮއިގެން އުޅެނީކީ… މީ އަހަރެން އަމިއްލައަށް ހޯދާފަ ހުންނަ އެއްޗިހި…ކަލޭ ހޯދާދީފަ ހުރި އެއްޗެއްވެސް ނޫން… މަ ކުރާ ކަންތަކާ ނުބެހި ދުރަށް ދާން އުޅޭ…”އަމްނާ އަހަރެންގެ އަތުން ފުޅި ޖަހައިގަތެވެ. އޭރުވެސް އޮޕަރޭޝަން ކުރިތަނަށް ތަދުވާވަރުން އޭނައަށް ރަގަޅަކަށް ކޮޅަކަށްވެސް ނުހުރެވެއެވެ.

ތެދެކެވެ. އަހަރެންނާ އަމްނާއާ ކައިވެނި ކުރިޔަސް ކުރާ ވިޔަފާރިން ދެމީހުނަށް ލިބޭ އެއްޗެއްވެސް ބޭނުންކުރަނީ ދެމީހުން ވަކިންނެވެ.  ހަދިޔާއެއްގެ ގޮތުގައި އެކަކު އަނެކަކަށް ދޭ އެއްޗެއް ފިޔަވައެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ އުޅުމަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. އަމްނާގެ ގިނަވަގުތުތައް އަހަރެންނަކަށް ނުލިބެއެވެ. އޭނާ ބޭނުން ބަޔަކާއެކު ބޭރުތެރޭގައި މަޖާ ކުރުމުގައި އުޅެނީއެވެ. ގިނަދުވަހު ލޮލަކަށްވެސް ނުފެނެއެވެ. ކޮންމެވެސް ބާއެއްގެ ތެރެއިން ނޫންނަމަ ފިރިހެން ގުރޫޕަކާއެކު އެތަނެއްގަ  މިފަދަ ގޮތަކަށް އަމްނާ ވަގުތު ހޭދަ ކުރެއެވެ. އަހަރެންވެސް އުފާ ކޮށްލުމަށްޓަކައި އެހެން އަންހެން ކުދިން ހޯދަން ފެށީމެވެ. ކުރެވޭ ފާފަތަކާމެދު ކުރިން ވިސްނިޔަސް މިހާރަކު މިކުރެވެނީ ފާފައެކޭ ހިތަކަށްވެސް ނާރައެވެ. އިހުސާސްވަމުން ދިޔައީ އުޅެވޭ މިނިވަންކަމާމެދުއެވެ. މައެއް ބަފައެއް ކޮބާތޯވެސް ބަލައެއް ނުލަމެވެ. ރަށުން ލަންކާއަށް އަންނަ ގިނަ މީހުނާވެސް ދިމާވެއެވެ. ނަމަވެސް އެއިން މީހެއްކައިރީވެސް މަންމަމެން ކޮބައިތޯވެސް ނާހަމެވެ. އަހަރެން ނުކުރާ ސުވާލެއްގެ ޖަވާބު ވަކި އެމީހުން ދޭންވީ ކީއްކުރަން ހެއްޔެވެ. އެއިން މީހަކަށް އަހަރެން ނުގޮވަންޏާ އަހަރެން މީ ކާކުކަންވެސް މިހާރަކު ނޭގެއެވެ. ގަޔަށްދޫ ބޮޑުކޮށް އޮންނަ ޓީޝާޓަކާ ހިމުކޮޅުން ވެއްޓިފައި އޮންނަ ސޯޓެއްލައިފަ ބޮލުގެ އިސްތަށިގަނޑު ދިގުކަމުން ކޮނޑަށްވުރެން ތިރިއަށް އޮވެއެވެ. ގިނައިން އަހަރެން އޮންނަނީ އިސްތަށިގަނޑު އެތިއެތިކޮޅަށް ގަތާލާފައެވެ. ތަފާތު ކުލަކުލައިގެ އެއްޗެހި ބޮލަށް އަރުވާފައެވެ. ކަރުގައާ އަތުގައި ފުރާ ޗޭނުފަށްތަކެވެ. ދެން އަހަރެން އެނގޭނީވެސް ކާކަށްހެއްޔެވެ. ކުރީގައި ރީތިކޮށް ބޯކޮށާ ޓީޝާޓް ފަޓުލޫނު ލަމުންއައި މީހަކަށް މިހާ ބޮޑު ބަދަލެއް އައިސްފައި ހުރުމުން އެނގޭނީވެސް ކިހިނެއް ހެއްޔެވެ.

ދުވަސްތައް ފާއިތުވަމުން ދަނިކޮށް އެއްފަހަރަކު ރަށު މީހަކާ ދިމާވިއެވެ. އޭނަ އަހަރެން ފެނުމާއެކު އެހީ އަމްނާ ކޮބައިތޯއެވެ. އަހަރެން ކިހިނެއްވީތޯ އަހާލީމެވެ. އޭނާ ދިން ޚަބަރުން އަމްނާއަށް ވަކި އަސަރެއް ކުރާނެކަމާމެދު އަހަރެންގެ ހިތެއް ނުބުނެއެވެ. މީގެ ހަފްތާއެއް ކުރިން އަމްނާގެ މަންމަ ނިޔާވި ޚަބަރެވެ. އަމްނާއަށް ރަގަޅުވާނީވެސް އެގޮތޭ އަހަރެންގެ ހިތް ބުންޏެވެ. އެއީ އަހަރެން ސިޓީ ފޮނުވިފަހުން އަހަރެން މަންމަމެންގެ މަތިން ހަނދާންވި ފުރަތަމަ ދުވަހެވެ. ” ބޭބޭ..އަހަރެންގެ ގޭގެ ކަންތައް ކިހިނެއްތަ؟..” އަހަރެން މީހެއްކައިރީ އަހާއިރުވެސް ލަދުގެ ކަންފުޅެއްވެސް ނެތީހެއްޔެވެ. ” ބޭބެއަކަށް ނޭގެ… އަމްނާމެންގެ ރަށުގައި ބޭބެ އުޅޭތާ މިހާރު އަހަރަކަށްވުރެ ގިނަ މިވަނީ…އަންހެނުން ބޭސްފަރުވާއަކަށް އައިސްގެން މިއުޅެނީ…އަހަރެމެން ރަށުން ފުރި ދުވަހު އަމްނާގެ މަންމަ މަރުވީ… އަމްނާގެ ބައްޕަ ބުނި އޭނައާ އޭނަގެ ދޮންބެއާ ދިމާވެއްޖެއްޔާ ބުނެލަދޭން.. އެކަމަކު ހިއެއްނުވޭ އޭނަގެ ދޮންބެ މިތާކު އުޅޭ ހެނެއް…” އޭނާ ބުންޏެވެ. ” އާނ! އަހަރެމެންވެސް އުޅޭތާ މިވަނީ ތިންއަހަރު…އަދި އޭނަގެ ދޮންބެއަކާ ދިމައެއް ނުވޭ… އަމްނާ ރަށުގަ ހުރިއިރު ބުނޭ ދޮންބެ ދޭތެރެ ދޭތެރެއިން ސިޓީ ފޮނުވާ ވާހަކަ..” އަހަރެން ބުނެލީމެވެ. ” އަމްނާ ބައްޕަ ބުނި އައިސްގެން ފުރަތަމަ ދެމަސްދުވަހު ޚަބަރެއްވި ކަމަށް އެކަމުކު އޭގެ ފަހަކުން ޚަބަރެއް ނުވެޔޭ…އެންމެ ފަހުން ބޭބެ މާލެ ދިޔަ ދަތުރު އެގޭ ދެން ހުރި މީހައާ ދިމާވި..” އޭނަ ބުންޏެވެ. އެހެންވީމަ ރަށުގައި ހުރެގެންވެސް އަމްނާ އަހަރެންނަށް އޮޅުވާލީތާއެވެ. އޭނަގެ ދޮންބެ އޭ ކިޔައިގެން އަމްނާ ހެދީ ހުސްދޮގުތާއެވެ. މިތަނަށް އަންނަން ވެގެންވެސް ދޮންބެ ބަލާއަންނާނެޔޭ ކިޔާފަވެސް ހެދީ ދޮގުތާއެވެ. އަމްނާ ވަނީ މަކަރުން ފުރިފައެވެ. އަހަރެން ތަނަކަށްދާން ގަޑިކިޔާފަ ހުންނާތީ ލަސްވެގެން ހިނގައިގަންނަމުން ބޭބެ ކައިރީ ދަނީ ކަމުގައި ބުނީމެވެ.

އަހަރެންނާ އަމްނާއާ ދިމާވީ އޭގެ ދެދުވަސް ފަހުންނެވެ. ” އަމްނާ މީގެ ދެދުވަސް ކުރިން ދިމާވި ރަށު މީހެއް ބުނި އަމްނާ ކައިރީ ބުނާށޯ އަމްނާގެ މަންމަ މަރުވި ވާހަކަ…އެވާހަކަ ބުނަށޭ ބުނީ އަމްނާގެ ބައްޕައޭ..” އަހަރެން، އަހަރެންގެ ވާޖިބު އަދާކޮށްލީމެވެ. ” އެހެންތަ.. ދެން އޮންނާނީ ވަޅުލާފައެއްނު… މަދިޔަޔަސް ފަސްގަނޑު ކޮނެގެން ބެލިޔަސް ފެންނާނީކީ ނޫން…” ފަރުވާ ކުޑަގޮތަކަށް އަމްނާ ބުންޏެވެ. މިހާރު އަހަރެމެން އުޅެނީ އަމްނާ މިކޮޅުން ގަތް ގެއެއްގައެވެ. އަމްނާ އުޅެނީ ވަރަށް ކުރީގައެވެ. އަމިއްލަ ފިހާރައެއްވެސް މިކޮޅުގައި ހުޅުވައިފިއެވެ. އަހަރެންނާ މަޝްވަރައެއްވެސް ކޮށްލުމެއްނެތިއެވެ. “ވިޔަފާރި ކަންތައް ކިހިނެއްތަ؟..” އަހަރެން އަހާލީމެވެ. ” އެއީ ކަލެއާ ބެހޭ ކަމެއްނޫން… ދެން އެތަނާ ކުޅެން ނޫޅޭތި…ކަލޭގެ ހުންނަނީ ކަލޭގެ އަމާމެންގެ އޯޑް ސްޓައިލް އަދިވެސް…ރަގަޅަށް މަޖާކޮށްލާކަށްވެސް ނޭގެ…ގެއަށް އައިސް ވަންނަ ތަނުންވެސް ކޮންމެވެސް ބޯރިންގ ވާހަކައެއް..” އަމްނާ ބުންޏެވެ. ” އަމްނާ އަހަރެމެންމީ ދެމަފިރިން…ތިކަން އިސްލާހުކޮށް އަހަރެންނަށް ކޮންމެވެސް ވަރެއްގެ ޤަދަރެއް ކުރަން ވެއްޖެއެއްނު… މަ ނޫޅެމޭ އަމްނާގެ މުދާތަކެއް ނައަތުލެވިގެނެއް.. އަމްނާއަށް އަހަރެން މަޖާ ނޫނަސް އަހަރެން ކަމުދާ މީހުންވެސް ތިބެޔޭ..” އަހަރެން ބުނެލީމެވެ. ” އެހެންތަ އަހަރެންނަށް ނާންގާ ހާދަ ކުރިއަކަށް ތިޖައްސައިލީ… މިއުޅެނީ މިގޭގަ މިރޭ ޕާޓީ ކުރަން އަހަރެންގެ ހުރިހާ ރައްޓެހިން އަންނާނެ.. އެމީހުންގެ ރައްޓެހިންވެސް އަންނާނެ…ސަމީރު ބޭނުންވަންޏާ ސަމީރު ގެންނަން ބޭނުންވާ ބައެއްވެސް ގެނޭ…” އަމްނާ ބުންޏެވެ. އެރެއަކީ އަހަރެން ހަދާފައިވާ ޑީލަކަށް ނިކުންނަން ޖެހޭ ރެއެކެވެ. އެހެންކަމުން އަހަރެން ގޭގައި ނުހުންނާނަން ކަމުގައި ބުނީމެވެ. ” ކަލޭ ދާނެތަނަކަށް ދިޔަޔަސް އަހަރެންނަށް ހެޔޮ.. މި ސެޓް ރަގަޅު ކޮށްލާފަ ދޭ…” އަމްނާ އަމުރެއް ކުރިހެން އަހަރެންނާ ދިމާލަށް ބުންޏެވެ. ” އަހަރެންމީ ކަލޭ އަމުރު ކުރަން ޖެހޭ މީހެއްނޫން..” އަހަރެން ބުނެލީމެވެ. ” މަށާ ދިމާލަށް މިހާރު ތިފާޑަށް ވާހަކަ ދައްކަންވެސް ފެށީތަ… ބަލަ މަކަލޭ މިހިސާބަށް ދަމާ ގެނެސްފަ ހުރިކަމުން ދޯ ކަލެއަށް އާދެވުނީވެސް…ފެންވަރު އޮޅިގެން ނޫޅޭތި…” އަމްނާ ބުންޏެވެ. ” މަތަ ފެންވަރު އޮޅިގެން މިއުޅެނީ… ކަލެއަށް ނޭގެއެއްނު ..މަމީ ކަލޭގެ ކާކުކަމެއްވެސް… ބަލަ ކަލެއޭ މަބުނާ ގޮތަށް ހަދަން ޖެހެނީ…ކަލޭ ހިތުން ތިއުޅެނީ މައަނބިދަށު ކޮށްލައިގެން އުޅެންތަ…އެހެން އެކަން ނުވާނެ…” އަހަރެން އަމްނާ ކޮއްޕާ ސޯފާއަށް ވައްޓާލައިފައި ނިކުމެގެން ދިޔައިމެވެ. އަހަރެން އަދިވެސް އަމްނާދެކެ ލޯބިވެއެވެ. ނަމަވެސް އެއާއެއް ވަރަށް ފޫހިވެސް ވެއެވެ.

އަމްނާއަށް ނޭނގުނަސް އޭނައަށް ނާންގާ އަހަރެންވެސް އެތައް ކަމެއް ކުރަމުން ދިޔައީމެވެ. މިރޭވެސް ނިކުންނަން މިއުޅެނީ އޭގެ ކަމެއްގައެވެ. ނަމަވެސް ރޭގަނޑު ނުވަނީސް ނިކުންނަން ޖެހުނީ އަމްނާދެކެ އައިސްފައިވާ ރުޅިން އަހަރެންގެ އަތުން އިތުރު އަނިޔާއެއް އަމްނާއަށް ދެވިދާނެތީއެވެ. އަހަރެން ނިކުމެގެން ދިޔައީ އަހަރެން ގަނެފައި ހުރި އެހެން ގެއަކަށެވެ. އެއީ އަމްނާއަށް ނޭގި އަހަރެން ކޮށްފައިވާ އެއްމަސައްކަތެވެ. ހަށިގަނޑަށް އަރާމެއް ހޯދައިލުމަށްޓަކައި އިރުކޮޅަކަށް ނިދަން އޮތުމަށްފަހު ތެދުވުނީމެވެ. ރޭގަނޑުވަންދެން އަހަރެން އުޅުނީ އެތަނުގައެވެ. ނިކުތުމުގެ ކުރިން އަހަރެން ޑީލްހެދި މީހާއަށް ގުޅައިލީމެވެ. އޭނަ ހުރިތަނެއް ބެލުމަށެވެ. އެގެއިން އޭނަ ފޯނު ނުނަގަންޏާ ކޮންމެވެސް އެހެން މީހަކު ނަގާނެކަން ޔަގީންވާތީއެވެ. ނަސީބުރަގަޅުކަމުން ގުޅުނީ އޭނާ ގޭގައި ހުއްޓައެވެ. ރެސްޓޯރެންޓެއްގެ ތެރޭގައި ދެމީހުން ދުންއަރުވައަރުވާ ތިބެ ވާހަކަ ދައްކަމުން ދިޔައީމެވެ.

މިއީ ކުރިން މަގޭ ބައްޕަ ހިންގަމުން އައި ބިޒްނެސްއެއް…އެކަމަކު މިހާރު ބައްޕަ މަރުވިތާ އެތައް އަހަރެއްވެއްޖެ… އަހަރެން މިއުޅެނީ އާއިލާ ގޮވައިގެން އެމެރިކާއަށް ބަދަލުވާން…އެހެންވެ މިކޮޅު ތީ އަހަރެންގެ ހުރިހާ ތަނެއް ވިއްކާލާފަ ދާން މިއުޅެނީ… ފުރަތަމަ ވިސްނީ ކުއްޔަށް ދޭން…އެކަމަކު ދެން އެއްކޮށް ގޮސް އެތަނުގައި އެހެންކަމެއް ފަށަން ގަސްތުކޮށް ފައި އޮތުމުން ވިއްކާލަން މިއުޅެނީ…” މެތިވް ބުންޏެވެ. ” އަހަރެންނަށް އޯކޭ…ކަލޭ ބޭނުން އަގެއް ކިޔާ ގަންނަން މިހުރީ..” އަހަރެން ބުނެލީމެވެ. ބިޒްނެސް އެކޭ ބުންޏަސް ކުޑަ ކަމެއް ނޫނެވެ. ބޮޑު ކޮމްޕެނީއެކެވެ. ކޮމްޕެނީގެ ދަށުން ހިންގާ ފަސްފިހާރައާ ދެ ކުލަބް އެބަހުއްޓެވެ. ފައިސާ އޮހޭ ވަރަށް އަހަރެންނަށް ލިބޭނެތާއެވެ. އަހަރެންގެ މުސްތަޤުބަލް އޮތީ ކިހިނެއްކަން އަހަރެންނަށް އެނގޭނަމަ އަހަރެން މިހެން ނޫޅޭނެކަން ޔަގީނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ފެވިފާނަން ވިޔޭހިތުގާ-3

Next

އިމްތިޙާން 34

Next
November 8, 2020

އިމްތިޙާން 34

Previews
November 7, 2020

ފެވިފާނަން ވިޔޭހިތުގާ-3

2 Comments!

  1. thiththaa says:
    November 8, 2020 at 2:25 pm

    Masha allah kudhu mibaives varah reethi ♥️♥️♥️♥️♥️♥️

    1. kudhoo says:
      November 8, 2020 at 10:25 pm

      ??? Thank you thiththaa ???

Comments are closed.

Next Episodeހިތި ނިމުން 15←


All Right Reserved!