އަހަރެންވެސް އެމީހުންނާ އެކު ސޯފާގައި އިނީމެވެ.ކުއްލިއަކަށް އަހަރެންގެ ފޯނަށް ފޯނެއް އައުމުން އަހަރެން ވާހަކަ ދެއްކީމެވެ.އަދި ފޯނު ބޭއްވުމަށްފަހު އީތަންއަށް އޯޑަރ ކުރި އެއްޗެހި ހިފައިގެން އައިސަ ގުޅީ ކަމަށް ބުނީމެވެ.އަދި އެ ހިފައިގެން އެބަ އަންނަމޭ ބުނެ އަހަރެން ގެއިން ނުކުމެގެން ދިޔައީމެވެ. އަހަރެން ދިޔައިރު ކޮތަޅު ހިފައިގެން އައިސަ މީހަކު އިނެވެ.އެ ހަވާލު ކުރުމުން ކޮތަޅު ހިފައިގެން އަހަރެން އައީ ފޯނާ ކުޅެމުންނެވެ. ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ.އަހަރެން ނުވިސްނާ ހުރުމުން އަހަރެން ގޮސް ޖެހުނީ އެ މީހާގެ މޭގައެވެ.
ެ
އަދި އެވަގުތު އަހަރެންގެ އަތުގަ އޮތް ކޮތަޅުވެސް ވެއްޓުނެވެ.އަހަރެން އައި ރުޅިން ކިހިނެއް ވެގެންހޭ ތިއުޅެނީ ކިޔާ ހަޅޭލަވައިގަތީމެވެ. އެހެންނަމަވެސް އަހަރެން ދެން ބުނަން އުޅުނު ޖުމްލަ ހުއްޓުނީ އަހަރެން އަތުގައި ހިފާ ދަމައިގަތް މީހަކީ އަޔާ ކަމަށް ވީތީއެވެ. އަޔާ އަހަރެންގެ އަތުގައި އެއްއަތުން ހިފަހައްޓާ އަނެއް އަތުން ވަނީ އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިފައެވެ.

” ކިހިނެއްވެގެންތަ ތިއުޅެނީ،ހަމަ މިހާރު އަހަރެންގެ އަތުން ދޫކުރޭ” އަހަރެން އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތީމެވެ.
“ޝްޝްޝްޝް…، މާ ބާރަށް ހަޅޭނުލަވާ” އަޔާޒު އަހަރެންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އަދި އަހަރެންގެ ބުރަކަށީގައި ފިރުމަންފެށިއެވެ. އަޔާޒުގެ އެ އަމަލުން އަހަރެންގެ ގައިން ހީބިހި ނަގަމުން ދިޔައެވެ. ހަގީގަތުގައި އަހަރެންގެ ހިތް އަދި ވެސް އަޔާޒުއަށް ލެބެނީއެވެ.އަހަރެން އެގޮތަށް ވާކަށް ބޭނުމެއް ނޫނެވެ.

” އަޔާޒު،އެއްވެސް މަޖަލެއް ނޫން،އަހަރެން މި ބުނީނު އަހަރެން ދޫކޮއްލާށޭ، ނޭނގޭތަ އަހަރެންމީ އިމްރާންގެ އަންހެނުން ކަމެއް” އަހަރެން ރުޅިވެރި އަޑަކުން ބުނީމެވެ. އަދި އަޔާޒްގެ އަތް ނައްޓާލެވޭތޯ ބަލަމުން ދިޔައީމެވެ.

” ހެހެެހެެހެ، މީހެއްގެ އަތްބެކޭ، ކަލޭ ހީކުރީ އަހަރެން މިއުޅެނީ އަންހެނަކު ނެތިގެން ކަލޭ ގައިގަ އަތް ނުލެވިގެން ކަމަށް ދޯ، މީހެއްގެ އަތްބެއް ވީމަ އެހެންވެދޯ އަހަރެންގެ އަނގައަށް އެ ބަތް ސުވާ ލަވަން ހެދީމަ ކެތްނުވެގެން ދިޔައީ، ޔަގީން މިހާރު ތި ހިތުގަ އަހަރެންނަށް ވިންދެއް ޖަހަނީ، ކުރިއަށް ވުރެން އަނެއްކާ އަހަރެން ރީތި ވީތަ،ކުރިން ނުވި ލޯތްބެއް މިހާރު ތި ވާންފެށީ، އަހަރެން އުފާވެރި ދިރިއުޅުމެއް އުޅޭތީ އެކަމާ ހަސަދަ ވީ ދޯ، މިހާރު ތިއުޅެނީ އެ އާއިލާގެ ކޮންމެސް މީހެއްގެ ދިރިއުޅުން ހަލާކު ކުރަން، ކަލެއާ އެއްކޮށް އެކަކަށްވެސް ނޫޅެވޭނެ، އަހަރެންނަށް ޖެއްސި ހާލު ބަލާބަލަ،ނަސީބެއް އަހަރެންނަށް ރިޝްއާ އިނދެވުނުކަން، އެހެން ނޫންނަމަ ކޮންފަދަ ހާލެއްގަ އަހަރެން އުޅޭނީ، ކަލެއާ ދުރުވާން އުޅޭ ވަރަކުން ކޮންމެސް ގޮތަކުން އަބަދުވެސް ކަލޭގެ ކުރިމައްޗަށް އަރަން އެބަ ޖެހެޔޭ” އަޔާގެ މޫނުގައި ވަނީ ރުޅިވެރިކަމެވެ.ނަފްރަތެވެ.އެ ނަފްރަތުގެ އަސަރު އަހަރެންގެ އަތަށް ދިޔައީ ފޯރަމުންނެވެ.

ހިފަހައްޓާފަ ހުރިލެއް ބާރުކަމުން އަހަރެންގެ އަތަށް ދިޔައީ ވަރަށް ބޮޑަށް ތަދުވަމުންނެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށީ އަތަށް ވަމުން ދިޔަ ތަދެއްގެ ބޮޑުކަމުންނެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަ ތަން ފެނި އަޔާ އަހަރެންގެ އަތުން ދޫކޮއްލިއެވެ.އަހަރެން އަތުގަ ފިރުމާލަމުން ވެއްޓިފަ އޮތް ކޮތަޅު ނެގީމެވެ.

” ހީނުކުރާތި އަހަރެން ކަލޭގެ އަތުން ދޫކޮއްލީ ރޯތަން ފެނި ހިތަށް ތަދުވެގެންނޭ، މީހަކަށް ފެނި ބޮޑު ކަންތަށް ގަނޑަކަށް ވެދާނެތީ ދޫކޮއްލީ،އެހެންނޫނަސް ތިޔަ ސޫރަ ދެކެ ވެސް އަހަރެން ނަފްރަތު ކުރަން”އަޔާޒު އަހަރެންނަށް ނަފްރަތުގެ ބެލުމަކުން ބަލާލިއެވެ.

“އަޔާޒު ހީކުރީ އަހަރެން މިހިރީ ވަރަށް އުފަލުން ކަމަށްދޯ ކަލޭގެ ކުރިމައްޗަށް އަރަން ޖެހޭތީ،އެކަމަކު ބުނަން އަހަރެން މިއަދު ކަލެއަށް ނަފްރަތު ކުރަން، އަދި ކޮންމެ މީހަކު ކޮންމެ އެއްޗެއް ކަލެއަށް ލެވިޔަސް އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނާރާނެ، އެގަޑީގައި އަހަރެން ދިޔައީ ކަލޭގެ ކުރިމަތީ އެ ޖައްސާލި އެކްޓް މޮޅުކަމުން،ކަލޭގެ ނަސީބު ދެރަކަމާމެދު ވީ ދެރައިން،އަހަރެންނަށް އެނގޭ ވިއްޔަ އަހަރެންނަށް ދައްކަން ކުރި ކަމެއްކަން އެއީ،ފައިނަލީ ކަލޭގެ އަންހެނުންނަށްވެސް އެނގޭނެ އަހަރެން މީ ކާކުކަން،އަދި ކަލޭގެ ނަސީބު ކަމަށް ބުނި ރިޝްފާއަކީ ކަލޭގެ ބަދުނަސީބު،އަހަރެންވެސް ބޭނުމެއް ނުވޭ ދުވަހަކުވެސް ކަލޭގެ ކުރިމައްޗަށް އަރާކަށް” އަހަރެން ސާބިތު ކަމާއެކު ބުނީމެވެ.

” އެކްޓް ޖައްސަނީ އެހެން މީހުންދޯ، ލޯބިވާކަމަށް ބުނެ އެތަކެއް ފިރިހެނުން ގެންގުޅެނީވެސް އެހެން މީހުންދޯ،މިއަދު އަހަރެން ފަހްރްވެރިވޭ އެދުވަހު ރިޝްއާ އިންނަން ނިންމުނީތީ، އަހަރެންގެ ހުރިހާ ވެސް އެއްޗަކީ އަހަރެންގެ އާއިލާ، އަހަރެންގެ އާއިލާގެ އަގު ވެއްޓޭ ވަރުގެ ކަމެއް އަހަރެން ނުކުރާނަން، އެކަމަކު ބައެއް މީހުންގެ ކަށީގަ ހިފާފަ ހުރި އާދައެއް ނުފިލާނެ އަވަހަކަށް،މިހާރުވެސް ނޭނގެ އިމްރާންއަށް ނޭނގި ކިތަށް ފިރިހެނުން ކަމެއް ގެންގުޅެނީ” އަޔާގެ އެ ޖުމްލައިން އަހަރެން ކެތްކޮއްގެން ހުރި ރުޅި ކޮންޓްރޯލުން ނެއްޓި އަޔާގެ ކޯތާފަތްމަތީ އަތް ދަމާ ޖެހީމެވެ.އަހަރެންގެ އެ އަމަލުން އަޔާވެސް ސިހުނެވެ. އަދި ހައިރާންވެފައި ކޮތާފަތްމަތީ އަތްއަޅާ އަހަރެންނަށް ބަލާލިއެވެ.

” އަދި މިވަރުވެސް މީ ތި ކަހަލަ ގޮތެއްނެތް، އަމިއްލަ އެދުން ބޮޑު މީހަކަށް ކުޑަވަރެއް، ކަލޭ ހީކުރީ އަހަރެން މިހެން މިހުންނަނީ ކިޔާނެ އެއްޗެއް ނޭނގެތީ ކަމަށްތަ،ކިޔާނެ އެއްޗެހި ބައިވަރު އެބަހުރި، އަޑު އަހާނެ ހިތްވަރު އެބަހުރިތަ، ނުހުންނާނެ،މިއަދާ ހަމައަށްވެސް ކަލޭދެކެ ވެވުނު ލޯބީގެ ބޮޑުކަމުން އަހަރެންގެ ހިތަށް ދިޔައީ އެތަކެއް އަނިޔާ ލިބެމުން، ކަލޭގެ ހަނދާންތަކުން މިހިތަށް ތަދުވާވަރުން އަހަރެންގެ ހަލާލު ފިރިމީހާ އާ ވެސް ދުރުގަ އުޅެން މިޖެހެނީ، ކިތަންމެ ވަރަކަށް މިހިތަށް ވިސްނައި ދިނަސް ކާމިޔާބެއް ނުވޭ، އެހާ ވަރަށް އަހަރެން ތިޔަ އަޔާޒު ދެކެ ލޯބިވިން، އެކަމަކު ކަލެއަށް މިއަދާ ހަމައަށް ފެނިފަ ތި އޮތީ ބަޔަކު މީހުން ރާވައިގެން ދެއްކި މަންޒަރެއް، އޭގެ ހަގީގީ މަންޒަރު ބަލަން ބޭނުންވެސް ނުވީ، ކަލޭގެ ބޮލަށް މާނިއު އެރިގެން، މިހުރިހާ ކަމަކީވެސް މާނިއުއާ ރިޝްފާ ބޭނުންވި ގޮތް،އަހަރެން ކަލެޔާ ދުރުކުރުވީވެސް އެމީހުން،އަދި ބުނަން ކަލޭ ފޮރުވައިގެން އުޅުނީވެސް މާނިއުގެ ރޭވުމަކުން” އަހަރެން އައި ރުޅީގައި ހިތަށް އައި ހުރިހާ އެއްޗެއް ކިޔާލީމެވެ. ކިތަންމެ ރުޅި އައިނަމަވެސް އަހަރެންގެ ލޮލުން ދިޔައީ ކަރުނަ ހޯސްލާފައި ފައިބަމުންނެވެ.

” ހުއްޓާލާ، ކަލޭ ހީކުރީ އަހަރެން ކަލޭ ދައްކާ ވާހަކަ ގަބޫލު ކުރާނެ ކަމަށްތަ، އަމިއްލަ އަށް ހުރިހާ ކަމެއް ކޮއްފަ އެހެންމީހުންގެ ބޮލުގައި ތި އަޅުވަނީ،ކަލޭގެ ނުބައިކަން ހެއްކާ އެކީ އަހަރެންނަށް ފެނިފަ އޮތީ،އެހެންވީމަ ދެން ކޮން ވާހަކައެއް،އަހަރެންގެ އަމިއްލަ ނަފްސަށް ނުކުރާ އިތުބާރު މާނިއުއާ ރިޝްއަށް ކުރަން، ކަލޭ ތިޔަ އުޅެނީ އަހަރެންގެ އާއިލާ ދުރުކުރުވަން ވެގެން، ކަލޭގެ ތި ޕްލޭނެއް ދުވަހަކުވެސް ކާމިޔާބެއް ނުވާނެ” އަޔާޒު އަހަރެންނާ ދިމާލަށް ހަޅޭލަވައި ގަނެ ބުނަމުން ދިޔައެވެ. އަހަރެންވެސް ހުރީ އައިސަ ހުރި ރުޅިން ކެކޭ ވަރުވެފައެވެ. އެންމެ ތަންކޮޅެއްވެސް މިއަދު ދޫކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

” އަމިއްލަ ނަފްސަށް ނުކުރާ އިތުބާރު އެމީހުންނަށް ކުރަންޏާ ޖަލުގަ އޮތް މާނިއު ކައިރީގައި އަހާބަލަ ރިޝްފާއާ ދެވަން އޭނަ ކުޅުނު ގޭމަކީ ކޮބާހޭ، ކަލޭގެ އަންހެނުން ކައިރީ އަހާބަލަ އެ ގޭމް މާނިއު ލައްވާ ކުޅުވަން ކަލޭގެ އަންހެނުން ޖެއްސީ ކޮން ގޭމެއްތޯ، އަދި ބުނަން ގޮތެއް ފޮތެއް ނެތް މީހަކީ އަހަރެންނެއް ނޫން، ކަލޭގެ އަންހެނުން، އެހެންނޫންނަމަ ކަލޭގެ ދަރި ކަމަށް ދެކިގެން އުޅޭ ދަރި އެހެން މީހެއްގެ ދަރިއަކަށް ނުވާނެ” އަހަރެން ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަމުން ވަރަށް ކެރި ހުރެގެން ބުނީމެވެ.

އަހަރެންގެ އެ ޖުމްލަ އަޔާޒުއަށް ބަރުދާސްތު ނުކުރެވިގެން އެންމެ ފަހުން އަޔާޒު ކައިރިއަށް އައި ރުޅިން އަހަރެންގެ ގައިގަ ޖަހަން އަތް މަޅާލިއެވެ. އިތުރު ހަރަކާތެއް ކުރަން ނޭނގި އަހަރެންނަށް ދެލޯ މަރާލެވުނެވެ. އަދި އިރުކޮޅެއް ނުވެ ދެލޯ ހުޅުވާ ބަލާލީމެވެ.

އަޔާޒުގެ އަތުގައިހިފަހައްޓައިގެން އަހަރެންގެ ކުރިމަތީގައި ހުރި މީހާ ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ.އެއީ އިމްރާންއެވެ. އަހަރެން ހީނުކޮށް ހުއްޓާ އިމްރާން އައުމުން އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އިމްރާން އަޔާޒުގެ އަތް ފޮޅުވިއެވެ.
” މި އަތުން އަހަރެންގެ އަންހެނުން ގައިގަ އަތް ލައިފިނަމަ ކަންތަށް ދެން ވާ ގޮތް މާ ރީއްޗެއް ނުވާނެ” އިމްރާންގެ އަޑު ކިތަންމެ މަޑުވިޔަސް އެ އަޑުގައި ހަރުކަށިކަމާ ސީރިއަސްކަން އެކުލެވިގެންވެއެެވެ.

“އެހެންވިއްޔާ އަންހެނުން ކައިރީ ބުނޭ،މީހުންނޭ ކިޔައިގެން އެފަދަ ދޮގު ވާހަކަ ނުދައްކާށޭ” އަޔާޒު އެެހެންބުނެ އެތަނުން ދާން ހިނގައި ގަތެވެ. އެހެންނަމަވެސް އިމްރާންގެ ބަހަށް ހުއްޓި ބަލާލިއެވެ.

” އަހަރެންގެ އަންހެނުން ދޮގެއް ނަހަދާނެ، އަހަރެންގެ އަންހެނުންގެ ހަޔާތުގަ ހިނގި ހުރިހާ ކަމެއްވެސް ކިޔައިދިން، މީހެއްގެ ފުރާނައަށްޓަކައި ވީ ގުރުބާނީވެސް ކިޔައިދިން، އަޔާޒުގެ އަންހެނުންނޭ ކިޔާފަ އަހަރެންގެ އަންހެނުން އެވަރުގެ ބޮޑު ވާހަކައެއް ހަމަ ހުރެފަ ނުދައްކާނެ، ރީމް އެހެދީ ވަރަށް ބޮޑު ތެދެއް،ހެކި ވެސް އެބަ ހުރި،އަހަރެމެން ބޭނުމިއްޔާ ލީކް ވެސް ކޮއްލެވިދާނެ،އެކަމަކު އެއްވެސް މީހަކަށް އެވަރުގެ ކަމެއް ނުކުރާނަން، އަހަރެމެންނަކީ ހިތް ހަރު ބައެެއް ނޫން، އަޔާޒު އަމިއްލައަށް އެެއަށް އެދިގެން އައިމަ ދީފާނަން، އިތުރު މައުލޫމާތު ބޭނުންވަންޏާ ގޮސް މާނިއުއާ ވާހަކަ ދައްކާ، އޭނަ މިހާ ތަނަށް ކުރި ހުރިހާ ނުބައި ކަމަކަށް އޭނަ އިއުތިރާފުވެސް ވެއްޖެ”އިމްރާން އަހަރެންނަށް ބަލާލާފަ ބުންޏެވެ.

އަޔާޒުގެ މޫނުމަތިން ފެންނަމުންދާ ކުލަ ވަރުން ނަގަންވީ މާނަ އެއް އަހަރެންނަކަށްވެސް އަދި އިމްރާންއަކަށް ވެސް ނޭނގުނެވެ. އަޔާޒު އަހަރެންނަށް ބަލަހައްޓައިގެން ފާޑަކަށް ހުރީއެވެ.

އިމްރާން އަހަރެންގެ އަތުގައި ހިފައިގެން ހިގައިގަތެވެ.އެހެންނަމަވެސް ހުއްޓުނީ އަޔާޒު ހޭން ފެށި އަޑުންނެވެ.
” ކަލޭމެން ހީކުރީ ތި ދެއްކި ވާހަކަތަށް އަހަރެން ގަބޫލު ކުރާނެ ކަމަށްތަ،ނޫނޭ ރީމް، ކަލޭ އެބަހުރި އަހަރެންގެ ކިބައިން ބަދަލު ހިފަން ފޯރިއެއް، އެންމެފަހުން އިމްރާންގެ ބޮލަށްވެސް އެރުނީ،އަދި ހެއްކޭ ކިޔާފަ އެ އެއްޗެއްވެސް ހެދީ، ވަރަށް ކުޅަދާނަ” އަޔާޒު ދެ އަތާ ދެއަތާ ޖަހަމުން ބުނެލިއެވެ.

” ކުޅަދާނަ މީހަކު ވަރަށް އަވަހަށް އެނގޭނެ” އިމްރާން ފަހަތްވެސް ބަލާނުލާ އެހެންބުނެ އެތަނުން ދިޔައީމެވެ.

އަހަރެމެން ގޮސް ގެއަށް ވަނީމެވެ. އޭރު ރިޝްފާ ދޮރާ ދިމާލަށް އަންނަނީއެވެ.
” އިމްރާންބޭ،ކޮބާ އަޔާޒު، ތިރީގަ އެބަ ހުރިތަ” ރިޝްފާ ދަބަހުން ފޯނު ނަގަމުން ބުނެލިއެވެ.
” އާނ، އެބަހުރި ފޯނެއްގަ، ދަނީތަ” އިމްރާން ކަމެއް ނުވާކަން ދެއްކުމަށްޓަކދެއްކުމަށްޓަކައި އަހާލިއެވެ.
” އާނ..ދެން އެހެން ދުވަހަކުން އަންނާނަން އިނގޭ” ރިޝްފާ އެހެންބުނެ މަޑުވެސް ކޮއްނުލާ އެތަނުން ނުކުމެގެން ދިޔައެވެ.

އަހަރެން ދިޔަގޮތަށް ވަނީ ކޮޓަރިއަށެވެ. އަހަރެންގެ ފަހަތުން އިމްރާންވެސް އައިސް ވަނެވެ. އަހަރެން ނަށް ކޮޓަރީގެ ދެކޮޅަށް ހިނގަން ފެއްޓުނެވެ.

” އިމްރާން، ހަމަ ތެދެއް މިބުނީ އަހަރެން ތިރިއަށް ދިޔައީ އަޔާޒުއާ ދިމާ ކުރުމުގެ ނިޔަތަކު ނޫން،އަދި މިގޮތަށް ކަންތަށް ވާނެ ކަމަކަށްވެސް ނޫން،އަހަރެންނަަކަށް ނޭނގެ އަޔާޒު އަންނާނެ ކަމެއް، އޭނަ އަހަރެންގެ އަތުގައި ހިފާ ދަމައިގަތީ،ވަރަށް ތަދުވެސް ވޭ އެބަ،އަޔާޒު ހީކުރީ އަހަރެން ދޮގު ހަދަނީކަމަށް، އަސްލު ހަގީގަތުގައި އަހަންނާ ބެހޭ ކަމެއްވެސް ނޫން، އެކަމަކު އެނގިހުރެ މީހެއްގެ ދިރިއުޅުން ހަލާކުވާތަން ބަލަން ކިހިނެއް ހުންނާނީ،އަހަރެން އެގޮތަށް ކަންތަށް ކުރީ ވަކި އަޔާޒު ވީމަ އެއް ނޫން”އަހަރެން އެއް ނޭވާއިން ހުރިހާ އެއްޗެއް ކިޔައިލީމެއެވެ.އިމްރާން އަހަރެންނާ ދޭތެރޭ ދެކޭނެ އެއްޗެއް ނޭނގޭތީ އަހަރެން ހުރީ ވަރަށް ކަންތަށް ބޮޑުވެފައެވެ.އެކަމާ

” ސާބަސް ރީމް، މިތާ އިށީނދެ ބަލަ” އިމްރާން އެހެންބުނެ އަހަރެން ގެނެސް އެނދުމަތީގައި ބޭންދިއެވެ.އަދި ބޭސް ފުޅިއެއް ހިފައިގެން އައިސް އަހަރެންގެ އަތުގައި އުނގުޅަން ފެށިއެވެ.
” ބުނަން، އަހަރެން ރީމްއަށް ޝައްކެއް ނުކުރަން،ނުވެސް ކުރާނަން، ކައިވެނި ދަމަހައްޓަން އެންމެ މުހިންމު އެއްކަމަކީ އެކަކު އަނެކަކަށް ކުރާ އިތުބާރު، އިހްތިރާމް،ރީމްގެ މާޒީއާ މެދު އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް، އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ރީމް އަހަރެންގެ އިތުބާރު ގެއްލޭ ވަރުގެ ކަމެއް ނުކުރާނެކަން،އަދި މިގުޅުމަށް އިހްތިރާމް ކުރާނެކަން،ދެން އެކަމާ އެހާވަރަށް ނުވިސްނާ، އަޔާޒުއަށް ވިސްނޭ އިރު އޮންނާނީ ވަގުތު ފާއިތުވެފަ” އިމްރާން އަހަރެންގެ އަތުގައި ބެންޑޭޒެއް އޮޅަމުން މަޑުމޮޅި ކަމާއެކު ބުނެލާ އަހަރެންނަށް ހިނިތުންވެލިއެވެ.

އެދުވަސް ނިމިގެން ދިޔައީ އެކަަހަލަ ގޮތަކަށެވެ. އާ ދުވަހަކަށް އިރު އެރީ އަހަރެންނަށް އާ އުންމީދެެއް ގެނުވަމުންނެވެ.އަހަރެން އަޔާޒުގެ އެއްވެސް ކަމަކާ ނުބެހެން އަޒުމް ކަނޑައަޅައިގެންނެވެ.ތެދު ތެދަށް އަޔާޒު ކައިރީ ބުނި ނަމަވެސް އަޔާޒު ގަބޫލު ނުކުރުން އެއީ އަހަރެންގެ މައްސަލައެއް ނޫނެެވެ.

އެހެން ދުވަސް ދުވަހޭ އެއްގޮތަށް އަހަރެން ހެނދުނުގެ ކަންތަށް ނިންމާލުމަށްްފަހު މެންދުރަށް ކައްކަން ތައްޔާރުވީމެވެ. އޭރު އީތަން ވީ މަންމަ ކައިރީގަ އެ ކޮޓަރީގައެވެ. އިމްރާން ރައްޓެއްސަކު ގުޅުމުން އެބަ އަންނަމޭ ބުނެ ދިޔައީ ބޭރަށެވެ.

މެންދުރަށް ކައްކާލުމަށްފަހު އަހަރެން ވަނީ އީތަން ނިންދަވަން ކޮޓަރިއަށެވެ އީތަން ނިދުމާއެކު އަހަރެންވެސް ޖައްސާލީއެވެ. އިރުކޮޅެއްނުވެ އިމްރާން އައިސަ ގޮވާލުމުން އަހަރެން ތެދުވެ ގޮސް އިމްރާނަށް ކާން ހަދާ ދިނީމެވެ.އަދި އިމްރާން އެކީ ކާން އިށީނީމެވެ.

” އަޔާޒު ނުގުޅާ ދޯ އެ ހޯދާކަށް” އަހަރެން އިމްރާންއަށް ބަލާލަމުން އަހާލީމެވެ.
” އާނ، ހަބަރެއް ނުވޭ، މަށެއްވެސް މީހަކު ނޫޅޭ ވަރަކުން ނޫޅޭނަން” އިމްރާން ކައިތައްޓަށް ޕާޕަރެއް ލަމުން ބުނެލިއެވެ. އަހަރެން އިތުރަކަށް އެއްވެސް އެއްޗެކޭ ނުބުނަމެވެ.އިމްރާންވެސް އިތުރު އެއްޗެކޭ ނުބުނެވެ.

ކައި ނިމުމުން އަހަރެން ތަށިތަށް ނަގާ މޭޒުމަތި ސާފުކޮއްލީމެވެ. އަދި ކޮޓަރިއަށް ދިޔައީމެވެ.ދިޔައިރު އިމްރާން އެނދުމަތީ ފޯނާ ކުޅެން އިނެވެ.އަހަރެން ގޮސް އިމްރާން އާ ޖެހިގެން އިށީނީމެވެ. އަދި އިމްރާންގެ އެއް އަތުގައި ހިފާލަމުން ކޮނޑުގައި ބޯ އަޅާލީމެވެ.އަހަރެންގެ އެ އަމަލުން އިމްރާން ހައިރާންވެފައި އަހަރެންނަށް ބަލާލިއެވެ.

” ކިހާ ވަގުތެއް އަހަރެން ހަމައަކަށް އެޅެން ދޭނަމޭ ހިތާ ތި ހުންނަނީ، ވަގުތު ދީގެން ހުންނަންޔާ އުމުރު ދުވަހު ހުންނަ ވަރު ކަންނޭނގެ ވާނީ،އަހަރެންނެއް އެއްވެސް ވަގުތެއް ބޭނުމެއް ނޫން” އަހަރެން ހިތުގައި ވާގޮތަށް ބުނީމެވެ.ހަގީގަތުގައި އަހަރެން މިހާރު ބޭނުންވަނީ އިމްރާންއާ އެކު ރީތި ދިރިއުޅުމެއް އުޅޭށެވެ އެހެންކަމުން އަހަރެން އިސްވެ އެވާހަކަ ބުނީ ކައިވެނި ކުރުމުގެ ކުރިން އިމްރާން ކައިރީ ކައިވެންޏަށްފަހު ވަގުތު ބޭނުންވާ ކަަމަށް ބުނެފައި ވުމުންނެވެ.

އިމްރާން އަހަރެންނަށް ބަލާލާ ހިނިތުންވެލިއެވެ.އަދި އަހަރެންގެ އަތުގައި ހިފާލިއެވެ.
” އަހަރެންވެސް އެއްވެސް ވަގުތެއް ބޭނުމެއް ނޫން” އިމްރާން އަހަރެންގެ އަތަށް ފިތާލަމުން ބުނެލިއެވެ އެވަގުތަކީ ކުރިން ދުވަހު ދިމާވި ހައިފާ ގުޅި ވަގުތެވެ.އަހަރެން ފޯނު ނުނަގަން އުޅުމުންވެސް އިމްރާން ނަގަން ބުނުމުން ފޯނު ނެގީމެވެ. ހައިފާ އެދުނީ އަހަރެން އޭނަ އާއެކު ޝޮޕިންއަކަށް ދިއުމަށެވެ.އަހަރެން އިންކާރު ކުރުމުންވެސް އިމްރާން އަހަރެން ދާނެ ކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

” އަޅެ، ކީއްވެ ތި ބުނީ ދާނޭ” އަހަރެން ތުންފަތް އޫ ކޮއްލަމުން ބުނީމެވެ.
” އެއީ ރީމްވެސް ހިތްހަމަ ޖެހޭނެ ބޭރަށް ނުކުމެލާ އުޅުނީމަ، އަބަދު ގޭގަ ތިހުންނަނީ،ދެން ދޭ ތައްޔާރުވާން އަވަހަށް” އިމްރާން އަހަރެން އެނދުން ނަގަމުން ބުނެލިއެވެ.

” ހާދަ ހީވެޔޭ އަހަރެން ނުގޮސްގެން އުޅޭހެން،ކޮން ކަމެއް ހިންގާލަން ތިއުޅެނީ” އަހަރެން އިމްރާންއަށް ބަލާލަމުން ބުނީމެވެ.
” ކީކޭ ދެން ބުނާނީ، އެއީ ވަރަށް ބޮޑު ސަޕްރައިޒްއެއް، އިތުރަށް ދެން ނާހާ،އަހަރެން މި ދަނީ” އިމްރާން އަހަރެންގެ އަތުގަ ވަރަށް ލޯބިން ބޮސްދިނެވެ. އަދި ނުކުމެގެން ދިޔައެވެ.އިމްރާން ދިޔުމުން އަހަރެންވެސް ވަނީ ފާހާނާއަށް ފެންވަރާށެވެ.

ހަވީރު އަހަރެން ތައްޔާރު ވެގެން ދިޔައީ ބޭރަށެވެ. އިމްރާންގެ އެދުމުގެ މަތިން އީތަން މަންމައާއެކު ތިމާގެ ގެއަކަށް ލާފައެވެ. ގާތް ގަޑަކަށް ރޭގަނޑު އަށެއް ޖަހަން ކައިރިވެފައި ވަނިކޮށް އަހަރެން ގެއަށް ދިޔައީމެވެ. އީތަން އާއި މަންމަ ފަހުން ދާނެ ކަމަށް ބުނުމުން އަހަރެން އައީއެވެ.

އަހަރެން ގޮސް ބެލް ޖަހަން އުޅެނިކޮށް ދޮރު ކުޑަކޮށް ހުޅުވިފަ ހުރިތަން ފެނުނެވެ.އަހަރެންގެ ކައިރިއަށް ވަރަށް ހިނިއައެވެ. އަދި ދޭން އުޅެނީ ކިހާ ބޮޑު ސަޕްރައިޒްއެއް ބާއޭ ހިތަށް އަރަމުންދިޔައެވެ.އަދި އިމްރާން ގަސްތުގަ ދޮރު ކައިރި ކޮއްލާފަ ބެހެއްޓީއޭ އަހަރެންގެ ހިތް ބުނެލިއެވެ.އަހަރެން މަޑުމަޑުން ދޮރުހުޅުވާ ބޯ ދިއްކޮއްލީމެވެ.މުޅި ގޭތެރޭގައިވަނީ އަނދިރި ކަމެކެވެ.އަހަރެން ހޮޅި ބުރި ދިއްލާ ސަޕްރައިޒްއޭ އަޑުގެ ނެތްތަނަށް ބުނީމެވެ.

އެއާއެކު ކުރިމަތިން ފެނުނު މަންޒަރު ފެނިފައި އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަޔާޒު ސިިހިފައި އަހަރެންނަށް ބަލާލިއެވެ. ފެނުނު މަންޒަރު އަހަރެންނަށް ގަބޫލެއް ނުކުރެވުނެވެ. އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ.

ނުނިމޭ

117

13 Comments

  1. Aishath Lam'aa Fuad

    October 13, 2020 at 9:10 pm

    Me first
    Beautiful ❤️❤️❤️❤️

  2. 🌹Ril🌹

    October 13, 2020 at 9:32 pm

    Vrh Sali mi part ves 🥰🥰🥰🥰🥰🥰
    Masha Allah❤️❤️❤️❤️❤️🌺🌺🌺🌹🌹
    Pis pis mi ayaaz vss dhw😡😡😡😡
    Now I think reem deserve imraan
    Ehhehe🤣🤣🤣❤️❤️❤️❤️🌺🌺🌺
    Vrh vrh curious next part ah😲😲😲😃😃😃😃😃😃❤️❤️ anehkaa keehbaaevy eyy ❤️sis avaha up kohladeychey ingeyy❤️❤️🌺🌺🌹🌹
    Love u❤️❤️🌺🌺🌹🌹
    Stay safe ❤️❤️🌺🌺🌹🌹

  3. Shyshaixoxo

    October 13, 2020 at 10:04 pm

    I love this story. Comment gavaaidhun nukuriyas abadhuves kiyan. ☺.
    V v v reethi mi part ves. Curiously waiting for the next part.
    Lysm ♥
    Stay safe ☺

    • Anonymous

      October 13, 2020 at 10:54 pm

      you ge vaahaka kobaa

    • [email protected][email protected]

      October 14, 2020 at 8:27 am

      Thank you so much Shyshaixoxo. Varah ufaavehje comment kohleema😊😊❤️❤️❤️

  4. sama

    October 13, 2020 at 10:24 pm

    Wow varah salhi
    when next
    curiously waiting for next part😫

  5. SHABAKKO 10

    October 14, 2020 at 2:20 pm

    Mi part adhi maa Reeth ❤️❤️❤️❤️
    Keep it up 😊😊😊
    Waiting for next 🤗🤗🤗

  6. ❤️tweety❤️

    October 14, 2020 at 2:39 pm

    When next

Comments are closed.