މި ހިތުން މަޤާމޭ މި ދެނީ
ޒިއާމްގެ އަތުގައި އޮތީ ހިމަހިމަ ރަން ފަށެކެވެ. އެ ފަށުގެ ފުލުގައި އޮތީ ހުދު ކުލައިގެ މުތެކެވެ. އެ ފަށް ފެނުމާއެކު މައިރާއަށް ހައިރާން ވެފައި ބަލަން ހުރެވުނީ ގަބޫލު ކުރަން ދަތި ވެފައެވެ.
އެއީ މައިރާގެ ފަށެކެވެ. އެ ފަށުގެ ފުލަކީ ހަތް އަހަރު ކުރިން މައިރާއަށް ފަނަރަ އަހަރު ފުރުނު ދުވަހު ޒިއާމް މައިރާއަށް ދިން ހަދިޔާއެކެވެ. ނަމަވެސް ދެ އަހަރެއް ހާ ދުވަސް ކުރިން އެފަށް މައިރާއަށް ގެއްލުނީ ދަތުރު ގޮސް މޫދަށް އެރި އުޅެނިކޮށެވެ. އޭރު މައިރާއާ އައިދަން ލޯބީގެ ގޮތުން ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެންމެންވެސް އެ ފަށް ފެނޭތޯ ވަރަށް ހޯދިއެވެ. ނަމަވެސް އެކަކަށްވެސް ނުފެނުނީއެވެ. ޒިއާމްގެ ފަރާތުން ލިބުނު ހަދިޔާ ގެއްލުމުން މައިރާ ވަރަށް ދެރަވިއެވެ. އޭގެ ފަހުން އެ ފަށް ދުވަހަކުވެސް ފެންނާނެ ކަމަކަށް މައިރާ ހިއެއް ނުކުރެއެވެ.
މައިރާ ބަލަން ހުއްޓާ ޒިއާމް އެ ފަށް ގެނެސް ތުންފަތުގައި ޖައްސާލަމުން ފަށުގެ ފުލަށް ބޮސްދިނެވެ.
“އައި ވިޝް ޔޫ އޯލް ދަ ހެޕިނެސް އިން ދަ ވަރލްޑް. އަހަންނަށް ނުލިބުނަސް ޝަކުވާއެއް ނެތް. އެކަމަކުވެސް އަބަދުވެސް ލޯބި ވާނަން” ތުންފަތުގައި ފަށް ޖައްސާލައިގެން އިނދެ ޒިއާމް މަޑުމަޑުން ބުންޏެވެ.
މައިރާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އެހާ ދުވަސް ވީ އިރު ޒިއާމްގެ ހިތުގައި މައިރާއާ މެދު އެފަދަ އިހުސާސްތަކެއް ވާކަމެއް މައިރާއަށް އެނގިފައެއް ނެތެވެ. އެ ފަދަ އެއްޗެއް ދުވަހަކުވެސް ހިތަށް ނުވެސް އަރައެވެ. އައިދަންއާ ދިމާވި ފަހުން އެހެން އެއްވެސް ފިރިހެނަކާ މެދު މައިރާއަކަށް ޚިޔާލުވެސް ނުކުރެވެއެވެ. އައިދަން ދެކެ ލޯބި ވެވުނީ އެހެން މީހަކަށް އެ ހިތުން ކުޑަވެސް ޖާގައެއް ނުދެވޭނެ މިންވަރަށެވެ. އައިދަންއަށް ވުރެ މާ ކުރިން މައިރާގެ ޙަޔާތަށް އައި އެ އެކުވެރިޔާއާ ހުރިހާ ކަމެއް ހިއްސާ ކުރަމުން އައީ އެ އެކުވެރިޔާގެ ހިތުގެ ޙާލު ކުޑަކޮށްވެސް ނޭނގި ހުރެއެވެ.
“މައިރާ…”
ސިހިފައި މައިރާއަށް ފަހަތަށް ޖެހިލެވުނީ ޒިއާމް މަޑުމަޑުން މައިރާގެ ނަން ބުނެލުމުންނެވެ. އެއާއެކު މޭގައި އަތް ޖައްސާލަމުން މައިރާ ފަހަތަށް ގޮސް ތަންކޮޅެއް ދުރުގައި ހުއްޓި އަދިވެސް އިރުކޮޅަކު ޒިއާމްއާ ދިމާއަށް ބަލަން ހުއްޓެވެ.
އެ ރެއަށް ފަހު އެހެންނާ ޒިއާމްއާ އޮންނަ ގުޅުން މައިރާއަށް ބޭއްވިދާނެ ހެއްޔެވެ؟ އެ ސިއްރު އެނގުމަށް ފަހު ޒިއާމް ފެންނަ ކޮށްމެ ފަހަރަކު ކުށްވެރި އިހުސާސެއް މައިރާއަށް ކުރެވޭނެއެވެ. އެހެން ވިޔަސް އެ ދެމެދުގައި އޮތް ގުޅުން ބަދަލު ވާކަށް މައިރާ ނޭދެއެވެ. އައިދަންއާ ދިމާ ވުމުގެ ކުރިން މައިރާގެ ޙަޔާތުގައި ބައްޕަގެ އިތުރުން ޝާމިލް ވެފައި ވީ ހަމައެކަނި ފިރިހެނަކީ އެއީއެވެ. ބައްޕައާ މަންމަ ކައިރީ ބުނަން ނުކެރުނު އެތަށް ވާހަކައެއް މައިރާ ހިއްސާ ކުރީ ޒިއާމްއާއެވެ. އައިދަންއާ މައިރާ ދިމާވީވެސް ޒިއާމްގެ ސަބަބުންނެވެ. ކުރިން އެއީ ހަމައެކަނި އެކުވެރިއެކެވެ. ނަމަވެސް މިއަދު އެއީ އާއިލާއެވެ.
ވީ އިރު އެންމެ ރަނގަޅު ގޮތަކީ އެ ކަންތައް އިތުރު މީހަކަށް ނޭންގުމެވެ. ޒިއާމްގެ ހިތުގެ ސިއްރު މައިރާއަށް އެނގުނު ކަންވެސް ސިއްރު ކުރުމެވެ. އައިދަންއަށްވެސް އެ ކަމުގެ ހިލަމެއް ނުވުމެވެ.
ފުން ނޭވައެއް ލަމުން މައިރާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ޒިއާމްގެ ނަމުން ގޮވާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލީ އޭގެ ފަހުންނެވެ.
މައިރާ ގޮވާލި އަޑި އިވުމުން ސިހިފައި ޒިއާމް ބަލާލިއެވެ. އެއާއެކު އަވަސް އަވަހަށް ވޮލެޓަށް ފަށް ލާފައި ވޮލެޓް ޖީބަށް ލާފައި އެނބުރި މައިރާއާ ކުރިމަތިލީ ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވަމުންނެވެ.
- * މިއީ މާޝާ އަލަށް ފަށަން އުޅޭ ވާހަކައިގެ ތަންކޮޅެއް. އިންޝާﷲ، އަންނަ ހަފްތާގެ ހޯމަ ދުވަހު މި ވާހަކައިގެ ފުރަތަމަ ބައި ގެނެސްދޭނަން.
- ޝުކުރިއްޔާ
3 Comments!
Comments are closed.








Assalaam Alaikum, Marsha ge new story Insha Allah next Monday ga fashaanan, hope u will like it. Luv ❤️❤️❤️
Masha Allah… ??? bst of luk… n nimendhen vhk genesdhehchey.. plsssss… mi site ga vhk liyaa gina kudhin vhk ge ehbai genesdheygothah anehbai neygeyne vaa thaneh vx… mihn bunyas ulhey nimendhen up kuraa author in vx .. hope Masha up kohdheynekamah nimendhen… ?
Stay home
Stay safe
Tc
❤
Finally ur back…. I missed u so much MARSHA sis…. Kylie heekurii dhn mi site ah sis vhk eh nuliyaane kamah… Btw vvv reethi feshumeh…. Nd hurihaa readers curious kohlaafae dhw miothy… Whn nxt sis… Curiously Waitinngg… LYSM… Tc?