Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނީ 1 ވަނަ ބައި

thiththaa Level 1
October 30, 2020 One Min Read
1 Comment

އަރައިގެން އައި އިރާއެކު އޭގެ ރިހި ދޯދި ތަކުން މުޅި ޖައްވު ޖަރީކޮށްފިއެވެ. ހާމައަށް އުޑު އެކީ އެއިރުގެ އަލިކަމުން ހުޅުދާންކޮށްލީ ބަލާމީހަކު އަޖަބުވާ މިންވަރަށެވެ. ހެނދުނުގެ މި ހިތްގައިމު ވަގުތުގައި ޖެހެމުންދާ ފިނި ވައިރޯޅިތަކުން ހިތްތަކަށް ލިބެމުންދާ ހަމަ ޖެހުން ބުނެދޭންވެސް ދައްޗެވެ. ފިނި މޫސުމުގެ ދުވަސްތައް ނިމި ރަބީޢު މޫސުމަށް މަރުޙަބާ ކިޔަމުން އެކިވައްތަރުގެ ދޫނިތައް ލައްވަމުން ދިޔަ މިޔުޒިކީ ރާގުން މުޅި އެ ހިސާބުގަނޑަށް ދިރުުމެއް ގެނެސްދެއެވެ. ރޭގައި ވެހުނު ގަނޑުފެނުގެ ވާރޭގެ ސަބަބުން މުޅި މަގުހެން އޮތީ ގަނޑުފެނުން ފުރި ހުދު ދޫލައެއްހެން ފެތުރިފައެވެ.މަގުގެ ދެފަރާތުގައި ތަރުތީބުން ހައްދާފައި ހުރިގަސްތަކުގައި ހުރި ފަތްތަކާއި އަޅާއިފައި ހުރި އެކި ކަހަލަ މާމެލާމެލިން އެމަންޒަރު ބަލާ މީހަކަށް ޤުދުރަތްތެރިކަމުގެ ފުރިހަމަކަން އިހުސާސްވާނެކަން ގައިމެވެ. ޔޫރަޕުގެ މިހިތްގައިމު މަންޒިލަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެމުން އެ ދަނީ ކުރިމަތިން ފެންނަމުން ދިޔަ ބޮޑު ގަނޑުވަރެވެ. ރިވެތި ފަރުމާތަކުން ޒީނަތްތެރިކޮށް ހަދައިފައި އެ ބޮޑު ގަނޑުވަރުގެ ވަށައިގެން ހެދިފައިވާ ޗެރީ ބްލޮސޮމް ގަސްތަކުން ބިންމައްޗަށް ވެރިފައި ހުރި މާތައް ހުދު ގަނޑު ފެނު ތެރޭ ފެންނައިރު ހީވަނީ ކުރެހުންތެރިޔަކު ކުރަހައިލާފައިވާ ތަސްވީރެއް ހެންނެވެ. ޚާއްސަކޮށް ގަނޑުވަރުގެ ވަށާފާރު ތެރޭ ހެދިފައި އޮތް ބަގީޗާގައި ހެދިފައި ހުރި ތަފަތު ވައްތަރު ވައްތަރުގެ މާމެލާމެލާމެލި ފެނިއްޖެ މީހަކަށް އެއީ ދުނިޔެމަތީ ސުވަރުގެ ހެން ހީވެދާނެއެވެ. ކުލަކުލައިގެ ކޮކާތަކާއި ކުޅަނދުރުތައް އެ ބަގީޗާއިން ފެންނަމުން ދިޔައިރު އެ ގަނޑުވަރުގެ ކުރިމަތިން ހުރަސްކުރާ ކޮންމެ މީހަކު އެތަނަށް ބަލަނީ އަޖައިބުން ފުރިގެންވާ ޙާލުގައެވެ. ހަމަގައިމުވެސް އެ ގަނޑުވަރުގައި ދިރިއުޅުމުގެ ނަސީބު ލިިބޭނީ ވަރަށްވެސް ނަސީބުގަދަ މީހަކަށްކަން ގައިމެވެ. ޔޫރަޕުގެ ރަސްކަމުގެ ކޮއިލުކަމުގައި ބެލެވޭ މި ބޮޑު ގަނޑުވަރުގެ ރަސްގެފާނަކީ ޗާރލްސްއޭ ކިޔުނު ނުހަނު ނުފޫޒުގަދަ ރަސްކަލެކެވެ. އެ ރަސްގެ ފާނާއެކު އެ ގަނޑުވަރުގައި ދެން އުޅެމުން ގެންދަނީ ޗާރލްސްގެ އަނބިކަނބަލުން ރާނީ ކްރިސްޓީއާނާގެ އިތުރުން އެދެމަފިރިންގެ ދަރިކަނބަލުން އަމީރާ ، އެމީލިއާއި އެ ގަނޑުވަރުގައި ތަފާތު މަސައްކަތްތައް ކުރުމަށް ގެންގުޅޭ ޚާދިމުންނެވެ.

Share Article

Follow Me Written By

thiththaa

Level 1

i am trying my best to improve my writings...and if i have anything to improve please do give me feedbacks so i can correct my mistakes

Other Articles

Previous

މަގޭ ވާހަކަ ( ބައްޕަ 1)

Next

ތިން ލަފްޒުން (8)

Next
October 30, 2020

ތިން ލަފްޒުން (8)

Previews
October 29, 2020

މަގޭ ވާހަކަ ( ބައްޕަ 1)

One Comment

  1. Nayaanee says:
    October 30, 2020 at 11:48 am

    Masha Allah vrhh reethi. Curiously waiting for the next episode. ?❤

Comments are closed.



All Right Reserved!