އަރައިގެން އައި އިރާއެކު އޭގެ ރިހި ދޯދި ތަކުން މުޅި ޖައްވު ޖަރީކޮށްފިއެވެ. ހާމައަށް އުޑު އެކީ އެއިރުގެ އަލިކަމުން ހުޅުދާންކޮށްލީ ބަލާމީހަކު އަޖަބުވާ މިންވަރަށެވެ. ހެނދުނުގެ މި ހިތްގައިމު ވަގުތުގައި ޖެހެމުންދާ ފިނި ވައިރޯޅިތަކުން ހިތްތަކަށް ލިބެމުންދާ ހަމަ ޖެހުން ބުނެދޭންވެސް ދައްޗެވެ. ފިނި މޫސުމުގެ ދުވަސްތައް ނިމި ރަބީޢު މޫސުމަށް މަރުޙަބާ ކިޔަމުން އެކިވައްތަރުގެ ދޫނިތައް ލައްވަމުން ދިޔަ މިޔުޒިކީ ރާގުން މުޅި އެ ހިސާބުގަނޑަށް ދިރުުމެއް ގެނެސްދެއެވެ. ރޭގައި ވެހުނު ގަނޑުފެނުގެ ވާރޭގެ […]