ދުވަހުގެ މަސައްކަތައް ފަހު ވަރުބަލި ކަންމަތީ އައިސް އެނދުމަތީގައި ޖައްސައިލީމެވެ.ފޯނު ހުޅުވާލައި ފޭސްބުކަށް ވަދެލީމެެވެ.ފްރެންޑް ސަޖެސްޝަންސް ހާވަމުން ދިޔައިރު އަތް މަޑު ޖައްސާލަން މަޖުބޫރުވީ ފެނުނު އެއްޗަކުންނެވެ.ކުރިން ދުވަހަކުވެސް ނުދެކޭހާ ފުރިހަމަ އަންހެން ކުއްޖެކެވެ.ދޮންދޮން ވަށް މޫނެކެވެ.އެވަގުތު ކުރެވުނީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެކެވެ.އެހެން އެއްވެސް އަންހެން ކުއްޖަކު ފެނި އަދި މިހާ ގަޔާ ނުވެވެއެވެ.އެކުއްޖާއާއި ވާހަކަ ދައްކާލާ ހިތްވީ ކީއްވެ ކަމެއްވެސް ނޭނގެއެވެ.ކޮންމެ ގޮތެއް ވިއަސް އެކުއްޖާއާ އަަހަރެން ވަރަށް ގަޔާވިއެވެ.އެހެންކަމުން ފްރެންޑް ރިކުއެސްޓް ފޮނުވައިލީމެވެ.އަދި […]