Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 23

darkangel
April 21, 2015
5 Mins Read
23 Comments

އިންތިޒާރު 23

“ބަޓް ޑޯންޓް ޓެލް އެނީތިންގ ޓް އެނީވަން، ޝްޕެޝިއަލީ މަމް އެން ޒާ އޯކޭ” ޒަޔާން އެހެން ބުނުމުން “ޔެސް ބޮސް” އޭ ކިޔާފަ ނޫރާ އެކޮޓަރިން ނުކުތެވެ. އޭރު ޒާޔާ ސިޑިން މައްޗަށް އަރަނީއެވެ. ޒާޔާފެނުމާއި އެކު ނޫރާގޮސް ޒާޔާގެ ގައިގައި ބައްދާލިއެވެ. އަދި ޒާޔާގެ ނަން ދަމާލާފައި ކިޔާލިއެވެ. ޒާޔާ ކިހިނެތްވީހޭ ސުވާލުކޮށްލިއެވެ.

“ހަމައުފާވީމަ ހަގްކޮށްލާހިތްވީ” ނޫރާ ބުނެލިއެވެ. ޒާޔާ ދެފަރާތަށް ބޯހޫރާލަމުން ކޮޓަރިއާއި ދިމާއަށްދާން ހިނގައިގަތެވެ. ނޫރާވެސް ޒާޔާގެ ފަހަތުން އެކޮޓަރިއަށް ވަނެވެ.

ހަވީރުގެ ވަގުތެވެ. ރާއިން އޮފީސް ނިންމާލުމަށްފަހު ޒަޔާންއަށް ގުޅާލީ އޭނަ ދައްކަން ބޭނުންވާ ވާހަކަ ދެއްކުމަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޒަޔާން ހުރީ އޮފީސްކައިރީގައެވެ. ހީވީ ރާއިން ނުގުޅައިގެން ލަސްވެފައި ހުރިހެނެވެ. އޭރު ރާއިންއާއި އެކު ޝާންވެސް އޮފީހުން ނުކުންނަނީއެވެ.

“ދޮންބެ ބައިވެރިއެއް ނުކުރާނަންތަ ތިދާ ކޮފީއަކަށް” ޒަޔާންއާ އަރާހަމަވުމުން ޝާން ބުނެލިއެވެ.

“ނޫން އެހެނެއްނޫން” ކުޑަކޮށް އުނދަގޫވެފައިހުރެ ޒަޔާންބުނެލިއެވެ.

“އެއީ ދޮންބެއެހެން ބުނިއެއްޗެއްނޫން، ގެއަށް މިހާރުމިދަނީ، ޒަކޫ ހުންނާނީ ލަސްވެފަ ނައިސްގެން” ޝާން ސައިކަލާދިމާއަށް ދަމުން ބުނެލިއެވެ.

“އައި ތޯޓް ޔޫ ޓޯލްޑް ހިމް” ރާއިން މޭގައި އަތްއަޅާލުމަށްފަހު ފުންނޭވައެއްދޫކޮށްލަމުން ބުނެލިއެވެ.

“ނޫން ޒެން އަށް ގުޅައިގެން ހުއްޓާ ދޮންބެ އައީ، ކޮންތާކަށްދާންހޭ އެހީމަ ބުނީ ކޮފީއަކަށްދާންވެގެނޭ، ހިނގާ” ކާރާ ދިމާއަށް ހިނގައިގަންނަމުން ރާއިންބުނެލިއެވެ.

ރާއިންއާއި ޒަޔާންތިބީ އާރޓިފިޝިއަލް ބީޗްގައި ހުރި ކެފޭއެއްގައެވެ. އޯޕަން އޭރިއާގައިތިބެފައި ދެމީހުންވެސް އޯޑަރުކުރީ ކޮފީއަކަށެވެ. ރަޔާން ވީހާވެސް ބޮޑަށް އޭނަގެ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކަވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“ސޯ ޒެން ބޭނުންވަނީ ކިހިނެތް ޕްރޮޕޯޒް ކުރަންތަ؟” ކޮފީތަށިން އެތިފޮދެއްބޯލަމުން ރާއިން ސުވާލުކޮށްލިއެވެ.

“ދެޓްސްވަޓް އައި ޑޯންޓް ނޯ، އައި ޑޯންޓް ނޯ އެނީތިން އެބައުޓް ހާރ، ނޭނގެ ކިހިނެތް ޕްރޮޕޯޒް ކުރީމަކަމެއް ޒާ ލައިކްވާނީ، ހީވަނީ އަލަށް ކުއްޖަކާ ރައްޓެހިވާން އުޅޭހެން ހެހެ،” މަޑު ހުނުމަކާއިއެކު ޒަޔާން ބުނެލިއެވެ.

“އައިހޭވް އޭން އައިޑިއާ، އިފް ޔޫލައިކް އިޓް” ރަޔާން ބުނެލިއެވެ. ޒަޔާން ކިޔާދިނުމަށް އެދުނެވެ. ދެމީހުން މަޝްވަރާކުރުމަށްފަހު ރާއިން ބުނިގޮތަށް ކަންތައްކުރަން ނިންމިއެވެ. އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ރާއިން އަމިއްލައަށް ކުރާނެކަމަށް ބުނެލިއެވެ. ޒަޔާން ރާއިންއަށް ޝުކުރު އަދާ ކުރިއެވެ. ދެމީހުން ގެއަށްދާން ނުކުތްއިރު އިރުއޮއްސިއްޖެއެވެ.

“މިއަދު ފަހުންނެއް އެނަންބަރުން މެސެޖެއް ނާދޭތަ؟” ނޫރާ ޒާޔާގެ އެނދުމަތީގައި އޮށުއޮވެލަމުން ބުނެލިއެވެ. އޭރު ޒާޔާހުރީ ޑްރެސިންގް ޓޭބަލް ކައިރީ ފުނާއަޅާށެވެ. އޭނަ ތައްޔާރުވަމުން ދިޔައީ އެރޭ އޮތް ކުލާހަކށް ދިއުމަށެވެ. “ނޫން ދެންމެ އައި މެސެޖެއް، ކިހިނެތްވީ ކުއްލިއަކަށް ތިހެން ތިއެހީ” ނޫރާއާއި ދިމާއަށް ބަލާލަމުން ޒާޔާއަހާލިއެވެ.

“ކަމެއްނުވޭ ހަމަ އަހާލީ، ޒާ ކީއްވެ އަހަންނަށް ހުރިހާ ވާހަކައެއް ޝެއަރ ނުކުރަނީ” ނޫރާ ސީރިއަސްވެފަ ސުވާލުކޮށްލިއެވެ.

“އަހަރެން ކޮންވާހަކައެއްތަ ނުކިޔާދެނީ” ޒާޔާވެސް ކޮށްލީ ސުވާލެކެވެ.

“އައި ނޯ ޒާގެ ލައިފްގަ ކޮންމެސް މީހަކު ހުރިކަން ކުރިން، އެން އަހަރެންނަށް އެނގޭ އޭނަ ކަންތައްކުރީ ރަނގަޅަށް ނޫންކަންވެސް، އެވާހަކަ މިދައްކަނީ” ނޫރާގެ އެސުވާލުން ޒާޔާގެ މޫނުމިލައިގެން ދިޔަކަން އޭނައަށް ފާހަގަ ކުރެވުނެވެ.

ޒާޔާ އެއްވެސް ޖަވާބެއް ނުދީހުރުމުން ނޫރާ ޒާޔާގާތަށް ދިޔައެވެ. އަދި އެވާހަކަ ކިޔާދިނުމަށް އެދުނެވެ.

“އަހަރެންނަކަށް ނެތް މިވާހާކަ އެއްވެސް މީހަކަށް ކިޔާދެވޭކަށް، އޭނަ އެދުނީ އަހަރެން ގާތު ވެއިޓް ކުރުމަށް، އަހަރެން ވެއިޓް ކުރިން 5 އިޔާޒް ވަންދެން، ދެން އޭނަ އަހަރެން ކުރިމައްޗަށް އައީ އެހެން ކުއްޖަކާ އެއްކޮން، އަހަރެނަށް އޭނަ ކައިރީ ޝަކުވާ ކުރެވުނު އެކަމް އެއީ އެންމެ ފަހަރަކު، އެދުވަހު އެނގުނު އޭނަ އަހަންނާ އެއްކޮން އުޅެން ނެތްކަން، އެކަމާ މާބޮޑަށް ވިސްނުނީމަ އޭރު ބަލިވީ، މޭބީ އަހަރެން މިއީ އޭނައާ އެއްފެންވަރެއްގެ މީހަކަށް ނުވީމަކަންނޭގެ އެހެންވީ، އަހަރެންގެ ޝަކުވާއެއް ނެތް، އެކަމަކު ވަރަށް ދެރަވޭ، އަހަރެންގެ ހިތުން އެނޫން މީހަކަށް ޖާގައެއް ނުދެން، ނޫރާއަށްވެސް އެކަކަށްވެސް އެވާހަކަ ނުކިޔާދިނީ ކިޔާދިނުމުގެ ވަކި ބޭނުމެއް ނެތީމަ، އަހަންނަކަށް ނެތް މިއަށްވުރެ ޑީޓެއިލްސްކޮށް މިވާހަކަ ކިޔާދެވޭކަށް، ސޮރީ” ވާހަކަ ދެއްކިއިރު ޒާޔާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނައިގެ ސަބަބުން ނޫރާއަށްވެސް އިތުރަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ. އެއީ ކާކުތޯ ކޮންނަމެއް ކިޔާ މީހެއްތޯވެސް އަހާލަން ނުކެރުނީ ޒާޔާ އެންމެ ފަހަރަކުވެސް އޭނަގެ ނަންވެސް ނުބުނާތީއެވެ. ޒާޔާއެނަންވެސް ކިޔަން ބޭނުން ނުވާހެން ނޫރާއަށް ހީވިއެވެ.

ލޯފޮހެލުމަށްފަހު ޒާޔާ ޝޯލް އަޅަންފެށިއެވެ. ނޫރާވެސް އެންމެ ރަނގަޅުކަމުގައި ބުނެލަމުން ވާހަކަ ބަދަލުކޮށްލިއެވެ.

“ދެން ޒާގެ ލައިފްއަށް އެއްވެސް މީހަކަށް ޖާގައެއް ނުދޭނަންތަ، އޭނަ އެހެން ކަންތައް ކުރީއޭ ކިޔާފަ އޭގެ މާނައަކީ އެންމެން އެހެންވާނެއެކޭ ނޫނެއްނު” ނޫރާ އަހާލިއެވެ.

“އަހަރެން ތިހެން ނުބުނަމެއްނު، އެކަމަކު އަދި ނުވިސްނަން ކުއްޖަކާ ގުޅޭކަށް، ކިޔަވާ ނިންމާފަ ވިސްނާނަން” ޒާޔާވެސް މޫޑު ރަނގަޅު ކޮށްލަމުން ބުނެލިއެވެ. އަދި ތައްޔާރުވަމުންދިޔައެވެ.

“ކިހާއިރަކު ކުލާސް ނިމޭނީ” ޒާޔާ ތައްޔާރުވެނިމުމުން ނޫރާ އަހާލިއެވެ. ނުވައެއް ޖަހާއިރު ނިމޭނެކަމަށް ޒާޔާބުނެލީ ދަބަހަށް ބޭނުންވާ އެއްޗެހިތައް އަޅަމުންނެވެ. އެއަށްފަހު ދެމީހުން ކޮޓަރިން ނުކުތެވެ.

ޒާޔާއަށް ގޭގެ ދޮރުން ނުކުމެވުނީ ރާއިންއާ ޒަޔާން ކާރުގައި ގޭޓުން ވަތް އިރުއެވެ. ޒަޔާން އޭނައާއި ދިމާއަށް ބަލަހައްޓައިގެން އިނުމުން ރާއިންގެ ހިތަށް ތަދުވެލިއެވެ. ނަމަވެސް އިހުސާސްތައް ކޮންޓްރޯލް ކުރަމުން ކާރުން ފޭބިއެވެ. ކާރުން ފޭބުމަށްފަހު އޭނަ ދިޔައީ ކޮޓަރިއާ ދިމާއަށެވެ. ޒަޔާން ޒާޔާއަށް ޕްރޮޕޯޒް ކުރުމުގެ ހުރިހާ ތައްޔާރީއެއްވަނީ އަމިއްލައަށް ބޮލުގައަޅާފައެވެ. ކޮޓަރިއަށް ވަނުމަށްފަހު ޖީބުން ފޯނުނަގާ މީހަކަށް ގުޅާލިއެވެ. ކުރަން އޮތްކަމަކީ އަމިއްލަ ހިތަށް ކިތަންމެ ވޭންދެނިވި ކަމެއް ނަމަވެސް އޭނަ އެކަން ކުރާނެއެވެ. ކިތަންމެ އުނދަގޫވިނަމަވެސް އޭނަގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްނިންމިއެވެ. ދެން އޮތީ ޒަޔާންއަށް އޭނަ ރާވާފައިވާ ގޮތަށް ކަންކުރުން އެކަންޏެވެ.

ޖެހިގެން އައިދުވަހުގެ މެންދުރެވެ. ރިސޯޓުގައި ތިބިއެންމެން މާލެއައިސްފިއެވެ. އެއްވެސް މީހެއްގެ ގާތުގައި ނުވެސްބުނެއެވެ. ޝާންއަށްވެސް އެމީހުން ދެދެވަސްފަހުން އަންނަން ބުނފައި ކުއްލިއަކަށް އައުމުން އޭނަގެ މަންމަ ބަލްގިސް ގާތުގައި ސުވާލު ކޮށްލެވުނެވެ. ނަމަވެސް ބަލްގިސްވެސް ބުނީ ޔާސިރު ކުއްލިއަކަށް ދަތުރު ހަމަޖެއްސި ވާހަކައެވެ. އަހައަހާވެސް ސަބަބު ނުބުނިކަމަށެވެ. ސަލްމާގެ ގާތުން ސުވާލުކޮށްލުމުންވެސް ލިބުނީ އެއްޖަވާބެކެވެ. ގެއަށް އައި ގޮތަށް ޔާސިރުއާއި ޔަޝްރާގެ ފިރިމީހާ އަޖްމަލް ބޭރަށް ނުކުމެއްޖެއެވެ. ހަވީރުވީއިރުވެސް އެއިން އެކަކުވެސް ނާދެއެވެ.

ހަވީރުވެގެން އައިއިރު ގޭގެ ނޯކަރުން އެރެއަށް ހާއްސަކޮށް ރާއިން ތައްޔާރުކުރުމަށް ބުނެފައިވާ ލިސްޓަށް އެއްޗެހި ތައްޔާރު ކުރުމަށް ރޭޑީވަނީއެވެ. ސަލްމާއަށް އެކަން އެނގިގެން ރާއިން އަށް ގުޅާލީ އޭނަ ގޭގައި ނެތުމުންނެވެ. ރާއިންއާއި ސުވާލު ކޮށްލުމުން އޭން ބުނީ އެއީ ސަޕްރައިޒް އެއްކަމެވެ. ނަމަވެސް އެއީ އޭނަގެ ފަރާތުންނެއް ނޫނެވެ. އެރޭ 8:30 އެންމެން ފެމެލީ ޑިނާރ އަށް ތައްޔާރުވެގެން ތިބުމަށް ބުނެލިއެވެ. އަދި އެ މެސެޖު އެންމެންނަށް އަންގައިދިނުމަށް އޭނަ އެދުމުން ސަލްމާއަށް ވާހަކަ ދައްކާނެ ފުރުސްތެއް ނުދީ ފޯނު ކަނޑާލިއެވެ.

8 ގަޑި ބައިވިއިރު އެންމެން ތިބީ ތައްޔާރުވެގެން ސިޓިންގ ރޫމުގައެވެ. އޭރު ޔާސިރު އާއި އަޖްމަލްވެސް ގެއަށް އައިސްފިއެވެ. ނަމަވެސް ޒާޔާއާއި ނޫރާ އަދިވެސް ތިބީ އޭނަގެ ކޮޓަރީގައެވެ. ޒާޔާއިނީ އޭނަގެ އެސައިމެންޓް ޓައިޕްކުރަންވެގެނެވެ. އެހެންމީހުން ގޮވާލުމުން ތރިރިއަށް ދާންވެގެނެވެ. ނޫރާހުރީ ޒާޔާއާއި އެކު ތިރިއަށް ދާންވެގެން މަޑުކޮށްގެނެވެ. ކުޑއިރުކޮޅަކުން ރާއިން ގުޅާފައި އެންމެން ކާމޭޒުދޮށުގައި ތިބުމަށް ބުންޏެވެ. ޒަޔާން އާއި އޭނަ ގެއަށް އަންނަންދެން މާގިނައިރު ނުވާނެކަމަށާއި އަދި ކެއުންކުރިއަށް ގެންދިއުމަށްވެސް ބުނެލިއެވެ.

ޒާޔާއާއި ނޫރާއަށް ގޮވަންދިޔައީ ސަނާއެވެ. ތިންމީހުން އެކީގައި ތިރިއަށް ފޭބިއިރު ޒާޔާހުރީ ނުތަނަވަސް ވެފައެވެ. އޭނައަށް އިވިފައިއޮތީ ރާއިން ސަޕްރައިޒް އެއް ދޭން އުޅޭވާހަކައެވެ. އެހެންވެ އެކަމާ ވިސްނެނީއެވެ. ކާގެއަށް ވަނުމުން ކާއެއްޗެހީގެ މީރުވަސް ދުވަންފަށައިފިއެވެ. ނަމަވެސް އެއާއި އެކު މޭޒުމަތި ރީތިކޮށްލުމަށް ބަހައްޓާފައި ހުރި ހުދު ފިނިފެންމާތަށް ފެނިފައި ޒާޔާއަށް ބޭއިހުތިޔާރުގައި ހިނިތުންވެލެވުނެވެ. ފިނިފެންމަލުގެ މީރުވަސްވެސް އެތާގައި ހުއްޓެވެ.

މޭޒުގެ ކޮޅުގައި އަބްދުﷲ އިށިއިދެލައިގެން އިންއިރު އޭނައާއި ޖެހިގެން އެއްފަރާތުގައި ބަލްގިސް އިނެވެ. އަނެއްފަރާތުގައި ތިބީ ޔާސިރުގެ ދެމަފިރިންނެވެ. ބަލްގިސްއާއި ޖެހިގެން ތިބީ ޔަޝްރާގެ ދެމަފިރިންނެވެ. ނޫރާއާއި ޒާޔާ ކައިރީގައި އިށިއިނދެލިއެވެ. ދެންތިބީ ޝާންގެ ދެމަފިރިންނެވެ. ކާންފެށިތަނާ ކުޑައިރުކޮޅަކުން ޒަޔާންއާއި ރާއިން އަތުވެއްޖެއެވެ. ޒާޔާގެ ކުރިމަތީގައި ހުސްކޮށްހުރި ގޮނޑީގައި ޒަޔާން އިށިއިނދެލިއެވެ. ކުރިމަތީގައި އިން ޒާޔާއަށް ފުންކޮށް ބަލާލަމުން ހިނިތުންވެލިއެވެ. ރާއިން އިށިއިނީ މޭޒުގެ އަނެއްކޮޅުގައި ހުސްކޮށް ހުރި ގޮނޑީގައެވެ.

“ރާއިން ދެންބުނެބަލަ، ކޮބާތަ ސަޕްރައިޒްއަކީ، އެން މިއީ ކޮންކަމަކާ ގުޅިގެން ބާއްވާ ކެއުމެއްތަ” ރާއިންއާއި ޒަޔާންވެސް ހަމަޖެހިލުމަށްފަހު ކާންފެށުމުން ޔަޝްރާ ސުވާލުކޮށްލިއެވެ.

“ޑެޒާރޓްވެސް އޮންނަނީ ކެއުމުގެ ފަހުންނެއްނު، އެހެންވީމަ ސަޕްރައިޒްވެސް އަދި ލިބޭނެ، އެމް ޝުއަރ ދޮންދައްތަވެސް ވަރަށް އުފާވާނެކަން އެސަޕްރައިޒް ލިބުނީމަ” ކާންއިންތައްޓަށް ނަޒަރު ހުއްޓާލައިގެން އިނދެ ރާއިން ބުނެލިއެވެ. އެކި އެކި ވާހަކައިގައި ކެއުންވެސް ނިމިއްޖެއެވެ.

“އޯކޭ ދެން މިއޮތީ ސަޕްރައިޒް ދޯ، މިއީ އަޅުގަނޑުދޭ ސަޕްރައިޒްއެއްނޫން، އެކަމްހަމަ މިތާ އިންމީހަކު ދޭންއުޅޭ ސަޕްރައިޒްއެއް، އައި ވޯޒް އޮންލީ ހެލްޕިންގް، އެކަމް އޭގެ ކުރިން ވެއިޓް އަ ސެކެންޑް” ރާއިން ކޮޅަށްތެދުވަމުން ބުނެލިއެވެ. އަދި ކާކޮޓަރިން ނުކުތެވެ. ދެން ވަދެގެން އައީ ދެއަތް އެއްކޮން ފޮރުވޭވަރުގެ ބޮޑު ހުދުފިނިފެންމާ ބޮނޑިއެއް ހިފައިގެންނެވެ.

“އައި ނޯ، ނޯމަލީ މީހުން މިކަހަލަ އޮކޭޝަންތަކުގައި ވައިޓް ރޯޒް ބޭނުން ނުކުރާނެކަން، އެކަމް ދެން އެކުއްޖަކަށް ލައިކްވާ ވައްތަރެއްދޯ ގެންނަންވާނީ، ދެން މިހާރު އެނގޭނެކަންނޭގެ މިތަނުން ވައިޓް ރޯޒް ރީތީ ކާކަށްކަން” ރާއިން އެތެރެއަށްވަދެ ބުނެލިއެވެ. ރާއިންގެ ފަހު ޖުމްލައާއިއެކު ޒާޔާއަށް އިސްޖަހާލެވުނެވެ. އެންމެންގެ ނަޒަރު އޭނއަށް ހުއްޓޭނެއޭ ހިތަށްއެރުމުންނެވެ.

ރާއިން ޒާޔާގެ ކައިރީގައި މާބޮނޑި ބާއްވަމުން ޒާޔާގެ ނަންކިޔާލިއެވެ. އެންމެންތިބީ ވާނުވާ ނޭގިފައެވެ. ދެން އޭނަގޮސް ހުއްޓިލީ ޒަޔާން ގާތުގައެވެ. “މަމް، އައިނޯ މަމް ބޭނުންވަނީ އަހަރެން މެރީކުރަންކަން، އެން އައި ނޯ ވަރަށްގިނަ ދުވަހު މަމްގެ ވާހަކަ އިގްނޯރ ކުރެވިއްޖެކަން، ބަޓް އައިގެސް ނޮޓް އެނީ މޯރ، އިންޝާﷲ އެމް ގޮއިން ޓުގިވްޔޫ ދަބެސްޓް ގިފްޓް އައިކޭން ގިވް…..” ޒަޔާން ތެދުވަމުން ވާހަކަ ދެއްކިއެވެ. އަދި މަޑު ހިނގުމެއްގައި އައިސް ޒާޔާކައިރިއަށް ހުއްޓުނެވެ.

ޒާޔާއިނީ ނޭވާ ހިފަހައްޓާލައިގެނެވެ. ރާއިން މިހުރިހާކަމެއް އެކުރަނީ އޭނަ ހިތުގައި އަޅާވޭން ނޭގޭތީބާއޭ ހިތަށް އެރިއެވެ. ޒަޔާން އައިސް ޒާޔާގެ ކައިރީގައި ކަކޫޖަހާލިއެވެ. ޖީބުން ކުޑަ އެހެއްޖަހާފައި އިން ރީތި އަނގޮޓިއެއް ނަގަމުން ޒަޔާން ޒާޔާއަށް އެދިއްކޮށްލިއެވެ. “މެރީ މީ” ޒަޔާންގެ އަޑުން އެހެންބުނުމާއިއެކު އެންމެން އެއްފަހަރާ ހޯއްގޮވާލިއެވެ. ޒާޔާއެކޭ އެއްގޮތަށް ޒަޔާންވެސް އިނީ ނޭވާ ހިފަހައްޓާލައިގެނެވެ. އޭނަ ދޭނެ ޖަވާބެއް ނޭނގޭތީއެވެ.

“ދަރިފުޅު ކޮންމެވެސް އެއްޗެއް ބުނެބަލަ” ޒާޔާ އެއްވެސް އެއްޗެއް ނުބުނެ އިންނަންފެށުމުން ޔާސިރު ބުނެލިއެވެ. ޒާޔާއަށް ބަލާލެވުނީ ހިނިތުންވެލައިގެން އިން ރާއިންއާއި ދިމާއަށެވެ. ކަރުނުން ފުރިގެންވާ ލޮލަކުންނެވެ.

“ނުނިމޭ”

26
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

darkangel

Other Articles

Previous

ފަނާ 3

Next

ޝައިން (ޕާރޓް 1)

Next
April 21, 2015

ޝައިން (ޕާރޓް 1)

Previews
April 21, 2015

ފަނާ 3

23 Comments

  1. Ymith says:
    April 21, 2015 at 4:50 pm

    Thank uuuuu

  2. iba says:
    April 21, 2015 at 5:01 pm

    V v v v v v v v v nice..konirakun next part ahnaanee
    .i can’t wait anymore..

  3. nishy says:
    April 21, 2015 at 5:12 pm

    …..Alhey …..nooon thihen nuhadhaaa…anywax vvvv reethi ….waiting

  4. een says:
    April 21, 2015 at 5:56 pm

    vvvvvvvvvvvvvvvvv reethi… next part avahah up khdhehcheyyyy…. plxxx we r waitin 😀

  5. xam says:
    April 21, 2015 at 6:07 pm

    wow…v salhi inge kuriah dhaa goi..waitin 4 da next part..avahah up kohdheythi rankolhaa….

  6. Zaage zayan says:
    April 21, 2015 at 6:18 pm

    Omg wow. Love this. Zaa say yes. Please please. 🙂

  7. Anonymous says:
    April 21, 2015 at 6:35 pm

    Wow v nice 🙂

  8. aree says:
    April 21, 2015 at 6:36 pm

    V nice…. keep it up

  9. mary says:
    April 21, 2015 at 6:36 pm

    cheedi..zayaan aa zaayaa aa nugulhuwahchey..

  10. xeeshooo says:
    April 21, 2015 at 6:38 pm

    No plssssss… Ehen wehjiyaaa raain ge lwbyge agu kobaaa plsss just say no zaaaa…. Anyways story vvvvvv reethiiiii …. Loving thiss. 🙂

  11. same says:
    April 21, 2015 at 6:52 pm

    Wow… nice stry… khirakuh thr nxt prt upolad kuraany… Zaayaa kykey baa bunany… alhey v awahah upload khba…. plxxxxx

  12. shooty says:
    April 21, 2015 at 7:01 pm

    Mihaaru v kada zaaya and raain gulheykah ulhenyky noon… Dark angel vaahaka avahah up khdheyne kamah unmeedhu kuran 🙂

  13. faathun says:
    April 21, 2015 at 7:20 pm

    Wow just wow….next part avahah up kohdhehchey

  14. Azu says:
    April 21, 2015 at 7:58 pm

    Alhey v v v reethi. Avaha next part update kohdheeba Plx Plx Plx

  15. amm says:
    April 21, 2015 at 8:22 pm

    Wow nice

  16. shifa says:
    April 21, 2015 at 9:32 pm

    Nooooo…Zaaya n zayaan nugulhuvaba ..
    Avahaa upload kohdhehchey plx….

  17. ?luv luvy says:
    April 21, 2015 at 10:07 pm

    Ey this kadaey Raain n Zaayaa gulhuvaba plx.. Eyrun v salhi vaane.. Mi part ehaa interested nun fahu bai..

  18. xeethu says:
    April 21, 2015 at 10:50 pm

    Wow….ekam varah dheravey raain ah zaa gellidhaanethee…. Edhekudhin ehaa loabi vaairu keevvetha zaa ah hageegai sirru kurany raain…. Zayaan ah yes nubunaathi for god sake

  19. aroo says:
    April 22, 2015 at 1:15 am

    Pls say NO to zayaan..raaIn deserves her….raain e hurrihaa kamehwes ekurany majubooruveema..so raain hurt kurany ey kiyaafa blame kureweyne chance eh noanaane..emmen wes mikahala .kamehgakankuraany hama mihen i guess.zaayaa nd raain dhemeehun dheke loabi wany..zayan emeehun dheythereah wanyma waahaka hadiwaane..

  20. zaana says:
    April 22, 2015 at 7:53 am

    haaadha dheraey mivaagoiy zaayaa gulhuvan jeheyny raain aa plx next part kondhuvahakun

  21. Zo says:
    April 22, 2015 at 12:30 pm

    nice story. Thankolheh kury genes dheefa in varu.. waiting for the next part.. hope you will upload it soon

  22. xaaxaa says:
    April 22, 2015 at 6:33 pm

    Warah salhi Mi vaahaka.

  23. testing carried says:
    April 30, 2015 at 9:39 pm

    does she will marry him! oh my

Comments are closed.

All Right Reserved!