އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްޓަކާއި ފުންކޮށް ދެތިން ފަހަރު ނޭވާލުމަށް ފަހު ރުއިމުގެ ސަބަބުން ހަޑިވެފައިވާ މޭކަޕް ރީތި ކޮށްލުމަށްޓަކައި އެގޭގެ ގެސްޓްރޫމަށް އެލީނާ ވަނެވެ. އެލީނާ ރީތިވެ ނިމިގެން އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރެއް ދިނެވެ. ކޮށްފައިވާ ލުއިމޭކަޕްގެ ސަބަބުން ލޮލުގައިވި މަޑު ރަތްކަން ފިޔަވައި ރޮއިފައި ހުރި ކަމުގެ މާ ބޮޑު ނިޝާނެއް އެ މޫނު މައްޗަކުން ނުފެނެއެވެ.
އަދިވެސް އެއްފަހަރު ފުން ނޭވާއެއް ދޫކޮށްލަމުން އެލީނާ އޭނާ ގެންގުޅުނު ރީތިވާ ސާމާނުތަށް އޭނާ ގެންގުޅޭ މޭކަޕްބޮކްސް ތެރެއަށް އަޅާލުމަށް ފަހު އީޝަލްގެ ގާތަށް ދިއުމަށް މިސްރާބުޖެހިއެވެ. އީޝަލްއަށް އޭނާ ރޮއިފައި ހުރިކަން ނޭގުމަށް ހިތާހިތުން ދުއާ ކުރާ ހާލުއެވެ. އެއް ގަޑިއިރު ފަހުން ހަފްލާ އޮންތަނަށް ދާންވެސް ޖެހޭނެއެވެ. ކައިވެނީގެ ކުރިން ދެ އެކުވެރިންނަށް ހަމަޖެހިލާއިގެން ވާހަކަ ދެއްކޭނެ ވަގުތަކީ ހަމައެކަނި މިވަގުތު ކޮޅު ކަމަށް ވުމާއެކު ވެސްމެއެވެ. އަނެއްކޮޅުން ތިން ދުވަސް ފަހުން އަލުން އޭނާ ހޮސްޕިޓަލް އަށް ގުޅެން ނިންމާފަިވާތީ އީޝަލްއާއި ހަމަޖެހިލާއިގެން ވާހަކަ ދައްކާލަން ދެން ލިބޭނެ ޒަމާނެއް ވެސް ނޭނގެއެވެ. އެހެން ކަމުން އެލީނާ ބޭނުން ވީ މި ވަގުތު ކޮޅު ހަމައެކަނި ބޭކާރު ކަންކަމާ ވިސްނުމުގެ ބަދަލުގައި އެކުވެރިޔާއާއެކީ ހޭދަ ކޮށްލުމަށެވެ.

އެލީނާ އެކޮޓަރިއާއި ހަމަ ވި ވަގުތަކީ އެ ކޮޓަރީގެ ދޮރު ހުޅުވުނުވަގުތެވެ. ކޮޓަރިންްްް ބޭރަށް ނިކުތީ އީޝަލްް ގެ މަންމައާއި ބައްްޕައެވެ. އެލީނާ ކޮޓަރިއަށް ވަންނަމުން އެމީހުންނަށް ލުއި ހިނިތުންވުމެއް ދިނެވެ. ބަދަލުގައި. އެމީހުން ވެސް ރައްދުގައި ހަމަ އެފަދައިން ހިނިތުންވެލިއެވެ. އީޝަލްގެ މަންމަ އޭނާގެ ކޮނޑުގައި މަޔަކު ދަރިއެއް ގާއިގަ ފިރުމާނެހާ ލޯބިން ފިރުމާލަމުން ހާލު ކިހިނެތްތޯ އަހައިލިއެވެ. އަދި މި ވެތުވެ ދިޔަ ދުވަސްތަކުގައި އެގެއަށް ނާންނާތި ޝަކުވާ ކޮށްލަމުން އެ ގެއަށް ގިނަގިނައިން އައުމަށް ބުނެލިއެވެ. ޖަވާބުގައި ބޯޖަހާލާފައި އެލީނާ އެތެރެއަށް ވަނެވެ.

އެލީނާ އެތެރެއަށް ވަން އިރު ފެނުނީ އެނދާއި ޑްރެސިން ޓޭބަލް ދެމެދު އިން ހުސް ޖާގައިގަ ދެމެދު ހިނގާ މަންޒަރެވެ. ޢަދި އެހެން ހުރެލާފައި ނިޔަފަތި ހަފައިގަނެއެވެ. ނުވަތަ ދެއަތް މޮޑެން ފަށައެވެ. އެ މޫނު މަތިން ފެންނަނީ ކަމަކާއި ހާސްވެފައި ވާ ކަމުގެ ކުލަވަރެވެ.

އީޝަލް އުޅޭގޮތުން އެލީނާގެ ގާތަށް ހިނިއައި ނަމަވެސް މި ގަޑީގަ ހޭން ފަށައިފިއްޔާ އީޝަލް ހިތްހަމަ ނުޖެހި ދާނެތީ ގަދަ ކަމުން ހިނިގަނޑު އޮއްބާލިއެވެ. އަދި އީޝަލް ގެ ގާތަށްޖެހި އެ އަތުގައި ހިފާލަމުން ވާހަކަ ދައްކަންފެށިއެވެ.

” ކުއްޖާގނޑާ ތި ނިޔަފަތިތައް ނުކައިބަލަ …. ރެން ހިތަށްއަރާފާނެ މިއީ މިނިކާކުއްޖެކޭ. އޭނަވެސް ބިރުން ހަލާކުވާނެއްނު. ޝެލް އަޅެ ހާދަ ލޯތްބޭ. މީހެއްގެ އެސްފީނާ ނުޖެހުނިއްޔާ ރަނގަޅު ! އީޝަލްގެ މޫނު ލޯގަނޑާއި ދިމާލަށް އަނބުރާލަމުން އެލީނާ އޭނާއާއި ދިމާކޮށްލިއެވެ އަދި ހަމަ އެހަމެ އަވަހަށް އީޝަލްއަށް ތައުރިފުވެސް ކޮށްލިއެވެ.

އީޝަލްއަށް އެނާގެ ގެ މޫނު ފެނުމުން އަމިއްލައަށްވެސް ލަދުގަނެއްޖެއެވެ. އެބުނާހެން މިއަދު ވަކިން ބޮޑަށް އޭނާ ރިތިކަމަށް ދައްކަާއެވެ އުފަވެރި ކަމާއެކު ލަދުވެތިކަމުގެ ރަތްކުލަ މޫނުން ފާއްދާލާފައިވާތީކަން ނޭގެއެވެ. ވަގުތު ކައިރިވަމުންދާ ވަރަކަށް ހިތްއަވަސްވަމުން އެބަދެއެވެ. މިއީ ކާވެނީގެ ރޭ ހުރިހާ އަންހެންކުދިން ގެ ހާލުހެއްޔެވެ؟ ނޫނީ ހަމައެކަނީ އެނާހެއްޔެވެ؟

ޢީޝަލްގެ ހާސްކަން ފިލުވައި ދިނުމުގެ ގޮތުން އެލީނާ އެކި ވާހަކަތަށް ދައްކަން ފެށިއެވެ. އެއާއެކު އީޝަލްގެ މޫނު މަތިން ނުތަނަވަސް ކަން ދާްދި އަވަހަށް ފިލާ ހިނިތުން ވުމުގެ އަސަރު އެ މޫނު މަތިން ފެންނަން ފެށިއެވެ. އެލިނާއާއެކީ އުޅެ މީހަކަށް ނުތަނަސްވެފައި އިނުމަކީ މުސްތަހިއްލު ކަމެކޭ އީޝަލްގެ ހިތަށް އެރިއެވެ. އެއަ އެކީ އެނަވެސް ގަޔަވެގެން އެކުވެރިޔާއި ބައިވެރިވެ އެކި ވާހަކަ ދައްކަން ފެށިއެވެ ކައިވެނި ކުރާ ހޯލަށް ދިއުމަށް ގެއިން ނިކުންނަން ދާ ގަޑި ޖެހުނުއިރުވެސް ދެ އަންހެން ކުދިން ގެ ވާހަކައަކައް ނިމުމެއް ނާދެއެވެ.

“ދަރިފުޅުމެން ދެން ތި ދައްކާ ވާހަކަތައް ފަހުން ދައްކަން ބާއްވާފައި އާދޭ ދެން ދާން….. މިހާރު ގަޑި ޖެހެން މާ ގިނަ ވަގުތެއް ވެސް ނެތް…. އަވަސް ކޮށްލާފައި އާދޭ އަވަހަށް ” ދޮރުހުޅުވާލާފައި އެތެރެއަށް ވަން އީޝަލްގެ މަންމަ މިޝްކާ ދާން ވި ގަޑި ޖެހިއްޖެ ކަން އަންގާލުމުގެ ގޮތުން ބުނެލިއެވެ. އެއާއެކު އެލީނާ އީޝަލްގެ ބުރުގާއާއި އެއްޗެހި ހުރީ ރަނގަޅަށް ތޯ ހުރީ ބަލާލަން އަވަސް ނަޒަރެއް ދިނެވެ. ހުރިހާކަމެއް ވެސް ހުރީ ރަނގަޅަށް ކަމުން ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ތުންފަތްށް ވެރި ކުރަމުން އެންމެ ފަހު ކަމަކަށް އެލީނާ އެނާ ގެނައި ރާލފް ލޯރެން ގެ ރޮމެންސް ސެންޓްފުޅިން އީޝަލް ގަޔަށް ސެންޓް ޖަހާލަދިނެވެ. އެއާއެކު މުޅި މާހައުލުގައި ދުވަން ފެށީ އީޝަލް ގަޔަވާ ފަދަ ލުއި މިރު ވަހެކެވެ.

” އަޅޭ ޔޫ ލުކް ސޯ…… ޕްރިޓީ ޔާގީން މިރޭ ޕާޓީއަށް ދާ ހުރިހާ ބޯއިޒް ޝެލް ގެ ރީތި ކަމުގެ ޖާދުގަ ޖެހޭނެކަން….. ޝެލްސް ހަމަ ހީވަނީ އެންޖެލް އެއްހެން… ރެން ގެ އެންޖެލް…… . މިރޭ ރެން ފަކީރު ޝެލް ފެނިގެން ފެއިންޓް ނުވިއްޔާ ރަނގަޅު ދޯ އާންޓީ” ގަތުގައި ހުރި މިޝްކާއަށް ދޯއެއް ދެމުން އެލީނާ އަނގަ މަޑުން ލައިގެން ނީނދެވިގެން އީޝަލް ގެ ކޯތާފަތުގައި ހިފާލަމުން އަނެއްކާވެސް އޭނާ އީޝަލްއަށް ތައުރީފްއެއް ކޮށްލިއެވެ. އެލީނަގެ އެ ތައުރީފުން އީޝަލް ގެ މޫނު ލަދުން ޖަންބެއް ހެން ރަތް ވެގެން ދިޔައެވެ، އީޝަލް އަށް ވީ ގޮތް ފެނި އެލީނާގެ ހިނި ގަނޑު ފަޅާއިގެން ދިޔައެވެ. އެލީނާ ހޭން ފެށުމުން ލަދުގަންފައި ހުރި ކަން ފޮރުވުމުގެ ގޮތުން އީޝަލް އެލީނާއާއި ދިމަލަށް ދެ ލޯ ހަނި ކޮށްލަމުން އައި ހޭޓް ޔޫ އޭ ބުނެލިއެވެ. އެއާއެކު އެލީނާ އައި ލަވް ޔޫ ޓޫ އޭ ބުނެ އީޝަލްގެ ގައިގަ ބައްދާލިއެވެ. އެލީނާގެ އެއަމަލުން ކިތަންމެ ނުހޭން ހުއްޓަސް އީޝަލް އަށް ހެވުނެވެ. އަދި އެނާވެސް އެލިނާ ގެ ގައިގަ ބައްދާލިއެވެ.

ދެ އަންހެން ކުދިންގެ ސަކަރާތް ބަލަން އިން މިޝްކާގެ ތުންފަތް މަތީގައި ވެސް ވީ ހިނިތުން ވުމެކެވެ. އެލިނާ އަކި އަޖާއިބެއް ފަދަ ކުއްޖެކެވެ. އަމިއްލަށް އަށް އެހާ ހިތާމާގައި އުޅޭ އިރުވެސް އެހެރީ އެންމެންނަށް އެ ހިތާމަތަށް ފަރުދާކޮށް އެކުވެރިޔާއަށްޓަކާއި ހިނިތުންވެލާއިގެންނެވެ. ފެންނަ ކޮންމެ މީހަކަށް ހީވާނި އެއީ ދުނިޔޭގައި ހުރި އެންމެ އުފަވެރި ކުއްޖާެ ހެނެވެ. ފެންނަ ކޮންމެ މީހެއްގެމޫނު މައްޗަށް ހިނިތުންވުމެއް ގެނުވުމަކީ އެ އަންހެން ކުއްޖާއަށް ލިބިފައިވާ ހުނަރެއް ފަދައެވެ. ކިތަންމެ ނުހޭން ހުއްޓަސް އެލީނާ ކޮށްލާ ލާނެތް އަމަލުތަކާއި ދައްކާ ވާހަކަ ތަކުން މީހަކަށް ނުހީއެއް ނީނދެވޭނެއެވެ. އެލީނާފަދަ ހިތްހެޔޮ އެންމެންނާ ގުޅޭ އަހްލާގު ރަނގަޅު ކުއްޖެއް ގެ ހަޔާތުގެ ބައިވެރިޔާއަކަސް ވާނެ ކުއްޖަކީ ނަސީބު ގަދަ ކުއްޖަކަށް ވާނެއޭ މިޝްކާގެ ހިތަށް އެރިއެވެ. ކޮންމެ މައެއް ވެސް ބޭނުން ވާނީ އެކަހަލަ އަހްލަގު ރަނގަޅު ހިތްހެޔޮ ކުއްޖެއް އެމީހުން ގެ ފިރިހެން ދަރިންނާ ގުޅެންކަން އެއީ ޝައްކެއް ވެސް ނެތް ކަމެވެ. ހަަމަ ގާއިމުވެސް އޭނާގެ ފިރިހެން ދަރިއެއް ހުރި ނަމަ ކޮންެމެ ގޮތައެއް ހަދާ ފައިވެސް އެލީނާ އާއި ގުޅުވުމީސްއެވެ. ކިޔާންގެ މޮޔަ ކަމުން ރަންގަނޑެއް ލިބުމުން ވެސް އެ ރަންގަނޑެއް ފަދަ ކުއްޖާ ދޫކޮށްލީއެވެ. ބަހައްޓާށެވެ. ފަހުން ހަމަ ހިތާމަ ކުރަން ޖެހޭނީވެސް ހަމަ ކިޔާންއެވެ، ފަހުން ކިޔާން އެލީނަ ހޯދާން ކިތަންމެ ބޭނުން ވިޔަަސް އޭރުން އޮންނާނީ ވަގުތު ފާއިތުވެފައިއެވެ. ދެން އޮންނަން ޖެހޭނީ އެލީނާ ކިޔާންގެ އަތުން ބީވެ ދިޔުމުގެ ހިތާމަ ތާއަބަދު ކުރާށެވެ.

އޭރު އީޝަލްމެން ހޯދަން ދިޔަ މިޝްކާގެ ހަބަރެއް ނުވެގެން އީޝަލްގެ ބައްޕަ ޔާސިރު އެމީހުން ހޯދަމުން އެކޮޓަރި އާ ހަމަވަނީއެވެ. އޭނަގެ ލޮލުގައި އަޅާއިގަތީ އީޝަލް މެން ދޮރުކުރިމަތީ އެ ކޮޓަރިތެރެއަށް ހިނިތުން ވެލާއިގެން ހުރި މިޝްކާ އަށެވެ. އޭނާ ގޮސް މިޝްކާގެފަހަތުގައި ހުއްޓުނެވެ. އެއާއެކު ކޮޓަރި އޭނާގެ ތުންފަތަށް ވެސް ހިނިތުން ވުމެއް ވެރިވީ ލޯބިވާ ދަރިފުޅު އަދި އެލީނާގެ ހަރަކާތްތަކުންނެވެ.އެ ދެއެކުވެރިންގެ އެކުވެރިކަމުގެ ގުޅުމަށް އެއްވެސް މީހެއްގެ އެސްފީނާ ނުޖުހުމަށް އެދި ޔާސީރު ހިތާހިތުން ދުއާ ކޮށްލިއެވެ. އަދީ ލޯބިވާ ދަރިފުޅުގެ ހަޔާތް ބާއްޖަވެރިވުމަށް އެދި ދުއާ ކޮށްލިއެވެ. އަދި ހަމަ އެފަދައިން އެލީނާއަށް ޓަކައި ވެސް ދުއާ ކޮށްދިނެވެ. އެލީނާ ކުރިން އެގެއަށް އައިސް އުޅެނީ ހަމަ އެކަނި އީޝަލް ގެ ރަހުމަތްތެރިއެއްގެ ގޮތުން ނަމަވެސް މިހާރު އެދެމެފިރިންނާއި ވެސް ގާތް ކަން އުފެދި އެ މީހުން ދެކެނީ އެއީ އީޝަލް ފަދައިން އެމީހުން ގެ ދަރިއެއް ކަމުގައިއެވެ. ހަމަ އެހެންމެ އެލީނާވެސް އެދެމެފިރިންނާއި މެދު ދެކެނި އެފަދަ ގާތް ގޮތަކަށެވެ.

މީހެއްގެ ގެ ހިލަންވީހެން ހީވެގެން ފަހަތް ބަލާލި މިޝްކާއަށް އޭނަގެ ފަހަތުގައި ހުއްޓިލައިގެން ހުރި ލޯބިވާ ފިރިމީހާ ފެނިލުމުން ހިނިތުންވެލިއެވެ. ” ދަރިފުޅާ ޝެލް، އެލިނާ ، ހިނގާ ދާން މިހާރު އެ އޮތް ގަޑި ޖެހެނީ އަވަސްކުރޭ…” ޔާސިރު އެހެން ބުނެލުމާއެކު ދެ އަންހެން ކުދިން އަވަސް ވެގަތީ ޔާސިރު ބުނިފަދައިން ކަންތަޢް ކުރާށެވެ. ޔާސިރު އަދި މިޝްކަ ކާރު ގެ ކުރިއަށް އެރިއިރު ފަހަތަށް އީޝަލްގެ އިތުރުން އެރީ އެލީނާއެވެ. ހުރިހާ އެންމެން އިށީނދެ ހަމަޖެހިލުމާއެކު ޔާސިރު އެމީހުންގެ މަންޒިލަށް ދިއުމަށްޓަކާއި ކާރު ދުއްވާލިއެވެ.

ނުނިމޭ

67

2 Comments

  1. Nashaa

    July 19, 2020 at 8:33 pm

    Salaam readers! Heres the 10th episode of the story Fevifaa Thinan Veyey Mihithugaa.
    Please feel free to express your opinion on this episode. If you notice any mistake or anything else please do let me know

  2. Magnumm

    July 29, 2020 at 12:03 pm

    Mi part vv rythi ekm myge 1st part in feshigen kobayo vaanuvaa eh neygey ehnve

Comments are closed.