Skip to content
އެސްފިޔަ

ނޭނގޭ!

ހެލްތް ކިލިނިކެއްގެ އޮޕަރޭޝަން ތިއޭޓާގައި ގިނަނަރުހުންނާއި ޑޮކްޓަރުން ހަރަކާތްތެރި ވަމުންދިޔައެވެ. އެކްސިޑެންޓެއް ވެގެން ގެނައި ބަލިމީހާގެ ހާލު ދައްވަމުންދާތީއެވެ. ހާސްކަމުގައި އެންމެން ތެޅޭއިރުވެސް މަޑުމައިތިރި ކަމާއެކު އަންހެންކުއްޖަކު މަސަކަތްކުރަމުންދިޔައެވެ. ބޯފަޅާ ގެންގޮސް އޮތްތަން ފަހަމުން ދިޔައިރު އެމޫނުމަތީ ވަނީ ހަމަޖެހުމެގެ ކުލަވަރެވެ. “ޑޮކްޓާރ ޒިނީޝް” ހާސްވެފައި ނަރުހަކު އެއަންހެން ކުއްޖާއައް ގޮވާލިއެވެ. ޒިނީޝް ބަލާލިއެވެ. ލޭމަދުވަމުން ދާތީ އެންމެންވެސް ދަނީ ހާސްވަމުންނެވެ. “ގެނެބަ އޯ ޕްލަސް ބްލަޑް އަވަހަށް.” ޒިނިޝް ގާތުހުރި ފިރެހެން ޑޮކްޓަރެއް އަމުރުކޮއްލިއެވެ. ޒިނީޝް އޭނާގެ މަސަކަތް ފުރިހަމަ ކޮއްލީ ހާސްކަމެއްނެތިއެވެ. ވަގުތުން ލޭމަނާކޮއްލެވުނެވެ. އެންމެންގެ ހާސްކަން ކެޑިގެންދިައީ ޒިނީޝްގެ މޮޅުހުނަރުވެރިކަމުންނެވެ. އިރުކޮޅެއްނުވެ ލޭގެނެވި ބަލިމީހާ “ސްޓޭބަލް” ސްޓޭޖައް ދިޔައެވެ. ޒިނީޝް ތިއޭޓާއިން ނިކުތީ ސާފުވެލާގެންނެވެ.

“ޑޮކްޓަރ؟” ހާސްވެފައި ހުރި އަންހެނަކު ޒިނީޝް ކުރިމައްޗަށް އެރިއެވެ. “އިރާދަކުރެއްވިޔާ ބަލިމީހާ ރަގަޅުވާނެ. އިރުކޮޅަކުން ރޫމްއައް ގެންދެވޭނެ.” ހިނިތުންވެލާފައި ޒިނީޝް ބުނެލިއެވެ. އަދި ބަލިމީހުން ބަލާ ކޮޓަރިއައް ހިގައިގަތެވެ. އެތެރެޔައް ވަދެވުމާއިއެކުހެން ފުރަތަމަވެސް ވެއްޓިގަތީ ގޮޑިއަށެވެ. ފުންނޭވާއެއް ދޫކޮއްލާފައި ކޮންޕިއުޓަރު ހުޅުވާލިއެވެ. އިތުރު ބަލިމީހެއްނެތްކަން އެގުމުން ތެދުވެ ގަޑިިބަލާލިއެވެ. ޝިފްޓްނިމެން ދެންއިނީ ފަސްމިނެޓެވެ. ލައިގެންހުރި ހުދުކުލާގެ ޖެކެޓްބާލާފައި ހަރުގައި އަޅުވާލިއެވެ. އަދި ކޮޓަރިތެރޭ ހުރި ޗޭންޖިންގް ރޫމްއައްވަދެފައި ޔުނީފޯރްމް ބަދަލްކޮއްލިއެވެ. ނިކުންއިރު ހުރީ ނޫކުލާގެ ފަޓޫލޫނެއްގައެވެ. ހުދުކުލާގެ ޓީޝާޓް ބެގީކޮއްލާފައި އޭގެމަތިން ނޫކުލާގެ ޖެކެޓެއްލިޔެވެ. އަރާގެންހުރި ތިރިބޫޓުބާލާފައި ހުދުކުލާގެ ހީލްސްއައް އަރާލިއެވެ.

މަޑުމަޑު ޓަތްކެއްގެ އަޑު އެކޮޓަރިތެރޭ ގުގުމާލީ އެވަގުތުއެވެ. “ވަދޭ” ޒެނީޝް ގޮޑީގައި އިށީނަމުން ކޮންޕިއުޓަރައްބަލާލިއެވެ. އޭގައި އިތުރު ބަލިމީހަކު އަނަކަމަކަށްނެތެވެ. ސުވާލުގެ ނަޒަރަކުން ވަންނަމުން ދިޔަމީހާއައްބަލާލިއެވެ. ފިރެހެނެކެވެ. ބަލާބެލުމަށް ޒެނީޝްއާއި ދާދި އެއްއުމުރުފުރައިގެ މީހެކެވެ. ބާމަތިންފުޅާވެފައި އެހާދިގެވެ. ލަާގެން ހުރި ނޫކުލާގެ ޓީޝާޓް ހުރީކުރިމަތިން ދަށަށް ޖަހާލާފައި ފަހަތުން ދޫކޮއްލާފައެވެ. ފަހުގެ ޖިންސެއްގައި ހުރިއިރު ނުހަނު ހިހްގައިމެވެ. މުޅިކޮޓަރި ތެރޭނާއޭނާޖަހާގެން އައި “ޗިކް ބްލެކް” ސެންޓުވަސްް ހިފާލާފައިވެއެވެ.

ނަމަވެސް ޒެނީޝް މޫނުމަތިން ފެނިގެން ދިޔައީ ބިރުވެރިކަމެވެ. އޭނާއިއްތާއިން ގޮޑިން މަޑުމަޑުން ތެދުވެލިއެވެ. އޭސީ ފުލައްލާފައި ހުރުމުގެ ސަބަބުން މުޅިކޮޓަރީ ފިނިކަން ހިފާފައި ހުރިނަމަވެސް ޒެނީޝްގެ މޫނުމަތީ މުތީތަކެއްފަދާން ދާތިކިތައްވިދަމުން ދިޔޔައެވެ “ގެޔައްދާންވީނުން. ސިފްޓްވެސްނިމުނީނުން. މިއައީބަލާ.” އަތުކުރީ އޮތްގަޑިއައް ނަޒރެއް ދުމުން ހިތްތައްފަތަހަ ކުރާފަދަ ހިނިތުންވުމެއް އޭނާހަދިޔާކުރިއެވެ.” ޒެނީޝް ބަސްއަހާކުޖެއްފަދައިން ބޯޖަހާލިއެވެ. އެމޫނުމަތީ ހިނިތުންވުމެއް ނެތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Jimnaa

    Haadha kureh

  2. Yyass

    Here’s the first part of the story hope u all like it. Feel free to comment ?

  3. Kylie

    Mi part vxx varah salhi?….. Bt storyge ehbai nufeney…..btw Waiting fr nxt part

    1. Yyass
      Kylie

      In sha Allah next time ekan raglhu kohleveetho balaanan. Thanq❤️?

Comments are closed.