Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވެ ދިޔަޔަސް (5)

Ya ee sh Level 1
May 13, 2020 3 Mins Read
0 Comments

“އެކަމަކު…” ކުރެހިފައިވާ އަޑަކުން ޝީރީން ވާހަކަ ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެވާހަކަ އޭނައަކަށް ކުރިއަކަށް ނުގެންދެވުނެވެ. އަޑުބެދި ގިސްލެވޭ ގޮތް ވުމުންނެވެ. މޫނުމަތިވެސް ފެންނަނީ މިލާ މޯޅި ވެފައިވާ މަލެއްހެންނެވެ. އެފަދަ މަންޒަރެއް ބަލަން އަހަރެންގެ ދެލޮލަކަށް ކުޅަދާނައެއް ނުވިއެވެ. އެކަމަކު ކިހިނެއްވީހޭ ވެސް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ސަބަބު ޝީރީންގެ ފުށުން އިނގެން ކެތް މަދު ވެފައިވާ ޙާލުއެވެ.
********************
އެޕިސޯޑް 5
“މާޒް!” ކުރަކި ވެފައިވާ އަޑަކުން ޝީރީން އަހަންނާ މުޚާތަބު ކުރިއެވެ. “ހްމްމްމް؟ ކިހިނެއްވީތަ ރީން؟.. މާޒް މީނީ އަޑުއަހާށޭ.. ޕްލީޒްް ޓެލް މީ ވަޓް ހެޕެންޑް؟” އަހަރެންގެ ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ.
“މާޒް.. އަހަރެން މި ބުނާ ވާހަކައިން މާޒް އަހަރެން ދޫކޮށްލާނަންތަ؟” ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝީރީންވެސް އަހަރެންނަށް ކުރިމަތި ކުރުވީ ސުވާލެކެވެ. “ނޫން ރީން ތިހެން ނުބުނޭ.. އަހަރެން ރީން ކޮންމެ ޙާލެއްގަވެސް ބަލައިގަންނާނަން..” ޝީރީންގެ އަތުގައި ހިފާލަމުން ހިތްވަރުދޭ ރާގެއްގައި އަހަރެން ބުނީމެވެ. “ހަމަ އެހާވެސް ލޯބި ވޭތަ؟” އަހަރެންގެ ލޮލަށް ބަލައިލަމުން ޝީރީން އެއްސެވެ. އެދެލޮލުން ހިތާމަ ނޫން އެހެން އެއްޗެއް މިވަގުތަކު އަހަންނަކަށް ނުފެނެއެވެ. “އާނ ރީން! އަހަރެން މިދުނިޔެމަތީގައި މަންމަ ފިޔަވާ ދެން ހުރި މީހަކީ ތީ.. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް، ދުވަހަކުވެސް މި ޔަލްމާޒްއެއް ޝީރީންއެއް ދުލެއް ނުކޮށްލާނަން! އޯކޭ؟ ހެޕީ؟…” ޝިރީންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނީމެވެ. “ހްމްމްމް.. ވަރަށް އުފާވެއްޖެ..” ޝިރީންގެ ޖަވާބު ކުރުވެފައި އަވަހެވެ. “ދެން ބުނެބަލަ.. ކޮން ވާހަކަ އެއްތަ ނުބުނެވިގެން ތިއުޅެނީ؟” ކެތްތެރިކަން ކޮޅުންލައިގެން ގޮސްފައި އިން އަހަރެން ޝީރީންގާތު އެހީމެވެ. “މާޒް! އަހަރެންނަކީ ތެލަސީމިޔާ ކުއްޖެއް! ކެރިއަރެއް!….”
އަހަރެންގެ ކަންފަތަށް އެބަސްކޮޅު އިވުނީ ބާރު ގުގުރިއެއްގެ ސިފައިގައެވެ. “ވަޓް؟”… “އާނ! އަހަރެންނަކީ މައިނަރ ތެލަސީމިޔާ ޕޭޝަންޓެއް.. އެހެންވެ ލޭ އަޅަން ނުޖެހެނީވެސް.. އަހަރެންގެ މައިންބަފައިންނަކީ ވެސް ދެ ކެރިއަރުން..” ދެރަވެލާފައި ޝީރީން އެހެން ބުނި އިރު ހީވީ އަހަރެންގެ ހިތުގައިވާ ސުވާލު އެނގިގެން އެއަށް ޖަވާބު ދިން ހެންނެވެ. “ދެން ބުނެބަލަ މާޒް! އަހަރެން ދޫކޮށްލާފަ ދާނަންތަ؟… އަހަރެން މާޒްގެ ކޮންމެ ނިންމުމަކަށްވެސް ޤަދަރު ކުރާނަން…” ދެރަވެލާފައި ޝީރީން އެހެން ބުނި އިރު އެދެލޮލުން އަލްވަދާޢު ކިޔާ ކަރުނަތައް، ޖަންބު ކުލަ އަރާފައިވާ ކޯތާފަތް މަތިން ދަތުރު ކުރަނީއެވެ.
“ރީން..!” ފުން ނޭވާއަކާއެކު އަހަރެން ޝީރީންއަށް ގޮވާލީމެވެ. “އަހަރެން ރީން ދޫކޮށްފައެއް ނުދާނަން.. ރީންގެ ތިބައްޔާ ހެދިއޭ ކިޔާފަ އަހަރެން ރީން ބާކީއެއް ނުކޮށްލާނަން.. އެއަށްވުރެ އަހަރެންނަށް ރީން ދެކެ ލޯބިވެވިއްޖެ.. ދުރު ނުވެވޭ ވަރަށް.. ލޯބީގެ އިންތިހާ ދަރަޖައިގެ މިންވަރަށް..” އެވަގުތު ހިތުގައި ހުރި ފަށުވި ބަސްކޮޅެއް ދުލާ ހަމައަށް ގެނެސްވެސް އަހަރެން ބެލީ ޝީރީން ހަމައަކަށް އަޅުވައި ހިތް އުފާކޮށްދެވޭތޯއެވެ. އެވަގުތު ޝީރީންގެ ލޮލުން ނިރާލި ކަރުނަ ފުހެދެމުން ބޯ ދެފަރާތަށް ހަލުވާލަމުން ދެން އިތުރަށް ނުރޯށޭ ބުނީވެސް އެހެންވެއެވެ.
އަހަރެމެންގެ އެ ހިތާމަވެރި އެހެނަސް އުފާވެރި “ރޮމޭންޓިކް” ވަގުތުކޮޅު ނިމުމަކަށް އައީ ޝީރީންގެ މަންމަގެ ފޯނު ކޯލަކުންނެވެ. ގުޅީ ރަށުގައި ހުރި ޝީރީންގެ މަންމަ އެވެ. ފޯނު ކޯލް ނިމުމުން ގެއާ ދިމާލަށް މިސްރާބު ޖެހީ ދެމީހުންވެސް އުފާވެ ތިބެ އަތު ގުޅާލައިގެންނެވެ.
ދުވަހަކަށްފަހު ދުވަހެއް ކަލަންޑަރުން ވެއަތު ވަމުން ގޮސް އަހަރެމެންގެ އޭލެވެލް ފެށިއްޖެއެވެ. ދެމީހުންވެސް އެއްބަސް ކިޔައިގެން ވިލާ ކޮލެޖަށް ދާން ނިންމީ މީސްމީހުން ކައިރި އަހައިގެން ރަނގަޅު ތަނެކޭ ބުނާތީއެވެ. އަދި ހަމަ އެހެންމެ އަންހެން ފިރިހެން ވަކި ނުކުރާތީވެ، އަހަރެމެން ދެމީހުން އެއް ކުލާހަކަށް ދާނެކަމުގެ އުއްމީދު ބޮޑުވީމައެވެ. އެހެންނަމަވެސް މިފަހަރަކު ނަޞީބު އަހަރެމެންގެ އަތުގަ ނުހިފިއެވެ. ދެމީހުންވެސް ތިބެން ޖެހުނި ދެކުލާހެއްގައެވެ. އެހެންނަމަވެސް ކެތްކޮށްލައިގެން ތިބީ ބްރޭކް ގަޑީގަ ދިމާވެ، މާފޮޅުވާލާ ސަކަރާތް ޖެހޭތީއެވެ. ދެމީހުން ދެކުލާހަކަށް ދިޔުން އެއީ ނަޞީބެކޭވެސް ބައެއްފަހަރު އަހަރެންގެ ހިތަށް އަރައެވެ. ދެމީހުންވެސް އެއްކުލާހެއްގައި ތިބުމުގެ ސަބަބުން ކިޔެވުމަށް ދޭންވާ ސަމާލުކަން ނުދެވި ނުކުނަނާނެ ނަތީޖާ ހިތިވެދާނެތީއެވެ.
ކޮންމެއަކަސް ދުވަސްތަށް މަސްތަކަށް ބަދަލުވެ ދެއަހަރު ފާއިތުވެއްޖެއެވެ. އަހަރެންނާއި ޝީރީންގެ ގުޅުމުގައި ﷲ އިރާދަކުރެއްވީތީ އެންމެ ކުނިކޮޅެއްވެސް ޖެހިނުލައެވެ. އަހަރެމެންގެ މައިންބަފައިންނަށްވެސް މިކަން ނޭނގީ ސިދާ ޝީރީންގެކައިވެންޏަށް ޝީރީންގެ ބައްޕަ ގާތު އަހާށެވެ. އަހަރެމެން ނިންމައިގެން ތިބީ އޭލެވެލް ނިންމާފައި އަހަރެމެން ބޭނުންވާ ދާއިރާއިން ކިޔެވުމަށްފަހު ކައިވެނި ކުރާށެވެ. ނަމަވެސް ކަންތައްތައް ބަދަލުވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ.
ﷲގެ އިރާދަފުޅާއެކު އޭލެވެލްއިން މުޅި ރާއްޖޭން އެއްވަނަ އަހަރެން ހޯދިއިރު ޝީރީންއަށް ލިބުނީ ދެވަނައެވެ. މި ފަޚްރުވެރި ވަނައިގެ ސަބަބުން އަނެއްކާވެސް އަހަރެމެން ދެމީހުންނަށް ސްކޮލާރޝިޕެއް ލިބި ރާއްޖޭން ބޭރުން، ބޭނުން ދާއިރާއަކުުން ކިޔެވުމުގެ ފުރުޞަތު އަހަރެމެން ދެމީހުންނަށްވެސް ފަހިވެގެން ދިޔައެވެ. އަހަރެންނަކީ އެންމެ ކުޑައިރުއްސުރެވެސް އޮޕަރޭޝަން ޑަކުޓަރަކަށްވުމުގެ ހުވަފެން ދެކެމުން އައި މީހެކެވެ. އެހެން ކަމުން އެހުވަފެނުގައި ކުލަ ޖައްސާ ޖަރީ ކުރުމަށް އަހަރެން ނިންމައިގެން ހުރީ ޑަކުޓަރުކަން ކިޔަވާށެވެ. އަހަންނަށް އެނގުނު ގޮތުގައި ޝީރީންއަކީވެސް ޑަކުޓަރަކަށްވުމުގެ ހުވަފެން ބަލަމުން އައި މީހެކެވެ. އެހެން ކަމުން ދެމީހުން އެއްބަސްވެގެން އަވަސްވީގޮތަކަށް ކައިވެނި ކުރަން ނިންމީމެވެ. ކިޔެވުމަށް 12 އަހަރު ވެއަތުވެގެން ދާނެތީއެވެ. އޭރު އަހަރެންގެ ޢުމުރުން ވާނީ އެއްމެ 19 އަހަރެވެ. އެހެންނަމަވެސް 9 ފަހުން ކިޔަވަން ފުރާތީވެ އަހަރެމެން ތިބީ 20 އަހަރު ފުރުމުން ކައިވެނި ކުރާށެވެ. 20 އަހަރު ފުރެން އަހަރެންނަށް ބާކީ އޮތީ އެއްމެ 2 މަހެވެ. ޝީރީން އަކީ އަހަރެންނަށްވުރެ 1 މަހާއި 9 ދުވަސް ހަގު މީހެކެވެ.
ލިބުނު ޗުއްޓީގައި އަހަރެން ޝީރީންމެން ރަށަށް ދިޔައީ، ޝީރީންގެ މައިންބަފައިން ކައިރި ކައިވެނީގެ ވާހަކަ ދައްކާ ކައިވެނީގެ ކުރިން ކަންކަން ހަމަ ޖެއްސުމަށެވެ. ދިޔައީވެސް އަހަރެންގެ މަންމަ ގޮވައިގެންނެވެ. އަހަރެންގެ މަންމަ މި ކައިވެންޏަށް ހިތުން ރުހުމުން ޤަބޫލެވެ. ނަމަވެސް އުއްމީދު ކުރި ގޮތާ ޚިލާފަށް ޝީރީންގެ ބައްޕައެއް ކައިވެންޏަކަށް އެއްބަހެއް ނުވިއެވެ. ޢުމުރު ހަގުވީމައޭ ކިޔާފައެވެ. އަހަރެން ވަރަށް ނުތަނަވަސް ވިއެވެ. ހުސް އަތާ އެނބުރި މާލެ ދާކަށް އެއްގޮތަކަށްވެސް އަހަރެންގެ ހިތެއް ނޭދެއެވެ. ޝީރީންވެސް ލޮލުން ކަރުނަ އޮހޮރޭ ޙާލު އޭނާ ބައްޕަ ގާތު އާދޭސް ކުރަން ފެށިއެވެ. އަހަރެންނަށް މި ހުރިހާ މަންޒަރެއް އެތަނުގައި ޖަހާފަ ހުރި ބުދެއްހެން ހުއްޓި ހުރެގެން ބަަލަން ހުރެވުނީއެވެ.
…. ނުނިމޭ ….

Share Article

Follow Me Written By

Ya ee sh

Level 1

Other Articles

Previous

ޝަހަރު 2

Next

ދަރިފުޅު (ކިޔުންތެރިންގެ ސަމާލުކަމަށް)

Next
May 13, 2020

ދަރިފުޅު (ކިޔުންތެރިންގެ ސަމާލުކަމަށް)

Previews
May 13, 2020

ޝަހަރު 2


All Right Reserved!