އެ ހަނދާނާއި އަސަރުފިލާނޭހޭ
ސސސާދަވިލޭރޭގެ ހަނދު ކިތަންމެހާވެ ސް ފުރިހަމައެވެ. ތަރިތަކުގެ ބެބުޅުމުން އެމަންޒަރު އިތުރަށް ފުރިހަމަ ކޮށްދެއެވެ. މާލޭގެ ކާރުބާރު މަޖީދީމަގުން އަހަރެން ކުރިޔަށް ދިޔައީ އެއްވެ ސް ފިކުރެއްނެތި އެވެ. އަމިއްލަ ނަފް ސައް ވަގުތުކޮޅެއް ހު ސްކުރުމުގެ ނިޔަތުގައެވެ.މާގިނައިރަކު ހިނގާކަށް ނުޖެހުނެވެ. ރަ ސސްފަންނުގެ މައިޒާނަށް އާދެވިއްޖެއެވެ. އެތާގައި އެހާ މީހުނެށް ނަ ސީބަކުން ނެތެވެ. އަހަރެން ހުރީ ހިންހަމަޖެހިފައެވެ. އެހެންރޭ އެތާ މީހުންތިބޭވަރަށް މިރޭ މީހުން ނެތީމައެވެ. އަހަރެންގެ ހިޔާލަށް އައީ މީގެ ހަމަ ސް ދުވަހުގެ ކުރީގެ ހަނދާންތަކެވެ.
މާޝާ އާއި އަހަރެން ލޯބީގެގޮތުން ގުޅުނީ އޮފީ ސް ތެރެއިން ދިމާވެގެންނެވެ. ލޯބީގެ ބުރުޖެހުމަކީ އަހަރެެމެން އާދަވެގެން ކުރާކަމެކެވެ. ކޮންމެ ދުވަހަކު މާޝާ އަށް މާބޮނޑި އެއް ގެންގޮ ސް ދިނުމަކީ އަހަރެން ލޯބިން ކޮށްދޭ ކަމެކެވެ. ރޭގަނޑުގެ ބޮޑުބައި ވޭތުވަމުންދަނީ ލޯބީގެ ފޯނުކޯކުގައި ތިބެއެވެ.
ކޮންމެއަކަ ސް މާޝާ އާއި ވަކިން އުޅުމަކީ އަހަންނަށް ވޭނަކަށް ވެއްޖެވެ. މާޝާގެ ހާލަކީ އަހަރެންގެވެ ސް ހާލެވެ. ދެމީހުން ނިންމީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރުމަށެވެ. ހަގީގީ ލޮތްބާއި އުފާވެރިަން ލިބޭނެ މަގަކީ އެއީ ކަމަށްވާތީއެވެ.
އާދައިގެ މަތިން އަހަރެން އެޅުނީ ބޮ ސް ހަވާލުކުރި ރިޕޯޓެއް ނުނިންމިގެންނެވެ. ކޮންމެހެން ހަދާފަވެ ސް ގެއައް ދިއުމުގެކުރިން ރިޕޯޓު ނިންމަން ލާޒިމެވެ. އަހަރެންގެ ހުރިހާ ވި ސްނުމެށް އެ މަ ސައްކަތައް ދީގެން ނިކަން ގަޔާވެގެން މަ ސައްކަތް ކުރީމެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ.
ގުޅަނީ އަހަރެންގެ ދެލޯނޭދި އެދޭ ފަރާތްކަމުގަވާ މާޝާ އެވެ. އަވަހަށް ފޯނުނަގައި ކަންފަތުގައި ޖައް ސސައިލީމެވެ. ހަލޯ ވަރަށް ބިޒީކޮށް މިއުޅެނީ ފުރީވެގެން ހަބަރެއް ވަންތަ. މާޝާ ވާހަކަ ދައްކަން ފެށިއެވެ. ބޭބް އަހަރެން އެބަޖެހޭ މެލޭއަށް ދާން އޮފީ ސް ކަމަކު. ދެންމެ ބޮ ސް އެދިޔައީ އަންގާފަ. ކިހިނެތް އަހަރެން ހަދަންވީ. މާޝާ ބުންޏެވެ. އަހަރެން ޖަވާބު ވަރަށް ކުރުވެފައި ސާދާ އެވެ.
މާޝް ދާން ހުރިއްޔާ އަހަރެން ނުހުށްޓުވާނަން. ހަމަ ދާންވީ. އަހަރެން ހިތްހަަމަ ނުޖެހޭނެކަން މާޝާ އަށް ރަނގަޅަށް އިނގޭނެއެވެ. އިތުރުވާހަކަ ދައްކަން ނުހަދާ އަހަރެން ފޯނުކަނޑާލީ ފަހުން ގުޅާނެކަމަށް ބުނެފައެވެ. ބޮ ސް ހަވާލުކުރި މަ ސައްކަތް ނިންމުމަށް ފަހު އަހަރެން ދިޔައީ ގެއަށެވެ.
ގެއައް ގޮ ސް ޖައް ސާލިތަނާ އަހަރެންނަށް ނިދިއްޖެއެވެ. ހޭލުވުނުއިރު އިރުއޮއް ސިއްޖެ އެވެ. ދެލޯ އުނގުޅަމުން އަހަރެން ތެދުވީމެވެ. ފޯނު ޗާޖަށް ޖެހުމަށްފަހު އަހަރެން ދިޔައީ ފެންވެރުމަށެވެ. މާޝާ ހުންނާނީ ހިތްހަމަނުޖެހިފަ އެވެ. އޭނަ ރުއް ސަން ވެ ސް އެބަޖެހެއެވެ.
ފެންވަރައި ތާޒާވުމަށް ފަހު ފޯނު ނަގައި މާޝާ އަށް ގުޅާލީމެވެ. ފޯނު އޮތީ ނިއްވާލާފަ އެވެ. އަހަރެން އަވަ ސްވެގަތީ މާޝާ ކައިރިޔަށް އެގެއައް ދިއުމަށެވެ. ރަށްޓެހި ކުއްޖަކާއިއެކު އެގެއައް ދިޔައީމެވެ. ނަ ސީބަކުން މާޝާ ގޭގައި އުޅުނެވެ. އަހަރެން ފުރަތަމަވެ ސް މާފަށް އެދުނީމެވެ. އެ ގަޑީގަ ވަރަށް ބުރަކޮށް އުޅުނީ އެހެންވެ އެހެން ވާހަކަ ދެއްކުނީ ސޮރީ މާޝް. ވަރަށް ބޮޑަށް ސޮރީ . އަހަރެން ބުނީމެވެ. މާޝާ ބަަލަހަށްޓައިގެން އިނީ އެވެ. ކޮންމެގޮތެއްވިޔަ ސް ވަރިހަމަ. އަހަރެން ހަމަ އެ ދަތުރު ދާނަން. ވަޒީފާގެ ކުރިއެރުންވެ ސް ލިބޭނެ ނޫންތަ މުއާޒް. އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ. އެންމެ ރަނގަޅު މާޝް ދޭ. ނަމަ ނަމަ ގޯ ސް ގޮތަކަށް ނޫޅެއްޗޭ. އަހަރެންގެ މަތިން ހަދާން ނައްތައި ނުލާތި. އަހަރެން ވަރަށް ލޯބިވޭ. އަހަރެން ހަތިޔާރު ބެހެށްޓީމެވެ. މާޝާގެ އުފަލައް އެޅޭ ހިޔަންޏަކަށް ވާން އަހަރެން ބޭނުނުން ނުވާތީ އެވެ.
މާޝާ އޮފީ ސް ދަތުރުގައި މެލޭއައް ފުރިއެވެ. އެންމެ ދެ ހަފްތާ އަށެވެ. އަހަރެން އިންތިޒާރުގެ ދުވަ ސްތައް ގުނަމުން ދިޔައީމެވެ. އަހަރެންގެ ދެއަތުގެ ހިމާޔަތައް މާޝް އަންނާނެ ދުވަހަކަށްޓަކައި ވަގުތުތައް ގުނަމުން ދިޔައީމެވެ. މާޝާ އަށް ގުޅާލިޔަ ސް ބިޒީއޭ ބުނެލަމުން ފޯނު ކަޑާލަނީއެވެ. އަހަރެން ށަކުވާ ނުކުރަމެވެ. މާލެ އައި ސް ހަމަޖެހިގެން ވާހަކަ ދެއްކޭނެތީ އަހަރެން ހުރީ ހިންހަމަޖައް ސައިލައިގެންނެވެ
އަހަރެން ހުރީ ވަރަށް އުފަލުންނެވެ. މިއަދަކީ މާޝާ މާލެ އަންނަ ދުވަހެވެ. މާޝާ އައް އެންމެ ކަމުދާ ލިލީމަލުގެ މާބޮނޑި އެއް ގަތީމެވެ. މާޝާ އައް މާލެ އާދެވުނީ މެންދުރު ފަހުއެވެ. އަހަރެން އެއާޕޯޓު އަރައިވަލް ސް ގައި މަޑުކޮއްލައިގެން ހުރީމެވެ. ދެލޯ ހޯދަނީ އެންމެ މޫނެކެވެ. މާޝާގެ ލޮބުވެތި ސޫރަ އެވެ. އެ ހިތްއަވަ ސް ކުރުވާ ހިނިތުންވުމެވެ.
މާގިނަ އިންތިޒާރެއް ކުރާކަށް އަހަންނަކަށް ނުޖެހުނެވެ. ނޫކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ޖިން ސެއްލައިގެން ފަރިހިގުމުގައި އެއަންނަނީ އަަހަރެންގެ މާޝާ އެވެ. އަހަރެންނަށް ސިހުން ލިބުނީ މާޝާގެ އަތުގައި ހިފައިގެން ފިރިހެނެށް ހުރިތަން ފެނިފައެވެ.އަހަރެންނަށް މަޑުން ނުހުރެވުނެވެ. ސުވާލު ކުރީމެވެ. މާޝާ ތީ ތީ ކާކު. މާޝާ ވަރަށް ހަމަޖެހިފައި މިއީ އަހަރެންގެ ފިރިމީހާ ފިރާޒް އޭ ބުނެލި އެވެ. އަހަރެންގެ މުޅިދުނިޔެ ވަޔަށް ބުރައިގެންދިޔަ އެވެ. ހިތައް ހީވީ ހޫނު ފެން އެއްޗެއް އޮއް ސާލިހެންނެވެ. ނަފް ސު ރޫރޫއަޅައިގަތެވެ. ހުރިަތަނަށް ގަންބަވާނެ ނަމައޭ ހިތައްއެރި އެވެ. ވަރަށް ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ. މާޝް އަހަންނަށް ޖެއް ސުން ކުރަނީދޯ?. މާޝާގެ ޖަވާބު ވަރަށް ކުރެވެ. އަހަރެން ކީއްކުރަން ދޮގު ހަދަންވީ. އަހަރެން މުއާޒު ދެކެ ލޯބިވީ ކަމުގަ ހީވާނަމަ އެހެން ހީކުރުން މިއަދުން ފެށިގެން ހުއްޓާލާ. އަހަރެން ލޮތްބެއް ނުވޭ. ސާފުވެއްޖެ. ދެންދަނީ. ވަރަށް ސަލާމް.
އަހަރެންގެ ލޮލުންކަރުނަ އައެވެ. މިހުރިހާ ދުވަހު އަހަރެންވީ ތެދުވެރި ލޯބީގެ ބަދަލް މިފަދަ ހިތިގޮތަކައް ލިބިދާނެ ކަމަށް އުއްމީދެއް ނުކުރަމެވެ. ކުރާނެ ކަމެއް ނެތެވެ. ބޭވަފާތެރިޔަކަށްޓަައި ރުއިމުގެ މާނައެއް ނެތެވެ. އަހަރެންގެ ހިތުގައި ފާރުހެދުނަ ސް ފަރުވާލެއް ނެތެވެ. މާޝާ ކައިރިޔަށް ލޮތްބައްއެދި އާދޭ ސް ކުރަން ނުދާނަމެވެ.
އަހަރެން ޖޯލިން ތެދުވެ ހިނގައިގަތީމެވެ. އަހަރެންގެ ހިތްމިވަނީ ކުދިކުދި ވެފައެވެ. އެހެނަ ސް އަހަރެން ކެއްކުރާނަމެވެ. ދިރިއުޅުން އާރާ ސްތު ކުރާނަމެވެ. އުފާވެރި ހަޔާތަކަށް އެދިގެންނެވެ. ހިތާމަތައް އެއްފަރާއިކޮށް ދިރިއުޅުމާއިގެން ކުރިޔަށް ދާނަމެވެ. އެހެނަ ސް އެހަނދާނާއި އަ ސަރު ފިލާނޭ ހެއްޔެވެ.
ނިމުނީ

