Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިއޭ މިހިތުގެ ވިންދަކީ ( 2 )

Chocky Level 1
May 5, 2020 2 Mins Read
4 Comments

ޔަލާ މަގު ހުރަސްކުރަނިކޮށް މަގުގެ މަދުގައި ހުއްޓެވުނީ އޭނައާއި ދިމާލަށް ބާރު ސްޕީޑެއްގައި ދުއްވައިފައި އަންނަ ކާރެއް ފެނިގެންނެވެ. އެކާރު ޔަލާއާއި ކައިރިވުމުން އޭނަގެ ލޯ ތަގުޅިކޮށްލެވުނީ ބިރުގަތް ވަރުންނެވެ. އެމަންޒަރު ރިޔާޝާ އަށް ފެނުމުން ދަރިފުޅާއޭ ކިޔައިފައި ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

ނަމަވެސް ދެން އިވުނީ އެކާރުގެ ބުރަކި ޖެއްސިއަޑެވެ. ޔަލާާ އެހެން ހުއްޓާ އެކާރުގެ ދޮރުހޮޅުވުނު އަޑށް ބަލައިލެވުނެވެ. ކާރުން ނިކުމެގެން ދުވެފައި ޔަލާއައި ދިމާލަށް އަންނަނީ ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ލައިފައިވާ ޕީޗް ކުލައިގެ ފިނި ހެދުމުގެ އިތުރުން ލައިފައިވާ ނޫނޫކުލައިގެ ޖިންސުގައި ފެންނަލެއް ޗާލެވެ. އަދި އެހެދުމައި ގުޅުވައިގެން އަޅައިފައިވާ ގަދަ މުށި ކުލައިގެ ޝޯލް އިން ފެންނަނީ ފެޝަންކަމެއެވެ. ހީވާގޮތުން އެ ކުއްޖާ އަކީ މުއްސަނދި އާއިލާއަކުން އައިސްފައިވާ ކުއްޖެއްހެންނެއެވެ.

ހަމައެވަގުތު ޔަލާގެ ބައްޕަމެންވެސް ދުވެފައި ކަހަލަ ގޮތަކަށް އޭނައައި ދިމާލަށް އަންނަތަން ފެނުނެވެ. އެވަގުތު އިނާން ޔަލާގެ ކައިރިއަށް އައިސް ހާލު ރަނގަޅުތޯ އެހިއެވެ. “ހެއި……. އައި އެމް ވެރީ ސޮރީ އެބައުޓް ދިސް” އިނާން ޔަލާ ކޮޅަށް ތެެދުވުމަށް އެހީވަމުން ބުނެލިއެވެ. އެއި އެވަރުގެ ކަމެއްނޫނެއްނު.. މިކަހަލަ ކަންތައް ވެސް ކުރިމަތިވާނެ ދުނިޔޭގައި އުޅޭއިރު” ޔަލާ ހިތްހެޔޮ ކަމާއެކީ ވާހަކަދެއްކިއެވެ. އެވަގުތު ވަޙީދްމެން އައިސް ޔަލާއަށް ކަމެއްވިތޯ ބަލައި ޔަލާއަށް ކަމެއް ނުވައިތީ ހެއްދެވި ފަރާތައް ޝުކުރުކުރިއެވެ. ދެން ޔަލާއަށް އިވުނީ ހަމައެކާރުން އިތުރު މީހެއް ފޭބިއަޑެއެވެ. ނަމަވެސް އޭނަގެ ކުރިމަތީ މީހުން ގިނަކަމުން ފެންނަ ގޮތެއްނުވިއެވެ.

ދާނިޝްއަށް ވަކި ހިސާބަކުން ކާރުގެ ބުރަކި މަސައްކަތް ކުރުމުން ހިތައް ހަމަޖެހުމއްލިބުނެއެވެ. ނަަމަވެސް އޭނަގެ ކުރިމަތީ މެދުގައި ހުރި އަންހެންކުއްޖާ ފެނުމުން އޭނަގެ ހިތް ތަފާތު ގޮތަކަށް ތެޅިލިއެވެ. އެ އަންހެންކުއްޖާގެ މޫނުން ގައިވާ ހިނިތުންވުން ފެނުމުން ދާނިޝްއަށް ވެސް ބޭއިޚްތިޔާރުގަައި ހިނިތުންވެލެވުނެވެ.. ޔަލާގެ ކިބައިން މަޢާފަށް އެދެން ދާން ހިނގައިގަތް ވަގުތު ޔަލާމެން މާކުރިން ހިނގައިގަތެވެ. ޔަލާމެން ރެސްޓޯރެންޓް އަށްް ވަންނަންދެންވެސް ދާނިޝްއަށް ޔަލާއައި ދިމާލަށް ބަލަހައްޓައިގެން ހުއްޓެއެވެ.

“ހޮއެ ހޮއެ…… ކާކާ ދިމާލަށްތަ މާވަރަކަށް ތިބަލަނީ” ދާނިޝް ޔަލާއައި ދިމާލށް ބަލާކަން އިނގިހުރެ ޖެއްސުމަށް އެހިއެވެ. “މީހަކާ ދިމާލަކަށް ނުބަލަން.. އެތާ އެހުރި ރެސްޓޯރެންޓްއަކީ ކުރިން ދުވަހަކު ހޮޅުވި ތަނެކޯ… ހިނގާބަލަ އެއްދުވަހަކުން އެތަނަށް ޑިނާއަކަށް ދާން” ދާނިޝް ވާހަކަ އޮޅުވާލަމުން ބުނެލިއެވެ. އިނާން ދިމާކުރަން ފަށައިފިއްޔާ ހުއްޓާނުލާނެކަން އެނގޭތީއާއެކީ އެވެ. އެކަން ކާމިޔާބުވެސްވިޔެއެވެ. “އަނ… ސަޅި އައިޑިއާއެއް ތީ… ވާނެ ދެން އަންނަ ވީކެންޑަކުން ދާން” އިނާން ވެސް ދާނިޝްގެ ޚިޔާލަށް ތާޢީދުކުރަމުން ބުނެލިއެވެ. “ކޮބާ…. ރީތި ވެއްޖެއެއްނު…. ކިރިޔާވީ އެކްސިޑެންޓެއް ނުވީ…. އޭރުވެސް ދާނިޝް ކައިރީ ބުނިން އެހާ ބާރަށް ނުދުއްވައްޗޭ…. ދާނިޝްގެ ކަންފަތެކޭ ދޮރުފަތެކޭ ނުހުންނާނެ ވީ ތަފާތެއް… ” އިނާން ރުޅިއަންނަކަމށް ހެދިގެން ދާނިޝްގެ ކަންފަތުގައި ހިފައިލައިގެންހުރެ ބުނެލިއެވެ. ދެން ދޮންތާ.. ދޫކޮއްލަބަލަ، ތަދުވޭ… ދެން ނުދުއްވާނަމެ އެހާ ބާރަކަށްބާރަކަށް އޯކޭއެއްނު….. ” ދާނިޝް އޭނަގެ ދޮންތަ ހިތްހަމަޖެއްސުވޭތޯބެލިއެވެ. ހޫމް.. ދެން ހިނގާ އަވަހަށް ގެއަށް ދާން” އިނާން ކާރަށް އަރަމުން ބުނެލިއެވެ.

********

“މިހާރު މިއުޅޭ ކުދިން މާ ބާރަށްވީ ކާރާ އެއްޗެހި ދުއްވަނީ” ވަޙީދް ގެއަށް އައިސް ސޯފައިގާ އިށީންނަމުން ބުނެލިއެވެ. “އަނ…. ޒަމާން ބަދަލުވާ ވަރަކަށް މިކަހަލަ ކަންތައްތަވެސް ކުރިމަތިވާނެ” ރިޔާޝާ ވެސް ވަޙީދް އާއި އެއްބައިވެލަމުން ބުނެލިއެވެ. “ދެން އެކަހަލަ ކަންތައްތަ ވެސް ކުރިމަތިވާނޭ ބައްޕާ… އެހެން ނޫނަސް އެކުއްޖާ ދިޔައީ މަޢާފަށް ވެސް އެދިފާ” ޔަލާ ބުނެލިއެވެ. “އާނ… އަދި ބައްޕަ ހަނދާން ވެސް ނެތފައޭ މިހުރީ.. ބައްޕަ ބުނީ ދަރިފުޅު މަޑުކުރަންވީނޫންހޭ މިކޮޅުގައި ކިޔަވަން.. އޭރަށް ދޮންބޭ އާއެކީ ހުރެވޭނެއްނު.. ” ވަޙީދްގެ ޚިޔާލު ޔަލާއަށް ފާޅުކުރިއެވެ. އުުުފާވެފައި ހުރެ ޔަލާ އެކަމަށް އެއްބަސް ވިއެވެ. ޙުދު އޭނާވެސް ބޭނުންވާގޮތަކީ އެއީ ކަމަށް ވާތީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފަނޑުވީ ޝާޔާން މަތިން ހނދާންވުމުންނެވެ. ޔަލާ ދުވެފއި ސިޑިންް މައްޗައް އަރައިގެން ދިޔައީ ޝާޔާން އަށް އެ ޚަބަރުދޭންވެގެންއެވެ. ޝާޔާން އަކީ ޔަލާގެ އެންމެ ގާތް އެކުވެރިޔާއެވެ. ޔަލާ ގްރޭޑް 8 ގައި އުޅެނިކޮށްް ދިމާވި ކުއްޖެކެވެ.

ނުނިމޭ

Share Article

Follow Me Written By

Chocky

Level 1

Other Articles

Previous

ފޮނި ފާރޮށި 7

Next

އިޙްނާ (7)

Next
May 5, 2020

އިޙްނާ (7)

Previews
May 5, 2020

ފޮނި ފާރޮށި 7

4 Comments!

  1. Kylie says:
    May 5, 2020 at 1:30 am

    Me first dhw….. Salhi Ingey Mi part vx….. Waiting fr nxt

  2. Kairaa says:
    May 5, 2020 at 10:40 am

    Varah reethi mi part vx…. waiting for the nxt….

  3. Chocky says:
    May 5, 2020 at 11:31 am

    Thank you..♥

  4. Aish says:
    May 11, 2020 at 4:27 am

    Varah reethi.. When next part?

Comments are closed.



All Right Reserved!